ޒާހިޔާގެ ބޮލަށް ބާރުވެ ބޯހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. ލޮލަށް ބަރުވެފަ ހުރުމުން ލޯހުޅުވޭގޮތެއް ނުވެއެވެ. ވަރަށް ދުރުގަ ހުރެގެން މީހަކު އޭނައަށް ގޮވާހެން ހީވިއެވެ. އޭނަ ގަދަކަމުން ލޯހުޅުވަން މަސައްކަތް ކުރިއެވެ. ކާމިޔާބެއް ނުވިއެވެ. ކުއްލިއަކަށް އޭނަގެ ނިތްކުރިމަތީ މީހަކު އަތްއެޅިއެވެ. ފިނިފިނި ހަމަ އެޙާމެ މަޑު އަތްތިލައެކެވެ. އަތްތިލަ ޖެހުނުތަނާހެން އޭނަގެ ބޮލަށް ލުޔެއް ލިބުނެވެ. ލޯ މަޑުމަޑުން ހުޅުވާލެވުނުވެ. ފުސްކަމުން އެންމެ ފުރަތަމަ ޒާހިޔާއަށް އެއްވެސް އެއްޗެއް ނުފެނެއެވެ. ދެފަހަރަކަށް ލޮމާރާލާފަ ހުޅުވާލުމުން ކޮންމެސް […]
އަދްނާނު އަނެއްކާވެސް ކެއްސަން ފެށިއެވެ. ޒާހިޔާ ފެންތަށި ދިއްކޮށްލަން އުޅުމުން އަތުގެ އިށާރާތުން ނޫނެކޭ ބުންޏެވެ. “ދަރިފުޅާ، އެއީ ބިރުވެރި ރެއެއް. ކާފަޔާ އާދަނާ ދޮންމުހައްމަދު ތިބީ މިކޮޓަރިތެރޭ. އެއީ ޖިންނި އަންދާލިރޭ. އަހަރުމެން ތިބީ ކާމިޔާބީގެ އުފާފާޅުކުރަން. ކުއްލިއަކަށް މުޅިކޮޓަރިން ކަރަންޓް ކެނޑިގެން ދިޔަ. އާދަޔާ ޚިލާފް އަނދިރިކަމެއް މުޅިތަނަށްވެރިވި. އެއްވެސް އެއްޗެއް ވަކިވާވަރުނުވޭ. ކާފަ އާދަނަށް ގޮވާލާފަ އަލަމާރިތެރެއިން އުއްބަތިއެއް ނަގައިގެން އަންނަން ބުނިން. އެކަމު އެއްވެސް ޖަވާބެއް ނުލިބޭ. ރަނގަޅަށް ވިސްނާލުމުން އެކޮޓަރިތެރެއިން […]
“ތިކުރި ސުވާލަށް އަހަރެން ޖަވާބު ދީފާނަން.” އެންމެންގެ ނަޒަރު ހުއްޓުނީ އާދަނަށެވެ. ހުރިހާ ވާހަކަތަކެއް ދައްކަމުން ދިޔައިރު އެއްވެސް އެއްޗެކޭ ނުބުނެ އިން އާދަނު، އިންތަނުން ތެދުވެގެން އައިސް ނާޝިދާ ކައިރީ އިށީންދެލިއެވެ. “ބައްޕަ މިކިޔައިދޭން އުޅޭ ވާހަކަ އަކީ ދޮންމުހައްމަދުބެ ފިޔަވާ ދެން އެއްވެސް މީހަކަށް ނޭންގޭ ވާހަކައެއް. ޒާހިޔާއަށްވެސް”. ޒާހިޔާ އަށް ބަލައިލަމުން އާދަނު ބުނެލިއެވެ. “އާދަނު ޔަގީންތަ ތިކަން ކުރަން ބޭނުންކަން؟” ދޮންމުހައްމަދުބެ ސުވާލުކޮށްލިއެވެ. އާދަނު ހިމޭނުން ހުއްޓެވެ. “އާނ. އަހަރެން ބޭނުން […]
ނާޝިދާ ގަނޑުވިއެވެ. މަންމަ އާއި ބައްޕަ އެއްކޮށްވާހަކަ ދައްކަން ފެށި އަޑުއިވުނެވެ. ނަމަވެސް ކިޔާއެއްޗެއް އޭނައަކަށް ނަގައެއްނުގަނެވުނެވެ. އޭނާ އަނގަހުޅުވަން މަސައްކަތް ކުރިއެވެ. އެކަމު ހީވަނީ ދެތުންފަތް ތެރަސްލާ ތަތްކޮށްފަ ހުރިހެންނެވެ. އޭނާއަށް އެއްގޮތަކަށްވެސް ގުޑައެއްނުލެވުނެވެ. ކުއްލިއަކަށް މީހަކު އޭނަ އަތުގައި ހިފާފަ ވަރަށް ބާރަށް ތަޅުވައިގަތެވެ. އޭނާ ސިއްސައިގެން ގޮސް ބަލައިލެވުނީ ދޮންމުހައްމަދުބެއަށެވެ. “ނާއްކޮ ހޭވެރިވެބަލަ” ކަންބޮޑުވެފައި ހުރި ދޮންމުހައްމަދުބެ ބުންޏެވެ. “އަހަރުމެންގެ ދަރިފުޅަށް ހަމަ ރަނގަޅަށް ޖިންނީންގެ ކަންތައް ލައިގަތީ.” ރޮއެގަންނަމުން ޒާހިޔާ ބުނެލި […]
