Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 13

Annora Level 610 Stories100 Login100 Comments100 Stories
December 16, 2024 8 Mins Read
16 Comments

އަލާރާ އާއި ޒެވިއަލް އެކު އެކީގައި ގެޔަށް ވައިން މަންޒަރު ބަލަން ހުރި ޝަވަންގެ މޫނުމަތީގައި ވީ ރުޅިވެރިކަމެވެ. އޭނާ އެތަނުގައި އެދެމީހުންގެ ހަރަކާތްތަކަށް ބަލަން ހުންނަތާ ފުދޭވަރަކަށް އިރުވެއްޖެއެވެ. ޒެވިއަލް އަލާރާއަށް ބަލަހައްޓާއިގެން ހުންނަ ގޮތުން ޝަވަންގެ ހިތުގައި ނަފްރަތު އުފެދިގެން ދިޔައީ އިންތިހާއަށެވެ. “މީ ދޯ މީނަ މަށައް ބޮޑު ޝަރުތެއް ހުށައެޅި ސަބަބަކީ” ޝަވަންގެ މޫނުމަތިން ރުޅިއާއި އެއްވަރަށް ފޫހިކަންވެސް ދިޔައީ ފެންނަމުންނެވެ. އެގެޔަށް ވަންނަން ނުހަދާ އޭނާ މިސްރާބުޖެހީ އެގެއިން ބޭރަށް ނުކުތުމަށެވެ.

***

އަޒީޒް އައިސް އަލާރާ ކޮޓަރިއަށް ގެންދިޔުމުން ޒެވިއަލް ވެސް ލަސްނުކޮށް ބެލީ ނިދާލަން ދިޔުމަށެވެ. އޭނާގެ ބަޔަށް ވައިން އިރު މުޅި ގޭތެރެއަށް އޮތީ މަރުފަދަ ހިމޭންކަމެއް ވެރިވެފައެވެ. ހަމައެކަނި ސިޓިންގްރޫމުގައި ދިއްލާފައިވާ ހުރި ބޮކީގެ އަލިކަން ފިޔަވައި އިތުރު އަލިކަމެއް ގޭތެރެއަކުނުވެއެވެ. ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓަމުން ޒެވިއަލް ވަނީ ބަދިގެ ބަޔަށެވެ. އައިސްއަލަމާރިން ފެންފުޅިން އެއް ނެގުމަށްފަހު ބޮމުން އަނެއް އަތުން ގަމީސް ބާލާ ތިރިއަށް ވައްޓާލިއެވެ.  ފެންފުޅި ކައުންޓަރ މަތީގައި ބެއިންދުމަށްފަހު ބޮލުގައި އައްސާފައިވާ ވޫލްކޮޅު ނައްޓާލާ އިސްތަށިގަނޑު މިނިވަން  ކޮށްލަމުން ޒެވިއަލް ސޯފާއަށް ވެއްޓިގަތެވެ. ޔަގީނުން ވެސް އެ ސިފައިގައި ޒެވިއަލް ހުއްޓާ ޒުވާން އަންހެންކުއްޖަކަށް ފެނިއްޖެނަމަ އާޝޯހްވާނެއެވެ. “ސިކްސްޕެކް އެބްސް” ހާމަވީ އިރު ކަސްރަތީ ހަށިގަނޑުގެ ފުރިހަމަ ކަން ހާމަވެއެވެ. އެހެން އޮވެފައި ތުންފަތް ހަފައިލި އެވެ. ދިގު ތުނބުޅީގެ ތެރެއިން ރަތް ތުންފަތް ފައުޅުވަނީ ސިހުރުވެރި ގޮތަކަށެވެ.

ސޯފާގައި ރަނގަޅަށް ހަމަޖެހިލަމުން ކުޝަންއެއް ނަގާ ބައްދާލަމުން ދެލޯ މަރައިލިއިރު ފުރަތަމަ ވެސް ސިފަވީ އަލާރާގެ ސޫރައެވެ. އެއީ ޒެވިއަލްގެ ހިތުގެ ހަމަޖެހުން ނަގާލަމުންދާ ސޫރައެވެ.  އެ ހީލުމެވެ. އެ ލޯބި ލޯބި ބަސްތަކެވެ. އެ ޖާދޫވީ އަޑުން ވާހަކަ ދައްކަމުން ދާއިރު މޫނަށް ވެރިކުރުމާ ކުލަވަރާއި ކޮށްލާ ފަރިފަރި ހަރަކާތްތަކެވެ. އޭނާގެ ހަޔާތުގައި އަންހެންކުއްޖަކު ފެނިގެން ދުވަހަކުވެސް ނުވާ ގޮތްތަކެއް އަލާރާ އެންމެ ފުރަތަމަ ފެނުނު ދުވަހު ވެސް ވިއެވެ. އެ އަޑު ކަންފަތުގައި ބީހިލާ ކޮންމެ ހިނދެއްގައި އޭނާގެ ހިތުގެ އެންމެ ފުނައް ވާސިލްވެއެވެ. ދެވަނަ ފަހަރަށް އެ އަޑު އިވުމަށް ހިތް އެދެއެވެ. އަލާރާއާއި އެކު ވާ ކޮންމެ ވަގުތެއް ވެސް ޒެވިއަލް އަށް ހީވަނީ މާއަވަހަށް ނިމިދާ ހެންނެވެ.

“އިޒް ދިސް ލަވް” ބައްދައިގަނެގެން އޮތް ކުޝަންއަށް އިތުރަށް ފިތާލިއިރު އެމޫނުމަތިން ފެންނަނީ އެ ސުވާލަށް ޖަވާބު ހޯދަން ބޭނުންވެފައިވީ މިންވަރެވެ.

