Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހިރާސް 38 & 39

Annora Level 610 Stories100 Login100 Comments100 Stories
March 31, 2022 22 Mins Read
9 Comments

(އެޕިސޯޑު38  )

 

ކުލާސް ނިމުމުން ޒީޥާގެ ހިތްނެގިނެގިފައި ޖެހެންފެށީ އިޒާން ބައްދަލް ކުރަނާނެކަން އެނގޭތީއެވެ. ޔޫމީން ގާތު ބޭރުގައި މަޑުކުރަންބުނެ ދެން ހޮވުނު އަނެއް ހަކުދިންނާއެކު އޭނާ މަޑުކުރިއެވެ. އެ ހަ ކުދިންގެ ތެރޭގައި ވާނީވެސް ހިމެނެއެވެ. ޒީވާ ފެނުންހާއިރު ތުން އަނބުރާލިގޮތުން ޒީވާގާތައް ހިނިއައެވެ. އެކުއްޖަކާ ހަވާލްވެގެން އައި ލެކްޗަރާސް އިން އައިސް ކުދިންނާއެއްކޮން ގޮސް ޒީވާ އެކަނިވިއެވެ.

“ޒީޥާ…” އޭނާ ހިތުގެ ތެޅުން ދެގުނަވީ އިޒާން އައިސް ގޮވާލުމުންނެވެ.

***

ޒީވާ އިށީންދެގެން އިން ގޮނޑިން ތެދުވެ އޭނާގެ ކައިރިޔަށް ހުއްޓުނު އިޒާން ފެނި ހިތްދިރުވާލެވުނެވެ. “ޒީވާ ..އަމްމް.. އަދި އިތުރު ދެ ބޯއި އަންނާނެ ޕްރެކްޓިސް އަށް .. ސޯ ތިންމީހުން ހޯސްޓް ކުރާނީ… ނިންމާފަ މަޑުކޮށްލަންބުނީ ޕްރެކްޓިސްކުރަން ގަޑިއެއް ބުނަން .. އުނދަގުވާނެތަ އެއިޓް އަށްއަންނަން ޕްރެކްޓިސްއަށް .. ” އިޒާން ވެސް ހުރީ ހިސާބަކަށް ފިނިވެފައެވެ. ޒީޥާގެ ނަޒަރު އިޒާން މޫނަށް ހުއްޓުމުން އިޒާން ހީލިއެވެ.

އިޒާންގެ ތޫނު ނަޒަރު ހުއްޓިފައިވުމުން ޒީވާއަށް މިފަހަރުވެސް ވާހކަ ދައްކަން ދަތިވިއެވެ.ކުރީފަހަރެކޭ އެއްފަދައިން ބޯޖަހައިލިއެވެ. “އަހަރެންނާ ޓޯކް ނުކުރަންތަ… ހަމަ އެކަނި ބޯ ވިއްޔަ ޖަހަނީ.. އަހަހަ..” އިޒާން ހީލިއިރު އޭނާގެ ކޮލަށް އެޅުނު އަޑިކޮޅު ފެނި ބޭއިހްތިޔާރުގައި ޒީވާއަށް ހީލެވުނެވެ.

“ނޫނޭ..އެއިޓްގަ ކޮންތާކަށް އަންނަންވީ..” ހިތްވަރު ކޮށްލާފައި ޒީވާ ވެސް ހީލަމުން އަހައިލިއެވެ. ހިތްއެދޭ ބައިވެރިޔާ ކުރިމަތީގައި ހުރުމުން ޒީޥާ އަށް ދިޔައީ ބަޔާންކުރަންދަތި ހިތްހަމަޖެހުމެއް ލިބެމުންނެވެ. ޒީވާ ހުރިހާ ހަނދާނެއް އާވެއްޖެޔޭ އިޒާންގާތު ބުނެފާނަމޭ ވެސް ޒީޥާ ހިތައް އެއްފަހަރު އެރިއެވެ. ނަމަވެސް އަދި އެކަންވާން ނެތްކަން އަމިއްލަ ވިސްނައިދިނެވެ.

“އޯކޭ.. ކޭން އައި ގެޓް ޔޯ ނަމަބާރ..” އިޒާން ފޯނު ނަގަމުން އަހައިލިއެވެ. ޒީޥާ ވަގުތުން ބޯޖަހައިލަމުން ފޯނު ނަމްބާރ ދިނެވެ. “އޯކޭ.. ސީ ޔޫ ޓްނައިޓް..” ހީލަމުން އިޒާން ނުކުންނަން ހިނގައިގަތެވެ. އިޒާން ދިޔައީ ދާހިތަކުންނޫނެވެ. އޭނާގެ އޮޕަރޭޝަން އެއް ފަނަރަ މިނެޓް ފަހުން އޮތުމުން އެނޫން ގޮތެއް ނެތުމުންނެވެ.

އިޒާން ދިޔުމުން މޭގައި އަތްއަޅާއިގެންހުރެ ފުންޏޭވާއެއް ބޭރުކޮށްލަމުން  ޒީވާވެސް ކުލާސްރޫމުއިން ނުކުތެވެ. އޭރު އޭނާގެ އިންތިޒާރުގައި ޔޫމީން ހުއްޓެވެ.

“ކޮބާ ..ހައުސް ޔޯ މިސްޓާ ހޭންޑްސަމް..” ޔޫމީން ޒީޥާ ފެނުންތަނާ ގޮސް ދިމާކޮށްލިއެވެ. “ހީ ވެންޓް ފޯ އަ ސާޖަރީ.. ހޭ ޔޫމީން ހިނގާބަ ޑިފީ ކައިރިޔަށް ދާން..” ޒީވާ އެދުމުން ދާން އެއްބަސްވިނަމަ ވެސް އެތެރެއަކަށް ވަންނާކަށް ޔޫމީން އެއްބަހެއް ނުވިއެވެ. ޒީޥާ އެވަރަށް އާދޭސްކުރުމުން ޔޫމީން ވަންނަން އެއްބަސް ނުވީ އަލާނިޔަލްއާއި ދިމާލަށް އޭނާއަށް ކިއިފައި ހުރި އެއްޗިސް ހަނދާންވާވަރުންނެވެ. ލިފްޓަށް އެރުމަށް ފަހު ދެމީހުން މިސްރާބްޖެހީ މައްޗަށެވެ.

***

ޒީވާއާއި ވާހަކަ ދައްކާލެވުމުން އިޒާން ހުރީ ނުހަނު އުފާވެފައެވެ. އަނގައިން ރާގެއް އަޅުވާލަމުން ހޮސްޕިޓަލްގެ އިމާރާތު ތެރެއަށް އިޒާންވަނެވެ. ހޮސްޕިޓަލްގެ ތެރޭގައި އެވަގުތުވެސް އެތައް ބަޔަކު ހިދުމަތް ހޯދުމުގައި އަވަދި ނެތި އުޅުނެވެ. އިޒާން ވަދެގެން ދިޔައިރު ހުރިހާ އަންހެނުންގެ ބެލުންތައް އޭނާއަށް ދިޔައީ އަމާޒު ވަމުންނެވެ. ނަމަވެސް ކޮންމެ ދުވަހެއްގެ ވެސް އާދަކަމުން މިއަދުވެސް އާދައިގެ މަތިން އިޒާން ތިރި ބަލަހައްޓައިގެން ހުރެ ދިޔައެވެ.  ނަމަވެސް ކުޑަކުއްޖެއް ފެނިއްޖެނަމަ ހީލައެވެ.

އިޒާން އޭނާގެ  ޑޮކްޓާރ ކޮޓަރިއަށް ވަނދެ ލައިގެން ހުރި ޑޮކްޓާރ ކޯޓް ބޭލުމަށްފަހު އެއްފަޜާތެއް ގައި ހުރި ސްޓޭންޑްގައި އަޅުވާލުމަށްފަހު  ކަނަކަށްވާހެން އިން އިތުރު ދޮރެއް ހުޅުވާލިއެވެ. ތަނަވަސް ކޮޓަރިއެކެވެ. އެތާގެ އެއް އަރިމަތީގައި އަލަމާރިއެއް ހުރިއިރު  އަލަމާރި ކުރިމައްޗައް ވާހެން ޑްރެސިންޓޭބަލްއަކާއި ކުއީން ސައިޒް އެނދެއް ހުއްޓެވެ.ކޮޓާރީގެ ހުރިހާ ފަރުނީޗާރ އެއް ވެސް ވަނީ ހުދުކުލައިންނެވެ. އެނދުގެ ބޯލާކޮޅުގައި ކަހާލާ ދޮރުފަތެއް ލާފައި ވޮސްރޫމެއް ވެއެވެ. ކޮޓަރީގެ ކޮންމެ ދިމާލަކުން ވެސް ފެނިގެންދަނީ ސާފްތާހިރްކަމެވެ. އަލަމާރި ކައިރިޔަށް ގޮސް ކަރުގައި އޮތް ޓައީ ބޭލުމަށްފަހު ލައިގެންހުރި ގަމީހާއި ޓްރައުޒާ ގައިން ވަކިކޮށްލުމަށްފަހު ގަދަ އަޅިކުލައިގެ ތީއޭޓާ “ސްކްރަބް” ލައިގެން އެ ކޮޓަރިން ނުކުމަތެވެ. އޭނާ އިންނަ ޑޮކްޓާރ  މޭޒު ކައިރިގައި އިށީންދެ އަތް މަސާޖް ކުރަންފެށީ ކުރިޔަށް އޮތީ ދެގަޑިއިރުގެ ބޮޑު އޮޕަރޭޝަނަކަށް ވާތީ ތައްޔާރު ވެލުމަށެވެ.

އިޒާން “ސްކްރަބް ” މަތިން ހުދުކުލައިގެން ޑޮކްޓާރ ކޯޓް ލައިގެން  ތެދުވީ ތީއޭޓާއެއް ވަންނަ ގަޑި ޖެހުމުންނެވެ. ދަމުން އަރައިގެން ހުރި ކަޅުކުލައިގެ ބޫޓު މޭޒު ދޮށުގައި ބޭންދުމަށްފަހު ހުދުކުލައިގެ ރަބަރު ބޫޓަށް އަރައިގެން ނުކުތެވެ.

****

“ކައިވަން ބުނި އީން ރޮވުނޯ ނިކަން..  ތެދެއް..” އީން އައިސްވަނުމުން އެނދުގައި އޮތް އަޅާނިޔަލް ދިމާކޮށްލިއެވެ. އަލާނިޔަލް ވާހަކަ ދެއްކި އަޑަށް އީން ދިޔައީ ސިއްސައިގެންނެވެ. “ޑިފީ.. ކޮންއިރަކު ހޭލެވުނީ.. އާއ ޔޫ އޯކޭ..” އީން ދުވެލާއިފައި އައިސް އަލާނިޔަލް ގާތު އިށީންދެފައި އޭނާގެ އަތުގައި ހިފާލަމުން އަހައިލިއެވެ. “ރޭގަ ހަމަ.. ބައްޕަ އެކަނި އެގަޑީގަ އިނީ.. އަހަންނަށް އިނގެޔޭ އީން ޑިއުޓީ ކަން އެހެންވެ ނުގުޅީ ބައްޕަ ލައްވާވެސް.. ހޭލެވުން ގަޑީގަ ބައްޕަ ބުނީ އިޒާންވެސް އިނދެ އިނދެފައި އެ ދިޔައްޔޯ ހަމަ..  ކެތްވީ އެންނޫން އީންގެ އަޑު އަހާނުލާ ހުންނަން..  އެކަމް ވެސް ކީއްކުރާނީ.. މިހާރު އޯކޭ ވަރަށް ބޮޑާށް .. ޥީކް އެއްފަހުން ރަނގަޅާށް ހިނގޭނެ ހަމަ..” އަލާނިޔަލް ހީލަމުން އީންގެ އަތައް ފިތާލިއެވެ. އަލާނިޔަލް އެދުގައި ލައްގަންނަން އުޅެން ފެށުމުން އެނދުގެ ކޮޅު މައްޗައް ހިއްލާލަމުން  ބާލީސް ޖައްސާ އަލާނިޔަލްއަށް އަށް އިނދެވޭނެހެން ހަދާއިދިނެވެ. ބަނޑުގައި ވާ ޒަހަމް ގަނޑަށް ތަދުނުވާނެހެން އީން، އަލާނިޔަލްއަށް އިށީންނަށް އެހީވި ދިނެވެ.

އަލާނިޔަލް ލައްވާފައި އޮތް ނޫކުލައިގެ ހޮސްޕިޓަލް ހެދުމުގައި ވެސް އޭނާގެ ފިރިހެންވަންތަކަމަކަށް ބަދަލެއް ނާދެއެވެ. އިސްތަށިގަނޑު ކުޑަކޮން ހޭވިފައި ވީ އިރު ތުންފަތުގެ ރަތް ކަން ވެސް ދެގުނައެވެ. އަލާނިޔަލް ބޭއްދުމަށްފަހު އީން ގޮނޑީގައި އިށިންދެލިއެވެ. އީން އާއި ދިމާ ކަޅިޖަހާ ޖަހާނުލާ އަލާނިޔަލް އޭނާގެ އަސަރުގަދަ ދެ ލޮލުން ބަލަންފެށުމުން އީން އިސްޖަހައިލިއެވެ.

އީންގެ މޫނައް ޖަންބުލަވެރިވެގެން ދިޔަ ތަންފެނި އަލާނިޔަލްއަށް ހީލެވުނެވެ. އީންގެ ފަން އިސްތަށިކޮޅު ފަހަތައް ދޫކޮށްލާފައިވާ އިރު މަޑު ރަތްކުލައިގެ ލިޕްސްޓިކް ފިޔަވައި އެއްވެސް މޭކަޕެއް ނެތިވެސް އީންގެ ރީތިކަން އިންތިހާއެވެ. ކަޅުކުލައިގެ ހެދުންކޮޅާއި ކަޅު ސްކިނީގައި ފިރިހެނުންގެ ހިތްތައް ކަތިލާހާ އީން ރީއްޗެވެ. “ވައި އާރ ޔޫ ސޯ ޕްރިޓީ ބޭބް..” އީންގެ މަޑުއަތްތިލާގައި ހިފާ ބާރުކޮށްލަމުން އޭނާގެ ދިގުއެސްފިޔަތަކުގެ ނިވަލުގައި ވާ ދެލޮލަށް ބަލައިލަމުން އަލާނިޔަލްއަށް ބުނެވުނެވެ. އީންގެ އަތުގައި ހިފައިގެން އިނދެ މަޑުމަޑުން ދަމާލަމުން އޭނާގެ މަގަތުގައި އީން ގެނެސް ބޭންދިއެވެ.

