Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 30

Annora Level 610 Stories100 Login100 Comments100 Stories
April 9, 2025 13 Mins Read
42 Comments

“އާން.. އަހަރެން ޝަވަން އާއި އިންނަން ރުހި ގަބޫލް..މިއީ އަހަރެންގެ ފަހުގެ ނިންމުން” އިސްޖަހައިގެން އިނދެ އަލާރާ އިއްވާލި ޖުމްލައިން ޒެވިއަލްއަށް ހީވީ އޭނާގެ މޫނުމަތީގައި މީހަކު އެތިފަހަރަކުން ޖަހާލިހެންނެވެ. އިސްޖަހައިގެން ހުރެފައި ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނުތައް ހިފަހައްޓަމުން އޭނާ އެތަނުން ދިޔައެވެ.
****
ޒެވިއަލް ދިޔަ ގޮތްފެނި އަރްކާންގެ ހިތައް ނުބައި ގޮތެއްވެގެން ދިޔައެވެ. “އަނެއްކާ ޒެވިއަލް..އަލާ ދެކެ ލޯބިވަނީބާ” އަރްކާންގެ ހިތައް އެރިއެވެ. ޢޭނާ ބަލައިލި ކުރިމަތީގައި ތިބި ޝަވަންއާއި ހަމްދީގެ ދެމަފިރިންނަށެވެ. ޝަވަން އާއި އޭނާގެ ހަތަރުކަޅި ހަމަވެގެން ދިޔައިރު އަރްކާން ބަލައިލީ ރުޅިވެރި ނަޒަރެކެވެ. ކާމިޔާބީގެ ހިނިތުންވުން ތުންފަތް މައްޗަށް ވެރިކޮށްގެން އިންއިރު އަރްކާންގެ ލޭ ހައްތަހާ ކެކިގަތެވެ. އޭނާ ދެން ކުރިމަތިލީ އަލާރާއާއެވެ.
” އަލާ އާރ ޔޫ އައުޓް އޮފް ޔޯ މައިންޑް.. ނޭނގެނީތަ ތި ފުންމާލެވެނީ އަނދަ އަނދާ ހުރި އަލިފާންގަނޑެއްގަ މެދައްކަމެއް.. ނުވިސްނޭ ވަރުގެ ކުޑަ ކުއްޖެއްތަ ތީ.. އީވާއަށް ނުވިސްނުނަސް ދޮންބެ ހީކުރީ އަލާއަށް ވިސްނޭނެ ކަމަށް … މިތަނުން އެކަކުވެސް ގަބޫލެއް ނޫން ތި ކައިވެންޏަކަށް..މީހަ”
“ދޮންބެމެން ގަބޫލް ނޫނަސް އަހަރެން މި ކައިވެންޏާއި ރުހި ގަބޫލް” އަރްކާން ވާހަކަ ދައްކަ ދައްކާ ހުއްޓާ އަލާރާ އިއްވާލިއެވެ. ވާހަކަ ދެއްކި އިރު އޭނާގެ އަޑުވެސް ފުދޭވަރަކަށް ބާރެވެ. އަރްކާންގެ އިތުރުން އެންމެންނަށް ސިހިފައި ދެލޯ ބޮޑުކޮށްލެވުނެވެ. ދުވަހަކުވެސް އަރްކާންގެ ކުރިމަތީގައި ބާރަށް އަޑުއުފުލާފައި ނުވާ އަލާރާގެ އަޑު އެފަދަގޮތަކަށް އިވުމުން ވާނީވެސް އެހެންނެވެ. އަރްކާން ވާހަކަ ދައްކަން ހުއްޓާ އެފަދަ ގޮތަކަށް ދުވަހަކުވެސް އަލާރާ ވާހަކަ މެދު ކަނޑާލާފައިވެސް ނުވެއެވެ.
“އަލާ.. ދޮންބެ ގެ ކުރިމަތީގައި ފުރަތަމަ ފަހަރަށް އަޑުބާރުކޮށްގެން ތި ވާހަކަ ދެއްކީ އެ ޝަވަންއަށް ޓަކާ ތަ..” ޝަވަން ހުރި ދިމާލަށް އިނގިލި ދިއްކޮށްލަމުން އަރްކާން އަށް މަޑުމަޑުން އަހާލެވުނެވެ. އޭނާ ވެފައި ހުރި ދެރަ މޫނުމަތިން ސިއްރެއް ނުވެއެވެ. ދެލޮލުގައި ބޮނޑިވެގަތް ކަރުނަތިކި ތައް ހިންދާލި ނަމަވެސް އިތުރަށް ވާހަކަ ދައްކާނެ ހިތްވަރު ނެތިގެން އޭނާ ވެސް މާހައުލު ދޫކޮށް ދިޔައެވެ.
އިސްޖެހިފައި ހުރި ދިނާޔާއާއި އަޒީޒް ސިހުމެއް ލިބުނީ ނަސްރާގެ އަޑުންނެވެ. “ދިނާމެން ގަބޫލް ނޫން ކަން ވެސް އެނގޭ.. ޝަވަން ކަންތައް ކުރި ގޮތުން އެހެން ވާނީ ވެސް.. އެކަމަކު ކައިވެންޏަށް މިއޮތް ދުވަސްކޮޅުގެ ތެރޭގައި އޭނާއަކީ ހަރުދަނާ މީހަކަށް އަހަރެން ހަނދާނަން.. އަދި ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެ” ނިޔަނެތި ކަމާއި އެކު ނަސްރާ ބުނެލިއެވެ.
“އެއް އަހަރު ދުވަހު ނުވި ކަމެއް ދެ މަސް ދުވަހުން ވާނެ ތަ.. “ނަސްރާގެ އަތް ދުރުކޮށްލަމުން ދިނާޔާ ފަހަތައް އެނބުރި އަލާރާއާއި ދިމާ ބަލައިލީ ނުރުހުމާއިއެކުއެވެ.
“ދެން އެހެން ވިޔަސް މިހާރު އަލާ އެއްބަސް ވީތާ.. ދެކުދިން އެކުގައި އުޅެލަނިކޮން އެ ލޯބި އަލުން އިއާދަ ވެދާނެ..ޝަވަން ނޫނަކަސް އަލާ ވެސް އަދި އެހާ މެޗްއާރ އެއް ނޫނެއްނު..ދެކުދިންނަށް މި ދެމަސް ކަންކަން ދަސްކުރަން ރަނގަޅެއް ނޫންތަ…” ނަސްރާގެ ބަސްމަގު ހުރިގޮތް ދިނާޔާއަކަށް ކަމަކު ނުދިޔައެވެ. ރުޅިގަދަވި ވަރުން އެއްޗެއް ބުނަން އަނގަހުޅުވާލި ހިނދު އަޒީޒް އޭނާގެ އަތް ތިލާގައި ހިފާ ބާރުކޮށްލުމުން މަޑު ޖެހެން މަޖުބޫރުވިއެވެ.
” ދެން ގޮސްލަނީ އެނގޭ މި.. ފަހުން އަދި ބައްދަލް ކޮށްލާނަން” ނަސްރާގެ އަމަލްތައް ހުރިގޮތުން ލަދުގަނެފައިވާ ހާލު ހަމްދީ ބޭނުންވީ އަވަހަށް އެގެއިން ނުކުތުމަށެވެ. އަޒީޒްއާއި ސަލާމް ކޮށްލުމަށް ފަހު ނިކަން އަވަހަށް ނަސްރާގެ އަތުގައި ހިފައިގެން ހަމްދީ ގެއިން ނުކުމަތެވެ.
ހަމްދީގެ ފަހަތުން ޝަވަން ވެސް ނުކުން އިރު އަޒީޒްއާއި ސަލާމް ކޮށްލުމަށް އޭނާ އަތް ދިނެވެ. ހިތާ ދެކޮޅަށް ހުރެމެ އަޒީޒް ވެސް ސަލާމް ކޮށްލިއެވެ. ދަމުން އަލާރާ ގާތައް އިރުކޮޅަކު ވާހަކަ ދައްކާލަން އިނެވެ. ޝަވަން ވާހަކަތަކެއް ދައްކާފައި އިރުވެސް އެންމެ ފަހަރަކުވެސް އަލާރާ އަނގަ ނުހުޅުވައެވެ.
“ލިއާ ހިނގާބަލަ ރޫމްއަށް ލައިދެން” އެހުރިހާ އިރު އަނގައިން ބަހެއް ނުބުނެ އިނދެފައި އަލާރާ އެންމެ ފަހުން އެދުނެވެ. ލިއާނާ ވަކި އެއްޗެއް ނުބުނެ އަލާރާގެ އަތުގައި ހިފާލައިގެން ހުރެ ދިޔައެވެ. އަލާރާ ކަންތައް ކުރިގޮތުން އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.ޒެވިއަލް ދެކެ ލޯބިވާއިރު އަމިއްލަ ހިތައް އަލާރާ އަނިޔާ ދޭ ސަބަބެއް ވިސްނާ ވިސްނާ ވެސް ލިއާނާއަކަށް ނޭނގުނެވެ. “އަނެއްކާ…އަނެއްކާ އެމީހުންގެ އުނދަގޫ ޖެހުނީބާ” ކުއްލިއަކަށް ހިތައް އެރި އެއްޗަކުން ލިއާނާގެ ދެލޯ ބޮޑުވިއެވެ.
“ސިސް..ދައްކަބާ ފޯނު..” ކޮޓަރިއަށް ވަދެވުމުން އެންމެ ފުރަތަމަ ވެސް ލިއާނާ އެދުނެވެ. ނަމަވެސް ފޯނު އޮތް އަތް ފުރަގަހަށް ލީ ގޮތައް އަލާރާ ހުރީއެވެ. އެހެން ހުއްޓައި އަލާރާގެ ދެލޮލުން ހޯސްލާފައި ކަރުނުތައް ފައިބާގަތެވެ. ލިއާނާއަށް އިތުރަށް ޔަގީންވިއެވެ.
“ސިސް.. ވަޓްސް ރޯންގް” ލިއާނާއަށް ބުނެވުނެވެ. އަލާރާ އެހާ ވަރަށް ރޯތީ އޭނާގެ ދެލޯ ވެސް ފެންކަޅިވާ ގޮތްވިއެވެ.
“އެމީހުން ގުޅި..” އެންމެ ފަހުން އަލާރާ ބުނެލިއެވެ. ހަމައެކަނި އެމީހުން ގުޅައިގެންއެހާ ވަރަށް އަލާރާ ނުރޯނެ ކަން ލިއާނާ ދަނެއެވެ.
“އައި ނޯރ.. ބަޓް..އެހެން ކަމެއް ނުވޭތަ”
“ލިއާ..އައި ޖަސްޓް ވޮނަ ރެސްޓް އަ ލިލް ބިޓް..ލިއާ ތި އަހަން އުޅެނީ ކީކޭކަން އެނގޭ.. އެކަމަކު އަހަންނަކަށް ޒެވްގެ ލޯބި ހާސިލްއެއް ނުވާނެ.. ދުވަހަކުވެސް ނުވާނެ… ޒެވްގެ އެބަހުރި ބައިވެރިއެއް.. އެމީހުން ގުޅީމަ އަހަރެން މި ކައިވެންޏަކަށް އެއްބަސްވީ ލިބެން ނެތް ލޯތްބަކަށް އިންތިޒާރު ނުކުރަން.. ލިއާ އައި ލަވް ހިމް.. އައި ލަވް ޔޯ ބްރަދާ..ބަޓް ވީ ކާންޓް ބީ ޓްގޭދާރ” އަލާރާ ދައްކަމުން ދިޔަ ވާހަކަ ތަކުން ލިއާނާއަށް ދިޔައީ ހައިރާންކަމެއް ލިބެމުންނެވެ. ޒެވިއަލްގެ ހަޔާތައް މީހަކު ގެނެސްފިނަމަ އެކަން އެންމެ ފުރަތަމަ ވެސް އެނގޭނީ އޭނާއަކަށް ނޫންހެއްޔެވެ.
“ކިހިނެތް .. ކިހިނެތް އެނގުނީ ދޮންބެގެ ޕާޓްނާރ އެއް ހުންނަކަން” ހައިރާންވެ ހުރެ ލިއާނާއަށް ވާހަކަ ވެސް ދެއްކުނީ ހިސާބަކަށް އާގަންނަމުންނެވެ.
