ދެގަޑި ތިރީސް – 07
ޒާހިޔާގެ ބޮލަށް ބާރުވެ ބޯހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. ލޮލަށް ބަރުވެފަ ހުރުމުން ލޯހުޅުވޭގޮތެއް ނުވެއެވެ. ވަރަށް ދުރުގަ ހުރެގެން މީހަކު އޭނައަށް ގޮވާހެން ހީވިއެވެ. އޭނަ ގަދަކަމުން ލޯހުޅުވަން މަސައްކަތް ކުރިއެވެ. ކާމިޔާބެއް ނުވިއެވެ. ކުއްލިއަކަށް އޭނަގެ ނިތްކުރިމަތީ މީހަކު އަތްއެޅިއެވެ. ފިނިފިނި ހަމަ އެޙާމެ މަޑު އަތްތިލައެކެވެ. އަތްތިލަ ޖެހުނުތަނާހެން އޭނަގެ ބޮލަށް ލުޔެއް ލިބުނެވެ. ލޯ މަޑުމަޑުން ހުޅުވާލެވުނުވެ. ފުސްކަމުން އެންމެ ފުރަތަމަ ޒާހިޔާއަށް އެއްވެސް އެއްޗެއް ނުފެނެއެވެ. ދެފަހަރަކަށް ލޮމާރާލާފަ ހުޅުވާލުމުން ކޮންމެސް ވަރަކަށް ސާފުވިއެވެ. އޭނާ އަށް ފެންނަނީ އޭނަގެ ކޮޓަރީގެ ސީލިންގެވެ. ފަންކާ އިނީ ހުއްޓިފަ ނަމަވެސް ކޮޓަރި ތެރެ ފިންޏެވެ. އޭނާ މަޑުމަޑުން ބޯހިއްލާލާފައި ތެދުވަން މަސައްކަތް ކުރިއެވެ. އެކަމު ގައިން ވަރުދޫވެ އެނދުމައްޗަށް ވެއްޓުނީއެވެ. ބޮލުގެ ރިހުން އެނބުރި އަންނަހެން ހީވުމުން ލޯމަރާ ތަގުޅިކޮށްލިއެވެ.
އަނެއްކާވެސް އޭނައަށް މީހަކު ގޮވާލިއަޑު އިވުނެވެ. މިފަހަރު ތަންކޮޅެއް ކައިރިންނެވެ. މަޑުމައިތިރި އަންހެން އަޑެކެވެ. ޒާހިޔާ މަޑުމަޑުން ލޯހުޅުވާލިއެވެ. ލޯހުޅުވާލުމާއިއެކު އޭނަ ހަޅޭއްލަވައިގަތެވެ. އޭނަގެ ގައިގަ ޖެހޭ ނުޖެހޭ ހިސާބުގަ އަންހެނަކު އޮތެވެ. ހުދު އިސްތަށިގަނޑު މުޅިތަނަށް ފެތުރިފައެވެ. ދެލޯ ރަތްކުލައިން ދިއްލިފައެވެ. ޒާހިޔާ ހަޅޭއްލަވައިގަތުމުން އަންހެންމީހާގެ އަތުން ކޮށްލި އިޝާރާތަކުން ޒާހިޔާގެ އަޑު ކެނޑުނެވެ. ކިތައްމެ ވަރަކަށް ހަޅޭއްލެވިޔަސް އަޑެއް ނުނިކުތެވެ. ޒާހިޔާ ފުއްމައިގެން އެނދުން ތެދުވުއެވެ. އެކަމު އޭނަގައިގަ ވަރު ނެތުމުން ބިންމައްޗަށް ވެއްޓުނެވެ. ބިރުން ވިރެމުން އޭނަ ތަޅުންގަނޑުމަތީ އިށީންދެ އިނދެ ފަހަތަށް ޖެހެމުން ޖެހެމުންގޮސް ފާރުގަ ޖެހުނެވެ.
އެއަންހެން މީހާ ހައިރާންކަމާއި އެކު ޒާހިޔާ އާއި ދިމާލަށް ބޯއަރިކޮށްގެން ބަލަހައްޓައިގެން ހުއްޓެވެ. އޭނަ ހުރީ ބިންމަތިން ތިންވަރަކަށް ފޫޓް މަތީގައެވެ. ކޮޓަރިއަށް ވައިރޯޅިއެއް ނުޖެހުނެއްކަމަކު އޭނަގެ ދިގު ހުދު އިސްތަށިގަނޑު އެކި ކޮޅު ކޮޅަށް ވިހުރެއެވެ. ކުރިން ދިއްލިފަ އިން ރަތް ލޯ މިހާރު ހުރީ ރީތި ފެހި ކުލައެއްގައެވެ. މަޑުމަޑުން އެއަންހެން މީހާ ތިރިވެ ބިންމަތީ ފައިޖައްސާލިއެވެ. ޒާހިޔާ ބިރުން ތުރުތުރުއަޅާ ހާލު މޫނުމަތީ އަތްއަޅައި ރޮމުން ރޮމުން ހިތަށް އައިހާ ހެޔޮ އެއްޗެއް ކިޔަވަން ފެށިއެވެ. އެއަންހެން މީހާ ޒާހިޔާ ކައިރީ އިށީންދެލިއެވެ. އަދި މަޑުމަޑުން ޤުރުޢާން ކިޔަވަން ފެށިއެވެ.
