“ކީކޭ.. ކޮން ނަމެކޭ” އަރްކާން ދެވަނަ ފަހަރަށް އަހައިލުމުން އަޒީޒް އެ ނަން ތަކުރާރް ކޮށްލިއެވެ. އެ ހިނދު އަރްކާންއަށް ހީވީ ވަރުގަދަ އެތިފަހަރެއް އޭނާގެ މޫނަށް މީހަކު ޖަހާލި ހެންނެވެ. އިށީންދެ އިން ސޯފާގެ އަތްގަނޑުގައި ހިފާ ބާރުކޮށްލެވުނެވެ. ނިތް މައްޗަށް އެތައް ބައިވަރު ރުލެއް އަރައިގެންދިޔައެވެ. އަރްކާންއަށް ވެގެން ދިޔަ ގޮތެއް ޒެވިއަލްއަށް ސިއްރެއް ނުވިއެވެ. އޭނާއަށް އެއައި ބަދަލުން ޒެވިއަލްއަށް ހައިރާންކަމެއް ލިބިގެންދިޔައެވެ.
***
އޭގެ ފަހުން އަޒީޒް ދެއްކި އެއްވެސް ވާހަކަ އެއް އަރްކާންގެ ބޮލަކަށް ނުވަނެވެ. މީހާގެ ސިކުނޑި ހާސްވިއެވެ. އަޒީޒް ވާހަކަ ދައްކަން އިނދެ އިނދެފައި ދިއައިރު ވެސް އަރްކާންއަށް ރެއަކާއި ލާ ގޮތެއް ނުވިއެވެ.
”ހުރިހާކަމެއް ރަނގަޅު ތަ” އަރްކާން ސިހުނީ ޒެވިއަލް އޭނާގެ ގައިގާ އަތްލުމުންނެވެ. އާއެކޭ ބުނަން އުޅެފައިވެސް އެއްކަމަކާއި އަނެއްކަމެއް އެހާ ގުޅިފައި ހުރުމުން ދޮގު ހަދާކަށް ހިތެއް ނުބުންޏެވެ. ފުންނޭވާއެއް ދޫކޮށްލާފައި އޭނާ ބަލައިލީ ވަށައިގެން މީހަކު ފެންނަން ހުރިތޯއެވެ.
“ކަމް ވިތް މީ” އަރްކާންގެ އަޑުގައިވަނީ ސީރިއަސްކަމެކެވެ. ޒެވިއަލްއަށް ނިތް އަރުވާލެވުނެވެ. އަރްކާންގެ ބަދަލްވެފައިވާ މިޒާޖުން އޭނައަށް ވިސްނަން ވީ އެއްޗެއް ނޭނގުނެވެ. ބޯޖަހާލައިގެން ހުރެ އަރްކާންގެ ފަހަތުން ޒެވިއަލް ވެސް މިސްރާބުޖެހިއެވެ.
ދެމީހުން އެރީ ޓެރެހަށެވެ. މުޅި ތަން އަނދިރިކޮން އޮތުމުން އަރްކާން ލައިޓްތައް ޖައްސާލިއެވެ. އެތާގައިވާ ކޮފީ މޭކާރ ދެ ތަށިކޮފީ ހަދާލައިގެން އައިސް އަރްކާން ހުއްޓުނީ ރެއިލިންގ ގައި އަތްއަޅުވާލައިގެން ހުރި ޒެވިއަލްގެ ގާތުގައެވެ. އެއް ތަށި ޒެވިއަލްއަށް ދިއްކޮށްލުމުން އޭގައި ހިފާފައި ޒެވިއަލް ޝުކުރުއަދާކުރިއެވެ. އަރްކާން ކުޑަގޮތަކަށް ހީލިއެވެ.
“އެނީތިންގް ރޯންގް” އާވި އަރައަރާހުރި ކޮފީތަށިން ކޯވަރެއް ބޯލަމުން ޒެވިއަލް އަހައިލިއެވެ. އަރްކާން މަޑުމަޑުން ބޯ ޖަހައިލިއެވެ.
“ވަރަށް ބައިވަރު ކަންތައް ވެއްޖެ.. މި ވާހަކަ އަދި ބައްޕައަކަށް ނޭނގޭނެ..ހިތައް އަރާ އެނގުނީމަ ވާނީ ކިހިނެތްބާވޭ” އަރްކާންގެ ދެލޮލުން ނުތަންވަސްކަން ނޫން ކުލައެއް ނުފެނެއެވެ. ޒެވިއަލް އަނެއްކާ ވެސް ބުނާށޭ ބުނެލިއެވެ.
“އޮފީހުގަ ވަރަށް ބޮޑު ކަމެއް ވެގެން މިއުޅެނީ” ކުންފުންޏަށް ދިމާވެގެން އުޅޭ ހިޔާނާތުގެ މައްސަލަ އަރްކާން ފެށިގެން ނިމެންދެން ކިއައިދެމުން ދިޔައިރު ޒެވިއަލްއަށް ވަރުގަދަ ޝޮކެއް ލިބިގެން ދިޔައެވެ. ބެލިބެލުމުން އެބުނާ އެކައުންޓް ނަމްބަރުގެ ވެރި ފަރާތަކަށް އިނީ ފާތިމަތު ސާރާ އޭ ބުނެލި ހިނދު އޭނާގެ އަތް މުށްކަވާ ލެވުނެވެ.
“ވަޓް..ސާރާ ..ހުރިހާ ތާކު މީނަ.. އެންމެ ފުރަތަމަ ކަމަކަށް މި ކާކުތަ.. އެނގޭތަ އަރްކާން ނުދާށޭ ބުނެފަ އޮތްވަ ވެސް މަ ދިޔައިން އެސް އެންވީ ފައިލްގަ އިން އެޑްރެހަށް..އޭގަ ކޮމްޕެނީ އޯނާރގެ ނަމަކަށް އިނީ ކޮންމެވެސް އެފް އެސްއެކެއްނު.. އެގެޔަށް ދިޔަތަނާ އެގެއިން ދިމާވީ މުސްކުޅި ބޭބެއެއް.. ގޮސްފަ އެ ކުންފުނީގެ ވެރިއާއާއި ބައްދަލް ކޮށްލަން ބޭނުމޭ ބުނީމަ ބުނީ ފާތިމަތީ ސާރާ ހޯ ތި ހޯދަނީ” ރެއިލިންގ ގެ ދަގަނޑުގައި ލަތްގަނެލަމުން ޒެވިއަލް ބަލާލިއިރު އަރްކާން ހުރީ ހަމަ ރަނގަޅަށް ވެސް ޝޮކް ޖެހިފައެވެ. އިރުކޮޅެއް ވަންދެން އޭނާއަށް ވާހަކަ ނުދެއްކި ހުއްޓުން އަރާފައި ހުރެވުނެވެ.
“ދެން މަ ބުނިން ބައްދަލްކޮށްލަން ބޭނުންވާ ވާހަކަ.. އެއީ ހަމައެކަނި މަ ބުނި އެއްޗަކީ ވެސް… ކޮންމެ ވެސް ކަމަކާ ހިތްހަމަ ނުޖެހިފަ ކަންނޭގެ ހުރީ .. ފާޑަކަށް މޫނު ބަނަކޮށްލާފަ މަ އަތުގަ ހިފިގޮތައް ގެއިން ބޭރަށް ނެރެފަ ގޭޓް ތަޅުލާފަ އެބޭބެ ވަދެއްޖެ އެތެރެއަށް” ޒެވިއަލް އިތުރަށް ކިއައިދިނެވެ.
“އެހެންވީމަ އަހަރެމެންގެ އޮފީހުގައި ވެގެން އުޅޭ ކަންތަކުގެ ފަހަތުގަ ވެސް ސާރާ.. ޒާފިރްބެ މަރާލީ މީހުން ދޫކޮށްލީ ވެސް ސާރާ.. އެސް އެން ވީގެ ފަހަތުގައި ވެސް މިހުރީ ސާރާ.. އަޖައިބެއް އަހަރެމެންގެ އާއިލާއި ތި އާއިލާގަ ވެސް އެންމެ ކޮޅަށް ދާންދެން ބެލިއަސް އަހަންނަކަށް ސާރާއެއްގެ ނަން ކިޔާ ފަރާތެއް ނޭނގޭ… ޝުހާދުއަށް އެނގޭނެ އޮފީހުގެ ކަންތައް..ޝުހާދު ބުނި އޮފީހުގަ އެ ނަން ކިޔާ ދެތިން މީހަކު އުޅޭތީ ވެ އެ އެންމެންގެ އެކައުންޓް ނަމްބަރާއި އެ ނަމްބަރު މެޗް ވޭތޯ ބެލީމޭ.. އެކަމަކު ދިމައެއް ނުވިއޭ ބުނީ.. ނަމްބާރ އެންކްރިޕްޓް ވެފަ އިންނަ ގޮތުން ބެންކް މީހުންނަށް ވެސް ވަރަށް ދަތިވެގެން އެއުޅެނީ އޭގެ މައުލޫމާތުތައް ތައް ދެނެގަންނަން… ވަރަށް ވަރުގަދައަށް ހެކް ކޮށްފަ ހެން ހީވަނީ ” ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް ހަރާލި ގޮތުން އަރްކާންގެ ބޯ ހާސްވެފައި ހުރި ވަރު ހާމަވެއެވެ.
