“އަޅެ ގުޅަލަބަ ރައި ކޮބާ ތޯ” އަލާރާ ވެސް ލިއާނާއަށް ލަފާ ދިނެވެ. ޒެވިއަލް ފޯނު ކަނޑާލުމުން އައި ރުޅީގައި ވަގުތުން ނޫނެކޭ ބުނެ އޭނާ މިސްރާބު ޖެހީ އަލާރާ ގޮވައިގެން ގެޔަށް ދިޔުމަށެވެ.
***
“ނެތް ދޯ ރައީ އެއް” އެތެރެއަށް ވަދެފައި ދެތިންފަހަރަކު ރައިހާއަށް ލިއާނާ ގޮވާލުމުން ވެސް ހިލަމެއް ނުވުމުން އަލާރާ ބުނެލިއެވެ.
“ޔާހް.. އަދި ނާންނަނީ ކަންނޭގެ.. ވަރަށް ޓްރެފިކް ކަންތައް ވެސް ބޮޑު ގަޑިއެއް މީ..އެހެންވެ ކަންނޭގެ ނުފޯރައިގެން އެއުޅެނީ” ލިއާނާ ފޯނު ނަގައި ގުޅައިލުމުން ރައިހާ ފޯނު ވެސް ބިޒީކޮށްލިއެވެ. ލިއާނާއަށް އަނގައިން އަޑެއް ލައްވާލެވުނެވެ. އެހެންޏާ ރައިހާ އެގޮތައް ބިޒީ ކޮށްލާނީ މަދުފަހަރަކުއެވެ.
“ރައި ގަނޑު ފޯނު ވެސް ބިޒީ ކޮށްލީ.. ހިނގާ ލިއާ މެންގެ ބަޔަށް ދާން ސިސް..ރައިއަށް މެސެޖެއް ކޮށްލައިފިން އެ ވާހަކަ ބުނެފަ..ދެން އައިސް އަރާނެ” ދެމީހުން އެކުގައި ގޮސް ވައިން އިރު ބެލްކޮނިން ބަޔަކު ވާހަކަ ދައްކާ އަޑު އިވިގެން ލިއާނާއަށް ނިތް އަރުވާލެވުނެވެ.
“ދޮންބެ ކާކާބަ އެ ވާހަކަ ދައްކަނީ މާ ވަރަކަށް..”ފާޑަކަށް އަނގަ ހަދާލައިގެން ހުރެފައި ލިއާނާ އެދިމާލަށް މިސްރާބު ޖެހިއެވެ. އަލާރާ ވެސް ލިއާނާގެ އަތުގައި ހިފާލައިގެން ހުރެ މަޑުމަޑުން ކުރިއަށް ދިޔައެވެ.
“ބްރޯ.. އަހަރެމެން ދެމީހުންގެ ވާހަކަ ކިއާދޭންށޭ މިއުޅެނީ.. އެނގޭނު މިއުޅޭ ސޯ-” ފޯރީގައި ކަޔާން ކިއައިދޭންފެށި ވާހަކަ ހުއްޓާލަން ޖެހުނީ ކުރިމަތިން ފެނިލި ސޫރައަކުންނެވެ. ކަޔާންގެ މޫނުމަތިން ފެނިގެންދަނީ ސިހުމެވެ.
“ކަޔާން..ކަޔާން ތަ ތީ” އަލާރާއަށް ވެސް ވީ އެފަދަ ގޮތެކެވެ. ދެލޮލަށް އެ ސޫރަ ނުފެނުނު ނަމަވެސް އަޑުޖެހުނު ހިނދު އެއީ ކަޔާންކަން އޭނާއަށް ވަގުތުން އެނގުނެވެ. އެތައް ދުވަހެއް ފަހުން ކަޔާންގެ އަޑު އިވުމުން ވެސް ކަޔާންގެ އަޑުން އޭނާއަކަށް ނޯޅުނެވެ.
“އަލާ…”ކަޔާންއަށް ވެސް މަޑުމަޑުން ކިއާލެވުނު އިރު ކުރިމަތީގައި ދެން ހުރި ލިއާނާ ފެނި އިތުރަށް ސިހުނެވެ. ލިއާނާގެ މޫނުން ކަޔާންއަށް ފެނިގެންދަނީ ރުޅިވެރިކަމެވެ. އެވަރަށް ޒެވިއަލް އާއި ބައްދަލް ކުރިއިރުވެސް ލިއާނާއަކީ ޒެވިއަލްގެ ކޮއްކޮކަމެއް އޭނާނުދެނެ ހުއްޓެވެ. ކަޔާންއަށް ލިއާނާ އެފެނުނީ އަދި އަލަށެވެ. ލިއާނާ އަކީ ރައިހާގެ ކާކު ކަން އޭނާއަށް އޮޅިފައެއް ނެތެވެ. ކަޔާންއަށް ތުންފަތުގައި ދަތް އަޅާލެވުނީ މިއީ މިގެއަށް އާދެވޭނެ ފަހުފަހަރޭ ހީވެފައެވެ.
“ލިއާނާ ދޯ” އެނގިހުރެ ވެސް ކަޔާން މަޑުމަޑުން އަހައިލިއެވެ. ކަޔާންގެ ސުވާލުން އިތުރަށްލިއާނާ ރުޅިގަދަވިއެވެ.
”ވޯހް.. ކަޔާން އަށް މިހާރު މަ ވެސް ނޭނގޭ ދޯ..ސޮރީ ދޮންބޭ.. ދޮންބެގެ ހުރިހާ ރައްޓެހިންނަށް އަހަރެން ރެސްޕެކްޓް ކުރާނަން..ބަޓް އައި ކާންޓް ރެސްޕެކްޓް ހިމް.. އައި ހޭޓް ހިމް އަލޮޓް” ޒެވިއަލް ހުރުމުން ލިއާނާ ހަމަޖެހުމަށް ކުރަމުންދިޔަ މަސައްކަތް ވެސް ދިޔައީ ބޭކާރުވަމުންނެވެ.
ކަޔާން ފެނުމުން ލިއާނާއަށް ވެގެން ދިޔަ ގޮތުން ޒެވިއަލްހުރީ ހަނދާނެ ގޮތެއް ނޭނގިފައެވެ. ތަންކޮޅެއް ކުރިން ކަޔާންއާއި ލިއާނާ ބައްދަލް ކޮށްދެވުނު ނަމައޭ ޒެވިއަލްގެ ހިތައް އެވަގުތު އެރިއެވެ. ރައިހާއާއި ކަޔާން ރައްޓެހިވި ވެގެން އުޅުނު އިރު ޔަގީނުން ވެސް ކުރިން އޮންނާނީ ލިއާނާއާއި ކަޔާން ބައްދަލްވެފައެވެ. އެތަންކޮޅު އޭނާގެ ވިސްނުމަށް ނައުމުން ޒެވިއަލްއަށް އަމިއްލަ ނަފްސަށް އަޑުލައިގަނެވުނެވެ.
“ލިއާ ހަމަޖެހިބަލަ… ކަމެއް ނުހިނގާނެއޭ ރީޒަންއެއް ނެތި.. އެދެމީހުން ދުރުވުމުގަ ވެސް ރީޒަން އެއް އޮވެދާނެ އެންނު.. ފުރަތަމަ ކަޔާންގެ ކައިރިން ވެސް އަހާލަބަ އޭނާގެ ސައިޑް” ޒެވިއަލް އެހެން ބުނުމާއިއެކު ލިއާނާ ބަލައިލީ ނުރުހުމާއިއެކުއެވެ. އަޑުހަރުކޮން ޒެވިއަލްގެ ކުރިމަތީގައި ބަސްބުނާ މީހެއް ނަމަ އެވަގުތު ނޫނެކޭ ކިޔާފައި ލިއާނާ ހަޅޭއްވައިގަންނާނެއެވެ. އެދުވަސްކޮޅު ރައިހާ އުޅުނުގޮތް އެންމެ ކައިރިން ފެންނާނީ ލިއާނާއަކަށް ނޫންހެއްޔެވެ.
“ދޮންބޭ ޕްލީޒް.. އަހަރެންގެ މިދެލޮލުންނޭ ދުށީ ރައި އުޅުނު ހާލު..އެކުއްޖާ މީނައަށް ޓަކާ ނުކޮށް ދެނީ ކޮންކަމެއް.. އެކަމަކު މީނައަށް ހަދަން އެނގުނީ އެހެން..ޔަގީނުން ވިއްޔާ ދޮންބެއަށް ވެސް ނޭނގޭނެ ފުލް ސްޓޯރީއެއް..އަހަރެން ބޭނުމެއް ނޫން އަޑުއަހާކަށް ވެސް ކަޔާންގެ ސައިޑް.. އޭނަ ދައްކާނީ ހުސް ދޮގު ވާހަކަ…ދޮންބެއަށް އެނގޭތަ… ކިރިޔާ އޭ ރައީ އެހުރީ އަހަރެމެންނަށް ލިބިފަ.. މީނަޔާއި ހެދި އެހެން ވީ… މީނަ” އެންމެ ފަހުން ލިއާނާ ބުނެވެން އުޅުނު ޖުމްލަ ވަގުތުން ހުއްޓާލެވުނީ ބުނެވެން އުޅުނީ ކިހާވަރެއްގެ ވާހަކައެއްކަން ހަނދާންވެފައެވެ. އަނގަމަތީގައި އަތްއަޅާފައި ބަލާލިއިރު ޒެވިއަލްއާއި ކަޔާން ބަލަހައްޓާއިގެން ތިބި ގޮތުން އޭނާގެ ހިތްތެޅިގަތެވެ.
“ރައި އަށް ކިހިނެތް ވީ”
“ޖެހޭތަ ބަލަން ބަލަން ކަޔާން… ނާހާ… ކަޔާން އޭނާގެ ކަންކަން ބަލަން އުޅެފިކަން ޝާފިއުބެ އަށް އެނގިއްޖެޔާ ވާގޮތް މާ ރީއްޗެއް ނުޥާނެ..ކަޔާން އަކީ ރައީގެ ފެންވަރެއް ނޫން.. ހަނދާން ކުރާތި..” މީން ދުވަހަކު މީހެއްގެ ކުރިމަތީގައި ބާރަށް ވާހަކަ ނުދައްކާ މިއަދު އޭނާ އެދެއްކި ހިތްވަރުން އެންމެ ބޮޑު ޝޮކެއް ލިބުނީ ޒެވިއަލްއަށެވެ.