ޒާހިޔާގެ ރުއިން ވަގުތުން ހުއްޓުނެވެ. އޭނަގެ ހިތަށް ވެރިވެފައިވާ ބިރުވެރިކަން މަޑުމަޑުން ފިލައިގެން ގޮސް ހިތަށް ހިތްހަމަޖެހުން ލިބުނެވެ. އޭނަގެ މުޅި އުމުރުގައިވެސް އެހާ ރީތިއަޑަކުން އެހާ ރީތިކޮށް ޤުރުއާން ކިޔަވާ އަޑެއް ނާހައެވެ. އޭނަ މޫނުމަތިން އަތްނަގައި ބަލައިލިއެވެ. އެއަންހެން މީހާ އޭނަ ކައިރީ އިންތަން ފެނުމުން އޭނައަށް ސިހުން ލިބުނެވެ. އެކަމު މިފަހަރު ބިރެއް ނުގަތެވެ. އެއަންހެންމީހާ ލޯމަރާލައިގެން އިނދެ ކިޔަވަމުން ގެންދިއައެވެ. އޭނަ ކިޔަވަމުން ގެންދިޔައީ ޔާސީން ސޫރަތްކަން ޒާހިޔާއަށް ނަގައިގަނެވުނެވެ. ވަކި ވަރަކަށް ކިޔަވާލާފައި އެއަންހެން މީހާ ހުއްޓާލިއެވެ. އަދި ލޯހުޅުވައި ޒާހިޔާ ދިމާލަށް ބަލާލާފައި ހިނިތުންވެލިއެވެ.
“އަހަރެން ދެކެ ބިރުނުގަނޭ ޒާހިޔާ.” އޭނަ ވަރަށް މަޑުމަޑުން ބުންޏެވެ. “އަހަރެން ޒާހިޔާއަށް އެއްވެސް ގެއްލުމެއް ނުދޭނަން.”
“ތީ ކާކު؟” ޖަވާބު ކޮންމެސްވަރަކަށް ޔަޤީންވި ނަމަވެސް ޒާހިޔާ އަހާލިއެވެ.
“ޒަކޯއީ.” ހިނިތުންވުމަކާއި އެކު އޭނަގެ ޖަވާބުއައެވެ.
ޒާހިޔާއަށް ދައްކާނެ ވާހަކައެއް ނޭންގުނެވެ. އޭނަގެ ކުރިމަތީ އިނީ ޖިންނިއެކެވެ. އެކަމު އޭނަގެ ހިތުގަ ފުރަތަމަ އުފެދިގެން އައި ބިރުވެރިކަން ކޮންމެވެސް ވަރަކަށް ފިލައިފިއެވެ. ޒަކޯއީ ކައިރީ އަހަން ބޭނުންވާ ވަރަށް ގިނަ ވާހަކަ ހިތުގަ ހުއްޓެވެ. އެކަމު ފަށާނެ ގޮތެއް އޭނައަކަށް ނުވިސްނުނެވެ.
“އަހަރެން މިތަނަށް މިއައީ އަދްނާން ގޮވީމަ.” ޒަކޯއީ ވާހަކަ ފެއްޓިއެވެ. “އަދްނާން ޒާހިޔާ އަށް ހުރިހާ ވާހަކައެއް ކިޔައިދީފިކަމާ ޒާހިޔާ ދެން ކަންތައް ކުރާނެ ގޮތް ވެސް ކިޔައިދިން. އެހެންވެ އެކަން ހުއްޓުވަން އަހަރެން މިއައީ”
ޒަކޯއީ ބުނި ބަސްތަކުން ޒާހިޔާގެ ހިތުގަ އަނެއްކާވެސް ރުޅިވެރިކަން އުފެދިގެން އައެވެ. އޭނަ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ޒަކޯއީ އަށް ކޮންކަމެއްހެއްޔެވެ. ޒަކޯއީ އުފާވާނީ އޭނަ އާދަނުގެ ދިރިއުޅުމުން ވަކިވެގެން ދިޔައިމަ ނޫންހެއްޔެވެ.