“މަށައް ތި ނަމްބަރ ދައްކާލަބަ..” ޒެވިއަލް ބުނެލި ހިނދު އަރްކާން ބަލައިލީ ކީއްކުރަންހޭ އަހާފަދައަކުންނެވެ. ޒެވިއަލް އެއްޗެއް ނުބުނެ ހުރުމުން އަރްކާން ކީއްކުރަންހޭ އަހައިލިއެވެ.
“މީ ..މްމްމް..ދެން.. އެ..” ޒެވިއަލް އަށް އޭނާ ހެކް ކޮށް އުޅޭ ވާހަކަ ބުނާކަށް ނުކެރުނެވެ. ތުންފަތް ހަފާލަ ހަފާލަ ހުރި އިރު މިހާރު އަރްކާން އެ ސުވާލް ދެތިން ބުރަށް ތަކުރާރު ކޮށްފިއެވެ.
“އަމް އަ ހެކާރ” އެންމެ ފަހުން ޒެވިއަލް ބުނެލައިފިއެވެ.
“އޭންން..ވަޓް..ސީރިއަސްލީ…ހަހް” ދެލޯ ބޮޑުކޮށްލައިގެން އަރްކާން ހުރިގޮތުން ޒެވިއަލްގެ ގާތައް ފާޑަކަށް ހިނިއައެވެ. “ސިންސް ވެން” ދެވަނަ ފަހަރަށް އަރްކާން އަހައިލިއެވެ.
“ޔެސް އައި އޭމް..އެންމެ މޮޅު ހެކަރުންގެ ސްކިލްސް އާ މެޗް ނުވެދާނެ ކަންނޭގެ..ދީބަލަ ތި ނަމްބަރ” ހުއްޓުން އަރާފަ ހުރި އަރްކާން އެ ނަމްބަރު ލަސްނުކޮށް ޒެވިއަލްއަށް ފޮނުވާލިއެވެ.
“ކޮން އިރަކުން ފެށިގެން ކުރަންފެށި ކަމެއް ވި”
“ވަރަށް ކުރިން ފެށިގެން.. ފުރަތަމަ ބާރަ އަހަރުގަ ކަންނޭގެ..” ޒެވިއަލް ބޯކަހާލިއެވެ.
“އޭން.. މަށައް ކީއްވެ ކުރިން ނޭނގުނީ” އަރްކާން ހުރީ ބުނާނެ އެއްޗެއް ދުލަށް ނައިސްފައެވެ. އަރްކާންއާއި ޒެވިއަލް އެހާ އެއްކޮން ކުރިން އުޅުނު އިރުވެސް އެކަހަލަ ކަމެއް ޒެވިއަލް ކުރާކަމެއް އޭނާއަށް ޝައްކުވެފައި ވެސް ނުވެއެވެ. އަރްކާން ފާޑަކަށް ދެރަވާގޮތްވިއެވެ. ޒެވިއަލްގެ ކިތައް ސިއްރު އަދި އޮންނާނެ ބާއޭ އޭނާ ހިތައް އަރަމުން ދިޔައެވެ.
“ސޮރީ ފޯރ ނޮޓް ޓެލިންގ ދިސް ސޫނާރ.. ބަޓް އައި ހޭޑް ޕާސަނަލް ރީޒަންސް” އަރްކާން އަށް ވީ ގޮތުން ޒެވިއަލް އަށް ބުނެވުނެވެ. އަރްކާން ހިނިތުންވުމެއްގައި ހުރެ ބޯ ޖަހައިލިއެވެ.
“އައި ވޮނަ ޓޯކް އެބައުޓް އަސް ވެން ޔޯ ފީލް ކޮމްފޯޓަބަލް..” ޒެވިއަލް ދުރުބަލައިލަމުން ފުރަތަމަ ފަހަރަށް އެ ވާހަކަ ގެނައެވެ. އަރްކާންއަށް ދެލޯ ބޮޑުކޮށްލެވުނީ އެހެން އެބުނީ ހަމަ ޒެވިއަލް ބާއޭ ހީވެފައެވެ.
“ޒެވިއަލް އަ ނީޑް ސަމް ޓައިމް ޓް ޓޯކް އެބައުޓް ދެޓް.. އައި ޕްރޮމިސް އައި ވިލް ސްޓާޓް ދިޒް ޓޮޕިކް ލޭޓާރ ވެން އައި ފީލް ކޮމްފޯޓަބަލް” އަރްކާން ހިނިތުންވެލަމުން ބުނެލިއިރު ދެމީހުންގެ ގުޅުން ޒެވިއަލް ވެސް ރަނގަޅުކުރަން ބޭނުންވާ ކަން އެނގުމުން ހިތްހަމަ ޖެހުނެވެ. ޒެވިއަލް ވެސް ބޯޖަހައިލިއެވެ.
“ސޯ ލެޓް މީ ޓްރައި ޓް ފައިންޑް ދެޓް ފަސްޓް…ވީ ޝުޑް ވޯކް އޮން ދިޒް ޓްގޭދާރ.. ރައިޓް” ޒެވިއަލް ސަލާމަތް އަތް ދިއް ކޮށްލި ހިނދު އެ ހިނިތުންވުމުގައި ހުރެފައި އަރްކާންވެސް ސަލާމް ކޮށްލިއެވެ.
***
އިރުއެރީން ސުރެން ކޮޓަރީގައި އިނދެފައި އަލާރާ އެންމެ ފަހުން ބޭނުންވީ ބޭރަށް ނުކުމެލާށެވެ. އޭނާގެ ކައިރީގައި އިނދެފައި ރައިހާ ވެސް ވީ އެވަގުތު ޒެވިއަލް ބުނެގެން މައްޗަށް ގޮހެވެ. އެބަ އަންނާނަމޭ ބުނެފައި ދިޔަ ކުއްޖާ ނައެވެ. އޭނާ ނުލާ ރައިހާ ގާތު އަންނަން ބުނުމުން އަލާރާ އިނީ ހިސާބަކަށް ހިތައް އުނދަގުވެފައެވެ. ނަމަވެސް ޝަކުވާ ވެސް ކުރެވޭކަށް ނެތެވެ. ފަރިތަކަމާއިއެކު ކޮޓަރިން ނުކުމައިން އަލާރާ ބާރަކަށް ހިނގާފައި ގޮސް ހުއްޓުނީ ކޮޓަރީގެ މާދުރު ނޫން ހިސާބެއްގައި ހުރި ސިޑީގެ ކައިރީގައެވެ. އެ ހިސާބަށް އެރުނު ހިނދު އޭނާގެ ދެފައި ތުރުތުރުލާން ފެށިއެވެ. އަތްގަނޑުގައި ހިފާލައިގެން ހުރެފައި ކުރިއަށް ފިޔަވަޅެއް އަޅަން ނެގި ފައި އެންމެ ގޮތަކަށް ވެސް ކުރިއަށް ނޭޅުނެވެ. މީހާ ހާސްވެ ނޭވައަށް އުނދަގު ކުރަން ފެށިއެވެ. ނިތްކުރިން ދާ ހިއްލާލި ހިނދު ހަމައެކަނި ދެލޮލުން ވެސް އޭނާ ބިރުގަނެފައި ހުރި ވަރު ހާމަވެއެވެ.
ސިޑިން ވެއްޓުނު ހާދިސާއަށް ފަހު އޭނާ ސިޑިއާއި ހިސާބަށް ވެސް އެއައީ ފުރަތަމަ ފަހަރަށެވެ. ހުރި ދިމާ ތިރީގައި އިށީން ދެލިއިރު މުޅި ކުއްޖާ އިނީ ހުދުވެފައެވެ. އެހެން އިންދާ އޭނާ ސިހުނީ ކޮންމެވެސް މީހަކު ފަހަތުން އައިސް އޭނާގެ އުނަގަނޑުގައި ހިފައި އަތްދަނޑި މައްޗަށް ލުމުން ނެވެ. ސިހުނުވަރުން އޭނާއަށް މައްޗަށް ބަލައިލެވުނެވެ. ދެވަނަ ސިކުންތުގައި އަވަހަކަށް އިސްތިރިކޮށްލިއެވެ. އެއީ ޒެވިއަލްކަން އެނގުމުން އެހަށިގަނޑުގައި އަލާރާއަށް ދެއަތުން ވަށާލެވުނެވެ.
