Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދެނީ (6)

Psenhi Level 410 Stories100 Comments100 Login
April 10, 2017 5 Mins Read
8 Comments

ޝައިމް ލައިބާދެކެ އިންތިހާއަށް ރުޅިއާދެއެވެ. ސަބަބަކީ އެންމެ ފެނިލުމަކުންވެސް އެ ސޫރަ ޝައިމްގެ ހިތަށް އުނދަގޫ ކުރުމެވެ. ކޮންމެރެއަކު ހުވަފެނުގައި އައިސް ޝައިމްގެ އިޙްސާސްތަކާއި ކުޅުމެވެ. ލައިބާއަކީ ޝައިމްގެ ދިރިއުޅުމުގެ އެފަދަ މަޤާމެއް ދޭވަރުގެ ފެންވަރުހުރި ކުއްޖެއްކަމަށް ޝައިމްގެ ސިކުނޑި ޤަބޫލެއް ނުކުރެއެވެ. ޝައިމް ބިރުގަންނަނީ އެފަދަ ދުވަހެއް އަތުވެދާނެތީއެވެ.

އޮފީސް ތެރެއަށް ވަދެގެންދިޔަ ޝައިމް ވަރަށް ނޫންކަމަށް ހަދާފައި އެހެން މޭޒުތަކާއި ތަންކޮޅެއް ދުރުގައިހުރި ކުޑަ މޭޒާއި ދިމާއަށް ނަޒަރު ހިންގާލިއެވެ. އެއީ ޝައިމްގެ އެދުމުގެ މަތިން ލައިބާއަށް ޙާއްސަކޮށް ޝައިމްއާ ވީހާވެސް ދުރުގާ ބެއިންދުމަށް ތައްޔާރުކުރި މޭޒެކެވެ. އެމޭޒުގެ ކައިރީގައި ހުރި ގޮނޑި ހުހަށް ހުރުމުން ލައިބާ އަދި އޮފީހަށް ނާންނަކަން ޝައިމްއަށް އެނގުނެވެ.

ގަޑިން 8:45 ހިނގައިފިއެވެ. ޝައިމް މިހާރު ދެތިން ފަހަރު ބޭރަށް ނިކުމެލައިފިއެވެ. އަދިވެސް ލައިބާއެއް އޮފީހަކަށް ނާދެއެވެ. “ފުރަތަމަ ދުވަހު ގަޑިޖެހިގެން އަންނަންޏާ އަދި ކުރިއަށް އޮތްތާގައި ކިހާވަރެއްވާނެބާ؟” ޝައިމް މަޑުމަޑުން ބުނެލިއެވެ.

“ޝައިމް ސަރ މީޓިން ނައިންގަ. ނުދުރުވަންތޯ؟” މެނޭޖަރ ހަސަން ވާހަކަދެއްކީ ފޯނުންނެވެވެ. “މިނިކުންނަނީ” ކުރު ޖަވާބެއް ދިނުމަށްފަހު ޝައިމް ފޯނު ކަނޑާލިއެވެ. ކަމެއް ހަނދާާންވުމުން އަނެއްކާވެސް ދެންމެ ގުޅި ނަންބަރަށް ޑައިލް ކޮށްލިއެވެ. “ސެކެޓްރީއަށް ނެގި ކުއްޖާ އަދިވެސް ނާދޭތަ؟” ޝައިމްގެ ސުވާލަށް ހަސަން ޖަވާބުދިނެވެ. “ސޮރީ ސަރ. ހަނދާންނެތިފަ މިހުރީ. ރޭގަ ވަރަށް ގުޅިން އެކަމަކު ސަރގެ ފޯން އޮތީ ނިއްވާލާފަ. އެކުއްޖާ ރޭގަ ގުޅާފަ އަންނަން އިންކާރުކުރީ. އެ ވަޒީފާއަށް މިހާރު އިންޓްރެސްޓެއް ނެތޯ” ހަސަން ވަރަށް ތަފްސީލުކޮށް ވީގޮތް ކިޔާދިނެވެ. “ވަޓް” ޝައިމްގެ ދެލޮލުން ހީވަނީ އަލިފާން ކަނި ބުރާހެންނެވެ.

