Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދެނީ (5)

Psenhi
April 9, 2017
4 Mins Read
59 Views
18 Comments

ހެނދުނުގެ ވަގުތެވެ. މިއަދަކީ ލައިބާއަށް ބޮޑު ދުވަހެކެވެ. ނުވައެއް ޖަހާއިރު އިންޓަވިއުއަށް ކިޔާފައި އޮތުމުން ގަޑި ކައިރިވެފައިވާތީ ލައިބާ އަތްމަތި އަވަސްކޮށްލިއެވެ. އެންމެ ފަހު ވަގުތުގައި ފާޚާނާއަށް ދާން ޖެހުމުން ކުޑަތަަންކޮޅެއް ލަސްވީއެވެ. ގޭގެ ދޮރުމައްޗަށް ނިކުތްއިރު ސީމާ ސައިކަލްގައި އައިސް މޑުކޮށްލަނީއެވެ. ލައިބާ ދުވެފާ ކަހަލަ ގޮތަކަށް އެދިމާއަށް ދާތަންފެނި ސީމާއަށް ދެފަރާތައް ބޯހޫރާލެވުނީ އެކުއްޖާފުޅު ގަޑިޖެހިދާނެތީ ހާސްވެފާ ހުރުމުންނެވެ. ލައިބާ ޓެކްސީއަށް ގުޅުމުގެ ބަދަލުގައި އޮފހަށް ލައިދިނުމަށް ސީމާގެ ކިބައިން އެދުނެވެ.

އައްސަލާމް އަލައިކުމް. ދަނބުކުލައިގެ ޔުނީފޯމްގައި ހުރި އަންހެން ކުއްޖާގެ ފަހަތުން ކެބިންގެ ތެރެއަށް ވަދެގެންއައި ލައިބާ ސަލާމް ގޮވާލިއެވެ. މޭޒު ދޮށުގައި ފުރަގަސްދީގެން އިން ޒުވާނާގެ ފަރާތުން ރައްދެއް ނުލިބުނެވެ. އަނެއްފަރާތައް ގަނޑި އަނބުރާލަމުން ހަރުކަށި ރާގެއްގާ އަންހެން މުއައްޒަފަކަށް ހުރި މީހާއަށް ފައިލް ބޭއްވުމައްފަހު ނިކުތުމަށް އެންގިއެވެ.

ދޮރު ލެއްޕުނު އަޑު އިވުމުން ހިފައިގެން އިން ފައިލް ތިރިކޮށްލުމާއިއެކު ލައިބާގެ ދެލޯ ބޮޑުވެ އަތްފައި ފިނިވިއެވެ.

ޝައިމްއަށް ހީވީ އަނެއްކާވެސް ހުވަފެނެއްގާ އުޅެވެނީ ހެންނެވެ. އެރީތީގެ ރާނީ އަނެއްކާވެސް މިހުރީ ކުރިމަތިން ފެންނާށެވެ. ޝައިމްއަށް އެސްފިޔަ ޖަހާލަން ހަނދާންވީވެސް އިރުކޮޅެއް ފަހުންނެވެ. ދެމީހުންނަށްވެސް ތިބެވުނީ އަމިއްލަ ދުނިޔެއަކަށް ގެއްލިފައެވެ.

ފެންނަމުން މިދަނީ ހުވަފެނެއް ނޫންކަން ޝައިމްއަށް ރޭކަލީ އަތުގާ އޮތް ފައިލް ފައި މައްޗަށް ވެއްޓުމުންނެވެ.

ލައިބާގެ ބޮލުން ފެށިގެން ފަޔާއި ހަމައަށް ޝައިމްގެ ތޫނު ނަޒަރުން ބަލާލިއެވެ. ހަމަ އެހިނދު އެ ލޮލުގެ ތެރެއިން އަލިފާންކަނި ބުރާހެން ހީވިއެވެ.