“ޒެވްގެ އަނގައިން ބުނީ ލިއާ.. އޭނާ ހިންޓް ދިންވަރުން އަހަރެން ހީކުރީ އޭނާ ވެސް ގަޔާވާކަމަށް… ބަޓް ލާސްޓް ނައިޓް ހީސެއިޑް ދެޓް ޓް މައި ފޭސް..އެންޑް އިޓް ހާޓްސް” ދެލޮލުން ހޯސްލާފައި އަންނަމުންދިޔަ ކަރުނުތައް ފުހެމުން ދިޔައިރު އެހިތައް ތަދުވެފައިވީ ވަރު އަލާރާގެ މޫނުން ހާމަވެއެވެ.
ލިއާނާއަށް ހުރެވުނީ ދެން އިތުރަށް ބުނާނެ އެއްޗެއް ވެސްނޭނގިފައެވެ. ހުދު އޭނާ ވެސް ހީކުރީ ޒެވިއަލްގެ އުޅުން ހުރި ގޮތުން އަލާރާއާއި މެދު ގަޔާވާކަމަށެވެ. އެކަމަކު ކަންތައް ވެގެން ދިޔައީ ހިތައް ވެސް ނާރުވާ ފަދައަކުންނެވެ. އަލާރާ ދޮގު ނުހަދާނެ ކަން މިއީ ދުވާލް ފަދައިން އޭނައަށް އެނގެއެވެ. ދެން އިތުރަށް ޒެވިއަލްގެ ގާތު އަހާނެ އެއްޗެއް ވެސް ނެތްތާއެވެ. ލިއާނާ ނުހަނު ދެރަވިއެވެ. އަލާރާގެ ކޮންމެ ޖުމްލައަކުން ޒެވިއަލް ބޭނުންވާ ވަރު ހާމަވެއެވެ.
“ލިއާ.. އަނެއްކާ އެ ކޯލްސް..ނޭނގެ ކާކު ކަމެއް އެމީހަކީ.. އެމީހުން ބުނަނީ އިތުރު މީހަކަށް އެނގިއްޖެޔާ އަހަރެން ހިތައް ވެސް ނާރުވާހަ ގެއްލުން ދޭނަމޯ..މީގެ ކުރިން މިގޭގަ މި ހިނގި ކަންތައްތަކުން ވެސް އެނގެއެންނު އެމީހުން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެކަން.. ގޭގެ އެހާ ސެކިއުރިޓީ އެހާ ވަރުގަދަ އިރު ވެސް އެމީހުން އެ ހަދާ އެއްޗެއް ނޭނގޭ.. ދެން އަހަރެންގެ ޕިކްސް ވެސް އެމީހުންގެ އަތުގަ” އަލާރާއަށް އިތުރަށް ރޮވުނެވެ. އޭނާހާ ނަސީބު ދެރަ މީހަކު މި އުޑު ދަށުގައި ހުންނާނެ ކަމެއް ނޭނގެއެވެ. ލިއާނާގެ ކޮނޑުގައި ބޯ އަޅާލައިގެން އޮތް އިރު ހިތާ ހިތާ އެތައް ޝަކުވާއެއް ކުރެވުނެވެ.
” އެއްކަލަ ދުވަހު އަހަރެންގެ އަތުން މިނަމްބާރ ޑިލީޓް ވީ އުޅެނިކޮން..ސިސް އެމީހުން އިންޒާރު ދޭން ގުޅިއަސް ފޯނު ނުނަގާ މަޑު ކުރޭ.. ގެނޭ ތި ނަމްބާރ.. ހަމަ މިހާރު މިދަނީ ތިކަމަށް.. ” އަލާރާގެ ފޯނު އަތުލާފައި އެމީހުން ގުޅި ނަމްބަރު ލިއާނާގެ ފޯނަށް ފޮނުވާލާފައި ލިއާނާ ދާން ހިނގައިގެން ވަގުތު އަލާރާ އޭނާގެ އަތުގައި ހިފާ ހުއްޓުވިއެވެ.
“ލިއާ..އަމް ސްކެއާރޑް.”
“ބިރު ނުގަނޭ..އަހަރެން މިހުރީނު.. އެމީހުންގެ އަތުގަ ޕިކްސްތައް ހުރިހާ ހިނދަކު ސިސް އަށް ނޭވާވެސް ނުލެވޭނެ.. ދެން އެންމެ ފަހަރަކުވެސް ސިސްއަށް ގުޅާ އިންޒާރު ދޭން އެމީހުން އުޅެފިއްޔާ މަ އެ މިނަންބަރަށް ގުޅާނީ..” އަލާރާގެ އަތައް ބާރުކޮށްލާއިގެން ހުރެ ލިއާނާ ބުނެލިއެވެ. ހިތް ބިރުގަނެފައި ހުރެ ބޯ ޖަހާލީ އެ ފޮޓޯތައް އެމީހުން އަތުން އަތުލުމަށް އޭނާ ބޭނުންވެފައި ހުރިވަރުންނެވެ.
އަލާރާގެ ކޮޓަރިން ނުކުމެފައި އެންމެ ފުރަތަމަ ވެސް ލިއާނާ ގުޅައިލީ ޒެވިއަލްއަށެވެ. ގޭގައި އުޅޭކަމަށް ބުނުމުން ލަސްނުކޮށް އޭނާ ދިޔައެވެ. ގެއަށް ވައިން އިރު ލިވިންގްރޫމް އޮތީ ހުސްކޮންނެވެ. އޭނާ ދެން މިސްރާބު ޖެހީ ޒެވިއަލްގެ ކޮޓަރިއަށެވެ. ތަޅުގައި އަތްޖައްސާލިއިރު ހުޅުވާފަ ހުރުމުން ހިސާބަކަށް ހައިރާންވެފައި ހުރެ އެތެރެއަށް ވައިން ހިނދު އޭނާ ފާޑަކަށް ސިހުނެވެ. ޒެވިއަލްގެ ދަބަސް ތައްޔާރުކޮށްގެން އެނދުމަތީގައި އިން އިރު ހުޅުވާފައި ހުރި އަލަމާރީގައި ވެސް އެއްވެސް އެއްޗެއް ނެތެވެ.
“ދޮންބޭ..މިހާ އަވަހަށް”ލިއާނާއަށް އަހައިލެވުނެވެ. ޒެވިއަލްގެ ބަދަލްވެފައި މިޒާޖުން ހައިރާން ވެސްވިއެވެ. މޫނުމަތީގައި ވެސް ދިރުމެއް ނުވާފަދައެވެ.
“ޔާހް.. ލިއާ ވެސް ދެން ތައްޔާރު ވާން އުޅޭ.. ”
“ވަޓް.. މިގޭގެ މީހަކަށް ވެސް ނޭނގޭތަ ދާން އުޅޭ ކަމެއް..”ލިއާނާއަށް އަނެއްކާ ވެސް އަހައިލެވުނެވެ.
“ނޫނޭ.. އަރްކާންގެ ކައިރީގަ އެގަޑީގަ ބުނީމެންނު.. ދެންމެ މަ ގުޅީމަ ބުނި އޯކޭ އޭ.. އެކަމަކު އަޒީޒްބެ މެން ވަރަށް ދެރަވެފަ ތިބީ” އިސްޖަހާލައިގެން އިނދެ ޒެވިއަލް ބުނެލިއެވެ. ދެއަތް ދެއަތާއި ޖޯޑު ކޮށްލައިގެން އިން އިރު އޭނާ ފުން ވިސްނުމެއްގައި އިންކަން ލިއާނާ އަށް އެނގެއެވެ.
“ދޮންބޭ.. ލިއާ އަށް ވަރަށް ބޮޑަށް ސޮރީ މާ ބޭބީކޮން އުޅޭވުނީމަ.. ދޮންބެ އެދުވަހު ނުބުނީމަ އަސްލު ދެރަ ވެގެން ހުރެވުނީ.. އެހެން ދުރުން ވެސް އުޅެވުނީ..” ޒެވިއަލްގެ ގާތުގައި އިށީންދެލަމުން އޭނާގެ ގައިގާ ދެއަތުން ލިއާނާ ވަށާލިއެވެ.
ލިއާނާގެ އެ އަދާއިން ޒެވިއަލްއަށް ހީލެވުނެވެ. “އަދިވެސް ހަމަ ދޮންބެ ގެ ބޭބީކޮޅު.. އެކަމެއް ނޫނޭ.. ދޮންބެ ވެސް އެބަހުރި ބުނަން ވެފަ ހުރި ވާހަކަ.. ފަހުން އެކަމަކު… ދެން ހިނގާ ދަމާ ދޯ” ލިއާނާގެ ނިތުގައި ޒެވިއަލް ބޮސްދިނެވެ. ދެބެންގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުން އެކަމުން ވެސް ހާމަވެގެން ދިޔައެވެ.
“މްމްމް.. އޯކޭ.. ދޮންބެ އާރ ޔޫ އޯކޭ..އެންޑް ލިއާ ވެސް އެބަހުރި ވަރަށް ބައިވަރު ވާހަކަ ދައްކަން ވެފަ..”
“ދޮންބެ ރަނގަޅޭ.. ގެއަށް ގޮސްފަ ދައްކަން ކިހިނެތް ވާނެ.. ވަރަށް މުހިއްމު ތަ” އަތުކުރީގައިވާ ގަޑިއަށް ނަޒަރެއް ދެމުން ޒެވިއަލް ލިއާނާއަށް ޖަވާބުދިނެވެ.
“ޔާހް ވަރަސް މުހިއްމު..ބަޓް އައި ކެން ވެއިޓް.. އަންނާނަން ޕެކް ކޮށްލައިގެން” ހިތާ ދެކޮޅަށް ލިއާނާ ހިނގައިގަތީ އޭނާގެ ކޮޓަރިއަށެވެ.
ޒެވިއަލް ތިރިއަށް ފޭބިއިރު ދިނާޔާއާއި އަޒީޒްގެ އިތުރުން އަރްކާންވެސް ތިއްބެވެ. ލިއާނާ އަންނަމުން އަލާރާގެ ގާތައް ވަނުމުން ޒެވިއަލް އައި ގޮތައް ތިރިއަށް އައީއެވެ.
“ދަރިފުޅުމެން ހަމަ ދަނީތަ” ދިނާޔާއަށް ހުރެވުނީ ރޮވޭ ގޮތް ވެފައެވެ. އަމިއްލަ ދަރިން ފަދައިން އޭނާ އެ ދެމީހުންދެކެ ލޯބިވެއެވެ. އެހާ އެކުގައި އުޅެފައި ކުއްލިގޮތަކަށް ގެއިން ދާންއުޅޭތީ އޭނާގެ ހިތައް ވަނީ ނުހަނު އަސަރުކޮށްފައެވެ.
“އަނެއްކާ އަހަރެމެންނަށް ގޯސްކޮން ކަމެއް ކުރެވުނީތަ” އަޒީޒްއަށް ވެސް އަހައިލެވުނެވެ.
“ނޫނޭ..” އަވަހަށް ދާން ބޭނުން ވެފައި ހުރުމުން ޒެވިއަލް މާ ވާހަކަ ދިގުކުރާކަށް ވެސް ބޭނުމެއް ނުވިއެވެ. އަރްކާންގެ ގާތުގައިވެސް ބުނިގޮތައް ބުނެ ދިނާޔާއާއި އަޒީޒް ހިތްހަމަ ޖައްސާލަ ދިނެވެ. ” ދެން ދެރަ ނުވައްޗޭ އަންނާނަމޭ” އަޒީޒްއާއި ސަލާމް ކޮށްލަމުން ޒެވިއަލް ހީލިއެވެ. އޭރު ލިއާނާ ވެސް ތިރިއަށް އައިސްފިއެވެ.
އަރްކާންއަށް ކަޅި ޖަހާނުލާ ބެލެމުން ދިޔައެވެ. ލިއާނާއަށް ވެސް ދެރަވެފަ ބަލަހައްޓާއިގެން ހުރެވުނެވެ. ދެމީހުން ކުރެން އެކަކަށް ވެސް އެހެން މީހުން ތިބުމުން ވާހަކަ ދައްކާކަށް ނުކެރުނެވެ. ލިއާނާ އެގެއިން ދާތީ ޔަގީނުންވެސް އެންމެ ހިތައް އުނދަގުވާނީ އޭނާއެވެ. އޭނާ ހުރީ ލިއާނާއާއި ވަކިން ބައްދަލް ކޮށްލެވޭނެ އިރެއްގެ އިންތިޒާރުގައެވެ. ނަމަވެސް ގެއަށްދާން ނުކުމަތް އިރުވެސް އެ ފުރުސަތު ނުލިބުނެވެ. ހިސާބަކަށް މާޔޫސްވެފައި ހުރެ ގެޔަށްވަނީ އޮފީހުންނާއި ކްލާހުން ދިމާވާނެ ކަމަށް ނިންމާފައެވެ.

