ހިތް އެދޭ މަންޒިލަކީ… 25
“ލިވީ އެ ދައްކަނީ ރިންގް ރީތި ވާހަކަ..” ލުއި ހުނުމަކާ އެކީ ލައިނީ ބުނެލުމުން ލިވްޔާ ރަކިވެފައި އިސްދަށަށް ޖެހި ނަމަވެސް، ރައިހާންގެ ތުންފަތް މަތީގައި ދުވެލީ ފަޚުރުވެރި ހިނިތުންވުމެކެވެ.
“މަ ހީކުރީ އެންގޭޖްވާ އިރު މީހުން ދެނީ ސިލްވަރ ރިންގް ކަމަށް..” ލިވްޔާގެ އަނގޮޓިއަށް ބަލައިލަމުން ޔާނިއު ސަމާސާ ކޮށްލިއެވެ.
“ޝީ ޑަޒަންޓް ވެއަރ ސިލްވަރ..” ރައިހާން އެހައި ޔަގީންކަމާ އެކު އެހެެން ބުނެލުމާ އެކީ ލިވްޔާއަށް ސިހިފައި ރައިހާންއަށް ބަލައިލެވުނެވެ. އޭނާގެ ހުރިހައި ކަމެއް ރައިހާން އެހައި އަވަހަށް ދަސްކުރަމުން ގެންދާ ގޮތުން ހައިރާންވި ނަމަވެސް ފަޚުރުވެރި ވެސް ވެވުނެވެ. ރައިހާންގެ އަނތްބަކަށް ވުމަށް ދުވަސް ގުނަމުން ދިޔަ އިރު، އެ ހިތް ވަނީ އުފަލުން ފުރިފައެވެ.
*** ** ***
“އެދެމީހުން އިންނަނީއޭ؟!” ކަންފަތުގައި ޖަހާފައިވީ ފޯނުގައި އިހުނަށް ވުރެ ވެސް ބާރަށް ހިފަހައްޓައިލަމުން ނިމްޝާ ބުނި އިރު، އެ އަޑު ވަނީ ބާރުވެފައެވެ.
“ކިހިނެއް އެހެން ވާނީ؟ އަދި އިހަކަށް ދުވަހުއޭ އެމީހުން ރައްޓެހިވީ! ރައިހާން އަކީ އެހައި އަވަހަށް ދިރިއުޅުމެއް ފެށުމުގެ ވިސްނުން ދުވަހަކު ވެސް ގެންގުޅުނު މީހެއް ނޫން!” ނިމްޝާގް އަޑު ހިނދަކަށް ވުރެ ހިނދެއް ބާރުވަމުން ދިޔަ އިރު، އޭނާ ރުޅިއައިސްފައި ހުރި ވަރު އެނގެއެވެ.
“ނިމް ގަބޫލެއް ވެސް ނުކުރާނެ.. ރައިހާން ވަރަށް ޗޭންޖް ވެއްޖެ.. ނިމް ދެކެ ލޯބިވީ ވަރަށް ވުރެ މާ ބޮޑަށް އޭނަ ލިވްޔާ ދެކެ ލޯބިވޭ.. ރައިހާންގެ ހުރިހައި ވިސްނުމަކައި ފިކުރެއް ލިވްޔާ ބަދަލުކޮށްލައިފި.. އިސްވެ ކައިވެނީގެ ވާހަކަ ދެއްކީ ވެސް ރައިހާން..” ފޯނުގެ އަނެއް ފަރާތުން ވާހަކަ ދައްކަމުން ދިޔަ މީހާ ބުނުމުން ނިމްޝާއަށް ދަތްކުނޑި ވިކައިލެވުނެވެ. އޭނާއާ އެކުގައި ދެ އަހަރު އުޅުނު އިރު، ރައިހާން ބުނަމުން ދިޔައީ ކައިވެންޏަށް ތައްޔާރު ނޫން ކަމުގައެވެ. އެކަމަކު ލިވްޔާއާ ހަމަ ރައްޓެހިވާ އިރަށް ރައިހާން އެ އުޅެނީ ކައިވެނި ނުކުރެވިގެންނެވެ. ވަަކި ލިވްޔާ މާ ޚާއްސަ ވާން ވީ ކީއްވެގެން ހެއްޔެވެ؟ ލިވްޔާއަށް ވުރެ އޭނަ މާ ރީތިވެފައި، މާ ފުރިހަމައޭ ނިމްޝާ ހިތަށް އެރިިޔަސް، ރައިހާންގެ ކުރިމަތީގައި އެ ވާނީ ބޮޑު ޖޯކަކަށް ކަން ނިމްޝާއަށް ނުވިސްނުނީއެވެ.
“އަހަރެމެން ޖެހޭނެ މި ކައިވެނި ހުއްޓުވަން.. އެހެން ނޫނީ.. ހަތް އަހަރު ތެރޭ އަހަރެމެން ކުރި ހުރިހައި މަސައްކަތެއް ދާނީ ފެނަށް.. ވީ ކާންޓް ޑިސެޕޮއިންޓް ޑޭޑް..” އިހުނަށް ވުރެ ނިމްޝާގެ އަޑު މަޑުވެފައިވީ ނަމަވެސް އަދިވެސް އެ އަޑުގައި ރުޅިވެރިކަމާއި ނަފްރަތުގެ އަސަރު ވިއެވެ. ދެންމެ ނިމްޝާ އެ ބުނެލި ވާހަކައިން، ފާއިތުވެ ދިޔަ ހަތް އަހަރުުގެ ދިގު މުއްދަތުގެ ތެރޭގައި، ފަރުދާގެ ފަހަތުގައި އެތައް ސިއްރުވެރި ކަންތައްތަކެއް ހިނގާފައިވީ ކަން ދޭހަވާހައި ވެއެވެ.
ދެން ކަންތައް ކުރަންވީ ގޮތުގެ ތަސައްވުރެއް އޭނާ ފޯނުން ވާހަކަ ދައްކަމުން ދިޔަ މީހާއާ އެކީ ކުރަހަމުން ދިޔަ އިރު، އެ ވާހަކަތައް އަޑު އަހާ މީހަކަށް ނިމްޝާގެ މަކަރުވެރިކަން ދޭހަވާނެއެވެ.
