Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދޭ މަންޒިލަކީ… 24

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
January 23, 2026 9 Mins Read
6 Comments

“ދެމީހުން ވަރަށް ކަންތައް ކޮށްލައިގެން ދޯ ތި ތިބީ..؟” ލާނެތް ހިނިތުންވުމެއް މޫނަށް ވެރިކޮށްލަމުން ރައިހާން ދިމާކޮށްލުމާއި އެކު ލައިނީ ލަދުން އިސްދަށް ޖެހި ނަމަވެސް ޔާނިއު ލޯއަޅައިލާފައި ރައިހާންގެ ކޮނޑުގައި ޖަހައިލިއެވެ.

“އޯކޭ އޯކޭ ސޮރީ..” ހިނިގަނޑެއް ޖަހައިލަމުން ރައިހާން މަޢާފަށް އެދިފައި ޔާނިއުގެ ގައިގައި ބައްދައިލިއެވެ.

“ކޮންގްރޭޓްސް ޑޭޑް ޓު ބީ.. ދެން މިހާރު ޔާން ގަނޑު ވެސް ބޮޑުވެއްޖޭ ދޯ.. ބައްޕައަކަށް ވަނީ ވިއްޔަ.. ދެން އަވަހަށް ރެޑީވޭ ހަޑި ނެޕީތަކުގެ އަތް އުނގުޅަން..” ރައިހާން ދިމާކޮށްލުމާއެކު ޔާނިއު ވެސް ހިނިއައިސްފައި ރައިހާންގެ ގައިގައި އަތް ވަށައިލިއެވެ.

“އަސްލު ވެސް އިނގޭ.. މަރުހަބާ ޔާންއަށް ވެސް ލައިއަށް ވެސް.. އައިމް ސޯ ހެޕީ ފޯރ ޔޫ ގައިސް..” ޔާނިއުއާ ދުރުވެލާފައި ލައިނީގެ ކޮނޑުގައި ވެސް އެއް އަތް ވަށައިލަމުން ރައިހާން ބުނެލީ ހިތުގެ އަޑިން ލޯބިވާ ބޭބެއަށާ ފަހަރިއަށް ޓަކައި އުފާވެފައި ހުރެއެވެ.

“ތޭންކްސް ރެން.. ދެން މިހާރު ރެން ވެސް އަންކަލްއަކަށް ވަނީ.. ތަންކޮޅެއް ބަސްއަހައިގެން އުޅެން ދަސްކުރޭ.. އޭރުންނެއްނު އަހަރެމެން ވަރުބަލިވީމަ ބޭބީ ރެންއާ ހަވާލު ކުރެވޭނީ ވެސް..” އެއްލޯ މަރައިލަމުން ޔާނިއު ބުނެލުމާއެކު ރައިހާން ދެލޯ ކުޑަކޮށްލިއެވެ.

“ތި ހީކުރީ ތިހެން ބުނީމަ އަހަރެން ބިރުގަންނާނެ ކަމަށްތަ..؟ ބަލައްޗޭ.. ޔާންއާ ލައިއަށް ވުރެ ގިނައިން އަހަރެން ބޭބީ އުރާނަން.. އައިލް ޑެފިނިޓްލީ ބީ ދަ ކޫލެސްޓް އަންކަލް.. ބޭބީގެ ފޭވަރިޓްއަށް ވާނީ ހަމަ ގައިމު ވެސް މަ..” ރައިހާން ހަމަ އެހެން ބުނުމާއެކީ ލިވްޔާ ހީވީ އަރައިގަތް ހެންނެވެ.

“އައްޗީޑި! ބޭބީގެ ފޭވަރިޓްއަށް ވާނީ ބޭބީގެ އާންޓް! ބޭބީ ބުނާނެ ހިތުން މާ ކޫލްކަމަށް ހެދިގެން އުޅޭ އަންކަލްއެކޭ މީ އެކަމު އަސްލު ވާ ކަމެއް ހަރާމޭ..” ލިވްޔާ ވެސް ދޫކުރާކަށް ގަސްތަެއް ނުކުރިއެވެ. އެދެމީހުންގެ ކޯޅުމަކީ އައު ކަމަކަށް ނުވާތީ ލައިނީ އާއި ޔާނިއު ވެސް ތިބީ ކުޅި ބަލާށެވެ.

“މިހާރު އެހައި އަވަހަށް މިދެމީހުން ބޭބީއާ ހަދައި އަރައިރުން ވާން ފެށީ.. ޔާން.. އަހަންނަކަށް ނުފެނޭ ބޭބީ ބޭބީސިޓް ކުރަން މި މީހުންނަށް ދޭކަށް..” ހިނިގަނޑު ފިއްތައިލަމުން ލައިނީ ބުނެލުމާއި އކު ވަގުތުން ލިވްޔާ އާއި ރައިހާންގެ ދެލޯ ވެސް ދިޔައީ ބޮޑުވެގެންނެވެ.

“ކޮބާ ހީވޭ ކަމެއް ހެން؟ ރައިހާން ގަނޑުގެ ކަންތަކޭ މީ ހުސްވެސް!” ރައިހާންގެ ކޮނޑުގައި ބޮނޑިއެއް އަޅައިލަމުން ލިވްޔާ އެއްޗެހި ގޮވައިގަތެވެ.

“ދެން ބޭބީ އެއްކަލަ މާ އަވަހަށޭ ތި ވައިލެންޓް ވަނީ.. ތިހެން އުޅޭތީއޭ އަހަންނަށް އަދަބު ދޭން ޖެހެނީ..” ލިވްޔާގެ އަތުގައި ހިފައި ދަމައިލާފައި ގެނެސް ރައިހާން އެ ތަނަވަސް މޭގައި ތަތްކޮށްލުމާއެކު ވަގުތުން ލިވްޔާ ލަދުން ރައިހާންގެ މޭގައި މޫނު ފޮރުވައިލިއެވެ. ދާދި ދެންމެއަކު ރުޅި އަިއސްގެން ރައިހާންގެ ގަޔަށް ބޮލަށް އަރަން ތައްޔާރަށް ހުރި ކުއްޖާ މިހާރު އެ އަތުތެރޭގައި ލަދުން ވިރެމުން ދިޔަ ގޮތުން ރައިހާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ލިވްޔާގެ އޭނާއަށް އެންމެ ކަމުދާ ސިފައަކީ އެއީއެވެ. އެހައި ރުޅި ވެސް ގަދަވާނެއެވެ. އެހެނަސް އޭނާގެ އެންމެ ބީހިލުމަކުން ވެސް ލަދުން ވިރިދާނެއެވެ.

