ހުރީމެ އިންތިޒާރުގަ (3)

- by - 3- November 5, 2019

“ތާޖު ވިލާ ” އަށް ވަދެވުނު އިރު ގޭގައި ތިބި އެންމެން ތިބީ ކަޝަފްގެ އިންތިޒާރުގައެވެ. މާމައާއި ބޮޑުދައިތައިގެ ދެ ދަރިން ތާނިޔާ އާއި އާޔަތުތިބީ ކަޝަފް އަށް މަރުހަބާ ކިޔުމަށް ތައްޔާރުވެގެންނެވެ. އާޔަތު އާއި ކަޝަފްއަކީ އެއް އުމުރެއްގެ ދެކުދިންނެވެ. ތާނިޔާވެސް އުމުރުގަ ބާ ބޮޑު ފަރަގެއް ނީދެއެވެ. ތާނިޔާ އެދެކުދިންނަށް ވުރެން ހަގީ ދޮޅު އަހަރެވެ. ބޮޑުދައިތަގެ ދެން ހުންނަނީ ފިރެހެން ދަރިފުޅު ސަމީރެވެ. ކަޝަފް އަށް ވުރެން 3 އަހަރު ދޮށީ ސަމީރު ހުރީ ދުބާއީގައެވެ. އެއީ މިހާރު ޒުވާން ވިޔަފާރިވެރިއެކެވެ. މިހުރިހާ ކުދިންވެސް ބޮޑެތިވަމުން އައީ އެކު އެކީގައެވެ. މަޖަލާ އުފަލުގައެވެ. ނަމަވެސް ކަޝަފްއާއި ސަމީރު ބޭރަށް ދިޔަ ހިސާބުން އެ އުފާވެރިކަން ވަނީ ގޭތެރެއިން ގެއްލިފައެވެ. އާޔަތުވެސް ލަންޑަނަށް ދާން މަންމަގާތު ވަރަށް އާދޭސްވެސް ކުރިއެވެ. ކަމާލު ފޮނުވަން ބޭނުންވި ނަމަވެސް އާޔަތުގެ މަންމަ ފަރުޒާނާ އެކަމާ ދެކޮޅު ހެދިއެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި އަންހެން ކުދިން ތިބެންޖެހޭނީ ގޭގައެވެ.
މިއަދު އަނެއްކާވެސް މި ގެޔަށް ބަހާރު މޫސުމް އައިފަދައެވެ. އެމެންގެ މޫނުމަތިންވެސް ފެންނަނީ އުފާވެެރިކަމެވެ.

” މާމަގެ ދަރިފުޅު ހާދަ ރީއްޗެ. ހާދަ ފުރިހަމައެ. އެންމެންގެ އެސްފީނާއިން މި ކުއްޖާފުޅު ދުރުކުރައްވާށި” ކަޝަފް މާމަގައިން ދުރުކޮށްލަމުން ބުންޏެވެ. އެންމެ ކުޑައިރުން ފެށިގެންވެސް މާމަ އެންމެ ލޯބިވާ ދަރިއަކީ ކަޝަފްއެވެ. ކަޝަފް އަކީ އެންމެ ތުއްތު އިރުން ފެށިގެންވެސް ބަސް އަހހާ ކިޔަމަންތެރި ކުއްޖެކެވެ. ތާނިޔާ އާ އާޔަތުހެން މާމަ ބުނާ އެއްޗެއް ގަބޫލު ނުކުރާ ކުއްޖެއް ނޫނެވެ.
މި މަންޒަރުބަލަން ހުރި ބޮޑުދައިތަ ފަރުޒާނާ އެތަނުން ނުކުމެގެން ދިޔައީ ހިތުގައިވާ ހަސަދައިގެ އަލިފާންގަނޑު ނިއްވާލެވޭތޯއެވެ.
މޫނުމަތިން އެމަންޒަރު އެންމެންނަށް ފޮރުވުމަށެވެ. ކަޝަފްއަކީ މިހާރު މިގޭގެ ވެރިޔާގެ ދަރިއެވެ. މި ހުރިހާ މުދަލެއްގެ ވާރުތަވެރިޔާއެވެ.