ޒެވިއަލް އަނގައިން ބަހެއް ބުނުމެއް ނެތި އަލާރާ ގޮވައިގެން މިސްރާބް ޖެހީ ކޮޓަރިއަށެވެ. އޭނާއަށް ސިފަވެގެން ދިޔައީ އަލާރާ ކޮޓަރިން ނުކުމެގެން ހިނގާލާފައި ދިޔަގޮތައް ގޮސް ސިޑީކައިރީގައި ހުއްޓުނު ގޮތެވެ. އެހާ ފަރިތައެވެ. އެހުރިހާ ކަމެއް ވީ އޭނާގެ ކުރިމަތީގައެވެ. ޒެވިއަލްގެ ހިތުގައި އުފެދިފައިވާ ޝައްކުތައް ހައްތަހާ ވެސް އިތުރެވެ. އެކަމަކު އެހެންވާނެ ގޮތަކާއި ދޭތެރޭގައި އޭނާއަށް ވިސްނެނީއެވެ. ގަބޫލްކުރަން ވެސް ދަތިވަނީއެވެ. އަނެއްކާ ޒެވިއަލްގެ އަތްދަނޑި މައްޗަށް ނެގި ވަގުތު އަލާރާ ސީދާ އޭނާގެ ދެލޮލަށް ބަލައިލި ގޮތް ސިފަވިއެވެ. ދެވަނަ ސިކުންތުގައި އިސްޖަހައިލިއިރު އެމޫނަށް ވެގެން ދިޔަ ގޮތްވެސް ޒެވިއަލްއަކަށް ސިއްރެއް ނުވިއެވެ.
“ކިހިނެތް ސްޓެއާރސް އާ ހަމައަށް ދިޔައީ” އަލާރާ ދިޔަގޮތް އެނގި ހުރެމެ ޒެވިއަލް އަހައިލިއެވެ. ޒެވިއަލް، އަލާރާ ބައިންދާލީ އެނދުމަތީގައެވެ. އޭނާގެ މަގަތުގައި އިނުމުން އެ މޫނަށް ވެރިވި ރަތް ކުލަ ޒެވިއަލްއަށް ފާހަގަވިއެވެ.
“މްމްމް.. ކިހިނެތް…” ދެވަނަ ފަހަރަށް ޒެވިއަލް އަހައިލިއެވެ. އޭނާ ކަޅި ޖަހާ ނުލާ އަލާރާގެ މޫނަށް ބަލަހައްޓައިގެން އިނެވެ. އަލާރާ އެއްޗެއް ނުބުނެ މިފަހަރުވެސް ހަމަ ހިމޭންކަން އިހްތިޔާރު ކުރިއެވެ. އަލާރާގެ އަތައް ޒެވިއަލް ދަމާލިއެވެ. އެހިނދު އައިސް ތަތްވީ ޒެވިއަލްގެ މޭގައެވެ. “ހަމަ އަނގައިން ނުބުނަން ތަ ތި އިންނަނީ” އަލާރާގެ ކަންފަތް ކައިރީގައި ޒެވިއަލް ބުނެލިއެވެ.
ހަށިގަނޑުގައި މަޑު ތުރުތުރެއް ލެވިގެން ދިޔަހިނދު އޭނާ ކެތްތެރިވަމުން ދިޔައީ ނުހަނު ހިތްވަރުންނެވެ. ޒެވިއަލްގެ އަޑު އެހާ ގާތުން އިވުނު ހިނދު މޭގެ ތެރޭގައި އޮތް ހިތުގައި ވެސް ވަނީ ގަދަފަދަ ތޫފާނެއް އުފެދިފައެވެ.
“އަހަރެން މި އަހަނީ ކިހިނެތް ހޭ ދިޔައީ ސްޓެއާރސް އާ ހަމައަށް..އައި ނީޑް އޭން އާންސާ.. އަނގައިން ނުބުނެ ހުންނަން ވެއްޖެޔާ މާ ވޯޒް ވާނެ..” އަލާރާގެ ހިމަ އުނަގަނޑުގައި ހިފާ އަނބުރާލަމުން ޒެވިއަލް ދަތްދޮޅި އަޅުވާލީ އަލާރާގެ ކޮނޑުގައެވެ. އަލާރާގެ މެރިގެން ދިޔަ ދެލޯ ތަގުޅި ކޮށްލި ހިނދު ތުންފަތުގައި ވެސް ވީ މަޑު ތުރުތުރެކެވެ. އެ ތަން ފެނި ޒެވިއަލްގެ ގާތައް ހިނިއަންނަ ގޮތްވެފައި ހުރި ނަމަވެސް ދާދި އަވަހަށް ހިންދާލިއެވެ.
“އަލާ ޑޯންޓް ގެޓް އެންގްރީ އިފް އައި ހޭވް ގޯން ޓޫ ފާރ..” ކުރިއަށް ވުރެން ކައިރިވެލަމުން ޒެވިއަލްގެ ތުންފަތް އަލާރާގެ ކޯތާފަތުގައި ޖައްސާލިއެވެ.
އެހިނދު ތެޅިގަނެފައި އަލާރާ ދުރުވެލިއެވެ. ޒެވިއަލްއާއި ކައިރިވެވުނު ހިނދު އިޙްސާސްވަމުން ދިޔަ ހޫނާއި އެއްވަރަށް ބޭނުންކޮށްފައި ހުރި މަޑުމީރުވަހެއް ހުރި ފިރިހެން ސެންޓުގެ އަސަރު ސިކުނޑީގެ އެންމެ ފުނައް ކުރިއެވެ.
“ޒެވް..މި..މި.. އޮޅިގެން.. ދެ.. ދެވުނީ.. ތަން.. ތަންތާގަ ހިފައިގެން” ތުންފަތުގައި ދައިގަނެފައި އިނދެ އަލާރާ ބުނެލިއެވެ. ދެއަތްދެއަތާއި މޮޑެމުން ދިޔައިރު އޭނާގެ ހިތް އަދިވެސް ދިޔައީ ތެޅެމުންނެވެ.
“މަ ނާހަން އޮޅިގެން ތޯ އެއް.. ކިހިނެތް ހޭ ދިޔައީ އެހީ” ޒެވިއަލްގެ ޖުމްލަ އިވިލި ހިނދު އަލާރާގެ ނޭވާއަށް ވެސް އުނދަގުވިހެން ހީވިއެވެ. ޒެވިއަލްއަށް އިތުރު ސުވާލެއް ނުކުރެވެނީސް އެވަގުތު ފޯނުން އިވިލި ބަންގީގެ އަޑުން އިންތަނުން ތެދުވެލިއެވެ. ބަންގި ގޮވިކަން ނަސީބެކޭ ވެސް އެވަގުތު އޭނާގެ ހިތައް އެރިއެވެ.
“ޒެވް..މިދަނީ ޕްރޭ ކުރަން” އަލާރާ މިފަހަރު ހިނގައިގަތުމުން ޒެވިއަލް ހޫމް އަޅުވާލިއެވެ. ކުރިއާއި ހިލާފަށް އަލާރާ ހިނގާލާފައި ދިޔައީ މަޑުމަޑުންނެވެ. އޭނާ ގޮސް ފާހާނާގެ އެތެރެއަށް ވަދެވެންދެން ޒެވިއަލް ކަޅިޖަހައި ނުލާ ބަލަހައްޓާއިގެން އިނެވެ.
ދޮރުން އެތެރެ ވެވުނު ހިނދު އަލާރާއަށް ހުރި ދިމާލަށް ތިރިވެވުނެވެ. ކަކުލުގައި އުޅަބޯށި ވިއްދާލައިގެން އިނދެ ދެއަތްތިލައިން މޫނު ފޮރުވާލިއެވެ. އެހެން އިނދެފައި ހިތާއިދިމާލު މޭގައި އަތް ޖައްސާލިއެވެ. އޭރުވެސް އޭނާގެ ހިތުގައި ތެޅުމެއްވިއެވެ. އޭނާއަށް ސިފަވެގެން ދިޔައީ ދެންމެ ހިނގާ ދިޔަ ހާދިސާއެވެ. ޒެވިއަލްގެ އެ ގާތްކަމެވެ. “އޯ ގޯޑް.. ހީޒް ސޯ ފްރީކިންގ ހޭންޑްސަމް” ދެތުންފަތައް ފެތުރިގެން އައީ ލަދުރަކި ހިނިތުން ވުމެކެވެ.