އެންމެ ފެނިލުމަކުން އަހަރެންގެ ރޭގަނޑުގެ އަރާމު ނިދިކޮޅު ނަގާލި އަންހެން ކުއްޖާ ތިއީ ހެއްޔެވެ؟ އެތައް ޒުވާން އަންހެން ކުދިންނެއް އަހަރެންގެ އެންމެ ބަލާލުމަކުންވެސް ކޮންމެފަދަ ޤުރުބާނީއެއްވާން ތައްޔާރަށް ތިބިއިރު އަހަރެންގެ ހުވަފެނުގާ އެތަނުން ކުއްޖަކު ފެނުންނަމަވެސް އުފާވީހެވެ. ދެއިރުކާ ބޭހެއްހެން ދުވާލު ދެއިރު އެންމެ ޒަމާނާގުޅޭ އާ ދެ މޫނަށް ލޯބިކުރާ އަހަރެން ކަހަލަ މީހަކަށް ތިކަހަލަ ކަޓު މީހަކާއެކު އެއް ގަޑިއިރު ކީއްކުރަން އެންމެ ސިކުންތަކުވެސް ކެތްވާނީ ކިހިނެތް ހެއްޔްވެ؟

ލާނެއް ހިނިތުންވުމަކާއި އެކު މޭޒުމަތީއޮތް ފައިލް ހުޅުވާލަމުން ލައިބާގެ ނަން ގަނެވުމުން ހިޔާލަކަށް ގެއްލިފާއިން ލައިބާވެސް ހަމަޖެހިލަމުން ބަލާލިއެވެ. މިސް ލައިބާ އަދްނާން. ދުވަހަކުވެސް ލޯގަނޑެއްގެ ކުރިމައްޗަށް އަރާ އަމިއްލަ ސޫރައަށް ބަލާލިންތަ؟ ނުބަލަންޔާ މިއަދު ގެއައްގޮސް ރަނގަޅަށް ބަލާލާތި! ހީވަނީ ގައިގަ ކަޅުތެޔޮ ލައިގެން ހުރިހެން. މޫނުގަ ލާންވާއިރަށް ހުސްވީދޯ؟ ތިއަށްވުރެ ރީތި މަގުމަތީ ސަލާންޖަހަން ތިބޭ ފަޤީރު ކުދިންވެސް. މި އޮފީހުގަ އުޅެވޭނީ ވަރަށް ރީތި ޒަމާނީ ކުދިންނަށް. ވަރަށް ރީތި ޕަރީންފަދަކުދިން މިއަދުވެސް އިންޓަވިއު އަށް އައި. ހެހެހެ. ޝައިމް މަލާމާތުގެ ހިނިގަނޑެއް ޖަހާލިއެވެ. އެވަގުތު ލައިބާގެ ލޮލުން ކަރުނަ ހިލުނެވެ. އެތަނަށް ވަދުނީއްސުރެ ކޮޅައްހުރި ލައިބާ މަޑުމަޑުން ކެބިންގެ ދޮރު ހުޅުވާ ބޭރަށް ދުއްވައިގަތެވެ.

ފުރަގަސްދީގެން އިނދެ ހެމުންދިޔަ ޝައިމް ދޮރުލެއްޕުމާއިއެކު އެދިމާލަށް ނަޒަރު ހިންގާލިއެވެ. އެވަގުތު ކާމިޔާބީގެ ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިވިއެވެ.

ދުވެފާދިޔަ ލައިބާއަށް ހުއްޓުންއެރީ ވަރަށް ބާރަށް މީހެއްގެ ގައިގާ ޖެހުމުންނެވެ. އޭރު މެދުއުމުރުގެ ފިރިހެނެއް ކުރިމަތީ ހުއްޓެވެ. އަމް ސޮރީ. ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލަމުން ލައިބާ އަވަސްވެގަތީ އޮފީހުން ބޭރަށް ނިކުންނާށެވެ. އޭރު އެތަނުގައިތިބި އެންމެންގެ ނަޒަރު ލައިބާއަށް ހުއްޓިފާވުމުން ލައިބާ އިތުރަށް ލަދުގަންނަގޮތްވިއެވެ.