ފަރުޒާނާގެ ފިރިމީހާ މަރުވުމުން ކަމާލް ފަރުޒާނާ މިގެއަށް ގެނައީއެވެ.
ފަރުޒާނާ ކައިވެނި ކުރީ އެޝަހަރުގެ މުއްސައްޖަކާއި ކަމަށް ވިޔަސް ފިރިމީހާގެ މުދަލުން އެއްވެސް އެއްޗެއް ލިބެން ނެތްކަން އެގުނީ ފިރިމީހާ މަރުވުމަށް ފަހުގައެވެ. ފިރިމީހާގެ އެހެން އަތްބަކާއި ފިރެހެހެން ދަރިއަކު ހުރިކަން އެގުނީ ގެއިން ނުކުންނަން ޖެހުނީމައެވެ. އެދަރިފިޅަށް މާ ކުރިންވެސްވަނީ އެހހުރިހާ މުދަލަކާއި ގެދޮރަކީ އޭނާގެ އެއްޗެއްކަމަށް ހަދައިދީފައެވެ. ފަރުޒާނާ އޭނާއަށް ހައްގުވާ ބައި ހޯދަން ވަރަށް މަސައްކަތް ކުރިއެވެ. މިކަން ހުއްޓުވީ ކަމާލުއެވެ. އޭނާ ދިރިހުރިހާ ދުވަހަކު ދައްތަ ހާލުގައި ނުޖެހޭނެކަމަށް ބުނަމުންނެވެ. މިއަދާ ހަމައަށްވެސް ކަމާލުގެ ފަރާތުން ފަރުޒާނާ ހިތްދަތިވާކަހަލަ އެއްވެސް ކަމެއް ނުފެނެއެވެ . ކަންކަން ކުރާއިރު ފަރުޒާނާގެ ލަފާވެސް ހޯދައެވެ.
” މިހާރު މާ ލަސްވެއްޖެ. ހިނގާ ކާން. މަންމަ ހުންނާނެ ދަރިފުޅަށް އެންމެ މީރު ކާއެއްޗެހި ހަދާފަ” މަންމަ ކަޝަފްގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.

އެންމެންތިބީ ކާމޭޒުދޮށުގައެވެ. ކެއުމަށް އިންސާފު ކުރުމުގައެވެ. ކާއެއްޗެތިން މޭޒުމަތިވަނީ ފުރާލާފައެވެ. އިންޑިޔާގެ މަޝްހޫރު ކާތަކެއްޗެވެ. ފޮނިއެއްޗެއްސާއި ކުޅި އެއްޗެއްސެވެ.ތަފާތު ބުއިންތަކެވެ. ވިލާތުގެ ކެއުންވެސް ކޮންމެވެސް ވަރަކަށް ފެންނަން އެބަހުއްޓެވެ.
މަންމަ ފަހަރަކު އެއްޗެއް ކަޝަފްގެ ތައްޓަށް އަޅަމުންދިޔައެވެ.

” އެކަމަކު މަންމާ ހާދަ ބައިވަރު ކާއެއްޗެއްސެއް.. މިހުރިހާ އެއްޗެއްސެއް ކާނީވެސް ކިހިނެތް؟” ކަޝަފް މަންމަ ކާއެއްޗެހި އަޅާލެއް ގިނަކަމުން ބުންޏެވެ.

” ދަރިފުޅު ރަނގަޅަށް ކާތި. މަންމަ މިހުރީ ދަރިފުޅަށް އެންމެ މީރު އެއްޗެހި ހަދާފަ.. ދަރިފުޅު މަންމަ ކައްކާހާ މީރުކޮށް ކައްކަން އެގޭނެ މީހަކު ނޫޅޭނެ..” ވާހަކަ ދެއްކީ މާމައެވެ.

މާމަގެ މި ޖުމްލަ ބޮޑުދައިތަ ފަރުޒާނާގެ ހިތުގަ އަނެއްކާވެސް ހުޅުރޯވެއްޖެއެވެ. ހުރިހާ ތައުރީފެއް ޅީދަރިފުޅަށެވެ. އަހަރެންނަށްވެސް ގައިމު ކައްކަން އެގެއެވެ. އަމިއްލަ ދަރިފުޅަށްވެސް ތައުރީފު ކޮށްލިނަމައެވެ. ފަރުޒާނާ ފާޑަކަށް ތުންފިއްތާލިއެވެ.

އެކަމަކު ފަރުޒާނާއަށް ތައުރީފު ކުރާނީވެސް ވަކި ކީކޭ ކިޔާފަ ހެއްޔެވެ. މަސައްކަތެއް ކުރަންވިއްޔާ އެއީ ބަލިމީހެކެވެ. ހަށިގަނޑުގައި ނުރިއްސާ އެންމެ ކަށިކޮޅެއްވެސް ނީދެއެވެ.

ކަޝަފްގެ މަންމަ ނަފީސާ އަކީ ފިސާރި އަންހެނެކެވެ. ގެވެހި އަންބެކެވެ. ބަދިގެ ތެރޭގެ އެއްވެސް ކަމަކަށް ނޯކަރުންނެއް ނުގެން ގުޅެއެވެ. ބަގީޗާ ބެލެހެއްޓުމަށާއި ގޭތެރެ ސާފު ކުރުމަށްވެސް މީހުންނާއި ހަވާލުކުރީ ވަރަށް ފަހަކުންނެވެ. މީގެ ކުރިން މީ ހުސްވެސް ނަފީސާ ކުރާމަސައްކަތެވެ. މި މަސައްކަތްތައް ކުރުން ހުއްޓާލީ ބުރަމަސައްކަތް ނުކުރުމަށް ޑޮކްޓަރު އެންގެވުމުންނެވެ.