އެހެން އިނދެފައި އަމިއްލަ ދެއަތްތިލަ ކުރިމައްޗަށް ގެނެސް ދެއަތައް ހަލުވާލާ ބައިލިއިރު އަލާރާގެ ތުންފަތުގައި ދުވެލީ ސިއްރުވެރި ހިނިތުން ވުމެކެވެ.
***
މޭޒު ދަށުގައި އޭނާއަށް ހަވާލް ވެވިފައި މަސައްކަތުގައި އަވަދިނެތި ލިއާނާ އިނެވެ. ދޭތެރެއަކުން ގަޑި ބަލައިލައެވެ. ކުންފުނީގެ މުވައްޒަފުންނަށް ބާއްވާ ހާއްސަ ބައްދަލްވުމެއް އިރުކޮޅެއްފަހުން އޮތުމުން އޭނާގެ އަތްމަތި ވެސް ފުދޭވަރަކަށް ހުރީ އަވަސްކޮންނެވެ.
ގަޑީގެ ފަނަރަ ވަރަކަށް މިނެޓް ކުރިން އޭނާގެ މަސައްކަތް ނިމުމުން ޕެން ޑްރައިވްއަކަށް އަޅައިގެން އޭނާ ގޮސް އަރްކާންގެ ކެބިންގެ ދޮރުގައި ޓަކިޖެހިއެވެ. އެތެރެއިން ވަންނާށޭ ބުނުމުން އޭނާ ވައިންއިރު އަރްކާން ވެސް މޭޒު ދޮށުން ތެދުވަންނަނީއެވެ. ލިއާނާ ފެނުމުން އެއްމިޔަކަނުން ހީލައިގެން ހުރެ ނިތް އަރުވާލިއެވެ.
“މްމްމް.. މި..ހުރިހާ ޝީޓް އެއް ވެސް ޑަބަލް ޗެކް ކޮށްފަ އިންނާނީ..އެކަމަކު ވެސް ކަމެއް ފާހަގަ ވެއްޖެޔާ ލެޓް މީ ނޯ.. އައިލް ޗޭންޖް” އަރްކާން ބަލައިލި ގޮތުން ލަދުގަތުމުން ލިއާނާ އިސްޖަހައިލާގެން ހުރެ އަތުގައި އޮތް ޕެންޑްރައިވް ދިއްކޮށްލިއެވެ. ހޫމް އަޅުވާލަމުން އަރްކާން އޭގައި ހިފާލިއެވެ. އެހިނދު އަރްކާންގެ އަތް އިހްސާސްވެގެން ދިޔައެވެ. ލިއާނާ އަވަހަށް އަތް ދުރުކޮށްލިއެވެ.
“ކިހިނެތް ވީ” އަރްކާން އަހައިލުމުން ލިއާނާއަކަށް ޖަވާބެއް ނުދެވުނެވެ. އަރްކާންގެ ކުޑަކުޑަ އިޝާރާތަކާއި އެކުވެސް ލިއާނާގެ ހިތުގެ ހަމަނުޖެހުން ގެއްލެއެވެ.
“ގަޑި ޖެހެނީ” އަތުގައި އަޅާފައިވާ ގަޑިއަށް ބަލާލަމުން އަރްކާން އަވަހަށް ހިނގައިގަތެވެ.
ލިއާނާ ވެސް ބޯޖަހައިލާގެން ހުރެ މިސްރާބް ޖެހީ އަރްކާންގެ ފަހަތުންނެވެ. ކުއްލިއަކަށް އޭނާ ސިހުނީ އަރްކާން އޭނާގެ އަތުގައި ހިފާލުމުންނެވެ. ލިއާނާގެ ދެލޯ ބޮޑުވިއެވެ. ހައިރާންވެގެން އަރްކާންގެ މޫނަށް ބަލައިލި ހިނދު ލުއި ހިނިތުންވުމެއްގައި ހުރި އަރްކާން ދެކޮނޑު އަރުވާލައިގެން އެހުރި ގޮތައް ހުރެ ހިނގައިގަތެވެ. ލިއާނާ ދެފަރާތައް ބަލައިލީ މީހަކު ފެންނަން ހުރިތޯއެވެ.
“މީހަކު ނެތޭ.. މީހަކު ހުއްޓަސް މަ ކުރަން ބޭނުންވާ ކަމެއް ކުރާނަން” ވައި އަޑުން އަރްކާން ބުނެލިއެވެ. ލިޔާނާ އިތުރަށް ބަހެއް ނުބުނެއެވެ. މޫނުގައިވީ ލަދުރަކި ކަމެވެ. ކޮންފަރެންސް ހޯލާއި ހަމައަށް ދެވުމުން އަރްކާން އެއަތުން ދޫކޮށްލިއެވެ. ލިއާނާ އެތެރެއަށް ވަނުމަށް ދޮރު ވެސް ހުޅުވާލަ ދިނެވެ.
“އާފްޓާރ ޔޫ” ލިއާނާ ބަލައިލުމުން އަރްކާން ބުނެލިއެވެ. ލަސްނުކޮށް އޭނާ އެތެރެއަށް ވަނެވެ. ދެމީހުން ވައިން އިރު އަޒީޒް ފިޔަވައި އެހެން އެންމެން އޭރު ތިބީ ހަމައަށެވެ. އަރްކާން ގޮސް އިށީނީ މޭޒުގެ ކޮޅުގައި އެވެ. އޭނާގެ މަގަތުގައި ކަނާއަތް ފަރާތައް ހުރި ގޮނޑީގައި ލިއާނާ އިށީނެވެ.
“އަޒީޒް ސާރ އަށް ކުޑަ ކަމެއް ޖެހިގެން ލަސް ވާނެ ކަމަށް ބުނުއްވީ..އެހެންވެ އަރްކާން ސާރ މީޓިން ސްޓާރޓް ކުރަން އެދުނީ ވީހާވެސް އަވަހަކަށް” އަރްކާން އިށީން ހިނދު ޝުހާދު އައިސް މަޑުމަޑުން ބުނެލިއެވެ. އަރްކާން ބޯޖަހާލާފައި ކޮޅަށް ތެދުވެ ވާހަކަ ދައްކަން ފެށިއެވެ.
އޭނާ ދައްކަމުން ދިޔައީ އަޒީޒްގެ ފުރަތަމަ ރިޝޯޓު ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދާތީ އެވާހަކައެވެ. މިހާރު މަސައްކަތް ގޮސް އޮތް ހިސާބު ތަފްސީލާއި އެކު ކިއައިދެމުން ދިޔައެވެ. ޕްރޮޖެކްޓަރުން އަޅުވާފައި ހުރި ޕްރެޒެންޓޭޝަން ދައްކަމުން، އޭގައިވާ އެއްޗިހި ތަފްސީލްކޮށްދޭން އަރްކާން ހުރިއިރު ކަޅި ޖަހައިނުލާ ލިއާނާއަށް އަރްކާންގެ މޫނަށް ބެލެމުންދިޔައެވެ. އެހެންމީހުންނާއި ބައްދަލްވެވޭ ހިނދު އެ ފިރިހެންވަންތަ މޫނުމަތީގައި ހަރުލާފައި ހުންނަ ސީރިއަސްކަމުގައި ވެސް ހާދަ ފުރިހަމައެވެ. ލިއާނާއަށް އާވާރާ އެއްހެން އިނދެވުނު އިރު ސިހުމެއް ލިބުނީ އަރްކާން އޭނާގެ ގާތައް ހުއްޓި ކަރުކެހިލުމުންނެވެ. ތެޅިގަނެފައި ވަށައިގެން ބަލައިލިއިރު ހުރިހާ އެންމެން ނިކުމެގެން ދަނީއެވެ. ތަންކޮޅެއް ދުރުގައި ޝުހާދު އާއި މަސައްކަތު މީހެއް މަޑުކޮށްލައިގެން ތިއްބެވެ.
“މަ އެހާ ރީތި ތަ” ލިއާނާއަށް އިވޭ ވަރަށް އަރްކާން ބުނެލިއެވެ.އެހިނދު އޭނާގެ މުޅި މޫނު ރަތް ވެގެން ދިޔައެވެ. ލިއާނާ ބޭނުންވީ އެތަނުން ދުވެ ފިލާށެވެ. އަވަސް އަވަހަށް ތެދުވެގެން ދޮރާއި ދިމާލަށް ދަނިކޮން އަރްކާން އޭނާގެ އަތުގައި ހިފާ ހުއްޓުވިއެވެ.