***
ޑިއުޓީއަށް އައިސް އޮފީސް ރަހްމަތްތެރި އަކާއި އެކު ކަޔާން އެންމެ ކައިރިއަށް ހުރި ރެސްޓޯރެންޓަށް ވަނީ ބަޑުހައިވެފައި ހުރުމުން ކޮންމެވެސް އެއްޗެއް ކާލުމަށެވެ. ރޭގައި ވެސް ނުކައި ނިދުމުން އޭނާ ހުރީ ވަރަށް ބޮޑަށް ބަޑުހައިވެފައެވެ. ކާ އެއްޗިސްއަށް އޯޑާރ ކޮށްގެން ކާން ލަސް ވާނެތީ ދެމީހުން ވެސް ބުފޭ އިން ބޭނުންވާނެ ސާމާނު އަޅައިގެން ގޮސް މޭޒެއްގެ ކައިރީގައި ޖައްސާލިއެވެ. ހެނދުނުގެ ވަގުތައް ވީނަމަވެސް ވަކި މީހުން މަދެއް ނޫނެވެ. އޮފީސްތަކުގައި މަސައްކަތް ކުރާ ގިނަބަޔަކު އާންމު އުސޫލުން ބައި ހަދާފައި ހެނދުނުގެ ނާސްތާ ނަގަން އައިސް ތިއްބެވެ.
“ކުރީ ދުވަހު ބްރޯ ހޯދި ފައިލް ފަހުން ފެނުން ތަ” ކަޔާންގެ އެކުވެރިޔާ އާޔަން އަހަލިއެވެ.
“އާންން ލިބުން ފަހުން… ތަންކޮޅެއް ހައި ޕްރޮފައިލް އެއްޗެއް ވީމަ ނިކަން އުނދަގު ވެސް ވީ އެ ހޯދަން..” ވޭޓަރު ގެނެސްދިން ކޮފީ ޖޯޑުގައި ހިފަމުން ކަޔާން ބުނެލިއެވެ.
”ހައި ޕްރޮފައިލް މީހެއް މިހިރަ އަންނަނީ ވެސް..”އާޔަން ބުނެލުމުން ކާން އިނދެފައި ކަޔާން ފަހަތް ބަލައިލިއެވެ. އޭރު ދޮރުން ވަދެގެން އައި ޝަވަން ފެނި ކަޔާން ފާޑަކަށް އަނގަހަދާލިއެވެ. އޭނަ ހައިރާންވީ ޝަވަންއާއި އެކު އަންހެން ކުއްޖަކުވެސް ފެނުމުންނެވެ. އެ އަންހެން ކުއްޖާ ޝަވަންގެ ކުރީގައި ހުރުމުން ކަޔާން ބަލައިލި ވަގުތުވީ ސިޑިން މައްޗަށް އަރަން ފަހަތައް އެނބުރުނު ވަގުތެވެ. މޫނު ނުފެނުނު ނަމަވެސް ފަހަތުން ފެނުނު ހިނދު ހިސާބަކަށް ދަންނަ ވައްތަރެއް ހުރިހެން ވެސް ހީވިއެވެ. ނަމަވެސް އެގަޑީގައި ކާ ތައްޓައް އަތްލައިގެން އިނުމުން ދެވޭކަށް ވެސް ނެތެވެ.
“އެ ސޮރު މަންމަ ނިކަން ބައްދަލް ކުރާނެ އަހަރެމެން ޝިފްޓް ހެޑް އަކަށް ހުންނަ ލަތީފް އާއި.. ” އާޔަން އަނގަޔަށް ވައްތަރެއް ޖައްސައިގެން އިނދެ ބުނެލިއެވެ. އޭނާގެ ވާހަކަތަކުގެ ތެރެއިން ކަޔާންއަށް ފާހަގަ ވީ ލަތީފްގެ ޥާހަކައެވެ.
“ލަތީފް އޭ.. އިހަކަށް ދުވަހު މަ ތި ކެބިން އަށް ދިޔަ އިރު އެތާގަ އެއިނީ ތަ ލަތީފް.. މަ ރަޙްމަތްތެރިޔާ މައިންބަފައިންގެ މަރުގެ ކޭސްގަ ވެސް ހުރި ލަތީފް ދޯ އެއީ” ކަޔާން އަހައިލިއެވެ. އާޔަން ބޯޖަހައިލިއެވެ.
“ނަސްރާ އާއި ލަތީފް ހުރީ ކޮން ގުޅުމެއް” ކަޔާން އިނީ އިތުރަށް އެނގެން ބޭނުންވެފައެވެ.
“ނޭނގެ ހުރި ގުޅުމެއް.. އެކަމަކު މާކަ ރަނގަޅު ގުޅުމެއް ނޫން ކަންނޭގެ އޮންނަނީއެއް.. އެހެން މީހުން ކިޔާނެ އެދެމީހުން އުޅޭގޮތުން ހީވަނީ ދެލޯބި ވެރިންހެންނޭ.. އަދި ނަސްރާ އަންނަ ދުވަހަކު ވިއްޔާ ލަތީފް ކެނބިން އަށް ވަދެފަ ހަމަ ވަގުތުން ތަޅުލާނެ.. އެ ހެޔޮ ކިތަންމެ ބައިވަރު މީހުންނެއް ބޭރުގަ ބަލަން ތިއްބަސް..ދެން ޝައްކު ވެސް ކުރެވޭނެ އެންނު… ހަހަހަހަ.. ނަސްރާ ވެސް ފިރިހެނަކު ފެނިއްޖެޔާ ނިކަން އޮޅޭމީހެއް ދޯ.. އެހެންވެ އެއްނު ހަމްދީ ކަހަލަ ރަނގަޅު މީހަކާ އިނދެ ހުރެ ލަތީފް އާއި މާ ވަރުގަދަ ގުޅުމެއް މި ބާއްވަނީ.. ބަލާ އެދިޔަ ސޮރު ވެސް އަޒީޒްގެ ދަރިއަކާ އިންނަން އުޅޭ ހަބަރު ހުރިހާ ނޫހެއްގަ އޮތީ..އެކަމަކު މިހާރު ވެސް އެދިޔައީ ކޮންމެވެސް އަންހެންކުއްޖަކު އަތު އަޅުވާލައިގެން.. މަންމަގެ އުޅުން ހަމަ.. ހަމްދީގެ ހުންނަ ހިތްހެޔޮ ކަމެއް މިމީހުންގެ ގަޔަކު ނުހުންނާނެ” އާޔަން ނިކަން ތަފްސީލާއި އެކު ކިޔައިދިނެވެ. އާޔަންގެ ވާހަކަތަކުން ކަޔާންގެ ބޮލުގައި އިތުރަށް ރިއްސައިގަތެވެ.
ނަސްރާ އާއި ލަތީފްގެ ނަން ކަޔާންގެ ސިކުނޑީގައި ގުގުމައިގަތެވެ. އެ ވާހަކަތަކުން ޒެވިއަލްގެ މައިންބަފައިންގެ މަރުގެ ފަހަތުގައި ޝަވަންގެ އާއިލާގެ އަތެއް ވާކަމަށް އޭނާއަށް ޝައްކު ކުރެވެން ފެށުނެވެ. ކަޔާން އެންމެ ފަހުން ބެލި ބެލުމުން ޒެވިއަލްގެ މައިންބަފައިންގެ މަރުގެ ތަޙްޤީޤަށް އޭރު ކަނޑައަޅާފައި ހުރި މީހަކީ ވެސް ލަތީފްކަން ވަނީ އެނގިފައެވެ. ލަތީފް އާއި ނަސްރާގެ ގުޅުމުގެ އަޑު އިވުމުން އިތުރަށް ޝައުކުވިއެވެ. މިވީ ގޮތުން ލަތީފްއަށް ވެސް ފާރަވެރިވާން އޭނާ ނިންމިއެވެ.
“ޔާންޑޭ.. މަށަށް ކޮށްދޭންވީ ކަމަކީ ލަތީފް ކައިރިޔަށް ނަސްރާ އަންނަ އިރު މަށައް އެގިލަން ވީ..” ކަޔާން ބުނެލި ހިނދު އާޔަން ނިތް އަރުވާލީ ކީއްކުރަންހޭ އަހާފަދައަކުންނެވެ.
“ކޮށްދޭނަންތަ އެ ކަންތައް.. އާއެކޭ ބުނެބަލަ ނިކަން ” ކަޔާން އަނެއްކާވެސް އެދުނެވެ.
“އޯކޭ..އެކަމަކު ބުނަން.. ނިކަން ހަރުކަށި އަބުއި ފާޑު މީހެއް ލަތީފް އަކީ .. ބަލައިގެން އުޅޭތި.. އޭނަ ނުރުހޭ ގޮތަކަށް މީހަކު ބަލައިލިޔަސް ބޮޑު ސަސްޕެންޝަން އެއް އައިސްފާނެ..ހަމްދީ މެންގެ ވާހަކަ ކީމަ މި ހަނދާންވީ .. ހަމްދީ އާއި ނަސްރާގެ އަންހެން ދަރިފުޅު ދުނިޔޭގަ ހުރި ނަމަ މިހާރު ވާނެ ކަންނޭގެ އަހަރެމެން ހާ..” ވާހަކަ ދައްކަމުން ގޮސް އާޔަން އެންމެ ފަހުން ބުނެލި ޖުމްލަ އަހާފައި ކަޔާންއަށް ކީކޭހޭ އަހާލެވުނެވެ. އެއީ އޭނާއަށް މުޅިން އާ ހަބަރެކެވެ. ހަމްދީއާއި ނަސްރާގެ އަންހެން ދަރިއެއް ހުރިކަމެއް އޭނާއަށް އެނގިފައި ނެތެވެ.
