Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހުރީމެ އިންތިޒާރުގަ (7)

Nashyy Level 110 Stories100 Login
January 17, 2020 3 Mins Read
6 Comments

އާދުވަހަކަށް އިރު އަރައިފިއެވެ. ސާހިލް އޮތީ ބޯޓުގައެވެ. ދާން އުޅެނީ ކޮންތަނަކަށް ކަމެއްވެސް ނޭގެއެވެ. ބޯޓުގެ ގެ ގަޑުތެރެއިން ނުކުމެލާ ވަށައިގެން ބަލާލިއެވެ. ވަށައިގެންވަނީ ގަދަ ނޫކުލައިގެ މާސިންގާ ކަޑެވެ. ދުރުދުރުން ކުދި ކުދި ރަށްތައް ފެންނަން ހުއްޓެވެ.

އެތައްގަޑިއިރަކަށް ފަހު ރަށަށް އާދެވިއްޖެއެވެ. ރަށުގެ މަލަމަތި ފެނުނީންސުރެން ސާހިލް ހުރީ ރަށާ ދިމާއަށް ބަލާށެވެ. ހާދަ ރީތި ރަށެކެވެ. ދުވަސްވެފައިވާ އެންމެ ގެއެއްވެސް ފެންނާކަށް ނެތެވެ.

” ދުވާފަރަށް މިއާދެވުނީ. ހިނގާ ފައިބަމާ” ސާހިލް ގެނައި މީހާ ހަސަންބެ ދަބަސް ކޮޑުގައި އަޅުވާލަމުން ބުންޏެވެ. ސާހިލްވެސް ހަސަންބެގެ ފަހަތުން ބޯޓުން ފޭބުމަށް ހިނގައިގަތެވެ.

” ހިނގާ ދޯ މުދާތައް އަރުވާލަން ޕިކަޕަށް” ހަސަންބެ ކައިރީހގައި އޮތް ޕިކަޕު ދައްކާލަމުން ބުންޏެވެ.

ދިގުދަތުރަކަށް ފަހު ވެފައި ހުރި ވަރުބަލިކަމާއެކުވެސް ސާހިލަށް މިޖެހުނީ މަސައްކަތް ކުރާށެވެ. ޕިކަޕަށް އަރުވަން ހުރި ފޮށިގަނޑުތަކަށް ބެލިޔަސް ހަސަންބެއަކީ ރަށުގެ ބޮޑު ވިޔަފާރިވެރި އެއްކަން އެގެއެވެ. ބޯޓުން މުދާތައްބާލައި ޕިކަޕަށް އެރުވުމަށް ގަޑިއެއްހހާއިރު ހޭދަވިއެވެ.

ޕިކަޕް ގޮސް މަޑުކުރީ މުދާތައް ގުދަންކުރާ ތަނަށެވެ. ގުދަނާއި އިން ވެގެން އިނީ ފިހާރައެކެވެ. ހަސަންބެ ތަޅުދަނޑިފަތި ނަގާ ފިހާރަ ހުޅުވާލިއެވެ. އޭރު މެންދުރު ނަމާދު ބަންގި ގޮވަނީއެވެ. ހަސަންބެ ސާހިލް އަށް ގޮވާފައި ގެނެސް ފިހާރައަށް ވައްދައިފިއެވެ. ފުދޭވަރަކަށް ބޮޑު ފިހާރެއެކެވެ.

” ގުދަނަށް މުދާތައް ވައްދާލާފައިވާނެ މިތަނަށްވެސް ބައެއް އެއްޗެހި ގެންނަން” ހަސަންބެ ޖޫސްޕެކެޓަކާއި ބިސްކޯދު ބޮޑިއެއް ސާހިލް އަށް ދިއްކޮށްލަމުން ބުންޏެވެ.
ސާހިލް ބެލީ އަވަހަށް ޖޫސްޕެކެޓް ބޯލެވޭތޯއެވެ. ބަޑުހައިވެފައި ހުންނަތާ ކޮން އިރެއް ހެއްޔެވެ.

ގުދަނަށް މުދާތައް ވައްދާ ނިމުމުން ހަސަންބެ ސާހިލް އަށް އަންނާށޭ ބުނެ އިޝާރާތް ކޮށްލިއެވެ. ސާހިލް ހަސަންބެގެ ފަހަތުން ހިނގައިގަތެވެ. ހަސަންބެ ވަދެގެން ދިޔައީ ގުދަނުގެ އެންމެ އެތެރެއަށެވެ. މުދާތަކުން ގުދަންވަނީ ފުރިބާރުވެފައެވެ. އެއްޗެހިތައް ދުރުކުރަމުން ގޮސް ހަސަންބެ މަޑުކޮށްލީ ދޮރެއް ކައިރީގައެވެ. އަތުގައި އޮތް ތަޅުދަނޑިފަތިން ތަޅުދަނޑިއެއް ނަގާ ދޮރު ހުޅުވާލިއެވެ. ދޮރު ހުޅުވާލުމާއެކުވެސް މޫނުގައި ބީހިލި ތާޒާ ވައިރޯޅިއެކެވެ. ކުރިމަތީގައި އޮތީ ގަސްތަކެވެ. އަނބުގަހާއި ޖަބުރޯލުގަހެވެ. ތަފާތު ކުލަކުލައިގެ މާ އަޅާ ގަސްތަކެވެ. ސާހިލަ އަށް މި ނިކުމެވުނީ ހަސަންބެގެ ގޭ ގޯތިތެރެއަށެވެ. އެއްފަރާތުން ފެންނަން އެއިން ރީތި ގެއަކީ ހަސަންބެގެ ގެއެވެ. ގޭ ދޮރުމަތީގައި އިން އުނދޯލީގައި ހަސަންބެގެ އަންހެނުން ހެއްލާލަ ހެއްލާނެ އިނެވެ. އެންމެ ފަހުން ސޮރަކު ގެނަވިއްޖެދޯއޭ ހަސަންބެއަށް އަޑުއިވޭވަރަށް ބާރަށް ބުންޏެވެ.