“ލިއާ ކާމް ޑައުން.. ” އަލާރާވެސް އިތުރަށް ބުނާނެ އެއްޗެއް ނޭނގިގެން ލިއާނާގެ ބުރަކަށީގައި ފިރުމާލިއެވެ.
” ސިސް ޔޫ ނޯރ ތަ ހިމް” ރުޅި މަޑުކުރަން މަސައްކަތް ކުރަމުން ލިއާނާ އަހައިލިއެވެ. އޭނާ ކަޔާންއާއި ދިމާ ބަލާލި އިރު ރެއިލިންގްގައި އަތް އަޅުވާލައިގެން އޭނާ ހުރީ ދުރު ބަލަހައްޓައި ގެންނެވެ. އޭނާގެ ދެލޮލުން ފެނިގެން ދާ ރިހުން ފުރަތަމަ ފަހަރަށް ލިއާނާއަށް ފެނުނެވެ. ނަމަވެސް އެކަން ގަބޫލް ކުރެވޭވަރަށް ވުރެން ކަޔާން ފެނުމުން އޭނާ އައިސްހުރި ރުޅިގަދައެވެ.
“ޔާހް އައި ނޯ ހިމް .. ސިންސް ވީ ވާ ޔަންގް.. ލިއާ… މޭބީ އައި ޑޯންޓް ނޯ ދި ހޯލް ސްޓާރީ.. ބަޓް ހީ އިޒް ވެރީ ކައިންޑް ވަން.. ލިއާ އަށް ސޯފިއާ އަދި ނުފެނިދާނެ.. އެންޑް މިބުނާ ސޯފިއާއާއި އަހަރެންގެ ގުޅުން ގޯސްވުމުގެ ކުރިން، ރާއްޖޭގަ އުޅުނު ދުވަސްކޮޅު އައި މެޓް ހިމް އަލޮޓް.. ވީ އާރ ފްރެންޑްސް..” އަލާރާއަށް ބުނެވުނެވެ. އަލާރާ ވިސްނަމުން ދިޔައީ މާހައުލުގައި އުފެދިފައިވި ނުތަނަވަސްކަން ފިލުވާލާނެ ގޮތާއިމެދުގައެވެ. އޭނާ ހުރީ ކަޔާން އާއި ވަކިން ބައްދަލްކޮށްލަން ވެސް އިންތިޙާއަށް ބޭނުންވެފައެވެ. ނަމަވެސް ލިއާނާއަށް ވެފައިވާ ގޮތުން އެއްޗެއް ނުބުނެ މަޑުކޮށްލައިގެން ހުއްޓެވެ.
“ސިސް އަމް ވެއިޓިންގް އައުޓްސައިޑް.. އިފް ޔޫ ގާއިޒް ވޮނަ ޓޯކް، ޓޯކް ޓް ހިމް…” ލިއާނާ ބޭނުންވީ ވީހާ ވެސް އަވަހަކަށް އެތަނުން ނުކުތުމަށެވެ. އަލާރާއާއި ޒެވިއަލް ގޮވާލުމުން ވެސް ލިއާނާ މަޑުކުރާކަށް ބޭނުމެއް ނުވިއެވެ.
މާޔޫސްވެފައި ހުރި ކަޔާންގެ ބުރަކަށީގައި ޒެވިއަލް ޖަހާލީ ހިތްވަރު ދޭފަދައަކުންނެވެ. ކަޔާންގެ ގާތުން އަހަން ހިތައް އެރިނަމަވެސް ކަޔާން އިސްވެ އެވާހަކަ ފަށަންދެން ޒެވިއަލް ބޭނުންވީ މަޑުކުރާށެވެ. ކަޔާންގެ މޫނުމައްޗަށް އަރާ ފައިބަމުން ދާ ކުލަވަރުން އެއީ ކުޑަކަމެއް ނޫންކަން ހާމަވެއެވެ.
”ކަޔާން ވީ ނީޑް ޓް ޓޯކް” އަލާރާ ބުނުމާއި އެކު ހެން ޒެވިއަލް ނުކުމަތީ ދިއުމަށެވެ. ނަމަވެސް އަލާރާ ގޮވާލުމުން އަލުން އެނބުރު އައެވެ.
“ޒެވް އާއި ދެމީހުން ކްލޯޒް އިރު ގައިމު މިގެއަށް އަންނާނެތާ ދޯ.. ކީއްތަވާނީ އަހަރެންގެ ކައިރިއަށް އައީ ވިއްޔާ.. ސޯފިއާ ލަދުގައިން ހެން އަހަރެންގެ ނުކުޅެދުންތެރިކަމުން ކަޔާން ވެސް ލަދުގަންނަނީ ތަ..” ނުރުހުމާއި ދެރައިން އެކުލެވިފައިވީ ޖަޒުބާތެއް އަލާރާގެ އަޑުގައި ހުރި އިރު އަޑުއައީ ވެސް ފުދޭވަރަކަށް ބާރަށެވެ. ކަޔާން ވަގުތުން ނޫނެކޭ ބުންޏެވެ.
” ކަޔާން މިހާރު ބުނެފި ދެތިން ފަހަރަކު ބައްދަލް ކޮއްދޭން..ގޭތެރެ އޮތް ގޮތުން އަހަންނަށް މަޑުކޮށްލައިގެން މިހުރެވުނީ.. ސޮރީ އަލާ..އެކަމުގަ ނެތް ކަޔާން ގޯސްހަދާފައެއް” ޒެވިއަލް މާފަށް އެދުނު އިރު ވެސް ބެލެމުންދިޔައީ އަލާރާގެ މޫނަށެވެ. އަލާރާއަށް ވެފައި ހުރިގޮތުން ޒެވިއަލްގެ ހިތައް އުނދަގުވިއެވެ. އެ މޫނުމަތިން އޭނާ ވެފައިވާ ދެރަ ހާމަވެއެވެ.
“އަލާ ތިކަހަލަ އެއްޗިހި ކިޔާކަށް ނުވާނެ .. އެންމެންނަކީ ސޯފިއާ ކަހަލަ ނުބައި މީހުންނެއް ނޫން.. ހަގީގަތުގަ ސޯފިއާ ކަންތައް ކުރާ ގޮތުން ލަދުގަނޭ މިގެއަށް އަންނަން ވެސް.. ކޮންމެ ގޮތެއް ވިއަސް އޭނާ އެއި ކޮއްކޮއެއްގެ މަގާމުގައި ހުރި މީހެއް.. އަހަރެން ކިތަންމެ ފޫހިވިއަސް މިގޭ މީހުން ދެކޭނެ ގޮތެއް ނޭނގޭ.. ދިނާޔާ ދައްތަ އަށް ވެސް އަހަންނަކީ ކާކުކަން ނޭނގޭތީ ކަންނޭގެ އެ ވާހަކަ ދައްކަނީ އަހަންނާ.. އެމީހުންގެ ކުރިމަތީގައި އަދި އަހަންނަކީ ޒެވްގެ ގާތް އެކުވެރިއާ.. އެކަމަކު ސޯފިއާގެ ބޭބެކަން އެނގިއްޖެނަމަ ޔަގީން ފޫހިވާނެ ކަން..” ކަޔާންގެ އަޑުގައިވީ މާޔޫސްކަމެވެ.
“ނޫނޭ.. މިގޭ އެންމެނަށް ވެސް އެނގޭ ސޯފިއާ އާއި އަހަންނާއި ދެމެދުގައި ކުރިން އޮތް ގުޅުމެއް މިހާރު ނޯންނަކަން.. އޭނާ މިގެއަށް އަދިވެސް އާދޭ..އެހެންވިއަސް އަހަރެން އެންމެ އެކުވެރިއަކަށް ބޭނުންވީ ދުވަހު އޭނާ ދުރުވީ..މިހާރު އެ އެކުވެރިކަމެއް ބޭނުމެއް ނޫން.. އަންނަންޏާ ވާހަކަ ދައްކާނަން.. އެކަމަކު ކަޔާން ކީއްކުރީ، އަހަރެން ކަޔާން ދެކެ ރުޅި އަންނަން.. ޔޫ ޝުޑް ކަމް.. ކަމޯން ވީ އާރ ފްރެންޑްސް” ވާހަކަ ދައްކަ ދައްކާ ހުއްޓާ އަލާރާގެ އަޑު ކުރެހޭ ގޮތްވިއެވެ. ދެރަވި ނަމަވެސް ކަޔާންގެ ހާލަތު އޭނާއަށް ވިސްނުނެވެ. އެ މަގާމުގައި އޭނާ ހުރި ނަމަވެސް ކަޔާންއަށް ވީހެން ފަސްޖެހެވޭނެއެވެ.
“ވަރަށް ބޮޑަށް ސޮރީ..އަ”
“ނޫނޭ އިޓްސް އޯކޭ..ޕާސްޓް ބާއްވަމާ.. ޔޫ ހޭވް އަ ރީޒަން.. ޒެވް އެބުނީތާ މީޓްކުރަން ބުނި ވާހަކަ ވެސް.. ސޯ އިޓްސް ފައިން” ކަޔާންގެ މޮޅިވެރި އަޑުއިވުމުން އަލާރާ އަވަހަށް ބުނެލިއެވެ. ސޯފިއާ ގެއްލުނުހެން ދެން ހުރި ރަޙްމަތްތެރިއާ ވެސް ގެއްލޭކަށް އަލާރާ ބޭނުމެއް ނޫނެވެ.