އީންގެ ހިތުގެ ތެޅުން އަވަސްވީ އަލާނިޔަލްގެ ކަނާއަތް އީންގެ ހިމަ އުނަގަނޑުގައި އަޅުވާލަމުން  އަލާނިޔަލްއާއި ގާތައް ދަމާލުމުންނެވެ. “ޔޫލުކް ސޯ ނާވަސް.. ވައި .. އަހަރެން ގާތް ވީމަތަ… އަހަންނަކީ ވެސް ފިރިހެނެއް ..އަހަރެންގެ ގާލް އެހާ ގާތުގައި ހުއްޓާ އަހަންނަށްވެސް ދުރުގަ އިނދެވޭނީ ވަކިވަރެއް ވަންދެން ދޯ..” އަލާނިޔަލް އީންގެ ކޯތާފަތުގައި ބޮސްދެމުން ބުނެލިއެވެ. އީން ލަދުގަނެފައި އިންނަމަވެސް ހީލިއެވެ.

“މީ.. ޑިފީ..، ބައްޕަ ކީކޭ ބުނީ.. ތިބުނީނު ދެންމެ ބައްޕަ އޭ އިނީ ހޭލެވުން އިރު… އަހަރެން ދޯ މިއައީ އެންމެ ފަހުން..”އީން މަޑުމަޑުން އަހައިލިއެވެ.

“ނޫނޭ..ބައްޕަ އައިފަހުން ބޮޑުބެ އާއި ކުޑަމަންމަ އައި ދެން އައީ ..ކައިވަން .. އޭނަ ބުނީ އީން ވަރަށް ރޮވުނޯ.. އަންނައިރު ނިކަން ކިޔާބަލާށޯ އެހެން…އަހަހަހާ.. އިތުރު މީހެއް ނާދޭ..ދެން ޒީވާ ގުޅާފަ ބުނި ކުލާސް ނިންމާފަ އަންނާނަމޭ.. ކިހިނެތް އަންނާނީ އެންމެން ކުލާސް ގަ އާއި ޑިއުޓީގަ އެންނު މިގަޑިގަ އުޅޭނީ.. މްމްމް..ބައްޕަ އަހަރެން ކައިރިން މާފައް އެދުނީ .. ބައްޕަ މެން ނުކުރޭ އެއްވެސް ކަމެއް ..މިއީ ކެރާގެ ރޭވުން ..ހަގީގީ ކުއްވެރިޔަކީ އޭނަ..އޭނަ ޖެހޭނީ މާފަށް އެދެން މާފަށް އެދެންވާ އެންމެން ކާރިން.. އަހަރެންގެ މާފް ދުވަހަކުވެސް ކެރާއަކަށް ނުލިބޭނެ އެކަމް ..އަހަރެން ބުނިން ބައްޕަ މެން މާފަށް އެދޭކަށް ނުޖެހޭނެއޭ.. ދެން ބޮޑުބެވެސް  ހަމަ މާފަށް އެދެނީ .. އަހަރެން އޭރު އުޅުނު ގޮތުންދޯ ބޮޑުބެމެންވެސް ދުރުވީ އޭގަ އަސްލު އެމީހުންގެ އެއްވެސް ކުށެއް ނެތް..އަހަރެންނަށް އޭރު އުޅެވުނު ގޮތުން އަހަރެންވެސް މާފަށް އެދުނިން.. އީން .. ދުވަހަކު ވެސް ނުދާތި އަހަރެން ދޫކޮށްލާފަ… އަހަރެންގެ އެންމެ ހާޑް ޓައިމްސްގަ ވެސް އެންމެ ބެސްޓް ޓައިމްސްގަ ވެސް ދެގޮތެއްނުވެ އަހަންނާއެއްކުވި މީހަކީ ތީއީ..  އެން އައި ލަވް ޔޫ އީން .. ސޯ މަޗް … އަހަންނަކަށް ނޭނގޭ ބުނެދޭކަށް ވެސް ..ވަރަށް ބޮޑަށް ލޯބިވޭ އީން.. ” އަލާނިޔަލް ކުރިޔަށްވުރެން ގާތައް އީން ދަމާލަމުން ބުނެލި އިރު އީންގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ.

އީންގެ ދެއަތް އުފުލާލަމުން އަލާނިޔަލްގެ މޫނުގެ ދެފަރާތުގައި ދެއަތުން ހިފާލިއެވެ. “އައި ލަވް ޔޫ ޓޫ..ޑިފީ .. އައިލް ނެވާރ ލީވް ޔޫ އިންޝާﷲ..” އީން  މަޑުމަޑުން އަލާނިޔަލްގެ މޫނާއި ދިމާލަށް ގުދުވެ އެ ތުންފަތުގައި ބޮސްދިނެވެ. އަލާނިޔަލްއަށް ވެސް އެކަމުގައި ބައިވެރިވެވުނެވެ.

ދެމީހުން ކުއްލިޔަކަށް ސިހިފައި ދުރަށް ޖެހިލެވުނީ މީހަކު ދޮރު ހުޅުވާލުމުންނެވެ.

އެތެރެއަށް ވަން ޒީޥާ ފެނުނު މަންޒަރު ލާނެއް ގޮތަކަށް ހީލައިފާ ފަހަތައް އެނބުރިލިއެވެ. ” ގައިޒް އަހަންނަކަށް ނުފެނޭ ތިމީހުން ކިސް ކުރަނިކޮންނެތް ..ޕްލީޒް އެކްސް ކިއުޒް މީ..” ޒީޥާ ނުކުންނަން ހިނގައިގަތެވެ. “ޒީޥާ ވެއިޓް.. އައިލް ހޭވް ޕޭޝަންޓްސް  އާފްޓާ ފައިވް މިނެޓް .. ސޯ އަހަރެންދަނީ ރެޑީ ވާން.. ޔޫ ގައިޒް ކޭން ޓޯކް” ލަދުގަންވަރުން އީން ދުވެލާފައި ނުކުމަތެވެ. އީން ދިޔަތަން ފެނި ޒީޥާ އަށް ހެވުނެވެ. އަލާނިޔަލްވެސް ލަދުގަނެފައި އިންނަމަވެސް ހީލިއެވެ.

“އެހެމް އެހެމް.. ކިހިނެތްތަ.. އަދި މިއާދެވުނީ .. އިޒާން އައިތަ..” ޒީޥާ އަހައިލިއެވެ. ” މިހާރު ރަނގަޅޭ.. މިތަނުން ނުނިކުމެވޭ ހިނދު ބަލި ބޮޑުވާނެ ފޫހިވެގެން ގޮސްވެސް .. އިޒާން އަދި ނާދެ ހޭލެވުން ފަހުނެއް.. އޭނާ ރޭގަ އައިސް ދިޔަ ފަހުންނޯ މަށައް ހޭލެވުނީ..” ސައިޑް ޓޭބަލްމަތީގައިން ފެންފުޅި ނަގަމުން އަލާނިޔަލް ވާހަކަ ދެއްކިއެވެ. އެއަށްފަހު ޔާސިރް އާއި އައްޒާމް މާފަށް އެދުން ވާހަކަ ކިޔައިދިނެވެ. ޒީވާ ވަގުތުން ހީލިއެވެ.  “ޔޫ އާ ޓްރޫލީ އަ ހީރޯ.. ލަވް ޔޫ  ބްރަދާ..” ޒީވާ އަލާނިޔަލްގެ ބޮލުގެ އިސްތަށިގަނޑު ހާވާލަމުން ބުނެލިއެވެ. “ވެން ތިމީހުން މެރީ ކުރަނީ… ކެރާ ގެ މީހުން އީންއަށް ގޮތެއް ހަދާނެ އެކޭ ނޫން.. ..އެކަމް ބީ ރެޑީ  ޓު އެނީ ސިޓްއޭޝަން.. ކުއްލިޔަކަށް ވެސް ހާލަތު ބަދަލްވެދާނެ.. އިންޝާﷲ ދެރަގޮތެއް އެއްވެސް މީހަކަށް ނުވާނެ.. އަހަންނަށް ފެންނަނީ އީން އާ އަވަހަށް މެރީ ކުރަން ޑިފީ.. “ޒީޥާ ސީރިޔަސްކަމާއެކު ބުނެލިއެވެ. އަލާނިޔަލް ވެސް ވަގުތުން ބޯޖަހައިލީ އެވާހަކަ  ދައްކަން  އޭނާ ބޭނުންވެފައި ހުއްޓާ ޒީޥާ އެވާހަކަ ފެށުމުންނެވެ.

“ގެޔަށް ދެވުމުން ޒީވާ ކައިރީ އަހަރެން ތިވާހަކަ ދައްކަން މިހުންނަނީވެސް.. ހޮސްޕިޓާލުން ދޫކޮށްލާ އަވަހަކަށް އަހަރެން މި ޕްލޭން ކުރަނީ މެރީ ކުރަން..އަހ” އަލާނިޔަލްގެ ވާހަކަ ނުނިމެނީސް ދެމީޙުންނަށް  ސިހުން ލިބުނީ ދޮރު ހުޅުވާލައިފާ މީހަކު އެތެރެއަށް ވަނުމުންނެވެ. އެތެރެއަށް ވަން ޔޫމީން ފެނި ދެމީހުންވެސް ހައިރާންވިއެވެ. ” ޒިވީ.. ޒާން ބެ އެބާދެ .. ވަރަށް ކަޑަ..ވަރަށް ކާރީގަ ހުރީ.. “ޔޫމީން ޒީޥާގެ އަތުގައި ހިފައިގެން ބާރުބާރަށް ނުކުންނަމުން ދިޔުމުން އަޅާޏިޔަލްގާތު ދަނީޔެ ބުނެ ޒީޥާ ވެސް ހިނގައިގަތެވެ. ނަމަވެސް ދޮރުން ނުކުމަތް ވަގުޒީޥާ ހުއްޓެންޖެހުނީ މީހެއްގެ ގައިގާ ލައިގަތުމުންނެވެ. އަވަސް އަވަހަށް ދުރުވެފައި ބަލައިލިއިރު އިޒާން ފެނުމުން ޒީޥާއަށް “އޯހް ނޯ “އޭ ބުނެވުނެވެ.

އަލާނިޔަލް ބާއްވާފައި އޮތް ކޮޓަރިން ޒީޥާ ފެނުމުން އިޒާންއަށް ޔޫމީންއާއި ދިމާލަށް ބުމަ އަރުވާލެވުނެވެ. ޔޫމީންވެސް ބިރުގަންފައި ހުރިވަރުން ދޫ ހަރާކާތް ކުރަން ވެސް އިރުކޮޅެއް ނެގިއެވެ. “ޒީވާ އައީ އަހަންނާ އެކު.. ބައްޕަ ބުނެގެން  މިތަނައް ފެންފުޅިއެއް ލާންވެގެން  އައީ ” ދޮގެއް ހަދާލުމަށްފަހު ޒީޥާގެ އަތުގައި ހިފައިގެން ނުކުންނަށް ޔޫމީން ލަސްލަހުން ހިނގައިގަތެވެ.

އިޒާން ހައިރާންވެފައިހުރެ އެތެރެއަށް ވަނެވެ.

އިޒާން އެތެރެއަށް ވަން އިރު އެންމެ ފުރަތަމަ ވެސް އޭނާގެ ލޮލުގައި އަޅާއިގަތީ ސައިޑް ޓޭބަލް މަތީގައި މެދާހަމަޔަށް  ފެން ހުރި ފެންފުޅިއެވެ. ދޮގު ހަދަން ވެސް ނޭނގެޔޭ އިޒާންގެ ހިތައް  އެރިއެވެ. ނަމަވެސް މިތަނަށް  ޒީވާއަންނަންވީ ސަބަބެއް އިޒާންއަކަށް ނުވިސްނުނެވެ. މިހާރަކަށް އައިސް  އޭނާއަށް ކަމަކާ ވަނީ ސައްކުވެފައެވެ. އެއަށް އަނެއްކާ ވެސް އިތުރު ބޮލެއް އާވީއެވެ. އެނދުގައި ލައްގަނެގެން އިން އަޅާނިޔަލް އޭނާއަށް ހީލުމުން އިޒާންވެސް ހީލިއެވެ.

“ސާޖަރީ އެއް ނިންމާފަތަ..” ތީއޭޓާ “ސްކްރަބް”ގެ މަތިން ޑޮކްޓާރ ކޯޓް ލާފައި ހުރުމުން އަލާނިޔަލް އަހައިލިއެވެ. އިޒާން ވަގުތުން ބޯ ޖަހައިލާފައި އަލާނިޔަލްގެ އެނދާއި ގާތުގައި ހުރި ގޮނޑީގާ އިށީނެވެ.

“އަހަންނަށް އެނގޭ އަނގައިން ނުބުނެ  އިނަސް މިތަނުން ޒީޥާ ފެނުނީމަ ހިތައް އެއްޗެއް ނާރައެއް ނުހުންނާނެ ކަން” އަލާނިޔަލް ހީލަމުން ބުނެލިއެވެ. އެތައް އަހަރެއް ފަހުން އަލާނިޔަލް އެހެން ހީލުމުން އިޒާންގެ ހިތުގައި ޖެހުނެވެ. ނަމަވެސް ލޮލަށް ޖަމާވި ކަރުނަތައް އޮއްބާލަން މަސައްކަތް ކުރިއެވެވެ. “އާރ ޔޫ އޯކޭ..” އިޒާން މަޑުމަޑުން ބުނެލި ނަމަވެސް އޭނާގެ އަޑު އައީ ކުރެހިގެންނެވެ.  އަލާނިޔަލް ، އިޒާންގެ އަތުގައި ހިފާލަމުން ބޯ ޖަހައިލިއެވެ. “އަމް ސޮރީ .. ” އިޒާންގެ ކޯތާފަތައް ކަރުނަތައް ފޭބުމުން އިޒާން އިސްޖަހާލި ނަމަވެސް އޭނާގެ އަނގައިން އަޑުބޭރުވަމުންދިޔައެވެ. އިޒާން އެހާލުގައި ހުއްޓާ ފެނުމުން އަލާނިޔަލްއަށް ރޮވުނެވެ. “އަހަރެން ކާރިން މާފަށް އެދެން ޖެހޭ ވަރު ކަމެއް ނުކުރަމެންނު..ކުރެވުނު ކަމެއް އަހަންނަށް ކުރެވުނީ..ކެރާގެ ސަބަބުން އަހަންނަށް އެހެން ހެދުނީ.. އަހަރެން ހިތައް އަޜާ މިހާރު، އެދުވަހު ކެރާ އަހަރެން ކާރިޔަށް އައުމުންވެސް އެންމެ ފުރަތަމަ ވެސް ދޮންބެ އާ ބައްޕަ ގާތު ބުނެވުންނަމައޭ.. އަމް ސޯ ސޮރީ ފޯ ހާޓިން ޔޫ ދޮންބޭ..” އެތައް ދުވަހަކަށް ފަހުން އަލާނިޔަލް ދޮންބޭ އޭކިޔާފައި ގޮވާލުމުން އިޒާންއަށް ޖަޒްބާތީ ވީވަރުން އިތުރަށް ރޮވުނެވެ.