ކުރިއަށް އޮތް މީޓިންތައް ކެންސަލް ކޮށްލުމަށްފަހު އަވަސް ހިނގުމެއްގާ ޝައިމް ނިކުތީ އިތުރަށް އެންމެ ވަގުތުކޮޅަކުވެސް އޮފީހުގައި އިންނަން ބޭނުން ނުވާތީއެވެ. ކާރަށް އަރާ ބާރު ސްޕީޑެއްގާ ދުއްވާފައި ދިޔައީ ރަސްފަންނާއި ދިމާއަށެވެ.

ރަސްފަންނުގައި ހައްދާފައިހުރި ބޮޑު ހިރުނދުގަހުގައި ލެނގިލައިގެން މޫދާ ދިމީއަށް ބަލަހައްޓައިގެން ޝައިމް ހުއްޓެވެ. އެ ނުތަނަވަސްވެފައިވާ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ހިތުގައި އަނދަމުންދާ އަލިފާންގަނޑު މައިތިރި ވޭތޯއެވެ. ނަމަވެސް އެހިތަކަށް ކުޑަނަމަވެސް ލުޔެއް ނުލިބުނެވެ. އެހެންކަމުން މެންދުރުގެ ގަދަ ހޫނުން ސަލާމަތްވުމަށް ޝައިމް ޚިޔާރުކުރީ ގެއަށްދާށެވެ.

މެންދުރުގެ ކެއުމަށް ބޭނުންވާ ބައެއް ސާމާނު ގަންނަން ސަމާއާއިއެކު ފިހާރައަށްއައި ލައިބާ ބޭރަށް ނިކުމެލީ ބައްޕަގެ ކޯލެއް އައުމުންނެވެ. ކުޑަ އިރުކޮޅަކު ވާހަކަދައްކަން ހުރުމައްފަހު ފޯން ބޭއްވުމުން އެނބުރި ފިހާރައަށް ވަންނަން ނެގި ފިޔަވަޅު ފަހަތަށް ޖައްސާލެވުނީ ބޭއިޚްތިޔާރުގައެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މީހާ ފިނިވެ ނޭވާ މަޑު ޖެހުނުފަދަ އިޙްސާސްއެއް ލައިބާއަށް ކުރެވުނެވެ.

އައިނައި ދިމާއެއްވެސް ނޭނގި ކުއްލިއަކަށް ލައިބާގެ ކުރިމަތީ ހުއްޓިލައިގެން ހުރީ ލައިބާ މިވަގުތު އެންމެ ދެކެން ބޭނުން ނުވާ މޫނުގެ ވެރިޔާއެވެ. އަތްދިގު ހުދު ގަމީހާއި އަޅިކުލައިގެ އޮފީސް ފަޓްލޫނުގައި ހުރީ ޝައިމް ފިޔަވާ އިތުރު މީހެއްނޫނެވެ. އޮޅަނބުއްޓާއި ހަމައަށް އަތް އޮޅާލާފައިވެއެވެ. ބެގީ ނައްޓުވާލާފައި ޓައީވެސް ދޫކޮށްފައިވެއެވެ. ގަމީހުގެ ބައެއް ގޮށް ނައްޓާލާފައި ހުރުމުން މޭމަތިން ބައެއް ފެންނަން ހުއްޓެވެ. މަގުމަތިން ހިނގާފާދިޔަ ގިނަ ޒުވާން އަންހެން ކުދިން އެހެން ދިމާއަކަށް ނުބަލައެވެ. ބައެއްކުދިން ފައިވެސް އޮޅޭވަރުވެއެވެ.