“އެހެންވީމަ އަލާ ފޮގިވް ކުރީ ދޯ ތި.. އެބަހުރި ވަރަށް ވާހަކަ ވެސް” އަލާރާގެ މާފް ލިބުމުން ކަޔާންއަށް ލިބުނީ ބަޔާންކުރަންދަތި ހިތްހަމަޖެހުމެކެވެ. ދެމީހުން މާޒީގެ އޮލަ ޥާހަކަތައް ގެނބިފައި ތިބި އިރު އެތާގައި ޒެވިއަލް ހުރިކަމެއް ވެސް ރެއަކާ ނުލައެވެ. ސޯފިއާ މެންގެއިން ބައްދަލްވި ދުވަސްތަކުގެ ވާހަކަ ތަކާއި އެމީހުންގެ އަމިއްލަ ވާހަކަ ތައް ހިއްސާކުރަމުންދިޔައެވެ. އެކްސިޑެންޓަށްފަހު އަލާރާގެ ހާލަތު ކިއައިދުމުން ކަޔާންގެ ދިރިއުޅުމުގެ ވާހަކަތައް ހިއްސާ ކުރިއެވެ. ވާހަކަ ދައްކަމުން ގޮސް ރައިހާގެ ވާހަކަ އަލާރާ އަހައިލިއެވެ.
“ވީ މެޓް ބޮޑީގާޑް ޓްރެއިނިންގް އަކުން.. އޭގަ ބައިވެރިވި މަދު އަންހެން ކުދިންގެ ތެރެއިން ރައި އެއީ އެކަކު.. ފުރަތަމަ ދުވަހު ވެސް ރައިއާއި ފާޑަކަށް އަޅައިގަނެފަ ހުރެވުނީ.. ހަމަ ފެނުނު ތަނުން ފޯލް ވެވުން.. އަހަރެމެންނާއި އެމް އެން ޑީ އެފް މީހުން ގުޅިގެން ގެންދިޔަ ޓްރެއިނިންގް އެއް އެއީ.. ރައި ހުންނަލެއް ލޯބިކަމުން ހުރިހާ ފިރިހެނުން ވަރަށް އަޅާއިގަނެގެން އުޅުނީ.. އެކަމަކު އޭނާ ފިރިހެނަކާ އަނގައިން ވެސް ނުބުނާނެ..ދެން އެ އުޅުނު އަންހެން ކުދިން ކޮޅާއި އެކު އުޅުނީ..ދެން އަހަރެން ރައި އަށް ވަރަށް އުނދަގު ކުރަން..އެހެންވެ ފުރަތަމަ ކޮޅު ރައި ވަރަށް ރުޅި އަންނާނެ އަހަރެން ދެކެ.. އެކަމަކު ޓްރެއިނިންގަ އުޅުނު ދުވަސްކޮޅު މަޑުމަޑުން ދެމީހުން ގާތް އެކުވެރިންނަށް ބަދަލްވެގެން ގޮސް އެގުޅުން ލޯތްބަށް ބަދަލްވީ.. އަހަރެން ޕްރޮޕޯސްކުރީ ޓްރެއިނިންގެ ލާސްޓް ޑޭގަ..ދެން މާލެ އައި ދުވަހު ރައި ޔެސް ބުނީ.. ދެމީހުން މާލޭގަ ވެސް ވަރަށް ލޯބިން އުޅުނީ ..ރައިއަށް ސިކްސްޓީން އޭރު..އެހެންވެ ގެއިން ބޭރަށް ނުކުތުމަކީ ވެސް އުނދަގޫ ކަމެއް ..ލިއާ އެއީ ހެލްޕާރ.. ލިއާ އާ އެއްކޮން ބޭރަށް ނުކުމެފަ ދަނީ މީޓް ވާން..ސޯ ލިއާ އަށް އެނގޭނެ އަހަރެމެން މީ ކިހިނެތް އުޅުނު ބައެއްކަން އެހެންމީހަކަށް ވުރެން ބޮޑަށް..އެހެންވެ ލިއާ އަހަރެން ދެކެ އެހާ ރުޅިވެސް އެ އަންނަނީ.. ދެން މިހެން އުޅޭތާ އަހަރެއް ވެއްޖެ .. އަހަރެއް ވީ ދުވަހު އަހަރެން ދިޔައިން ނުކެރި ހުރެފަ ވެސް ޝާފިއުބެ އާއި ރަމްލާދައްތަ ކައިރިއަށް.. އެރޭ ޑިނާރ ނައިޓް އަކަށް އަހަރެންނާ އެއްކޮން ރައި ފޮނުވާތޯ ހުއްދަ އަކަށް އެދެންވެގެމް.. އެރޭ އެއީ އަހަރެމެންގެ ފަސްޓް އެނިވާސަރީ.. ސްޕެޝަލް ވާނެތާ ދޯ…އޭރު ދެން ރައި އަށް ސެވެންޓީން ވެސް ވެފަ ހުރީ… ދެން ހީކުރިވަރަށް ވުރެން ފަސޭހައިން ރައިގެ ޕޭރެންޓްސް ވެސް އޯކޭ ދީފި.. އެކަމަކު އެނގޭތަ އެރޭ ކަންތައް ވެގެން ދިޔައީ ހީކުރި ގޮތަކަށް ނޫން.. އެރޭ ވެގެން ދިޔައި ދެމީހުން އެއްކޮން އުޅުނު އެންމެ ފަހު ދުވަހަށް” ކަޔާން ދައްކަމުން ދިޔަ ވާހަކަ ޒެވިއަލް އާއި އަލާރާ އަހަމުން ދިޔައީ ޝައުގުވެރިކަމާއި އެކުއެވެ. ނަމަވެސް އެންމެ ފަހު ޖުމްލައިން ދެމީހުން އެއްފަހަރާ ދެން ވީ ކިހިނެތްހޭ އަހައިލިއެވެ. ކަޔާން ޖަވާބެއް ނުދީ ގިނައިރުވާން ފެށުމުން އަލާރާ ނިކަން ބާރަށް ކަޔާންއަށް ގޮވާލިއެވެ.
”ސޯފިއާ ހެޕެންޑް ރައިޓް” ޒެވިއަލް އަހައިލިއެވެ. ކަޔާން އެއްދުވަހު އެހެން ބުނި ހަނދާން ޒެވިއަލްވީއެވެ.
ކަޔާން ހިތިގޮތަކަށް ހިނިތުންވެލަމުން ހޫމް އަޅުވާލިއެވެ. އޭނާގެ ދެލޮލުގައި ވި ރިހުމް ސިއްރެއް ނުވެއެވެ. އަދިވެސް އޭނާގެ ދެލޮލުގައި ވަނީ ސާފް ލޯތްބެވެ. “ރައި”އޭ ބުނަލަނީ ވެސް ނުހަނު ލޯބިންނެވެ. ހުރިޙާ ދޭތެރެއަކަށް ސޯފިއާ މިވަންނަނީ ކިހިނެތްވެގެން ބާއޭ ޒެވިއަލްގެ ހިތައް އަރަމުންދިޔައެވެ. އެކުވެރިޔާގެ ހާލަތު ފެނުމުން ޒެވިއަލްގެ ހިތައް ހަމްދަރްދީވަނެވެ.
“އަދި އަހަންނަށް ކޮމްފޯޓަބަލް އެއް ނޫން އަލާ އެ ވާހަކަ ދައްކާކަށް.. ފަހުން ކިއައިދޭނަން ސީދާ ސޯފިއާ ކުރިކަންތައް” ކަޔާންގެ އަޑުން އެއީ ކުޑަ ކަމެއް ނޫންކަން ޔަގީންވެއެވެ.
”އަހަންނާ ސޯފިއާގެ ގުޅުންވެސް ގޯސް ވާނެ އެ ދުވަހު ވީކަންތަކަށް ފަހުން.. އޭގެ ކުރިން ތިން މީހުން އެއްކޮން އުޅުނު އިރުވެސް ހިތަކަށް ވެސް ނާރަން އޭނަ މަ ފަހަތުން އުޅެފާނެ އެކޭ.. މަ ދެކެނީ ވެސް އެއީ ކޮއްކޮ އެއްގެ ގޮތުގަ އެކަނި… އޭނާ އެކުރި ކަމަކުން ހުރިހާ ގެއްލުމެއް ލިބުނީ އަހަންނަށް.. އަހަރެންގެ އަތުގަ އެބަހުރި މައްސަލަ ރިޕޯޓްކޮށްފަ އޭނާއާއި ދެކޮޅަށް ދެއްކޭނެ ހެކި ވެސް ..އެކަމަކު ސޯފިއާގެ މަންމަ އަހަރެންގެ ދޮންތަގެ ބަލި ހާލަތު ހުރިގޮތުން ފަސްޖެހެވެނީ..އެ ފަކީރު ގަޔަކު ނެތް ސޯފިއާގެ ހަގީގަތް އެނގުމުން ހިތްވަރުކޮށްލައިގެން ހުންނާނެހޭ ވަރެއް.. މިޙާރު ވެސް ސޯފިޔާގެ ސަބަބުން ވިސްނާ ވިސްނާ އެއިނީ ނަފްސާނީ ވެފަ.. އަހަރެންގެ މަންމަ ނެތް ނަމަ ދޮންތައަށް ވާނެ ގޮތެއް ވެސް ނޭނގޭ” ކަޔާން، އަމިއްލަ މަޖުބޫރި ހާލަތު ކިޔައިދިނެވެ.
”ދެން އެދުވަހު ރައި އަށް ވެސް ފެންނާނީ ސޯފިއާ ދެއްކި މަންޒަރު.. އަހަރެން އާދޭސްކުރިން ރައި ގާތުގަ އެތައްފަހަރަކު.. އެކްސްޕްލެއިން ކޮށްދޭން ވެގެން އެންމެ ޗާންސަކަށް އެދި..އަހަރެންގެ އަތުގަ ހުރި ހެކި ވެސް އަހަންނަށް ދެއްކޭނީ ރައި އަހަންނާ އަނގައިން ބުނެގެންނު..އެގެޔަށް ދިޔުމުން ޖެހުނީ ޝާފިއުބެގެ ރުޅިވެރިކަމާއި ކުރިމަތިލާން”ކަޔާންގެ ވާހަކަ ނިމުނު އިރު ދެމީހުން ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކަޔާންގެ ހާލަތު އެނގުމުން އަލާރާގެ ދެލޯ ވެސް ފެން ކަޅިވިއެވެ.