“ނަސީބެއްބު އަހަރެމެން މެރީ ކުރުމުގެ ކުރިން ޔާންއާ ލައި ބޭބީއެއް ހޯދަން އުޅޭކަން ދޯ..؟ އޭރުން އަހަރެމެންނަށް ބޭބީއަށް ލިބެންވާ އިރަށް ޕްރެކްޓިސް ލިބޭނު..” ރައިހާން ދެން ބުނެލި ވާހަކައިން އަނެއްކައި ވެސް ލިވްޔާ ލަދުން ވިރެން ފެށުމުން އެތަނުގައި ޔާނިއުއާއި ލައިނީގެ ހުނުމުގެ އަޑު ގުގުމައިލިއެވެ.

“ރެންއާ ހިތާވި ފަހުން ދެން މިހާރު ހާދަ ލަދުގަންނަން ވެސް އެނގެޔޭ ދޯ..؟” ލައިނީ ދިމާކޮޮށްލުމާ އެކީ ލިވްޔާ އިތުރަށް ރައިހާންގެ މޭތެރެއަށް ބޮނޑިވެލިއެވެ.

ޚުދު އޭނާއަށް ވެސް ރައިހާންގެ ސަބަބުން އެހިތަށް ވާ ގޮތްގޮތެއް ނޭނގެއެވެ. ރައިހާންގެ އެންމެ ތޫނު ބަލައިލުމަކަށް ވެސް އޭނާގެ މުޅި ހަށިގަނޑު އެކުގައި ޖަވާބުދާރީވެއެވެ. އެ ފަރިތަ ދޫ ބަންދުވެ، ހަރު ހިތް މަޑު ކަފަކޮޅަކަށް ވެގެން ދެއެވެ. ރައިހާން އޭނާއަށް އެ ޖެއްސީ ކޮން ކަހަލަ ޖާދުލެއް ކަމެއް ނޭނގެއެވެ. އެ ސުވާލު ކުރާކަށް ވެސް އޭނާ ބޭނުމެއް ނުވެއެވެ. މުޅި ޢުމުރު ދުވަހު އެ ޖާދޫގައި ޖެހި، އެ އަތުތެރޭގައި ވެވެނިކޮށް ލިވްޔާގެ ހިތް އަބަދު ހުންނާނީ ފުރިގެން ބަންޑުވޭވޭއެވެ.

*** ** ***

ރައިހާން އޭނާގެ ކެބިންގައި މަސައްކަތް ކުރަން އިން ނަމަވެސް، އޭނާގެ ނަޒަރު ކޮމްޕިޔުޓަރަށް ހުއްޓިފައިވާ ވަގުތުތަކަށް ވުރެ، ސާފި ބިއްލޫރިގަނޑަކުން ވަކި ކުރެވިފައިވާ ކެބިންގައި އިން ލިވްޔާއަށް އަމާޒުވާ ފަހަރު ގިނައެވެ. އިރުއިރުކޮޅާ ލިވްޔާ ވެސް ރައިހާންއަށް ބަލައިލުމަށް ފަހު ލަދުރަކި ހިނިތުންވުމެއް ވެރިކޮޮށްލާ އިރު، ރައިހާން ވެސް އޭނާގެ ރީތި ހިނިތުންވުން ރައްދުކޮށްލައެވެ. ކިތަންމެ ފަހަރަކު ވެސް ތެދުވެގެން ގޮސް އެ އަތުތެރެއަށް ލިވްޔާ ބޮނޑިކޮށްލަން ބޭނުންވީ ނަމަވެސް މަސައްކަތަށް ސަމާލުކަން ދޭން ޖެހޭކަން އަމިއްލަ ނަފްސަށް ރައިހާން ހަނދާން ކޮށްދެމުން ދިޔައެވެ. ލިވްޔާ ކޮމްޕެނީއިން ވަކިވުމަށް ނިންމި ނިންމުން ބަދަލުކޮށް، އަލުން ކޮމްޕެނީއާ ގުޅުނުކަމީ ރައިހާންގެ ހިތަށް ފިނިކަން ލިއްބައިދިން ކަމެކެވެ. އެއީ ހަމައެކަނި ލިވްޔާގެ ޒިންމާދާރުކަމާއި ވިސްނުންތޫނުކަމާއި، ފަރުވާތެރިކަމުގެ ސަބަބުންނެއް ނޫނެވެ. އެހެނަސް ދުވާލުގެ ބޮޑުބައި ކޮމްޕެނީގައި ހޭދަވާ އިރު، އެ ވަގުތުތަކުގައި ލިވްޔާގެ ސޫރަ ދެކިލުމުގެ ނަސީބުން މަހުރޫމުވެއްޖެ ނަމަ އޭނާ ހަލާކުވެދާނެތީއެވެ.

“ސާބަހޭ! މީ ދޯ މިއަދު މާ ތަތްކޮށް އުޅޭ ސަބަބަކީ..” ރައިހާން ސިހުނީ އެވަގުތު ކެބިން ތެރެއަށް ވަދެގެން އައި ޔާނިއުގެ އަޑަށެވެ. ވަގުތުން ކަރުކެހިލާފައި ނުވާކަމަށް ހަދަން އުޅުނު ނަމަވެސް، ރައިހާންގެ އިހުސާސްތައް ޔާނިއުއަށް އޮޅުވައިލެވޭނެ ހެއްޔެވެ؟

“ދެން ކޮންމެހެން މާ ނުވާކަމަށް ހަދަން އުޅޭނެ ކަމެއް ނެތް.. މިހާރު މަށަށް އެބަ ފެނޭ އެ ކެބިން ނުފެންނަ ގޮތަށް ބިއްލޫރިގަނޑު ބަދަލުކޮށްލަން..” ޔާނިއު ދިމާކޮށްލުމާއެކު ރައިހާން ވަގުތުން އަލިފާނުން ފިއްސައިލާ ވަރުގެ ނަޒަރެއް ރައްދުކޮށްލީ، ޔާނިއު ބިރުނުގަންނާނެ ކަން ރަނގަޅަށް އެނގިހުރެއެވެ.