“އާންން.. ބްރޯ އަކަށް ނޭނގޭތަ… މި ކޮންތާކު އުޅޭ ފިރިހެނެއް.. ނަވާރަ ސަތޭކަ ނުވަދިހަ އަށެއްގެ ހާދިސާ ބްރޯ ނާހަމުތަ.. އަހަރެމެން ދުނިޔެއަށް އުފަންވި އަހަރު އެއީ.. އެކަމަކު ނިކަން ފަހަކާއި ޖެހެންދެން ވެސް އެއީ ވަރަށް ހޫނު ހަބަރެއް..އެހެންވީމަ އެނގޭނެތާ ދެން” ކަޔާންއަށް ނޭނގެއޭ ބުނުމުން އޮފީހަށް ގޮސް އެ ހަބަރުތަކުގެ ލިންކްތައް އޭނާއަށް ފޮނުވާނެކަމަށް އާޔަން ބުނެލިއެވެ. ކަޔާންއަކީ އަބަދުމެ ހަބަރު ކިޔާ އުޅޭ ޒުވާނެއް ކަމުން، އެހާ މައްޝޫރު ވާހަކައެއް ނޭނގޭކަމަށް ބުނުމުން އާޔަން އިނީ ހައިރާންވެފައެވެ.
ކައިނިމިގެން ދެމީހުން އެކުގައި ނުކުތީ ލަސް ނުކޮށް އޮފީހަށް ދިޔުމުގެ ބޭނުމުގައެވެ. ނަމަވެސް ދޮރުން ނުކުމެވުނު ހިނދު ރެސްޓޯރެންޓްގެ ދޮރުމަތީގައި އަޑުގަދަ ވާން ހެދުމުން ދެމީހުންގެ ސަމާލުކަން އެދިމާލަށް ހުއްޓުނެވެ. ކަޔާން ތަންކޮޅެއް ކައިރިއަށް ޖެހިލީ އަޑުގަދަ ކުރަމުން ދިޔަ އަންހެން ކުއްޖާގެ އަޑުން ދަންނަ ވައްތަރު ޖެހީމައެވެ.
ކަޔާންގެ ލޮލުގައި އަޅާއިގަތީ އިސްޖެހިފައި ހުރި ރައިހާއެވެ. އޭނާގެ ކުރިމަތީގައި އަޑުގަދަ ކުރަމުން ދިޔައީ އީވާއެވެ. ރައިހާ ހުރި ގޮތުން އޭނާ އެތަނުން ދާން ބޭނުންވެފައި ހުރި ވަރު ހާމަވެއެވެ.
“ވައްކަން ކޮށްގެންތަ ރައިހާއަށް މިހާރު ދިރިއުޅެވެނީ.. ބައްޕަގެ މުދާގަނޑު ހުސްވީތަ..އޭންން މާ މައިތިރިވެފަ ހުންނާނެ ކަމެއް ނެތް..ކަލޭގެ ސަބަބުންނޭ މަށަށް މަގޭ އާއިލާގެ ކުރިމަތިގައި ލަދުގަންނަން ޖެހުނީ.. އެހެންވީމަ މިއަދު ކަލޭ ވާނެ މި އެންމެންގެ ތެރޭގަ ލަދުގަންނަން..” އީވާ ރުޅި އައިސް އައިސް ހުރެ ކިޔަމުން ދިޔަ ބަސްތަކުން ރައިހާއަށް ދިޔައީ ނުހަނު އަސަރުކުރަމުންނެވެ. ޓޭކްއަވޭއަކަށް ކޮފީއެއް ގަންނަން ވެގެން ކައުންޓަރު ދޮށައް ހުއްޓުނު ރައިހާގެ ގައިގާ މީހަކު ޖެހިގެންކަން އެނގުނެވެ. މާ ބޮޑުކަމަކަށް ހަދާނުލާ އޭނާ އޭނާ ކޮފީއަށް ލާރި ދެއްކުމަށްފަހު ފަހަތައް އެނބުރިލި ހިނދު މޫނު ރަތް ކޮށްލައިގެން ހުރީ އީވާ ފެނި ރައިހާ ދިޔައީ ސިއްސައިގެންނެވެ. އަޅައި ނުލާ ނުކުންނަން ދާން އުޅެނިކޮން އޭނާގެ އަތުގައި ހިފާ ދަމަމުން ބޭރަށް ނެރުނުގޮތައް ހޫރުވާލިއެވެ. ރައިހާގެ އަތައް ވެސް ތަދުވިއެވެ. ރައިހާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮން އީވާ ގޮވަން ފެށީ ސެކިއުރިޓީންނަށެވެ. އެހިނދު ވީ ގޮތެއް ނޭނގިގެން ރެސްޓޯރެންޓްގެ އެތެރޭގައި ތިބި ބައެއް މީހުންވެސް ބޭރަށް ނުކުމެގެން އައިސް އެމީހުންނާއި ސުވާލް ކުރަންފެށިއެވެ. އީވާ އޭނާގެ ބޮލުގައި އެޅުވީ އީވާގެ ފޯނު ވަގަށް ނެގިކަމުގެ ތުހުމަތެވެ. ރައިހާ ދެލޯ ބޮޑުވެފައި ހުއްޓާ އޭނާގެ އަތްދަބަސް ޖަހައިގަނެ ހާވާލުމަށްފަހު ދައްކާލީ އީވާގެ ފޯނެވެ. އެއްގޮތަކަށް ވެސް އެ ފޯނު އޭނާގެ ދަބަހުގައި އޮންނަންވީ ސަބަބެއް ރައިހާއަކަށް ނޭނގުނެވެ. އޭނާއަށް ހަނދާނެ ގޮތް ހުސްވެގެން ރޮވެން ފެށުނެވެ.
“ރައިހާ ކަލޭ ތީ ބޮޑު ވަގެއްކަން މަށައް އެނގިއްޖެ.. ރީތިކޮން ބުނެދިނީމަ އަހަރެން މި ފޯނު ދީވެސް ފާނަމޭ..ވައްކަން ކޮށްގެން ކިހާ ދެރަ…އެންމެންގެ ކުރިމަތީގަ ފަޟީހަތްވެގެން މިދިޔައީ..ޕިސްޕިސް.. ދެން މުހައްމަދު އަޒީޒްއަށާއި ކަލޭގެ ބައްޕާ ފުޅަށް އަވަހަށް ގުޅާފަ ބުނޭ މިވާހަކަ” އީވާ ހީވަނީ ދެންމެ ދެންމެ ރައިހާގެ މޫނުމަތީގައި ޖަހާފަނެ ހެންނެވެ. އަތް މަޅާލާ ކޮންމެ ވަގުތަކު ރައިހާ ސިއްސައިގެންދެއެވެ.
“މީހެއްގެ ބޮލުގަ ތުހުމަތެއް އެޅުވުމުގެ ކުރިން އެންމެ ފުރަތަމަ ބަލަންވާނެ ކަމުގެ ދެކޮޅު” ކަޔާންގެ ކައިރީގައި އާޔަންއަށް ނުހުރެވިގެން ދިޔައެވެ. ނުދަންނަ ބަޔަކަށް ވީނަމަވެސް އަޑުގަދަކުރަމުން ދިޔަ އަންހެންކުއްޖާ ކިޔަމުން ކިޔަ އެއްޗިސް އިން އޭނާއަށް ކެތްނުވީއެވެ.
“އޭނާގެ ދަބަހުން މި ފޯނު ފެނިގެން މިއުޅެނީ.. މިތާގަ ތިބި އެންމެން ހެކިވާނެ އެކަމަށް” އީވާ ނުރުހުމުގެ ނަޒަރެއް ދިއްކޮށްލަމުން ބުނެލިއެވެ.
ދުރުގައި ކަޔާން ހުރިއިރު އޭނާއަށް ކަޅި ޖަހާނުލާ ބެލެމުންދިޔައީ ރައިހާގެ މޫނަށެވެ. މީހަކު އެވަރަށް އޭނާ ފަޟީހަތް ކުރަމުން ދިޔައިރުވެސް އަނގައިން އެންމެ ބަހެއް ވެސް ބޭރު ނުކޮށްލާ ހުރުމުން އޭނާ ގާތައް ރުޅި އަންނަ ގޮތްވިއެވެ. އެ މައުސޫމް މޫނުމަތިން ދެރަވެފައި ހުރި ވަރު ވެސް ހާމަވެއެވެ. ރައިހާ އެފަދަ ކަމެއް ނުކުރާނެ ކަން މިއީ ދުވާލް ފަދައިން ކަޔާންއަށް އެނގެއެވެ. ރައިހާގެ ދެލޮލުން ކަރުނުތައް ފައިބަމުން ދާންފެށުމުން އިތުރަކަށް ކަޔާންއަކަށް ކެތެއް ނުވިއެވެ.