“އާހް އެހާ އަވަހަށް ގޮތެއް ނިންމާކަށް ބޭނުމެއްނޫން..އައި ޑޯންޓް ނޯ..އައި ޑޯންޓް ނޯ އެނީ ތިންގް..އޯލް އައި ނޯ އިޒް ދެޓް…އައި މިސް ހާރ ބޭޑްލީ” ލަސްލަހުން ޒެވިއަލްގެ އަނގައިން ކޮންމެ ބަހެއްބޭރުވަމުން ދިޔައިރު ވެސް އެދެލޮލުން އަލާރާއަށް އެދޭވަރު ހާމަވެއެވެ. އެހެން އޮތްވާ ޝަވަންގެ ހިޔާލް ވެރިވެގަތުމުން ޒެވިއަލްގެ ތަބީއަތު ގޯސްވިއެވެ.

“އަހަންނަކަށް ހިއެއް ނުވޭ ޝަވަން އެއީ ރަނގަޅު ނިޔަތެއްގަ އުޅޭ މީހެއް ހެންނެއް..ކޮންމެވެސް ނުބައި ރޭވުމެއް އެބަ ކުރިއަށް ގެންދާ ހެން ހީވަނީ..ސޯފިއާ ވެސް މީ ކިހިނެތް އުޅޭ މީހެއް ކަމެއް ނޭނގެ.. ފޫހި އަންހެނެއްގެ ހުންނާނެ ހުރިހާ ސިފައެއް އެ އަންހެންމީހާގެ ހުރޭ…އޭނައާއި ޝަވަން އާއި ދެމީހުން ރަނގަޅު ގަނޑެއް ނޫން ކަންނޭގެ އެ ގަންނަނީ އެހެންނޫނީ ވައި ވުޑް އަލާ ކްރައި އެދެމީހުން ރޫމް އިން ނުކުމެގެން ދިޔައީމަ..ސަމްތިންގް އިޒް އޮޑް” ޒެވިއަލް ފުންނޭވާ އެއް ދޫކޮށްލިއެވެ.

އެހެން އިރުގަނޑެއް ވަންދެން އަލާރާގެ ހިޔާލްތަކަށް ގެނބިގެން އޮތްވާ ޒެވިއަލްގެ ދެލޮލަށް ނިދި ސަވާރް

ވެގެން އައެވެ.

***

އަލާރާއަށް ހެނދުނުގެ ނާސްތާ ހިފައިގެން އައި ދިނާޔާއަށް ކުއްލި ސިހުމެއް ލިބުނީ އެ ކޮޓަރީގެ ދޮރުމައްޗަށް އެރި ހިނދު އެތެރެއިން އިވުނު އަލާރާގެ ހަޅޭކުގެ އަޑުންނެވެ. ދިނާޔާ އަތުގައި ހުރި ތަބަށް ވެސް ދޫކޮށްލާފައި އެތެރެއަށް ދެމިގެން އިރު އެނދާއި ދިމާލުގެ ތިރީގައި އުނޑަފައިން އިށީންދެ އިން އަލާރާ ފެނި އޭނާގެ މެޔަށް ހީވީ ފިނިފެން އެއްޗެއް އޮއްސާލިހެންނެވެ.

“ދަރިފުޅާ…ކިހިނެތް ވީ…ކިހިނެތް މިތަނަށް ދަރިފުޅު އައީ” އަލާރާގެ ދެކޮނޑުގައި ހިފާ ދިނާޔާ އޮޅުލައިގެން އިރު އަލާރާ ދިޔައީ ތުރުތުރު އަޅަމުންނެވެ. މަޑު ގިސްލުމެއްގެ އަޑު އޭރު އަލާރާގެ އަނގައިން ބޭރުވެއެވެ. އެއަމަލުން ދިނަޔާ އިތުރަށް ހާސްކުރުވިއެވެ.

“ދަރިފުޅާ.. މަންމަ ހާސްވޭ އެބަ..ވެގެން އުޅޭ ގޮތެއް މަންމަގެ ގާތު ބުނެދީބަލަ..” ދިނާޔާގެ އަލާޜާގެ ދެކޮނޑުގައި ހިފައި ދުރުކޮށްލަމުން އެ މޫނަށް ބަލައިލިއެވެ. އެހާ ހިނދުކޮޅަކަށް އެމޫނަށް ރުއިމުގެ ސަބަބުން ވަނި މަޑު ފިޔާތޮށިކުލަ ފާއްދާލާފައިއެވެ.

“މަން..މަންމާ..ކޮންމެ ވެސް މީހަކު މިކޮޓަރި ތެރެއަށް ވަނީ..” ހިތްވަރުކޮށްފައި އަލާރާއަށް ބުނެވުނީ އެހިސާބަށެވެ. އަނެއްކާ ވެސް ރޮވެން ފެށުމުން އިތުރަށް ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. އެނދުމަތީގައި އަލާރާ ބޭންދުމަށްފަހު ކައިރީގައި އިށީންދެ ދިނާޔާ ފޯނު ނަގާފައި ގުޅާލީ އަޒީޒްއަށެވެ. މާގިނަ އިރުތަކެއް ނުވެ އަޒީޒް އައުމުން އަލާރާއަށް ބުނެދެވުނު ހިސާބަށް ދިނާޔާވެސް އަޒީޒް  ގާތު ބުންޏެވެ. އަޒީޒް މުޅި ގޯތި ތެރެ ބެލި އިރުވެސް މީހެއްގެ ހިލަމެއް ނުވިއެވެ. ނަމަވެސް އަލާރާގެ ކޮޓަރިއާއި ދިމާލު ތިރިގައި ދިގު ވައު ގަނޑެއް އޮތްތަން ފެނުނެވެ. އަޒީޒް އެންމެ މިނެޓެއްވެސް ލަސް ނުކޮށް ގޭގެ ހުރީ ސެކިއުރިޓީ އޮފިސަރުން އެއްތަންކުރިއެވެ.