ޒާހިޔާގެ ހިތުގަ ވާޝަކުވާތަށް ޒަކޯއީއަށް އިނގޭ ކަހަލައެވެ.
“އަހަރެން އެއްވެސް ހާލެއްގަ ޒާހިޔާ އާއި އާދަނު ވަކިކުރާކަށް ބޭނުމެއް ނޫން. އަހަރެން ދިރިހުރިހާ ހިނދަކު އެކަން ވިޔަކަވެސް ނުދޭނަން. އަހަރެން ބޭނުން ނަމަ ޒާހިޔާ އާއި އާދަނުގެ ކައިވެނި ވެސް ހުއްޓުވުނީސް. އެކަމު އޭގެ ސަބަބުން އާދަނު ހިތާމަ ކުރާނެ ވަރު އަހަންނަށް އިނގޭ. އެކަމަށް އަހަރެންގެ ހިތް ޤަބޫލެއް ނޫން. އާދަނުގެ ދިރިއުޅުމަށް އަހަރެން އައީ އޭނަގެ ކައިރިން ބަދަލު ހިފަން ކަމުގައިވިޔަސް މިހާރު އަހަރެން އޭނަ ދެކެ ވަރަށް ލޯބިވޭ. އޭނަގެ މަޑުމައިތިރިކަމާއި، ރަނގަޅު އަޚްލާޤާއި އޯގާތެރިކަން ފެނި އަހަރެންގެ ނަފްރަތު އެއްކޮށް ފިލައި ދިޔައީ. އޭނައަށް ދެރަ ލިބޭ އެއްވެސް ކަމެއްވާކަށް އަހަރެން ބޭނުމެއް ނޫން. ޒާހިޔާ ދެކެ އާދަނު އިންތިހާއަށް ލޯބިވޭ. ޒާހިޔާ އޭނަ ދޫކޮށް ގޮސްފިއްޔާ އޭނަ އަށް ފޫނުބެއްދޭވަރުގެ ދެރައެއް ލިބިގެން ދާނެ.”
“އެކަމު އޭނަ އަހަންނަށް އޮޅުވާލީ.” ޒަކޯއީގެ ވާހަކަ ކަނުލާ އަޑުއަހަން އިން ޒާހިޔާ ބުނެލިއެވެ. “ގައިމު ކައިވެނި ކުރުމުގެ ކުރިން ތިހުރިހާ ވާހަކައެއް އަހަންނަށް ކިޔައިދެވުނީސް ދޯ. އިނުމުގެ ކުރިން އޭނަ ކޮށްފަ ހުރި ގޯސް ކަންތައްތައް އަހަންނަށް އަލިފުން ޔާޔަށް ކިޔައިދިން. އެހުރިހާ ކަމަކީ މާޒީ ކަމަށް ބަލާ އެކަން ހަނދާންނައްތާލަން އަހަރެން ބުނިން. އަހަރެންވެސް އޭނަދެކެ އިންތިހާއަށް ލޯބިވަން. އެކަމު މިކަމަކީ އަހަންނަށް މަޢާފް ކުރެވޭނެ ކަމެއް ނޫން. އަހަރެންގެ ހަޔާތުން ތިން އަހަރު މިދެވުނީ ބޭވަފާތެރިއަކަށް.”
“އަހަރެންގެ ހަޤީޤަތް އާދަނަށް އިނގުނީ ޒާހިޔާ އާއި ކައިވެނި ކުރި ފަހުން.” ޒަކޯއީ ބުނެލި ޖުމްލައިން ޒާހިޔާއަށް ސިހުން ލިބުނެވެ. “އަހަރެން އިސްލާމް ވުމަށްފަހު އަހަރެންގެ ދުނިޔެއަށް އަނބުރާ ދިޔައިން. އަހަރެންގެ އިންތިޒާރުގަ އަހަރެންގެ ކުރީގެ ފިރިމީހާ ލުފްތާންގެ އާއިލާ ތިބި. އެމީހުން ބޭނުންވެފަ ތިބީ މަރަށް މަރު ހިފަން. އަހަރެން އިސްލާމްވިކަމާއި އެމީހުންގެ ދަރިފުޅުގެ ޤާތިލް އަކީ މިހާރު އަހަރެންގެ ފިރިމީހާ ކަން އިނގުމުން އަހަރެން ޤަތުލް ކުރަން އެމީހުން އުޅުނު. އެތަނުން އަހަރެން ސަލާމަތް ކުރީ އަހަރެންގެ އާއިލާ. އަހަރެންގެ ކޮށްކޮއާއި ބޭބެ އަދި ބައްޕަ އަހަރެން ގޮވައިގެން ގެއަށް ގެންގޮސް ގޭގައި ބަންދުކޮށްފަ ބެހެއްޓީ. ޖިންނީންގެ ދަރުބާރަށް