“ނޫނޭ .. އެދުވަހު ކުޑަ ކުއްޖަކަށް ވެ ހުރެ ވެސް ޑިފީ ނެގީ ރަނގަޅު ސްޓެޕެއް.. އެހެން އެންމެންގެ ނަފްރަތުގެ އަމާޒް ފަތްގަނޑަކަށް ވެހުރެ ޑިފީ އެކަނިމާ އެކަނި ތިހުރިހާ ބުރައެއް އުފުޅީ..ވަރަށް ދެރަ ވޭ މިހާރު.. ދެން ދުވަހަކު ވެސް ޝައްކެއް ނުކުރާނަން.. ދޮންބެ އަށް ކިޔާދެވިދާނެތަ ހުރިހާ ކަމެއް..” އިޒާން ދެލޮލުން އައިސްފައި ހުރި ކަރުނަތައް  ފުހެލުމަށްފަހު އަލާނިޔަލްއާއި ދިމާ ބަލާލަމުން ބުނެލިއެވެ.

އަލާނިޔަލް ބޯ ޖަހައިލުމަށްފަހު ކެރާ އެންމެ ފުރަތަމަ އައި ދުވަހުން ފެށިގެން ވި ހުރިހާ ކަމެއް ކިޔައިދިނެވެ. އެންމެ ފުރަތަމަ ދުވަހު ވެސް ކެރާ އައިސް އައްޒާމް އާއި ޔާސިރް އަދި ލަވާލް ގޯސްކޮށްގެން ދެއްކި ވާހަކަތައް  ގަބޫލް ނުކުރާ ކަމަށާއި އެ ވާޙަކައިގެ ދެތުދޮގުއޭނާ ބަލަން ބޭނުންވެގެން ބައްޕަގެ ރައްޓެހި މާއިސް ކާރިޔަށް ދިޔަ ވާހަކަ ކިޔައިދިނެވެ.. “މާއިސްބެ ފުރަތަމަ ނުބުނަންއުޅުނީ.. ވެދާނެ އަހަރެން އޭރު ތަންކޮޅެއް ކުޑަ ވީމަ ކަމަށް.. އެކަމަކު އަހަރެން ކެރާ އައި ވާހަކަ ބުނުމުން މާއިސްބެ ޖެހުނީ ވަރުގަދަ ޝޮކެއް .. ދެން އަހަރެން ވަރަށް އެހިފަހުން އެހުރިހާ ވާޙަކަ އެއް ކިޔައިދިނީ.. ދެން އަހަރެން މަޖުބޫރު ކުރިން މާއިސްބެއަށް  އަހަންނަށް އެއްވެސް ކަމެއް އިނގޭކަމަށް ބައްޕަ ކައިރީގަ ނުބުނަން..” އަލާނިޔަލް ދައްކަމުން ދިޔަ ވާހަކަ އަޑު އަހަން އިން އިޒާން ނުހަނު ހައިރާންވިއެވެ.

އޭގެ ފަހުން ޒީވާއަށް ގެއްލުމެއް ލިބިދާނެތީ ކެރާ ގެ ކުރިމަތީގައި އޭނާއާއި އެއްކޮޅަށް ހުންނަކަން ސާބިތު ކޮށްދޭން “އެކްޓް” ކުރަން ޖެހުން ވާހަކަ އާއިލާ އާއި ދުރުވީ ވެސް ކެރާގެ ފަރާތުން އައިސްފާނެ ކަމަކަށް ބަލާފައި ކަމަށް އަލާނިޔަލް ބުނެދިނެވެ. އަދި ބައެއް ފަހަރު އަލާނިޔަލްއަށް ކެރާ ސައްކު ކުރާތީ  ކަމަކަށްވާ ކަހަލަ ވާހަކަ އެއް ބުނަންޖެހޭ ކަމަށްވެސް އަލާނިޔަލް ބުންޏެވެ. “ދޮންބެ އާ ޒީޥާ އުޅެނީ ރައްޓެހިވެގެންނޭ މަ ބުނި އެކަހަލަ ދުވަހެއްގަ.. އޭނާ އުޅުނީ ޒީޥާ އެކަނި ހުއްޓާ ކިޑްނެޕް ކުރަން އޭނާ ގެންގުޅޭ މީޙުން ލައްވާ.. އަހަންނަށް އެކަން އިނގިގެން އަހަރެން އެކަން ހުއްޓުވަން އެކި ބަހަނާ ތައް ދެއްކީމަ އޭނާ އަހަންނަށް ސައްކު ކުރީ..  ދެން އަހަރެން އެދުވަހު އެވާހަކަ ބުނީ،.. “އަލާނިޔަލްގެ ވާހަކަ އަށް އިޒާން ބޯ ޖަހައިލިއެވެ.

އީން އާއި އަލާނިޔަލް އާއި ދެމީހުން ޒީޥާ އަށްކަމެއް ވޭތޯ ބަލަން ތިބޭ ވާހަކައާއި މިލާންގެ ވާހަކަ އާއި މިލާންގެ މައިންބަފައިން އަދިވެސް ދުނިޔޭގައި އެބަތިބިކަމަށް އަލާނިޔަލް ބުންޏެވެ. ޓެރެހުގައި އޭނާއާއި އީން ދެއްކިވާޙަކަ ކައިވަންއަށް އިވުން ދުވަހު ވީ ގޮތާއި އޭގެ ފަހުން ކައިވަން ވެސް އެހެން އެންމެނާ  ސިއްރުން އެމީހުންނަށް އެހީވި ވާހަކަ ވެސް  މެއެވެ. ހަމަ އެދުވަހު ޒީޥާއަށް ވެސް އެމީހުންގެ ވާހަކަ ތައް އަޑު އިވުނު ވާހަކައާއި ނިޔަލް އަށް ސައްކުވެގެން ޒީވާއުޅޫންގޮތާއި ފަހުން ނިޔަލް ޒީޥާއާއި ދިމާކުރި ވާހަކައެވެ. ޒީޥާއަށް ނިޔަލް އާއި މެދު ސައްކު ކުރެވުމުގެ މާ ކުރިން އޭނާ އާއި އީން އަށް ނިޔަލްގެ ހަގީގަތް އިނގޭ ވާހަކަ އާއި ވަން ޓާއިމް ވީޑިއޯގެ ވާހަކަ އަދި ލަވާލް އަށް އީން ވީޑިއޯ ދެއްކުމުން ލަވާލް އަލާނިޔަލްގެ ކިބައިން މާފަށް އެދުނު ވާހަކައެވެ. ޒީވާ ރޭޕް ކުރި ރޭ ކަންތައް ވީގޮތްވެސް ކިޔައިދިނެވެ. “އެދުވަހު ކައިވަން އާއެކު ޓެރެސް އަށް އެރިގަޑިގަ ޒީޥާ ދުވެފައި ދަނިކޮން  ފެނުނީ.. ދެން ބަލައިލި އިރު އޮތް ނިޔަލް އެދުވަސްކޮޅު ގެންގުޅުނު ވޯލްވޯ.. ދެން އަހަރުމެން ގައިގާ ހުރި ބާރެއް ލާފައި ދިއައިރު ހުރިހާ ކަމެއް ވެ ނިމިއްޖެ .. މަދު ވަގުތު ކޮޅެއްގަ އެކަން ވެނިމުނީ..ދެން..”އަލާނިޔަލް ، ލެޔާ ތަތް ތެޅިފައި އޮތް ޒީވާ ފަރުބަދަ މަތިން ވެއްޓެނިކޮން ސަލާމަތް ކުރިގޮތް ކިޔައިދިނެވެ.

ހުރިހާ ވާހަކަ އެއް ކިޔާ ނިމުން ކެރާގެ ދެކެ އައިސްފައިވި ރުޅިއާއި އިޒާންގެ ހިތުގައި އޭނާއާއި މެދު އުފެދިފައި ނަފްރަތު އެތައް ގުނައެއް އިތުރުވިއެވެ. ކެރާގެ ހިތުން ނުފިލާ ވަރު ބަދަލެއް ހިފަން އިޒާން އަޒުމް ކަނޑައެޅިއެވެ. “ކީއްވެތަ ޒީޥާ އަށް ނިޔަލްގެ ހަގީގަތް އެނގިހުރެ ވެސް އެތަނައް ދިޔައީ..” އިޒާން އެންމެފަހުން އަހައިލިއެވެ.. “އުލެއުޅެ ވެސްބތީ އަހަރުމެންނަށް ނޭނގިގެން މިއުޅޭ ކަމަކީ.. އިނގެނީ ކޮންމެވެސް ކަހަލޒ މަޖުބޫރީއެއް އޮތީމަ ކަން ޒީވާ ދާނީ.. އައިނޯ ހާރ.. އޭގެ ފަހުން އޭނާ ކައިރީގަ އެހޭ ކަހަލަ ގޮތަކަށްނޫން ކަންތައް ވީ..އެހިޔަސް އޭނާ ބުނާނެ ހެން އަހަންނަކަށް ހިޔެއް ނުވޭ..މިތަނުން ނުކުމެފަ އެކަންތަކާވެސް އަހރެން އުޅޭނަން”އަލާނިޔަލް އިޒާންގެ މޫނަށް ބަލައިލިއެވެ. އިޒާންވެސް ބޯޖަހައިލިއެވެ.

“މިއަދު ކީއްކުރަން ..އެމީހުންއައީ.. ޒީޥާގެ ނެތެއްނު އެއްވެސް މެމޮރީޒް އެއް .. ޑިފީ ކައިރީގަ އޭނަ ކީއްކުރީ..” އިޒާން ކަމެއް ހޯދާފަދައަކުން އަޙާލިއެވެ. “ސާބަސް ދޮންބޭ.. ތިހާ ވަގުވަގަށް ނޭހިޔަސް އަހަރެން ބުނެފާނަން.. އަހަރެން ބޭނުމެއް ނުވޭ ޒީޥާއަށް ދޯކާ ދޭކަށް ..އެ ފަކީރް އެހާ  ވަރުން ސިއްރު ކުރަން  ބުނީ ވެސް .. އެކަމަކު ތިދެމީހުން ލޯބިވެ ތިބެ ، ދުރުގަ ތިބެގެން ރޯތަން ބަލާކަށްވެސް ބޭނުމެއް ނުވޭ… ސޯ ޕްރޮމިސްމީ މީ މިވާހަކަ އަޑު އެހުމަށްފަހު އޭނާ އާ ދުރުގަ ނުހުންނާން ކަމަށް.. އިހަށް މަޑުމަޑުން  އެކަމާ  އުޅޭނީ..” އަލާނިޔަލް ހހެވިފައި އިނދެ ބުނެލިއެވެ.

“ދެން ނުތަޅުވާ ބުނެބަލަ ޑިފީ..” އިޒާން ހިތްއަވަސްވީ އަލާނިޔަލް ބުނަން އެއުޅެނީ ކޮންކަހަލަ ވާހަކަ އެއްކަން ނޭނގޭތީއެވެ.

“އަވަސް އަރުވާލައިގެން ނޫޅޭތި.. ހާ މެމޮރީޒް ބެކް.. ” އަލާނިޔަލް ހެވިލާފައި ބުނެލިވާހަކައިން އިޒާންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. “ކީއްވެ އޭނާ ނުބުނީ.. ޢޭނާ އެހެން ބޯއީފްރެންޑެއް ހުންނަނީތަ..” އިޒާންއަށް ކޮޅަށް ތެދުވެފައި ދެފަރާތައް ހިނގެން ފެށުނެވެ. “ނޫން ނޫން.. އޭނާގެ މެމޮރިސް އަޔަސް އޭނާ ބުނީ އޭނައަށް އެހާލު ޖެއްސި މީހުނަން ބަދަލް ހިފާފަ ޔޯ އިޒާން ކާރިޔަށް ދާން ބޭނުންވަނީ.. އެކްޗްއަލީ ޝީ ތިންކްސް ދޮންބެ  ކާރިޔަށް  މިހާރު އޭނާ ގޮސްފިއްޔާ ދޮންބެ ނޫނެކޭ ބުނާނެ ކަމަށް ބިކޯޒް އޮފް ދެޓް ތިންގް.. މިހާރް ނޯ އޭ ބުނެފިއްޔާ އޭނާގެ ހިތްވަރު ގެއްލޭނެތީ ކަންނޭގެ .. އޭނާ ކުރާ ކަމެއް ކޮށްފަ ދެން ފަހުން ނޯ ބުންޏަސް ޝީ ކޭން ބެގް ދޯ..އެހެން ކަންނޭގެ އޭނާ ހިތައް އަރުވާގެން އެހުންނަނީ..” އަލާނިޔަލް ބުނެލިއެވެ.

“ވަޓް.. އޭނަ ހީކުރީ މަ މީ ކުޅޭ ކުޅޭ ބުދެއް ކަމަށްތަ.. މަ އޭނަ ދެކެ ލޯބި ވާ ވަރު އޭނައަށް ހަމަ ނޭނގެނީތަ.. އޭނަގެ މެމޮރީޒް ނެތް ދުވަސްކޮޅުވެސް މަ ދާންވީ އެނުން އޭނަ ދެކެ ލޯބި ނުވާނަމަ އެހެން މީހެއް ކާރިޔަށް…އެކަމަކު އަހަރެން ދިޔައިން ތަ..ވަޓް ދަ ފ*** ޝީ އިޒް ތިންކިން…  ހުރޭ ދެން މަ ހަދާ ގޮތް ބަލަން .. ” އިޒާން ހުރީ ޒީޥާ ދެކެ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.ޒީވާއަށް ހަމަ އޭނާ ލޯބިވާ ވަރު ނޭނގެނީ ހެއްޔެވެ. އެހެން ހިތައް އެރުމުން އިޒާންގެ ހިތުގައި ވެސް ޖެހުނެވެ.

“ބްރޯ ހަމަޖެހީ… ޝީ ހޭޒް އަ ގޫޑް ރީޒަން .. އެހެން ހިތަށް އަރާނެ އެންނު ހަމަ އެހެން ކުއްޖެއް ނަމަވެސް  ..ޝީ އިޒް ބްރޭވް އައި ތިންކް..” އަލާނިޔަލް ގެވާހަކަ އިވި އިޒާން ކަޅިއަޅާލިއެވެ. ” އާރ ޔޫ ހާ ބްރަދާ އޯރ މައި ބްރަދާރ” އިޒާންއާއި ދިމާލައް ބަލައިލަމުން “ޔުއާ ބްރަދާ” އޭ ބުނެ ލާނެތްގޮތަކަށް ހީލިއެވެ.

“އޯކޭ .. ދޮންބެ ދަނީ.. މިރޭ އަންނާނަން.. ޑިފީ އާއި ވާހަކަ ދައްކަން އިންދަ ގަޑި ދިޔަ ގޮތް ވެސް ނޭނގުން އެއޮތް މަގްރިބަށް ގޮވަން ކާރި ވީ މިހާރު…އަސުރު ނަމާދު ބަންގި ނުގޮވަނީސް އައި މީހާ  މީ “އިޒާން އަތުގައި އޮތް ފޯނު ކޯޓްގެ ޖީބަށް ލަމުން ހިނގައިގަތެވެ.  އަލާނިޔަލްވެސް އޯކޭ އޭބުނެ ހީލިއެވެ.