“ކަލޭމެން ކުދިން ވަޒީފާ އަދާ ތިކުރަނީ ކިހިނެތްތަ.. ބޮޑު މުސާރަ ދީފަ ނިދާކަށް ނޫނޭ މިތާގަ ބައި ތިއްބާފަ ތިތިބީ..ކުރީ ދުވަހު އެ ވަރުގެ ބޮޑުކަމެއް ވެގެން ދިޔައީ..މިއަދު އަނެއްކާ ކޮންމެވެސް މީހެއްގެ އުނދަގޫ މިއޮތީ ޖެހިފަ..އަލާއަށް އަނގައިން ބުނެވުނީމަ ވީ ގޮތެއް ވެސް އެނގޭނީ..އެކަމަކު ހަމަ ގައިމުވެސް އެ ކޮޓަރީގެ  ބޭރުން ވާގަނޑެއް ފެންނަން އެއޮތޯ މިގެއަށް މީހަކު ވަނީމަ..މިހާ ސެކިއުރިޓީ ހައިކޮށްފަ ބާއްވާ ތަނެއްގަ ކައިރި ކައިރީގަ މިފަދަ ކަންކަން ހިނގީމަ އެބަ އިނގޭ ސެކިއުރިޓީންގެ ޒިންމާ އޭގެ އެންމެ ފުރިހަމައަށް އަދާ ނުކުރެވޭ ކަން” އައިސްފައި ހުރި ގަދަ ރުޅި އާއި އެކު އަޒީޒްއަށް ވާހަކަ ދެއްކުނީވެސް ފުދޭވަރަކަށް ބާރަށެވެ. ހުރިހާ ސެކިއުރިޓީ އިސްޖެހިފައި ތިބިއިރު އެކަކަށް ވެސް އަނގަހުޅުވާލާކަށް ނުކެރުނެވެ.

“ހާނިމް ގޮސް ރެޑީ ކުރޭ ސެކިއުރިޓީ ކެމެރާތަކުގެ ފޫޓޭޖްތައް…ފުލް ފޯސް އޮން ކޯލްގަ ތިބެން ޖެހޭނީ…ގޭގެ ކޮންމެ ހިސާބެއްގެ ސެކިއުރިޓީ ޑަބަލް ކުރަން ވާނެ މިއަދުން ފެށިގެން…” އަޒީޒްގެ އެދުމުގެ މަތިން ހާނިމް ގޮސް ކެމެރާ ސޫޓޭޖްތައް  ބެލޭނެހެން ތައްޔާރުކުރުމަށްފަހު ގޮވައިލިއެވެ.

“މި އެ މީހަކީ..ހަމަ އޭނަ .. މިބުނީ ކުރީ ރޭ ގެޔަށް ވައިން މީހާ.. ހަމަ އެ އަންނައުނުތައް އެހުރީ ލައިގެން..މޫނުމަތީގަ  ވެސް އެގޮތައް ފޮތި އޮޅާފަ އެހުރީ” ހާނިމްއަށް ކެމެރާއަށް އަރާފައިވާ މީހާގެ ފެނުނު ހިނދު ބުނެލިއެވެ. އޭނައާއި އެކު ދެން ހުރި ރަސަލްވެސް އެއީ ތެދެކޭ ބުނެލިއެވެ. ކެމެރާއިން ފެނިގެންދަނީ އެރޭ ވެސް ގެޔަށް ވައިން މީހާއެވެ. އެރޭ ގެޔަށް ވައިން ގޮތައް ވައުގަނޑެއް އެހީގައި ކޮށްގެން ގެޔަށް ވަންނަ ތަނެވެ. ލައިގެން ވެސް ހުރީ އެރޭ ލައިގެން ހުރި އަންނައުނެވެ.

“ސާރ..މިއަދު އެމީހަކު އެވަނީ ދުވާލުގެ އަލިކަމުގަ.. އެއި އާދައިގެ މީހެއް ނޫން..އަދި އަޅުގަނޑުގެ ހިތެއް ނުބުނޭ އެމީހަކު އެއީ ވައްކަން ކުރަން ވައިން މީހެކޭ..އެހެންނަމަ އެމީހާ ކޮންމެ ފަހަރަކުވެސް އައިސް އަލާރާ މެޑަމްއަށް ގެއްލުން ދޭކަށް ނޫޅޭނެ…މިބުނަން އުޅޭ  ވާހަކައަކީ އޭނަ އެތަނުން އަރައިގެން ބޮދަމުން ގެޔަށް ވައިން އިރު އެހިސާބަށް ފުރަގަސް ދީގެން ގާޑެން ތެރޭގަ އުޅުނު މަސައްކަތު މީހާ ވެސް އޭނައަށް ފެންނާނެ..  ގާޑްނާރ އަށް އޭނަ ނުފެނުނަސް..ލާރި ހޯދަން އުޅުނު މީހެއް ނަމަ ފުރަތަމަވެސް ގޮސް ގާޑްނާރ ގެ ކުރިމައްޗަށް އަރާ ބިރު ދައްކައިގެން ފައިސާ އަތުލަން މަސައްކަތް ކުރީސް…އެކަމަކު ފިލައިގެން އައިސް އެގޮތް މިގޮތުން އަރައިގެން ތިންވަނަ ފްލޯގަ ހުރި މެޑަމްގެ ކޮޓަރިއަށް އެވަނީ..އެރޭ ވެސް ހަމަ  އެ ކޮޓަރިއަށް.. އިއްތިފާގެއް ނޫން އެހެންވީމަ އެއި” ރަސަލް ވަރަށް ވިސްނުންތެރިކަމާއި އެކު އޭނާއަށް ވިސްނުނުގޮތް ހާމަކުރިއެވެ. ރަސަލްގެ އެ ވާހަކަ އިން އަޒީޒްއަށް އެކަމާއި ވިސްނަން މަޖުބޫރު ކުރުވިއެވެ. ކުއްލިއަކަށް އޭނަ ހަނދާން ވީ އަލާރާއާއި އީވާ ހޮސްޕިޓަލަށް ގެންދެވުނު ރޭ އަލާރާ ބެލި ޑޮކްޓަރު އަދި އޭނާގެ ގާތް އެކުވެރިއާ ފާރިޝްގެ ވާހަކަތަކެވެ.

