ދިރިއުޅުމުގައި އަހަރެން ދެކެން އެންމެ ބޭނުންވީ ދުވަސް އަހަންނާއި ބައްދަލުކުރިއިރު އަހަންނަށް ހުންނަން މިޖެހުނީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައެވެ. މިއަދު އަހަރެންގެ ހަޔާތުގައިވަނީ ހަމައެކަނި ޒިހާންއެއްނޫނެވެ. އެއްކޮޅުގައި އަހަރެންދެކެ ތެދުހިތަކުން ލޯބިވެ އަހަންނަށްޓަކައި މުޅި އުމުރުވެސް ހުސްކޮށްލަން ތައްޔާރަށްހުރި އޯގާތެރި ހިތެއްގެ ވެރިއެކެވެ. އަނެއްކޮޅުގައި އަހަންނަށް އެތައް އުފަލެއް ދިނުމަށް ފަހު އެންމެ ބޭނުންވީ ވަގުތު އަހަރެންގެ އަތުން ދޫކޮށްލި އަހަރެންގެ ހިތުގެ އަނިޔާވެރިޔާއެވެ. އަހަރެން ހިޔާރުކުރަންވީ ކާކު ހެއްޔެވެ؟ “ޔުނާ ކޮންމެވެސް އެއްޗެކޭ ބުނެބަލަ… ނޫނީ […]
ލޯބިވެެރީން އެންމެ ބޭނުންވާފަދަ ހިތްގައިމު ވަގުތު ކޮޅެކެވެ. އެކަމަކު ލޯބިވެރިއަކާއިނުލާ މި މާހައުލުން ހޯދޭނެ އުފަލެއް އޮންނާނެ ހެއްޔެވެ؟ ގާތުގައި ހިތުގެވެރިޔާ އިނަސް އަހަރެންގެ ހިތުގައި ފޮރުވިފައިވާ ލޯތްބަކީ އެއްފަރާތުން ވަމުންދާ ލޯތްބެއްކަން އަހަރެންގެ ހަނދާނުން ކައްސައެއް ނުލައެވެ. އެ ލޯތްބަށް އަހަރުތަކެއް ވެގެންދިޔުމަށްފަހު މިއަދު އަހަރެންގެ ކުރިމަތީގައި މިއިން ޒިހާންއަކީ މީހެއްގެ ހައްޤެއް ނޫންކަމެއްވެސް އަހަންނަށް ނޭނގެެއެވެ. އަހަރެމެން އެކީގައި އުޅުނުއިރުވެސް އެ ހިތަކީ މައުރީންގެ ހައްޤެކެވެ. ލަސްލަހުން އަހަރެންގެ ސިކުނޑީގައިވީ ހުދާ ކަޅުގެ މަަންޒަރުތަކުގައި […]
”ވިޝް ޔޫ އޯލް ދަ ބެސްޓް… ޔުނާ…” ވައިބަރއިން ރަސާން ފޮނުވާފައި އިން މެސެޖް ފެނުމާއިއެކުވެސް އަހަރެންގެ ލޮލަށް ކަރުނަތައް ބޮޑިވެގަތެވެ. ރަސާންއަކީ ކޮންކަހަލަ އިންސާނެއް ހެއްޔެވެ؟ އެއްވެސް އިންސާނަކު އޭނަގެ އަމިއްލަ ހިތުގެ އެދުން ތައް ފަހަތަށްލުމަށްފަހު އަނެކާގެ އުފާތަކަށް އިސްކަންދޭވަަރަށް މީހަކުދެކެ ލޯބިވެދާނޭ ހެއްޔެވެ؟ އަހަރެންގެ އިންތިޒާރުގައި ރަސާން ހޭދަކުރި ހަތަރު އަހަރަކީ ގައިމުވެސް ކުރު މުއްދަތެއް ނޫނެވެ. އެހާ ދިގު އިންތިޒާރަކަށްފަހު އަހަރެންގެ އުފަލަށް ޓަކައި އަހަރެން ދިޔަދޭން ވެސް ރަސާން އެ […]