“ލައިނީ ބަނޑުބޮޑޭ..؟” ނިމްޝާ ދެލޯ ކުޑަކޮށްލަމުން އަހައިލުމާ އެކީ ފޯނުން ވާހަކަ ދައްކަމުން ދިޔަ ފިރިހެން މީހާ އާއެކޭ ބުނެލިއެވެ. އެއާ އެކު ނިމްޝާގެ މޫނުމައްޗަށް ވެރިވީ މަކަރުވެރި ހިނިތުންވުމެވެ.
“ގްރޭޓް.. ވީލް ޔޫޒް ހަރ އޭޒް އަވަރ ވެޕޮން.. މިހާރު ލައިނީއާ ބޭބީ ވާނީ އެންމެންގެ އެންމެ ބޮޑު ވީކްނެސްއަށް.. ޔާނިއުގެ ވެސް، ރައިހާންގެ ވެސް، އަދި ލިވްޔާގެ ވެސް.. އަދި އެ މުޅި އާއިލާގެ ވެސް.. އަހަރެމެންނާ ދެކޮޅަށް ތިބި އެންމެން އަހަރެމެންގެ ބާރުގެ ދަށަށް އެންމެ ފަސޭހައިން ގެނެވޭނެ ހަތިޔާރަކީ ލައިގެ ބަނޑުގަ އެ އޮޮތް ބޭބީ.. ވަކިން ޚާއްސަކޮށް ޔާނިއުއާ ރައިހާންއާ ލިވްޔާ.. ބޭބީ ދެކެ އެންމެ ލޯބިވާނީ އެ ތިން މީހުން.. އެހެންވީމަ އަޑު އަހާ.. އަހަރެން މި ބުނާ ގޮތަށް ކަންތައް ކުރޭ..” ދެން ނިމްޝާ ދައްކަމުން ދިޔަ ވާހަކަތަކުން އެ ހިތުގައި އިންސާނިއްޔަތުކަމުގެ ޒައްރެއް ވެސް ނުވާކަން، އެ ވާހަކަތައް އަޑު އެހި ކޮންމެ މީހަކަށްވެސް ދޭހަވާނެއެވެ.
“ވާއު.. ދެޓްސް އަ ގްރޭޓް ޕްލޭން ނިމް.. ގަދަ އިނގޭ.. އަހަރެން ހަމަ މިހާރުއްސުރެ ތިކަމާ މި އުޅެނީ..” ނުލަފާ ހިނިގަނޑަކާ އެކީ އެ ފިރިހެން މީހާ ބުނެލުމާ އެކީ ނިމްޝާގެ މަކަރުވެރި ހިނިތުންވުން ވެސް ފުޅާވިއެވެ.
“އޯކޭ.. އަހަންނަށް ބަރާބަރަށް ހުރިހައި ކަމެއް އަންގައްޗޭ..” އެހެން ބުނުމަށް ފަހު ނިމްޝާ ފޯނު ބޭއްވި އިރު ވެސް އެ ތުންފަތް މަތީގައިވީ މަކަރުވެރި ހިނިތުންވުން ފިލައި ނުދެއެވެ.
“އަހަރެންގެ ގޯލްއާ އެހައި ކައިރިވެފަ އޮއްވައި އަހަރެން ފަހަތަކަށް ނުޖެހޭނަން.. އަހަރެންގެ ބޭނުމަށް ހުރަސް އަޅާ ކޮންމެ މީހަކު ވެސް ޖެހޭނީ އެއްފަރާތް ވާން.. ޔާނިއު ވެސް، ލައިނީ ވެސް، ލިވްޔާ ވެސް، އަދި ރައިހާން ވެސް…” ނިމްޝާގެ ވާހަކައިން އޭނާގެ ޙަޤީޤީ ބޭނުމަކީ ރައިހާން ނޫން ކަން ދޭހަވާހައި ވެއެވެ. އެހެނަސް، ނޭނގެނީ ނިމްޝާގެ އަސްލު ބޭނުމެވެ. ފާއިތުވެ ދިޔަ ހަތް އަހަރުގެ ތެރޭގައި، ފަރުދާގެ އަނެއް ފަރާތުގައި ހިނގަމުން ދިޔަ ސިއްރުވެރި ކަންތަކެވެ. ރައިހާން އާއި ލިވްޔާގެ ދިރިއުޅުމަށް ދެން އަންނަން އޮތް ތޫފާނުގެ ޙަޤީގަތެވެ. ޔާނިއު އާއި ލައިނީ ކުރިމަތިލާން ޖެހިދާނެ ކެކުޅުންތަކުގެ އަސްލެވެ. ރައިހާންގެ ޢާއިލާ އަރައިގަންނަން ޖެހޭނޭ އަޑިގުޑަންތަކެވެ.
*** ** ***
އިރު އޮއްސުނު ވަގުތު ލިވްޔާ ހުރީ ޓެރަހުގައި ހުރި ރެއިލިންގައި އަތް އަޅުވާލައިގެންނެވެ. ދެއަތުން ހިފަހައްޓައިލެވިފައިވީ ހޫނު ކޮފީތަށީގެ ސަބަބުން. އެ ފިނި މާހައުލުގައިވީ ފިނީގެ އަސަރުތަކުން އެ މަޑުމަޑު އަތް ދިޔައީ ސަލާމަތް ކޮށްދެމުންނެވެ.
އުދަރެހުގައި ޖެހެމުން ދިޔަ މަޑުމަޑު އޮރެންޖު ކުލައަށް ނަޒަރު ހުއްޓާލައިގެން ހުރި ލިވްޔާ ކުއްލިއަކަށް ސިހުނީ ފަހަތުން މީހަކު އޭނާގެ އުނަގަނޑުގައި އަތް ވަށައިލުމުންނެވެ. ބާރަށް ތެޅެން ފެށި ހަމައަކަށް އެޅުނީ ދެން ކަންފަތް ދޮށުގައި ގުގުމައިލި ފިރިހެންވަންތަ ހުނުމުގެ އަޑުންނެވެ.