“ދޫކޮށްލަންވީ އެނގޭ” އަރްކާން އޭނާގެ އަތުގައި ހިފައިގެން ހުރިގޮތައް، ދޫ ނުކޮށްލާ ނުކުންނަން ދިޔުމުން ލިއާނާއަށް ބުނެވުނެވެ. އޭނާ ބަލައިލިއިރު ޝުހާދު އާއި މަސައްކަތު މީހާ ވެސް ދެލޯ ބޮޑުވެފައި ތިބެ އެދެމީހުންނާއި ދިމާލަށް ބަލަމުންދިޔައެވެ. ލިއާނާ ހައްތަހާ ބޮޑަށް ލަދުގަންނަ ގޮތްވިއެވެ.
“ބަލާ އެންމެ ބަލަނީ އޭ އެ” ލިއާނާ ގަދަހަދަމުން ދިޔައީ އަރްކާންގެ އަތުން މިންޖު ވެވޭތޯއެވެ.
“އާޗާ މޮޅޭ ދޯ.. ދެން ވަރަށް ރީތި.. ހަމަ ލިއާ ވީމަ ދޫކޮށްލަން ވީ ދޯ.. މަ ވެސް ލަދުގަތޭ އެއޮތް އެންމެން ތެރޭގަ މަ މޫނަށް ބަލަހައްޓައިގެން އެހުރިހާ އިރު ވަންދެން އިނީމަ.. ހީވީ އެކަމަށް ހާއްސަކޮން ބައިންދާފަ އިން ރޮބޮޓެއް ހެން ވިއްޔަ” މޫނައް ވައްތަރެއް ޖައްސާލައިގެން ހުރެ އަރްކާން އަމުނާލިއެވެ. އެހިނދު ލިއާނާއަށް ސަލާމަތުން އޮތް އަތުން އަރްކާންގެ އަނގަމަތީގައި އަތް އެޅުވިއެވެ.
“ޝޫޝްޝް..މަ ބެލީ އަރްކާންއަކަށް ނޫނޭ..ހަމަ ރީތިކޮން އިނީ ޕްރެޒެންޓް ކޮށްދިން ގޮތް ބަލަން… ހަހް..ރީތި ސިފައެއްގަ ހުއްޓަސް ތިހާ ފީކަޅާ އެޓިޓިއުޑް އެއްގެ ވެރިއެއް…މަ އެބޯޅޭންތަ މޮޔަވެގެން” ލިއާނާ ބުނެލި ނަމަވެސް ބުނެލީ ހިތާ ދެކޮޅަށެވެ.
“އައްދޭ ތިބުނީ މަ ރީއްޗޭ ދޯ.. މަށައް ޔަގީން މިހާރު ލިއާނާ ތިހުރީ މަށާ ހިތާވެފަ ކަން.. މަށެއް ނޫޅެން ގައިމް ލިއާނާ އާ ހިތާ ވެގެންނެއް” އަރްކާން ހުރީ ވަކި ދޫދޭ ގޮތަކަށް ނޫނެވެ.
“އެހެން ވީމަ ކުރީ ދުވަހު މަށައް މެންޝަން ކޮށްފަ ސްޓޯރީއަށް އެއްޗިސް ލީ ތި ސިފައިގަ ހުރި ފުރޭތަ އެއް..އޯކޭ އެންނު… ހަހް މަށެއް ވެސް ނޫޅެން ތިމީހާގަނޑަށް މޮޔަވެގެންނެއް..ހިތުން ރީތި މީހަކަށް ވެގަނެގެން އެބައުޅޭ އަދި..” ލިއާނާ ބުނެލިއެވެ. އަރްކާން އެހެން ބުނުމުން ލިއާނާ ދެރަވާގޮތް ވިއެވެ. އެކަން ފޮރުވުމަށް އަރްކާންގެ ހިފަހައްޓާއިގެން ހުރި އަތް ކުއްލިއެއް ޖަހާލާ މިނިވަން ކޮށްލާފައި މޫނު ބަނަ ކޮށްލައިގެން ހުރެ އެތަނުން ދިޔައެވެ. އަރްކާން ގޮވުމުން ވެސް ހެދީ ނީވޭ ކަމަށެވެ.
“އެގެއިން އޭމް އައި ގޯން ޓޫ ފާރ…އަނެއްކާ މިއަދުވެސް އޮފީސް ނިމޭތަނުން މާ ވިއްކާ ފިހާރައަކަށްނު ދާން މިޖެހުނީ..ލިއާ އަށް ބަޓޫކް އެއް ވެސް ނޫން ކިޔަންވީ..ސްނެޕީ ކިޔަން ވީ..މީހަކު މަޖަލަކަށް އެއްޗެއް ބުންޏަސް އަންނަނީ ސިނގުރުޅި.. ޝާލީ ދައްތަ ލިއާއަށް ޕްރެގް އިރު އަނެއްކާ ކެއީ ކޯއްޗެއްބާ” އަރްކާން އަނގަ ހަދާލައިގެން ހުރެ ހިނގައިގަތެވެ. ލިއާނާ ދިޔަގޮތުން އޭނާއަށް ދިޔައީ ހެވެމުންނެވެ.
****
“ހަމަ ތެދެއްތަ ” އަޒީޒްގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. އޮފީހުން ގެއަށް އައި ހިނދު ދިނާޔާ ދައްކަންފެށި ވާހަކައަށް އަކުން އަޒީޒް ވެފައި ހުރި ވަރުބަލިކަންވެސް ވައިންތަނެއް ނޭނގެއެވެ. “އަނެއްކާ ދިނާއަށް ހުވަފެނަކުން ފެނުނީތަ.. އަބަދު ލިއާ ކަމުދާތީ އެ ވާހަކަ ދައްކަމުން ގޮސް މަށައް ހީވަނީ ތިއުޅެނީ ހުވަފެނެއް ފެނިގެން ހެން” އަޒީޒް އުފާވިނަމަވެސް ގަބޫލްކުރަން ވެސް ދަތިވީމައެވެ. ޒެވިއަލް އާއި އަލާރަގެ ވާހަކައެއް އެގޮތުގައި ދިނާޔާ ބުނި ނަމަވެސް ތަންކޮޅެއް ގަބޫލްކުރަން ފަސޭހަވެދާނެއެވެ. އެކަމަކު އަރްކާން އާއި ލިއާނާ ގުޅުމެއް އޮންނަކަމަށް ދިނާޔާ ބުނުމުން އޭނާ އިނީ ކޮސްވެފައެވެ.
“އާއެކޭ.. އަހަންނަށް ހަމަ އިވުނޭ.. އަހަރެންގެ މިދެލޮލުންނޭ މަންޒަރު ދުށީ.. އަރްކާންއަކީ އެކަކަށް ވެސް އެހާ ލޯބި ސްމައިލް ދޭ ކުއްޖެއް ނޫން..މީހަކާއި ދިމާ ރަނގަޅަށް ބަލައިލާގެންނު ސްމައިލް ވެސް ދެވޭނީ.. އެކަމަކު މި ބުނާ ދުވަހު ލިއާއަށް ދިން ސްމައިލް މަށައް ފެނުނޭ..ދެން އަހަންނަށް ވެސް އިނގިރޭސި އެނގެއޭ އަޒީޒޫ” އަރްކާން އެދުވަހު ބުނެލި ޖުމްލަތައް އަނެއްކާ ވެސް ދިނާޔާ އިއްވާލިއެވެ.
“އަހަހަ އެގޮތަކަށް ނޫނޭ ދިނާ…އެހެންވީމަ ޒެވް އާއި ވާހަކަ ދައްކަން ވީ ކަންނޭގެ.. ޒާފިރްގެ ވަސީއަތް ލިއާ އަށް އަނގަންވީ ވަގުތު ޖެހިއްޖެހެން އަހަންނަށް ހީވަނީ.. އަހަރެން ހިތަކަށް ވެސް ނާރާ އެކަންތައް އެހާ ފަސޭއިން ވެދާނެއެކޭ..ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަށްށޭ ބުނާ ހެން އެކުދިން މިގެއަށް ގެނެވުންކަން ވެސް އެއީ ހާދަ ބޮޑު ނަސީބެކޭ” އަޒީޒް ގެ މޫނުމަތީން ފެނުނީ ހިނިތުންވުމެކެވެ. ދެމީހުން ވާހަކައިގާ ތިއްބާ އީވާ ގެއަށް ވަދެގެން އައިތަން ފެނުނެވެ. ވަގުތުން ދެމީހުންގެ މޫނުމަތީގެ އުޖާލާކަން ގެއްލުނެވެ. ފުރަތަމަވެސް އީވާ ލައިގެން ހުރި އަންނައުނަށް ނަޒަރު ހިންގާލެވުނެވެ. ކުރު ސޯޓު ކޮޅަކާއި ގަޔަށް ބާރު ޓީޝާޓެކެވެ. ކުރިން ދުވަހަކުވެސް ނުފެންނަ މަންޒަރެކެވެ.