އިރުއޮއްސުނީއްސުރެ އުޑުމަތި ބަނަކުރަމުންދިޔަ ބޯވިލާތަކުން ވާރޭ ވެހިގަތީ މެންދަންވާން ގާތްވެފައި ވަނިކޮށެވެ. ވާރޭގެ އެތައް ހާސްތިކިތައް ވައިގެ ތެރޭގައި ވިހުރިގެންދިޔައިރު ޖެހެމުންދިޔަ ބާރުވަޔާއިއެކު ބިޔަގަސްތައްވެސް ދެފަރާތަށް ހޫރެންފެށިއެވެ. ރޭގަނޑުގެ ވަގުތު ވިޔަފާރީގެ ދާއިރާގެ އާ މޫނުތަކަށް އަމާޒުކޮށްގެން ޔުނިވަރސިޓީގެ މައި އިމާރާތުގެ ހޯލްގައި ބޭއްވިގެންދިޔަ “ބިޒްނަސް އެންޓްޕްރެނަރސް” މީޓިންއަށްފަހު އެންމެންނާއި ވަކިވެގެން އަހަރެން ނިކުމެ ހުރީ އިމާރާތުގެ ކޯރިޑޯގައެވެ. އެ ދިމާލުގައިވާ ތިރިފާރުގައި ރެެއިލިން ޖެހުމަށްފަހު މަތި ހާމަޔަށް ދޫކޮށްލާފައި އޮތްގޮތުން އެއްވެސް ހުރަހެއްނެތި ބުރުއްސަމުން ދިޔަ […]
“އަން… މިހާރުއްސުރެ ވާންއުޅޭ ފިރިމީހާގެ ބަސްއަހަންވާނެ… ކައިވެނީގެ މަޖިލީހަށް ލަސްވާކަށް އަޝްވާވެސް ބޭނުމެއްނުވެއެއްނު…” އަހަރެން ލަދުގަނެފައި ހުރިކަން އިނގިގެން އަަހަރެން އިތުރަށް ރަކިކޮށްލަން ސައިފް ބޭނުންވިކަހަލައެވެ. އަހަރެންގެ އަތުގެތެރެއަށް ޓައި ލައިދިން ގޮތަށް އަހަންނާއި ގާތަށް ޖެހެންފެށިއެވެ. އެވަގުތު ކޮޓަރީގެ ދޮރުހުޅުވިގެންދިޔަ އަޑަށް އަހަންނަށް ވަގުތުން ސައިފްއާއި ދުރަށްޖެހެވުނުގޮތެއްވެސް ނޭނގުނެވެ. ރަތްވަމުންދިޔަ މޫނު ދޮރާއި ދިމާލަށް އަނބުރާލިއިރު ދޮރުމަތީގައި ސައިފްގެ މަންމަ ހެވިފައި ހުރިގޮތުންވެސް މަންމައަށް ހުރިހާކަމެއް ފެނުނުކަން އަހަންނަށް އިނގުނެވެ. “މަންމަ ހިޔެއްނުކުރަމޭ ޓައި އަޅަން […]
“ބުނާނެ ލޯބިވެޔޭ… އެކަމަކު އަހަރެން އެހެން މީހަކާއި ކައިވެނިކުރަންވެސް ވަރިހަމަކޮށްލައިގެއްނު އެެހުރީ…” ސިޑިން ފައިބައިގެން ދަމުންވެސް އަަހަންނަށް ސައިފްއާއި ދިމާލަށް ކުދިކިޔުނެވެ. ސައިފްއަށް ނޭނގުނަސް ސައިފް ކަންތައްކުރިގޮތުން އަހަރެންގެ ހިތުގައި ޖެހިފައިވިއެވެ. ޒިހާންއާއި އަަހަރެންގެ ކައިވެނި ސަކަރާތެއްގެ ގޮތުގައި ސައިފް ނަގާނެކަމަކަށް އަހަރެން ހިޔެއްނުކުރަމެވެ. މިމަޅިން އަހަރެން ސަލާމަތްކުރަން ސައިފް އަތުކުރިއޮޅާލާނޭކަމަށް އަހަރެން ހީކުރީމެވެ. އެކަމަކު އެންމެފަހު ވަގުތާއި ހަމަޔަށްވެސް ހުރިހާކަމެއް ސަކަރާތެއްގެ ގޮތުގައި ނަގަން ހުރިއިރު ސައިފްގެ ފަރާތުން އަހަރެން ދެކެން ބޭނުންވީފަދަ ސީރިޔަސްކަމެއް ނުފެނުނެވެ. […]