”ހޭއި ކަޔާން” މިހުރިހާ އިރު ރުޅިއައިސްގެން ފުމުނު އީވާއަށް ކަޔާން ފެނުނު ހިނދު ނިކަން ރީތިކޮން ހީލިއެވެ. ރައިހާއަށް ދެއްކެން ގޮސް ކަޔާންގެ ގާތުގައި ހުއްޓިލިއެވެ. ކަޔާންގެ މޫނުން ފެނުނު ނުރުހުމުން އީވާ ލަދުގަތް ނަމަވެސް އަޅާނުލާ ކުރިއަށް ވުރެން ކަޔާންގެ ގާތައް ޖެހިލިއެވެ.
އީވާގެ އަޑަށް އިސް އުފުލާލި ރައިހާއަށް ފުރަތަމަވެސް ފެނުނީ ކަޅި ޖަހާނުލާ އޭނާގެ މޫނަށް ބަލަހައްޓައިގެން ހުރި ކަޔާންއެވެ. ދެވަނަ ސިކުންތުގައި ކަޔާންއާއި ޖެހޭ ނުޖެހޭ ހިސާބުގައި ހުރި އީވާ ފެނި، އޭނާގެ ކަރުނަވީ ދެލޯ އަނެއް ފަރާތައް އަނބުރާލިއެވެ.
“ކަޔާން..ބަލާބަ.. މިހިރަ އަންހެނާ ވައްކަން ކޮށްގެން މިއުޅެނީ.. މީނަގެ ކަންތައް އެބަޖެހޭ ރިޕޯޓް ކު”
“ސެކިއުރިޓީ ކެމެރާގެ ފޫޓޭޖްތައް ލިބޭނެ ތަ” އީވާގެ ކައިރިން ދުރަށް ދަމުން އޭނާ ގޮސް ހުއްޓުނީ ސެކިއުރިޓީ ބަލަހައްޓަން ހުރި މީހާގެ ގާތުގައެވެ. އޭނާ ބޯޖަހާލާފައި އައުމަށް ބުނުމުން ކަޔާން ވެސް ބޯޖަހައިލިއެވެ.
“ބްރޯ ދަންނަން ދޯ މިކުދިން” އާޔަން އަހައިލުމުން ކަޔާން ހަމައެކަނި ބޯޖަހައިލިއެވެ.
“ކެމެރާ ނުބެލިޔަކަސް މި ނެގީ އޭނާ ދަބަހުންނޭ” ކެމެރާ ބަލާ ވާހަކަ ބުނުމުން އީވާގެ ނިތުން ދާ ހިތްލާ ގަތެވެ. އާޔަން ނޫނެކޭ ބުނެ އޭނާ ގޮވައިގެން އެމީހުން ފަހަތުން ދިޔައެވެ.
“އާދޭ” ރައިހާ ނުވެސް ވިސްނާ ހުއްޓާ ކަޔާން އޭނާގެ އަތުގައި ހިފުމުން ފާޑަކަށް ސިހުނެވެ. އެތައް ދުވަހެއްގެ ފަހުން އެ ބީހުލުން އިޙްސާސްވެގެން ދިޔަހިނދު ރައިހާގެ ހިތައް އެނގުން ވެލިއެވެ. ނަމަވެސް އޭނާ ދެއްކި އެހެން ކުލައެކެވެ.
“ދޫކުރޭ” ކަޔާންގެ އަތުގައިވި އޭނާގެ އަތް މިނިވަން ކުރަން ގަދަހަދާލި ނަމަވެސް ކަޔާން ހިފަހައްޓައިގެން ހުރީ އެއަށްވުރެން މާބާރަށެވެ. ރައިހާއަށް ރައްދުވެސް ނުދީ ގޮވައިގެން އެތެރެއަށް ވަނެވެ. އެމީހުންގެ ފަހަތުން ބޭރަށް ނުކުމަތް މީހުންވެސް މަންޒަރު ބަލަން އެތެރެއަށް ވެސް ވަދެ ތިއްބެވެ.
ކައުންޓަރު މަތީގައި ވި ޑެސްކްޓޮޕް އިން ފެނިގެން ދިޔަ މަންޒަރު ދިހަ ވަރަކަށް ފަހަރު އާޔަން ރީޕްލޭ ކޮށްލިއެވެ. އޭގެން ފެނިގެންދަނީ ރައިހާ ކައުންޓަރު ދޮށުގައި ހުއްޓާ ފަހަތުން އީވާއައިސް އޭނާ ކޮނޑުގައި އަޅުވައިގެން ހުރި ދަބަހުގެ ތެރެއަށް ފޯނު ވައްޓާލާތަނެވެ. އެއާއެކު ރެސްޓޯރެންޓްގެ ތެރޭގައި ތިބި މީހުންގެ ހިތްހަމަ ނުޖެހުމުގެ ބަސްތައް އީވާއަށް އިއްވަމުން ދިޔައެވެ. ރައިހާއަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ދެނެވެ.
ގަތް ލަދުން އީވާގެ މުޅި މޫނު ރަތް ވިއެވެ. އޭނާއަށް އެންމެ ހިނދުކޮޅަކު ވެސް އެތާގައި މަޑުކުރާކަށް ނުކެރުނެވެ. ދާން ވެގެން ހިނގައިގެން ހިނދު އޭނާއަށް ހުއްޓެން ޖެހުނީ ވެއިޓަރަކު ގޮވާލުމުންނެވެ.
“އެކްސްކިއުޒްމީ މިސް.. ވަރަށް ބޮޑު ސީން އެއް ތިބޭފުޅާގެ ސަބަބުން މިތަނުގައި ދެންމެ އެ ކްރިއޭޓްވީ.. އަދި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ނުހަނު ބޮޑަށް ޑިސްޓާބު ވެސް ވެއްޖެ.. ހާއްސަ ގޮތެއްގައި އިނޮސެންޓް ފަރާތެއްގެ ބޮލުގައި ނުހަނު ބޮޑު ތުހުމަތެއް އެޅުވިގެން މިދިޔައީ.. ޔޫ ހޭވް ޓް ޕޭ ފޯރ ދިސް” ވެއިޓަރުގެ ޖުމްލައިން އީވާގެ މޫނު އިހުނަށް ވުރެން ރަތްވިއެވެ.
“ފޯރޓީ ތައުޒަންޑ.. ކޭޝް އޯރ ކާޑް” ވެއިޓަރ އެއްސެވެ. އީވާ ފިޔަވައި އެންމެންގެ ގާތައް އައީ ހިންޏެވެ. ދަތްކުޑި ވިކާލައިގެން ހުރި ގޮތުން ހީވީ އޭނާގެ އަލިފާނުގެ ނަޒަރުން ވެއިޓަރު ވެސް ފިއްސާލަން އުޅުނު ހެންނެވެ.
“ރައިހާ މިވަގުތު ގޮސް އީވާގެ މޫނުމަތީގައި ނުޖަހައިފިއްޔާ މި އެންމެންގެ ތެރޭގެ އައިލް ކިސް ޔޫ..އެވެސް ލިޕްސްގަ” ރައިހާގެ ކަންފަތް ދޮށުގައި ކަޔާން ބުނެލިއެވެ. ރައިހާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.
“ޔޫ ހޭވް ނޯ ރައިޓް ޓް ސޭ ދެޓް”ދެލޯ ބޮޑުވެފައި ހުރެ ރައިހާއަށް ބުނެވުނެވެ. މޫނައް ރުޅިވެރިކަން ގެންނަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ކާމިޔާބުވާގޮތެއް ވެސް ނުވިއެވެ.
“އެހެންތަ… ހަނދާން ނެތުނީތަ މަ ކަން މިއަދު ސޭވް ކޮށްދިނީ.. އޭނާ ކިޔާހާ އެއްޗެއް ކިޔަން އަބަދު ތިހެން ހުންނަން ވެއްޖެޔާ އަބަދު ވެސް އައިސް އެހެން ހިއުމިލިއޭޓް ކުރާނީ.. ސޯ ގޯ ނޫނީ އައިލް ޑޫ ވަޓް އައި ސެއިޑް” ކަޔާން މިފަހަރު ބުނުމުން ދެކޮޅު ނުހަދާ ރައިހާ ބޯޖަހާލިއެވެ.
“އީވާ.. މިއަދު މިތާގަ ތިބި އެންމެނަށް އެނގޭނެ އަސްލު މަގު ފޭރޭ މީހަކީ ވެސް ވަގަކީ ވެސް ކާކުކަން.. މައިންޑް ޔޯ ލެންގްއޭޖް ބިފޯރ ކާސިން އަދާސް ” މުޅިތަނަށް ސިހުމެއް ލިބުނީ އީވާގެ މޫނުމައްޗަށް ރައިހާ އަރުވާލި އަތުގެ ހަމަލާއިންނެވެ. އެއަށްފަހު އިތުރަށް މަޑުނުކޮށް އޭނަ އެތަނުން ނުކުމެގެން ދިޔައެވެ. މޫނުމަތީގައި އަތް އަޅައިގެން ގުޑުވާލަން ވެސް ނުކެރި އީވާ ހުރި އިރު، ކަޔާން އާއި އާޔަން ވެސް އެތަނުން ނުކުމެގެން ދިޔައެވެ.