“ކޮންތާކުން ތިއައީ” ދިނާޔާ ކޮޅަށް ތެދުވެފައި އަހައިލިއެވެ. އީވާ ބޭރުންނޭ ބުނެލިއެވެ.
“މަށައް ވެސް އެނގޭ އީވާ ތިއައީ ބޭރުންކަން.. އޮފީހަކަށް ވެސް ދަނީ އެއްނޫން ..ކިޔަވަން ކޮލެޖަކަށް ދަނީއެއްނޫން… ގޭގަ މަތަވަނީ އެއްނޫން.. ގޭގަ މީހަކާ ގުޅެނީއެއްނޫން..ކޮންފާޑަކަށް ތިއުޅެނީ” ދިނާޔާ އައިސް އީވާގެ ކުރިމައްޗަށް ހުއްޓުނެވެ. އެހިނދު އީވާގެ ގައިން އަރައިގެން ދިޔަ ވަހަކުން ދިނާޔާއަށް ނޭފަތުގައި އަތް އެޅުނެވެ.
“ސިނގިރޭޓް ވެސް ބޮނީތަ މިހާރު” ދިނާޔާ ހައިރާން ވެގެން އަހައިލެވުނެވެ. އޭރު އަޒީޒްވެސް އައިސް ހުއްޓިއްޖެއެވެ. ކުރީ ދުވަހުގެ ހާދިސާއަށް ފަހު އަޒީޒް އަދި އީވާއަކާއި އަނގަޔަކުން ނުބުނެއެވެ. އޭނާ އައިސް އީވާގެ އަތްދަބަސް އަތުލާފައި ހާވާލިއެވެ. އޭގެ ތެރެއިން ދެތިން ސިނގިރޭޓް ފޮއްޓާއި ލައިޓަރު ފެނި އަޒީޒްގެ މޫނު ރަތް ވިއެވެ. ދިނާޔާގެ ހިތްތެޅިގަތީ އަޒީޒް ކޮށްފާނެ ކަމެއް ނޭނގޭތީއެވެ. އަޒީޒްގެ ރުޅި އަކި އާދައިގެ ރުޅިއެއް ނޫނެވެ.
” އާންން.. މައްސަލަ އެއްތަ.. މިއަށް ވުރެން ހަޑި ދޯ އާއިލާއިން ބޭރު ބައެއް މާ ގާތް ކޮށްލާއިގެން ބައްޕަމެން ގެންގުޅުނީމަ..އެމީހުން ތެރެއިން ވެސް ރައިހާ ގާތް ކޮށްލައިގެން ތި ގެންގުޅެނީ މަ ބޭނުން ނޫންވީމަ އޭނުން.. މަށަކީ އެއްވެސް ވެލިއު ހުރި މީހެއްތަ މިގޭގަ..” އަރްކާންގެ ފަހަތުން ގެއަށް ވަދެގެން އައި ލިއާނާއަށް އީވާގެ ޖުމްލަތައް އިވި ފާޑަކަށް ލަދުގަތެވެ. އަރްކާންއަށް ވެސް އެ އަޑު އިވި އީވާގެ ނަމުން ނުހަނު ބާރަށް ގޮވައިލެވުނެވެ. އީވާ އަޅައިވެސް ނުލިއެވެ. އަރްކާން ގޮސް ހުއްޓިލީ އީވާގެ ކުރިމަތީގައެވެ. ދެރަވި އިސްޖެހުނު އަޒީޒް އަރްކާންގެ އަތައް ލައިދިނީ އިވާގެ ދަބަހުން ފެނުނު ސިނގިރޭޓު ފޮށިތަކެވެ.
“އަދި ސިނގިރޭޓް ބޯނަން ތަ” އަރްކާން އަހައިލިއެވެ. އޭނާ ހިތްވަރު ކުރަމުންދިޔައީ ނަފްސަށް ވެރިވަމުންދިޔަ ރުޅިވެރިކަން ކޮންޓްރޯލް ކުރެވޭތޯއެވެ. އޭރު ގޭތެރޭގައި އަޑުގަދަ ވާތީ ބޭރުގައި އުޅުނު މަސައްކަތު މީހަކައި ނަވާޒް ވެސް އައިސް ހުއްޓެވެ.
“އާންން..ވަރަށް ރީތިކޮން މިބުނީ ސިނގިރޭޓް ބޯނަން..އެކަކަށް ވެސް ނުހުއްޓުވޭނެ..ތި” އީވާގެ އަނގައިން ނުކުމައިން ޖުމްލަ އިވި އެހުރިހާ އިރު ކެތްތެރިވަމުން ދިޔަ އަރްކާން އަކަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. އީވާގެ މޫނުމައްޗަށް އޭނާގެ އަތްތިލައިގެ ހޫނު ހަމަލާއެއް އަރައިގެން ދިޔައެވެ. އީވާގެ މޫނުގައި އަތް އެޅުނީ ވީ ތަދުންނެވެ.
“ނަވާޒް..ގޭގެ އެންމެންނަށް އަންގާ މިއަދުން ފެށިގެން އީވާ މުހައްމަދު އަޒީޒަށް މިގޭގެ ހަތަރު ފާރުން ބާރެއް ނުވެވޭނެ.. މަންމަ، ބައްޕަ ނޫނީ މަ އައިސް އަމިއްލައަށް އޭނާ ނެރުނީމަ ނޫނީ އެކަކަށް ވެސް އޭނާ މިގެއިން ނުނެރެވޭނެ.. އޭނާ ނެރުނު މީހަކަށް މިގެއިން ނުކުންނަން ޖެހޭނީ..އެވެސް ދެވަނަ ފަހަރަށް މިގެއަށް އެމީހަކަށް ނުވަދެވޭ ގޮތައް.. އަޑު އިވިއްޖެ ” އަރްކާން ބަލައިލީ ނަވާޒްގެ މޫނަށެވެ. ޖެހިލުން ވެފައި ހުރެ ނަވާޒް ވެސް ބޯޖަހާލިއެވެ.
“ނޮޓް ފެއާރ”
“އަދިވެސް ދޮންބެގެ ކުރިމަތީގަ ބަސްބުނަނީތަ..މަގޭ އެއްވެސް ދަރިއަކު އުޅޭ ފާޑަކަށް ނޫނޭ އީވާ ތިތެޅެނީ..ލަދެއް ވެސް ނުގަނޭތަ” އީވާ ވާހަކަ ދައްކަން ފެށި ނަމަވެސް ދިނާޔާ ހަޅޭއްލަވައިގަތެވެ. އިތުރަށް މަޑުނުކޮށް އޭނާ އެތަނުން ދިޔައެވެ. އޭނާގެ ފަހަތުން އަރްކާން ދާން ހެދުމުން ލިއާނާ އޭނާގެ އަތުގައި ހިފެހެއްޓިއެވެ. އަރްކާން ބަލައިލުމުން ނުދާށޭ ބުނެ ލިއާނާ ދެފަރާތައް ބޯ ހޫރުވާލިއެވެ. އެ ރުޅީގައި ގޮސް ފަހުން ހިތާމަ ކުރަން ޖެހޭވަރުގެ ކަމެއް އަރްކާން ކުރާކަން ލިއާނާ ބޭނުމެއް ނުވިއެވެ.
އީވާ ދިޔަތަން ބަލަން ހުރި އަޒީޒްއަށް ސޯފާއަށް ތިރިވެވުނެވެ. ކަކުލުގައި އުޅަބޯށި އަޅުވާލައިގެން ދެއަތް ޖޯޑުކޮށްލާފައި ދަތްދޮޅީގައި އަޅުވާލައިގެން އިންގޮތުން އޭނާގެ މޫނުމަތިން ފެންނަނީ މޮޅިވެރިކަމެވެ. ދިނާޔާ އައިސް އަޒީޒްގެ ކައިރީގައި އިށީންދެފައި ބުރަކަށީގައި ފިރުމާލިއެވެ.