” “އޭރުވެސް ހުރީ އަލާރާގެ ޑޮކްޓަރަކަށް އަހަރެން.. އަދި މިއަދު ވެސް.. އޭރުވެސް ހިތައް އެރި އާދައިގެ އެކްސިޑެންޓް އަކުން އެހާ  ބޮޑު އަނިޔާއެއް ވެދާނެބާއޭ ހަމަ.. އަހަންނަކީ ވެސް ތިގެއަށް ނުދާ މީހެއް ނޫން ދޯ..އެ ސްޓެއާރސް އަކީ ތިބުނާހާ ފައިކައްސާ ތަނެއްނޫން..ދެން މިރޭ މި ވީ ކަންތައް މިއީ ހަމަގައިމްވެސް އެކްސިޑެންޓެއް ނޫންކަން މަށައް ވުރެން ރަނގަޅަށް އަޒީޒް އަށް އެނގޭނީވެސް..ހިއެއް ނުވޭތަ މި ހަމަލާއަށް ބަލާފަ ކުރީފަހަރު އެކަންތައް ވެސް އެއީ ހަމަ މިކަހަލަ ހަމަލާއަކަށް ނުވެދާނެ ހެންނެއް..” ”

ފާރިޝްގެ ވާހަކަތައް ސިކުނޑީގައި ގުގުމައިގައިން ހިނދު އަޒީޒްއަށް ދެލޯ މަރާ ތަގުޅި ކޮށްލެވުނެވެ. އެ ވާހަކަތަކުގައި ކޮންމެވެސް ވަރެއްގެ ބުރަދަނެއް ހުރިހެން މިހާރު އަޒީޒްއަށް ވެސް ހީވާން ފަށައިފިއެވެ. އެކަމަކު އެވަރުގެ ކަމެއް ކުރާނީވެސް ވަކި ކާކުހެއްޔެވެ. ވިސްނާ ވިސްނާ ވެސް އަޒީޒްއަށް ނޭނގުނެވެ. އެތަނުގައި އިތުރަށް މަޑުނުކޮށް އޭނާ މިސްރާބު ޖެހީ އަނެއްކާވެސް އަލާރާއާއި ވާހަކަ ދައްކާލެވޭތޯއެވެ.  އަޒީޒް ކޮޓަރީގެ ދޮރު ހުޅުވާލި އިރު އަލާރާއަށް ނިދިފައިވާ އިރު ބެލްކޮނީގެ ސޯފާގައި ޒެވިއަލް ފޯނު ހިފައިގެން އިނެވެ. ދިނާޔާ އޭރު ފެންނާކަށް ނެތެވެ. އަލާރާގެ މަގަތުގައި އިށީނދެގެ އެ މޫނުކޮޅުގައި އަޒީޒް ފިރުމާލިއެވެ.

“މާފްކުރޭ ދަރިފުޅާ…ބައްޕައަށް މާބޮޑަށް ވެސް ފަރުވާ ކުޑަކޮށްލެވުނީ…ދެން އެހެންނެއްނުވާނެ..ބައްޕަގެ ފުރާނަ ބައްޕައަށް މާފް ކުރާނަންތަ” އަލާރާގެ އަތައް ފިތާލިއިރު އަޒީޒްގެ ދެލޮލުން ވެއްޓުނު ފެންތިކި ކޯތާފަތުން ތިރިއަށް ފިރުކިގަތެވެ. ނިދިފައި ވީ އިރުވެސް އަލާރާގެ މޫނުމަތިން އިންތިހާއަށް ވަރުބަލިކަން ފެންނަމުން ދިޔައެވެ. އެތައް އިރަކު ރުއިމުގެ ސަބަބުން އަދިވެސް މޫނުމަތިން ރަތްކަން ނުކެނޑެއެވެ. އެ މަންޒަރުވީ އަޒީޒްއަށް ބަލަން އުނދަގޫ ވި މަންޒަރަކަށެވެ. ބޮޑުވައި އިނގިލި ކުރިން ލޯ ފުހެލުމަށްފަހު ޒެވިއަލް އިން ސޯފާގައި އަޒީޒް އިށިންނެވެ.

” ކިހިނެތް ވީ އަލާރާއަށް” ޒެވިއަލް އަހައިލިއެވެ. އޭނާއަށް އާދެވުން އިރު ހުރިހާ ކަމެއް ވެ ނިމިއްޖެއެވެ. ދިނާޔާގެ ގައިގާ އަލާރާ ބައްދާލައިގެން އިނދެ ރޮމުން ދިޔައިރު ދިނާޔާއަށް ވެސް އިނީ ރޮވިފައެވެ. އެހެން އިންދާ އަލާރާއަށް ނިދުމުން ދިނާޔާގެ އެދުމުގެ މަތިން ޒެވިއަލް ގޮސް އަލާރާ އެނދުގައި ބާއްވައި ދިނެވެ. ޒެވިއަލް އެހުމުން ދިނާޔާއަށް ވެސް ބުނެދެވުނީ އަލާރާގެ ފުށުން އިވުނު ހަމައެކަނި ޖުމްލައެވެ.