އެކި ވާހަކަތަކުގައި ކެއުން ކުރިއަށް ދަމުން ދެއެވެ. އެހެންނަމަވެސް ކަޝަފް ދޭތެރެއަކުން ތަންތަން ހޯދާލައެވެ.

” ކޯއްޗެއް ތި ހޯދަނީ.. މިގޭ އެންމެން މިތާ ހަމައަށް އެބަ ތިއްބޭ” ބޮޑުދައިތައަށް ކަޝަފްގެ ހަރަކާތް ހުރި ގޮތުން ނުހުރެވިގެން ބުންޏެވެ. ބޮޑުދައިތަ މިހެން ބުނުމުން އެންމެން އެއްފަހަރާ ހީގަނެވުނެވެ..

ހަގީގަތުގަވެސް ހޯދަމުން އެދަނީ މީހެކެވެ. ނަމަވެސް އެހިސާބުން މީހަކު ނުފެންނާނެކަންވެސް އެގިހުރެއެވެ. އެއްވެސް ނޯކަރަކު ކެއުމަށް އިންސާފްކުރަމުންދާ ގަޑިތަކުގައި ނުފެންނާނެއެވެ. އެއީ ކަމާލު އަންގާފަ އޮންނަގޮތެވެ. ކާމޭޒު ދޮށަކީ އާންމުކޮށް އާއިލާ ތެރޭގެ ގިނަވާހަކަތަކެއް ދެކެވި މަޝްވަރާތައްވެސް ކުރެވޭ ތަނަކަށް ވެފައިވާތީއެވެ.
********

ކައިނިމިގެން ކަޝަފްވެސް ވަނީ 3 ވަނަ ފަންގިފިލާގައި އިން އޭނާގެ ކޮޓަރިއަށެވެ. އެންމެންގެ ނިދާ ކޮޓަރިތައް ހުންނަނީ މިބައިގައެވެ ކޮޓަރީގެ ހުރިހާ އެއްޗެއްވެސް ހުރީ އެއްޗެއް ހުންނަންވާތަނުގައި އެހާމެ ތަރުތީބު ކޮންނެވެ. ކޮޓަރި މެދުގައިއިން ކުއީން ސައިޒުގެ އެނދުގައި އޮށޯވެލިއެވެ. އެއްއަތް ނިތްކުރިމަތީގައި ބާއްވާލައިގެންނެވެ. މިގޮތުގައި މާ ގިނަ އިރަކު ނޯވެވުނެވެ. ތެދުވެއްޖެއެވެ. ކުޑަދޮރުގެ ފޮތިގަނޑު ކަހާލިއެވެ. ބުނަންނޭގޭފަދަ އިހްސާސްތަކެއް ކުރެވެންފެށިއެވެ. މާދުރުން ފެންނަން އޮތް ކޯރަށް ނަޒަރު ހިންގާލިއެވެ. ކޯރުގެ އަނެއްފަރާތުން ފެންނަން އޮތީ ބޮޑެތި ގަސްތަކާއި ފަރުބަދަތަކެވެ . ގުދުރަތީ މިރީތި މަންޒަރަށް ހިތް ދޫކޮށްލައިގެން ހުއްޓަ ކުއްލިއަކަށް ލޮލުގައި އަޅައިގަތީ ގޯތިތެރެއަށް ވަދެގެން އަންނަ ޒުވާނާއެވެ. އެގޭގެ ނޯކަރެވެ. މީގެ އެތައް ގަޑިއިރެއް ކުރިން ފެނުނު ނޯކަރެވެ. ކަޝަފްގެ ނަޒަރު މިހހހާރު ހއްޓިފައި އެހުރީ ސާހިލް އަށެވެ. ކަޝަފް ހިތައް އަރަމުން ދިޔައެވެ. ކިޔަނީ ކޮންނަމެއްބާއެވެ؟ މިހަަ ރީތި ޒުވާނަކު ނޯކިރީކަން ކުރުމަށް މި އުޅެނީ ކީއްވެބާއެވެ.؟؟ ޔަގީނުންވެސް މިވާނީ ވަރަށް މަޖުބޫރީ ހާލަތެއް ދިމާވެފައިވާ ޒުވާނަކެށެވެ. ކަޝަފްގެ ހިތުގައި ސާހިލް އާދޭތެރޭ ހަމްދަރީ އުފެދެންފެށިއެވެ. އޭނައާ ވާނީ ކޮންމެވެސް ގޮތަކުން ވާހަކަ ދައްކާލާށެވެ. އެއީ ކާކުކަން އެގެން ބޭނުން މިވަނީ ކީއްވެބާއެވެ؟؟ ފުރަތަމަ ފެނިލުމުންވެސް ބުނަން ނޭނގޭ ކަހަލަ ގޮތްތަކެއް މިވީ ކީއްވެބާއެވެ.؟، ނޫނެކެވެ. އެއީ ނޯކަރެކެވެ. އެކަމަކުވެސް މީހަކު މީހަކަށް ކަމުދަނީ، ހިތްކިޔަނީ އެމީހަކު ކުރާ މަސައްކަތަކުން ނޫންތާއެވެ. މިކަމުގައި މުއްސަންޖެއް ފަގީރެއް ތަފާތެއް ނޫނެވެ. ކަޝަފްގެ ހިޔާލާއި ވިސްނުން ދުރުން ފެންނަން އޮއިދެމެމުންދާ ކޯރުފަދައެވެ. ވިސްނުމުގެ އޮއިވަރަށް ނިމުމެއް އަންނަން އުޅޭހެހެނެއް ހިޔެއްނުވެއެވެ. ކައިރީގައި މީހަކު ހުރިކަމެއްވެސް އެގޭނީ އެހެން ނޫން ނަމަތާއެވެ.

