ލިބިގެންދިޔަ ސިހުމާއިއެކު މަންމަގެ އަތުން ދޫކޮށްލެވުނުގޮތަށް އަހަންނަށް ވަގުތުން އެނދުން ތެދުވެވުނެވެ. މަންމަގެ މޫނަށް ބަލާލެނެހާ ހިތްވަރުނެތިގެން ފަސްއެނބުރި ދޮރާއި ދިމާލަށް ހިނގައިގަތުމާއިއެކު އަހަރެންގެ ފައިދަށުން ބިންގަނޑުވެސް ކެހިގެން ދިޔަަކަހަލައެވެ. ވަގުތުން އިސްއޮބާލެވުނީ ދޮރުމަތީގައި ހުއްޓިލައިގެން ހުރި ބައްޕަގެ މޫނަށް ބަލާލާނެހާ ހިތްވަރުވެސް ނުކުރެވިގެންނެވެ. އެ ތޫނު ނަޒަރު އަހަންނަށް އަމާޒުވެފައި ހުރިގޮތުންވެސް އިތުރަށް ބައްޕައަށް އޮޅުން ފިލުވައިދޭންޖެހޭ އެއްޗެއް ނެތްކަން އަހަންނަށް އިނގުނެވެ. ގަތްލަދާއިއެކު ބިންގަނޑު ފަޅާފައި އަޑިއަށްދާނެނަމައޭ އަހަރެންގެ ހިތަށް އެރިއެވެ. ވަގުތުން ކޮޓަރީން […]
“ކުޑަކޮށް އެއްޗެއް ކާލާނީދޯ މަންމާ… ބަލާބަލަ މިހިރީ މަންމައަށް އެންމެ މީރުކޮށް މުރަނގަތޮޅީގައި ކިރުގަރުދިޔަ ކައްކާފައޭ…” މޭޒުމަތީގައި ހުރި ތަށިތަކުގެ މަތިތައް ނަގަމުން އަހަަރެެން ދެވަނަ ފަހަރަށްވެސް މަންމައާއި ވާހަކަދެއްކީމެވެ. މަންމައަށް މޮޑެފައިހުރި ބަތްތަށި ހިފައިގެން މަންމައާއި ކައިރިއަށް ޖެހިލަމުން ބަތްސަމްސާ ދިއްކޮށްލުމާއިއެކު މަންމަގެ ފަރާތުން ފެނުނީ އަހަރެން ހީވެސްނުކުރާފަދަ އަމަލެކެވެ. އަހަރެންގެ އަތުން ބަތްތަށި ދޫވެ ވެއްޓުނުގޮތަށް އެކިދިމަދިމާލަށް ބަތްފުށްތައް ބުރައިގެންދިޔައިރު އަހަންނަށް ހުރެވުނީ ހުއްޓުން އަރާފައި ގެންނާނޭ ހަރަކާތެއްނޭންގިފައެވެ. އަހަންނާއި ދިމާލަށް މަޅާލެވިފައިހުރި މަންމަގެ […]
“ކީއްވެ އެއްޗެކޭ ނުބުނީ… އަޝްވާއާއި ސައިފް މައްސަލައެއް ޖެހިގެންތަ ތިއުޅެނީ؟” ނުހަނު ސީދާލަށްކޮށްލި ސުވާލާއިއެކު ސައިއްތަ އަހަރެންގެ މޫނަށް ބަލާލި ނަަޒަރުންވެސް އަހަރެންގެ ހިތްތެޅިގަތެވެ. ވަގުތުން ހިންދިރުވާލެވުނުއިރު ހިންދުގެ ނަޒަރު ވެސް އަހަރެންގެ މޫނަށް ހުއްޓުނުކަން އިނގުނެވެ. “އަޝްވާ އެގޮތަށް އަންގާނުލާ ފުރައިގެންދިޔައިމަ އަދިވެސް އަހަންނަށްވެސް މިހުރެވެނީ އަޝްވާދެކެ ހިތްހަމަނުޖެހިފައި… އަދި ސައިފްއަަށް ކިހިނެތްވާނީ ސައިއްތާ… އެންމެ ކުރީއްސުރެވެސް އެންމެ ގާތްކޮށް އުޅުނު ދެމީހުންމީ… އެކަމަކު އެހާ ބޮޑުކަމެއް ކުރިއިރު އަޝްވާ ސައިފްގާތުވެސް ބުނެލީކީ ނޫން…” ހިންދު […]