“ދެން ކޮންމެހެން އަހަންނާ ދިމާކުރާނެ ކަމެއް ނެތޭ.. ތި އައީ ދިމާކުރަން ވިއްޔާ ދެން ދޭ..” އެ ދިގު އިނގިލިތަކުން ފަރިތަކަމާއެކީ ކީބޯޑުގައި ޓައިޕްކުރަމުން ރައިހާން އިއްވައިލި ނަމަވެސް، ޔާނިއު ހަމަޖެހިލާފައި ކެބިންތެރޭގައި ހުރި ސޯފާގައި ޖައްސައިލިއެވެ.

“ހާދަ އަވަހަކަށް މަ ފޮނުވައިލަން ތި އުޅެނީ..؟ މަ ހުއްޓަސް ލިވީއަށް ބަލަންވީއޭ ހަމަ.. މަ ނޫޅެމޭ ރެން ހުއްޓުވާކަށް..” އެއްމިޔަކަނިން ހިނިތުންވަމުން ޔާނިއު އަނެއްކައި ވެސް ދިމާކޮށްލުމުން ރައިހާން ކަރުބުޑުން އަޑެއް ލައްވައިލިއެވެ.

ޔާނިއު ބުނި ބަހާ ވިއްދާފައި ބަހެއް ބޭރުކޮށްލަން އުޅުނު ރައިހާން މަޑުޖެހުނީ އެވަގުތު ދޮރު ހުޅުވައިލާފައި ވަން ޒާމިން ފެނުމުންނެވެ. ޒާމިން ހަމަ އައުމާއެކީ ޔާނިއު ޒާމިން ގާތު ލިވްޔާގެ ވާހަކަ ދައްކަން ފެށުމުން ރައިހާން ފުން ނޭވާއެއް ދޫކޮށްލާފައި، ލޯމަތީގައި އޮތް ނަމްބަރު އައިނު ނެގިއެވެ. އެއް އަތުގެ ބޮޑުވާ އިނގިއްޔާ ޝަހާދަތް އިނގިލިން ނޭފަތުގައި ހިފަހައްޓައިލާފައި ދެލޯ މަރައިލީ، ދެން އެދެމީހުންގެ ދިމާކުރުންތަކުން ސަލާމަތް ނުވެވޭނެކަން އެނގޭތީއެވެ.

“ހޫނ ދެން އެވަރުން އުޅެފަ އެންމެ ފަހުން އެކަން ވީމަ ހުންނާނީ ވަރެއް ވެފަ އެއްނު.. އަހަރެމެންގެ ރެން ވެސް މިހާރު ބޮޑުވިއްޔޭ ދޯ..؟ ދެން ކޮން އިރަކުންތަ އިންނަނީ..؟” މަލާމާތުގެ ހިނިގަނޑަކާ އެކީ ޒާމިން ބުނެލަމުން އޭނާ ވެސް ޔާނިއު ގާތު ސޯފާގައި ޖައްސައިލިއެވެ.

“ވަރަށް އަވަހަށް އިންނާށޭ އުޅެނީ.. އަންނަ މަހޭ ވެސް އެބަ ކިޔާ.. ބޭނުމެއް ނޫނޯ ނީނދެ ލަސްކުރާކަށް.. މިހާރު ވެސް ކިރިޔަކިރިޔާ އޯ މި ހިފަހައްޓައިލެވެނީ..” އެއްލޯ މަރައިލަމުން ޔާނިއު އެންމެ ފަހުން ބުނެލި ވާހަކައިން ރައިހާން ދަތްކުނޑިވިކައިލި ނަމަވެސް އެކަމުން ޔާނިއުއާއި ޒާމިންއަށް އިތުރު ފޯރިއެއް އެރިއެވެ.

“ޖެހުނީ ކަންތަކާ.. ކިހައި ބޮޑު ** އެއްތަ މީ ދެން.. ދާން އުޅޭ މިތަނުން..” ރައިހާން ރުޅިއައުމުން ވެސް ޔާނިއުއާ ޒާމިންއަށް ވީ މަޖާ ކަމަކަށެވެ. އެދެމީހުންގެ އަނގަ ދެން ނުހުއްޓުވޭނެކަން އެނގުމާއެކު ރައިހާން ފޫހިވެފައި އިނދެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލިއެވެ.

އިރުކޮޅެއް ފަހުން ރައިހާންއަށް ނީނދެވިގެން އެއްޗެކޭ ބުނަން އަނގަ ހުޅުވައިލި ވަގުތު އެކަމަށް ހުރަސް އެޅުނީ، ކެބިންގެ ދޮރު ހުޅުވައިލާފައި ވަދެގެން އައި ލިވްޔާ ފެނުމުންނެވެ. ވަގުތުން އެމީހުން ބުނަމުން ދިޔަ ހުރިހައި އެއްޗެއް ރައިހާން ހަނދާން ނެތުނު އިރު އޭނާގެ މުޅި ސަމާލުކަން އެކީ ލިވްޔާއަށް ދެވުނެވެ.

ރައިހާންގެ ތޫނު ނަޒަރުންނާއި، އެވަގުތު އެތަނުގައި ޔާނިއުއާއި ޒާމިން ވެސް ތިބުމުން ލިވްޔާ އިތުރަށް ލަދުގަނެފައި ހުރެ، ރައިހާންގެ މޭޒު ކައިރިއަށް ދިޔަ އިރު އެ ތުންފަތުގައި ރަކި ހިނިތުންވުމެއް ކުޅެލާފައި ވިއެވެ.

