Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ދުނިޔެއީ ދައުރުވާ އެއްޗެއްމެ..14

Queenquill Level 210 Stories100 Login
August 9, 2025 2 Mins Read
2 Comments

ގަދަކަމުން ލޯމަރައިގެން އޮތަސް ނީލަމްގެ ލޮލަށް ނިންޖެއް ނާދެއެވެ. ކުރިން ދުވަހަކުވެސް ނުކުރެވޭ ކަހަލަ ތަފާތު އިޙުސާސްއަކުން ހިތަށް އުނދަގޫވަމުން ދަނީއެވެ. ހިތްދަތިވަނީއެވެ. ހާސްވެ ނުތަނަވަސްކަން ވެރިވަނީއެވެ. ރާކިންއާއި މެދުގައި ޚިޔާލުކުރަން ބޭނުން ނެތްނަމަވެސް، ރާކިންއާމެދު ވިސްނެނީއެވެ. މިވޭތުވެ ދިޔަ އަހަރަކާ ދުވަސްކޮޅެއްގެތެރޭ ދެމީހުންގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމަށްފަހު އަނެއްކާވެސް މިހާ ހިސާބުން އެކަނިވެރި ޙަޔާތެއް ވޭތުކުރަން ޖެހުމުން އަޞަރުކުރަނީއެވެ. ހިތާމަތަކުން ފުރިގެންވީ ވޭނީ ކަރުނައިން ލޯ ފޯވެއްޖެއެވެ.

ރާކިންގެ ޙާލަކީވެސް އެއީއެވެ. ނުވަތަ އެޔަށްވުރެވެސް ގޯހެވެ. ނުގުޅޭނެކަން އެނގިހުރެވެސް އިރުއިރުކޮޅުން ގުޅާލައެވެ. އިރު އަރާތަނުން ނީލަމްއަށް އާދޭސްކުރަން ދިއުމަށް ރާކިން ހުރީ ތައްޔާރަށެވެ. އެއީ އޭރު ރާކިން ޤަބޫލުކުރިގޮތުގައި ނީލަމްއާ ނުލާ ރާކިންއަކަށް ނޫޅެވޭނެއެވެ. ތަޤުދީރު ދެމީހުން ވަކިކުރާނެކަން އިނގޭނީ ކިހިނެއް ހެއްޔެވެ.

ނީލަމްގެ ޙަޔާތުގެ ހިތާމާގައި ފެށުނު ދުވަހުގެ މޫސުން ބައިވެރިވަނީއެވެ. ހުއްޓުމެއްނެތި ވިއްސާރަވެހެމުން ދެއެވެ. ހުކުރު ދުވަސްކަމުން އޮފީހަށްވެސް ދާން ނުޖެހޭތީ ނީލަމް ބިއްޖެހިފައި ކަހަލަ ގޮތަކަށް އެނދުމަތީގައި އިނެވެ. ފުން ޚިޔާލީ ދުނިޔެއެއްގައެވެ.

“ނީލަމް…ރާކިން އެބަހުރި ހޯދަން އައިސް…” ރިފާ ކޮޓަރީގެ ދޮރު ހުޅުވާލަމުން ބުންޏެވެ.

“ބުނޭ ނެތޭ.. މިއަދު ހެނދުނު ރަށަށް ހިނގައްޖޭ ބުނޭ.. އޭނަ ފޮނުވާލަދީ ޕްލީޒް.” ރާކިންގެ ގާތަށް ދުވެފައިދާން ހިތްއެދުނަސް، ނީލަމްގެ ދުލުން ބޭރުވީ އެ ލަފުޒުތަކެވެ. ރިފާއަށް ޙަޤީޤަތް އެނގޭތީ އިތުރު އެއްޗެއް ނުބުނެ ނިކުތީ ބޯޖަހާލަމުންނެވެ.

“ނީލަމް ނެތް. ހެނދުނު ރަށަށް ފުރިވާހަކަ ދައްތަ ބުނީ” ރިފާ ދޮގުހެދީ އެކުވެރިޔާގެ ޙާލަށް ޙަމްދަރުދީ ވުމަށެވެ.