***

އިޒާން ގެޔަށް ދާން ނުކުން އިރު އޭނާގެ މޫނުމަތީގައި ވަނީ ތަފާތު ވިދުވަރެކެވެ. ދާދި އަވަހަށް ކެރާގާތުން ރަނގަޅު ބަދަލެއް ހިފުމަށް  އޭނާ އަޒްމް ކަނޑައެޅިއެވެ. އެކަމަކު އޭގެ ކުރިން ޒީވާ އޭނާގެ މީހަކަށް ހަދަން އިޒާން އަޒުމް ކަނޑައެޅިއެވެ.

އިޝާ ނަމާދު ބަންގި ގޮވަން ކާރިވެފައި ހުރުމުން އިޒާން މަގްރިބް ނަމާދު ކުރަން އޭނާގެ ޑޮކްޓާރ ކޮޓަރިޔަށް ވަނެވެ.އޭނާ  ނަމާދުކޮށްގެން ގަޑިބަލައިލި އިރު ޕްރެކްޓިސް ގަޑި ފެށެން މާގިނަ ވަގުތު ނެތުމުން ގެޔަށް ނުގޮސް މަޑުކުރިއެވެ.

 

****

ޒީވާ ލޯގަނޑު ކުރިމަތީގައި ހުރެއް ތައްޔާރު ވަމުން ދިޔައީ ޕްރެކްޓިސްއަށް ދިޔުމަށެވެ. ކަޅުކުލައިގެ ހޫޑީ އަކާއި ކަޅުކުލައިގެ ސްކިނީގައި ޒީވާ ފެންނަލެއް ނުހަނު ހިތްގައިމެވެ.  ކަޅުކުލައިގެ ކޮޓްން ކޯޓް ލުމަށްފަހު ދަބަހާއި ފޯނު ހިފައިގެން ނުކުން އިރު ކައިވަން އޭނާގެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުއްޓެވެ.

ޔުނިވާސިޓީ ކައިރިޔަށް ދެވުނު އިރު ގަޑިޖެހެން ނުހަނު ކާރިވެފައި ހުރުމުން ޒީވާ އެތެރެއަށް ވަނެވެ. ނިމުނީމަ ގުޅާށޭ ބުނެ ކައިވަންވެސް ޒީވާ އެތެރެއަށް ވަނުމުން ގެއަށް ދާން މިސްރާބު ޖެހިއެވެ.

**

ޒީވާ ކުލާސް ރޫމް ތެރެއަށް ވަންއިރު އިޒާން ލެޕްޓޮޕް ހިފައިގެން ލެކްޗަރާ މޭޒު ދޮށުގައި އިނެވެ.

ޒިވާ ވަނުމުން  އިޒާން ކުރަން އިން މަސައްކަތް ބަހައްޓާފައި ގޮވާލިއެވެ. “ޒީޥާ .. ފުރަތަމަ ފޯ ޑޭސް ކޮންމެ ކުއްޖަކަށް ވަކިން ޕްރެކްޓިސް ކޮށްދޭނީ.. އާފްޓާ ދެޓް އެންމެ ފަހު ތިން ދުވަހު ތި ތިން މީހުން އެއްކޮން ޕްރެކްޓިސް ކުރާނީ.. ވީކް އެއް އެބޯތެއްނު އަދި ސޯ..” އިޒާން ސީދާ ޒީވާގެ ދެލޮލަށް ބަލަހައްޓާގެން އިނދެ އެ ފިރިހެންވަންތަ އަޑުން ވާހަކަ ދެއްކިއިރު ޒީޥާގެ މޫނަށް ރަތް ކުލަ ފާއްދާލިއެވެ. ޒީޥާ މަޑުމަޑުން ބޯ ޖަހައިލިއެވެ. ކުރިޔަށް އޮތް ތިން ދުވަހު އިޒާން އާއި މިހެން އެކަނިވާނެ ކަން ހިތައް އެރުމުން ޒީވާގެ ހިތް ތެޅިގަތެވެ. އޭނާއަށް ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ.

އިޒާންގެ ނިއް މައްޗައް އިސްތަށިގަނޑުން ބައެއް ފައިބާފައި އޮތުން ނުހަނު ރީއްޗެވެ. އެރަތް ތުންފަތުން ހީލާގޮތް ވެސް އެހާ ރީއްޗެވެ. ޒީވާއަށް ކަޅި ޖަހާނުލާ އިޒާންގެ މޫނަށް ބަލަން އިނދެވުނެވެ.

“އަހަރެން ހަމަ އެހާ ރީތީ ތަ…. މާ ވަރަކަށް އަހަންނަށް ބަލާތީވެ.. “އިޒާންއަށް ގެއްލިފައިން ޒީވާ ސިހުނީ އިޒާންގެ އަޑު އޭނާއާ ނުހަނު ގާތުން އިވުމުންނެވެ. އިޒާންގެ ހިޔާލުގައި އިނުމުން އޭނާއައިސް ކައިރިޔަށް ހުއްޓުން އިރުވެސް ޒީވާ އަކަށް ނޭނގުނެވެ. ޒީޥާގެ މުޅި މޫނު ރަތް ވެގެންދިޔައި ބަސްބުނާހާ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. “ނު..ނޫން.. ކިޔާ އެއްޗިސް އަޑުއެހީ..”އިސްޖަހާލައިގެން ދެފަރާތައް ބޯ ހޫރުވާލަމުން ޒީޥާ ބުނެލިއެވެ.

އިޒާންގެ ގާތައް އައީ ލާނެތް ހިންޏެކެވެ. ނަމަވެސް ޒީޥާގެ މައުސޫމް ފެނި އިޒާންއަށް ވެސް ޒީވާގެ މޫނަށް ބަލަން އިރުކޮޅަކު ހުރެވުނެވެ. އިޒާން ސިހުނީ އޭނާގެ ފޯނު ރިންގްވާން ފެށުމުންނެވެ. ސްކްރީނަށް އަރައިފާވި މިލާންގެ ނަމަށް ބަލައިލަމުން އިޒާންގެ ގާތައް ހިނިއައީ އޭނާއަށް އައި ހިޔާލެއްގެ ސަބަބުންނެވެ.

“ކީކޭ ދޫނީ.. ނޫނޭ އަހަރެން މިރޭ ނުކާނަން ..އާނ އޯކޭ.. ލަވް ޔޫ ..” ޒީވާއަށް އިވޭ ވަރަށް އިޒާން ވާހަކަ ދެއްކިއެވެ. އޭނާ ޒީޥާގެ މޫނަށް ވައްކަޅިން ބަލައިލިއިރު ދެލޯ ބޮޑުކޮށްލައިގެން ޒީވާ އިންއިރު އޭނާގެ ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް އިޒާންގެ ލޮލުގައި އަޅާއިގަތެވެ. އިޒާން އަށް ވަގުތުން ހިންދިރުވާލެވުނީ ޒީޥާ ރޮއްވާލެވުމުންނެވެ. އިޒާން ފޯނު ނަގާފައި މިލާން އަށް ، ކުޑަކޮން ކިޔާދީފައި މެސެޖެއް ކޮށްލިއެވެ.

ޒީޥާ އިޒާން ބަލައިލަން ވާއިރަށް އަވަސް އަވަހަށް ފޭދެން ތައްޔާރުވެފައި ހުރި ކަރުނަތައް ގަދަކަމުން އޮއްބާލިއެވެ. ނަމަވެސް މިރޭއޭނާގެ ހިތައް ވަރަށް އަސަރުކޮށްފިއެވެ. އެންމެފަހުން އިޒާން ވެސް ބައިވެރިޔަކު ހޯދީތާއެވެ. އޭނާގެ ހަނދާންތައް އާވި ވާހކަ ނުބުނެވި ހުރި ކަން ނަސީބޭ ޒީވާގެ ހިތައް އަރައިފައިބަމުން ދިޔައެވެ.  ނަމަވެސް ޒީޥާއަށް ނޭނގުނީ އިޒާންއަށް ހުރިހާ ކަމެއް އިނގޭކަމެވެ.

” އޯކޭ .. ލެޓްސް ހޭވް އް ޕްރެކްޓިސް ..” އިޒާން ހޯސްޓުކުރުމުގެ އުޚުޅުތައް ކިޔައިދޭން ފެށުމުން ޒީޥާ އަޑުއަހަންއިނެވެ. ނަމަވެސް އޭނާގެ ސަމާލްކަން އެކަމަށް މާ ބޮޑަކަށް ދެވޭގޮތެއް ނުވިއެވެ.

ކުލާން ނިންމާލުމަށްފަހު ބޭރަށް ނުކުމެފައި ޒީޥާ ކައިވަން އަށް ގުޅާލިއެވެ. ފޯނު ނުނެގުމުން ޒީވާ އަނެއްކާ ވެސް ގުޅިއެވެ. ނަމަވެސް އޭނާ ފޯނު ނުނަގައެވެ. އޭރު ބޯކޮން ސްނޯވް ފައިބަމުން ދިޔައެވެ. މިރޭ ބޯކޮން ސްނޯ ވެހޭނެ ކަމަށް ލަފާކުރާ ވާހަކަ މޫސުމާ ބެހޭ އިދާރާއިން ވެސް ވަނީ ގޮވާލާފައެވެ.  ފިނިގަދަ ކަމުން ޒީވާ ރޫރޫ އަޅާއެވެ. އޭނާގެ އެއްވެސް ބާރެއް ބޭނުން ކޮށްފައި ނުވާތީ އޭނާއަށް އަދިވެސް އިޒާން މެން އުޅޭހެން ގަދަ ފިނީގައި އެހާ ފަސޭހައަކުން ކެތެއް ނުކޮށްލެވެއެވެ. ފިނިވެގެން ގޮސް ޒީވާގެ މުޅި މޫނަށް ވަނީ ފިޔާތޮށިކުލަ އަޜާފައެވެ. ހާއްސަކޮން ނޭފަތުގެ ކުރި ވަކިން ރަތެވެ. ދެއަތް ދެއަތާއި ލާ އުނގުޅާލީ މާބޮޑަށް ފިނިވާން ފެށުމުންނެވެ. އެހެން ހުއްޓާ އިޒާން އެދިމާލަށް އައެވެ.

ގަމީސް މަތިން ކަޅުކުލައިގެ ކޯޓު ކެހެރި ލައިގެން ހުރި ނަމަވެސް ވެސް އޭނާއަށް ފިނީގެ އެއްވެސް އުނދަގުލެއް ނުވާނެ ކަން ޒީވާދަނެއެވެ.

“ކިހިނެތް ވެފަ..” ޒީވާގެ ކައިރިޔަށް ހުއްޓިލަމުން އިޒާން އަހައިލިއެވެ.

“ގޭ މީހަކު ފޯނު ނުނަގާގެން ގެޔަށް ނުދެވިފަ..” އިސްޖަހައިލާގެން ހުރެ ޒީޥާ ބުނެލިއެވެ. އަނެއްކާ ވެސް ފޯނު ނަގާފައި ކައިވަންއަށް ގުޅިއެވެ. އިޒާންދެކެ ކުޑަކޮން ހިތްހަމަ ނުޖެހިފައި ހުރުމުން ޒީވާއަށް ވާހަކަ ދެއްކުނީ ވެސް ފާޑަކަށެވެ.

 

“ހިނގާ އަހަންނާ އެއްކޮން .. މިހާ ފިނިގަދަ ރެއެއްގަ މިތާގަ މާ ގިނަ އިރު ވާންވެއްޖެއްޔާ ބަލިވެދާނެ.. އައިލް ޑްރޮޕް ޔޫ..” ޒީވާއަށް ވަގުތުން ނޫނެކޭބުނެވުނެވެ. ނަމަވެސް އިޒާން ދެވަނަ ފަހަރަށް ބުނުމުން ޒީވާ އަށް ދެކޮޅަށް  އެއްޗެއް ބުނާކަށް ނުކެރުނެވެ.

ކާރުގެ ކުރީ ސީޓް އިޒާން ހުޅުވާލަ ދިނުމުން ޒީޥާއެރިއެވެ. ކުރިޔަށް އަރަން ޖެހުމުން ޒީވާގެ ހިތް ތެޅިގަތެވެ. ސީޓް ބެލްޓް އަޅުވާލަމުން އިޒާން ގާތު ގެ އިންނަ ތަން ބުނެލިއެވެ.

 

 

 

(އެޕިސޯޑު 39)

“ހިނގާ އަހަންނާ އެއްކޮން .. މިހާ ފިނިގަދަ ރެއެއްގަ މިތާގަ މާ ގިނަ އިރު ވާންވެއްޖެއްޔާ ބަލިވެދާނެ.. އައިލް ޑްރޮޕް ޔޫ..” ޒީވާއަށް ވަގުތުން ނޫނެކޭބުނެވުނެވެ. ނަމަވެސް އިޒާން ދެވަނަ ފަހަރަށް ބުނުމުން ޒީވާ އަށް ދެކޮޅަށް  އެއްޗެއް ބުނާކަށް ނުކެރުނެވެ.

ކާރުގެ ކުރީ ސީޓް އިޒާން ހުޅުވާލަ ދިނުމުން ޒީޥާއެރިއެވެ. ކުރިޔަށް އަރަން ޖެހުމުން ޒީވާގެ ހިތް ތެޅިގަތެވެ. ސީޓް ބެލްޓް އަޅުވާލަމުން އިޒާން ގާތު ގެ އިންނަ ތަން ބުނެލިއެވެ.

 

ދެމީހުން ވެސް ގެޔާއި ހަމައަށް ދެވެންދެން އަނގައިން ބަހެއް ނުބުނެއެވެ. “އަމް.. ތޭންކިއު …ގުޑް ނައިޓް..”    ގެއާއި ހަމައަށް އާދެވުމުން ޒީޥާ ފައިބަން އުޅުނެވެ.  ނަމަވެސް ސިހިފައި ހުއްޓެން މަޖުބޫރުވީ އިޒާން އޭނާގެ އަތައް ދަމާލުމުންނެވެ.

ޒީވާ އައިސް ޖެހުނީ އިޒާންގެ ތަނަވަސް މޭމަތީގައެވެ.ދެމީހުންގެ ހަތަރު ކަޅި ބައްދަލްވި ވަގުތު އެތައް އިޙްސާސް އެއް ދެމީހުންނަށް ކުރެމުންދިޔައެވެ. އެގޮތުގައި ވަގުތު ކޮޅެއް ހޭދަ ވުމުން ކުއްލިޔަކަށް ހޭވެރިކަންވެ ޒީވާ ވަގުތުން ތެޅި ގަނެފައި ދުރަށް ދިޔައެވެ. “އި.. އިޒާން..” ޒީޥާގެ އަޑު މަޑުމަޑުން އައެވެ. “ހޫމް ކިހިނެތް ވީ…ރުޅި އައިސްފަތަ ތިހުރީ އަހަރެން ދެކެ….އެއްވެސް ކަމަކާ..” އިޒާން ޒީޥާގެ މޫނަށް ބަލައިލަމުން އަހައިލިއެވެ.

“ނޫން..ކި..ޚީއްވެ ރުޅި އަންނަވީ.” ޒީވާ އާގަންނަ ގޮތްވިއެވެ. އިޒާން ހަމަ އަހާލީއޭ ބުނުމުން ޒީވާ ލަސްނުކޮށް ކާރު ފޭބިއެވެ.