ސިޑިބަރިން އަރައިގެން ގޮސް ޢާޝާލްގެ ކޮޓަރީގެ ދޮރުމައްޗަށް އެރުނުއިރު ސައިފް އެއްއަތުން ޢީޝް އުރާލައިގެން އަނެއް އަތުން ބޭބީ ބޭގް ހިފަހައްޓާލައިގެން ހުރެ ދޮރާއި ދިމާލަށް އަންނަނީއެވެ. އޭރު ދޮރުމަތީގައި ރޮވިފައިހުރެވެސް ސައިއްތަ ސައިފްއަށް ހުރަސް އަޅަމުންދިޔައެވެ. އެންމެ ނަޒަރަކުންވެސް އަހަންނަށް ކަންތައްތައް ވަމުންދާގޮތް ދެނެގަނެވުނުފަދައެވެ. އެއާއިއެކު ލިބުނު ސިހުމުގައި އަހަންނަށް އަނގަމަތީގައި އަތްއަޅާލެވުނެވެ. “ސައިފް… ދަރިފުޅާ… ހެޔޮނުވާނެ… މަޑުކޮށްބަލަ… އެންމެ ފަހަރަކުވެސް ދަރިފުޅު ވިސްނާލަބަލަ… މި ރޭގަނޑު ޢީޝް ގޮވައިގެން ކޮންތާކަށްތަ ދަރިފުޅު ދާން އޮތީ؟” […]
ނަރުސްކުދިން ދައްކަމުންދިޔަ މަގުން ލާފައި ގޮސް ބަލިމީހުން ތިބޭ އެނދުތަކާއި އަރާހަމަވުމާއިއެކު އަހަރެންގެ ފައިން ވާގި ދޫވެގެންދިޔަކަަހަލައެވެ. ހަށިގަނޑުގެ ބާރުވެރިކަން ދޫވެގެންދިޔަވަގުތު ފަހަތުން މީހަކު އައިސް ހިފަހައްޓާލިކަމުގެ އިޙުސާސް ކުރެވުނެވެ. އެ ނަރުސްކުއްޖާގެ އަތުގައި ހިފާ ބާރުކޮށްލައިގެން ހުރެ ކޮންމެ ފިޔަވަޅެއް ނެގުނީ ނުހަނު އުނދަގޫކަމާއިއެކުގައެވެ. ކިތަންމެ ޤަބޫލުކުރަން އުނދަގޫވިޔަސް އައިސީޔޫގެ ބަލި އެނދުގައި އެތައް ހޮޅިތަކަކާއި ގުޅާލެވިފައި އޮތް މީހަކީ އަހަރެންގެ ލޯބިވާ ކޮއްްކޮ ނޫން ދެވަނަ މީހެއްނޫނެވެ. އާޝާލްގެ ހިތުގެ ހަރަކާތްތައް މެޝިނުން […]
4 އަހަރުފަސް…. ކަނޑުގެ ބާނީތައް ކަފަމުން ބާރު ދުވެއްޔެއްގައި ދުއްވާފައި އައި ލާންޗް ރަށުގެ ފަޅުތެރެއަށް ވަދެގެންދިޔުމާއިއެކު ލަސްލަހުން ތަގުޅިކޮށްލެވިފައިވާ ދެލޯ ހުޅުވާލަމުން ލާންޗްގެ ކުޑަދޮރުން ފެންނަމުން ރަށުގެ މަަލަމައްޗަށް އަހަރެން ނަޒަރު ހިންގާލީމެވެ. މި ވޭތުވެދިޔަ ހަތަރު އަހަރުއެކުވެގެން ރަށަށް އައިސްފައިވަނީ ނުހަނު ބޮޑު ބަަދަލުތަކެކެވެ. ކުރީން އަހަރެމެން ހިތްފަސޭހަކަން ލިބިގަންނަމުންދިޔަ ރަށުގެ ފެހިކަން ފަނޑުވެ ތަރައްޤީގެ ކުލަވަރު ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަމުންދިޔައެވެ. ކޮނޑު ގައި އޮތް އަތްދަބަސް ރަނގަޅުކޮށްލަމުން ރަށުގެ ފަސްގަނޑުގައި އަޅާލި […]