ހިތްވަރުދިނުމުގެ ބަހެއް ވެސް ދުލަށް ނައުމުން ޒެވިއަލް، ކަޔާންގެ ބުރަކަށީގައި ޖަހާލިއެވެ.
އިރުކޮޅެއް ވާންދެން ވާހަކަ ދައްކަން ތިބެފައި ލަސްވާން ފެށުމުން ކަޔާން ގެޔަށް ދާން ނުކުތުމުން ވެސް ޒެވިއަލްއާއި އަލާރާ ތިބި ގޮތައް ތިއްބެވެ. ދެމީހުން ވިސްނަމުން ދިޔައީ ކަޔާންއާއި މެދުގައެވެ.
ދެމީހުން ތިބީ ބެލްކޮނީގެ ހާމައަށް ހުރިބައިގާ ވި ސަންބެޑް ފާޑުގެ ގޮނޑި ތަކެއްގައިއެވެ. ދުނިޔެ މަތި ބައްދާލާފައި ވަނީ ކަޅު ބަނަ ވިލާތަކުންނެވެ. ބަލާބެލުމުނަށް ހީވަނީ ދެންމެ ދެންމެ ވާރޭ ވެހިގަނެ ފާނެހެންނެވެ. ޒެވިއަލް ބަލައިލި އިރު އަލާރާ ދެއަތް ދެއަތާއި އުނގުޅަމުން ދިޔަގޮތުން ހެވުނެވެ. ހީކަރުވާގަނެފައި އިން އިރުވެސް އެވާހަކަ ބުނަން ވެސް ނޫޅުނެވެ. ކުއްލިއަކަށް ވާރޭ ވެހިގަތުމުން ތެޅިގަނެފައި ތެދުވި ގޮތުން އޭނާ ތެމެން ބޭނުން ނުވާކަން އެނގުނެވެ. ޒެވިއަލް ބަލާކަށް ނުހުރެ އަލާރާ ނަގައި އަތްދަނޑި މައްޗަށް ލައިގެން ގެންގޮސް ބޭންދީ ހިޔާކޮށްފައި ހުރި ބައިގާވި ސޯފާގައިއެވެ. އެވަރުން ވެސް ފުދޭވަރަކަށް ދެމީހުން ތެމުނެވެ.
“ޒެވް..ވް..ވަޓް އާރ ޔޫ ޑްއިންގް” ލިބުނު ކުއްލި ސިހުމުގައި އަލާރާއަށް ތެޅިގަނެވުނެވެ. ޒެވިއަލްގެ ގާތްކަން އިޙްސާސްވެގެން ދިޔަ ހިނދު އަލާރާގެ މުޅި ހަށިގަނޑުގައި ދައުރުވެލީ ކަރަންޓްގެ ގަދަފަދަ އޮއިވަރެކެވެ. އެހަށިގަނޑުގެ ހޫނުކަން ފުރަތަމަ ފަހަރަށް އިހްސާސްވުމުން މޫނަށް ޖަންބުކުލަ ވެރިވެގަތެވެ. ޒެވިއަލްގެ ގައިން ދުވި ފިރިހެން ސެންޓުގެ ވަސް އޭނާގެ ސިކުނޑިއާއި ހިސާބަށް ވެސް ފޯރިއެވެ.
“ކޭންޓް ޔޫ ފީލް ވަޓް ވަޓް އައިމް ޑްއިންގް..ވެއިޓް އެބަ އަންނަން” އަލާރާގެ މޫނަށް ވެރިވި ރަތްކަން ފާހަގަ ވެގެން ދިޔައިރު ޒެވިއަލްގެ ތުންފަތްމަތީގައި ފިރިހެންވަންތަ ހިނިތުންވުމެއް ދައުރުވެލިއެވެ.
“ވަޓްސް ރޯންގް ވިތް މީ” ޒެވިއަލް އެތަނުން ދިޔަކަން އެނގިގެން އަލާރާއަށް މޭގައި އަތް ޖައްސާލެވުނީ ހިތުގެ ތެޅުން ބާރުވެގެންދިޔުމުންނެވެ. ޒެވިއަލްގެ ފިރިހެންވަންތަ އަޑުއެހާ ކައިރިން އިވިގެން ދިޔަ ހިނދު އޭނާގެ ގައިން ހީބިހި ހަލުވާލިއެވެ.
“ޔޫ ވޯންޓް ސަމް ކޮފީ” ޒެވިއަލް އެނބުރި އައި އިރު އަތުގައި ދެކޮފީ ތަށި ވިއެވެ. ކޮފީ މޭޒުގެ މަތީގައި އެބެހެއްޓުމަށްފަހު ދެން އެނބުރި ގޮސް އައި އިރު އަތުގައި އޮތީ ބޯ ރަޖައެކެވެ. އަލާރާގެ ގައިގާ އަޅާލަ ދިނުމަށްފަހު ޒެވިއަލް ވެސް އިށީނެވެ.
“ތޭންކްސް” ޒެވިއަލް އޭނާގެ އަތުގެ ތެރެއިން ކޮފީ މަގު ލައްވާލަ ދިން ހިނދު ދެ އަތްތިލަ ބީހިލި ހިނދު ކުރެވުނު އިޙްސާސް އިން އަލާރާގެ ތެޅެމުން ދިޔަހިތައް އަނެއްކާވެސް އެނގުން ވެލިއެވެ.
“މިއިނީ ބުނާނެ އެއްޗެއް ވެސް ނޭނގިފަ..” އަލާރާއަށް ވަމުންދިޔަ ގޮތުން އޭނާ ބޭނުންވީ އަވަހަށް ކޮންމެވެސް ވާހަކައެއް ފަށާށެވެ. ޒެވިއަލްގެ ކުރިމަތީގައި ބަހެއް ނުބުނެ އިންނަން އޭނާއަށް އުނދަގުލެވެ.
“މި ސެންޗްއަރީ ގެ ރޯމިއޯ އެންޑް ޖޫލިއެޓް ކަޔާން އާއި ރައި މީ” ކޮފީ ތަށި ތުމުގައި ޖަހަލަމުން އަލާރާ ބުނެލިއެވެ..
“މްމްމް.. އެހެންވީމަ ނެކްސްޓް ސެންޗަރީގެ ރޯމިއޯ އެންޑް ޖޫލިއެޓްއަށް އަހަރެމެން ދެމީހުން ވެސް ވެދާނެ ދޯ..” އަލާރާގެ މޫނަށް ބަލަން އިނދެ ޒެވިއަލް ބުނެލި ވާހަކައަކުން އަލާރާ ދިޔައީ ކޮށިއަރައިގެންނެވެ. އަނގައިގާހުރި ކޮފީތައް ބުރުއްސައިގެން ދިޔަ އިރު އަލާރާ އިނީ ދެލޯ ބޮޑުވެފައެވެ.
“ޔޫ އޯކޭ ..އަމް ޖަސްޓް ޖޯކިންގ..”އަލާރާއަށް ވެގެން ދިޔަ ގޮތުން ނުހޭން ކެތްކުރި ނަމަވެސް ޒެވިއަލްއަށް ހެވުނެވެ. ބަދިގެއަށް ގޮސް ގެނައި ފެން ތަށި އަލާރާގެ އަތައް ލައްވާލަ ދިނުމުން އެއްނޭވާ އިން ހުސްކޮށްލިއެވެ.
“ނުފެނުނަކަސް އައި ފީލް ދެޓް ޔޫ އާރ ލާފިންގ..”
“އޯކޭ އޯކޭ އަމް ނޮޓް” ތުންދަމައިގެން އިނދެ އަލާރާ ބުނުމުން ޒެވިއަލް އަނގަމަތީގައި އަތްއަޅާލިއެވެ.
***
ހެނދުނު އަރައިގެން އައި އިރާ އެއްކޮން ލިއާނާ ތައްޔާރު ވަމުން ދިޔައީ އޮފީހަށް ދިޔުމަށެވެ. ހޮސްޕިޓަލުން ދޫކޮށްލި ފަހުން ލިއާނާ އޮފީހަށް ދާ ފުރަތަމަ ދުވަސްކަމުން ތަންކޮޅެއް އަވަހަށް މިއަދު އޭނާ ހުރީ ދާން ބޭނުންވެފައެވެ. ކަޅުކުލައިގެ އޮފީސް ގަމީސްކޮޅާއި ޑެނިމް ޖީންސްގައި ނުހަނު ރީއްޗެވެ. އިސްތަށިގަނޑު މިނިވަންކަމާއިއެކު ދޫކޮށްލާފައި ތުންފަތުގައި ލިޕްގްލޮސް އެއް ހާކާލިއެވެ. އިތުރު މޭކަޕެއް ނެތް ނަމަވެސް އޭނާގެ ރީތި ކަމަކަށް ބަދަލެއް ނާދެއެވެ. އަތް ދަބަސް އަޅުވާލައިގެން އޭނާ ނުކުން އިރު ސިޓިންގްރޫމުގައި ޒެވިއަލް އިނެވެ. ލިފްޓުން ފައިބައިގެން އޭރު އަރްކާން ވެސް އައިސް ސޯފާގައި އިށީނެވެ. އޭނާ ފޯނު ކަންފަތުގައި ޖަހައިގެން އައުމުން ލިއާނާއެއް ނުފެނެއެވެ.
”ގެންގޮސްދޭން ވީތަ” އަރްކާން ސިހުނީ ޒެވިއަލްގެ އަޑުންނެވެ. އޭނާ ފަހަތް ބަލާލިއިރު ލިއާނާގެ މޫނު ފެނި ހިނދުކޮޅަކަށް ބަސް ހުއްޓުނެވެ. ނަޒަރު ވަކިކޮށްލަން އުނދަގޫ ވިއެވެ. ދެވަނަ ސިކުންތުގައި ޒެވިއަލް އިން ކަން ހަނދާންވެގެން އަވަސްއަވަހަށް ކުރިއަށް ބަލާލިއެވެ.
“ނޯވޭ އައި ޕްރިފާ ކަޔާންގެ ސައިކަލްގަ ޑިއުޓީއަށްދާން” އަރްކާން ބަލައިލިގޮތުން ހިތްތެޅިގަތް ނަމަވެސް ދެވަނަ ސިކުންތުގައި ޒެވިއަލްއާއި ޥާހަކަ ދެއްކީ ތުންދަމާލައިގެން ހުރެއެވެ.