“އަލާއަކަށް މާ ބޮޑަކަށް ނުއެއް ކިޔައިދެވުން.. ވަރަށް ބޮޑަށް ޕެނިކްވެފަ ހުރީ..” އަޒީޒް ވެސް ބުނީ ދިނާޔާ ބުނިގޮތަށެވެ. އެކަކަށްވެސް ވާނުވާ ނޭނގެއެވެ. ކެމެރާއިން ފެނުނު މަންޒަރާއި އަލާރާގެ ކޮޓަރިގެ ބޭރުން ފެނުނު ވައުގަނޑުގެ ވާހަކަ އަޒީޒް ބުންޏެވެ. އެވަގުތު ޒެވިއަލްގެ ނިތައް ރޫ އަރައިގެން ދިޔައެވެ. ނޭނގޭ ސަބަބަކާއި ހުރެ ފުރަތަމަވެސް އޭނާގެ ހިތައް ވެރިވެގަތީ ޝަވަންގެ ނަމެވެ.

“އެހެންވީމަ ވައްކަން ކުރާކަށް ނޫނެއްނު އެމީހަކު ތިއައީ އެއް…އެވެސް އަލާރާގެ ކޮޓަރިއަށް..އަލާރާ ދަންނަ މީހަކަށް ވީމަ އެހާ ރީއްޗަށް މިގޭގެ ކޮޓަރިތައް އެއިނގެނީ..މިގެޔަކީ ކޮންމެ ކޮންމެ މީހަކަށް ވަދެވޭނެ ތަނެއް ވެސް ނޫން” ޒެވިއަލްގެ ގާތައް ޒާތެއްގެ ރުޅިވެރިކަމެއް ވެރިވެގެން ދިޔައެވެ. އަތް މުށްކަވައިލެވުނެވެ.

“ޔެސް..ތިއީ  ހިތައް އުނދަގޫ ކުރާ ކަންތައް.. ބޭބެއަށް ވެސް މިހާރު ބުރަ ވެވޭ އެބަ ތިގޮތައް” ރަސަލް އާއި ފާރިޝްގެ ވާހަކަ ވެސް ޒެވިއަލްގާތު އަޒީޒް ބުންނެވެ.

“ފާރިޝް އެހެން ބުންޏަސް ބޭބެ އަދި މިހުރީ އެ ކަމަކަށް ނުހަދާ..ވައްކަމެއް ކުރަން އައި މިހަކަށް ހަދައިގެން މިއުޅުނީ..ޕޮލިހުންވެސް އެގޮތައް ނިންމީ..އަނެއްކާ އަލާ ވެސް  ބުނި އެންމެ ފުރަތަމަ ފަހަރު އެވި ކަންތައް އެއީ އެކްސިޑެންޓް އެކޭ..ފައި އެޅުނު ގޮތަކުން ފައި ކަހާލީއޭ…އެކަމަކު މިއަދު މިހެން ވީމަ މިކަމާ ވިސްނަން ޖެހިއްޖެ…އަރްކާންއަށް ވެސް އަންނަންދެން އެބަ ޖެހޭ ސިއްރު ކުރަން..” ސޯފާގައި ލެނގިލަމުން އަޒީޒް ދެލޯ މަރައިލިއެވެ. އެއަމަލުން އޭނާ ސިކުނޑި ގަޑުބަޑުވެފައި ވީ ވަރު ހާމަވެއެވެ. އެހެން އޮވެފައި ޒެވިއަލް ފެންނަ ގޮތެއް  ބުނަން އެދުނެވެ.

“އަހަންނަކީ މިކަމަށް ބަސްބުނެ ގޮތް ނިންމަން އެންމެ ރަނގަޅު މީހާއަށް ނުވެދާނެ..އެކަމަކު މި ނޫން ގޮތެއް އަދި ނެތް ހެން ހީވަނީ..އަލާރާގެ ގާތުގައި ސައުވީސް ގަޑިއިރު މީހުން ތިބޭގޮތައް ގާޑް ކުރަންވީ.. މިހާރު އީވްގެ ހާލަތު ހުރިގޮތުން އަލާރާގެ ގާތު ހުރެވޭ ގޮތެއް ވެސް ނުވޭތާ…” ޒެވިއަލް ތުންފަތުގައި ދަތްއަޅުވާލީ އަޒީޒް ދޭނެ ޖަވާބެއް ނޭނގޭތިއެވެ.

“ޔެސްސް.. ތިއީ ކަންނޭގެ އެންމެ ރަނގަޅު ގޮތަކީ..އެކަމަކު ޒެވްއަށް އެކަނި ވާނެތަ..ބޭބެއަށް ވަރަށް އުނދަގު ކަމެއް މިއީ މީހުންނަށް އިތުބާރު ކުރަން..ހާއްސަކޮން އަލާއަށް ވެފަ ހުރި ގޮތުން” ޒެވިއަލް ދިން ހިޔާލުން އަޒީޒްގެ މޫނު އުޖާލާވި ނަމަވެސް ހިތައް ވެރިވި ކަންބޮޑުވުން ފާޅުކުރިއެވެ.