“ސައިފް…” ތަނަށްވެރިވެފައިވާ ފަނޑުއަލީގައި ސައިފްގެ މޫނުފެނި އަހަންނަށް ބުނެވުނެވެ. އެ މޫނުމަތިން ފެނުނީ ތަފާތު އަސަރުތަކެކެވެ. “ސައިފް ދުރަށްދޭބަލަ… އާޝާލްއަށް ފެނިދާނެއޭ…” އަހަރެން ސައިފްގެ މޭގައި އަތްއަޅާ ދުރުކުރަން އުޅުނަސް ސައިފް ހުރީ ދޫކުރާކަހަލަގޮތަކަށްނޫނެވެ. “އަޝްވާ ބުނެބަލަ… ކީއްވެ އެރޭ އަޝްވާގެ ބަދަލުގައި އާޝާލް އެތަނަށް އައީ؟” ސައިފްގެ އަޑުގައިވީ ޝަކުވާއެވެ. “އިނގޭތަ… އާޝާލް ސެޑް ސީ ލަވްސް މީ… އެކަމަކު އަހަރެން ލޯބިވަނީ އާޝާލްދެކެއެއްނޫން… އަޝްވާއަށް އެކަން އިނގެއެއްނު…” ސައިފްގެ މޫނުން ބަޔާންކޮށްދޭންދަތި ވޭނެއް އަހަންނަށް […]
”ކަލާޔާ ނުލާ ދިރުމެއް ނެތެވެ.” ފޮޓޯގެ ނުފުށުގައި ލިޔެފައިވާ ލިޔުންކޮޅު ފެނިފައި އަހަރެންނަށް ދެފަރާތަކަށް ބޯހޫރާލެވުނީ އާޝާލްގެ ޑްރާމާކަން ހިތަށްއަރާފައެވެ. މަޑުމަޑުން ފޮޓޯ ނެގިއިރު ފެނުނު މަންޒަރުން އަހަރެން ހުއްޓުން އެރިއެވެ. އިރުކޮޅެއްވަންދެން ފޮޓޯއަށް ބަލަހައްޓައިގެން ހުރެވުނީ މަންޒަރު ބަދަލުވާނެކަމުގެ އުންމީދުގައެވެ. އެއީ އެހެން ޒުވާނެއްގެ ފޮޓޯއެއް ނޫނެވެ. އަހަރެންގެ ހިތުގެވެރިޔާ ސައިފްގެ ފޮޓޯއެކެވެ. އަހަރެންގެ ހިތުގައި ނޭނގޭ ޝައްކުތަކެއް ހިނގާލީ ސަބަބެއްނެތިއެއްނޫނެވެ. ސައިފްގެ ފޮޓޯއެއް އާޝާލްގެ ޑައިރީ ތެރެއިން ފެންނަންވީ ކީއްވެހެއްޔެވެ؟ އެ ފޮޓޯއަކީ ސައިފް […]
ވާރޭގެ އެތަށް ހާސްތިކިތަށް ފުރާޅަށް އަމާޒުވުމާއިއެކީ އިވިގެންދިޔަ އަޑުން ނިދިން ހޭލައްވާލިއެވެ. ފުރާޅުގައި ވައި އަޅުވާއަޑު އެއްއަޑަކަށް ހިފާލައިފައި ހުރިއިރު ގަސްތަކުގެ އޮފިތަށް ފުރާޅުގައި ކޭއްތިގަންނަ އަޑުއިވެނީ ނާމާންކޮށެވެ. ކަންނެތްވެފައިވާ ހަށިގަނޑު އެނދުން ހިއްލާލުމަށްފަހު މަޑު ފިޔަވަޅުތަކެއްގައި އަހަރެން އައިސް ހުއްޓިލީ ފިނި ހިފާފައިވާ ކުޑަދޮރުކައިރީގައެވެ. ހެނދުނު އަށެއްޖަހާ ބޮޑުވިނަމަވެސް ވިއްސާރައިގެ ސަބަބުން ދުނިޔެމައްޗަށް ވެރިވެފައިވަނީ އަނދިރިކަމެވެ. އަޅި ވިލާތަކުން އުޑުމަތި ބަނަކުރަމުންދިޔައިރު މިއިން އިރަކު ވާރޭ ހުއްޓާލާނެހެނެއް ހިޔެއްނުވެއެވެ. ނުވައެއް ޖަހަން ގާތްވެފައިހުރުމާއިއެކު އިތުރަށް ނިދުމުގެ […]