“އޯހްހް ހީ ވިލް ލަވް ޓް ދޫ ދެޓް… ގުޅަންވީ ދޯ އަވަހަށް.. އޭނާގެ މަގަށް ހުރަސް އެޅިފަ އެހުރީ ލިއާނާ ޒާފިރު އަނގައިން ނުބުނެގެން ވިއްޔަ” ޒެވިއަލްގެ ޖުމްލައިން އެބުނީ ކީކޭކަން އެނގިގެން ޒެވިއަލްއާއި ދިމާލަށް ކުށަން އެއް ނަގާ ހޫރާލިއެވެ. ލިއާނާ ގޮސް ސޯފާއަށް ޖެހިގަތީ ރުޅިގަދަވިވަރުންނެވެ.
“ބަޓޫކް ރުޅި އައީތަ.. ދެން ދޮންބެ ކީއްތަ ކުރަންވީ ލިއާ ކޮޅު ރުޅި ފިލުވާލަން.. އަބަދު ތިހުންނަނީ ތުން ހަނދައިގެން..” ޒެވިއަލް، ލިއާނާގެ ތުންފަތުގައި ހިފައިގަތެވެ.
” ދޮންބޭ.. ކިތައް ފަހަރު ބުނާނީ އެހެން ނުކިޔަން..” އަރްކާން އިންދާ އަނެއްކާ ޒެވިއަލް އެ ނަމުން މުހާތަބުކުރުމުން ލިއާނާއަށް އަނގަހަދާލެވުނެވެ. ފާޑަކަށްރަކިވެސް ވިއެވެ. އޭނާއަށް އަރްކާންގެ މޫނަށް ބަލައިލެވުނު ހިނދުވީ އަރްކާން ވެސް އޭނާއާއި ދިމާ ބަލާލި ވަގުތަށެވެ. ލިއާނާ އަވަހަށް އިސްޖަހާލީ އެ މަންޒަރު ޒެވިއަލްއަށް ފެނިދާނެތީއެވެ.
“ލިއާ ހީ އިޒް އާސްކިން އެބައުޓް ހާރ.. ހީ އިޒް ރިއަލީ ވޮރީޑް” ކަޔާން ކޮށްފައި ހުރި މެސެޖްތައް ދައްކާލަމުން ޒެވިއަލް ބުނެލިއެވެ. ޒެވިއަލްގެ މޫނުމަތީގައި މިފަހަރު ހުރި ސިރިއަސް ކަމަކުން ލިއާނާއަށް ވެސް ކަޔާންއާއި މެދު ކުޑަކޮން ވިސްނާލަން ޖެހުނެވެ.
“ލިއާ ކިހިނެތް ވެގެންތަ އެހާ ބޯ ހަރީ.. ދޮންބެއަށް ކުރާ ރެސްޕެކްޓަށް ބަލާފަ ވެސް އަޅެ ބުނެބަލަ އެއްޗެކޭ”
“އާރ ޔޫ ގާއިޒް ޓޯކިންގް އެބައުޓް ރައިހާ” ފޯނަށް ނަޒަރު ހުއްޓާލައިގެން އިނދެ އަރްކާން އަހައިލިއެވެ. ޒެވިއަލް އިނދެފަ އާންއެކޭ ބުނެލިއެވެ.
“މަންމަ ދެންމެ ބުނި ރައިހާ އަތައް ކަމެއް ވެގެން މިއަދު ނާދެވޭނެ ވާހަކަ ބުންޏޭ.. އެހެންވެ މަންމަ މިއަދު ޑިއުޓީއަކަށް ވެސް ނުދޭ” އަރްކާން ދާންވެގެން ތެދުވެފައި ބުނެލިއެވެ.
”އެހެންވީމަ ވަރަށް ބޮޑުވަރު ވެއްޖެ ދޯ އަތައް.. ކާކޮޓަރީގެ ދޮރުމައްޗަށް ވާހެން އިންނަ ކެމެރާގެ ފޫޓޭޖްތައް ލިބޭނެ ގޮތެއް އިންނާނެތަ..”ޒެވިއަލް އަނެއްކާ ވެސް އަހައިލިއެވެ. އަރްކާން ބޯޖަހައިލިއެވެ. ނަމަވެސް އަތުކުރީގައި އަޅާފައި އޮތް ގަނޑިއަށް ބަލާލާފައި އޮފީހުން އައިސް ދިނަސް އެންމެ ރަނގަޅުތޯ އަހާލިއެވެ. ޖަވާބުގައި ޒެވިއަލް ވެސް ބޯޖަހައިލިއެވެ. ގޭގެ ސެކިއުރިޓީ ކެމެރާތަކުގެ ފޫޓޭޖްތައް ބެލޭނީ ހަމައެކަނި އަރްކާންއަށެވެ. ދެން އެކަން ކުރެވޭނީ ގޭގައި ގެންގުޅޭ ހުރިހާ އެންމެންގެ އެންމެ އިސްމީހަކަށް ކަނޑައަޅަފައި ހުންނަ ރަސަލްއަށެވެ. އެއީ ގޭގައި އެންމެ ގިނަ ދުވަސް ވީ މަސައްކަތުމީހާ ވެސްމެއެވެ.
އަރްކާން ނުކުމެގެން ދަމުން ލިއާނާ އާއި ދިމާ ބަލައިލި ހިނދު އޭނާއަށް ވެފައިވީ ގޮތުން ހޭންނުފެށުނީ ކިރިޔާއެވެ. އަނގަބޮޑުވެފައިވި އިރު ހީވަނީ ބިރެއް ފެނިގެން ބަލަހައްޓައިގެން އިން ހެންނެވެ. “ކަމް ވިތް މީ..ވެއިޓިންގ” އަރްކާން ދަމުން ހަމަ އެކަނި ލިއާނާ އަށް އިވޭ ވަރަށް ބުނެލިއެވެ. އެއްޗެއް ނުބުނެވިފައި ހުރި ލިއާނާ އަދިވެސް ހުރީ އެގޮތުގައެވެ.
“ދޮންބޭ .. ޑޯންޓް ޔޫ ހޭވް އެނީތިންގް ޓް ސޭ..”އަރްކާން ދޮރުން ނުކުމަތްތަން ބަލަން އިނދެފައި ލިއާނާ އިންތަނުން ތެދުވިއެވެ. ގޮސް ޒެވިއަލްގެ ކުރިމަތީގައި ހުއްޓި ޝަހާދަތް އިނގިލި ދިއްކޮށްލި ގޮތުން ޒެވިއަލް ހޭންފެށިއެވެ. ލިއާނާ ކުރުކަމުން ޒެވިއަލްގެ ކޮނޑާއިހަމައަށް ވެސް ފޯރަނީ ކިރިޔާއެވެ. އެވަރުވެސް އެވަނީ އަރާފައިވާ ފައިވާނުގެ ފުންނާބު ކުޑަކޮން އުސްކޮންހުރީމައެވެ. ޒެވިއަލް ހޭންފެށުމުން މޫނު ހަދައިގެން ހުރެ ލިއާނާ ނުކުމެގެން ދިޔައީ ގޮވަގޮވަ ހުއްޓައެވެ.
ލިއާނާ ނުކުމެގެން ދިޔުމުން އޭނާގެ މޫނަށް ވެރިވެފައިވި ހިނިތުން ވުން ފިލައިގެން ދިޔައެވެ. އިރުކޮޅެއް ކުރިން އަރްކާންއާއި ލިއާނާ އެކަކު އަނެއްކަކުގެ މޫނަށް ގެއްލިފައި ތިބިގޮތް އޭނައަށް ފެނުނެވެ. ވާންވީ އުފާ ކަމެއް އަންނަންވީ ރުޅިކަމެއް ޒެވިއަލްއަށް އޮޅުނެވެ. އަރްކާންއާއި ވާހަކަ ދެއްކި ކަމުގައި ވީ ނަމަވެސް ޒެވިއަލްގެ ހިތުގައި އުފެދުނު ނުރުހުންތެރިކަން އަދިވެސް ހިސާބަކަށް ވެއެވެ. އެންމެ ގާތް އެކުވެރިޔާއަށް ވެފައި އަރްކާންގެ ސަބަބުން އޭނާއަށް ކުރިމަތިވީ އިންތިހާ ގެއްލުމެވެ. ނަމަވެސް އޭނާގެ ބައްޕަގެ އެންމެ ފަހުގެ ވަސީއަތް ހަނދާންވާ ކޮންމެ ފަހަރަކު އޭނާގެ ނަފްސަށް ވެރިވެގެންދަނީ އަޖައިބެއްފަދަ ގޮތްނޭނގޭ އިހްސާސްތަކެކެވެ. ހަގީގަތުގައި އަލުން އަރްކާންއާއި އޭނާ ވާހަކަ ދެއްކީ ވެސް އެކަމުގެ ސަބަބުންނެވެ. އެހުރިހާ ކަމަކާއި ލިއާނާއާއި ވަނީ ގުޅިފައެވެ. ބައްޕަގެ އެންމެ ފަހުގެ އެދުން ލިއާނާއަށް އެނގުމުން ވާނެ ގޮތަކާއިމެދު އޭނާ އަބަދުވެސް ވިސްނައެވެ.އެއީ ލިއާނާއަށް ވެވޭ ބޭއިންސާފެއް ނަމަ އޭނާ އެކަމެއް ނުކުރާނެއެވެ. އޭނާ ދުނިޔޭގައި ހުރިހާ ހިނދަކު ލިއާނާގެ ދެލޮލުން އެންމެ ކަރުނަ ތިއްކެއް ވެއްޓޭތަން ބަލާކަށް ވެސް ނުހުންނާނެއެވެ.