**
“ލިއާ ބުނަން އުޅުނު ވާހަކަ ކޮބާ.. ބުނެވޭ ވަރު ވެއްޖެތަ” ޒެވިއަލް އަހައިލިއެވެ.
“އަހަނ.. އަހަންނަށް ބުނެވޭ ވަރު ނުވެގެންތަ ނޫނީ ދޮންބެއަށް އަޑު އެހޭ ވަރު ނުވެގެންތަ މިތިބެނީ އެވާހަކަ ނުދެއްކި” ހަށަން ބަދެލައިގެން ހުރެ ލިއާނާ އެއްސެވެ. ޒެވިއަލް ނޫނެކޭ ބުނެ އަވަހަށް ފަށަން އެދުނެވެ. ލިއާނާ ވެސް ޒެވިއަލްގެ ގާތުގައި އިއްތާލާފައި ވިސްނާލީ އެވާހަކަ ފަށާނެ ގޮތަކާއިމެދުގައެވެ. ޔަގީނުން ވެސް ޒެވިއަލްގެ ސުވާލްތައް ވެސް އަންނާނެއެވެ. ދޮގު ނުހަދާ ހުރިހާ ވާހަކައެއް ކިއައިދިނުމަށް ވުރެން ބުއްދިވެރިގޮތެއް ނޯންނާނެއެވެ.
“ސަމްވަން އިޒް ބްލްމެއިލިން އަލާ ސިސް” ލިއާނާ އެންމެ ފަހުން އިނދެފައި ބުންޏެވެ.
“ވަޓް.. އާރ ޔޫ ސީރިއަސް” ހައިރާން ވެފައި އިނދެ ޒެވިއަލްއަށް ބުނެވުނެވެ. ލިއާނާގެ ސީރިއަސްވެފައިވާ މޫނައް ބަލައިލި ހިނދު ލިއާނާ ބޯ ޖަހައިލީ އާއެކޭ ބުނާ ފަދައަކުންނެވެ. “ހައު..ވެން” އަނެއްކާ ވެސް ޒެވިއަލްއަށް އެހުނެވެ.
ލިއާނާ ކިއައިދޭން ފެށީ އަލާރާއަށް އަންނަ އިންޒާރުގެ ކޯލްތަކުގެ ވާހަކައިންނެވެ. ގުޅާފައި އިންޒާރު ދީ ހަދާ ގޮތް، އަލާރާ ކިއައިދިން ގޮތައް ލިއާނާ ދިޔައީ ޒެވިއަލްއަށް ކިއައިދެމުންނެވެ. އެ ފޮޓޯ ތަކުގެ ވާހަކަ ވެސް ހިއްސާކުރިއެވެ. އެދުވަހު އަލާރާ ފާހާނާއިން ނުކުމަތް ހިނދު ކޮޓަރި ތެރޭގައި އެމީހަކު ހުރި ވާހަކަ ލިއާނާ ބުނެލި ވަގުތު ޒެވިއަލްގެ އަތް މުށްކެވުނެވެ.
ލިއާނާއަށް އަނިޔާ ލިބުނު ރޭގެ ހާދިސާ ވެސް ފުރަތަމަ ފަހަރަށް ޒެވިއަލްގެ ގާތު ހިއްސާކުރިއެވެ. ހުރިހާ ވާހަކައެއް ކިޔާ ދީ ނިމުނު ހިނދު ލިއާނާއަށް ހީވާ ބޮލުން ބޮޑު ބަރެއް ނެނގުނުހެންނެވެ.
“ޝަވަންއާ މެރީ ކުރަން އަލާ އެއްބަސްވީ ވެސްއެ ކޯލް ތަކުގެ ސަބަބުން ތަ” ޒެވިއަލް އަހައިލިއެވެ. އެ ސުޥާލުން ލިއާނާގެ މެޔަށް ފާޑަކަށް ފިނިވެލިއެވެ. ދޭނެ ޖަވާބަކާއި ދޭތެރޭގައި އިރުކޮޅަކު ވިސްނަން ޖެހުނެވެ.
“މްމް..އެއީ އެއް ރީޒަން .. އަނެއް .. އަނެއް..މްމްމް އަނެއް ރީޒަން އަކީ އަލާ ސިސް ވަރަށް ލޯބިވާ މީހަކު ހުރޭ..އެކަމަކު އޭނާ ލޯތްބެއް ނުވެއޭ ސިސް ބުނަނީ..އެހެންވެ ސިސް އުއްމީދު ކަނޑާލައިގެން އެހުރީ ލިބޭނެ ކަމަށް..މިއަދު ވެސް ވަރަށް ރުއި..އެ..އެކަމާ” ލިއާނާއަށް ޖަވާބު ދެވުނީ ވެސް އާގަންނަމުން ނެވެ. ޒެވިއަލް އެ ކާކުތޯ ނާހާތޯ ދުއާ ކޮށްލަ ކޮށްލަ އިންދާ އެ ސުވާލް ކުރިއެވެ. ތުންފަތް ހަފާލަ ހަފާލަ އިން ހިނދު ދެވަނަ ފަހަރަށް ޒެވިއަލް އޭނާއަށް ގޮވާލިއެވެ.
“ލިއާ.. ކާކު ދެކެ ހޭ އަލާރާ މާ ލޯބިވެގެން އެއުޅެނީ”
“ކޮންމެވެސް އިބްރާހީމް އެއް.. ނޭނގެ މާ ރަނގަޅަކަށް.. އެ ވާހަކަ ބާއްވަމާ ދޯ.. ދޮންބެ ވެސް މަށައް ކިއާދޭން ޖެހޭ ވާހަކަ އެބަހުރި ..އެހެންނު..އެކަމަކު ފުރަތަމަ ދޮންބެގެ ހެކިންގ ސްކިލްސް ބޭނުން ކޮށްގެން އެމީހުންގެ އަތުން އެ ޕިކްސްތައް ހޯދާ ދީބަ” ލިއާނާ ތުންފިއްތާލައިގެން އިނދެ ބުނެލިއެވެ.
“އަލާއަށް އެނގޭތަ ލިއާ މަ ކައިރީގަ ތި ވާހަކަ ދެއްކިކަން..އޭނާ އޯކޭތަ.. ތިބުނީނު މީހަކަށް އެނގިއްޖެނަމަ ގޮތެއް ހަދާފާނެއޭ.. ހެކް ކުރެވިދާނެ ..އެކަމަކު އެމީހުންނަށް ހެކް ކުރާކަން ނޭނގި ހެކް ވާނެ ގޮތެއް ނީންނާނެ..އެހެންވީމަ އެމީހުން ކަމެއް ކުރިއަސް ފަސްނުޖެހި ގަޓް ހުންނަން ވާނެ..” ޒެވިއަލް ދެއަތް ޖޯޑު ކޮށްލައިގެން އިން އިރު އަލާރާ އާއި މެދު ވިސްނެމުންދިޔައެވެ. އެހާ އެއްކޮން އުޅުނު އިރުވެސް އެއިން ކަމެއް ނޭންގުމުން ހިތްހަމަ ނުޖެހޭ ގޮތް ވިއެވެ.
“ކިތަންމެ ހިތްހަމަ ނުޖެހުނު ނަމަވެސް ކުރެވޭނެ ކަމެއް ނެތް.. އަލާ ކިތަންމެ އެއްކޮން އުޅެފަ ހުއްޓަސް އޭނާގެ ހިތުގަ މަށައްޓަކައި ލޯބި ނުއުފެދުނު ނަމަވެސް ރައްޓެއްސެއްގެ ހައިސިއްޔަތުން ވެސް އަޅެ ބުނެދިންނަމަ މިއަށް ވުރެން ކުރިން މިކަމާ އަހަރެން އުޅެދިނީސް.. އާހްހް.. އަރްކާން ގާތު ބުނަން ވީ.. ނޫނީ އަހަރެން އެގޭގައި ނެތް ވަގުތެއްގަ ނޭނގޭ އެމީހުންގެ އުނދަގުލެއް ނުޖެހޭނެ ކަމެއް ވެސް…” ޒެވިއަލްގެ ހިތައް އަރާ ފައިބަމުން ދިޔައީއެވެ. މިހާރު އެގޭގައި މަޑު ކުރެވުން ނަމައޭވެސް ހިތައް އަރަމުންދިޔައެވެ. ނަމަވެސް އަލާރާ ދެކެ އިންތިހާއަށް ލޯބިވާއިރު އެހެން މީހެއްގެ ހައްގަކަށް ވެގެން ދާތަން ބަލަން ހުރުމަކީ އޭނައަށް ކުޅަދާނަ ކަމެއް ނޫނެވެ.
“ސޯ އަލާ ވެސް ހެޕީ އެއް ނޫން.. އެހެން މީހަކު ދެކެ ލޯބިވަނީ ބަޓް ސީ އިޒް ގޮނަ މެރީ ދެޓް ފ**… އެނީވެސް ލިއާ ބުނި ކަންތަކާ އުޅެންވީ އިތުރަށް ވޯސް ނުވަނީސް” ޒެވިއަލް ހިތާހިތާ ކިޔާލެވުނެވެ. އޭނާ ލެޕްޓޮޕް ހިފައިގެން އައިސް ސޯފާގައި އިށީންދެފައި މަސައްކަތާއި އުޅުނެވެ.
ލެޕްޓޮޕް އިން ކޯޑު ތަކެއް ޖަހަމުން ދިޔައިރު މުޅި ސްކްރީނު ފެންނަނީ ކަޅު ކުލައިގެންނެވެ. ސްކްރިނުގައި ފެވެމުން ދިޔަ އަކުރުތައް އެކި ފަހަރު އެކި ކުލަތައް ވެރިވަމުން ދިޔައެވެ. އެ މަސައްކަތުގައި ވިއްސަކަށް މިނެޓް ހޭދަވެގެން ދިޔައިރު މަސައްކަތައް އަލި މަގެއް ފެންނަން ފެށިއެވެ. އެންމެ ފަހު ކަމަކަށް ލިއާނާ ދިން ފޯނު ނަމްބަރު ޖަހާފައި ލޮކޭޝަން ހޯދަން ފެށިއެވެ.
“ވަޓް.. މާފަންނު ޗާންދަނީ.. އެއީ ޝަވަން މެންގެ ގެއެއް ނޫން ތަ” ލެޕްޓޮޕްގެ ސްކްރީނުން ދެއްކި އެޑްރެސް ފެނި ޒެވިއަލް އިނި ހައިރާންވެފައެވެ. ޒެވިއަލްގެ އަޑު އިވިގެން ދޮރު ކައިރިއަށް އޯޑަރ ދިން ޕިއްޒާ ބަލާ ގޮސް ހުރި ލިއާނާވެސް ދުވެލާފައި އައިސް ބަލައިލިއެވެ. އޭނާގެ ދެލޯ ވެސް ބޮޑުވިއެވެ.
“އެހެންވީމަ ޝަވަން މެން ގެ ޕްލޭން އެއް ބާ މިއީ..” ލިއާނާއަށް ބުނެވުނެވެ. ޒެވިއަލް ވެސް ބޯޖަހައިލިއެވެ. ދެން ޒެވިއަލް މަސައްކަތް ފެށީ އެ ފޯނު ހެކް ކުރެވޭތޯއެވެ. އެތައް ބައިވަރު ނަމްބަރަކާއި ކޯޑްތަކެއް ޖަހަމުން ދިޔައިރު އިރު ކޮޅަކުން އޭނާގެ މޫނު އަލިވިއެވެ. މަސައްކަތް ކާމިޔާބު ވީ އެވެ. ނަމަވެސް ސްކްރީނުން ފެނިގެން ދިޔަ އަލާރާގެ ފޮޓޯތައް ފެނި ވަގުތު އޭނާ މޫނު ދުރަށް ލިއެވެ. އެ ހާލުގައި އަލާރާވީތަން ފެނި އޭނާގެ ގާތައް ރުޅި އަންނަމުން ދިޔައެވެ. ލިއާނާއަށް ވެސް އެ މަންޒަރު ފެނި މޫނުމަތިގައި އަތް އެޅިއެވެ.
“ދޮންބޭ ޔޫ ޝުޑް ޑޫ އިޓް” ޒެވިއަލްގެ ބުރަކަށީގައި ޖަހާލަމުން ލިއާނާ ދުރަށް ޖެހިލީ އޭނާ އެތާގައި ހުރުމުން އިތުރަށް އެމަސައްކަތައް އުނދަގޫ ވާނެކަން އެނގޭތީއެވެ. އިރުކޮޅެއްގެ މަސައްކަތުން އަލާރާގެ ފޮޓޯތައް ޑިލީޓް ކޮށްލެވުނެވެ. ސްކްރީނަށް ނުބަލާ އެ މަސައްކަތް ކުރަން އުޅުމުން ޒެވިއަލްއަށް ހިސާބަކަށް އުނދަގޫވެސް ވިއެވެ.
އިތުރަށް ހާވާލަން ވެގެން އޭނާ ބަލަމުން ދިޔަ ހިނދު “ފާތިމަތު ސާރާ” ޖަހާފައިވާ ފޯލްޑާރ އެއް ޒެވިއަލްގެ ލޮލުގައި އަޅާއިގަތެވެ. އޭނާގެ ދެލޯ ހަނިވިއެވެ. “ވަޓް” އެއަށް ވައިން ހިނދު ފެނުނީ ރީތި އަންހެން ކުއްޖެއް ގެ ފޮޓޯއެކެވެ. ބަލާމެލުމަށް ވާނީ ދެ އަހަރެވެ. އެ ފޮޓޯ ފެނުނު ހިނދު އެ އަންހެންކުއްޖާ އާއި ކޮންމެވެސް މީހަކާއި ވައްތަރުވާން އުޅުނެވެ. ނަމަވެސް ކާކުކަމެއް ވިސްނާ ވިސްނާ ވެސް އޭނާގެ ސިކުނޑިއަކަށް ނައެވެ. ޒެވިއަލް އިތުރު ފޯލްޑާރ ތައް ހާވަލަން އުޅުނު ވަގުތު ރަތް ކުލައިގެ ހިތެއް ޖަހާފައިވި ފޯލްޑާރ އެއް ޒެވިއަލް އަށް ފެނުނެވެ.
ހިތުގައި އުފެދިގެން ދިޔަ ޝައުގުވެރިކަމެއްގެ ސަބަބުން ޒެވިއަލް އެބަޔަށް ވެސް ވަނެވެ. އެހިނދު އެންމެ ފުރަތަމައަށް ވެސް އިން ފޮޓޯ ފެނި ޒެވިއަލްގެ ދެލޮލުން ތަރި ބުރައިގެން ދިޔައެވެ. މުޅި މީހާ ފާޑަކަށް ތުރުތުރު އަޅައިގެން ދިޔައެވެ. ދެއަތް ތުރުތުރު އަޅަމުން ދިޔަ ހިނދު ޖެހިގެން އިން ފޮޓޯ އަށް ޒެވިއަލް ލިއެވެ. ” އޯހް މައި ގޯޑް” ލެޕްޓޮޕް އިން އަތް ދޫވެ ޒެވިއަލް އަށް ސޯފާއަށް ވަރު ދޫ ކޮށްލެވުނެވެ.
“ދޮންބޭ.. ނިކަން އަވަހަށް ފޯނު ނަގާބަ” ކުއްލިއަކަށް ލިއާނާ ދުވެފައި އައެވެ. އޭނާއަށް އޭރު ދިޔައީ ރޮވެމުންނެވެ.
“ކިހިނެތް ވީ..” ލިއާނާއަށް ވެފައި ހުރިގޮތުން ޒެވިއަލްއަށް ފުންމައިގެން ސޯފާއިން ތެދުވެވުނެވެ. ލިއާނާއަށް އެއްޗެއް ބުނެވުމުގެ ކުރިން ޒެވިއަލްގެ ފޯނު ވައިބްރޭޓް ވާން ފެށި އަޑު އިވިގެން ބަލައިލި އިރު ގުޅަނީ އަރްކާންއެވެ. ފޯނު ނެގި ހިނދު އަރްޚާން ދިން ޖަވާބަކުން ހީވީ ފައިދަށުން ހީވީ ބިންގަނޑު ގަބައިގެން ދިޔަހެންނެވެ.
“ވަޓް..މަރުވީ އޭ.. ކާކު”އަރްކާންގެ ޖަވާބު އަޙާފައި ޒެވިއަލްއަށް ފޯނު ތިރިކޮށްލެވުނެވެ. ސަލާމަތުން އޮތް އަތުން އިސްތަށިގަނޑުގެ ތެރެއަށް މަހާލާ ބާރުކޮށްލެވުނެވެ.
***
(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annora