“އަހަރެން ހުރެދޭނަން ކޮންމެ ރެއަކުވެސް އަލާގެ ގާތުގަ…ބޭބެ އެގޮތާއި ރުހެންޏާ..ބޭބެއަށް އިތުބާރު ކުރެވޭ ވަރުގެ  މީހަކު ނެތީވިއްޔާ..އަހަރެން ގެނެސް ދެންތަ މީހަކު..ހުރިހާ ވަގުތަކު ފިރިހެންނުން ތަކެއް ކައިރީގައި ގެންގުޅުނީމަ އަލާއަށް ވެސް ވާނެ ވަރަށް އުނދަގޫ..އަންކޮމްފޮޓަބަލް ވާނެ…އެބަހުރި ވަރަށް އިތުބާރު ކުރެވޭ އަންހެން ކުއްޖެއް..އެއީ ބޮޑީގާޑް ތަމްރީން ވެސް ހަދައިގެން ހުރި ކުއްޖެއް..” ޒެވިއަލްގެ ހަނދާނަށް އައީ އެންމެ އަންހެން ކުއްޖެއްގެ ނަމެވެ. އެ ސީރިއަސް ވަގުތު ހިނިވެސް އައެވެ. އަޒީޒްގެ ރުހުން ލިބިއްޖެނަމަ އޭނާގެ ގާތައް ޒެވިއަލް ދާނެއެވެ.

“އެންމެ ރަނގަޅު ޒެވް އަށް އެކުއްޖަކަށް އިތުބާރު ކުރެވޭނަމަ ބޭބޭ ނާހާނަން އެ ކާކުތޯ އެއް ވެސް..ހުސް ޒެވް ރޭގަނޑަށް ބަހައްޓާކަށް ބޭނުމެއް ނޫން… ތިގެންނަ ކުއްޖާއާއި ޒެވް ވާހަކަ ދައްކައިގެން ގަޑިބަދަލް ކުރޭ އިނގޭ..އެކުއްޖަކާއި އެކު ހުރެދޭން ޝުހާދު ކައިރީގަ ބޭބެ ބުނާނަން.. އަންހެން ކުއްޖެއްވިއްޔާ ބައެއްފަހަރު ބޭނުންވާނެތާ ދޯ އެއްތަނުން އަނެއްތަނަށް ދާން އަލާ އުފުލާނެ މީހަކުވެސް..”އަޒީޒް އެއްބަސް ވުމުން ޒެވިއަލް ލުއި ހީލުމަކާއި އެކު ބޯ ޖަހައިލިއެވެ.

“އީވް ވެސް ހަމައަކަށް އެޅޭ އެބަ މިހާރު..އީވް ފިޓް ވީމަ އޭނަ ވެސް މަޑުކުރާނެ އަލާގެ ގާތުގަ…އަސްލު ވީ ގޮތަކީ އީވްއަށް އެމީހަކު ހުރިގޮތް ފެނުނީމަ މާ ބޮޑަށް ބިރުގަތީ…އަލާއަށް އަނިޔާ ކުރިތަން ވެސް އީވްއަށް ފެނުނީ.. ކުޑައިރުވެސް ވަރަށް އަވަހަށް ޕެނިކް ވާނެ ކަރަންޓް ދިޔަޔަސް..ދެން އެވަރުކަމަކާއި އއެހާ ގާތުން ކުރިމަތި ލާންޖެހުނީމަ އެހާ އެ ބިރުގަތީ” އަޒީޒް ދައްކަމުން ދިޔަ ވާހަކަ އަށް ޒެވިއަލް ބޯޖަހައިއެވެ.

“ލިއާ އާއި އަރްކާން އަންނަ ދުވަސް ދޯ މާދަމާ މީ..އެކޮޅުގަ ޕާޓުނާރސްއަށް ސައިޓުން ކުޑަކަމެއް ފާހަގަ ވީމަ ޑިސްކަސް ކުރަން އަދި އެއް ދުވަސް ބޭނުން ވެގެން އުޅެން ހަދައިގެން އެހާ ލަސް ވެސް މިވީ އެކުދިންނަށް.. އެހެންނަމަ އިއްޔެ އާދެވުނީހޭ” އަޒީޒް ފޯނު ނެގީ އަރްކާންއަށް ގުޅާލުމަށެވެ.

****

ކާރުން ފައިބައިގެން ހޮޓެލްގެ ތެރެއަށް ވައިން އަރްކާންގެ ތަންކޮޅެއް ފަހަތުން ލިއާނާވެސް ހިނގާފައި އައެވެ. ދެދުވަސް ކުރިން ދެމީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމަށްފަހު އަރްކާން އަކާއި ލިއާނާ އަނގަޔަކުން ނުބުނެއެވެ. ދެތިންފަހަރަކު އަރްކާން އެއްޗެއް ބުނުމުން ވެސް ލިއާނާ ރައްދު ނުދިނުމުން އޭގެ އަރްކާންއަކަށް ވާހަކަ ދައްކާކަށް ނުކެރެއެވެ. ކޮންމެހެން ބުނަން ވެއްޖެ އެއްޗެއް ބުނަނީ ފޯނަށް  މެސެޖެއް ފޮނުވާލައިގެނެވެ.

”ހޭއި ލިއާ…” ލިއާނާ ފަހަތައް އެނބުރުނީ އޭނާގެ ނަމުން މީހަކު ގޮވައިލުމުންނެވެ. ބަލައިލި އިރު ސާމިއު ފެނުމުން ކުޑަކޮން ހައިރާންވިއެވެ. ނަމަވެސް އުފާވެރި ހިނިތުންވުމަކާއި އެކު ސާމިއު ގާތައް ދިޔައެވެ.