“އަހަރެންގެ ނިންމުމަށް އިޚްތިރާމް ނުކޮށް އަހަރެންގެ ހަމަޖެހުން ގެއްލުވާލާފަ މިތާ ހަމަޖެހިލައިގެން ހުންނަންކެރުނީ ކިހިނެތް؟ ލައިބާހީކުރީ ލައިބާ ބޭނުން ގޮތަކަށް ކަނަކަން ނިންމިދާނެ ކަމައްތަ؟ ލައިބާ ޖެހޭނީ އަހަރެން ބުނާގޮތަކަށް ހަދަން. އިންޓްރެސްޓް ހުއްޓަސް ނެތަސް މާދަމާއިން ފެށިގެން ގަޑިނުޖެހި އޮފީހަށް އަންނާތި! އެހެންނޫނީ މާ ރަނގަޅެއް ނުވާނެ. ވަރަށް ކިޔަވާހިތްވެއެއްނުދޯ!” ދެޖީބަށް އަތް ޖަހައިގެންހުރި ޝައިމްގެ އަޑުގައިވީ އަމުރުވެރި ރާގެކެވެ. އޭރުވެސް ޝައިމް ރުޅިއައިސްގެން ތުރުތުރު އަޅައެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލި ލައިބާއަށް އަނގަ ބަންދުކުރަންޖެހުނީ ފިހާރައިގެ ދޮރުމަތީ ހުއްޓިލައިގެންހުރި ސަމާ ހަނާއަޅާލިތަން ފެނިފައެވެ.

ލައިބާ ގޮސް އޮބާލަންދެން ޝައިމް ހުރީ އެދިމާލަށް ބަލާށެވެ. “އޯ ގޯޑް. ވަޓް އޭމް އައި ޑުއިން. އޭނަ އަހަރެން އިގްނޯ ކުރިވަރަކަށް ކައިރިއަށް ގެންނަން މަސައްކަތް ކުރެވެނީ މި ކީއްވެތަ؟ އަހަރެން ބޭނުންގޮތަށް އޭނަ ޖޮބަށް ނައީމަވެސް އަހަންނަށް ހަމަޖެހުމެއް ނުލިބުނު. ނޫން. އަހަރެން އޭނައާއި ކްލޯސްވާން ބޭނުންވަނީކީނޫން. އަހަރެންގެ ޑިޒިޝަން އަކަށް އެގޮތައް އަންނަހާ މީހަކު ރެސްޕެކްޓް ނުކޮށް އަމިއްލަގޮތް އިޚްތިޔާރުކުރުމުގެ ހުއްދައެއް އެއްވެސް މީހަކަށް ނޯންނާނެ. އެވްރިތިން ޝުޑް ގޯ އޭޒް އައި ޕްލޭންޑް” ޝައިމް އަމިއްލަ ނަފްސަށް ހަނދާންކޮށްދިނެވެ.

ލައިބާއާއި ސަމާ ގެއަށް ދިޔައިރު ލީލާ އުޅެނީ އަނބުފަނި ގިރާށެވެ. ދެކުދިން އަވަސްވެގަތީ ސީމާ ބްރޭކަށް އަންނަންވާއިރަށް މެންދުރަުގެ ކެއުން ތައްޔާރުކުރާށެވެ.

އޮފީހުގައި މަސައްކަތައް ގެއްލިފައި އިން ސީމާ ބަލާލީ މީހަކު ކަރުކެހިލި އަޑަށެވެ. ހުރިހާ ދަތެއް ފެންނަވަރަށް ހީލައިގެން ހުރި ދާސް ފެނުމުން ސީމާ ހައިރާނެއް ނުވެއެވެ. އެއީ ދާސްގެ އާދައެކެވެ. އެ އޮފީހަށް ސީމާ ވަނިއްސުރެ ސީމާއާއި ވާހަކަ ދައްކާނުލާ ޖެއްސުންކޮށްނުލާ ދުވަހެއް ނާދެއެވެ. ސީމާއަށްވުރެ ދާސް އުމުރުން އެންމެ ބޮޑީ އަހަރެކެވެ. ދާސްއަކީ އެ އޮފީހުގައި އުޅޭތާ އެންމެ ގިނަދުވަސްވީ އެއް މުއައްޒަފެވެ. ސީމާ އެ އޮފީހަށް ޖޮއިންވިފަހުން އަދި މިވީ ދެއަހަރު ދުވަހެވެ.