“ވައި އާރ ޔޫ ސޯ ކިއުޓް..”ޒީވާ ދުވެލާފައި ގޮސް ގެޔަށް ވަންތައް ފެނި އިޒާން ހީލިއެވެ. އިޒާންވެސް އައްޒާމް ގުޅަންފެށުމުން ގެޔައްދާން މިސްރާބު ޖެހިއެވެ.

***

އެރޭ ވެސް ގެޔަށް ގޮސްވެސް ޒީވާ އަށް ނިދޭ ގޮތެއް ނުވިއެވެ. އިޒާންއާއި މެދުވިސްނަން އޭނާއަށް އޮވެވުނީއެވެ.

އިޒާންއަށް ފޯނު ކޯލުމަތިން ހަނދާންވެ އޭނާ އެތައް އިރަކު ރޯން ވެސް ރުޔެވެ.

 

***

ގަޑިން ފަހެއް ޖެހުމުން އެލާމް ވީ އަޑަށް ޒީވާ ތެދުވެ  ފެންވަރާލައިގެން ނަމާދުކޮށްގެން ތިރިޔަށް ދިޔައެވެ. ރޭގައި އެއްވެސް ވަރަކަށް ނުނިދުމުން ޒީވާ ފެންނަނީ ނުހަނު ވަރުބަލިކޮންނެވެ.  ޒީވާ ގޮސް ބަދިގެޔަށް ވަންއިރު ކުލްސޫމާ ރޮށިފިހަން ހުއްޓެވެ. އޭރު ކައިވަން މޭޒު ދޮށުގައި ކޮފީ ބޯން އިނެވެ. އޭނާ ޒީވާ ފެނުމުން ވަގުތުން މާފަށް އެދުނެވެ. ކައިވަން އަށް ރޭގަ ނިދުން ވާހަކަ  ބުނުމުން ޒީވާ އެކަމެއް ނޫން ކަމަށް ބުންޏެވެ

“ކިހިނެތް ޒިވި ގެޔަށް އައީ ރޭގަ..” ކައިވަން ކޮފީ ކޯވަރެއް ބޯލަމުން އަހައިލިއެވެ. “ލޯންގް ސްޓޯރީ  ..އެ ވާހަކަ އެނގުމަށްވުރެން ނޭނގުން ރަނގަޅުވާނީ.. ” ޒީވާގެ ޖަވާބު އިވުމުން ކުލްސޫމާގާތައް ވެސް ހިނިއައެވެ.

ޒީޥާ މަޑުމަޑުން ކައިވަން އަށް އިވޭ ވަރަށް  އިޒާން އޭ ބުނެ ފަހުން ކިޔާދޭނަމޭ ބުންޏެވެ. ކައިވަން ދެލޯ ބޮޑުކޮށްލައިގެން އިނދެ ބޯޖަހައިލިއެވެ.

 

ކުލްސޫމާއާއެކު ސައިހަދައިގެން ސައިބޮއެގެން ޒީވާދިޔައީ ތައްޔާރު ވާންށެވެ. ކްރީމް ކުލަ  ސްޥީޓް ޝާޓަކާއި ހުދުކުލައިގެ ސްކިނީ ޖީންސްގައި ޒީވާ ނުހަނުފުރިހަމައެވެ. ހުދުކުލައިގެ ކެހެރި ޖެކްޓް ލައިގެން ނުކުންއިރު ކައިވަން ވެސް ވެސް ސިޑިން ފައިބަނީ އެވެ. ދެމީޙުން ކާރުގައި ޔުނިވާސިޓީއަށް ދިޔައެވެ. ޔޫމީން ބޮލުގައި ރިއްސާތީ ނުދާ ވާހަކަ މެސެޖް ކޮށްފައި އިނުމުން ޒީވާ ގަސްތުކުރީ ކުލާހުން ނިމިގެން އައިސް ޔޫމީންގެ ގާތައް ދިޔުމަށެވެ.

***

ވިލާތަކުގެ މަތިން އުދުހެމުން ގޮސް ނުހަނު މައްޗަށް އެރުން ފަހުން ވައި ކަފާލާފައި ދިޔަ އައްޒާމް އާއި ޔާސިރް އަށް ވަދެވުނީ ވަކިން އޮތް މަޑުރަތް ކަމެއް ހުރި ވިލާގަނޑުގެ ތެރެއަށެވެ. އެއާއެކު  ދަމާ ބާރެއް ފަދައިން އޭގެ ތެރެއަށް ދަމައިގަތެވެ. ދެމީހުންނަށް ވެސް ނުކުމެވުނީ ހަނި ގޯޅިއަކަށެވެ. އައްޒާމް އާއި ޔާސިރް  ވަރަ ލައްޕާލުމާއިއެކު އެ ކަޝްފްވިއެވެ.  ދުވާލްގެ ވަގުތުވެސް އެ ހިސާބުގަނޑު އަނދިރިކޮން އޮތް ނަމަވެސް ތަން ތަން ސާފްކޮން ފެނެއެވެ. ދެމީހުން ވެސް ލައިގެން ތިބި ޖެކެޓްތަކުން މޫނު ފޮރުވާލިއެވެ.

“ލެޓްސް ގޯ..” އައްޒާމްގެ ފަހަތުން ޔާސިރްވެސް ހިނގައިގަތެވެ.

މަގުމަތީގައި ހޭލަ މޭލަ ވަމުން މީހުން ދެއެވެ. ކޮންމެ މީހެއްވެސް ފެންނަނީ ހުޑްއަކުން މޫނާއި ބޮލާއި ފޮރުވާލައިގެން ވާތަނެވެ. މަގުތައް މަތިން ކާރާއި ސައިކަލްތައް ދުއްވަމުން ދިޔައިރު ފިހާރަތުގައިވެސް މީހުން ހޭލަމޭލަ ވަމުންދިޔައެވެ. މުޅިންވެސް ކަޅު ހެދުންތަކުގައިވެ މީހުންނެވެ. މޫނާއި ބޯ ނިވާކޮށްގެން ތިބި މީހުން ނެވެ.

ޔާސިރް އާއި އައްޒާމް ހަލުވި ހިނގުމުގައި ހަނި ގޯޅިތަކުން ލާފައި ގޮސް ހުއްޓުނީ ގެއެއްގެ ކުރިމައްޗަށެވެ. ފަސް ބުރިއަށް ނަގާފައިވާ އިމާރާތުގެ ދޮރުވާނަކަށް ހުރި މީޙާއަށް ދެމީހުންގެ މޫނު ދައްކާލުމުން ނުހަނު ފަސޭހައި އެތެރެއަށް ވެއްދިއެވެ.

އެތެރެއަށް ވަން ދެމީހުން ފެނި ސިޓިންގްރޫމް ސޯފާގައި އިން މާއިސް އުފަލުން ތެދުވިއެވެ.އައްޒާމް އާއި ޔާސިރް އާއި ސަލާމް ކޮށްލުމަށްފަހު މާއިސް އެމީހުންނަށް އިށީނުމަށް ބުނެލިއެވެ.

މާއިސް ކިތައްމެ ހެވިފައި ހުރި ނަމަވެސް އޭނާގެ ދުޅާވެފައި ވާ ދެލޮލުން ކަންތައް ރަނގަޅު ނޫންކަން ހާމަވެއެވެ. އައްޒާމް  ފުރަތަމަ ވެސް މާފަށް އެދުނެވެ.

“އިޒާން އަތުން ނިޔަލް މަރުވިޔަސް އައްޒާމް އެއްވެސް ޔާސިރްއެއް ވެސް އަދި ހުދު ލިވިޔާއެއްވެސް ނުޖެހޭނެ މާފަށް އެދޭކަށް..އަދި އިޒާން އެއް ވެސް ނުޖެހޭނެ މާފަށް އެދޭކަށް.. ތި އާއިލާ އެއްވެސް ނުޖެހޭނެ.. އަހަންނަކީ އިޒާން ނަމަ ނިޔަލް މަރާލިތާ ކިތައްމެ ދުވަހެއް.. އޭނާ ކަމެއް ނުކޮށް ހުއްޓަ  އެއްނޫނެއްނު އިޒާން އޭނާ  މަރާލީ.. އޭނާއަށް އެހެން ވާންޖެހުނީ ކެރާ އާއި ޖެހުމުން ..ނިޔަލް އަކީ ރަނގަޅު ކުއްޖެއް.. އެކަމަކު ކުއްލިޔަކަށް އޭނާ މުޅިން ބަދަލް ވެ އަނިޔާ ވެރިޔަކަށް ވީ ހަމަ ކެރާ އާއި ހެދި …ނިޔަލްގެ ހަގީގީ ގާތިލަކީ ކެރާ.. “މާއިސް މަޑުމަޑުން ހީލި ނަމަވެސް އޭނާގެ ހިތުގައި ވެސް ވަނީ ބަދަލްހިފުމުގެ ރޫހެވެ.

“ޒިރާސް އާ ސިފްރީނާ ވެސް މުސްކުޅިކަމުން ކިރިޔާ ހިނގާ ލެވޭ ކަން އެކަމް ވެސް ތެޅި އަރުވާ ވައްތަރު.. މީގެ ދެއަހަރު ކުރިން އަހަރެމެންގެ ބައްޕަ މަރުވީމާ ވެސް މޫނު ބަލައިލަން ވެސް މަޑު ކޮށްލެ ވުނީ ފަސްމިނެޓް ވަންދެން.. ކެރާ އާއި އޭނާގެ މައިންބަފައިންގެ ސަބަބުން ހަމަ… އަހަރެން ބޭނުން އޭގެ ހިތި އެމީހުންގެ ކަރުބުޑުގަ ލައްވަން..އަހަރުމެން މަޑުން ތިބޭތީ އެމީހުން ހީކުރީ ކަމެއް ކުރަން ނުކެރިގެން އުޅޭކަމަށް…”އައްޒާމް ގެ ވާހަކައަށް މާއިސްއާއި ޔާސިރް ބޯ ޖަހައިލިއެވެ.

“އެނގޭތަ ހަމްދޫންބެ  މަރުވިއްޔެއްނޫނޭ .. މަރާލީ …ޒިރާސް ތިދެމީހުންގެ ބައްޕަ މަރާލީ.. އަހަރެން ބުނީމެންނު އަހަންނަށް ވަދެވުން ވާހަކަ އެދުވަހު ހަމްދޫނުބެ ޖަނާޒާއަށް .. އަހަންނަށް އެދުވަހު ވެސް ސައްކުވި.. އެދުވަހު ދެމީހަކު ވަރަށް ބިރުން އުޅުނު އެ ޖަނާޒާ ތެރޭގަ. އޭރުން ފެށިގެން އަހަރެން ބަލަމުން މިއަންނަނީ ބަލަމުން .. އެކި ދުވަސްތަކުގަ އެދެމީހުންނަށް ސައްކުވާތީ  އަހަރެން އެމީހުންނާ ބައްދަލުކޮށްފަ އަހަން.. އެކަމަކު އަނގަ ވެސް ހުޅުވާ ނުލާ.. ދެން ރޭގަ އަމިއްލަ އަށް އައިސްފަ ބުނީ.. ހަމަދޫންބެ މަޜާލަނިކޮން ދެމީހުންނަށް ފެނުނީ އޯ..  ކުއްލިޔަކަށް ކީއްވެހޭ އައިސް ތިބުނީ އެހީމަ ބުނީ އެ ދެމީހުންގެ ބައްޕަ ވެސް މަރާލީ ޒިރާސް އޯ ..ހަމްދޫންބޭ މަރާލި ދުވަހު ހަމަ.. އެމީހުންވެސް  ބޭނުންވަނީ އިންސާފް ..އެހާ ގިނަދުވަސް ވަންދެން މަޑުން ތިބެވުނީމަ މިހާރު އެކަމާ ދެރަވޭ އެމީހުންވެސް… ދެ ހެކި ވެރިން އެ ލިބުނީ.. އެތައް ދުވަހެއްގެ އިންތިޒާރު.. އެމީހުންތިބީ ހެކިދޭން ތައްޔާރަށް.. އަމިއްލަ ފުރާނަ ނުރައްކަލަކަށް ލައިގެން އެމީހުން އެއްބަސް ވެއްޖެ އެހީ ވާން.. މީ މިއަދު އަހަރެން ތި މީހުން ގެނަ ސަބަބު..މިހާރު ގާނޫނުގެ ކުރިމައްޗަށް ދިއުން އުނދަގުލަކަށް ނުވާނެ .. އެމީހުން  އިނދަ ޖައްސާލާފަ އަހަރެން ދެން      ބައި ކުރިޔަށް ދެން އޮތް ބައި ކުރިޔަށް ގެންދާނީ ތިމީހުންގެ އެހީ އާއެކު..” މާއިސްގެ ވާހަކަ އަޑު އިވި ޔާސިރް އަށް “އަލްހަމްދުލިއްލާހް ” އޭ ބުނެވުނެވެ. އޭނާގެ ދެލޮލުން  ކަރުނަ ފައިބަން ފެށީ އެތައް ދުވަހެއްގެ އިންތިޒާރު ނިމުމަކަށް އައީމައެވެ. އައްޒާމް ގެ ދެލޯ ވެސް އުފާވެރިކަމުގެ ކަރުނުން ފުރުނެވެ.

އިރުކޮޅަކު ވާހަކަ ދައްކަން މަޑު ކުރުމަށްފަހުން މާއިސް އާއި ސަލާމް ކޮށްފައި ދެމީހުން  އެގޭން ނުކުތީ ވަރަށް އަވަހަށް އަންނާނަން ކަމަށް ބުނެފައެވެ.

 

***

“ދަރިފުޅާ .. މަންމަ ކަމަކު ކިޔާށޭ މިއައީ..” ޒީވާގެ އެދުގައި އިށީންދެލައިގެން އިނދެ ލަވާލް ބުނެލިއެވެ. އަލަމާރި ކައިރިގައި ދޮވެގެން ގެނައި ހެދުންތައް އެޅުވުމުގައި އުޅުނު ޒީވާ އެ މަސައްކަތް ބަހައްޓާފާ އައިސް ލަވާލް ގާތު އިށީނދެ ކިހިނެތް ވީތޯ ސުވާލް ކުރިއެވެ. ކުލާސް ނިމިގެން އައިގޮތައް ޒީވާ ކުރަން ފެށީ އެ މަސައްކަތެވެ.