“ރައިހާން!! ސިއްސައިގެންނޭ ދިޔައީ.. ހާދަ ލާނެތް ވެގެންނޭ ދޯ ދެން މިހާރު ތި އުޅެނީ..” ރެއިލިން ކައިރީގައި ހުރި ތިރި ފާރުކޮޅުގެ މަތީގައި ކޮފީމަގު ބަހައްޓާފައި ލިވްޔާ އެނބުރި ކުދިކިޔައިގަތެވެ.
“ސޮރީއޭ ބޭބީ.. ހުރިލެއް ލޯބިކަމުން ހަމަ ޖެއްސުމެއް ކޮށްލާހިތްވީ..” ލިވްޔާގެ ނޭފަތުގައި ހިފައިލަމުން ރައިހާން ސަމާސާ ކޮށްލުމާ އެކީ، ރުޅި އައިސް ހުންނަން ބޭނުންވި ނަމަވެސް ލިވްޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
“ދެއަރޒް ދެޓް ޕްރިޓީ ސްމައިލް..” ވަގުތުން ރައިހާންގެ ތުންފަތް ވެސް ހިތްގައިމު ހިނިތުންވުމަކުން ދެމިލުމާ އެކީ ލިވްޔާ ގާތްވެލާފައި ރައިހާންގެ މޭމަގީގައި ބޯއަޅައިލިއެވެ.
“ރައިހާން ކޮން އިރަކު ގެއަށް އައީ..؟ ބުނީމެއްނު މިރޭ ލަސްވާނޭ..” ލިވްޔާ އަހައިލީ މިއަދު މާ މަސައްކަތް ބުރަ ވެގެން އޭނައާ އެއްކޮޮށް ގެއަށް ނައިސް، ރައިހާން ފަހުން އަންނާނެ ވާހަކަ ބުނުމުންނެވެ.
“ލިވްޔާ ނުފެނިގެން ކެތް ނުވެގެން އަހަރެން މި އައީ..” ލިވްޔާގެ ހަށިގަނޑުގައި އަތް ވަށައި ބާރުކޮށްލަމުން ރައިހާން ހަމަ އެހެން ބުނުމާ އެކީ، ލުއި ހުނުމަކާ އެކީ ލިވްޔާ ދެފަރާތަށް ބޯހޫރުވައިލީ ރައިހާންގެ ލާނެތް ސަމާސާތައް ހުސް ނުވާނެޔޭ ބުނަމުންނެވެ.
“ދެން މި ރައިހާން ވެސް ވަރަށް ގޯސްވާނެ.. މިހާރު ކޮންތާކުން ދަސްކުރާހައި މޮޅެތި ފްލަރޓިން ސްކިލްތަކެއްތަ ތީ..؟ ޔާން ކައިރިންތަ..؟” ރައިހާންގެ މޭމަތީގައި ލުއިކޮށް ޖަހައިލަމުން ލިވްޔާ އަހައިލިއެވެ.
“ލިވްޔާ ހީކުރީ މަށަށް މާފޮޅުވަން ނޭނގޭ ކަމަށްތަ..؟ އަސްލު ޔާންއަށް ވުރެ އަހަރެން މާ މޮޅުވާނެ.. ޔާން ވެސް ދަސްކުރަނީ މަގޭ ކައިރިންނޭ..” އެއްބުމަ އަރުވައިލަމުން ރައިހާން ސަމާސާ ރާގެއްގައި އަހައިލުމާ އެކީ ލިވްޔާގެ ލުއިލުއި ހުނުމުގެ އަޑު އިވިފައި ރައިހާންގެ ހިތް ލޯބިން ފުރިގެން އައެވެ.
“އައި ލަވް ޔޫ ޑާލިން..” ލިވްޔާގެ ގައިގައި ވަށައިލެވިފައިވީ ބާރުގަދަ ދެއަތް އިހުނަށްވުރެ ވެސް ބާރުކޮށްލަމުން ރައިހާން ލިވްޔާގެ ބޮލަށް ބޮސްދިނެވެ.
“އައި ލަވް ޔޫ ޓޫ ރައިހާން..” ރައިހާންގެ މޭތެރޭގައި މޫނު ފޮރުވައިލަމުން ލިވްޔާ ބުނެލީ ރައިހާން ޖަހާފައިވީ ސެންޓުގެ ހިތްގައިމު ވަހުން ހިތް ފުރޭހައި ވަރު ވެފައި ހުރެއެވެ. ލިވްޔާގެ ބަސްތަކުންނާއި، ލޯބިވެތި ޢަމަލުތަކުން ލޯބިން ފުރި ބަންޑުން ވަމުން ދިޔަ ރައިހާންގެ ހިތް ހީވަނީ މޭފަޅާފައި ނުކުންނަން އުޅޭހެންނެވެ. ލިވްޔާގެ ކިތަންމެ ކުޑަކުޑަ އަދާއަކުން ވެސް އެހިތަށް ނުހަނު ފުން އަސަރުތަކެއް ކުރަނީ ޚުދު އޭނާ ވެސް ހައިރާންވާ ވަރަށެވެ.
“ތިހާ ލޯބިން އަހަރެންގެ ނަން ކިޔައިލާތީ ހާދަ އުފާވޭ..” ލިވްޔާގެ ބުރަކަށީގައި މަޑުމަޑުން އަތް ހިންގައިލަމުން ރައިހާން އިއްވައިލި ބަސްތަކުން ލިވްޔާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.
“ރައިހާން..” އަނެއްކައި ވެސް ލިވްޔާ އޭނާގެ ނަން އެގޮތަށް ކިޔައިލުމުން ރައިހާންގެ ތުންފަތަށް ވެރިވީ ފިދާވާހައި ފުރިހަމަ ހިނިތުންވުމެކެވެ.