“މިއަށް ރައިހާންގެ ސޮއި ބޭނުންވާތީ..” ގެނައި ފައިލްތައް މޭޒުމަތީގައި ބަހައްޓަމުން ލިވްޔާ ބުނެލުމާއެކީ ރައިހާންއަށް ހަމަބިމަށް އާދެވުނު ފަދައެވެ. ލިވްޔާގެ މޫނުން ނަޒަރު ވަކިކޮށްލަމުން ރައިހާން އަވަސްއަވަހަށް ކަރުކެހިލާފައި ފުރަތަމަ ފައިލް ހުޅުވައިލިއެވެ.

“މިއީތަ ރެންގެ ލިވްޔާ އަކީ..؟” ޒާމިންގެ ސުވާލަށް ޔާނިއު ބޯޖަހައިލުމާއެކީ ރައިހާން އާއި ލިވްޔާގެ ނަޒަރު ސީދާވެގެން ދިޔައެވެ.

އިރުކޮޅަކު އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައި ތިބި ލިވްޔާ އާއި ރައިހާންއަށް ހަމަބިމަށް އާދެވުނީ ޔާނިއު ކަރުކެހިލުމުންނެވެ. ލިވްޔާ ވަގުތުން ލަދުގަނެފައި އިސްދަށަށް ޖެހި އިރު، ކިތަންމެ ވަރަކަށް އެ މަންޒަރު ދެކެން ބޭނުންވި ނަމަވެސް ރައިހާންއަށް މަޖުބޫރުވީ މިވަގުތު މަސައްކަތަށް ސަމާލުކަން ދިނުމަށެވެ. ލިވްޔާ ގެނައި ފައިލްތަކުގައި ހުރި ކަރުދާސްތައް ނުވެސް ކިޔައި ރައިހާން އޭގައި ސޮއެކޮށްލާފައި ލިވްޔާއަށް ދިއްކޮށްލިއެވެ. ލިވްޔާ އެ ފައިލްތަކުގައި ހިފުމާއި އެކު ދެމީހުންގެ މެދުގައި ބަދަލު ކުރެވުނު ސިއްރު ނަޒަރަށް ފަހު ލިވްޔާ އަވަސް ފިޔަވަޅުތަކެއްގައި ގޮސް އެ ކެބިންއިން ނުކުންނަން ދެން ވެސް ރައިހާންއަށް ބަލަން އިނދެވުނީ އެހެން ދިމާއަކަށް ނަޒަރު ބަދަލުކޮށްލަން ނުކުޅެދިފައިހެން ހީވެއެވެ.

“މިހާރު އެނގިއްޖެ ރެން ދީވާނާވީ ކީއްވެގެންކަން.. އައި ޑޯންޓް ބްލޭމް ޔޫ ވަން ބިޓް ރެން.. ހާދަ ރީއްޗޭ ރެންގެ ހޮވުން..” ޒާމިންގެ ދުލުން ލިވްޔާއަށް ތަޢުރީފުގެ ބަހެއް ބޭރުވުމާ އެކީ ރައިހާންގެ ކަތުރުކަށިގަނޑަށް ވާންވެލައިގެން ދިޔައެވެ. އަތުގައި އޮތް ގަލަމަށް ބާރުކޮށްލި އިރު، އަލިފާނުން ފިއްސައިލާ ވަރުގެ ނަޒަރެއް ޒާމިނަށް ރައްދުކޮށްލީ، އެހެން ފިރިހެނެއްގެ ދުލުން އޮހޭ ތަޢުރީފުގެ ލަފްޒެއް ވެސް ލިވްޔާއަށް އަމާޒުވާން ނޭދޭތީހެން ހީވެއެވެ.

“އަސްލުއޭ.. ރެންއަށް ވުރެ ކުރިން ލިވްޔާ އަހަންނާ ދިމާވި ނަމަ ވަގުތުން އަމިއްލަ ކޮށް-”

“ބެކް އޮފް. ޝީޒް މައިން.” ޒާމިންއަށް އޭނާގެ ވާހަކަ ފުރިހަމަކުރާނޭ ފުރުސަތު ނުދީ ރައިހާން އޭނާގެ ބަރު އަޑުން ބުނެލީ ނުރައްކާތެރި ރާގަކަށެވެ.

“އޯކޭ އޯކޭ ޗިލް މޭން.. އަހަރެން ސަމާސާއަކަށް ބުނި އެއްޗެކޭ.. ދެން ރެންއަށް ވެސް އެނގޭނު ރެންގެ ބިޓެއް ވާނީ މަގޭ ފަހަރިއަށް ކަން..” ރައިހާން ހަގީގަތުގައި ވެސް ރުޅިއައީ ކަން އެނގުމާއެކީ ޒާމިން ދެއަތް މައްޗަށް ނަގާފައި ވަގުތުން އަމާން ދިން ކަން އަންގައިލިއެވެ. އެއާއެކު ރައިހާން ވެސް ތަންކޮޅެއް ހަމަޖެހުނު ނަމަވެސް އަދިވެސް އެ މޫނުމަތީގައި ހިތްހަމަނުޖެހުމުގެ އަސަރުތައް ވިއެވެ.

“އަސްލު ނިމްޝާއަށް ވުރެ މާ ރީތި.. އަހަރެން އޭރުވެސް ބުނީމެއްނު ރެން އެހެން ނިމްޝާ އަންނަން ދެން ހުއްޓަސް އެއަށް ވުރެ މާ ރަނގަޅު، މާ ރީތި ކުއްޖަކު ލިބޭނެޔޭ..” ޒާމިން އެހެން ބުނެލުމާ އެކީ ވަގުތުން ކަމެއް ހަނދާންވީ ފަދައަކުން ރައިހާން އޭނާއަށް ބަލައިލިއެވެ.