“މިރޭ ފްރީވާނެތަ؟ އެރައުންޑް ނައިން” ދާސް ވާހަކަދެއްކީ ސީމާގެ ލޮލަށް ބަލަހައްޓައިގެން ހުރެއެވެ. “ހޫމް. ކހިނެތްވީ؟” ސީމާވެސް ކޮއްލީ ސުވާލެކެވެ. “ދާން ކެރޭނެތަ؟ ޑޭޓަކަށް. ވިތް މީ.” އަޅައަޅައި ގަންނަމުން އެހެން ބުނިއިރު ދާސް ފިނިވެފައިވާ މިންވަރު އަމިއްލައަށްވެސް އިޙްސާސްވައެވެ. ސީމާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއިރު އެދެލުން އުފާވެރިކަން ފާޅުވިއެވެ. އަދި ތުންފަތް މައްޗަށް ނުފިލާ ހިނިތުންވުމެއް ވެރިވިއެވެ.

އެހެން ނުވާންވީ ސަބަބެއް ނެތެވެ. މިދުވަހަށް ސީމާވަނީ ވަރަށް އިންތިޒާރު ކޮށްފައެވެ. މިވީ ދެއަހަރު ތެރޭގައިވެސް ކިތަންމެ ފިރިހެން ކުދިންނެއްގެ ފަރާތުން ސީމާއަށް އެފަދަ ދަޢުވަތުތައް ލިބުނެވެ. ނަމަވެސް އެފަދަ ކޮންމެ ދަޢުވަތަކަށް ސީމާ ބުނީ ނޫނެކެވެ. މިދުވަސް އަންނާނެކަމަށް ހިތުގައި އޮންނަ އުންމީދެއްގެ ބޮޑުކަމުންނެވެ. ދާސްގެ އުޅުން ހުންނަގޮތުން ސީމާއެކޭ އެއްފަދައިން އެހިތުގައިވެސް ސީމާއަށް ޙާއްސަ މަޤާމެއް ދެވިފައިވާނެހެން ހީވާތީއެވެ.

ކާރާއި ދިމާއަށް ޝައިމް މިސްރާބުޖެހާއެވެ. އޭރު ޕީ ޕީ ގެ އަޑުން ކަންފަތް ހީވަނީ ފަޅައިގެންދާން އުޅޭހެންނެވެ. ވާނީވެސް އެހެންތާއެވެ. އެ ހުސް ކާރު މަގު މެދުގައި ބާއްވާފަ އޮންނަނީ މިހާރު އިރުކޮޅެއް ވެއްޖެއެވެ. އަވަސް ހިނގުމެއްގާ ޝައިމް ގޮސް ކާރަށް އަރާ ކުރިއަށް ދުއްވާލިއެވެ.

“ދަރިފުޅާ ޝައިމް! އާދޭ ބަތްކާން” ދޮރުންވަދެގެން ކޮޓަރިއާއި ދިމާއަށް ދިޔަ ޝައިމްއަށް އޭނާގެ މަންމަ އަނީސާ ގޮވިއިރުވެސް ޝައިމް ނާންނާނެކަން އެނގެއެވެ. ނަމަވެސް އެއީ އަނީސާގެ އާދައެކެވެ. ޝައިމް ގެއިން ނުކެއަސް ކާ ކޮންމެ ފަހަރަކު ގޭގައި އުޅެންޏާ ޝައިމް އަށް ކާން ތައްޔާރުކޮށްދީ ކާންގޮވާނެއެވެ. އެއިން ކޮންމެ ފަހަރަކުވެސް އިވެނީ ހަމަ އެއް އަޑެކެވެ. “އަމް ނޮޓް ހަންގްރީ މޯމް”