“އެނގޭތަ..؟ އަހަންނަށް ތިހެން ގޮވައިލާނީ ލިވްޔާ އެކަނި.. ހަނދާން ހުންނަން ފެށީއްސުރެ ވެސް މަންމަމެން ވެސް، މާމަމެން ވެސް އަންކަލްމެން އެންމެން ވެސް އަހަންނަށް ކިޔާނީ ރެން.. ބައްޕަ ބުނުއްވީ އެއީ އަހަންނަށް ނަންކީ ދުވަހު ޔާން އަހަންނަށް ލޯބިން ދިން ނަމެކޭ.. އޭރު ޔާންއަށް ވާނީ ޓޫ އިޔަރޒް.. އޭރު ވެސް ޔާން ވަރަށް އަނގަގަދަ ވާނޭ އަންކަލް މިހާރު ވެސް ބުނުއްވާނެ.. އެދުވަހު ޔާން ކިޔަން ފެށި ނިކްނޭމް ގޭގެ އެންމެ ވެސް ކިޔާކިޔާ ހަރުވެފަ ހުރީ.. ސްކޫލަށް ދިޔައީމަ ގިނަ ރައްޓެހިން ވެސް ކިޔާނީ ރެން.. އަދި އެނގޭތަ..؟ އޭރު އަހަރެން ކުޑަކަމުން ހީކުރީ ރެން އަކީ އަހަރެންގެ އަސްލު ނަން ކަމަށް.. އެލްކޭޖީގަ އެންމެ ފުރަތަމަ ސްކޫލުގަ ހެދި ވޯރކް ޕޭޕަރެއްގަ ނަމަކަށް ރެން ޖެހީމަ އާންޓީ ބުނުއްވީ ބަދަލުކުރަން.. އެދުވަހު އަހަންނަށް އަސްލު އެނގުނީ އަހަރެންގެ އަސްލު ނަމަކީ ރައިހާންކަން..” ރައިހާން ދައްކަމުން ދިޔަ ވާހަކަތައް ކަނުލައި އަޑުއަހަން އެ މޭގައި ބޯއަޅައިގެން ލިވްޔާ ހުރީ އެއްވެސް ފޫހިކަމެއް ނެތިއެވެ.
ރަައިހާންގެ ހުރި މިޒާޖާ އެކުގައި އެގޮތަށް ކުޑައިރުގެ ހަނދާންތައް މީހުންނާ ހިއްސާކުރަން ފަސޭހަ ނުވާނެކަން ލިވްޔާއަށް އެނގެއެވެ. ވަކިން ޚާއްސަކޮށް މަންމައާއި ބައްޕަ ހިމެނޭ ހަނދާންތަކެވެ. އެހެނަސް، އެއްވެސް ފަސްޖެހުމަކައި ނުލައި އޭނާއާ ހުރިހައި ވާހަކަތަކެއް ހިއްސާކުރަމުން ދިޔައީތީ ލިވްޔާގެ ހިތަށް ލިބެމުން ދިިޔަ ހިތްހަމަޖެހުން ބުނެދޭން ވެސް ނޭނގެއެވެ. ރައިހާންގެ އެފަދަ އިތުރު ވާހަކަތައް އަޑުއަހައިލަން ލިވްޔާ ކެތްމަދުވިއެވެ.
“އަހަރެން ވެސް އެހެންތަ ދެން ކިޔަންވީ..؟” ލިވްޔާ އަހައިލީ އެ ނަމަކީ ރައިހާންއަށް ކިޔައި މުހިއްމު ނަމެއްކަން އެނގޭތީއެވެ.
“ނޫން.. ލިވްޔާ މިހާރު ވެސް އަހަންނަށް ގޮވާ ނަމުން ގޮވާ.. ލިވްޔާ އަހަރެންގެ ފުރިހަމަ ނަން އެހައި ލޯބިން ކިޔައިލާ ކޮންމެ ފަހަރަކު އަހަރެން ވާ އުފާ ބުނެދޭން ވެސް ނޭނގޭ..” ވަގުތުން ދެފަރާތަށް ބޯހޫރުވައިލާފައި ރައިހާން ބުނެލުމުން ލިވްޔާ ހިތްހަމަޖެހުނެވެ.
“ތީ ހުރިހައި އެންމެންގެ ރެން.. އެކަމަކު އަހަރެންގެ ރައިހާން.. ހަމައެކަނި އަހަރެންގެ ރައިހާން..” ކުޑަކޮށް ރައިހާންއާ ދުރުވެލާފައި ދެއަތުން އެ ފިރިހެންވަންތަ، ހިތްގަިއމު މޫނުގައި ހިފަހައްޓައިލަމުން ލިވްޔާ ބުނެލީ ހިތުގެ އަޑުންނެވެ.
“ތީ ހުރިހައި އެންމެންގެ ލިވީ.. އެކަމަކު އަހަރެންގެ ލިވް.. ހަމައެކަނި އަހަރެންގެ..” އޭނާގެ މޫނުގައި ހިފަހައްޓައިލާފައިވީ ލިވްޔާގެ ދެއަތުގައި ބީހިލަމުން ރައިހާން ވެސް ބުނެލީ ލިވްޔާ ބުނެލި ފަދައިންނެވެ. ލިވްޔާ ވެސް ވަގުތުން ބޯޖަހައިލި އިރު އެހެންޏާ ނުހުންނަ ފަދަ ފުރިހަމަ ހިނިތުންވުމެއް އެ ރީތި ދެތުންފަތުގައި ކުޅެލާފައި ވިއެވެ.
އެކަކުއަނެކަކުގެ އަތުތެރޭގައި ތިބި ދެ ލޯބިވެރިންނަށް ހަނާއަޅަމުން އިރު އޭގެ ދޯދިތައް ވަންހަނާ ކޮށްލީ، އަނދިރިކަމުން އުދަރެސް ވަށަައިލަމުންނެވެ. އެއްވެސް ޚިޔާލެއް ފިކުރެއް ނެތި ދެ ލޯބިވެރިން އެކަކު އަނެކަކުގެ ޙިމާޔަތުން ލޯބި ލިބިގަންނަމުން ދިޔަ އިރު، ވަށައިގެންވީ އަނދިރިކަމުގެ ހިލަމެއް ވެސް ނުވާ ފަދައެވެ. ދެ ލޯބިވެރިންގެ ލޯބިވެތި ގުޅުމުގައި ކައިވެނީގެ ގޮށް ޖެހޭ ވަގުތު ކުޑަތަންވެފައިވާ އިރު، އަންނަން އުޅޭ ބޮޑު ތޫފާނުގެ އިޙްސާސެއް ވެސް ނުކުރެވޭ ފަދައެވެ.