ޒެވިއަލް ގެއިން ނުކުމަތް ހިނދު ފެނުނު މަންޒަރަކުން އަނެއްކާ ވެސް ހުއްޓުން އެރިއެވެ. އަރްކާންގެ ކާރަށް ލިއާނާ އަރައިގެން ދިޔައޭވެ. އެވެސް ކުރީ ސީޓަށެވެ. ޒެވިއަލްގެ ނިތައް ރޫ އަރައިގެން ދިޔައެވެ. ދެފަރާތައް ބޯ ހޫރުވާލީ މިވަގުތު އެކަމާއި ވިސްނަން ބޭނުން ނުވެގެންނެވެ. ކޮންމެވެސް ރަނގަޅު ވަގުތަކުން އެދެމެދުގައި އޮތީ ކޮން ގުޅުމެއްތޯ ދުރުދުރުން ލިއާނާ ކުރެން އަހާލާނީ އޭ ހިތައް އަރުވާލިއެވެ.
ޒެވިއަލް ލަސްނުކޮށް މިސްރާބު ޖެހީ އޭނާގެ މިސްރާބަށް ދިއުމަށެވެ. ސައިކަލާއި ދިމާލަށް ދާން ގޮސްގޮސްވެސް އުނޑުމަތީގައި އެއްވަމުން ދިޔަ ބޯ ވިލާތަކުގެ ސަބަބުން ހިޔާލް ބަދަލްވެގެން އޭނާ ގޮސް އެރީ ކާރަށެވެ.
***
“ބްރިންގް ވޯލްޓް ޕްރައިވެޓް ލިމިޓެޑްގެ ފައިލް.. މޭޒުމަތީގައި އޮތް ގްރީން ފައިލް އެއީ..” އޮފީސް އިމާރާތުގެ އެއްފަރާތަކަށް ކާރު މަޑުކޮށްލަމުން އަރްކާން ބުނެލިއެވެ. އިތުރު އެއްޗެއް ނުބުނިތާ ކާރުން ވެސް އަރްކާން ނުފޭބިއެވެ.
ހިތުގައި ސުވާލް އުފެދުނު ނަމަވެސް އޭނާވެސް ސުވާލެއް ނުކޮށް ގޮސް އައީ އެ ފައިލް ހިފައިގެންނެވެ. ކާރުގެ ދޮރުފަތުގައި ޖަހާލުމުން އަރްކާން ލޯގަނޑު ތިރިކޮށްލިއެވެ. ލިއާނާ އެއްޗެއް ނުބުނެ ދިއްކޮށްލީ ފައިލްއެވެ.
” ޔޫ އާރ ކަމިންގ ވިތް މީ..” އަރްކާން އެހެން ބުނުމަށް ފަހުން އަނެއްކާ ވެސް ލޯގަނޑު މައްޗަށް ހިއްލާލިއެވެ. ލިއާނާ މޫނައް ވައްތަރެއް ޖައްސައިގެން ހުރެ އަނެއްކާ ވެސް ކާރަށްއެރި އެވެ.
“ކޮންތާކަށް މިދަނީ” އެންމެ ފަހުން ނީނދެވިގެން ލިއާނާ އަހާލައިފިއެވެ. އެ ސުވާލަށް ޖަވާބު ދިނުމަކީ މާ މުހިއްމުކަމަކަށް ވިހެންނެއް އަރްކާންއަކަށް ހިއެއް ނުވިއެވެ. ކާރު ދުއްވަމުން ސިނަމާލޭ ބްރިޖާއި ގުޅޭ ޓްރެފިކް ލައިޓްކައިރިއަށް މަޑުކޮށްލިއެވެ. އެހިސާބުން ހުޅުމާލޭ ދަނީކަން އެނގުނެވެ.
“އަމް އާސްކިންގ ސަމްތިންގް” ލިއާނާ އަނެއްކާ ވެސް އަހާލައިފިއެވެ. ހިލާ އަރްކާން އަނގައިން ބުނާ ހިޔާލެއް ނުކުރިއެވެ.
”ކިހާ ދެރަ ކަމެއް.. މި އިންސާނާ ބީރު ވެސް ވީތަ…ސަހާދަތް މިބުނީ މަ އަތުން އަދި ބޮނޑިއެއް ބޯނެ އަދި.. މަ އެވަރަށް އަހާއިރު ވެސް އޭނާގެ ހިތައް ކަހަރުވަކެކޭ ވެސް ހީ ނުވެއޭނުން” ބަނޑަށް އިވޭ ވަރަށް ކުދިކިޔާލި އިރު ލިއާނާގެ ތަބީއަތުވެސް ހަރާބުވިއެވެ.
“ބުނީމެންނު ބަނޑަށް އިވޭވަރަށް މަ އިންދަ ޗުކުޗުކު ނުލައްވާށޭ ބަޓޫކް” އަރްކާން އިނދެފައި ބުނެލި އެއްޗަކުން ލިއާނާގެ ދެލޯ ބޮޑުވިއެވެ. އެންމެ ފަހުން އަރްކާން ވެސް އެނަމުން އޭނައަށް ގޮވިއްޔެވެ. ހައްތަހާ ވެސް ރައިހާ އާއި ޒެވިއަލްގެ ކަންތަކެވެ. ދަތްތައް ފިއްތާ ބާރުކޮށްލި އިރު އޭނާ އިނީ ރުޅިގަދަވެފައެވެ. އޭނާ ބަލާލި ކާރު އޮތް ހިސާބަކަށެވެ. އޭރު ހުޅުމާލޭއަށް ވަދެވިއްޖެއެވެ. ކާރުން ފުންމާލަން ވެސް އޭނާ އެވަގުތު ހިތައް އެރިއެވެ.
” ޖެހޭތަ އޭނައަށް އެނަމުންގޮވަން..އޭނާއާއި ދިމާލަށް ވެސް ކިއޭނެ އެއްޗިސް އެބަހުރި.. އޯހްގޯޑު އައި ނޯ ހީ އެންޑް ހިޒް ބްލޫ ބޮކްސާ ސްޓޯރީ.. ވައި އިޓްސް ސޯ ފަނީ.. އެންމެ ނުބައި ގަޑީގައޭ މިކަހަލަ އެއްޗިސް ވެސް މި އަންނަނީ މައިންޑްއަށް” އަމިއްލަ ނަފްސަށް އިވޭވަރަށް ކިޔަމުންދިޔަ ލިއާނާއަށް ނުހިފެހެއްޓިގެން ހޭންފެށުނެވެ. ހީހީ ގޮސް ދެލޮލުން ފެން އަންނަން ދެން އޭނާހުނެވެ. ދެލޮލުން ފެންތައް ފައިބަމުން ދިޔަ ގޮތުން ހީވަނީ ރޮމުންދިޔައެވެ. އެތައް އިރެއް ވަންދެން ހީހީ ފައި އޭނާ ބަލައިލީ ކާރު ނުދުވާ ހެން ހީވެގެންނެވެ. ކާރު މަގުގެ އެއްފަރާތުގައި ޕާކު ކޮށްފައި އޮއްތަން ފެނުމުން ބޭރަށް ނަޒަރު ހިންގާލެވުނީ އެއީ ކިހާ ހިސާބެއްތޯ ބަލާލުމަށެވެ. އަނދިރިކޮން އޮތް ފަޅު ހިސާބެކެވެ. ތުނިތުނިކޮން ވާރޭ ވެސް ވެހެމުން ދިޔައިރު އަނދިރިކޮށްލާފައި އޮތް ގޮތުން ހީވަނީ އިރުއޮއްސިފައި ވާހެންނެވެ.
“ވައި.. މިތަނަށް … އެނީ ބިޒްނަސް ހިއާ” ބިއްރޫލިގަނޑުގައި މޫނު ޖަހައިގެން ހުރެ ބޭރުބަލަން އިނދެފައި ލިއާނާ އެނބުރިލި ހިނދު އޭނާގެ މޫނު ޖެހުނީ އަރްކާންގެ މޫނުގައިއެވެ. އަމިއްލަ ތުންފަތުގައި އަތް އަޅާލެވުނީ އެ މޫނުގައި ޖެހުނު ހިނދު އަރްކާންގެ ތުންފަތް އިޙްސާސްވެގެން ދިޔުމުންނެވެ. ލިއާނާގެ މުޅި މޫނަށް ޖަންބުކުލަ ވެރިވެގެން ދިޔައިރު މޫނުމަތިން ފެންނަމުންދިޔައީ ލަދުރަކި ކަމެވެ.
“ވަޓް ޑިޑް ޖަސްޓް ހެޕެންޑް..އަ ކިސް.. ފްރޮމް ޔޫ” ކަޅި ޖަހައި ނުލާ އަރްކާން އެހާ ކައިރިން ބަލަން އިނުމުން ލިއާނާ އިނީ ލަދުން ގޮސް ވިރޭވަރުވެފައެވެ. އަނގަމަތީގައި އަތް އަޅައިގެން ހުރިގޮތައް ހުރެ ލިއާނާ ދެފަރާތައް ބޯ ހޫރުވާލިއެވެ.
“ޝުޑް އައި ސްލެޕް ޔޫ.. ލައިކް ދަ ވޭ ޔޫ ޑިޑް ލާސްޓް ޓައިމް.. އެޓް ދި ޓައިމް ވީ ވާރ އިން އެއާޕޯޓް ވޮޝްރޫމް” އަރްކާން ކުރިއަށް ވުރެން ކައިރިވެލާފައި ސީދާ ލިއާނާގެ މޫނަށް ބަލައިލިއެވެ.
“ނު..ނު.. ޓޭކް..ޓޭކް އިޓް ބެކް” ލިއާނާގެ ހިތްތެޅެމުންދިޔައީ އޮބިނޯންނަ މިންވަރަށެވެ. ލިއާނާއަށް ބުނެވުނު ޖުމްލަ ނަގައިގަނެވުނީ ކަންވެގެން ދިޔަފަހުންނެވެ. ނޫނެކޭ ބުނަން ވާއިރަށް އަރްކާން އޭނާގެ ހިމަ އުނގަޑުގައި އަތްއަޅުވާލިއެވެ. ބަސްބުނާހާ މަދު ވަގުތު ކޮޅެއްގެ ތެރޭގައި އަރްކާންގެ އަމަލުގައި ލިއާނާއަށް ވެސް ބައިވެރިވެވުނެވެ. މޫސުންވެސް ހީވީ ދެޒުވާނުންގެ އިޙްސާސްތަކާއި އެއްބައިވެލި ހެންނެވެ. ވާރޭ ބޯކޮން ވެހެން ފެށީ އެވަގުތުއެވެ. ބޭރުގައި އުފެދިފައިވި ތޫފާނުގެ ހިލަމެއް ކާރުތެރޭގައި ތިބި ދެ ޒުވާނުންނަށް ރެއަކާ ލާ ގޮތެއް ނުވިއެވެ.