“ކުރިން ދުވަހު އޭނަ އައި ކޮމްޕެނީއަށް..” ރައިހާން ހަމަ އެހެން ބުނުމާ އެކީ ޒާމިންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެއީ ތެދެއްހެއްޔޭ އަހާ ފަދައަކުން ޒާމިން ޔާނިއުއަށް ބަލައިލުމާ އެކީ ޔާނިއު ވެސް ބޯޖަހައިލިއެވެ. އެދުވަހު ކަންތައްވީ ގޮތް ރައިހާން ކިޔައިދިނުމުން ޒާމިންގެ ތޫނު ސިކުނޑިއަށް ނިމްޝާގެ ކޮންމެވެސް މަޤުސަދެއް ވާނޭކަން އެނގުނެވެ.

“ރެން.. ވިސްނައިގެން އުޅެއްޗޭ.. މަގޭ ހިތެއް ނުބުނޭ ނިމްޝާ އެ އައީ ރަނގަޅު ބޭނުމަކުއޭ.. އެއީ ވަރަށް އަޑިނުބައި އަންހެނެއް..” ޒާމިންގެ ބަހަށް ތާޢީދު ކުރުމުގެ ގޮތުން ޔާނިއު ވެސް ބޯޖަހައިލުމާއެކީ ރައިހާން ފުން ނޭވާއެއް ދޫކޮށްލާފައި މޫނުގައި އަތް އުނގުޅައިލިއެވެ. ޚުދު އޭނާއަށް ވެސް އެކަން އެނގެއެވެ. ކުރިން ވެސް ނިމްޝާ އޭނާއާ އެކީ އުޅުނީ އޭނާ ދެކެ ލޯބި ވެގެން ނޫންކަން ރައިހާންއަށް މިއަދު ޔަގީންވެއެވެ. މިއަދު ވެސް ނިމްޝާ އެ އައީ ކޮންމެވެސް ބޭނުމެއްގައި ކަމާއި، އެކަން ހާސިލް ނުކުރެވެނީސް ނިމްޝާ ފަސްނުޖެހޭނޭ ކަމާއި މެދު ރައިހާން ހިތުގައި ކުޑަ ވެސް ޝައްކެއް ނެތެވެ. އެހެނަސް އޭނާއަށް ނޭނގެނީ ނިމްޝާގެ އެ ބޯތެރޭގައި ރާވަމުންދާ ރޭވުމެވެ. އޭނާ ބޭނުންވާ ކަންތަކެވެ.

*** ** ***

އެރޭ ކެއުމުގައި ދެކެވެމުން ދިޔައީ ރައިހާން އާއި ލިވްޔާގެ ކައިވެނީގެ ވާހަކައެވެ. އައިސާމަނިކެގެ އެދުމުގެ މަތިންނާއި އެކީ ރައިހާންގެ ޢާއިލާ މެމްބަރުންނާއި، އަނީސްގެ އިތުރުން ލައިނީ ވެސް ތިބީ އެދެކުދިން ކައިވެނި ކުރާނޭ ދުވަހަކަށް ކެތްމަދު ވެފައެވެ. ލައިނީއަށް ލިބުނު ފަދަ ހެޔޮލަފާ، ރަނގަޅު ފިރިއެއް ލިވްޔާއަށް ވެސް ލިބެން އުޅޭކަމީ އަނީސް ޢުމުރު ދުވަހު ހެއްދެވި ފަރާތަށް ޝުކުރު ކުރާނޭ ކަމެކެވެ.

ރޭގަނޑުގެ ކެއުން ނިމުނީ އަންނަ މަހުގެ ފަނަރަ ވަނަ ދުވަހު ކައިވެނި ކުރާ ގޮތަށް ހަމަޖެހިގެންނެވެ. ހުރިހައި އެންމެން ރައިހާން އާއި ލިވްޔާގެ ކައިވެނީގެ ތައްޔާރީތަކުގެ މަޝްވަރާތައް ކުރަމުން ދިޔަ އިރު އެންމެ ކުރީގައި އުޅެމުން ދިޔައީ ޔާނިއު އާއި ލައިނީއެވެ. އެދެމީހުންގެ ކައިވެނި އެހައި ފުރިހަމައަށް ބޭއްވުމަށް ރައިހާން އާއި ލިވްޔާ ކުރި މަސައްކަތް، ރައިހާންއާއި ލިވްޔާގެ ކައިވެނީގައި އެދެމީހުން ވެސް ތިބީ ކުރުމަށް އަތުކުރި އޮޅާލައިގެންނެވެ.

އެންމެން ކައިވެނީގެ ވާހަކަ ދައްކަމުން ދިޔަ އިރު ރައިހާން އާއި ލިވްޔާ ދިޔައީ އެކަކު އަނެކަކަށް ސިއްރު ނަޒަރުތައް ބަދަލުކުރަމުންނެވެ. ދުލުން ބަހެއް ނުބުނި ކަމުގައިވީ ނަމަވެސް ދެމީހުންގެ ދެލޮލުން އެކަނި އެތައް ވާހަކަތަކެއް ބުނެދެމުން ދިޔައެވެ. އެކަކުއަނެކަކަށް ޓަކައި ދެހިތުގައިވީ އެތައް އަސަރުތަކެއް ދައްކުވައިދެމުން ދިޔައެވެ.

އެހެން އެންމެންނަށް ވުރެ ކުރިން ކައި ނިންމާލައިގެން ޔާނިއު އާއި ލައިނީ ތެދުވެގެން ދިޔުމުން ލިވްޔާއަށް ދެލޯ ހަނިކޮށްލެވުނީ، އެހެންޏާ ކެއުމުގެ ވަގުތުތަކުގައި އައިސާމެނިކެއަށް ވުރެ ކުރިން އެކަކު ވެސް މޭޒުދޮށުން ނުތެދުވާތީއެވެ. އެހެންނަމަވެސް ޔާނިއުއާ ލައިނީ ގޮސް ސިޑިން އަރަން ދެން ވެސް އެކަކު ވެސް އެއްޗެކޭ ނުބުނެ އިނުމުން ލިވްޔާގެ ބޮލުގައި ސުވާލުމާކެއް އުފެދިފައި އިނދެ ވެސް، ދުލުން އެއްވެސް ބަހެއް ބޭރެއް ނުކުރެއެވެ.