ފެންވަރާ ފްރެޝްވެލައިގެން ޓީޝާޓަކާއި ސްކިނީއެއްލައިގެން ޝައިމް އެރީ ޓެރެއަށެވެ. އޭރު  ގަޔަށް ޖަހާފައިވާ ބޮޑީސްޕްރޭގެ މީރުވަހުން މުޅި ހިސާބު އެއްވަސްކޮށްލާފައި ވެއެވެ. “ޔެސް ބޭބީ. އަމް ކަމިން. ސީޔޫ ދެއަރ. ޔާ މިސް ޔޫ މަޗް” ފޯނު ގަނޑާލުމަށްފަހު ޖީބަށްލިއެވެ. އަދި ޝައިމްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

ލޯންޗު ރިޒޯރުގެ ޖެޓީއާއި ކައިރި ކުރުމުން ޝައިމް ލަސްނުކޮށް އެއިން ފައިބައިގެން އެއްގަމާއި ދިމާއަށް ހިނގައިގަތެވެ. ލޯ ހަނިކޮށްލަމުން ބަލާލިއިރު ތަންކޮޅެއް ދުރުގާ ހުއްޓިލައިގެން ހުރި އަންހެން ކުއްޖާ ފެނުމުން ޝައިމްގެ މޫނުމަތި އުޖާލާވިއެވެ. އިސްކޮޅުން ދިގު ލޫޅާފަތި ހަށިގަނޑެއްގެ ވެރިއެކެވެ. ކުޑަ ދެލަލޮލާއި ނޫކުލައިގެ ކަޅީގެވެރިއެކެވެ. ބުމަ ހިމަކޮށް ހަދާލަާފާ ވީއިރު ރަންކުލައަރާ ފަން އިސްތަށިގަނޑު އުނަގަނޑާ ހަމައަށް ދޫކޮށްލެވިފާވެއެވެ. ލާފައިވާ އަތްކެނޑި ޓޮޕްކޮޅާއި ކުރު ސޯޓުކޮޅުގެ ސަބަބުން އެ ދޮން އޮމާން ހަންގަނޑު ފެންނަން ހުއްޓެވެ. ފިރިހެނުން ތަލިން ކުޅު ހިކޭފަދަ ރީތިކަމެކެވެ.

“ހޭ ބިއުޓިފުލް!” މިލީ އާއި އަރާ ހަމަވުމުން ޝައިމް ލޯބިން ފުރިގެންވާ އަޑަކުން ގޮވާލިއެވެ.”ހޭ! އައި ލަވް ޔޫ” ތުއި ގޮތަކަށް އައިސް މިލީ ޝައިމްގެ ގައިގާ ބައްދާލިއެވެ. ދެން ފެނުނީ ކެތްމަދުވެފައިވާ ދެ މިތުރުންގެ ގައިގޯޅިވުންތަކެވެ.

ގަޑިން ނުވައެއްޖަހަން ފަސް މިނިޓް ހުއްޓެވެ. ސީމާ މަޑުމަޑުން ހނގާލާފައިގޮސް ހުއްޓުނީ ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގެ ކައިރީގައެވެ. ސީމާގެ އިންތިޒާރުގައި ފަނަރަ މިނިޓް ކުރިން އައިސްއިން ދާސް އަވަސްއަވަހަށް ތެދުވެ ކުރިމަތީހުރި ގޮނޑި ދުރުކޮށްލުމަށްފަހު ސީމާއަށް އިށީނުމަށް އިޝާރާތުން އެދުނެވެ. ރަތްގަމީހަކާއި ކަޅު ފަޓުލޫނެއްގައިހުރިއިރު ދާސްއާއި ވަރަށް ގުޅެއެވެ. “ކަޅެއްކަމަކު ހާދަހާ ހޭންސަމްއޭ” ސީމާގެ ހިތް ބުނެލިއެވެ.