ދެމީހުން ދުރުވެލިއިރު ދެމީހުންގެ މޫނުމަތީގައިވެސް ވީ ބަޔާން ކުރަން ދަތި ޝުއޫރުތަކަކެވެ. “އައި ޖަސްޓް ޓޫކް އިޓް ބެކް އޭޒް ޔޫ ސެއިޑް”އަރްކާންގެ ނަޒަރު ހުއްޓުނީ ލިއާނާގެ ލޭކުލަ އަރާފައިވާ ތުންފަތަށެވެ. އިސްޖެހިފައިވާ އިރު ކުރީ ފަހަރާއި ހިލާފަށް މިފަހަރު ލިއާނާގެ މޫނުމަތީގައި ވީ ލަދުރަކިކަމެވެ. އަރްކާންގެ މޫނަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.
“އޯހް ގޯޑް..ވަޓް ޖަސްޓް ހެޕެންޑް..މީ އެންޑް މައި ބިގް މައުތް.. ލިއާނާ ޒާފިރް.. ހަމަ ރަނގަޅަށް ވެސް އަނގަމަޑުން ލައިގެން އިނދެވޭ ކަހަލަ ބޭހެއް ހޯދަން ވެފަ ތިހުރީ” ހިތާހިތުން ކިޔެމުންދިޔައިރު ދެންމެ ވެގެން ދިޔަ ކަންތައް ހަނދާންވެ ހައްތަހާ ލަދުގަންނަމުން ދިޔައެވެ. ލޯގަނޑުން ޖެހިގެން އިން އަރްކާންގެ މޫނަށް ބަލައިލި ހިނދު އޭނާގެ ތުންފަތް ފެނި ދެލޯ މަރާލެވުނެވެ. އަވަހަކަށް މޫނު ފޮރުވޭވަރަށް އިސްތަށިގަނޑު ތިރިކޮށްލަމުން ލޯގަނޑުން ބޭރަށް ބަލަން ފެށިއެވެ.
ކާރު ދުއްވަމުން ދިޔައިރު ވެސް އޭނާ ބަލަމުންދިޔައީ ލިއާނާ އުޅެމުން ދިޔަ މައުސޫމްގޮތަށެވެ. މި އަންހެންކުއްޖާ އޭނާގެ ހިތައް ބާރުފޯރުވަމުން ދަނީ އާދަޔާއި ހިލާފް ގޮތަކަށެވެ. އޭނާގެ ޒުވާން ހިތައް ދުވަހަކުވެސް އިތުރު އަންހެން ކުއްޖަކަށް ވެރިވެގަނެވިފައެއް ނުވެއެވެ. ނަމަވެސް ލިއާނާ އޭނާއަށް މި ޖައްސަނީ ކޮންފަދަ ސިހުރެއް ބާއޭ ހިތައް އަރަމުންދިޔައެވެ. ސައުވީސް ގަޑި އިރު ސިކުނޑީގައި ހަރުލާފައި ހުންނަނީ ލިއާނާގެ ނަމެވެ. އެރީތި ސޫރަ ފެނި އަރްކާންގެ ރޫހަށް ލިބިގެންދަނީ އިންތިޙާ ހިތްހަމަޖެހުމެވެ. އޭނާ ލިއާނާ ދޫކޮށްލީ ހިތްފުރިގެންނެއް ނޫނެވެ.
***
ކާރުގައި އައިސް މަޑުކޮށްލަމުން ޒެވިއަލް އަތުގައި އޮތް ފޯނަށް ބަލައިލީ ރަނގަޅު އެޑްރެސް ތޯ ޔަގީން ކޮށްލުމަށްޓަކައެވެ. ‘އެސް އެން ވީ’ ރެޖިސްޓާގައި އިން އެޑްރެސްކަން ޔަގީން ވުމުން ޒެވިއަލް ކާރުން ފޭބިއެވެ. ކަޅުކުލައިގެ ވިއްސާރަ ކޯޓް ގަޔަށް މަހާލައިގެން ހުރިއިރުވެސް އޭނާ ހުރީ ހީކަރުވައިގަންނަ ގޮތްވެފައެވެ. ގޭގެ ގޭޓުން އެތެރޭގައި ފެންނަންހުރީ ހަތަރުބުރީގެ އުސްކޮން ހުރި އިމާރާތެކެވެ. ޒެވިއަލް ފަރާތް ފަރާތައް ނަޒަރު ހިނގާލަމުން ދިޔައީމީހެއްގެ ހިލަމެއް ވޭތޯއެވެ. އެކަކު ވެސް ފެންނަ ނެތުމުން ޒެވިއަލް ގޮސް ގޭލް ބެލް އެޅިއެވެ. މާ ގިނަ އިރު ތަކެއް ނުވެ އެތެރެއިން މީހަކު ނުކުމެ ދޮރު ހުލުވާލިއެވެ.
“ކިހިނެތް ވީ..ކާކު ހޯދަން” އެތެރެއިން ނުކުމަތް މުސްކުޅި ފުރައިގެ ފިރިހެނަކު ޒެވިއަލް ފެނިގެން އަހައިލިއެވެ. އޭނާ ބަލަހައްޓައިގެން ހުރި ގޮތުން ޒެވިއަލް ހިސާބަކަށް ނުތަނަވަސް ވިއެވެ. ރުންކުރު ކަމާއި އެކު ބުނެލިގޮތުން ހީވީ ޒެވިއަލް އެތަނުން ފޮނުވާ ނުލެވިފައި ހުރިހެންނެވެ.
“މްމްމް.. އެސް އެން ވީ ކުންފުނީގެ ވެރިއާ އާއި ބައްދަލްކޮށްލަން.. ދިމާ ވާނެ ތޯ” ޖެހިލުން ވެފައި ހުރެ ޒެވިއަލް އަހައިލުމުން އެ ފިރިހެންމީހާގެ މޫނުމަތިން އިތުރަށް ބަނަވިއެވެ.
“ފާތިމަތު ސާރާ ތަ ތި ހޯދަނީ..”އޭނާ އަހައިލުމާއި އެކު ކުޑަކޮން ވިސްނާލުމަށްފަހު ޒެވިއަލް އާއެކޭ ބުނެލިއެވެ. ވަގުތުން ޒެވިއަލްގެ އަތުގައި ހިފައިގެން ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް ގޭޓުން ބޭރަށް ނެރުނެވެ.ޒެވިއަލްއަށް އެއްޗެއް ބުނެވެން ޥާއިރަށް ގޭޓް ތަޅުލުމަށްފަހު އެ ފިރިހެން މީހާ އެތެރެއަށް ވަދެގެން ދިޔައެވެ.
“އަޖައިބެއްފަދަ ބޭބެއެއް.. މަށައް އަދި ސުވާލެއް ވެސް ނުކޮށްލެވިގެން މިއުޅެނީ..އެ ނެރުނީ ގެއިން..ހަހް.. މްމް..ފާތިމަތު ސާރާ..”ކާރުގައި ލެނގިލައިގެން ހުރެ ޒެވިއަލް ވިސްނައިލީ އޭނާ ބުނެލި ނަމަށެވެ. ކުއްލިއަކަށް ހަނދާންވި އެއްޗަކުން އަވަހަކަށް ޖީބުން ފޯނު ނަގާފައި ޒެވިއަލް ބަލަން ފެށިއެވެ.
“ޑޮކިއުމަންޓްގަ ކުންފުނީގެ ވެރިޔާގެ ނަމަކަށް މި އިނީ އެފް އެސް..އެހެންވީމަ އޭގެ މާނަ އަކީ އެފް އެސް އަކީ ފާތިމަތި ސާރާ އޭ.. އޯހް ޔެސް ..ޔެސް..ބަޓް ހޫ އިޒް ދިސް” ފޯނަށް ބަލަން ހުރި އިރު ޒެވިއަލްގެ މޫނުމައްޗަށް އަރާފައިބަމުން ދިޔައީ ހައިރާންކަމުގެ ކުލަތަކެވެ.
***
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
30 Comments!
Comments are closed.





oh my god heehee banda thaduvehge mi part vx vr reethi
Dammmmmnnn
An unexpected kiss 🔥
Dont even have a word for this.. keep up the work
Cant wait for the next part❤️❤️❤️❤️
So arkan men ge offyhuga higaigen ulhey faisaa ge kanthakaa
Zevial ge parents ge death aai ebahuri dho gulhumeh
Same name mi iny dhe thanun ves ais
Fathimath sara
Kon irakun next part .. mi part ves v kamudhey
ހޫމްމް ވަރަށް ހީވޭ އެކަހަލަ އެއްޗެއް
Vaajak kuriyah kadaa varakun ahannah hama miulhey sofia dheke rulhi aadheveny
Zev bunaahen hurihaa thaakah eyna eba boa gunba eyfoohi anhenneh eii vaa
Naseebeh mi partga nai kan 😡😡😡
Haadhaa salhi ey mi vaahaka describe kohfheefa hunnaa goi goi
Heevany vaahakayah vadhevifa hunna hama … cant wait to read next part
Such a masterpiece ❤️❤️
Heveny 😭😭🤣🤣🤣 ekamaku haudhahaivaa romantic ey ethiba dhedharin .. what a kiss thohhh🔥🔥❤️🔥❤️🔥❤️🔥❤️🔥
ވވވ ރީތި
ކޮންއިރަކުން ދެން އިން ޕާޓު
Waaaaaahhh💕💕💕
Reehchey buny 💕💕i cant even react lia gadu ukhey gothun 💕💕💕heehee avadhi 💕💕💕💕🤣🤣🤣💕💕💕💕💕 i wonder dhen lia r arkan hadhaane ehcheh💕💕💕💕cant wait 💕💕💕sis avahah up kohla dheeba💕💕💕💕💕💕💕next part ves💕💕💕💕enme nubai hisaabun episodes ninmaala award gowas too mrs annora💕💕💕💕😭😭😭😭💕💕💕💕
Lots of love from me 💕💕💕💕
V salhi … v interesting …
Hoi hoi ley kahkuvaalaifi hithuge thereyga
Romantic kamun 🥰🥰🥰 haadha reethi ey mi paet ves
Mihaaru zev ekuri kamaku next ah kehmadhu vey eba
Vvv asaru gadha rai r kayaange part 😭😭😭
Sofia is such bit**
Arent?😭😭
Finally… I missed Lia scenes… v salhi
OMG. THEY KISSED 😭😭😭😭🥰🥰🥰
I cant blv hama kiyamun dhiya iru kudakon vesnuves visnan e ekahala scene eh aisfaane kamakah and eyoh alaa uraali gotheh zev hama gain heebihj haluvaali
Hithah eri i ge dream hubby ves ehn hadhaalaane nama ey😭😭😂😂
Aiiii this is is the best story so far
And nw i cant wait to read hiraas s2
And im so happy bunaa dhuvahah upload kohdhwyn thi masahkuraa varu fenifa
Enme hardworking author ✍️
Enme loabi vaa
Ma shah allah
Cant wait to read nexttt😘😘😘🤩🤩🤩❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Vvvv reethi vaahaka eh
Keep up the good work
Cant wait read next episode ❤️
Masha Allah 😍 vrh reethi mi part ves curiously waiting for the next part keep it up when’s next???