*** ** ***
ހަފްތާއެއް ފާއިތުވެގެން ދިޔަ އިރު ލިވްޔާއާ ރައިހާންގެ ކައިވެންޏަށް ސީދާ މަހަކަށް ވެއްޖެއެވެ. ހުރިހައި އެންމެން ވެސް ކައިވެނީގެ ކަންތަކާ އުޅެމުން ދިޔަ އިރު އެކަމުގައި އެންމެ ކުރީގައި ތިބީ ޔާނިއުއާ ލައިނީއެވެ. އެދެމީހުންގެ ކައިވެނީގައި ރައިހާންއާއި ލިވްޔާ ކޮށްދިން ހުރިހައި ކަމެއްގެ ބަދަލު ދިނުމަށް އެދެމީހުން ތިބީ އަތުކުރި އޮޅާލައިގެންނެވެ.
އެހެނަސް ލައިނީ ބައެއް ފަހަރު މާ އަވަސްއަރުވާލައިިގެން އުޅޭ ގޮތުން ޔާނިއުއަށް ބަލައިގެން އުޅުމަށް ލައިނީ ގާތު ބުނަން ޖެހެނީ މަދު ފަހަރަކު ނޫނެވެ. ލައިނީއަކީ ލިވްޔާހައި ހަލަނިކޮށް އުޅޭ މީހަކަށް ނުވި ނަމަވެސް، ލިވްޔާގެ ކޮންމެ ކަމެއްގައި ވެސް އެންމެ ފުރިހަމައަށް މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނަ ލައިނީއަށް ލިވްޔާގެ ކައިވެނީގެ ތައްޔާރީގައި މަޑުން ހުރެވޭ ކަމަކަށް ނުވެއެވެ. އެކަމާ ހަދައި ޔާނިއުއާ ލިވްޔާގެ އިތުރުން ރައިހާން ވެސް އެތައް ފަހަރަކު ބަލައިގެން އުޅުމަށް ލައިނީއަށް ހަނދާން ކޮށްދެއެވެ. ލިވްޔާއާއި ރައިހާން އެތައް ފަހަރަކު އެވަރުން ނޫޅުނަސް ރަނގަޅުވާނެ ކަމުގައި ބުނި ނަމަވެސް، ލައިނީ ހުންނަނީ ދޫކުުރާ ގޮތަކަށް ނޫނެވެ.
އެރޭ ލިވްޔާ ކޮމްޕެނީން އައުމާ އެކީ ލިވްޔާއާ ލައިނީ ތައްޔާރުވަމުން ދިޔައީ ދެމީހުން އެކުގައި ރަން ކިޔުމުގެ ޙަފްލާއަށް ލާނެ ހެދުން ފަހަން ދިޔުމަށެވެ. ޔާނިއުއާ ރައިހާން ކޮމްޕެނީން ގެއަށް އައި އިރު އެދެމީހުން ބޭރަށް ދާން ވެގެން ނުކުންނަނީއެވެ.
“ދެމީހުން މިގަޑީ ކޮންތާކަށް ދަނީ..؟” ރައިހާން އަހައިލީ އެދެމީހުން ބޭރަށް ދާ ވާހަކަ ކުރިން ނުބުނާތީއެވެ.
“ހެދުން ފަހަން ވެގެން.. އެހެން ނޫނަސް ދުވަސްކޮޅެއް ވެއްޖޭ ކުުޑާއާ އެކީ ބޭރަށް ދާން ކިޔާތާ..” ލިވްޔާ ބުނެލީ ލައިނީގެ އަތުގައި ހިފައިލަމުންނެވެ.
“ދެމީހުން އެކަނި ރޭގަނޑު ދާކަށް ނުވާނެ.. ހިނގާ އަހަރުން ވެސް ދާނަން.. ދޯ ރެން..؟” ޔާނިއު ބުނެލުމާ އެކީ ވަގުތުން ރައިހާން ބޯޖަހައިލި ނަމަވެސް ލިވްޔާއާއި ލައިނީ މޫނު ކޮށްލިއެވެ.
“ދެން އަހަރެމެން މީ ކުޑަ ކުދިންނެއް ނޫނޭ ޔާން.. ވަރަށް އަވަހަށް ގޮސްލާފަ އަންނާނަމޭ..” ލައިނީ ވަގުތުން ދެކޮޅު ހެދިއެވެ.
“ލައި ކުރިން އުޅުނު ގޮތަކަށް މިހާރު ނޫޅެވޭނޭ.. މިހާރު އުޅެން ޖެހޭނީ ވަރަށް ބަލައިގެން.. ބޭބީއަށް ކަމެއް ވެއްޖެއްޔާ ކިހިނެއް ހަދާނީ..؟” ޔާނިއުގެ މޫނުމަތިން ކަންބޮޑުވުން ނުފިލައެވެ.
“ދެން ޔާން މާ ބޮޑަށޭ ތި ހާސްވަނީ.. އެހައި ހާސް ނުވެބަލަ.. ނުވާނެޔޭ އެއްވެސް ކަމެއް.. އެހެންނޫނަސް ލިވީ ވެސް ހުންނާނެއެއްނު..” ލައިނީ އާދޭހުގެ ރާގެއްގައި ބުނެލުމުން ޔާނިއުއަށް ނޫނެކޭ ބުނަން އުނދަގޫވިއެވެ.