ލިއާނާ ފަހަތުން ނާންނަހެން ހީވެގެން އަރްކާން ހުއްޓި ފަހަތް ބަލައިލި ހިނދު ލިއާނާއާއި ސާމިއު ފެންނަން ހުރުމުން އަރްކާންގެ މޫނަށް ފޫހިކަމާއި އެއްވަރަށް ރުޅިވެރިކަން ފެންނަން ހުއްޓެވެ. ސާމިއުއަށް އޭނާ ފެންނަން އެއްގޮތަކަށް ވެސް އަރްކާން ބޭނުމެއް ނޫނެވެ. ނަމަވެސް ލިއާނާ އެތާގައި ބަހައްޓާފައި ދާކަށް ވެސް އޭނާގެ ހިތެއް ނުބުނެއެވެ. އެންމެފަހުން އަރްކާން އެދިމާލަށް މިސްރާބު ޖެހިއެވެ.

“އޯވްވް.. ޔޯ ޕްރިޓީ ހެއާރ އިޒް ޑިސްޓާބިން ޔޯ ޕްރިޓީ ޕްރިޓީ ފޭސް” ވާހަކަ ދައްކަމުން ދިޔައިރު ލިއާނާގެ ހުޅިން ނެއްޓިފައި އިސްތަށިކޮޅެއް ކޯތާފަތުގައި ބީހެން ފެށުމުން ސާމިއު އެ އިސްތަށިކޮޅު އެއްފަރާތް ކޮށްލަދިނުމަށް އަތް ހިއްލާލިއެވެ. އެ ވަގުތު އެނާގެ އަތުގައި މީހަކު ހިފެހެއްޓުމުން ސިހިފައި ބަލައިލި އިރު ކުރިމަތިން ފެނުނު ސޫރައިން އޭނާގެ މޫނަށް ހައިރާންކަން ވެރިވިއެވެ. ނުތަނަވަސްކަން ވެސް ސާމިއުގެ މޫނުމަތިން ފެނުނެވެ. ދެވަނަ ސިކުންތުގައި އެކުލަވަރު ފޮރުވާލުމަށް ހިނިގަނޑެއް ޖަހައިލިއެވެ.

“އަރްކާން..މައި ފްރެންޑް” ސާމިއު އަތް ދިއްކޮށްލީ ސަލާމްކޮށްލުމަށެވެ. ނަމަވެސް އަރްކާން އެއަތުގައި ނުހިފިއެވެ. ލިއާނާއަށް އެ މަންޒަރު ފެނުމުން އަރްކާންއާއި ދިމާލަށް ލޯ އަޅައިލިއެވެ. އެވަގުތަކީ އަރްކާންވެސް ލިއާނާއާއި ދިމާ ބަލައިލި ވަގުތުކަމުން ދެމީހުންގެ ހަތަރުކަޅި ބައްދަލްވިއެވެ. ނަމަވެސް ހަމަ އެ ސިކުންތު ދެމީހުންގެ މޫނު ދެދިމާލަށް އަނބުރާލިއެވެ.

“އަހަންނާއި ލިއާ ޝޮޕިންގްއަކަށް ދާން ނިންމާފަ އިންނާނީ..ތި މީހުން ދާ ފްލައިޓުން މަ ވެސް ރާއްޖެ ދަނީ..ސޯ ދިޔުމުގެ ކުރިން ކުރާ ޝޮޕިންއެއް..އެންޑް އަމް ޓޭކިން ހާރ އައުޓް..”ސާމިއު ބުނެލިއެވެ.

“ލިއާނާ ކެން ޔޫ ކަމް ” އަރްކާން ތަންކޮޅެއް ދުރަށް ޖެހިލީ ސާމިއު ހުއްޓާ ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ.

ސާމިއު އާއި ދިމާ ބަލައިލާފައި ލިއާނާ އެބައަންނަން ކަމުގައި ބުނެފައި އަރްކާންގެ ފަހަތުން ދިޔައެވެ.

“މަ ދެކެ ކިތަންމެ ކިތަންމެ ރުޅި އައިސްފަ ހުއްޓަސް ބުނަންތަ ވާހަކައެއް…އަހަންނަށް ހީވަނީ ހިލޭ ފިރިހެނަކާއި އެކު ލިއާނާ ބޭރަށް ދިޔުމުގެ ކުރިން އެންމެ ފުރަތަމަވެސް ޒެވިއަލް ގާތުން ކަންނޭގެ ހުއްދަ ހޯދަން ޖެހޭނީ..ރޭގަ މަށައް ގުޅާފަ ބައްޕަ ބުނި ލިއާނާ މިއަދު ބޭރަށް ދާން ހުއްދަ އަކަށް އެދުނޭ..ކާކުތޯ ބަލާފަ ނޫނީ އެކަނި ނުފޮނުވާށޭ..ކޮންމެ ފަހަރަކު އަހަރެންގެ ބައްޕައަށް ގުޅާފަ ހުއްދަ ހޯދުމަކީ ރަނގަޅުކަމެއް ހެންނެއް ހިއެއްނުވޭ ޒެވިއަލް ހުއްޓަ..މަށައް އެނގޭ ޒެވިއަލްގެ ވާހަކަ މަ ދެއްކީމަ ލިއާނާ ރުޅި އަންނަކަން…އެކަމަކު މި ދައްކަނީ ލިއާނާއަށް ރަނގަޅަކަށް..ތި މަގާމުގަ އެހެން އަންހެންކުއްޖަކު ހުއްޓަސް ވާހަކަ ދައްކާނެ ބީދައިން ” ވާހަކަ ނިންމާލަމުން އަރްކާން ބަލައިލީ ލިއާނާއާއި ދިމާލެވެ. އޭރު އިސްޖަހައިގެން ލިއާނާ ހުރިއިރު ތުންފަތް ހަފާލަ ހަފާލަ ހުއްޓެވެ.