Level 610 Stories100 Login100 Comments100 Stories

Weaving tales that linger long after the last page.🤍 Turning imagination into unforgettable stories.🤍 Every story is a journey; come take a trip with me.🤍 Capturing the magic in everyday moments.🤍 Crafting narratives that touch the heart and mind. 🤍 🤍🤍🤍

Other Articles

Previous

ހިތް އެދޭ ލޯތްބަކީ ތީ (ޕާޓް 1)

Next

ފުރާނައިގެ ދިރުމޭތިއީ 32

Next
April 9, 2025

ފުރާނައިގެ ދިރުމޭތިއީ 32

Previews
April 8, 2025

ހިތް އެދޭ ލޯތްބަކީ ތީ (ޕާޓް 1)

42 Comments!

  1. na.ell says:
    April 9, 2025 at 12:39 am

    arhhh yess mee first dhw
    hama o time ah mi aadhevuy
    vaahaka nuves kiyaa mi comment kurany vess

    1. Annora says:
      April 9, 2025 at 9:37 am

      hellooo naell❤️❤️yes dear you are first🥰❤️
      So happy to see this comment 🥰❤️❤️

  2. na.ell says:
    April 9, 2025 at 12:58 am

    whatttttttt??? kaaku maruveee
    thioh nimmaali hisaabeh ves dhw
    i thik fathimath saara ei shavan ge maruvi kokko kanneyge ad shavan ge family e name ge fahathuga thibee hn vrh heevey
    dh oeh bai kiyaalevunyma ingeyne kamah mi balany
    alaa ah gotheh nuhadhahche anehkaa
    alaa aa zeh gulhuvaba i can’t wait
    mi part vrh vrh reethi hama
    when next part? avahah kiyan libeyene kamah ummeedhu kuran <33

    1. Annora says:
      April 9, 2025 at 9:41 am

      Letss seee dwwww🥹🥹❤️❤️
      Heheh goas hisaabakun dw mi ninmaalevuny 🤭
      Yes yes next balaalima kudakon egidhaane😭❤️ ala ok vaane kamah higaa balama
      V happy vehje naell ah mi part kamudhiyaeema
      Next part in sha allah soon ❤️❤️
      Lots of love ❤️🥰

  3. Anonymous says:
    April 9, 2025 at 5:53 am

    oh my goddd kihineh evee kaaku maru vee anyways vaahaka hama reethi i love itt💗

    1. Annora says:
      April 9, 2025 at 10:04 am

      Higaa dhw balaalan next part
      Eyrun igidhaane 🫣🥹❤️
      Thank you so much for the sweet comment❤️❤️❤️

  4. sher says:
    April 9, 2025 at 6:56 am

    when is the next part?