Masha Allah mi part vx vrh reethi ❤️💯
When’s next part?????
Curiously waiting for the next part 🙂✨
Next part avahah up kohla dhehcheyy 🤍🕊️
vrh reethi mi part ves
oh lia n arkaan so cute
when next part
cant wait for nxt
Vvvvvv salhi
Nimendhen thethin faharu kiyunu iru ves foohi kameh nai
Vvvvv kiyaa hithun kiyany
Cant wait for the next part🥰❤️
Uffff my lia & arkan 🙌🙌🔥🔥
This story has the perfect mix of passion and adrenaline—romance that melts hearts and action that keeps you on the edge of your seat! Can’t wait for more🔥🔥
And zev&ala❤️🔥
Adhi mi comment eh kohlrvey varu vee
Reyga kiyaifin .. reeehchey vaa reehchey mi vaahaka
Mi episode kiyaafa mihaaru dhathivehje kehkohgen hunnan next ah
Adhi Tuesday annaany kon irakunn😭😭😭😭😭 im crying plx fav author make it fast😭😭😭😭😭😭😭😩😩😩😩😩
Mi vaaahaka ah kehkohgen hurumakee vvvvv udhagu kameh
Lots of hugs from me to kayaan
E fakeeruves ulhey haaleh😭😭😭😭
Vvvvvvvvvvvvvvv
Vvvvvvvvvvvvvvv
Vvvvvvvvvvvvvvv
Reeeeeeeeeeeeethiiiiiiii
Myyyyy favvv author ever🥰❤️😘
Vvv salhi
Cant wait
Too hot to handle
😳😳😳🤒🤒🤒
Ma sha allah vvv salhi mi part ves
Lia dhow 🤣🤣🤣 ehaa majaa ehaa aga gadha and ehaaa rulhi gadha😅😅 the cutest 🥰🥰🥰
My fav lia and arkan
v reethi mi ep ves… mihaa hisaabah kiyunu vaahaka thakuge therein annora liyaa vaahaka thah varah ves reethi kan faahaga kohlan keep it up!
Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Alaa and zev gulhuvachey
Arkaan and liaa gulhuvachey
Kayaan and Rai ves gulhuvachey
They all are made for each other
Kayaan ge vaahaka thah adu ahaafa rovijje 😭
Sophia haadha goahey
Urgh i hate savan and sophia
I appreciate your hard work
Haadha curious kohlaafa thi nimaaly
Thihaa busy koh ulhemen ves vaahaka kiyaalan libeythee v ufaavey
Tc ❤️😘
Ly annora ❤️😚
Salhi
Keep up the good work
Ma anbi goyye moyavefa huri varun ahan ves mikiyaali
Varah furihama
Aigoooooo zev & aler rain huggy adhi arkan & lia ge kiss
😳😳😳😳🥰🥰❤️❤️❤️❤️
Cant wait next part ah
Gurl ths is so nice 💯
Bt you dont reply our comments?
Are you bxy ?
please this is so damn good …. You are my number one mihaaru ….. please avahah arkaan aa liana aa gulhuvabaa and cant wait zevial aa alaa aa dhemeehun vx pleaseeee
Varah furihama
Lots of love and hugss loading ❤️❤️❤️❤️🫂
Here’s the paragraph:
Annora’s story has been nothing short of extraordinary, a beautifully woven narrative that effortlessly blends emotional depth, captivating world-building, and unforgettable character arcs. From the very beginning, her story draws readers in with its unique voice and an atmosphere that feels both familiar and refreshing, immersing them in a world filled with wonder, challenges, and profound emotional moments. What makes Annora’s story so remarkable is the way it balances heart-stopping action with quiet, reflective scenes that allow readers to deeply connect with the characters and their personal journeys. Every detail feels intentional and carefully crafted, from the richly described settings that transport readers to new and exciting places to the intricacies of the relationships that drive the heart of the narrative. The characters are multi-dimensional and authentic, each with their own ambitions, fears, and complexities that make them feel incredibly real. Annora’s ability to create characters who grow and evolve throughout the story is truly impressive—readers become invested in their triumphs and heartbreaks, feeling every high and low alongside them. What stands out most is how her story isn’t just about the external adventures, but also about the internal battles her characters face, exploring themes of identity, love, sacrifice, and the resilience of the human spirit. These themes are seamlessly woven into the plot, adding layers of meaning that elevate the narrative beyond simple entertainment into something deeply thought-provoking and emotionally resonant. The dialogue is another strength of Annora’s storytelling—it feels natural and true to each character while revealing key insights and moving the plot forward with purpose and clarity. Each conversation carries weight, whether it’s lighthearted banter that strengthens bonds or tense exchanges that reveal hidden truths, and every word feels like it belongs exactly where it is. The pacing of the story is masterfully executed, with thrilling, fast-paced moments that keep readers on the edge of their seats perfectly balanced by quieter, introspective scenes that allow for emotional depth and character exploration. Annora has a unique gift for building tension and anticipation, keeping readers guessing while ensuring that every twist and revelation feels both surprising and inevitable. The emotional depth of her storytelling is profound, with moments that break your heart and others that fill you with warmth and hope, creating a reading experience that lingers long after the final page. Her ability to portray the complexities of relationships—whether it’s the bonds of friendship, the ache of loss, or the power of love—is especially moving, making the story feel deeply human and relatable. The world she has created is not just a backdrop but a living, breathing entity with its own history, culture, and mysteries, all revealed with a level of care and attention to detail that makes it feel utterly real. Every subplot and side character feels meaningful, enriching the main narrative and adding further depth to the world and its inhabitants. Annora’s storytelling is not only immersive but also incredibly nuanced—she has a talent for capturing the small, intimate moments that give the story its heart while delivering grand, sweeping scenes that leave a lasting impression. The emotional journey she takes readers on is powerful and transformative, leaving them changed by the time they reach the end. Her story is the kind that doesn’t just entertain—it makes you think, feel, and reflect on your own experiences and emotions. It’s clear that every word Annora writes is infused with passion and care, resulting in a narrative that is as thoughtful as it is compelling. The beauty of her storytelling lies in its ability to make readers feel seen and understood while also offering an escape into a world of imagination and possibility. Annora’s story isn’t just something you read—it’s something you experience, something that stays with you, echoing in your mind long after the final words have been read. It is a testament to her extraordinary talent as a storyteller that she can create a narrative so rich, so layered, and so emotionally resonant, leaving an indelible mark on everyone fortunate enough to experience it.
އިތުރު ޕެރާގުރާފު:
އަންނޯރާގެ ކުރިޔަށް އަލަށް އުފައްދީފަށް އަރަބިން ފަރާތްތަކަށް ބަޔާންދެންނަށް މައްޗަށްވެސް ކޮންމެ މަނާކުރުންތަކާއި މިސަދާބު ކޮންމެ ބަލިކަންކަމާއި ކަނޑައިކަމާ ކަމުލަފުން ވެސް ތިބެންތެރިކަންދިޔަ ކަމަށް ބާއްވާލަންބަޔާންދެންނަށް މަތީގައި ހުށައްޓަންތަކަކުންފަދައިގެން ފަރުވައިގެން ނުބައިދެންނަށް އަންނޯރާގެ ކުރިޔަށް ކަމަށާއި ރިސާކުރުންތަކާ އިތުރަށް އަލަށް އުފައްދައިގެން ހުންނަ ބަޔާންދެންނަށް މާތް މުސައްދޫކޮށްދެންނަށް ފުރަތަމަ ދެއްވަންވެސް އުފައްދީފަށް ކުރަނީ އުފައްދީފަށް އަލަށް އުފައްދައިގެން ހުށައްޓަންތަކަށް ދަތިން މަތީގައި ވެސް ތިބެންތެރިކަންދިޔަ ކަމަށް ހުންނަ ފުރަތަމަ ދެއްވަންވެސް އަލަށް ދަތިން ދަތިންގެ ދެއްވަންނެތްވެސް ތިބެންތެރިކަންދިޔަތަކަށް ހުށައްޓަންތަކަކުންފަދައިގެން ފަރުވައިގެން ނުބައިދެންނަށް އަންނޯރާގެ ކުރިޔަށް އުފައްދީފަށް އަލަށް އުފައްދައިގެން ހުށައްޓަންތަކަށް ހުންނަ ފުރަތަމަ ދެއްވަންވެސް އުފައްދީފަށް އަލަށް އުފައްދައިގެން ހުށައްޓަންތަކަށް ދަތިން މަތީގައި ވެސް ތިބެންތެރިކަންދިޔަ ކަމަށް ހުންނަ ފުރަތަމަ ދެއްވަންވެސް.