“ޝަވަންގެ ކާރު” ޒެވިއަލްއަށް އެއްމިޔަނުން ހީލެވުނެވެ. އެންމެ ފަހުން ޝަވަންގެ ކާރަށް ވެސް އީވާއަރަން ފެށީތާއެވެ. “އެންމެން މިތާގަ ތިބި ދަނޑިވަޅު ބަލާފަ ދޯ މި ނައްޓާލީ.. ނޮޓް ބޭޑް އީވާ މުހައްމަދު އަޒީޒް” ޒެވިއަލް ފޯނު ނަގާ ދެތިން ފޮޓޯ އެއް ނަގާލިއެވެ. އެއް ފޮޓޯ އީވާ ކާރަށް އަރަނިކޮން ހުރި އިރު އަނެއް ފޮޓޯ އެއީ ކާރުގެ ނަމްބަރު ބޯޑެވެ. އަރްކާންއާއި ހިސާބަކަށް ދެވެން ހުރީ ކޮންމެވެސް ވަރަކަށް މައުލޫމާތު އެއްކޮށްގެންނެވެ. އީވާގެ ފަހަތުން […]
“ކިހިނެތް ވީ..” ލިއާނާއަށް ވެފައި ހުރިގޮތުން ޒެވިއަލްއަށް ފުންމައިގެން ސޯފާއިން ތެދުވެވުނެވެ. ލިއާނާއަށް އެއްޗެއް ބުނެވުމުގެ ކުރިން ޒެވިއަލްގެ ފޯނު ވައިބްރޭޓް ވާން ފެށި އަޑު އިވިގެން ބަލައިލި އިރު ގުޅަނީ އަރްކާންއެވެ. ފޯނު ނެގި ހިނދު އަރްކާން ދިން ޖަވާބަކުން ހީވީ ފައިދަށުން ހީވީ ބިންގަނޑު ގަބައިގެން ދިޔަހެންނެވެ. “ވަޓް..މަރުވީ އޭ.. ކާކު”އަރްކާންގެ ޖަވާބު އަޙާފައި ޒެވިއަލްއަށް ފޯނު ތިރިކޮށްލެވުނެވެ. ސަލާމަތުން އޮތް އަތުން އިސްތަށިގަނޑުގެ ތެރެއަށް މަހާލާ ބާރުކޮށްލެވުނެވެ. *** ފޯނު ބާއްވާފައި ދެމީހުން […]
“އާން.. އަހަރެން ޝަވަން އާއި އިންނަން ރުހި ގަބޫލް..މިއީ އަހަރެންގެ ފަހުގެ ނިންމުން” އިސްޖަހައިގެން އިނދެ އަލާރާ އިއްވާލި ޖުމްލައިން ޒެވިއަލްއަށް ހީވީ އޭނާގެ މޫނުމަތީގައި މީހަކު އެތިފަހަރަކުން ޖަހާލިހެންނެވެ. އިސްޖަހައިގެން ހުރެފައި ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނުތައް ހިފަހައްޓަމުން އޭނާ އެތަނުން ދިޔައެވެ. **** ޒެވިއަލް ދިޔަ ގޮތްފެނި އަރްކާންގެ ހިތައް ނުބައި ގޮތެއްވެގެން ދިޔައެވެ. “އަނެއްކާ ޒެވިއަލް..އަލާ ދެކެ ލޯބިވަނީބާ” އަރްކާންގެ ހިތައް އެރިއެވެ. ޢޭނާ ބަލައިލި ކުރިމަތީގައި ތިބި ޝަވަންއާއި ހަމްދީގެ ދެމަފިރިންނަށެވެ. […]
“ކިހާ ދުވަހެއް ވަންދެން އަހަންނަށް މިކަން ފޮރުވޭނެބާ.. ޒެވް ފެންނަން ވެއްޖެޔާ އަހަންނަށް މިހެން އެކްޓް ކުރުމަކީ އުނދަގޫ ކަމެއް.. އޯހް ގޯޑް.. ހާދަ ހޭންޑްސަމް އޭ.. ދެޓް ހެއާރް އެންޑް ބިއާޑް އާރ ގިވިންގ މީ މިނީ ހާޓްއެޓާކްސް.. ދޯސް ރެޑް ލިޕްސް އާ އީވެން މޯރ ސެކްސިއަރ ..އެބަލަން ހުންނަ ގޮތުން ޔަގީން ޒެވްގެ ހިތުގަ ފީލިންގްސްތަކެއް ވާކަން..ހީ އިޒް އޯލްވޭސް ލޫކިންގ އެޓް މީ..” ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލި ހިނދު އަލާރާގެ […]