އެހެން ދުވަސް ދުވަހެކޭ އެއްފަދައިން އެދުވަސް ވެސް ހޭދަވެގެން ދިޔައި ނާޝިދާ އާއްމުކޮށް ކުރާ މަސައްކަތަކުގައެވެ. ޑިގްރީއަށް ކިޔަވައި ނިންމާފައި ނާޝިދާ ރަށަށް ބަދަލުވީ މާސްޓަރސް ހަދަން ދިއުމުގެ ކުރިން މަންމަ ކައިރީ ކުޑަދުވަސް ކޮޅެއް ހޭދަކޮށްލުމަށެވެ. ރަށުގައި ހުރެގެން އޭނެ އާމްދަނީ އެއް ހޯދުމުގެ ގޮތުން ކުދިންނަށް ޓިއުޝަން ނަގައިދެއެވެ. ރަށަކީ ރާއްޖޭގެ އުތުރަށް ނިސްބަތްވާ އާބާދި ބޮޑު ރަށެކެވެ. ޓިއުޝަން ނަގަން ބޭނުންވާކުދިން ފުދޭވަރަކަށް ގިނައެވެ. އެހެންކަމުން ނާޝިދާއަށް ރަނގަޅު އާމްދަނީ އެއް ލިބެއެވެ. […]
ނާޝީދާ އެނދުގައި އޮށޯވެލައި ދެންމެ ފެނުނު ހުވަފެނާއި މެދު ވިސްނާލިއެވެ. އެހުވަފެނަކީ އާ ހުވަފެނެއް ނޫނެވެ. އެހުވަފެން ފެންނަތާ މީ ދެވަނަ ރެއެވެ. ފެންނަނީ ހަމައެކައްޗެކެވެ. ފުރަތަމަ ރޭވެސް ހުވަފެނުން ހޭލެވުނީ 02:30 ގައެވެ. ހަމަ ގިފިއްޔަށް ދާން ބޭނުންވެފައެވެ. މިރޭވެސް ހަމަ އެހެންނެވެ. މިވަނީ ކީއްބާއެވެ؟ ފުރަތަމަ ރޭ އެހުވަފެން ފެނުމުން ނާޝިދާ ބިރެއް ނުގަނެއެވެ. އޭނާ އަކީ އެހާ އަވަހަށް އެހާ ފަސޭހައިން ބިރުގަންނަ މީހެއްނޫނެވެ. އެހުވަފެނަކީ ބިލާހެއްކަމަށް ބަލައި އެކަމާ ދޭތެރޭ އޭނާ […]
ނާޝީދާ ލޯ ހުޅުވާލިއެވެ. އަދި ކައިރީގައި އިން ސޯނާ ގަޑިއަށް ބަލާލިއެވެ. ގަޑިން މެންދަމު 02:30 ވީއެވެ. އޭނާއަށް ކުއްލިއަކަށް ހޭލެވުނީ ކީއްވެކަން ނޭންގިފައި ވިސްނަން އޮވެވުނެވެ. އެނދުން ތެދުވެ ވަށާ ނަޒަރު ހިންގާލިއެވެ. ކޮޓަރި ތެރެއިން އާދަޔާ ޚިލާފް ކަމެއް ފެންނާކަށް ނެތެވެ. ޖެހިގެން އޮތް އެނދަށް ބަލާލިއިރު މަންމަ ވެސް އޮތީ ގަދައަށް ނިދާފައެވެ. ނާޝިދާ ފުންނޭވާއެއް ދޫކޮށްލާފަ ކުޑަކޮށް ވިސްނާލިއެވެ. އޭނާއަށް ހޭލެވުނީ މީހަކު ގޮވާލިހެން ހީވެގެންނެވެ. ނާޝިދާއަކީ ވަރަށް ނިދިގަދަ މީހެކެވެ. […]
“ސާރާ..” ގޮނޑުދޮށުގައި ރާޅުތަކަށް ގެއްލިފައި އިން ސާރާ ސިއްސައިގެން ދިޔައީ އޭނާ އާއި ވަރަށް ކައިރިން މީހަކު ގޮވާލުމުންނެވެ. އޭނާ އަވަސް އަވަހަށް ވަށާ ހޯދާލިއެވެ. އެއްވެސް މީހެއް ފެންނާކަށް ނެތެވެ. “އަނެއްކާ ފެށުނީ..” އޭނާ ހިތާ ހިތުން ކިޔާލިއެވެ. މަޑުމަޑުން އިންތަނުން ތެދުވެ އަނެއްކާވެސް ސަރާ އެތަން ވަށާ ނަޒަރު ހިންގާލިއެވެ. އެއްވެސް މަޙްލޫޤްއެއްގެ ހިލަމެއް ނުވެއެވެ. އެކަމު އެއްވެސް މަޙްލޫޤްއެއްގެ ހިލަމެއް ނުވުމުގެ މާނައަކީ އެތާގައި އެއްވެސް އެއްޗެއް ނެތިކީ ނޫންކަން ސާރާ އަށް […]