ސީމާ މަޑުމަޑުން ގޮނޑީގައި އިށީނދެލިއިރު އެދޮން މޫނުވަނީ ލަދުންގޮސް ރަތްވެފައެވެ. އަތްފައި ފިނިވެފައިވުމުން ދެއަތް ދެއަތައް ކާއްތާލިއެވެ. ގަދަނޫކުލައިގެ ޖިލްބާބާއިއެކު އަޅިކުލައިގެ ޝޯލްއެއް އަޅާފާވެއެވެ. އެހެން ދުވަސްތަކެކެކޭ އެއްގޮތަށް މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކެއް ތުންފަތުގައި ޖައްސާފާވީއިރު މާބޮޑު މޭކަޕެއް ކޮށްފައެއް ނެތެވެ. މިހުރިހާ ސިފަތަކަކީވެސް ދާސްއަށް ވަރަށް ކަމުދާ ސިފަތަކެކެވެ.

ދާސް އޭނާގެ ހިތުގައި މިހުރިހާ ދުވަހު ފޮރުވައިގެން ހުރި އިޙްސާސްތައް މިރޭ ބަންޑުންކޮށްލާނެއެވެ. މިހިސާބަށް ކުރިއެރުމެއް ފެނެވުނީ އެތައް ހިތްވަރަކުންނެވެ. ވީއިރު ދެން އެންމެ ވަގުތުކޮޅެއްވެސް ބޭކާރުކޮށްލާކަށް ބޭނުމެއް ނުވެއެވެ.

ކާއެއްޗެއްސަށް އޯޑަރު ދިނުމައްފަހު ކާއެއްޗެތި އަންނަންދެން އިންތިޒާރުގައިތިބި ދެމީހުންގެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވި އިރުކޮޅެއް ވުމައްފަހު އެ ހަމަހިމޭންކަން ފޫއަޅުވާލީ ދާސްގެ ފިރިހެންވަންތަ އަޑެވެ.

“ވަރަށް ދުވަސްވެއްޖެ މިވާހަކަ ދައްކަން ބޭނުންވެގެން އުޅޭތާ. ރަނގަޅު ވަގުތެއް ނުލިބިގެން. ސީމާ އޮފީހަށް އައި ފުރަތަމަ ދުވަހުއްސުރެ މިއަދާއި ހަމައަށް ސީމާގެ އުޅުން އަހަރެން ވަރަށް ގާތުން ބަލަން. ހުރިހާ ސިފަތަކެއްވެސް ވަރަށް ކަމުދޭ. ވަރަށް އުފާވާނެ ތިކަހަލަ ޚުލްޤުހެޔޮ ރީތި ކުއްޖު މި ދާސްއާ ކާވެނީގެ ގޮތުން ގުޅެން ބޭނުންވަންޏާ.” އެތަށް ގޮތަކަށް ވިސްނުމަށްފަހު ސީމާއަށް ލޯބި ހުށައަޅަން ދާސްއަށް އެންމެ ކަމުދިޔައީ މިގޮތެވެ.

ސީމާގެ ދެކޯތާފަތައް ޖަންބުކުލަ އަރައިގެން ދިޔައެވެ. ޖަވާބެއްދިނުމުގެ ކުރިން އެކަން ހުއްޓުވީ ދާސްގެ އަޑެވެ. “މިވަގުތު ޖަވާބެއް ނުދިނަސް އޯކޭއޭ. ޓޭކް ޔުއަ ޓައިމް. މާދަން އޮފީހަށް އަންނައިރު މި ގިފްޓް ޤަބޫލްކޮށްފިކަމުގެ އިޝާރާތެއް ފެނިއްޖެނަމަ އަހަރެން ޤަބޫލް ކުރާނީ ޔުއަ އާންސް އިޒް އަ ޔެސް ކަމަށް. އެހެންނޫނީ ދިސް ޑޭޓް ނެވާ އެކްސިސްޓް އިނގޭ. އައި ވިލްބީ ދެއަރ ފޯ ޔޫ އޯލްވޭޒް. އޭޒް އަ ފްރެންޑް” ދާސް އޭނާގެ ޖީބުން ކުޑަކުޑަ ފޮއްޓެއް ނަގާ ސީމާއަށް ދިއްކޮށްލިއެވެ. އެވަގުތު ވޭޓަރ ކާއެއްޗެހި ހިފައިފެން އަތުވެއްޖެއެވެ.