ދެންމެ ނިކުމެގެންދިޔަ އަންހެން ކުއްޖާގެ ޢަމަލު ހުރި ގޮތުން ޝާހިދުގެ މޫނުގެ ކުލަވަރު މުޅިން ބަދަލުވިއެވެ. އަވަސް ފިޔަވަޅުތަކެއްގާ ގޮސް ޝައިމްގެ ކެބިންއަށް ވަނެވެ.

ޝައިމް އަތުކޮޅަށް ހޫރާލި ފައިލް ގޮސް ޖެހުނީ ޝާހިދުގެ ފައިގައެވެ. ލައިބާ އަދްނާން. މަންޒިލް. އއ. ބޮޑުފުޅަދޫ. ބައްޕަގެ އަޑު ކަންފަތުގައި ޖެހުމުން ޝައިމް އަށް ކޮޅަށް ތެދުވެވުނެވެ.

ޝާހިދު އޭނާގެ ރުޅި މަޑުކޮށް ދަރިފުޅާއި ވާހަކަދެއްކީ މަޑުމައިތިރި  ކަމާއިއެކުއެވެ. ޝައިމް. ބައްޕައަށް ހީވަނީ މިއައްވުރެ ވަކި ޤާބިލް ކުއްޖެއް މި މަޤާމަކަށް ނުލިބޭނެހެން. މިއީ ބައްޕަ ފައިބިނދިގެން ދިވެހިބޭސް ކުރިއިރު އެންމެ ބޮޑު އެހީތެރިކަމެއްދިން ބައްޕަގެ ރަޙްމަތްތެރިއާގެ ހުރި ހަމައެކަނި ދަރިފުޅު. މިހާ ހަގުއުމުރުގައި ވަޒީފާއަށް ނިކުންނާނީ ކޮންމެވެސް މުހިއްމު ބޭނުމަކުކަން ޔަޤީން. އެއީ ވަރަށް ނިކަމެތި ޢާއިލާއެއް. އަނެއްކާ ނަތީޖާވެސް އެހާ ރަނގަޅު. ލައިބާއަކީވެސް އޭނާގެ ބައްޕަފަދަ ތެދުޏެރިއަކަށް ވާނެއޭ ބައްޕަގެ ހިތް ބުނޭ. ޝާހިދު ވަރަށް ތަފްސީލުކޮށް އޭނާ ލައިބާއަށް އެ ވަޒީފާ ލިބެން ބޭނުންވާ ސަބަބު ބުނެދިނެވެ.

ޝައިމްގެ މޫނުމަތިން ނުރުހުމުގެ އަސަރު މާރަނގަޅަށްވެސް ހާމަވެއެވެ. އެކަމަކު ބައްޕާ. އެއީ ރީތިކޮށް ހެދުންއަޅާކަށް އެނގޭކުއްޖެއްނޫން. މިކަހަލަ މަޤާމަކަށް ބޭނުންވާނީ ވަރަށް ޒަމާނީ ރީތި ކުއްޖެއް. އޭނައާއިއެކު އަހަރެން ކިހިނެތް ވޯކް ކުރާނީ. ފެނުނަސް ހޮޑުލަވާ. ޝައިމް އެއްފައްޗަކަށް އަމުނާލިއެވެ. ދަރިފުޅާ! ރީތި ކަމަކީ ބޭރުފުށް ރީތިވުމެއް ނޫން. ކިތަންމެ މޭކަޕެއް ކޮށްގެން ހުއްޓަސް ރިވެތި އަޚްލާގެއް ނެތިއްޔާ އެއީ ކަމުދާ މީހަކަށް ނުވާނެ. ލައިބާ އަކީ ޚުލްޤުހެޔޮ ދީންވެރި ކުއްޖެއް. މި މަޤާމަށް އެހެން މީހަކު ސިލެކްޓެއް ނުކުރެވޭނެ. ބައްޕަ ހަސަނުގާތު ބުނާނަން މިއަދު ލައިބާއަށް ގުޅާފަ މާދަމާ ވަޒީފާއަށް ނިކުންނަން އަންގާށޭ. ޝާހިދު އޭނާގެ އެންމެ ފަހުގެ ނިންމުން އެންގުމަށްފަހު ނިކުމެގެން ހިނގައްޖެއެވެ. ޝައިމް އައިސްފާހުރި ރުޅީގައި އަތް ގޮށްމުއްކަވާފަ ބާރަށް މޭޒުގައި ޖެހިއެވެ.