މޮޅިވެފައިހުރި ރާކިންގެ ހިތުގައި ރިއްސާލިއެވެ. އެއީ ދޮގެއްކަން އިނގުނަސް، ނީލަމް އެހާވެސް ރާކިންއާ ދުރުވާން ބޭނުންކަން އެނގުމުން ދެރަވީއެވެ. އިސްޖަހައިލައިގެން ހުރެ ރާކިން އެގެއިން ނިކުތީ ކަރުނަތައް ފޮރުވޭތޯ ހިތްވަރުކުރަމުންނެވެ.

ދެހިތްވެސް ތެޅި ފޮޅެނީއެވެ. ހަދާނެ ގޮތް ހުސްވެ ހިތްދަތި ވަނީއެވެ. ދެމީހުންވެސް އިންތިހާއަށް އެކަކު އަނެކަކު ދެކެ ލޯބިވެއެވެ. އެކަމަކު ލިބެން ނެތް ނަޞީބެކޭ ހީވެއެވެ.

ހޮނިހިރު ދުވަހުވެސް ރާކިން ނީލަމް ހޯދުމަށް ދިޔައެވެ. ލިބުނީ ހަމަ އެއް ޖަވާބެކެވެ. އެތައްއިރަކު ގެއިން ބޭރުގައިވެސް ހުއްޓެވެ. ރޭގަނޑުވެސް އެގޭ ކައިރިޔަށް ދިޔައެވެ. ނީލަމް ފެނޭތޯއެވެ. އެހެނަސް އެކަން ވާގޮތެއް ނުވިއެވެ. ރާކިން މާޔޫސްވެ ހިތްވަރު އެލެންފެށިއެވެ.

ނީލަމް އޮފީހަށް ދިޔައީ ދާހިތަކުން ނޫނެވެ. ނަފްސާނީ ގޮތުން އަދި މަސައްކަތަށް ތައްޔާރެއްވެސް ނޫނެވެ. އެކަމަކު އިތުރު ގޮތެއް ނެތީމަ ދިޔައީއެވެ. ކޮންމެހެންވެސް ނިންމާލަންޖެހޭ މަސައްކަތްތައް ހުރުމުންނެވެ.

އޮފީހުގައި އަވަދިނެތި އުޅުމުން ކޮންމެވެސް ވަރަކަށް ޚިޔާލުތަކާ ދުރުވިއެވެ. ވަގުތު ފާއިތުވެގެންދިޔަ ގޮތްވެސް ނޭނގެއެވެ.

ކުރަން ހުރި ހުރިހާ މަސައްކަތެއްކޮށް ނިމުނު އިރު ރަސްމީ ގަޑި ފަހަނައަޅައި ގޮސްފިއެވެ. ވަރުބަލިކަންމަތީގައި ނީލަމް އޮފީހުން ނިކުތުމަށް ތެދުވިއެވެ. ރަނގަޅަށް ނުނިދި ދެރޭވުމުން ވަރަށް ނިދިވެސް އާދެއެވެ. އެއްޗެއް ކާހިތް ނުހުންނާތީ ގައިގައި ވަރެއް ނެތެވެ.

އޮފީސް ދޮރުމައްޗަށް ނިކުމެވުމާއެކު ނީލަމް ސިހުނެވެ. އަވަހަށް އަލުން އޮފީހަށް ވަނުމަށް ހިތަށް އެރިނަމަވެސް އޭރު މާ ލަސްވެއްޖެއެވެ. ރާކިން އައިސް ނީލަމްގެ ކުރިމަތީގައި ހުއްޓުނެވެ. ހަތަރުކަޅިވެސް ހަމަނުކޮށް ވަރަށް ހިތްވަރުން ނީލަމް ހިނގައިގަތެވެ.

ނީލަމްގެ ފަހަތުން ރާކިން އައެވެ.

“ނީލަމް..ޕްލީޒް. ވާހަކަ ދައްކަބަލަ. އެންމެ ފުރުޞަތެއް ދީ..ތިހެން ނުހަދާ. ނީލަމްއާ ނުލާ އަހަންނަކަށް ނޫޅެވޭނެ. އަހަރެން ވަރަށް ލޯބިވެޔޭ ނީލަމްދެކެ” ރާކިން އާދޭސް ކުރިއެވެ. ނީލަމް ހުއްޓިފައި ރާކިންއަށް ބަލާލިއެވެ.