ހަސަންބެ ވެސް ޖަވާބުގައި އާއެކޭ ބުނަމުން ސާހިލް ވެއްދީ ގުދަނާ އިންވެގެން ފިލައާއި ޓިނުން ހަދާފައިވާ ކުޑަކޮޓަރި ގަނޑަކަށެވެ. އެތަނަށް ބަލާލުމުން މީގެ ކުރިންވެސް މީހަކު އުޅެފައި ހުރިކަން އެގެއެވެ. ކޮޓަރީގެ އެއްކަނުގައި އެކަކަށް ނިދޭވަރުގެ ގޮދަނޑިއެއް ލައްކޮށްލާފައި ހުރިއިރު އަނެއްފަރާތު ކަނުގައި ކުޑަމޭޒެއް ހުއްޓެވެ. މޭޒުމަތީގައި އެއްތަނުންކެކޭ ގޭސް އުނދުނަކާއި ދެ ތެއްޔާއި ބަތްކާތައްޓަކާއި ޖޯޑެއް ބަންޑުން ބާއްވާލާފައި އޮތެވެ. ކޮޓަރީގެ ކޮންމެ ބިތެއްގައި ހެދުން އަޅުވާނެ ރޯނެއް ދަމާފައި ހުއްޓެވެ.

” މިހުރީ ފާހާނާ.. ފެންވަރާލައިގެން އާދޭ ފިހާރައަށް..” ހަސަންބެ ކޮޓަރީގެ އެއް ބިތުގައި އިން ދޮރުދައްކާލަމުން އެތަނުން ނުކުމެގެން ހިނގައްޖެއެވެ.

ހަސަންބެ ދިޔުމުން ފާހާނާ ދޮރު ހުޅުވާލިއެވެ. ވަށައިގެން ޓިނުޖަހާ ބައްދާލާފައިވާ އެތަން މަތި އޮތީ އެްްކޮށް ހާމައަށެވެ. އެއްފަރާތުގައި އިސްކުރަކާއި ޝަވަރެއް ހުއްޓެވެ. އެއްކަނުގައި އިން ފާހާނާތަށި ބަލާލުމުން ކުރިން މިތަނުގައި އުޅެފައިދިޔަ މީހާގެ ސާފްތާހިރުކަމެއް ނެތްކަން އެގެއެވެ. ސާހިލް ބެލީ ފެންވަރާލައިގެން އަވަހަށް ނުކުމެވޭތޯއެވެ.

ގަޑިން 1 ޖަހަނީއެވެ. ސާހިލް ހުރީ ފިހާރަތެރޭގައެވެ. ހަސަންބެ ބުނާ ތަނެއްގައި މުދާތައް އަތުރަމުން ދިޔައެވެ. ކުއްލިއަކަށް ސާހިލްގެ ނަޒަރު ގޮސް ހުއްޓުނީ ފިހާރައަށް ވަދެގެން އައި އަންހހެން ކުއްޖަކަށެވެ މޫނުމަތީގައިވާ ރީރިކަމާއި އެއްވަރަށް އަޅާފައި ހުރި ހެދުންވެސް އެހާމެ ފުރިހަމައެވެ. ލާފައި ހުރި ދޫ ހެދުމާއި އަޅާފައި ހުރި ޝޯލް އިން އެކުއްޖާގެ މިޒާޖާއި އުޅޭ އުޅުން ވަރަށް ސާދާވާނެތާއޭ ސާހިލް ހިތައް އަރަމުން ދިޔައެވެ. މިފަދަ ގޮތަކަށް
އޭނާ އަންހެންކުއްޖަކާއި ދޭތެރޭ ވިސްނާލިވެސްމީ ފުރަތަމަފަހަރެވެ.

“އަހާ ޒައިރާ ތި އައީ ދޯ” ހަސަންބެ ޒައިރާ ފެނުމާއެކު ބުންޏެވެ. އޭރު ހަސަންބެ އިނީ ކައުންޓަރު ކައިރީގައެވެ.