” ކޮންކަމަކަށް ގެއްލިފަ މިހުރީ” ކަޝަފް ދިޔައީ ސިއްސައިގެންނެވެ. މީހަކު ހުރިކަންވެސް އެނގުނީ ދެނެވެ. ކަޝަފް ބަލަން ހުރިތަން އާޔަތުއަށް އެގުނުބާއެވެ.

” ލަންޑަނުން މިކަހަލަ ރީތި މަންޒަރެއް ނުފެންނަނީތަ؟،” އާޔަތު ދެވަނަ ފަހަރަށް ކުރި ސުވާލުން ކަޝަފް އަށް ހިތްހަމަޖެހުމެއް ލިބުނެވެ. އެ ނޯކަރާ ދިމާއަށް ބެލިކަމެއް އާޔަތު އަކަށް ނޭގޭކަން ކުރި ސުވާލުން އެގިއްޖެއެވެ.

” ހަމަ ތެދެއް ތިބުނީ މިފަދަ ކަމެއް ނުދެކެން. ހާދަ ފުރިހަމައެ. ބުނެދޭން ނޭގޭ ކަހަލަ ގޮތްތަކެއްވޭ. ހިތުގެ އެންމެ ފުންމިނަށް އަސަރުކޮށްފި” ކަޝަފް ދެއްކީ ސާހިލްގެ ވާހަކައެވެ.

‘ކޮން އިރަކު ކަމަނާ ޝާއިރަކަށްވީ” އާޔަތު ކޮށްލީ ސަމާސާ އެކެވެ.

” އަހަހަރެންނަކީ ޝާއިރެއް ނޫން .. އެކަމަކު އހަހަރެންނަށްވެސް ހީވަނީ ޝާއިރަކަށް ވެވޭނެހެން.. ” ސަމާސާ ރާގެއްގައި ބުނަން އުޅުނު ނަމަވެސް ކަޝަފްއަށް މިފަހަރުވެސް ބުނެވުނީ ޝާއިރެއް ބުނެލި އެއްޗެއް ހެންނެވެ.

” އަހަރެމެންނަށް ގެނައި ހަދިޔާ ކޮބާތަ؟؟؟” ތާނިޔާ ކޮޓަރިއަށް ވަންނަމުން ބުންޏެވެ.

” ވަރަށް ބައިވަރު ހަދިޔާ ގެނެސް ހުންނާނެ.. ފެންވަރާލައިގެން މިދަނީ ތިރިއަށް” ކަޝަފް ތައްޔާރުވެލީ ފެންވަރަން ވަނުމަށެވެ.

” ލަސްނުކޮށް އަވަހަށް އަންނާތީ.. މަށަށް ގެނައި ހަދިޔާ ބަލާހިތުން ކެތްކުރެވެނީކީވެސް ނޫން” ތާނިޔާ ކޮޓަރިން ނުކުންނަމުން ބުންޏެވެ.

ކަޝަފް ފެންވަރަން ވަނުމުގެ ކުރިން އަދި އެއްފަހަރު ބޭރު ބަލާލިއެވެ. މިހާރު ސާހިލް އެތަނަކުން ފެންނާކަށް ނެތެވެ.

(ނުނިމޭ)

3

You may also like...

1 Response

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ

Leave a Reply

Your email address will not be published.