“ދަރިފުޅާ… ދަރިފުޅަށް ވެސް އެނގެއެންނު ކުރީ ރޭ ދޮންބެ އެއްކޮން ޑިއުޓީގަ އުޅުނީމަ ވެގެންދިޔަ އެއްވެސް ކަމެއް ނޭނގޭކަން.. ހުރިހާ މީހުންނަށް އެނގި ދޮންބެ އާ އިޒާން ގާތު ނުބުނެހުރުން ވާނެ ވަރަށް ބޮޑު ބޭއިންސާފަކަށް.. އިޒާން ކާރީގަ ބުނަން ވަގުތު ބޭނުންވާނެ ކަން އެނގޭ އެކަމަކުވެސް މިރޭ ހިނގާ މަންމައާ އެއްކޮން ގެޔަށް….މިބުނީ އެއްކޮން ބަދަލް ވާން.. ދަރިފުޅު އަމިއްލައަށް ދޮންބެއަށް މީޓް ކޮށްފަ ހުރިހާ ވާހަކައެއް ކިޔައިދިނުންވަރަށް ރަނގަޅު..މިހާރު މެމޮރީޒްތައް ވެސް އައިސްފި .. ހިނގާ ގެޔަށް ޗޭންޖު ވާން..މިހާރު މި ވާނީ ދުރު ތަނަކަށް ދަރިފުޅަށް.. ޒުހޫރު އާއި ކުލްސޫމާ ގޯހެކޭ ނޫން މިބުނަނީ .. ދަރިފުޅު ގެޔަށް ދިޔަސް އިޒާން އާ ނުފެނި އުޅެވިދާނެ…ދަރިފުޅުގެ ފެމެލީ އެތިބީ އެގޭގަ.. އެއީ ދަރިފުޅުގެ ގެޔަކީ..ހިނގާ ދާން ..ގެޔަށް ޗޭންގް ވިޔަސް ދަރިފުޅު ބޭނުން އިރަކު މިގެޔަށް އާދެވޭނެ” އާދޭހާއި އެކު ލަވާލް ޒީޥާ ގާތު ބުނެލިއެވެ. ވަރަށް ވިސްނުމަށްފަހު ޒީޥާ އެގޮތާއި އެއްބަސްވިއެވެ.

“މަންމާ..އަހަރެން މިހުރިހާ ދުވަސް ވަންދެން މިއުޅުނީ މިގޭގަ.. މިގޭ ބައްޕަ އާއި މަންމަ އާއި ކައިވަން ގާތު އަހަރެން ބުނެލާފަ ދާނީ.. ” ލަވާލްއަށް ވެސް އެގޮއި ކަމުދިޔައެވެ. ޒީވާ ޒުހޫރުމެންނާއި ބައްދަލުކުރަން އެމީހުންގެ ކޮޓަރިޔަށް އަށްދިޔައެވެ.  ޒީވާގެ އެދުމުގެ މަތިން ފަހަތުން ލަޥާލް ވެސް ދިޔައެވެ.

ޒީވާ ޓަކި ދިނުމުން ކޮޓާރީގެ ދޮރުހުޅުވާލި ކުލްސޫމާއަށް ޒީވާއާއި އެކު ލަވާލް ފެނުމުން ލިބުނީ ބޮޑު ސިހުމެކެވެ. “ލަވާ.. ” ކުލްސޫމާގެ  އަޑަށް ފަހަތުން އައި ޒުހޫޜުވެސް ދިޔައީ ސިއްސައިގެންނެވެ.

“އާދޭ އެތެރެއަށް .. “ކުލްސޫމާ ދޮރު ހުޅުވާލުމަށް ޒީޥާ މެން ވަންނަން ތަން ދެއްކިއެވެ. އޭރު އެ ކޮޓަރިތެރޭގައި ކައިނާ އުގައްލައިގެން ކައިވަން ފެނުމުން ޒީޥާ ޙީލިއެވެ.

“ބައްޕާ .. މަންމަ އަހަރެން ވަރަށް ބޮޑު ވާހަކަ އެއް ބުނަން ވެގެން މިއައީ..” ޒުހޫޜު ބުނާށޭ ބުނުމުން ޒީޥާ އެތަނައް އައި ސަބަބު ބުނެދިނެވެ. އޭނާ ހަނދާންތައް އާވި ވާހަކަ ބުނުމުން ޒުހޫޜު އާއި ކުލްސޫމާ ދެލޯ ބޮޑުކޮށްގެން ބަލަން ތިބި ގޮތުން ޒީވާއާއި ކައިވަން ގާތައް ހިނިއެވެ. “ޒީވާއަށް ފެންނަ ގޮތެއް ހެދީމަ ރަނގަޅުވާނެ.. ވަރަށް ހަނދާން ވާނެ މިހާ ގިނަ ދުވަހު އެކުގަ އުޅެފަ ކުއްލިޔަކަށް ދިޔައީމަ .. އަންނާތި މިގެޔަށް ކޮންމެ ދުވަހަކު ވެސް..” ޒީޥާގެ ގައިގާ ބައްދާލަމުން ކުލްސޫމާ ބުނެލިއިރު އޭނާއަށް ރޮވިއްޖެއެވެ. “ތެދެއް.. މިގޭގަ ނުހުންނާނެ ޒީޥާ އަށް މަނާ އެއްޗެއް ..ޒިވީ މިގޭން ދިޔަކަމުގައިވިޔަސް އެއީ ހަމަ ޒިވީގެ ކޮޓަރި..ކޮންމެ ދުވަހަކު ވެސް އަންނާތި.. މިނީ ވެސް ބޮޑަށް އޮޅުވާނީ ޒީވާއަށް ..މިނީ ކައިރިޔަށް އަންނާތި..” ޒުހޫޜު ޒީޥާގެ އަތުގައި ހިފާލާ ބާރުކޮށްލިއެވެ. ޒީވާ ބޯ ޖަހައިލަމުން ކޮންމެ ދުވަހަކު ވެސް އަންނާނަމޭ ބުނެލިއެވެ.

ޒީޥާ ނުކުންނަން ދިޔުމުން ކައިވަން ވެސް ޒީޥާގެ ފަހަތުން ހިނގައިގަތެވެ. ލަވާލް މަޑުކޮށްލީ ޒީޥާ ތައްޔާރުވެގެން އަންދެން ޒުހޫޜުއާއި ކުލްސޫމާއާއި ވާހަކަ ދައްކާލަން ތިބުމަށެވެ.

ޒީޥާގެ ސާމާނުތައް ޕެކް ކުރަމުންދިޔައިރު ކައިވަން ވެސް އެހީވެދިނެވެ. “އައިލް މިސް ޔޫ ބެސްޓްފްރެންޑް..” ޒީވާގެ ފޮށި ލައްޕާލަ ދެމުން ކައިވަން ، ޒީޥާގެ ކޮލުގައި ހިފާލިއެވެ. އޭނާ ހުރީ ހަގީގަތުގައި ވެސް ނުހަނު ދެރަވެފައެވެ. އެތައް ދުވަހަކު އެކުގައި އުޅުމަށްފަހު ޒީޥާ ދާތީ ކައިވަންއަށް ހީވަމުންދިޔައީ އޭނާގެ ގައިން އެއްބައި މަދުވާހެންނެވެ.

“އައިލް ޓޫ ކައި.. މައި ބެސްޓްފުރެންޑް.. ދެރަ ނުވޭ ކޮންމެ ދުވަހަކު ވެސް ކައި އާ އެކު އޭ ކުލާހަށް ދާނީ .. ކުރިމަތީގައި އެންނު އުޅޭނީ..ސޯ ކޮންމެ ދުވަހަކުވެސް އަންނާނަން.. ކަމޯން ގިމްމީ އަ ހަގް ބެސްޓޫ..” ޒީޥާވެސް ހުރީ ނުހަނު ދެރަވެފައެވެ. ނަމަވެސް ކައިވަންގެ ހިތްހަމަ ޖައްސައިދެމުން ކައިވަންގެ ގައިގާ ކުޑަކޮން ބައްދާލިއެވެ.

ދެމީހުން އެކުގައި ތިރިޔަށް ފޭބި އިރު ލަވާލްމެން ސޯފާގައި ތިއްބެވެ. ޒީވާ ފެނުމުން ލަޥާލްވެސް ޒުހޫޜުމެންނާ ސަލާމް ކުރުމަށްފަހު ގެއިން ނުކުންނަށް ހިނގައިގަތެވެ. ޒީވާގެ ފަހަތުން ކައިވަން ވެސް ޒީވާގެ ފޮށި ހިފައިގެން ނުކުމެގެން ދިޔައެވެ.

ދެ ނަމާދު ދޭތެރެ ވަގުތު ނަމަވެސް  ދުރުދުރަށް ދާންދެން މަގުމަތީގައި ދުއްވަމުން ދިޔަ އުޅަނދު ތައް ފެނެއެވެ. މަގު ހުރަސް ކޮށްލާފައި ގޮސް ތިން މީހުން ލަވާލްމެން ދިރިއުޅޭ ގެޔަށް ވަނެވެ.

“މަންމާ ..ދޮންބެ ކޮބާ.. .” ގޭގެ ދޮރު ކައިރީގައި ހުއްޓިލަމުން ޒީޥާ އަހައިލިއެވެ. ” ދޮންބެ އެބޯޅޭ ކޮޓަރީގަ.. ދަރިފުޅުގެ ރޫމް އެބަހުރި ޔޫމީ ރެޑީ ކޮށްފަ.. ރޫމަށް ވަދެފައި ހަމަ ޖެހިލާގެން ދޮންބެ އާއި ފޭސް ކުރާނީ..” ޒީވާގެ އަތުގައި ހިފާލައިގެން ލަވާލް އެތެރެއަށް ވަނެވެ. ގެޔަށް ވަން އިރު ޔާސިރް އާއި އައްޒާމް ސޯފާގައި އިނެވެ..

“އަހާ..މިއޮތް އައީނު.. ޒީވާ އަންނަ ވާހަކަ ބުނުމުން ބޮޑުބެ ނުގޮސް މީ ނީ.. ކިހިނެތް ތަ..” އައްޒާމް ހީލަމުން ޒީޥާ އާއި ވާހަކަ ދެއްކިއެވެ. ޒީވާ ވެސް އައްޒާމް އަށް ހީލަމުން ރައްދުދިނެވެ. ޒީވާގެ ހަނދާންތައް އައި ނަމަވެސް އެންމެންވެސް އޭނާއާއި މުހާތަބު ކުރަނީ “ޒީވާ”ގެ ނަމުންނެވެ. “ލިވިޔާ”ގެ ނަމުން ގޮވުމުން ޒީވާއަށް އުނދަގުވާނެކަން އެންމެނަށްވެސް އިޙްސާސް ވެއެވެ.

އައްޒާމް ވެސް ޒީވާއާއި ވާހަކަ ދައްކާލަން އިރުކޮޅަކު ހުރުމަށްފަހު ދިޔައީ އަލާނިޔަލްގެ ކާރިޔަށް ދިޔުމުގެ ކުރިން ގޮސްލުމަށެވެ.

ކައިވަންވެސް ފޮށި ބެހެއްޓުމަށްފަހު ދިޔައީ މިރޭ ޒީވާ ކުލާހަށް ގެންގޮސް ދޭން އަންނާނަމޭ ބުނެފައެވެ. ޔާސިރް  އާއި ލަވާލް ވެސް ކައިގެން ދާން ބުނުމުން ކައިވަން އިންކާރު ކުރީ ހަވީރު ސައިބޮއެގެން ހުރުމުންނެވެ.

“ހިނގާ މައްޗަށް  ..” ޒީވާ ގަޔާ ކާރިކޮށްލާއިގެން ހުރެ ލަވާލް  އެއްފަރާތުގައި ހުރި ލިފްޓަށް އަރަން ހިނގައިގަތެވެ. ޔާސިރްވެސް ޒީޥާގެ ފޮށި ހިފައިގެން ފަހަތުން އަރާ  ފުރަތަމަ ފުލޯއަށް އޮބާލިއެވެ

ޔޫމީންގެ ކޮޓަރިޔާއި ޖެހިގެން ހުރި ކޮޓަރި ހުޅުވާލުމަށްފަހު ލަވާލް ، ޒީވާ ވެއްދިއެވެ. މުޅި ކޮޓަރި ވަނީ މިންޓް ފެހި ކުލަ އާއި ހުދު ކުލައިންނެވެ. ޒީވާ އަށް އެންމެ ކަމުދާ ދެކުލައެވެ. ހުރިހާ ފަރުނީޗަރާކައި ހުދު ޓައިލްސް މަތީގައި އޮތް ކާޕެޓް ވަނީ ހުދުކުލައިންނެވެ.  ހުދު ސީލިންގައި ލެޑް ލައިޓް ފަތި ހަރުކޮށްފައި ހުއްޓެވެ. ހުރިހާ ފާރެއްގައިވަނީ މިންޓް ފެހިކުލަ ލާފައެވެ. ޒީވާ އެއްދުވަހަކު ޔޫމީން ގާތު އޭނާ “ޑްރީމް”ކުރާ އަމިއްލަ ކޮޓަރި ހުންނަން ބޭނުންވާ ގޮތް ކިޔާދިނެވެ. ޔޫމީން އެވަނީ އެހުރީ ޕޮއިންޓެއް ޔާސިރް ގާތު ބުނެ އެ ކޮޓަރި ހަމަ އެހެން ހަދުވާފައެވެ. އޭނާގެ އާއިލާ އޭނާ ދެކެ ވާ ލޯބި ފެނި ޒީޥާގެ ދެލޮލުން ކަރުނަ ހިލުނެވެ.

ޔާސިރް އާއި ލަވާލް އޭނާއާއި ވާހަކަ ދައްކަން ހުރުމަށް ފަހު ދިޔައީ ޒީވާ ޔަޒަކް ގެ ގާތައް ދާ ވާހަކަ ބުނުމުންނެވެ. ފޯނައް މެސެޖެއް އައުމުން ބަލައިލި އިރު އިޒާނގެ މެސެގެކެވެ. މިރޭ އަށަކަށް ޕްރެކްޓިސްއަށް އަންނާށޭ ބުނެ ކޮށްފައިވާ މެސެޖެކެވެ. ޒީވާ ކުޑަކޮން ހައިރާންވީ އިޒާން މިއަދު ކުލާހަށް ނުގޮސް މިރޭ ޕްރެކްޓިސްއަށް ދާން ބުނުމުނެވެ. އަތުގައިވާ ފޯނުން ގަޑި ބަލައިލި އިރު ހަތެއް ޖަހަނީއެވެ. ވަގުތު އޮތުމުން އޭނާ ޔަޒަކްގެ ގާތައް ދިޔުމަށް ކޮޓަރިން ނުކުތެވެ. އެހެން އެންމެންނަށް ހަގީގަތް އެނގޭ އިރު ޔަޒަކް އަށް ވެސް އެނގެން ޖެހޭނެ ތާއެވެ. އެއީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ. ޔަޒަކްގެ ކޮޓަރިޔަށް ދިޔުމަށް ދިޔަ  ޒީޥާ ސިހުނީ ކުޑަކޮން ހަޅޭއްލަވައިގަނެފައި އޭނާއާއި ދިމާލަށް އައި ޔޫމީން ފެނިފައެވެ. ޒީވާ އައުމުން ކުޑަ ކުއްޖެއްހެން ޔޫމީން އުފަލުން ފުންމަ ފުންމާފައި އުޅުނުގޮތުން ޒީވާގާތައް ހިނިއައެވެ.