ކައި ނިންމައިލި ގޮތަށް ރައިހާން ލިވްޔާގެ އަތުގައި ހިފައިގެން ހިނގައިގަތުމުން ސުވާލުމާކެއް އުފެދިފައި ހުރެ ވެސް ލިވްޔާ ރައިހާންއާ އެކީ ދިޔައެވެ. އޭނާގެ ބައްޕައާއި ރައިހާންގެ އާއިލާ އެންމެން ވެސް ތިއްބާ ރައިހާން އެގޮތަށް ކަންތައް ކުރުމުން ލިވްޔާ ހިސާބަކަށް ލަދު ވެސް ގަތެވެ.

“ރައިހާން.. ކޮންތާކަށް ތި ދަނީ..؟” ލިވްޔާ އަހައިލުމުން ވެސް ރައިހާން އެއްވެސް އެއްޗެކޭ ނުބުނެ ހިނގަމުން ދިޔުމުން ލިވްޔާ ވެސް ފަހުން އެއްވެސް ސުވާލެއް ނުކުރީ، ރައިހާންއަށް ފުރިހަމައަށް އިތުބާރު ކުރަމުންނެވެ. ރައިހާން ހުރިހާ ހިނދަކު އޭނާގެ ގައިގައި ކޫރުމެއް އެޅޭނޭ ފަދަ ކަމެއް ވެސް ނުވާނޭކަން ޔަގީންވާތީއެވެ.

ލިވްޔާގެ އަތުގައި ހިފައިގެން ރައިހާން ދިޔަ ގޮތަށް ގޮސް އެރީ ގޭގެ ޓެރަހަށެވެ. ޓެރަހަށް ވަންނަ ދޮރު ހުޅުވައިލާފައި ރައިހާން ލިވްޔާއަށް އެތެރެއަށް ވަނުމަށް ޢިޝާރާތް ކޮށްލިއެވެ. އެއާއެކު މާ ބޮޑު ފިކުރެ ނެތި ޓެރަހަށް ވަން ލިވްޔާގެ ދެލޯ ބޮޑުވެގެން ދިޔައީ ފެނުނު މަންޒަރަކުންނެވެ.

ޓެރަހުގައި ހުރި ފެހިކަން ގަދަ ގަސްގަހުގައި އެލުވާފައި ހުރި ރަން ކުލައިގެ ފެއަރީ ލައިޓްތަކުން، އެ ގަސްތަކުގައި ފޮޅިފައިވީ ނަލަނަލަ މައުތައް ދިޔައީ ވިދައި، ބަބުޅަމުންނެވެ. ހަނދުވަރުގެ އަލިކަން މާ ޝާހީ ނުވި ނަމަވެސް، އެރޭގެ ރީތިކަން ޓެރަސްމަތި ފަޅުފިލުވައިލެވިފައިވާ ގޮތުންނާއި، ޖެހެމުން ދިޔަ ލުއިލުއި ރޯޅިތަކާ އެކީ ވިހުރެމުން ދިޔަ ގަސްގަހުގެ ފަތްތަކުން ދިޔައީ ހާމަކޮށްދެމުންނެވެ.

“ލިވް..” ފެންނަމުން ދިޔަ ހިތްގައިމު މަންޒަރަށް ގެއްލިފައި ހުރި ލިވްޔާއަށް ސިހިފައި ފަހަތް ބަލައިލެވުނީ ރައިހާން އާއްމުކޮށް އޭނާއަށް ގޮވައިލާ ނަމުން ގޮވައިލުމުންނެވެ. އޭރު އޭނާގެ ކުރިމަތީގައި އެއް ކަކޫ މައްޗަށް ތިރިވެގެން އިން ރައިހާންގެ އަތުގައި އޮތް ވިދަމުން ދިޔަ އަލިމަސް ޖެހި ރަން އަނގޮޓި ފެނިފައި ލިވްޔާގެ ދެލޯ ބޮޑުވި އިރު އަނގަމަތީގައި އަތް އަޅައިލެވުނެވެ. އެއް ފަހަރު އަނގޮޓިއަށް، އަނެއް ފަހަރު ރައިހާންގެ އެ ރީތި މޫނަށް ލިވްޔާގެ ނަޒަރު ބަދަލު ކުރެވެމުން ދިޔަ އިރު ލިވްޔާގެ ހިތުގެ ވިންދު އަވަސްވީ މީގެ ކުރިން ދުވަހަކު ވެސް ނުވާ ވަރަށެވެ.

“ލަވް.. އެންމެ ފުރަތަމަ އަހަންނަށް ލިވްޔާ ފެނުނީ މަގުމަތިން.. އެދުވަހު ކަންތައްވީ ގޮތުން ލިވްޔާ ދެކެ ރުޅި އާދެވުނު ވަރު ބުނެދޭން ވެސް ނޭނގޭ.. އަހަރެން.. އަހަރެން ހުރީ ދުޢާ ކޮށްލަ ކޮށްލަ ދެން ލިވްޔާ ނުުފެނޭތޯ.. އެކަމަކު ކަންތައް ވީ ގޮތުން ދެން ލިވްޔާ ވީ ލައިގެ ކޮއްކޮއަށް.. އަހަރެންގެ ފަހަރިގެ ކޮއްކޮއަށް.. އެވަރުން ވެސް ނުވެގެން ދެން އަހަންނަށް ލިވްޔާ ތަަޢާރަފްވީ އަހަރެންގެ ދަށުން މަސައްކަތް ކުރާ މުުވައްޒަފެއްގެ ގޮތުގަ.. އެދުވަހު އެކަމާ ރުޅިއައިސްގެން އުޅެވުނު ގޮތެއް ވެސް އަހަންނަކަށް ނޭނގޭ.. އެކަމަކު މިއަދު.. މިއަދު އެގޮތަށް ކަންތައް ވީމަ އަހަރެން އުފާ ކުރާ ވަރު ލިވްޔާއަށް އެނގޭނެ ނަމަ.. އެގޮތަށް އަހަރެމެން ދެމީހުން ދިމާވީ ތަގުދީރުގަ އަހަރެމެން ދެމީހުންގެ ނަން އެކުގައި ލިޔެވިފައި ވާތީކަން އަހަންނަށް މިއަދު ޤަބޫލު ކުރެވޭ..” ރައިހާންގެ ކޮންމެ ވާހަކައެއްގެ ތެދުކަން ސާބިތުކޮށްދެމުން ދިޔައީ އެ ރޭގަނޑެއް ފަދަ ކަޅުކަން ދެލޮލުގައިވީ ވިދުވަރެވެ.