“މަގުމަތީގަ ތިގޮތަށް ނާދޭ. އަހަރެންގެ އަގު ވެއްޓޭނީ. އިތުރަށް އާދޭސް ނުކުރޭ. ތީހަމަ ބޭކާރުކަމެއް..ރާކިން ދައްކާ ވާހަކަތަކުގެ އިތުބާރެއް ނެތުނީމަ މިހެން މިވީވެސް.

އަމިއްލަ ޙަޔާތަކީ ތިމާގެ އެއްޗަކަށް ނުވީމަ. އަހަރެން ބޭނުމެއްނޫން މަންމައަށް ކުރިމަތިވީ ފަދަ ހިތްދަތި ޙަޔާތެއް ކައިވެނިކޮށްގެން… އެކަމުން ކުޑައިރު އަހަންނަށްކުރި އަޞަރު އަދި ހަނދާނެއް ނުނެތޭ…

އަލުން އެ ވޭން އެހެން ސިފައެއްގަ ދޭން މަސައްކަތް ނުކުރޭ.. އަހަރެންގެ ދިރިއުޅުމުން ދުރަށްދޭ..” ކުރަމުން ދިޔަ އަސަރަކުން ނީލަމްއަށް ރޮވުނެވެ. ލޯތްބަކީ ހުރިހާ އެއްޗެއް ނޫންކަން ނީލަމްގެ ސިކުނޑި ވިސްނާދިނެވެ.

ރާކިން ހުއްޓުން އަރާފައި ހުއްޓާ ނީލަމް އޮބާލިއެވެ.

އަސްލުގަވެސް ރާކިންއަށް ނީލަމް ގެއްލުނީ ހެއްޔެވެ. އަބަދަށް ވަކިވީ ހެއްޔެވެ. ރާކިން އައި ކޮޅަށް ހިނގައިގަތީ ސައިކަލު ބަހައްޓާފައި ހުރުމުންނެވެ.

ސައިކަލަށް އެރުމަށްފަހު ނީލަމްގެ ގެޔާ ދިމާލަށް މިސްރާބު ޖެހިއެވެ. ރާކިން ހުރީ ހިތްވަރު އެލުވާލާ ގޮތަކަށް ނޫނެވެ. ނަޞީބަކުން ނީލަމް ގެއަށް ވަނުމުގެ ކުރިން ރާކިން އެހިސާބަށް ފޯރިއެވެ.

“ނީލަމް…އަހަރެންދެކެ ދުވަހަކުވެސް ލޯބިވިއްޔާ ވާހަކަ ދައްކާލަން ފުރުޞަތެއް ދީ..” ރާކިން ނީލަމްގެ އަތުގައި ހިފާލިއެވެ. ނީލަމް އަތް ފޮޅުވާލަން މަސައްކަތް ކުރުމުން ރާކިން ކުރިއަށްވުރެ ބާރަށް ހިފާލިއެވެ.

މަގުމަތީގައި އިތުރު ޑްރާމާއެއް ނުކުޅުމަށްޓަކައި ނީލަމް ބޯ ޖަހާލިއެވެ.

“ފަހުން އެކަމު… އަހަރެން ގުޅާނަން” ރާކިން ނީލަމްގެ އަތުން ދޫކޮށްލުމުން އަވަސް އަވަހަށް ގެއަށް ވަންނަން ދިޔައެވެ.

ނީލަމް އެހެން ބުނީ ބަށްދަލުވާކަށް ނޫނެވެ. އެވަގުތަށް ސަލާމަތް ވާށެވެ.

Share Article

Follow Me Written By

Queenquill

Level 210 Stories100 Login

Tales of Heart...

Other Articles

Previous

އެކުގައިވާނަން-9

Next

އަހަންނަށް އަޅާލާ

Next
August 9, 2025

އަހަންނަށް އަޅާލާ

Previews
August 9, 2025

އެކުގައިވާނަން-9

2 Comments!

  1. Ghost girl 👻 says:
    August 22, 2025 at 7:14 pm

    When’s the next part????

    1. Queenquill says:
      August 24, 2025 at 11:55 pm

      Soon in sha Allah ❤️

Comments are closed.



All Right Reserved!