“ތެދެއް ޔާންބޭ.. ކުޑާއަށް ކަމެއް ވިޔަކަ އަހަރެން ނުދޭނަމޭ.. ޕްރޮމިޒް..” ލިވްޔާ ވަޢުދުވީ މި ވެވޭ ވަޢުދުގައި ހުންނާނޭ ބުރަދަން އެވަގުތު އިޙުސާސް ނުކުރެވިއެވެ. މިރޭ ދެން ކުުރިޔަށް ކަންތައް ވާން އޮތް އެނގޭ ނަމަ ލިވްޔާ ވެސް ޔާނިއުއާ ރައިހާންގެ ބަސް އަޑުއަހައިގެން އެދެމީހުން ގޮވައިގެން ދިޔައީހެވެ. އެހެނަސް މިވަގުތު އެއްވެސް ޚިޔާލެއް ފިކުރެއް ނެތި، އޭނާ ވެސް ބޭނުންވީ ލައިނީއާ އެކުގައި އެކަނި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ.
“އޯކޭ.. ލިވީ.. ވަރަށް ރަނގަޅަށް ކުޑާއަށް ބަލައްޗޭ.. ދިހައެއް ޖަހަންވާ އިރަށް ގެއަށް އަންނަން ވާނެ.. ކިރިޔާ ވެސް ކަމެއް ވިއްޔާ ގުޅާތި އިނގޭ..” ޔާނިއުގެ ބަސްތަކަށް ލިވްޔާއާއި ލައިނީ ބޯޖަހައިލީ އަވަހަށް ދާން ބޭނުންވެ ހުރެފައެވެ.
ކިތަންމެ ވަރަކަށް ކިޔަސް އެދެމީހުން ގޮތްދޫނުކުުރާނެކަން އެނގޭތީ ރައިހާންއާއި ޔާނިއުއަށް ޖެހުނީ ދޫ ދޭށެވެ. ލިވްޔާއާ ލައިނީ އެކުގައި ބޭރަށް ނުކުމެ، ލިވްޔާގެ ސައިކަލަށް އަރައިގެން ދުއްވައިލުމާ އެކު ޔާނިއުއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. އެ ހިތަށް އުނދަގޫ ވަނީއެވެ. ކޮންމެވެސް ބޮޑު ކަމެއް ވާން އުޅޭ ކަމުގެ ރަތް ސިގްނަލް އެ ހިތުން އަޅަނީއެވެ.
“ސާބަހޭ ޔާން.. އެވަރަށް ނުވިސްނަބަލަ.. ބޭބީއާ ލައި ވެސް އޯކޭވާނެޔޭ..” ޔާނިއުގެ ހިތުގައި އޮޮތް އެއްޗެއް ހީވެގެން ރައިހާން ބުނެލުމާއެކު ޔާނިއު އަނެއްކައި ވެސް ފުން ނޭވާއެއް ދޫކޮށްލިއެވެ. ތެދެކެވެ. އޭނާއަށް މާ ބޮޑަށް ވިސްނެނީ ކަންނޭނގެއެވެ. ގޯސް ވިސްނުންތަކާ ދުރުވެލައި، ސިކުނޑި ހަމަޖައްސައިލުމަށް ޓަކައި އޭނާ ވެސް ރައިހާން ގޮވައިގެން ނުކުމެ ކޮފީއަކަށް ދިޔަ ނަމަވެސް، އަދިވެސް އެ ހިތުގެ ކަނަކުން ކޮންމެވެސް ކަމެއް ވާން އުޅޭ ކަމުގެ ރަތް ސިގްނަލް ދެމުން ދިޔައެވެ.
*** ** ***
ދުވަސްގަނޑެއް ކޮށްލާފައި އެކުގައި ބޭރަށް ގޮސް މަޖާކޮށްލާނޭ ފުރުސަތު ލިބުމުން ލިވްޔާއާއި ލައިނީީއާ ތިބީ ނުހަނު ހިތްހަމަޖެހިފައެވެ. ދެބެން އެކުގައި ހެދުން ފަހަން ފޮތި ގަނެގެން ގޮސް ފަހަން ޙަވާލުކޮށްފައި ދެން ނުކުތީ ބާޒާރުކޮށްލާށެވެ. އައު ދެތިން ހެދުމަކާ، ކައިވެނީގެ ވަލީމާއަށް ބޭނުންވާނޭ ޒާތުގެ ގަހަނާ ގަނެ ނިމުނު އިރު ގަޑިން ނުވަގަޑި ބައި ވެސް ވެއްޖެއެވެ. ދިހައެއް ޖަހަން އަދި ކުޑަ ވަގުތުކޮޅެއް އޮތީތީ ލިވްޔާ ބޭނުންވީ ތަނަކަށް ވަދެފައި އެއްޗެއް ކާލައިގެން ދާށެވެ. އެހެނަސް އޭރުން ދިހައެއް ޖަހަންވާ އިރަށް ގެއަށް ނުދެވިދާނެތީ ލައިނީ ކަންބޮޮޑުވީ ޔާނިއު ހާސްވާނެތީއެވެ. އެހެނަސް، ލިވްޔާ ކިޔައި ކިޔައި އާދޭސްކުރުމުން ލައިނީއަށް މަޖުބޫރުވީ، ދޫ ދޭށެވެ.
ލައިނީ ގޮވައިގެން ގޮސް ލިވްޔާ ސައިކަލު މަޑުކޮށްލީ “ޑަންކް އެންޑް ޑިޕް” ރެސްޓޯރެންޓުގެ ކުރިމަތީގައެވެ. މާދަމާއަކީ ސްކޫލް އޮންނަ ދުވަހަކަށް ވެފައި، ވަގުތުގެ ގޮތުން ރޭގަނޑު ދަންވެފައި ވާތީ އެތަނުގައި އިތުރު މީހަކު ނެތީތީ ލިވްޔާއާ ލައިނީ ވެސް ހިތްހަމަޖެހުނެވެ. ދެބެން ވެސް އެތަނަށް ވަދެފައި ކާއެއްޗެއްސަށް އޯޑަރު ކޮށްގެން ތިބި އިރު އެދެމެދުގައި ތަފާތު ވާހަކަތައް ދެކެވެމުން ދިޔައެވެ. މި ހުރިހައި މަންޒަރެއް ބަލަން އެވަގުތު އެ އަނދިރި ގޯޅިގަނޑުގެ ތެރޭގައި އެއްކޮށް ކަޅު ހެދުމުގައި ހުރި ފިރިހެނާ ނުފެނުން ވެގެން ދިޔައީ ލިވްޔާއާއި ލައިނީ ނުރައްކަލަށް ހުށައެޅިގެން ދިޔަ ސަބަބަކަށެވެ.