ލައިބާ ނިދަން އޮވެގެން ވިސްނަމުން ދިޔައީ މިއަދުގެ ހާދިޘާއާއި ދޭތެރޭގައެވެ. ޝައިމްގެ އެ ހަރުކަށި ވާހަކަތައް ކަންފަތުގާ ހަރުލާފާވެއެވެ. އަނެއްކޮޅުން ބައްޕަ ޑޮކްޓަރަށް ދައްކާލަން މާލެ އަންނަ ވާހަކަ މިއަދ ބުންޏެވެ. ބައްޕައަށް ޓަކާ ލޯތްބާ އޯގާތެރިކަމުން އެހިތް ފުރުނެވެ. އެހާ ބަލިކޮށް އުޅެމުންވެސް އެބައްޕަ އެ މަސައްކަތް ކުރަނީ ލައިބާގެ ހުވަފެން ތަކުގާ ކުލަ ޖައްސާދޭށެވެ. ދެން ލައިބާއަށް އިތުރަކަށް ކެތެއް ނުވާނެއެވެ. ލޯބިވާ ބައްޕައަށްޓަކާވެސް އަވަހަށް ވަޒީފާއަކަށް ދާންފަށަންވީއެވެ.

“ޝައިމް!” ގެއަށް ވަދެގެން އައި ޝައިމްއަށް އަނީސާ ގޮވާލީ ލޯތްބާއެކުއެވެ. “މޯމް. ކައިގެން މިއައީ” އަނީސާއާއި ދިމާއަށް ބަލާވެސް ނުލާ ޝައިމް ބުނެލިއެވެ. އަދި ހިނގީލާފާގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. އަދި އެނދުމައްޗަށް ވެއްޓިގަތެވެ.

“އަހަންނަށް މިވަނީ ކިހިނެތްތަ؟ އެޚިޔާލުތަކާ ދުރަށްދާން ކިތަންމެ މަސައްކަތެއް ކުރިއަސް ފެއިލްވަނީ. ކިތަންމެ ރީތި އަންހެން ކުއްޖެއްގެ އުނގުތެރޭ އޮތަސް ލޯ މެރޭއިރަށް އެސޫރަ ފެންނަނީ. އަމް ޓަޔަރޑް އޮފް ގެޓިން އަވޭ ފްރޮމް ދެޓް އިޑިއަޓް.” ޝައިމް ވާާހަކަދެއްކީ ފަންކާއަށް ބަލަހައްޓައިގެން އޮވެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

އައިޝާ (ފަހުބައި)

Next

އާވާ ހަނދާން 10

Next
April 10, 2017

އާވާ ހަނދާން 10

Previews
April 10, 2017

އައިޝާ (ފަހުބައި)

8 Comments!

  1. ReeXa says:
    April 10, 2017 at 8:04 pm

    Reethi

  2. ssss? says:
    April 10, 2017 at 8:19 pm

    Varah rythi… When is next part???

  3. cenhi says:
    April 10, 2017 at 8:29 pm

    Thnkx tomorrow nyt Insha Allah

  4. Pink handi says:
    April 10, 2017 at 8:46 pm

    Kuruvyma hagygathuga vai

  5. kiya says:
    April 10, 2017 at 8:50 pm

    Story vv reethi

  6. xee says:
    April 10, 2017 at 10:33 pm

    Assu vs vrh love… Wait kuran jehey thankolhu massala aky….

  7. Maree says:
    April 11, 2017 at 7:16 am

    vvvv reeethi

  8. xim says:
    April 13, 2017 at 8:53 am

    nice sis

Comments are closed.

Next Episodeހިތް އެދެނީ (7)←


All Right Reserved!