ގެއަށް ވަދެގެންއައި ލައިބާ ދުވެލާފައިގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. އަދި އެނދު މައްޗަށް ވެއްޓިގަތެވެ. އެއާއިއެކު މަޑުމަޑު ގިސްލުމެއްގެ އަޑު ކޮޓަރިތެރެއަށް ވެރިވެގެން ދިޔައެވެ.

ކިހިނެތްވީ ލައި؟ މީހަކު އެއްޗެއް ބުނީތަ؟ އިންޓަވިއު ކަޑަކޮށް ދިޔައީތަ؟ ޕްލީސް ނުރޮއި ވީގޮތެއް ބުނެދީބަ. ސަމާއަށްވެސް ވަނީ އެރުއިމުގެ ސަބަބުން އަސަރުކޮށްފައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ލައިބާއަކީ ވަރަށް ހިތްވަރުގަދަ ކުއްޖެއްކަން ސަމާއަށް އެނގެއެވެ. އަދި މިވީހާތަނަށް ލައިބާ ރޯތަން ސަމާއަށް ފެނުނު މިއީ ފުރަތަމަ ފަހަރެވެ.

ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލަމުން ނޭފަތް ދަމާލުމަށްފަހު ލައިބާ މޫނުދޮވެލިއެވެ. އަދި ލޯގަނޑަށް ނަޒަރު ހިންގާލިއެވެ. އޭރު އެބޮޑު ދެލޯވަނީ ރަތްވެ ދުޅަވެފައެވެ. ލައިބާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން ސަމާއަށް ވީގޮތް ކިޔާދިނެވެ. އެވަގުތު ސަމާގެ މޫނުމަތި ރަތްވެގެން ދިޔައީ އައި ރުޅީންނެވެ.

އަޅާނުލާ ލައި. އެކަހަލަ ބޮޑާ އަޚްލާޤެއްނެތް މީހަކާއިއެކު މަސައްކަތް ކުރާނެކަމެއްވެސް ނެތް. ރީތި ސިފައެއް ލިބިފަވުމުން ތިމާވަރުގެ މީހަކު ނެތިގެން. ޝައިމް އެހެން ބުންޏަސް ލައި އަކީ ވަރަށް ރީތި ކުއްޖެއް. އަދި ކަޅު ހެދުމާއި ކަޅު ބުރުގާ އަޅައިގެން ހުންނައިރު މާ ރީތިހެން ސަމާއަށް ހީވޭ. ގައިމު ކަމެއްވީމަތާ މަގުމަތިންދާއިރު ފިރިހެންކުދިން ކަޅިޖަހާނުލާ ބަލަން ތިބެނީ. ސަމާ މަސައްކަތްކުރީ ލައިބާ ހެއްވާލާށެވެ. އެކަން ސަމާއަށް ކާމިޔާބު ވެއްޖެއެވެ. ދެކުދިންގެ ހުނުމުގެ އަޑު ކެނޑުނީ ލައިބާގެ ފޯން ރިންގްވާން ފެށުމުންނެވެ.

އައްސަލާމް އަލައިކުމް!