ކުރިއަށް ވާން އުޅޭ އެއްވެސް ކަމެއްގެ ޚިޔާލެއް އަދި ފިކުރެއް ވެސް ނެތި ލައިނީއާއި ލިވްޔާ ހީހީފައި ވާހަކަ ދައްކަމުން ދިޔައީ ވަގުތު ދަމުން ދިޔަ ގޮތުގެ ހިލަމެއް ވެސް ނުވާ ޙާލުގައެވެ. ކައި ނިމިގެން ލާރި ދައްކާފައި ދެމީހުން ނުކުމެވުނު އިރު ގަޑިން ދިހަގަޑި ބައި ވެސް ވެއްޖެއެވެ. އެހެންކަމުން ދެމީހުން ވެސް އަވަސް ފިޔަވަޅުތަކެއްގައި ލިވްޔާގެ ސައިކަލު ޕާކު ކުރި ދިމާއަށް މިސްރާބު ޖެހީ، އަވަހަށް ގެއަށް ނުުގޮއްސި ނަމަ ޔާނިއު ހިތްހަމަނުޖެހި ކަންބޮޑުވާނެކަން އެނގޭތީއެެވެ.
ސައިކަލުގެ ތަޅުދަނޑި ނަގަން ވެގެން ލިވްޔާ ދަބަސްތެރެ ހާވަމުން ދިޔަ ވަގުތު ލައިނީ ފޯނު ނަގާފައި މިހާރު ގެއަށް ދަނީ ކަމުގައި ބުނެ ޔާނިއުއަށް މެސެޖެއް ކޮށްލަން އުޅުނެވެ.
ހަމަ އެވަގުތެވެ. ކުއްލިއަކަށް ވީނުވީއެއް ނޭނގި އަނގަމަތީގައި އެޅިގެން ދިޔަ ފޮތިގަނޑާ އެކީ ދެމީހުންގެ ޚަބަރު ހުސްވިއެވެ. އެއްވެސް އިންސާނެއްގެ ހިލަމެއް ނުވާ އެ އަނދިރި ގޯޅިގަނޑު ތެރޭގައި، ކަޅު ހެދުމުން އެކުގައި ނިވާވެގެން ތިިބި ދެ ފިރިހެނުން ލިވްޔާއާއި ލައިނީގެ ޚަބަރު ހުސްވެފައިވާ ހަށިގަނޑު އަތްދަނޑިމައްޗަށް އުފުލާލައިިގެން ގެންގޮސް އެރުވީ ހަމަ އެ ގޯޅިގަނޑުގައި އޮތް ކާރަކަށެވެ. އެއަށްފަހު ދެމީހުންގެ ދަބަސްތައް އަތުލައި، ފޯނުތައް އެކުގައި ހަލާކުކޮށްލުމަށް ފަހު، ކާރު ދުއްވައިލިއެވެ.
*** ** ***
ލަސްލަހުން ލިވްޔާ އޭނާގެ އެސްފިޔަތައް ތަޅުވައިލެވުނު އިރު ވަށައިގެންވީ މަންޒަރު ފެންނަމުން ދިޔައީ ފުސްކޮށެވެ. މުޅިން އަނދިރިކޮށް އޮތް އެ ގުދަނެއް ކަހަލަ ތަނުގެ ތެރެއަށް ކިރިޔާ ވެސް އައްޔެއް ވަމުން ދިޔައީ ޖަހާފައި ހުރި ބޮކީގެ ފަނޑު އަލިކަމުންނެވެ.
ރަނގަޅަށް ދެލޯ ހުޅުވައިލެވުނު އިރު ލިިވްޔާގެ ދެލޯ ބޮޑުވެގެން ދިޔައީ މި އިނދެވުނު ތަނަކާއި، މިތަނަށް އާދެވުނު ގޮތެއް ނޭނގޭތީއެވެ. ބޮލުގައި ހުރި ރިހުމާ އެކީ ނިތްކުރިމަތީގައި އަތުން ފިރުމައިލަން މަސައްކަތް ކުރި ނަމަވެސް، އެކަން ނުކުރެވުނީ އަތާ ފައި އޭނާ އިށީނދެގެން އިން ގޮނޑިޔާ އެކުގައި ބަނދެފައި ވުމުންނެވެ. ލިވްޔާގެ ހިތަށް ބިރުވެރިކަން ވަނީ ދެނެވެ. އަވަސްއަވަހަށް ދެކޮޅު ހޯދައި ބެލި އިރު އޭނާއާ މާ ދުރުނޫން ހިސާބެއްގައި ހުރި ގޮނޑިއެއްގައި ހަމަ އެފަދައިން ބަނދެފައި އިން ލައިނީ ފެނުމުން ލިވްޔާގެ ހިތް އަނގަޔަށް އައި ފަދައެވެ. ލައިނީގެ ދެލޮލުގައިވީ ބިރުވެރިކަމާ އެކީ އެ ކޯތާފަތުން ފިރުކިލާފައި ފައިބަމުން ދިޔަ ކަރުނައިގެ ސަބަބުން ލިިވްޔާގެ ހިތް ވިރިގެން ފޭބި ކަހަލައެވެ. އެވަގުތު ވީ ކަންބޮޑުވުމާއި، ގަތް ބިރާ އެކީ އައްސާފައިވީ ވާތަކުން މިނިވަން ވުމަށް ތެޅިގަތް އިރު ކަރުބުޑުން ހަންދާހައި ބާރަށް ހަޅޭލަވައިގަނެވުނެވެ.