“މިދަނީ ދޮންބެ ކާރިޔަށް.. ވިޝް  މީ ލަކް..” ޒީވާ ހިނގައިގަންނަމުން ބުނެލިއެވެ.. “ގުޑް ލަކް ޑާލިންގް.. މިރޭ ނައިން އަށް ރެޑީ ވާށޭ ކިޔާފަ ކައިވަން ގުޅާފި.. ހީ ވޮނަ މީޓް މީ އޯ” ޔޫމީން ވެސް ކޮޓަރިޔާ ދިމާލަށް ހިނގައިގަތުމުން ޒީވާ ކައިވަން އޭ ކިޔާ ދިމާކޮށްލަމުން ގުޑްލަކް އޭ ބުނެލިއެވެ.

 

***

ސާޖަރީ ތަކުގައި އަދި ބަލިމީހުން ބެލުމުގައި އަވަދެނެތި ޔަޒަކް އަށް އުޅެން ޖެހުން ލެއް ބިޒީ ކަމުން ނުނިދާ އުޅޭތާ ދެދުވަސްވެއްޖެއެވެ. މެންދުރު އައި ގޮތައް ޔަޒަކްއަށް ނިދުނީ އެވެ. ލަޥާލް އައިސް ނަމާދަށް ގޮވުމުން ޔަޒަކް ނަމާދު ކޮށްލައިގެން އަނެއްކާ ވެސް ނިދީއެވެ. އޭނާއަށް މިލާން އާއި ވެސް ދިމާ ނުވާތާ ދެދުވަސް ވެއްޖެއެވެ. ފޯނުން ގުޅާލިޔަސް ޔަޒަކް ބިޒީ ކަމުން ގިނައިރު ވާހަކަ ދައްކަން ،މަޑު ކުރެވޭ ގޮތެއް ނުވެއެވެ.

 

ޒީވާ ޔަޒަކްގެ ކޮޓަރީގެ ދޮރުގައި ހަޔެއްކަ ފަހަރު ޖެހިފަހުން ވެސް ނުހުޅުވިއެވެ. ޒީވާ ދޮރުގަ ތަޅާ ތަޅާ ވަރުބަލިވި އިރުވެސް ޔަޒަކް ނުހުޅުވިއެވެ. ޔާސިރް ވެސް އައީ ޒީވާ ދޮރުގައި ތަޅާ އަޑު އިވިގެންނެވެ. “ދަރިފުޅާ ދޮންބެ ނުހޭލާނެ ތިހާ މަޑުން ގޮވައިގެންނެއް… ގޮސް ވަދެފަ ހޭލައްވާލަ.. މިހާރު އޭނާ އަށް ނިދިފަ ހުންނާނީ،.. މުޅި ދުވަސް އެއްކޮން އޭނާ ނިދީ އެ..  މަޖްރިބް ނަމާދާ އަސްރު ނަމާދު ކުރަން ތެދުވެފަ އަނެއްކާ ނިދީ ..އިޝާ ނަމާދު ނުކޮށް އެއޮތީ އަދި.. އެހާ ވަރަށް ނިދަންޏާ ވެސް ވަރުބަލިކަމެއް ނުފިލާނެނު..” ޔާސިރް ޙިލަމުން ގޮވާލިއެވެ. ޒީވާ ވެސް ބޯޖަހައިލަމުން އެތެރެއަށް ވަނެވެ.

އެކޮޓަރިޔަށް ވަނުމުން ޒީވާއަށް ދެފަރާތައް ބޯހޫރާލެވުނީ އެ ކޮޓަރި ތެރެ އޮތް ހާލު ފެނިއެވެ. އެއީ އަބަދުވެސް އެ ކޮޓަރީގެ ހާލަތެވެ.  އެތަން މިތަނައް އަންނައުނުތައް އަޅާފައި ހުރި އިރު ޑްރެސިންޓޭބަލް ގައި ވެސް އެންމެ ފުޅިއެއް ވެސް ތަރުތީބުން އަތުރާފަ ނެތެވެ. އެއްފުޅިގަ މަތި އިނދެއްޖެޔާ އަނެއް ދެފުޅީގަ މަތި ނީނދެއެވެ. އެއްޗިސް ކައިފާ އަޅާފައި ހުރި ކަރުދާސް ތައް ފައިން އެއް ކާރި ކުރަމުން ޒީޥާ ގޮސް ހުއްޓުނީ އެނދުގެ މަގަތުގައިއެވެ.

ޔަޒަކްއަށްގޮވަން އުޅެފައި ވެސް ރަނގަޅު ހިޔާލެއް އައުމުން ޒީޥާ ލާނެތް ގޮތަކަށް ހީލިއެވެ.އެނދުގެ ތިރީގައި އިން ފެންފުޅި ނަގާ އަތައް ފެންކޮޅެއް އަޅަމުން ޔަޒަކްގެ މޫނައް އަޅާލިއެވެ. ޔަޒަކް ލަސްލަހުން ލޯ ހުޅުވާލިއެވެ. ” ދޮންބޭ..” ރަނގަޅަށް ދެލޯ ނުހުޅުވިގެން އުޅެނިކޮން އިވުނު އަޑާކުން ޔަޒަކް ކޮޅަށް ޖެހުނެވެ.

ގަބޫލް ކުރަން ދަތިވި ވަރުންޔަޒަކްއަށް އަމިއްލަ އަތުގައިވިކައިގަނެވުނީ އެއީ ހަމަ އަސްލަށް ވެސް ޒީވާ ތޯ ޔަގީން ކުރާށެވެ. “ސާބަހޭ ދޮންބޭ މީ މަށޭ.. ޒީވާ އޭ.. ކުރީގެ ލިވިޔާ ..މިހާރުގެ ޒީވާ އޭ.. މީނަ ކިހިނެތް ވެފަތަ މި އިންނަނީ.. އަހަހާ ..ހީވަނީ މޫނުމައްޗަށް ބިހެއް ތަޅާލާފަ އިންހެން” ޒީވާ ހީގަންނަމުން ބުނެލިއެވެ. ނަމަވެސް ޔަޒަކްއަށް ވާހަކަ ވެސް ނުދެއްކިފައި އިނެވެ. އެންމެ ފަހުން” ޕްރިންސެސް ” އޭ ބުނެ  ޒީވާގައިގާ ވަރަށް ބާރަށް  ބައްދާލިއެވެ.

“ލިވީ.. ދޮންބެ މިސްޔޫ އަ ލޮޓް..” ޔަޒަކްގެ ލޯ ފެންކަޅިވިއެވެ.

“ދޮންބޭ.. ދާ މަގުމަތީގަ ހުރިހާ ވާހަކަ އެއް ކިޔާ ދޭނަން .. ހިނގާބަ އަހަރެން ކުލާހަށް ލައިދޭން … އަހަރެންގެ މެމޮރީޒް ވެސް އައިސްފި.. މިގެޔަށް ޗޭންޖުވީ ސޯ އަހަރެން ގެޔަށް ވެސް ގެނެސްދޭން ޖެހޭނެ.. އަހަރެން މިދަނީ ރެޑިވާން .. އަވަސް ކުރާތި..” ޔަޒަކް ހައިރާންވެގެން ދެލޯ ބޮޑުކޮށްލައިގެން އިން އިރު އުފާވެރިކަމުގެ ކަރުނަތައް އޭނާގެ ދެލޮލުން އޮހިގަތެވެ. ޔަޒަކްގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލަދެމުން ނުރޯށޭ ބުނެ ޒީވާ ނުކުމެގެންދިޔައެވެ.

ޒީވާ ހުދު ކުލައިގެ ކުރުތާ އަކާއި އައިސްބުލޫ ޖީންސްއެއް ލުމަށް ފަހު އިސްތަށިގަނޑު ފަހަތއް ދޫކޮށްލިއެވެ. ކުރުތާގެ މެޔާއި ހަމައިން އިން ބަންދު އައްސާލުމަށްފަހު ހިތްފުރެންދެން ސެންޓު ޖަހާލުމަށްފަހު ޒީވާ ކޮޓަރިން ނުކުމަތެވެ. ތިރިޔަށް ފޭބި އިރު ޔާސިރް ކައިރީގައިއިން ޔަޒަކް އަށް ޒީވާ ފެނުމުން ތައުރިފް ކޮށްލިއެވެ.

ޒީވާ ލަދުގަންނަމަވެސް އެކަން ފޮރުވާލަމުންޔާސިރްއަށް ހީލައިފާ ޔަޒަކްގެ ގާތުގައި ދިޔުމަށް ބުންޏެވެ.

ޒީވާ ކާރުގައި އިނދެ ޔަޒަކްއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ފެށިގެން ނިމޭންދެންނެވެ. ނަމަވެސް ނިޔަލް ގާތައް އެރޭ ދާން ޖެހުނު ސަބަބު ފިޔަވާއެވެ. އެއީ އެއްވެސްމީހެއްގެ ކައިރީ ޒީވާ ބުނަން ބޭނުންވި ވާހަކަ އެއް ނޫނެވެ. ޔުނިވާސިޓީ ކައިރިޔަށް ގޮސްފައިވެސް ގަޑި ޖެހެން ވަގުތު ކޮޅެއް އިނުމުން ޒީވާ މަޑުކުރިއެވެ.

ޔަޒަކް އަށް ނިޔަލް ދެކެ އާދެވުނީ އަމަށަކު ރުޅިއެއްނޫނެވެ. ނަމަވެސް އިޒާން ، ނިޔަލްގެ ދުވަސް ދުއްވާލައިފި ކަމަށް ބުނުމުން ޔަޒަކްގެ ހިތައް ހަމަޖެހުން ލިބުނެވެ.

އިޒާން އޭނާގެ ގާތުގައި އެއްވެސް ވާހަކަ އެއް ނުބުނުމުން ޔަޒަކްގެ ހިތުގައި ސަކުވާ އުފެދުނެވެ. “ދޮންބެ އެންމެ ފުރަތަމަވެސް ބޭނުންވަނީ އަލާނިޔަލްގެ ކާރިން މާފަށް އެދެން.. އަސްލުވެސް ވަރަށްދެރަ ވެއްޖެ މިއަދު.. އައި ފީލް ބޭޑް ފޯ ހިމް.. އެހާ އުފާ ވެސް ވެއްޖެ ކޮއްކޮގެ ފުރާނަ ސަލާމަތް ކޮށްދޭން އޭނަ ކުރި މަސައްކަތް ފެނިފަ.. އީން އާއި ކައިވަން ..އެދެމީހުންނާ ވެސް  ބޭނުން ބައްދަލް ކުރަން ..ދޮންބެ އަށް އެކަން ކޮށްދީ..ކީއްވެތަ ދޮންބެ ކާރީގަ ނުބުނީ އެއްވެސް ވާހަކަ އެއް” ޒިވާގެ އަތުގައި ހިފާލަމުން ޔަޒަކް ބުނެލިއެވެ.

“މާދަން އެމީހުންނާ ބައްދަލް ކޮށްދޭނަން..މިރޭ ޑިފީ ކައިރިން މާފަށް އެދޭތި.. ސޮރީ ދޮންބޭ.. ދެން ދުވަހަކުވެސް ނުހަދާނަން އެހެންނެއް.. އެގޮތައް ސިއްރެއް ނުކުރާނަން ..އައި ޕްރޮމިސް..” ޒީވާ ޔަޒަކްގެ އަތައް ބާރުކޮށްލުމުން ޔަޒަކް ބޯ ޖަހައިލާފައި ޒީވާގެ ނިތުގައި ބޮސްދިނެވެ.

ކާރުން ފައިބާގެ ހުދުކުލައިގެ ކެހެރި ކޯޓު ގަޔަށް މަހާލީ ވެހެމުންދިޔަ ސްނޯއިން ސަލާމަތް ވުމަށެވެ. ޒީވާގެ ފަހަތުން ޔަޒަކްވެސް ވަނެވެ. ޔަޒަކް އަލާނިޔަލްގެ ގާތައް ދިޔުމުން ޒީވާ މިސްރާބު ޖެހީ އޭނާގެ ކުލާހަށެވެ. ދަމުން ކައިވަން އަށް މިރޭއައީ ޔަޒަކް އާއެކު ކަމަށް ބުނެ މެސެޖްކޮށްލިއެވެ.

ޒީވާ ކުލާހަށް ވަން އިރު އިޒާން ލެކްޗަރާ މޭޒުގައި  އިށީންދެލައިގެން އިން އިރު އިނީ ހަށަން ބަދެލައިގެންނެވެ.

އިޒާންގެ ތޫނު ނަޒަރު ޒީޥާގެ މޫނަށް ހުއްޓިފައިވާތަން ފެނުމުން ޒީޥާ ހަށިގަނޑުގައި ވާހާ ލޯއްޔެއް  ކޮޅަށް ޖެހުނެވެ. މުޅި މޫނަށް ރަތްކުލަ ފާއްދާލަން ގިނައިރެއް ނުވިއެވެ.

ކަޅުކުލައިގެ އަތް ދިގު ޓީޝާޓާއި ކަޅުކުލައިގެ ފައިކުރި ހިމަކޮން ހުރި ޖިންސުގައި އިޒާން ފެންނަލެއް ނުހަނު ރީއްޗެވެ. އޭނާގެ ރީތި އިސްތަށިގަނޑުގައި ޖެލް ލާ އެކި ދިމަލުން މައްޗައް ހިއްލާ ލައިފާ ވުމުން ތަފާތު ގޮތެއް ހުއްޓެވެ. ނަމަވެސް އިޒާންގެ ރީތިކަމަށް ބަދަލެއް ނާދެއެވެ.

ޒީވާ މަޑުމަޑުން އައިސް ގޮނޑީގައި އިށީނެވެ. އޭރުވެސް އިޒާން ހަމަ ބަލަހައްޓާއިގެން އިންގޮތައް އިނެވެ. އިޒާން އެހާ ވަރަށް ބަލާތީ ޒީވާއިނީ އިސްޖަހާލި ގޮތައް އިސް އުފުލާލަން ވެސް ނުކެރިފައެވެ.

“މި.. މިއަދު ކީއްވެ ކުލާސް އަށް ނައީ..” ޒީވާ އަހައިލިއެވެ. “މިސްވީ ތަ..” އެއިން ގޮތައް އިނދެ އިޒާން އެއްމިޔަނުން ހީލިއެވެ. ޒީވާ ވަގުތުން އިޒާން އާއި ދިމާ ބަލައިލެވުނެވެ. “އާރ ޔޫ ފްލާޓީން..” އަހަން ނާހަން ހުރެފައި ޒީވާ އަހައިލިއެވެ. އިޒާންގެ ފަރާތުން ލުއި ހީލުމެއް ފިޔަވާ އިތުރު ޖަވާބެއް ނައެވެ.

އެދުވަހުގެ ސެޝަން އާއި އެކު އޭނާ ކުރިޔަށް ދިޔައެވެ. ކިޔައިދެމުން ދިޔަ އެއްޗެއް ވިއްޔާ އިޒާން ކިޔައިދިނީޒީވާގެ މޫނަށް ބަލަހައްޓާއިގެންނެވެ. ލަދުންގޮސް ޒީވާ އިނީ ވިރޭ ވަރުވެފައެވެ.  ކުލާސް ނިމިގެން ޒީވާ  އަށް ވުރެން ކުރިން އިޒާން ކަލޫކުލައިގެ ޝާޓް ޖެކެޓް ލައިގެން ނުކުމަތެވެ.