“އޭރު ލިވްޔާ ފެނުނީމަ އަހަރެންގެ މުޅި ދުވަސް ޚަރާބު ވިޔަސް މިހާރު ތި ރީތި ސޫރަ ފެނުނީމަ ނޫނީ އަހަރެންގެ ދުވަސް ފުރިހަމަ ވެސް ނުވޭ.. އެނގޭ އޭރު ލިވްޔާ ދެރަވާ ވަރުގެ ބައިވަރު އެއްޗެހި އަހަންނަށް ބުނެވުނު ކަން.. ލިވްޔާ ހިތުގަޖެހޭ ކަހަލަ ބައިވަރު ކަންތައް ކުރެވުނު ކަން.. އެކަމަށް އަހަރެން މުޅި ޢުމުރު ދުވަހު ވެސް ރިގްރެޓް ކުރާނަން.. އެކަމަކު އެއިން ކޮންމެ ކަމެއް، ބުނެވުނު ކޮންމެ ބަހެއް ހަނދާން ނެތޭ ވަރަށް މުޅި ޢުމުރަށް ލިވްޔާއަށް ލޯބި ދޭން އަހަރެން ބޭނުން.. އަހަރެން.. އަހަރެންގެ މި ބަސްނާހާ ހިތް އެހެން މީހަކަށް ނުދެވޭނެ ކަމަށް ހީކޮށްގެން ހުއްޓައި އެ ހުރިހައި ކަމެއް ބަދަލުކޮށްލި ޚާއްސަ އަންހެން ކުއްޖަކީ ތީ.. އަހަންނަކަށް ނޭނގެ ލިވްޔާ އަހަންނަށް ހެދީ ކޮން ކަހަލަ ޖާދުލެއް ކަމެއް.. އެނގޭކަށް ބޭނުމެއް ވެސް ނޫން.. އަހަރެން ބޭނުން ވަނީ އެ ޖާދުލުގެ ބާރުގަ މުޅި ޢުމުރު ހުސްކޮށްލަން.. އަހަރެންގެ މި ހިތް އެދޭ މަންޒިލަކީ އަބަދު ވެސް ތީ.. ހާދަ، ހާދަ، ލޯތްބެއް ވެޔޭ ދޫންޏާ.. ޕްލީޒް.. މުޅި ޢުމުރަށް އަހަރެންގެ މިލްކަކަށް ވެދީ.. އަހަރެންގެ އަނތްބަކަށް އައިޝަތް ލިވްޔާ އަނީސް ނޫން ކުއްޖަކު ދުވަހަކު ވެސް ނުވާނެ.. ވިލް ޔޫ ބީ މައި ވައިފް، ލަވް..؟” އުއްމީދާ އެކީ ރައިހާން އެ ސުވާލު ކޮށްލި އިރު، އެ ދެލޮލުގައި ވެސް ކަރުނައިގެ މުތީތައް ބަބުޅަން ފެށީ، ރޭގަނޑުގެ އުޑުގައި ތަރިތަކެއް ބަބުޅައި ފަދައިންނެވެ.

ރައިހާންގެ ކޮންމެ ވާހަކައަކުން، އެ ދުލުން ބުނެލި ކޮންމެ ލަފްޒަކުން ލިވްޔާގެ ލޮލުން ކަރުނަތިއްކެއް ފައިބަމުން ދިޔައެވެ. އޭނާގެ ހިތް ހީވަނީ އުދުއްސައިގަންނަން އުޅެނީ ހެންނެވެ. ރައިހާންގެ ޙައްޤެއްގެ ގޮތުގައި މުޅި ޢުމުރު ވޭތުކޮށްލުން ނޫން ކަމެއް އޭނާ ބޭނުން ނުވާ އިރު، އެ އާދޭހަށް ނޫނެކޭ ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟

އިތުރު ވިސްނުމަކަށް ވެސް ނުގޮސް، ވަގުތުން ލިވްޔާ ބޯޖަހައިލާފައި އޭނާގެ ވައަތް ދިއްކޮށްލުމާއެކީ ރައިހާންގެ ތުންފަތް ދެމިލީ ހިތްގައިމު ހިނިތުންވުމަކުންނެވެ. އަތުގައި އޮތް އަލިމަސް ޖެހި ރަން އަނގޮޓި ލިވްޔާގެ ކަށި އިނގިލީގައި އަޅުވައިލަދީފައި، އެ އަތަށް ބޮސް ދިން އިރު، ރައިހާންގެ ހިތް ވަނީ އުުފަލުން ފުރިފައެވެ. ލިވްޔާއަށް ޓަކައި ލޯބިން ބަންޑުންވާ ވަރު ވެފައެވެ.

ރައިހާން ތެދުވެ، ވަގުތުން ލިވްޔާ އެ ވަރުގަދަ ދެއަތުގެ ޙިމާޔަތުގެ ތެރެއަށް ގެނައީ މުޅި ޢުމުރަށް ލިވްޔާއަށް ރައްކާތެރިކަމާއި ލޯބި ދޭނެކަމަށް ވަޢުދުވަމުންނެވެ. ލިވްޔާ ވެސް ރައިހާންގެ މޭތެރޭގައި މޫނު ފޮރުވައިލަމުން، އެ ހަށިގަނޑުގައި އަތް ވަށައިލީ ރައިހާން ދެކެ ވާ ލޯބި ބުނެދެމުންނެވެ. ބަސްމޮށުންތެރިކަމަކައި ނުލައި ދެމީހުން ވެސް ބުނަމުން ދިޔައީ އެއް ވާހަކަތަކެކެވެ. އެކަކު އަނެކަކު ދެކެ ލޯބިވާ ވަރެވެ. އެކުގައި ވާން ބޭނުންވާ ވަރެވެ. ޢުމުރަށް އެކުގައި، ލޯބިން ވުމަށް ވެވޭ ވަޢުދެވެ.