“ހަޅޭއްލަވާ.. ހަމަ ބޭނުން ވަރަކަށް ހަޅޭއްލަވަންވީ.. އެކަމަކު ހަނދާން ކުރައްޗޭ.. އަޑުފޮށި ފަޅައިގެންދާ ވަރަށް ހަޅޭއްލެވިޔަސް ކަލޭ ސަލާމަތް ކުރާނެ މީހަކު ނާންނާނެ..” އެ ރަޙުމުކުޑަ ބަސްތައް އިވުނު ދިމާއަށް ބަލައިލި އިރު ލިވްޔާގެ އިތުރުން ލައިނީގެ ދެލޯ ވެސް ބޮޑުވެގެން ދިޔައީ ލިބުނު ސިހުމަކުންނެވެ. އެވަގުތު އެތަނަށް ވަދެގެން އައި ދެމީހުންގެ މޫނުމަތީގައިވީ މަކަރުވެރި ހިނިތުންވުމަށް ވުރެ ބޮޑަށް އެ ދެބެން ޖެހިލުންވީ، އެ ދަންނަ މޫނުތައް ފެނުމުންނެވެ. އެހެނަސް، ލިވްޔާއަށް ވެސް އަދި ލައިނީއަށް ވެސް ނޭނގުނީ އެދެމީހުން ގުޅިގެން މިވަރުގެ ކަމެއް ކުރަން ޖެހުނު ސަބަބެވެ. އެދެމީހުންގެ މެދުގައި އޮތް ގުޅުމެވެ.
ވައިއަޑުން ލިވްޔާގެ ދުލުން އެ ދެ ނަން ބޭރުވުމާ އެކީ ލައިނީގެ ހިތް ވެސް ތެޅިލީ ނިކަން ނުބައި ގޮތަކަށެވެ.
“ނިމްޝާ… ނާއިފް…”
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.







oh no! Nimsha phone in vaahaka dhekki iruves hithah eri ey ei Naaif ey. haadha nubai 2 myhunney ei. plz Livy n Lainy ah dhera gotheh nuhadhaa Raihaan mennah e myhun vy thaneh engeyne gotheh hadhahchey. koba ba Naaif aa nimsha e family dheke rulhi anna reason aky and are they siblings or something?
dhen huri baithah kiyaa hithun hureveny eh noon. mi baives mi kiyaalevuny haadha dhigu wait akah fahu ey. story verrrrryy nice inge
Mi part vx varah Reethi Masha Allah….
Oooh, This Nimsha is pisssing mee of,Allheyyy, keeeh vegen tha thiulheny Nimsha and Naaif, 🤬🙄 I knew this Witch would do something like this to stop their marriage, 😤 Sooo there siblings right??? ‘E’ Kan haasil kuran kanneynge dhw mioh hurihaa dhuvahaku Naaif, Reena aaa marry koggen E ulhuny, huri nubaikan, 😮 Wdym Disappoint dad?? E meehunge bappa aaa Ren ge family meehunge massalagandeh onnanee baa?? Nooooooo Livy and Lai and Lai ge baby ah dhera gotheh nahadhacheyy… Pls 🥺🙏 emeehun gaimu Yaan and Ren gendhiyanama dhwwww 😩😭 Nayu edhemeehun avahah Salaamaiy kohfa, mi Nimsha akaa Naaif gandu jalah laibala, 😩 Ren and Livy dhuru nukurachey, plsss🙏. Sooo curious 🧐
When Nexxxt??? Curiously waiting for the next part… Next part thankolheh avahah genesdheyne kamah ummeedhu kuran! 😊 Appreciate your hard work 🥰
Lyssm Nayu 💗
I think they r siblings right?i think probably ren ge dad maraali nimsha ge dad maybe?anyway this part is awesome!!! Curiously waiting for the next part!
Keehve yo mihaaru comment thakah reply nukuranee?😨
Aslu ves vrh faahaga vey
WHAAAAAAAAAAAAT bro i literally screamed Naaif ge name fenifa…wasn’t expecting him
mi part vx vrh reethi masha allah
can’t wait for nexttt
hii guys.. submit kohfa innathaa dhethin dhuvas fahun dho mi upload vee.. but anyway, hope you guys like this part as well💕💕
kuree episodes ga hunna comments ves hama feney.. hurihaa comments baraabarah kiyan hama.. ekam evves comment akah vaki vakin reply nukurevenee hama busy kamun.. nayaa beynumeh nuvey one comment eh reply dheefa aneh comment ah reply nudhee hunnaakah.. so I’ll try migothah hama hurihaa comment akah ehfaharaa reply kohlaa gothah comment eh kohlan from now on.. and vaguthu vee varakah vaki vaki comments ah ves reply kuraanan In Sha Allah.. reply nukuriyas that doesn’t mean I don’t appreciate any of the comments inge.. nayaa varah varah loabivey hurihaa loabi loabi readers dheke ves.. varah ufaa vey hama hurihaa comment eh kiyaalaafa ves.. thank you so so much for the support and love everyone! varah loabivey!🥹💗
Hey nayaa mi vhk upkurany kn dhuvas thakehga kan bunela dhevidhaane tha??
Eiii mi aharakee alhugandah vrh muhinmu aharakah v ma gina ginain mi vhk nikumey thw beleythee… ekm madhu kohlan vegen… so, eyrah vrh faseyha vaane site balailan …. anyways this story is hama superb….. eii part in Andy part ah hama keiitheri kameh nethi inthizaaru kurevey.. nayaa dheke varah loabivey!❤️💕
# Andy eii noon Aneh part
Hey reply eii dhehvaba plzzz
hii darling.. saw your comment, sorry for not being able to reply sooner..
thank you so much for the lovelies feedbacks and about the schedule umm for now i think I’ll be able to upload on episode per week since im also very busy with school.. but if i have time maybe twice a week upload kohlaanan.. days neynge aslu bunaakah.. bcs submit kuraathaa ves 3 varakah days fahun mi upload vaany.. so nayaa submit kuraanamey bunaa dhuvahakun kiyaalan nulibeyne gina faharah.. ehenveema hama neynge.. but in sha allah one episodes per week 🥰
Thank youu 😊
When next..?
When next? Cant wait for next