
އެދިގެން ކަލާ ލިބޭތޯ 9

(9 ވަނަ ބައި)
“ސޮރީ… ގަސްތަކު ނޫން… ވަރަށް ބޮޑަށް ސޮރީ…” ކުރެވުނު ކަންތައް އިހުސާސްވެގެންދިޔުމާއިއެކު ކޯތާފަތްމަތީގައި ޖައްސާލެވިފައިވާ އަތްތިލަނަގަމުން ހިޒްޔާންއަށް ޔުމްނުގެ މޫނަށްބަލާލެވުނީ ކުށްވެރިކަމުގެ ނަޒަރަކުންނެވެ. އޭނަ ކިތަންމެ ކެތްތެރިކަން ކުޑަވެގެންދިޔަޔަސް އެފަދަގޮތަަކަށް ޔުމްނުގެ ހަށިގަނޑުގައި އަތްޖައްސާލުމުގެ ހައްޤު ނޯންނާނެކަމަށް އަމިއްލަ އަށްވެސް ޤަބޫލުކުރެވުނެވެ.
މޫނާއި ދިމާލަށް އުފުލާލެވިފައިވާ އަތްތިލަ ދުރުކޮށްލަމުން ފުސްވަމުންދިޔަ ދެލޮލުން ޔުމްނުއަށް ހިޒްޔާންއާއި ދިމާލަށް ބަލާލެވުނުއިރު ދުލަށް ނުގެނެވުނަސް އެހިތުގެތެރޭގައި އެތަށް ޝަކުވާތަކެއްވިއެވެ. މިވަގުތުކޮޅާއި ޖެހެންދެން އޭނައަށް ހިޒްޔާންގެ ފަރާތުން ކުޑަ ނަމަވެސް ރައްކާތެރިކަމެއް އިހުސާސްކުރެވުނެވެ. އޭނަ ފާޅުކުރަން ބޭނުންނުވިޔަސް އޭނައަށް އެހީވީތީ އެހިތުގައި ހިޒްޔާންގެ މައްޗަށް ޝުކުރު ވެރިކަމުގެ އިހުސާސްތައްވިއެވެ. ހިނދުކޮޅަކަށްވެސް ހިޒްޔާންއާއިމެދު ރަނގަޅު ނަޒަރަކުން ދެކެވުނެވެ. ނަމަވެސް ހިޒްޔާންގެ އަމަލުތައްވެސް މިހުރީ އޭނަ ދަންނަ އެހެން މީހުންނާއި އެއް ފަދައިންނެވެ. އެ ހިތުގެ ސާފުކަމާއިމެދު ފުރަތަމަ ފަހަރަށް…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.