އެކޮޅުން ވާހަކަދެއްކި މީހާ ދިން ޚަބަރަކުން ލައިބާއަށް ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އެއީ ކޮންކަހަލަ އިންސާނެއް ހެއްޔެވެ؟ މަޑުމައިތިރި ކަމާއިއެކު ބަހެއް ބުނަން ނޭނގޭތާ ކޮންމެ ފަހަރަކުވެސް ދައްކަނީ ހަރުކަށިކަމެވެ. ނުވިތާކަށް މިއަދު އެއްވެސް ކުށަކާއިނުލާ ލައިބާ ލަދުގަންނަވާ ރޮއްވާލުމަށްފަހު ވަޒީފާވެސް ދިނީ ހެއްޔެވެ؟ ލައިބާއަކީ މީހަކު އެއްޗެއް ބުންޏަސް އެހާ ފަސޭހައިން ރޯ މީހެއް ނޫނެވެ. ނަމަވެސް މިއަދު ޝައިމްގެ އެ ބަސްތަކުން އެހިތް ޒަހަމްވީ ކީއްވެ ހެއްޔެވެ؟ އެވާހަކަތަކަކީ ލައިބާއަށް ޤަބޫލް ކުރެވޭފަދަ ވާހަކަތަކެއް ނޫނެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް ލައިބާގެ ހެދުން އެޅުން ބަދަލު ނުކުރާނެކަމާއި އެއީ ދީނުގައި އަންގަވާފައި އޮންނަ ގޮތްކަމަށް އަބަދުވެސް ބުނަމުން އަންނަ ލައިބާއަށް މިއަދު އެހެން ބުނާނެ ހިތްވަރުވެސް އެވަގުތު ނިލިބުނީ ކީއްވެ ހެއްޔެވެ؟ ލައިބާއަށް އެނގިގެން ޝައިމް އެހާ ރުޅި އަންނަވަރުގެ ކަމެއް އަދި ކުރެވިފައެއް ނެތެވެ. އަދި ޝައިމް ކުރި ކަމަކަށްވެސް އެއްޗެއް ބުނެފައެއް ނެތެވެ. ވީއިރު އެ ދެދޮލުން ލައިބާއަށް އެ ފެންނަ ނަފްރަތުގެ ސިއްރަކީ ކޮބާ ހެއްޔެވެ؟

ޚިޔާލުތަކަކަށް ގެއްލިފައިން ލައިބާއަށް ހޭވެރިކަންވީ ސަމާ ދެފަހަރަކު ތަންކޮޅެއް ބާރަށް ގޮވާލުމުންނެވެ. ފޯނުކޯލާއި ބެހޭގޮތުން ވާހަކަދެއްކިއިރު ލައިބާގެ މޫނުމަތީ އެއްވެސް ކުލަވަރެއް ނެތެވެ. ވާންވީ އުފާކަމެއް ނޫނީ ދެރަކަމެއް ނުވަތަ ރުޅިއަންނަންވީކަމެއް އެވަގުތު ލައިބާގެ ސިކުނޑިއަށް ނުވިސްނުނީހެން ހީވެއެވެ.

އެއްކޮޅުން ބައްޕައަށްޓަކާ ވަޒީފާއެއް އަދާކުރުން މުހިއްމެވެ. މިހާތަނަށް ތަފާތުއެކި ތަންތަނަށް ސިޓީ ލައިގެންވެސް އަދި މި އޮފީހުންނޫނީ އިންޓަވިއު އަކަށްވެސް ގުޅާފައެއްނެތެވެ. އަނެއްކޮޅުން އެހާ ހަރުކަށި ިވެތި އަޚްލާޤެއް ދަސްވެފައިނެތް މީހެއްގެ ޕާރސަނަލް ސެކެޓްރީ އަކަށްވުމަކީ ފަސޭހަކަމަކަށް ހަމަގައިމުވެސް ނުވާނެއެވެ.