***
ބެލްކޮނީގެ މޭޒުގައި ތިން ލެޕްޓޮޕް އަތުރާލައިގެން އިން އިރު އެކަތިން ފެންނަނީ ޒެވިއަލްގެ އޮންލައިން ކްލާހުގެ މަންޒަރުތަކެވެ. ކަންފަތައް އިއާރޕޮޑް ޖަހާލައިގެން ހުރިއިރު ޒެވިއަލް ދިޔައީ ކްލާހުގައި ދެކެވެމުން ދިޔަ ވާހަކަ ތައް އަޑުއަހަމުންނެވެ. ކައިރީގައި އިން ދެ ލެޕްޓޮޕްއިން އަރްކާން އޭނާއަށް ހަވާލްކުރި މަސައްކަތް ކުރަމުންދިޔައެވެ. މޭޒުމަތީގައި އޮތް ފޯނުގެ ސްކްރީނުން ފެންނަމުން ދިޔައީ އަރްކާން ފޮނުވާލި އެކައުންޓް ނަމްބަރެވެ. އެބަލައިގެން ލެޕްޓޮޕްގައި ޓައިޕްކުރަމުން ދިޔައެވެ. އެވަގުތު އަލާރާ އައިސް ވަނުމުން އަވަހަކަށް ހުރިހާ ލެޕްޓޮޕްއެއް އެއްފަހަރާ ޒެވިއަލް ލައްޕާލިއެވެ. އަލާރާ ވެސް ދިޔައީ ސިހިގެންނެވެ.
“ސާބަސް ޒެވް އެއްޗެއް ވައްޓާލީތަ” ކަރުކެހިލަމުން އަލާރާ އަހައިލިއެވެ.
“ނޫނޭ.. އެއްޗެއް ވައްޓާލީހޭ ތި އެހީ ވީ ގޮތް ހަމަ ނޭނގިގެން ތަ.. އަލާ ވެސް ފާޅުވާނީ ކުއްލިއަކަށް ވިއްޔަ” ޒެވިއަލް އިންތަނުން ތެދުވިއެވެ. އަލާރާ ތުންފަތުގައި ދައިގެންތަން ފެނި ޒެވިއަލްގެ މޫނަށް ވެރިވީ ސިއްރުވެރި ހިނިތުންވުމެކެވެ. “ސޫން .. އިންޝާ ﷲ ސޫން ތި ފޮރުވައިގެން އުޅޭ ކަންތައް މަ ހޯދާނަން” އެ ޖުމްލަ ވީ ޒެވިއަލްގެ ހިތުގައެވެ.
“އެހެމް..އެހެމް.. ކްލާސް ނުނިމޭތަ” އަލާރާ ފެށީ އެހެންވާހަކައެކެވެ. ޒެވިއަލް މިހާރަކަށް އައިސް އުޅޭގޮތުން އަލާރާ ހުންނަނީ ސިހިސިހިއެވެ. ދެންމެ ދެންމެ އޭނާ ބޭޒާރު ވެދާނެ ހެން ހީވާ ފަހަރުތައް ގިނައެވެ.
“މިހާރު އެ ނިމުނީ ދެން…ކިހިނެތް ވީ.. މިއަދު މެންދުރު ނަމާދަށް ނުނިންމަ ދިޔަ ބައި އަލުން ކޮންޓިނިއު ކުރަންވީތަ” ޒެވިއަލް އަލާރާގެ މޫނަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ.
“ޒެވް އާރ ޔޫ ފްލާޓިންގް ވިތް މީ” އަލާރާ ލަދުގަތުމުން އުޅުނީ އަވަސްވީ ގޮތަކުން އެތަނުން ދާށެވެ.
“މަޑުކޮށްބަލަ އަލާ..އެބައޮތް ވަރަށް ބޮޑު ވާހަކަ އެއް ބުނަން ވެފަ” އަލާރާގެ އަތުގައި ހިފާލައިގެން ހުރެ ޒެވިއަލް ބުނެލިއެވެ. އަލާރާ ކިރިޔާ ޒެވިއަލްއަށް އިވޭ ވަރަށް ބުނާށޭ ބުނެލިއެވެ.
“ގެޓް ރެޑީ.. ވީ އާ ގޮއިންގ އައުޓް” ޒެވިއަލް ބުނެލި ހިނދު އަލާރާ ބޯޖަހާލާފައި ކޮޓަރި ތެރެއަށް ވަނެވެ. އޭނާގެ ފަހަތުން ޒެވިއަލް ވެސް ވަދެފައި އަލާރާގެ އަތައް ހެދުމެއް ދިނުމަށްފަހު ލައިގެން އައުމަށް އެދުނެވެ. ބޯޖަހާލާފައި އަލާރާ ފާހަނައަށް ވަނެވެ .
އަލާރާ ނުކުމައިން އިރު ޒެވިއަލްގެ ހިލަމެއް ނުވިއެވެ. ނިކަން ހަމަޖެހިލާފައި ހުރެ ލޯގަނޑު ކުރި މައްޗަށް ހުއްޓި އިސްތަށިގަނޑު އޮމާންކޮށްލިއެވެ. ”އޮހް އޯ..މޭކަޕެއް ކޮށްފިއްޔާ އޭނައަށް ބަސްޓް ވެދާނެ..އޮންލީ ކޮމްބް..” ނެގި ލިޕްސްޓިކް ފުޅި އަލުން އިންތާގައި ބައިންދާލިއެވެ.
“ކިހާ ދުވަހެއް ވަންދެން އަހަންނަށް މިކަން ފޮރުވޭނެބާ.. ޒެވް ފެންނަން ވެއްޖެޔާ އަހަންނަށް މިހެން އެކްޓް ކުރުމަކީ އުނދަގޫ ކަމެއް.. އޯހް ގޯޑް.. ހާދަ ހޭންޑްސަމް އޭ.. ދެޓް ހެއާރް އެންޑް ބިއާޑް އާރ ގިވިންގ މީ މިނީ ހާޓްއެޓާކްސް.. ދޯސް ރެޑް ލިޕްސް އާ އީވެން މޯރ ސެކްސިއަރ ..އެބަލަން ހުންނަ ގޮތުން ޔަގީން ޒެވްގެ ހިތުގަ ފީލިންގްސްތަކެއް ވާކަން..ހީ އިޒް އޯލްވޭސް ލޫކިންގ އެޓް މީ..” ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލި ހިނދު އަލާރާގެ މުޅި މޫނު ރަތްވެފައިވާ ތަން ފެނި ކޮލުގައި އަތް ބީއްސާލެވުނެވެ. ޒެވިއަލް ވާހަކަ އެއް ބުނަން އެބައޮތް ވާހަކަ ބުނި ހިސާބުން އަލާރާގެ ހިތް ދިޔައީ އޭގެ އެންމެ ބާރުމިނުގައި ތެޅެމުންނެވެ.
****
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
54 Comments!
Comments are closed.





Heyo nuvaane author yaa
Thihen nuhadha
Enme nubai hosaabu abadhu nimmany😖😖😖😭😭😭❤️❤️❤️
Hello dear ❤️
Heheh 🤭 im so sorry😳🫣
Will try avahah up kohla dheyn
In sha Allah❤️
Laaa dhennnnn … alaaa ah feney
OMG 😳😭😭
Zev bunaahen howwwww its impossible😭😭😭😭
I wnnna know.. Avasss Next ..Saturday is tooo lasssssss
😭😭😭😭
Vvvv reeethi 🥰❤️
Cant wait zev bunan eulhey ehcheh balan
Maybe he is going to propose😭😭❤️❤️❤️❤️❤️
Hello dear rooya❤️ so happy to see your comment after a long time❤️❤️
Heheh higaa dhw balaalan ala ah vee gotheh.. in sha allah v avahah igeyne igey 🤭
In sha allah v avahah next episode ves kiyaalan libeyne❤️🥰
Mi annany kiyaalaafa comment kohlan
Aiii 🥰🥰🥰
Yes yes 🙌
When’s next part
Ly💗
She siad Saturday ga
Haadha lahey
I want avahah 😭❤️
Hello dear ❤️in sha allah Saturday ga next part..