“ވެއިޓް..ޑޯންޓް ޓެލް މީ ޒެވިއަލް އަކަށް ނޭނގެއޭ ސާމިއު އާއި ލިއާނާގެ ގުޅުމެއް” އަރްކާން ދެލޯ ބޮޑުކޮށްލައިގެން ހުރެ ބުނެލިއިރު ލިއަނާ ހަމަ އެހުރިގޮތައް ހުއްޓެވެ. އެހަމަ ހިމޭންކަމުން އަރްކާންއަށް ޖަވާބުލިބުނެވެ. ލިއާނާ އިސްޖަހައިގެން ހުރިގޮތައް ހުރެ ބޯޖަހައިލުމުން އަރްކާންއަށް ދެފަރާތައް ބޯ ހޫރުވާލެވާވުނެވެ.

“އާރ ޔޫ އައުޓް އޮފް ޔޯ މައިންޑް” ދަތްތަކަށް ބާރުކޮށްލައިގެން ހުރެ އަރްކާން ބުނެލިއިރު އޭނާ ގާތައް ރުޅި އަންނަގޮތް ވިއެވެ. ލިއާނާ މޮޔަވީހެއްޔެވެ. ލިއާނާގެ ހަނދާނުން ފަސް އަހަރު ކުރީގެ ހަނދާންތައް އެކީ ފިލައި ދިޔައީ ހެއްޔެވެ.

***

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annora

Level 610 Stories100 Login100 Comments100 Stories

Weaving tales that linger long after the last page.🤍 Turning imagination into unforgettable stories.🤍 Every story is a journey; come take a trip with me.🤍 Capturing the magic in everyday moments.🤍 Crafting narratives that touch the heart and mind. 🤍 🤍🤍🤍

Other Articles

Previous

ހިޔަނި 3

Next

ސަހަރާގެ ހުނުން 4

Next
December 16, 2024

ސަހަރާގެ ހުނުން 4

Previews
December 15, 2024

ހިޔަނި 3

16 Comments!

  1. Shayerrr 💞 says:
    December 16, 2024 at 11:35 am

    Vvvvvv reethi
    5 years ago kihineh baa v
    Heevany arkan innocent hen
    Zev ab kuri kameh saamiu kanneyge kuree😄

    Note: annora ge sifa kurun thakun hama heevany vaahaka thereyga ulhevey hen 🌸 vvvvv furihama🤍🤍🤍

  2. Yoummm says:
    December 16, 2024 at 11:46 am

    Vv reethi😭
    Avahah up kohla dheeba
    Cant wait dhen.. 😭😭😭Lia r arkan deal eh hadhan ukhey hen heevany😜

  3. Miss kangu says:
    December 16, 2024 at 11:47 am

    My zev is hotttttt🫦
    Siks packs and red lips 🔥

    1. Ava says:
      December 16, 2024 at 1:13 pm

      Yesss so astonishing, zev nufenunas aashoah vejje red lips and that beard. Oh my gosh 😌
      Security strong kuran vejje Rangalhah vx, also they should investigate further
      What’s with Lia an saamiu, he’s giving a bad vibe
      Lia and arkan ge scene akah inthizaaru kureveny

  4. Naikko says:
    December 16, 2024 at 12:58 pm

    V v reethi……👏👏👏👏👏
    When next??????
    Avahah upset koh dhehchey…….

  5. Malher says:
    December 16, 2024 at 1:47 pm

    After reading this my attention level has been increased to level 10 to 1000🥰🥰😭😭😂😂

    It wasss tooo good
    Zev and ala giving butterfliesin stomach vibe❤️❤️
    Lots of huggg to my fav author 🫂❤️😚
    Cant wait for the next part

    1. Layer says:
      December 16, 2024 at 2:25 pm

      This comment is funnier 🤣🤣

  6. gurrrrl says:
    December 16, 2024 at 2:24 pm

    vrh reethi alheyyyyy alaaa yah undhagooo kurani kaaku tha heyonuvaane dhw e fakeeru mhr e nafsaani vaanii I think nurihaaves nubayakii shavan aa soafiya hen anyways cant wait for next

  7. Layer says:
    December 16, 2024 at 2:27 pm

    This is sooo goood
    I hope sooon shavan ge true collrs enmenah egeyne kamah
    Vaahaka keekee hen eyna dheke hate kurevey
    I ah mihaaru eba v sus vey saamiu ah ves😒
    Anyways this is the best story so far from esfiya❤️❤️

  8. Your fav bab says:
    December 16, 2024 at 2:58 pm

    Very nice and interesting keep it up!!!!

  9. Kamana says:
    December 16, 2024 at 3:29 pm

    Sis you kust dd up my 2 v
    Brothers name
    Saamiu and shavan
    Its really odd nw🤣🤣🤣
    But its the best story so far🥰🥰🥰💯💯💯

    1. Kamana says:
      December 16, 2024 at 3:31 pm

      Sis you just add up my 2 loving
      Brothers name
      Saamiu and shavan🤣🤣
      Its really odd nw🤣🤣🤣
      But its the best story so far🥰🥰🥰💯💯💯
      Love you author 🤍❤️🤍❤️

  10. Ghost girl👻 says:
    December 16, 2024 at 5:38 pm

    This is the best hama I love annora ge all the stories can’t wait for the next keep it up 👍 luv yu author ✍️

  11. Fiza says:
    December 16, 2024 at 7:23 pm

    Vrh salhi mibaives. Arkaan ah haadha varekey evanee Saamiu Liaana kairin fenigen.

    1. fluffy says:
      December 17, 2024 at 11:38 am

      you kno that aslu evaagoiii cox arkaan loves herrr I think

  12. Zevi says:
    December 18, 2024 at 1:03 pm

    Yh can’t wait her to be his🤧

Comments are closed.

Next Episodeނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 14 & 15←


All Right Reserved!