    1. Annora says:
      April 9, 2025 at 9:48 am

      In sha allah soon❤️❤️

  5. Ghost girl 👻 says:
    April 9, 2025 at 7:28 am

    Owhhhhh soooo good but kaaku ba Maru v
    Curiously waiting for the next part 🫶🏻

    1. Annora says:
      April 9, 2025 at 9:53 am

      Hello dear❤️❤️
      Lets see dw😳🫣❤️❤️❤️
      Yess yesss
      In sha allah next episode ves v libeyne kiyaalan❤️❤️

  6. Shayerrr 💞 says:
    April 9, 2025 at 8:20 am

    Whatt kaaku maruvee
    I cant wait anymore
    Whene when whennn next 😭😭😭😭
    Haadha reehchey mi part ves
    Eevaa satani huvaa mi kuree reethi bodi eh bovihje ehnu
    Eyna tha ehury shavan r ekkon
    Aaaaaaahhhhh mihaaru ehn kamakah ves sussss vey eba
    Next part kiyunyma dhen gotheh ninman ves egeyny
    Lysssssm anna❤️❤️

    1. Annora says:
      April 9, 2025 at 10:21 am

      Dear shayer hws youu?❤️
      V ufaa vehje shayer ge comment eh fenunyma and
      Dear ah mi part ves kamudhiyaeema🥰❤️
      Heheh eev got jealous dw aslu😳
      In sha allah next part soon
      E part ves kamudhaane kamah unmeedhh kuran🥰🥰
      Lots of love. Shaa🥰❤️❤️

  7. Shaviyani says:
    April 9, 2025 at 8:21 am

    😩😩😩😩😩😩
    Heyo nuvaane eeva
    Kale adhi me athun heyo bodi eh boane😭😭

  8. Lam’aa says:
    April 9, 2025 at 8:27 am

    Enme fahun ege dhoo koh dhiyaee dww
    I feel bad for lia and arkan
    Ala and zev vehje ennu mihaaru vaahaka dhahkan😭😭😭
    Nutholhi😭😭
    Vv reethi mi part vexx
    When next? Curiosly waiting 😚😚😚❤️❤️

    1. Annora says:
      April 9, 2025 at 10:14 am

      Helloo lam❤️
      Yess zev men geyah change v dw .. and arkan v dhera vehje lia nufennaane thee ves❤️🥹 heheh adhi ragalhu vaane iA
      So happy dear ge comments fenifa😳❤️
      Thidhey support abadhu ves ufaalaa eku balaiganan
      ❤️❤️❤️
      Lots of love❤️❤️🥰

  9. Amaya says:
    April 9, 2025 at 9:07 am

    Hama ragalhah rai thihedhee
    Abadhu thihunnany ey eyna ais goi goi hadhan dhen
    You have to choose you over her
    Dhen thigeyah dhaa iru jassaa vahthareh balan beynun vanee😭😂😂😂🤣🤣
    I feel si bad for ala and zev
    Its a misunderstanding
    They both have feelings for each other still choose ti hurt eachother
    Guyzz plx talk and solve it
    I wonder who is dead 💀😭😭😭
    Gurl cmon avahah nereba ep 31😭😭😭❤️❤️❤️❤️❤️❤️

    1. Annora says:
      April 9, 2025 at 10:07 am

      Hello dear❤️
      Yess yess rai ah ehaa dhuvahu eeva udhagu kohfi ey dw🥹❤️
      In sha allah v avahah next part ves submit kohla dheynan igey❤️
      So happy to see this beautiful comment❤️❤️
      Lots of love from me🥰
      ❤️❤️

  10. Miss kangu says:
    April 9, 2025 at 9:09 am

    Abadhuves mi ninmany mikahala hisaabakun😭😭😭😭
    Hiydhathi
    Can’t wait any more longer😩😩😩😭😭😭😭😭😭

    1. Annora says:
      April 9, 2025 at 10:12 am

      Hello miss kangu❤️❤️
      So sorry dear😭😭
      In sha allah soon igey❤️❤️🥰

  11. Naya says:
    April 9, 2025 at 9:30 am

    Aree dhen lolu fiyaeh ves jahaa nuleveyne
    Thihedhi ehchakun dhen😭😭 kaaku tha maru vee
    Is it eeva or ala?
    Ala😭 no no no 😭😭😭😭😭😭😭
    Eyrun really over it😭😭😭
    Girl plx avas kohdhehvaba❤️😭

    1. Annora says:
      April 9, 2025 at 10:10 am

      Hello naya❤️❤️
      Goas hisaabukun mi part mi ninmaalevuny 😭🫣❤️
      Definitely not ala😳
      Lets see 😳
      I will submit next part soon IA
      Thank you for this comment dear ❤️🥰

  12. Annora says:
    April 9, 2025 at 10:17 am

    Hello dear❤️
    Yes eeva is giving bad vibe mihaaru .. hehehe
    🤭
    Next part ves In Sha Allah v avahah kiyaalan libeyne igey❤️❤️🥰

  13. Mohamed aalim says:
    April 9, 2025 at 10:25 am

    Haadha nubai hisaaabakun thi ninmany
    Eevaa hama aslah ves bad vibe eh midheny boa haru manje eh nu
    V reeethi mi part ves

  14. Cutie girl says:
    April 9, 2025 at 10:42 am

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Alhey kaaku maruvee
    Mi part kiyaafa rovijje 😭
    Urgh i hate savan and sophia 😡
    Alaa and zev dhuru nukurachey
    Liyaa and arkaan ves gulhuvachey
    Kayaan and Rai ves
    They all are made for each other
    Haadha curious kohlaafa thi nimaaly
    Anehkaa alaa tha maruvee
    Kuhverinah adabu dhee
    I appreciate your hard work
    Miayee vi interesting kamaa eku kiyaa hithun kiyaala vaahaka eh
    Your my fav author ❤️
    Tc
    Ly annora ❤️ 😚

  15. Ayan 1997 says:
    April 9, 2025 at 11:05 am

    Vvv reethi mi part ves
    Ekm ninmi gothun kada ee
    Ekahala
    Thaakah noony nuninma ey 😭😂

  16. DevilQueen says:
    April 9, 2025 at 1:45 pm

    Alheyyy kaaku tha maru v??😩😩
    Am so curious!
    Nxt part avahah genesdhehcheyy
    BTW u really stories recently so good😍
    Can’t wait for the nxt part 😩😩

  17. DevilQueen says:
    April 9, 2025 at 1:46 pm

    Alheyyy kaaku tha maru v??😩😩
    Am so curious!
    Nxt part avahah genesdhehcheyy
    BTW u r stories are so good😍
    Can’t wait for the nxt part 😩😩

  18. Aara says:
    April 9, 2025 at 2:31 pm

    When’s next part

  19. Ishu says:
    April 9, 2025 at 4:37 pm

    Haadha Curious kohlaafa eyy thi ninmaalee😭
    Alhe kaaku tha maru v????
    I’m soo curious to know
    When next??
    Can’t wait to read the next part
    Lyssm
    Tc

  20. Amaany says:
    April 9, 2025 at 9:07 pm

    Dhenn annss😭😭
    V nibai hossaabakun igey
    I wont forgive u dhen ehn hadhaafiyyaa
    Sahaadheh mi kuhjaa gadaa😭😭😭🥹🥹🥺🥺
    So shawan ge kokko aky sara dw😭 definitely yes😭😭
    And kineh tha saars maruvee
    Enme curious vany ekamaa …. Ammu ah personally fonuvaala dheeba thankolheh kurin next 😭😭😭😭😂😂❤️❤️ i cant live without this😭😭
    Mihaaru heevany knmevez varkah nimumakaa gaai vehje hen dww
    Enme hageegai thah niulhey hisaabu
    Ahhhh plx avahaha next
    Love you my fave author everrr😭❤️❤️❤️

  21. Nooh says:
    April 9, 2025 at 9:09 pm

    Vvv reeethi mi vaahaka
    Mi episodu vess varah salhi
    You became my fav❤️‍🔥❤️‍🔥

  22. Mohamed says:
    April 9, 2025 at 9:40 pm

    Varah reethi mi part

  23. Xaher says:
    April 9, 2025 at 10:25 pm

    Eeva is idiot 😡😡😡 goas amihlayah kuri kanyhah nikan dhekii
    Ulhey faadeh kanbili😭😭😭
    Arkan r lia ah vee gothun dhera
    Romance ongoing ga hutta hama edhiyaee😭😭😭
    When next
    Vvv reethi mi part ves.. lots of live from mee my fav author 🥰❤️❤️

  24. Rose says:
    April 10, 2025 at 9:35 am

    Alhey v interesting! Love this story! Keep it up♥️

  25. Your besty says:
    April 10, 2025 at 10:48 am

    Aigooo aigooooo
    Besty kiyeh thikuranu alhe fahe
    Hama sappeh alhan vee enme nubai husaabun ninman egeny???😡😏😏
    Avahah dhee dhwn next ves aharemmnah

  26. Maishaan mohamed says:
    April 11, 2025 at 10:21 am

    V reethi mi part vesmihaaru dheyhin faharu kiyafin
    Adhives kiyaahi vey
    Cant wait fir the next part

  27. Nonamereader says:
    April 11, 2025 at 12:00 pm

    Darling when next 😭😭😭

  28. Kudoo says:
    April 11, 2025 at 12:01 pm

    V salhi igey
    Hama eeva ge moonumathyga jahaala hiy vany
    Hama heevany story thereyga ulhevun hen
    Vvvvvvvv salhi😚😚😚😚❤️

  29. Sally 🌙 says:
    April 11, 2025 at 6:19 pm

    When next

  30. Anonymous says:
    April 12, 2025 at 7:13 am

    Annora
    When is next
    Plssssssssssssssssssssssss🙏🙏🙏🙏🙏🙏🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺avasssssssssssssss

  31. SomeoneYouKnow says:
    April 12, 2025 at 1:30 pm

    Hey love kobaa nexttt 😭😭😭😭

  32. Ymu says:
    April 12, 2025 at 4:13 pm

    Cant wait to read nexttrr🥹

Comments are closed.

Next Episodeނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 31←


All Right Reserved!