If possible eyah vuren kurin ves balaanan submit kohla dheveytho❤️🥰
Vvvvv reeethi … i cant blv this
Ala ah fennany😭😭😭🥰🥰🥰🥰
Huvaa rovihje
Haadha reehchey
Heevany vaahakage thereyge feenaalevun hen ❤️🔥❤️🔥❤️🔥
I hope eeva ah heyo visneyne kamah
Eulhey faaadeh.. and enme alhaagathy vasseeyathey buni thankolhun
Kon vasiyyathehge vaahaka ebunany azzez be❤️
Cant wait igey next ah 🫰🫰🫰🫰
Heyy dear nonamereader ❤️ vvv ufaa vehje comment eh fenunyma❤️
Mi vaahaka ehaa kamudhiyaeema adhi vakin bodah ufaa vehje❤️❤️❤️
Heheh kudakon bad velaagen evaa miulheny dw..🫣🫣
Next part ves thihaa shauguverikamaa eku kiyaalaane kamah unmeedhu kuran 🥰❤️
Thank you for the support and love ❤️❤️
Omg Alaa can see
Omg omg omg omg I’m soo happy
Dhen avahah zev kairee buney tht she can see
Yes yes dear ala can see now🫣🫣❤️
So happy to see this comment dear ❤️❤️🥰🥰
Next part ves thihaa shauverikamaa eku kiyaalaane kamah unmeedhu kuran🥰❤️
Ehaa kiyaahithun indha e nimuny😭😭😭
Can’t believe this ala can see alheyyyyy😭😭😭😭😭 im so happy alheyyy im crying 😭
Damn zev is gonna propose i guess
I wonder who is hell this sarah is… im gonna kill her huvaiii😭😭😡😡sooooo good thankyou for bringing this masterpiece to us❤️❤️😚😚😚😚
I love you the best author ❤️❤️❤️❤️
Sooooooo loabi arkan and liya ves ukr hama fire 🔥 🔥 🔥
Salaam dear Ishu🥰❤️
Aww mi comment fenifa vvv ufaavehje 🥹🥰❤️
Yes yes ala can see now 🫣🫣
And yes impossible but higaa dho balaalamaa kihineh tho vee alaa ah🥰🥰
Higaa balaalama dho dhe kudhin beyrah midhaan ulhey sababeh 🫣
Maybe zev ge plan eh othy kanneyge🫣
Heheh eeva kudakon goas vehje dw😭
Thank yo so much for the love and support
It means alot 🥹🥰❤️❤️❤️
Kyhve they abaadhu emme nubai hen heeva hisaabakun thinmany
We cant wait you know😂😭😭
Hehe im so sorry 😭🫣❤️
Will try to submit lil earlier igey
Thank you for the love and support❤️🥰
Eyrunneynu readers next part ah inthizaaru kuraany dhw @Annora
Author alhe avahah up kohla dhehvahchey next part
Cant wait
Vvv reethi😭❤️
In sha allah balaanan IF POSSIBLE Saturday ge kurin ves up veytho ❤️
Salaam dear readers❤️❤️❤️
Thank you for taking the time to read my work, for sharing your thoughts, and for being a part of this journey with me. Your support, encouragement, and love mean more to me than words can ever capture.🫶 And also Your support fuels my creativity and inspires me to keep writing. I am truly honored to have such incredible readers. It means alot guyz❤️
Lots of love from me❤️❤️❤️
We love you so much ❤️🔥
Fav 💯
Vvv reethi
Thankolheh avahah up kohla dhehchey
Iyye up kuraa vaahaka bunegen dhuvahuge hurihaa vaguthehga hury meege inthizaaruga😭
Ahhhhh iknew it
I knew it
Ala can see kan😭😭😭
Dhen adhi fahkaa vaany
Arkan and lia ge fights 🤣🤣🤣🤣 its killing me🤣🤣🤣 hee hee avadhi vefa hunnany😂😂😂
Varah awesome hama expect kuri gothah❤️❤️
Mihaaru varah interesting hisaabehga miothy vaahaka ves goasfa
Ala ah ves feney mihaaru🫣🥹
zev keekuran baa eulheny eh
Heevaagothun propose😳💕💕
Lots of love from mee annora
Avahah upload kohla dhehchey
We love you 🥰
Eyy kon iraku up vee hurey mikiyanii
Iyye in suren inthizaaruga
Bitah nukuraaha inthizaaru mi vaahka ah eba kuran egey
Fr 🤣🤣🤣🤣🤣
My imaginary crush aler 🤩
Yeah frr 😂🤣💯 bitakah nukuraane mivarah inthizaareh Gere ehnu 😂😂
Kalo ma ves ehn bunan hama miulheny🤣🤣
Inthizaaruge gitaa hithu thereygaa
Dhon lun’bo**** mmmmmhhhmmmm
Baakii in baeh kuyaakah neygey🤣🤣🤣
Anyways number 1 mii❤️
Fr fr 😭😭🤣🤣🤣🤣🤣
I ge husband ehdhuhu buni
Thimanna dheke ho vaahaka dheke ho loabivany🤣🤣🤣😭😭😭
I said vaahaka ey
😭😭🤣🤣🤣🤣
Bruh rulhi madu🤣🤣🤣🤣
Same here 🤣🤣🤣
Same hama huvai. Mi varakah inthizaaru kureveynee reyaa dhuvaalu. Biteh keekuran crush akah ves mi varakah inthizaareh nukuraane bauaku. 😅
Ehnve dhw ma gulheema phone nunagany mhr 😭😭
Hama huvaa
Btwwwwwww this is soooo good finally alaa can see 🙈 omg this is too good curiously waiting for the next ep 😭😭
Mirey nidheyne baa arkaan n liyaa mathin dream kurevey varun
Aaahchuhh myy zev is so hotttr
🔥
Gurl aharemmah alhaala
Aharemenah inthizaaruattack eh annan vaairah up kohladhee😔😔
ohhmyyygawdddd… cantt waiit for the nexttt… the best story i’ve read soooo farrr..
waitinggggg for nexxttt..
Im a big fan of yours
The best author and story so far❤️🔥❤️🔥
Curiosity level 100 ga 😭😭😭
Kihaa dhera kameh eevaa yaaa😡😡😡😡
Azeez be aai dhina dhahtha ethibeny dhera vefa e sanfayaa hedhi
Kurin i said comment sectiongshe was coolest ey
And perfect for kayan ey
Arghhhh I don’t want mihaaru eyna kayaan ah liben
Ekm kayaange fahathjn e dhuvany
Handi gadu😡😡
Rai ah ves evarah aniya dhey😭😭😭
Arghhh
Arghhh
Vvvvvv salhi
Alara ah feney 😭😭 i told you eynu😭😭😭❤️❤️❤️❤️
Ikr midhuvas annaane kan
Curiously waiting for the next ❤️❤️❤️❤️
Gurrlll isss sooo gooodd Next part Avass😭
V salhi…hykuri gothah evyy..v curious ige
Mirey nuves nidheyne 😭😭😭😭
It’s so beautiful ❤️❤️❤️😍😍
Loved it 😀😀😀
Saturday 😤😤😤😤 ehaa dhigu inthizaareh
I have imagined this story in so different ways 😂
But your writing is above all of it is❤️❤️😍
Love you annora
Big fan here from island🤩🤩🤩
Veryyyyy gooodd thissss ep vezz
Cant even say a word
Heevany hama ethereyga ulhevey hen😭😭🥰🥰🥰💕💕💕💕💕
alheyy alaa ah feney dhww hama vrh salhi alaa aa zev ge bai ekm eva dhww ulhey gotheh ekujjaa rangalhu kurahchey mi part vc vrh reethi masha allah dhn oiy part ah vc vrh inthizaaru kurevey can’t wait for the next part
keep it up
Seriously🤩 can’t wait! Nice story ever! I like ur all stories keep it up♥️
V reethi vaahaka eh❤️
Ma heekury ma ekani kamah boy eh hunnaany
Bt from ur stories i saw a lot of mens
So v hiyhama jehiyje❤️
i think alaa ah feney hen
she is hiding something
btw vrh reethi mi part ves when next part cant wait hama
ly
Alhey mi part vx kiyun adhadheh neynge…. Saturday ah vure kurin up koh dhevidhaane tha??
I dont think
She is a really bxy person
I personally called her and asked 😭
She is really bxy
But so thankful ehaa bxy koh ulhegen ves baraabarah up kuraathyve
Darling this part is crazyy😭❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
Hama 🔥🔥🔥🔥🔥🔥
Vvvv salhi 🥰🥰🥰
Ly sweetest 😚😚😚
I knew it,alaa ah fehnakah kirinvx
Damn those red lips and beard, irresistible
He’s so sweet,and now he’s showing it dhw
I love arkan and lia,but I think Azeez should wait till they both get into a rel dhw before mentioning his will
Is it eeva with shavan,I can’t believe how spoiled she is
Avahah up kohlahchey
I also think like that
Why isn’t the part being updated
I have checked more than thousand times today 😭😭😭😭😭😭😭😭😭😭😭
Please fast 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
why isn’t it being uploaded
please fast
curiously waiting
adminnnnnnnnnnnnnn plssssssssssss avassssssssssssssssssssss