އެ ދެމީހުންގެ ލޯބިވެތި ޙަރަކާތްތައް ފޯނުގައި ރައްކާކުރަން މާ ދުރު ނޫން ހިސާބެއްގައި ތިބި ލައިނީ އާއި ޔާނިއުގެ ތުންފަތް މަތީގައި ވެސް ވަނީ ނުފިލާ ވަރުގެ ހިނިތުންވުމެކެވެ. ލޯބިވާ ކޮއްކޮމެންގެ ލޯބި ޙާސިލް ކުރެވުނު މަންޒަރު ވެގެން ދިޔައީ ދެ ހިތަށް ވެސް އުފާވެރިކަމާއި ހިތްހަމަޖޖެހުން ގެނުވައިދިން ކަމަކަށެވެ.

އިރުކޮޅެއްގެ އެކަހެރި ވަގުތުކޮޅެއް ރައިހާން އާއި ލިވްޔާއަށް ދިނުމަށް ފަހު، ލައިނީ އާއި ޔާނިއު އެމީހުން ގާތަށް ގޮސް ދެމީހުންނަށް ވެސް މަރުޙަބާ ކީ ހިތުގެ އަޑިން އުފާވެ ތިބެއެވެ.

“މިއީ ދޯ ޔާންބެއާ ކުޑާ މާ އަވަހަށް ކައި ނިންމާލައިގެން އައިސް ކުރި ކަމަކީ..” ވަށައިގެންވީ މާހައުލަށް ނަޒަރު ހިންގައިލަމުން ލިވްޔާ ބުނެލުމުން ޔާނިއު އާއި ލައިނީ އެކުގައި ބޯޖަހައިލީ ހިނިތުންވެފައެވެ.

“ރެން ބުނީމަ ދެން ކޮށްދޭކަށްނު ޖެހޭނީ.. އެހެން ނޫނަސް އަހަރެމެންގެ ވެޑިންގަ ވެސް ހުރިހައި ކަމެއް ކުރީ ރެންއާ ލިވީ.. އެ ފޭވަރ ރިޓަރން ކޮޮށްދޭން އަހަރެމެން މި ތިބީ ހަމަ ތައްޔާރަށް.. ދޯ ލައި..؟” ލިވްޔާއާ ވާހަކަ ދައްކަން ހުރި ލައިނީއަށް ޔާނިއު ދޯ ދިނުމުން ލައިނީ ހިނިތުންވެލާފައި ބޯޖަހައިލިއެވެ.

“ލިވީ އެ ދައްކަނީ ރިންގް ރީތި ވާހަކަ..” ލުއި ހުނުމަކާ އެކީ ލައިނީ ބުނެލުމުން ލިވްޔާ ރަކިވެފައި އިސްދަށަށް ޖެހި ނަމަވެސް، ރައިހާންގެ ތުންފަތް މަތީގައި ދުވެލީ ފަޚުރުވެރި ހިނިތުންވުމެކެވެ.

“މަ ހީކުރީ އެންގޭޖްވާ އިރު މީހުން ދެނީ ސިލްވަރ ރިންގް ކަމަށް..” ލިވްޔާގެ އަނގޮޓިއަށް ބަލައިލަމުން ޔާނިއު ސަމާސާ ކޮށްލިއެވެ.

“ޝީ ޑަޒަންޓް ވެއަރ ސިލްވަރ..” ރައިހާން އެހައި ޔަގީންކަމާ އެކު އެހެެން ބުނެލުމާ އެކީ ލިވްޔާއަށް ސިހިފައި ރައިހާންއަށް ބަލައިލެވުނެވެ. އޭނާގެ ހުރިހައި ކަމެއް ރައިހާން އެހައި އަވަހަށް ދަސްކުރަމުން ގެންދާ ގޮތުން ހައިރާންވި ނަމަވެސް ފަޚުރުވެރި ވެސް ވެވުނެވެ. ރައިހާންގެ އަނތްބަކަށް ވުމަށް ދުވަސް ގުނަމުން ދިޔަ އިރު، އެ ހިތް ވަނީ އުފަލުން ފުރިފައެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ޖަވާހިރުގެ ބާރު – 5

Next

މުޅި ހިތް ބޭޤަރާރު ވެއްޖޭ-10

Next
January 23, 2026

މުޅި ހިތް ބޭޤަރާރު ވެއްޖޭ-10

Previews
January 23, 2026

ޖަވާހިރުގެ ބާރު – 5

6 Comments!

  1. it's me says:
    January 24, 2026 at 12:51 am

    mi part ves varah best, when next?

  2. Riusha💙 says:
    January 24, 2026 at 5:24 pm

    Ufalun gos rovijje💙💙💙😭😭💙💙💙
    Ren haadha rom ey. Vrh kykey bunaanee.. Emotional.. 💙💙
    Curiously waiting for the next episode…
    When next???
    Take Care.. Luv ya 💙💙💙

  3. Anonymous says:
    January 30, 2026 at 6:16 am

    Next part when?

  4. Cutie girl says:
    January 30, 2026 at 3:37 pm

    Naayaa’s storytelling is truly captivating, striking a perfect balance between imaginative world-building and profound emotional resonance. I was particularly impressed by how she used vivid, sensory details to bring the setting to life, making it feel like a place I could actually step into. The character arcs were handled with such care and nuance that their growth felt earned and deeply moving, keeping me invested in every twist of the plot. It’s rare to find a story that is both intellectually engaging and so full of heart, and her unique voice really shines through in every line.
    Would you like me to highlight a specific part of her story, such as the ending or a favorite character, to make this even more personal?

    1. Sissy says:
      January 30, 2026 at 3:40 pm

      Girl why did u change ur style of comment to ai, I remember u doing this last year please reconsider girll

  5. އިއްޒަތު says:
    January 30, 2026 at 3:41 pm

    ކޮބާ ދޫނި

Comments are closed.

Next Episodeހިތް އެދޭ މަންޒިލަކީ… 25←


All Right Reserved!