ޒީވާ ދަބަސް ހިފައިގެން ނުކުން އިރު އިޒާންގެ ހިލަމެއް ވެސް ނުވެއެވެ. ޒީވާ  ފުންނޭވާ އެއް ދޫކޮށްލުމަށްފަހު އަލާނިޔަލް އޮތް ކޮޓަރިޔަށް ދާންވެގެން ލިފްޓަށް އެރިއެވެ. ލިފްޓުން ފައިބާއިގެން ޒީވާ ހަލުވި ހިނގުމުގައި އަލާނިޔަލްގެ ކޮޓަރި ދޮރުހުޅުވާލައިފާ ގޮސްވަނެވެ. އެތާ ތިބީ ކޮންބައެއް ތޯ ވެސް ބަލާ ނުލާ ވަންގޮތައް ވަދެ ބާރު ބާރަށް ވާހަކަ ދައްކަންފެށިއެވެ.

“ޑިފީ އަހަރެންގެ މޫނުމަތީގައި އެއްޗެއް ހުރީތަ.. އެއްޗެއް ހު.. ” ވާހަކަ ދައްކަ ދައްކާހުރި ޒީވާ ސިއްސައިގެންގޮސް  ދެލޯ ބޮޑުކޮށްލެވުނީ އަލާނިޔަލްގެ އެނދުކާރީގައި ހުރި ކަބޮޑުގައި ލައްވެލައިގެން ހުރި އިޒާން ފެނިއެވެ. އެއްއަތުން ރަތްކުލައިގެ އާފަލު އެއް ހިފާލައިގެން ހުރި އިރު އެއްމިޔަކަނުން ހީލައިފާ އެއްބުމަ އަރުވާލިއެވެ. ބިރެއް ފެނުނު ހެން ފަހަތައް ޖެހެމުން ޖެހެމުން ގޮސް ޒީވާ އެކޮޓަރިން ނުކު ދުއްވައިގަނެވުނީ އަލާނިޔަލް އާއި ޔަޒަކް ގޮވަގޮވާ ހުއްޓާވެސް ބިރުން ފިލަން ބޭނުން ވެފައި ހުރި ވަރުންނެވެ.

***

“ދޮންބެ ދޯ.. އެޓްލީސްޓް ސަޕްރައިޒް ވިކަމަށް އެކްޓް ކުރިނަމަ ދޯ.. ދެން ވެސް ދޭ ބަލަ އޭނަ ކައިރިޔަށް ގޮސް ތިކަންތައް ވެސް ރަނގަޅު ކޮޅުގައި ޖައްސާފަ އަންނަން..” އިޒާންގެ ބަނޑުގައި ޖަހާލަމުން އަލާނިޔަލް މަޖާވެލާފައި ހީލިއެވެ.

އިޒާން ޔަޒަކް އާއި ދިމާ ބަލައިލީ ހުއްދައަށް އެދޭފަދައަކުންނެވެ. ހިނިއައިސްފައި ހުރެ ޔަޒަކް ބޯ ޖަހައިލުމުން  އިޒާން އަތުގައި އޮތް އާފަލު އަލާނިޔަލް ގެ އަތައް ދެމުން ދުވެފައި ނުކުތެވެ. ނަމަވެސް ޒީވީާގެ ހިލަމެއް ނުވެއެވެ.

ލިފްޓް އާއި ދިމާ ބަލާލި ވަގުތު  އެ ފްލޯ އިން އެންމެ ތިރިއަށް މިސްރާބް ޖަހާފައިވާ ލިފްޓު ފެނި އިޒާން އަށް އެއީ ޒީވާކަން އެނގުނެވެ. ވަގުތުން ސިޑިއާއި ދިމާލަށް ވާހެން އިން ކުޑަދޮރު ކާރިޔަށް ގޮސް އެތަނުން ބޭރަށް ފުންމާލިއެވެ.

***

ލިފްޓުން ނުކުމެގެން ދުވެލާފައި ޒީވާ މިސްރާބް ޖެހީ އެތަނުން އަވަސްވީ ގޮތަކުން ނުކުމެގެން ގޮސް ޓެކްސީއަކަށް އަރައިގެން ގެޔަށްދާށެވެ.އޭރުވެސް ޒީވާގެ ހިތެކޭ އަރަބި އަހެކޭ އެއްވަރެވެ.  ނަމަވެސް ހޮސްޕިޓަލް އިމާރާތުން ނުކުމެވުންތަނާހެން  ބާރުގަދަ އަތަކުން ޒީވާގެ އަތުގައި ހިފާ ދަމާލިއެވެ.

ކުރިމަތިން އިޒާންގެ ފިރިހެންވަންތަ މޫނު ފެނުމުން ޒީވާއަށް ހުއްޓުން އެރިއެވެ. އިޒާން ޒީވާގެ އަތުގައި ހިފައިގެން ގެންގޮސް އިޒާންގެ ކާރުގެ ކުރީ ސީޓް ދޮރު ހުޅުވާލާފައި އެރުވިއެވެ. ޒީވާއަށް ގަދަހަދާނެ ހިތްވަރުވެސް އެވަގުތު ނުލިބުނެވެ.

ކާރަށް އަރާފައި އިޒާން ކަނާއަތުން ބޮލުގެ އިސްތަށިގަނޑު ރަނގަޅުކޮށްލަމުން ޒީޥާއާއި ދިމާ ބަލައިލިއެވެ. ނަމަވެސް ޒީވާގެ ހިމޭންކަމާއި މައުސޫމުކަން ފެނި އިޒާންގެ ކެތްތެރިކަން ކޮޅުން ލިޔެވެ.

“ޑޯންޓް ޔޫ ހޭވް އެނީތިންގް ޓު ޓެލް މީ..” ކާރުގެ ތެރެއަށް ވެރިވެފައި އޮތް ހިމޭންކަން ނަގާލީ އިޒާންއެވެ. ނަމަވެސް ޒީޥާގެ އަނގައިން ބަހެއް ނުނިކުތެވެ. ހުރިހާ ކަމެއް ޒީޥާގެ އަނގައިން އިޒާންއަށް ކިޔާދިނުމުން ނޫނީ މިރޭ އިޒާން ހުރީ ދޫދޭގޮތަކަށް ނޫނެވެ.

އިޒާން ލައިގެން ހުރި ޖެކެޓް ބޭލުމަށްފަހު ފަހަތު ސީޓުގައި ބޭއްވުމަށްފަހު ހުންގާނުގައިއަތުގެ އިނގިލި ތަކުން ހަރަކާތް ކޮށްލިއެވެ.

“އިޒާން ގޯޓު ޔޯ ހައުސް… ޑްރައިވް …” އެންމެ ފަހުން ޒީޥާ އަނގަހުޅުވާލިއެވެ. އޭރު އޭނާ އިނީ މަގުމައްޗަށް ނަޒަރު ހުއްޓާލައިގެންނެވެ. އިޒާން އަށް ގަބޫލް ނުކުރެވިފައި ޒީވާއާއި ދިމާލަށް ބަލަހައްޓާއިގެން ހުރެވުނެވެ. “އިޒާން އަޑެއް ނީވޭތަ.. ޑްރައިވް..” އިޒާންއަށް ސިހިފައި ކާރު ދުއްވާލެވުނީ ޒީޥާ އެއިންގޮތައް އިނދެ ހަޅޭއްލަވައިގަތުމުންނެވެ. ދެލޯ ބޮޑުކޮށްގެން އިނދެ އިޒާން އޭނާގެ ގެޔަށް މިސްރާބު ޖެހިއެވެ. “ފާސްޓާ…” އިޒާން ދުއްވަމުން ދިޔަލެއް މަޑުކަމުން ޒީވާ އިޒާން އަށް ކަޅިއަޅާލިއެވެ. އިޒާން އަވަހަށް ކުރިޔަށް ވުރެން ދުވެލި ބާރުކޮށްލިއެވެ. “އިޒާން އައި ސެއިޑް ފާސްޓާ..” ޒީޥާ އިދެފައި ހަރުކަށިކަމާއެކު ބުނެލިއެވެ. ނަމަވެސް އިޒާން މިހާރުވެސް ދުއްވަނީ ފުދޭވަރަކަށް ބާރަށެވެ. އެވާހަކަ އިޒާން ބުނުމުން އަނެއްކާ ވެސް ޒީވާ ކަޅި އަޅާލިއެވެ. ” ފާސްޓާ.. ފާސްޓާ..” އިޒާން ކުރިޔަށް ވުރެން ކާރު ބާރު ކޮށްލުމުން ޒީޥާ އިނދެފައި އަނެއްކާވެސް ބާރުކުރަން ބުނެލިއެވެ. އެންމެފަހު އިޒާން ކާރު ފުލްސްޕީޑަށްލިއެވެ. އޭރު އެމީހުންނަށް ވަނީ ޒިއުރިކްގެ ޖަންގަލީގެ މެދަށްހާ ހިސާބަށް އާދެވިފައެވެ. “އިޒާން ސްޓްޕް..” ޒީވާގެ އަޑުންސިހިފައި އިޒާންއަށް ކާރު ހުއްޓާލެވުނެވެ. އިޒާން ޒީވާއާއި ދިމާ ބަލައިލި އިރު ޒީވާ ވެސް އިނީ އިޒާން އާއި ދިމާ ބަލަހައްޓާއިގެންނެވެ.

“ވަޓްސް ރޯންގް ވިތް ޔޫ” މަޑުމަޑުން އިޒާން ބުނެލިއިރު އޭނާ އިނީ ޒީވާ އުޅޭމުންދިޔަ އާދަޔާއި ހިލާފް ގޮތުން ބިރުގަނެފައެވެ. ޒީވާ އިޒާން އާއި ދިމާ ބަލަން އިނުމަށްފަހު ސީޓް ބެލްޓް ނައްޓާލިއެވެ. ލާފައި ހުރި ޖެކެޓް ބޭލުމަށްފަހު ކާރުގެ ފަހަތު ސީޓައް އެއްލާލިއެވެ. މަޑުމަޑުން އިންތަނުން ތެދުވެ ގޮސް އިޒާންގެ އުނގުގައި އިއްތާލިއެވެ. އިޒާން ހައިރާންވެފައި ހުރިވަރުންއިތުރު ހަރާކާތެއް ގެންނަން ވެސް ނޭނގިފައި އިނެވެ. ކުއްލިޔަކަށް އިޒާން ސިހުނީ ޒީވާ އޭނާގެ ތުންފަތުގައި ބޮސްދިނުމުނެވެ.

***

(ނުނިމޭ)

 

 

❤️?RAMADAN MUBARAK DEAR ALL READERS ?❤️

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annora

Level 610 Stories100 Login100 Comments100 Stories

Weaving tales that linger long after the last page.🤍 Turning imagination into unforgettable stories.🤍 Every story is a journey; come take a trip with me.🤍 Capturing the magic in everyday moments.🤍 Crafting narratives that touch the heart and mind. 🤍 🤍🤍🤍

Other Articles

Previous

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (49)

Next

ވިންދު 1

Next
March 31, 2022

ވިންދު 1

Previews
March 30, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (49)

9 Comments!

  1. Annora says:
    March 31, 2022 at 5:06 pm

    salaam ❤️❤️❤️ hws you dear all readers ❤️❤️❤️ heres the 38th and 39th part of hiraas… i hope you guys will love this parts too ❤️❤️❤️ insha allah next part will be on soon ❤️❤️ ramadan mubarak guyz ❤️❤️ stay safe guyz❤️❤️

  2. Anonymous says:
    March 31, 2022 at 7:20 pm

    Hii annora ❤️❤️❤️
    How are u..? ❤️❤️❤️
    Masha Allah ❤️❤️❤️ mi dhe prt vx ❤️❤️❤️ vrh rythi ❤️❤️❤️ vrh furihama ❤️❤️❤️ vrh Nala ❤️❤️❤️ vrh chaalu ❤️❤️❤️ bunaane ehcheh vx neynge ehaa vx rythi ❤️❤️❤️ annnoraa vrh ufaa vejje two episodes effaharaa genes dhinyma ❤️❤️❤️ Lysm ❤️❤️❤️ Staysafe ❤️❤️❤️

    1. Annora says:
      March 31, 2022 at 11:20 pm

      hiii dear ❤️❤️ alhamdhulillah im good❤️❤️❤️ hws you dear❤️❤️awvv thank you so muchhhhh❤️❤️❤️❤️ it means alot❤️❤️❤️ v happy vehje mi 2 part vx dear ah kamudhiyaeema❤️❤️lym durling❤️❤️❤️stay safe ❤️❤️ next episode vx kiyaalahchey ❤️❤️❤️ ill submit soon insha allah❤️❤️

  3. Fathimath Sham says:
    April 1, 2022 at 12:59 am

    Wow? mee vvvvvv reeeethi vaahaka eh?just love thiss story abadhuvess mi story ge ep ah inthizaaru kurevenii n Vara ufaa veyn 2 ep ehkko genesdhey theevh and ehaaves dhiguko?❤️❤️❤️❤️
    Waiting for next 2 do?❤️

    1. Annora says:
      April 2, 2022 at 1:11 am

      awnn❤️❤️ thank you soo muchhh sham ❤️❤️❤️im so happy to see ur cmnt ❤️❤️❤️yess insha allah next part vx v avahah kiyaalan libeyne ❤️❤️

  4. Ryyn says:
    April 1, 2022 at 8:15 am

    Vrh vrh rythi mibaives ?? Masha allah. Alhey thankq so muchh 2 prts ehkoh genesdhinyma ? Waiting 4 nxt prt. Lysm. Stay safe tvgc ❤
    Ramadan Mubarak ??✨

    1. Annora says:
      April 2, 2022 at 1:13 am

      alheyyyyy❤️❤️❤️❤️❤️ it means alot ❤️❤️❤️yes mi two part dhigukohlaafa innaany ❤️❤️❤️next part vx thihaa sauguveri kamaa eku kiyaalahchey❤️❤️lymmmm rynn❤️❤️❤️stay safe dear ❤️❤️ ramadan mubarak ❤️❤️❤️

  5. s.n.o.w.f.l.a.k.e Maash says:
    April 1, 2022 at 10:01 pm

    Ramadan mubarak to u my favourite writer? May the beautiful month of Ramadan sprinkle you with pleasure with joys that you will cherish for the rest of your life.❤️❤️❤️Varah reethi Mi 2 part vs❤️❤️❤️how r u girl??? waiting curiously 4 the next❤️❤️❤️stay safe❤️❤️

    1. Annora says:
      April 1, 2022 at 11:20 pm

      awwnn❤️❤️❤️ ramadan mubarak to the one of the best supporter❤️❤️ ❤️hey maash .. kury part ge cmnt fenuny section close vifahun ❤️❤️ dear really sorry about that ❤️❤️ thankkkyouuu so muchhhh dear ❤️❤️❤️alhamdhulillah im fine ❤️❤️❤️ hws you darlingggg❤️❤️❤️stay safe dear ❤️❤️❤️

Comments are closed.

Next Episodeހިރާސް 38 & 39←


All Right Reserved!