“ކީކޭ.. ކޮން ނަމެކޭ” އަރްކާން ދެވަނަ ފަހަރަށް އަހައިލުމުން އަޒީޒް އެ ނަން ތަކުރާރް ކޮށްލިއެވެ. އެ ހިނދު އަރްކާންއަށް ހީވީ ވަރުގަދަ އެތިފަހަރެއް އޭނާގެ މޫނަށް މީހަކު ޖަހާލި ހެންނެވެ. އިށީންދެ އިން ސޯފާގެ އަތްގަނޑުގައި ހިފާ ބާރުކޮށްލެވުނެވެ. ނިތް މައްޗަށް އެތައް ބައިވަރު ރުލެއް އަރައިގެންދިޔައެވެ. އަރްކާންއަށް ވެގެން ދިޔަ ގޮތެއް ޒެވިއަލްއަށް ސިއްރެއް ނުވިއެވެ. އޭނާއަށް އެއައި ބަދަލުން ޒެވިއަލްއަށް ހައިރާންކަމެއް ލިބިގެންދިޔައެވެ. *** އޭގެ ފަހުން އަޒީޒް ދެއްކި އެއްވެސް ވާހަކަ […]
އޭނާ ބުނަން އުޅޭ ވާހަކަ ބުނުމުން އަލާރާއަށް ވާނެ ގޮތެއް ނޭނގޭތީ ޒެވިއަލް ހިސާބަކަށް ނުތަނަވަސް ވިއެވެ. ފެންނަ ފެނުމަށް ޝަވަންއާއި ހެދި ކުރިން އުޅުނުގޮތައް އަލާރާ ނޫޅުނު ނަމަވެސް އޭނާގެ ހިތް އޮތް ގޮތެއް ޒެވިއަލައަކަށް ނޭނގެއެވެ. ކޮންމެ ގޮތަކަށް އޭނާގެ ހިތް އޮތްނަމަވެސް ބުނަން ޒެވިއަލް ނިންމިއެވެ. އޭނާ ނުބުނި ނަމަވެސް ކޮންމެވެސް އެއްދުވަހަކު ޝަވަންގެ ފަތިފުށް އަލާރާއަށް ހާމަވާނެކަން އޭނާ ދަނެއެވެ. “ހީ އިޒް ޗީޓިން އޮން ޔޫ.. ޑިޑް ޔޫ ނޯ […]
“ޑޮކިއުމަންޓްގަ ކުންފުނީގެ ވެރިޔާގެ ނަމަކަށް މި އިނީ އެފް އެސް..އެހެންވީމަ އޭގެ މާނަ އަކީ އެފް އެސް އަކީ ފާތިމަތި ސާރާ އޭ.. އޯހް ޔެސް ..ޔެސް..ބަޓް ހޫ އިޒް ދިސް” ފޯނަށް ބަލަން ހުރި އިރު ޒެވިއަލްގެ މޫނުމައްޗަށް އަރާފައިބަމުން ދިޔައީ ހައިރާންކަމުގެ ކުލަތަކެވެ. *** ގެއަށް ދާން އުޅެފައިވެސް އެވަގުތު އޭނާ ނިންމީ ކަޔާންއާއި ބައްދަލް ކުރާށެވެ. އަރްކާންވީ އޮފީހުގައިކަން އެނގޭތީ އެހަބަރު ދޭކަށް ޒެވިއަލް ބޭނުމެއް ނުވިއެވެ. ބާރު ދެވެލީގައި ކާރު ދުއްވާލާފައި […]
“އަޅެ ގުޅަލަބަ ރައި ކޮބާ ތޯ” އަލާރާ ވެސް ލިއާނާއަށް ލަފާ ދިނެވެ. ޒެވިއަލް ފޯނު ކަނޑާލުމުން އައި ރުޅީގައި ވަގުތުން ނޫނެކޭ ބުނެ އޭނާ މިސްރާބު ޖެހީ އަލާރާ ގޮވައިގެން ގެޔަށް ދިޔުމަށެވެ. *** “ނެތް ދޯ ރައީ އެއް” އެތެރެއަށް ވަދެފައި ދެތިންފަހަރަކު ރައިހާއަށް ލިއާނާ ގޮވާލުމުން ވެސް ހިލަމެއް ނުވުމުން އަލާރާ ބުނެލިއެވެ. “ޔާހް.. އަދި ނާންނަނީ ކަންނޭގެ.. ވަރަށް ޓްރެފިކް ކަންތައް ވެސް ބޮޑު ގަޑިއެއް މީ..އެހެންވެ ކަންނޭގެ ނުފޯރައިގެން އެއުޅެނީ” […]
އޭނާ ކިއައިދެމުން ދިޔައިރު ޒެވިއަލް ދިޔައި ބޯޖަހަމުންނެވެ. ނަމަވެސް އޭނާގެ ހިތުގައި ވަނީ އެހެން ޕްލޭނެކެވެ. އެކަންތައް އޭނާ ކުރާނީ އަމިއްލައަށެވެ. އަރްކާން ގާތުގަ އެހެން ބުނެފި ނަމަ ޔަގީނުން ވެސް ހުރަސް އަޅާނެއެވެ. *** ހެނދުނު އަރައިގެން އައި އިރާއެކު ޒެވިއަލްއަށް ފުރަތަމަ ވެސް ބައްދަލްކުރަން ޖެހުނީ އަޒީޒް އާއެވެ. އާންމުކޮން އެގަޑީގައި އެއްވެސް މީހަކު އޭނާއަކަށް ނުގުޅާނެއެވެ. ނިދާފައި އޮއްވާ ގުޅާފައި އައުމަށް އެދުމުން މިއަދު އެގުޅީ ކޮންމެވެސް މުހިއްމުކަމެއްގައި ކަން އެނގި ކަންނެތް […]