” މިއަދު ބޯޓު އައި ދުވަސްވީމަ ތަންކޮޅެއް ކުރިން މިއައީ ” ޒައިރާ މިހެން ބުނަމުން އައިސް މަޑު ކޮށްލީ ސާހިލް ހުރި ހަރު ކައިރީގައެވެ. ސާހިލް އަށް މި އަޑު އިވުނީ ރީތި މިޔުޒިކެއް ހެންނެވެ. ޒައިރާގެ އަޑުވެސް ހާދަ ރީތިވެފައި އޮމާނެވެ.

ޒައިރާ އަކީ ކަސްޓަމަރެއް ނޫންކަން އެގުނީ ހަސަންބެ ތެދުވުމުން ޒައިރާ ކައުންޓަރުކައިރީގައި އިށީނުމުންނެވެ.

” ދެން ޒައިރާ ބުނާ ގޮތަކަށް ކަންތައްތައް ކުރަމުންގެންދޭ.” ހަސަންބެ މިހެން ބުނެފައި ނުކުމެގެން ދިޔައީއެވެ.

ސާހިލް ދިޔައީ މުދާތައް ހަރު ތަކުގައި އަތުރަމުންނެވެ. ނަމަވެސް ދޭތެރެއަކުން ޒައިރާއާއި ދިމާލަށް ވަށްކަޅިން ނަމަވެސް ބަލާލެވެއެވެ.

” ތި އެއްޗެހިތައް ބަހައްޓާ މި ހަރުގަ” ޒައިރާގެ  އަޑުންސާހިލް  ދިޔައީ ސިއްސައިގެންނެވެ. ސާހިލް އަތުރަމުން ދިޔަ ބޮޑީ ސްޕްރޭ ފުޅިތައް ތަޅުންމައްޗައް ފައިބާގެން ހިނގައްޖެއެވެ.

” ނަސީބެއްނުން ބިއްލޫރި ފުޅިތަކެއް ނޫންކަން” ސާހިލް ހީކޮށްގެން ހުރީ ޒައިރާ ހަޅޭއްލައވައި ގަންނާނީ ކަމަށެވެ. ނަމަވެސް އޭނާގެ އަޑުގައި އެކަހަލަ އަސަރެއްވެސް ނެތެވެ. ޒައިރާ އިނީ އަތުގައި އޮތް ފޯނަށް ގެއްލިފައެވެ.

ދުވަސް ނިމިގެން ދިޔަ ގޮތެއްވެސް ސާހިލް އަކަށް ނޭގުނެވެ. އުޅެންޖެހުނީ ވަރަށް އަވަދިނެތިއެވެ. ކަސްޓަމަރަކަށްފަހު ކަސްޓަމަރެއް ފިހާރައަށް ވަދެ ނުކުންނަމުން ދިޔައެވެ. ސާހިލް އުޅުނީ އެމީހުންނަށް ހިދުމަތް ފޯރު ކޮށްދިނުމުގައެވެ. މަސައްކަތުގައި ކިތަންމެ އަވަދި ނެތި އުޅުނުނަމަވެސް ސާހިލް ހުރީ ހިތްހަމަޖެހިގެންނެވެ. ޒައިރާގެ ލޯބި އަޑު ދޭތެރެއަކުން އިވޭތީ ކަންނޭގެއެވެ. ނޫނީ ޒައިރާގެ ހިނިތުންވެފައިވާ ރީތި މޫނު އަބަދުމެ ކުރިމަތިން ފެންނަން ހުންނާތީ ކަންނޭގެއެވެ. އެގޭހާވެސް ކަމަކީ ފުރަތަމަ ނަޒަރުންވެސް ޒައިރާ އޭނާގެ ހިތާއި ކުޅެލައިފިކަމެވެ.

( ނުނިމޭ)

Share Article

Follow Me Written By

Nashyy

Level 110 Stories100 Login

Other Articles

Previous

ބުނަން ބޭނުމޭ 2

Next

މިނަން ތިހިތުން ފިލުވާލަނީހޭ…07

Next
January 18, 2020

މިނަން ތިހިތުން ފިލުވާލަނީހޭ…07

Previews
January 17, 2020

ބުނަން ބޭނުމޭ 2

6 Comments!

  1. Umny ??? says:
    January 17, 2020 at 9:03 pm

    OMG it was very nice and when is the next part

  2. Nashyy says:
    January 17, 2020 at 10:03 pm

    Thank u. And Insha Allah as soon as possible ❤?

  3. aish says:
    January 18, 2020 at 12:19 am

    ma sha Allah vr vr reethi.. waiting for the next part❤??

    1. Nashyy says:
      January 19, 2020 at 4:31 pm

      thank u❤

  4. aish says:
    January 18, 2020 at 12:21 am

    ma sha allah vr vr reethi.. waiting for the next part.. ehaa lass nukurahche ingey. hehe. kiyaahithun mihuree varah.. but takw your time dear???❤

    1. Nashyy says:
      January 19, 2020 at 4:30 pm

      ?❤yes thank u.next part is uploaded

Comments are closed.


All Right Reserved!