“ތީ ނޭވާއޭ މަގޭ، ވިންދޭ ތީ މަގޭ… ހިތާ ފުރާނައިގެ ދިރުމޭ، ތީ ނޫންހެ ރޭދުވާ މަގޭ…” އިރުކޮޅަކަށް އަހަރެމެންގެ ދެމެދުގައި އެއްވެސް ވާހަކައެއްދެކެވުމެއްނެތި ފުން ހަމަހިމޭންކަމެއް ދެމިގެންދިޔައެވެ. އެކަކު އަނެކަކުގެ މޫނަށް ނަޒަރު ހުއްޓާލައިގެން ތިބެވުނީ ދައްކާނޭ ވާހަކައެއްވެސް ވިސްނުމަށްވެސް ނާންނަފަދައިންނެވެ. ހާމަވެގެންދިޔަ އެތައް ހަޤީގަތަކަށްފަހު އެކަކުއަނެކަކާއި ކުރިމަތިލާނޭގޮތެއް ނޭނގިފައި ތިބި ކަހަލައެވެ. “އަޝްވާ… ކީއްވެ ސިއްރުކޮށްގެން ހުރީ؟ އެންމެފަހަރަކުވެސް ބުނިނަމަ…” ސައިފްގެ ފަރާތުން ޖަވާބެއްނުލިބޭނެހެން ހީވި ވަގުތުކޮޅަކަށްފަހު ލިބުނު މާޔޫސްކަމުގައި އަހަރެންގެ ފިޔަވަޅުތައް ދުރަށް […]
“ކީއްވެ ކައިވެނީގެ ވާހަކަ ދެއްކީމަ އެއްޗެކޭ ނުބުނީ؟” ފިނިވެފައިވާ އަތްތިލަ ޖީންސްގެ ޖީބަށް ޖަހާލަމުން ސައިފް ސުވާލުކޮށްލީ ސީދާ އަަހަރެންގެ މޫނަށް ނަޒަރު ހަމަކޮށްލައިގެންހުރެެއެވެ. އެވަގުތު އެއަޑުން ޝައުގުވެރިކަމާއި އެއްވަަރަށް ކެތްތެރިކަން ކުޑަކަންވެސް ފާޅުވިއެވެ. އަހަރެންގެ ފަރާތުން ސައިފް ޖަވާބަކަށް ބޭނުންވެފައިވީކަހަލައެވެ. “އީޝް ބަލަންޖެހޭތީތަ ދެކޮޅު ހެދީ؟ އަޝްވާ ބޭނުން މީހަކާއި ކައިވެނިކުރުމުގައި އީޝް ހުރަހަކަށްނުވާނެ… މުޅި އުމުރު އަޝްވާ ޢީޝްގެ މަންމަގެ ގޮތުގައި ބަހައްޓާކަށް އަހަރެން ގަސްތެއްނުކުރަން… އީޝްއަށްވެސް ދާއިމީގޮތެއްގައި މަންމައެއްގެ ލޯބިދޭނެ މީހަކު ބޭނުންވާނެ…” […]
“މިފޮތް.. މިފޮތް… ކިހިނެތް؟” އެއްފަހަރު ޓައިލްސްމަތީގައި އޮތް ފޮތާއި ދިމާލަށް ބަލާލުމަށްފަހު އަނެއްފަހަރު ސައިފްގެ މޫނަށް ބަލާލިއިރު ދިރޭރަހަކޮޅެއްފަދައިން އަހަރެންގެ ހިތްތެޅެމުންދިޔަކަހަަލަ އިޙުސާސެއް ކުރެވުނެވެ. “އަމިއްލައަށް ކުރި ކަންތައް އެހެންމީހުންނަށް އަންގަން ބޭނުންވާތީއެއްނު ޑައިރީގައި ހުރިހާ ވާހަކައެއް ލިޔެފައި ދިޔައީ…” އެވަގުތު ސައިފްގެ ދުލުން އިވިގެންދިޔަ ބަސްތައް އަހަރެންގެ ހިތާއި ހަމަޔަށް ފޯރީ ތޫނު ހަންޖަރެއްފަދައިންނެވެ. ހިތުން ލޭ އޮހުނުތަން ވަންހަނާވެފައިވިޔަސް އަހަރެންގެ ދެލޮލުން ވާރޭގެ މިސާލުގައި ކަރުނަތައް އޮހިގަތެވެ. ދެލޯ މަރާ ބާރުކޮށްލިގޮތަށް ދެފަރާތަށް ބޯހޫރައިގަނެވުނީ […]