ލައި އެނަންބަރ އަށް ގުޅާފަ ބުނޭ ތިކަހަލަ އަޚްލާޤީ ފެންވަރު ދަށް ބޮސްއެއްގެކައިރީ މަސައްކަތް ކުރާކަށް އިންޓްރެސްޓެއް ނެތޭ! ސަމާ ލައިބާގެ އަތުގައި ހިފާލަމުން މިހެންބުނީ ތުންދަމާލާފައެވެ. ލައިބާ އަދިވެސް ހުރީ ހަމަހިމޭނުންނެވެ.

23
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Psenhi

Writing is my hobby. I love to read and write stories of different styles. An informative writing comes from lot of readings.

Other Articles

Previous

ޯލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން(14)

Next

މިހިތުގެ ފަސާނާ 33

Next
April 9, 2017

މިހިތުގެ ފަސާނާ 33

Previews
April 9, 2017

ޯލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން(14)

18 Comments

  1. RiMu says:
    April 9, 2017 at 8:52 pm

    when is nxt part.. maa kury eyy… nice story ekm

    1. cenhi says:
      April 9, 2017 at 9:38 pm

      Mee kurin up koffa in part eh. Dhn mihaa kureh nuvane Insha Allah

  2. maree says:
    April 9, 2017 at 9:36 pm

    hama v reethi

  3. Bleuuu says:
    April 9, 2017 at 10:18 pm

    Varah kuru ekam varah rythi… one problem; dialogues ga comma koalhi nulaathy varah undhagoo… dhen anna part eh ga comma koalhi lachchey.

  4. black rose says:
    April 9, 2017 at 10:24 pm

    Mi part vx v v reethi.. I love it..waiting 4the nxt part…

  5. Azuna says:
    April 9, 2017 at 11:33 pm

    V reethi…

  6. sonum says:
    April 10, 2017 at 2:07 am

    Acchi mi koaccheh

  7. Maree says:
    April 10, 2017 at 7:04 am

    VV reethi

  8. cenhi says:
    April 10, 2017 at 8:09 am

    Thnkx evry1. Next partga rangalhu kohlanan dialogs. Thank u 4 da comments. It helps me 2 improve.

  9. Reader says:
    April 10, 2017 at 10:54 am

    Kohmme partehga kiyuntherin eba buney kuru vaahaka thankolheh dhigu kohlaashey. Ekm rangalhu kuraanamey kiyaafa knme partehves mihunnany v kurukoh. And hykuran mi mahsalayah hahleh gehnnaane kamah. Story kuriyah dhaa goiyh salhi.

    1. cenhi says:
      April 10, 2017 at 12:06 pm

      Good point. If u read from da first part onwards I HV tryd 2 make it lil bit longer one by one. BT since I’m v new 2 this lil challenging. So v Sry 4 disappointing u n ol other readers. Thank you 4 da comment

  10. sidd says:
    April 10, 2017 at 11:13 am

    Konmme dhuvahaku up kuranyya ehaa dhigugoh nugenes dhevidhane.
    Ibraaikurun reethikollai, dialogue kolhuthah vakinliyumun kiuntherinnah faseyha vaane kiyaalan. Ummeedhaki kuriah huri parts thakugai rangalhu kollanekamah. good luck

    1. cenhi says:
      April 10, 2017 at 2:43 pm

      Thank u 4 understanding. Trying 2 improve. Thnkx

  11. lara says:
    April 10, 2017 at 11:23 am

    v reethi next part avas………………

  12. Pink fairy says:
    April 10, 2017 at 1:51 pm

    Koba miadhuge part dear

  13. Mine says:
    April 10, 2017 at 2:16 pm

    Kuru v ma ehaa interest eh nuhurey..Ehvs kameh nuvanis nimifa ohnai vaahaka. vaaahkaa ekm hadi eh noon

  14. Pink fairy says:
    April 10, 2017 at 4:09 pm

    Koba miadhuge epi

  15. xim says:
    April 13, 2017 at 8:33 am

    story kuruviyas story obinex 2 tha max

Comments are closed.

All Right Reserved!