އަހަރެންގެ މައްސަލަ ވެއްދުނު. އަހަރެންގެ ބައްޕައަކީ ޖިންނީންގެ ތެރޭގައި ނަންހިނގާ ވަރުގަދަ އިފްރީތެއްކަމުން، އަހަރެންގެ އަދަބު ލުއި ކުރި. އަހަންނަށް ހުކުމް ކުރީ މުޅި އުމުރަށް ގޭބަންދުގަ ހުރުމަށް. އެއްވެސް މީހަކާ ގުޅުމެއް ނުބޭއްވުމަށް. އަހަރެން އެކަން ޤަބޫލް ކުރިން. އަހަރެންގެ އާއިލާއިން ދެކުނު ގޮތުގަ އަހަރެން އިސްލާމް ދީން ޤަބޫލް ކުރުމަކީ އެމީހުންނަށްވި ޙިޔާނާތެއް. އަހަރެން އެމީހުންނަށް ވިސްނައިދޭން މަސައްކަތް ކުރިނަމަވެސް އެމީހުން އަހަންނަކާ ވާހަކައެއް ނުދައްކާ. އެކަމާ ފަހުން އަހަރެން ފަރުވާލެއް ނުބަހައްޓަން. އަހަރެންގެ އަމާޒަކަށް ވީ އާދަނުގެ އާއިލާ ސަލާމަތް ކުރަން.
އަހަންނަށް އިނގޭ ލުފްތާންގެ އާއިލާ އާދަނުމެންނާ ދިމާކޮށްލާނެކަން. އަހަރެން ގޭބަންދުގައި ހުރިކަމަކު އަހަރެންގެ ބާރު އެމީހުންނާއި ހަމައަށް ފޯރުވޭ. އަހަރެން އެކަހެރިކޮށް އާއިލާއަށް ސިއްރުން އާދަނުމެންގެ ރައްކަލަށް ކިޔެވެލި ކިޔަވަން ފެށިން. އޭގެ ސަބަބުން ލުފްތާންގެ އާއިލާއަށް އާދަނުމެންނާއި ކައިރިއެއް ނުވެވުނު. އަހަރެން ގިނަ ވަގުތުތަކުގައި ﷲގެ ހަޟްރަތަށް ދުޢާކޮށް ހަދަން. އެބަންދުން އަހަރެން ސަލާމަތްވާނެ ގޮތެއް ދައްކަވާތޯ. އަހަރެއްހާ ދުވަސް ވަންދެން އަހަރެން ބަންދުގަ އިންނަން ޖެހުނު. އެދުވަސްކޮޅު އަހަރެން ބެލީ އަހަރެންގެ ބާރުތައް ވަރުގަދަކުރެވޭތޯ. އަހަރެންގެ މަންމަގެ އެހީތެރިކަމުން އެކި އެކި ފޮތްތައް އަހަރެން އިންތަނަށް ވައްދާ ކިޔަވާ ހެދިން. އަހަރެން އުއްމީދު ކަނޑާނުލައި ހިތްވަރު ކުރަމުންދިޔައީ މަންމަ ބައްޕައަށް ސިއްރުން އަހަންނަށް ކޮށްދޭ ކަންތައްތަކުގެ ސަބަބުން.
އަހަރެން އެބަންދުން ސަލާމަތްވި ދުވަހަކީ އަހަރެންގެ އާއިލާ އެންމެން ޤަތުލްވި ދުވަސް. ލުފްތާންގެ އާއިލާއިން އާދަނުގެ އާއިލާއަށް ގެއްލުމެއް ނުދެވުމުން އެކަމުގެ ރުޅީގަ އަހަރެންގެ އާއިލާއަށް ހަމަލަދިނީ. އެމީހުން ބޭނުންވީ އަހަރެންގެ ކުރިމަތީ އަހަރެންގެ އާއިލާ މަރާލަން. ބައްޕަމެން ވަރަށް ހަނގުރާމަ ކުރި. އެކަމު ލުފްތާންގެ އާއިލާއިން އައީ ބޮޑު ލަޝްކަރެއް ގޮވައިގެން. އެމީހުން އެހެން ޖިންނީންނަށް ވަސްވާސްލައިދީ އަހަރުމެންގެ އާއިލާއާއި ޚީލާފް ކުރުވީ. އަހަރެން ސަލާމަތްވީ މަންމަގެ އެހީގަ. މަންމަ އަހަންނަށް ރަތް އެސްޖެހި އަނގޮޓިއެއް އަޅަންދީފަ އަހަރެން ގެއިން ފޮނުވާލީ. އަނގޮޓި އެޅުމާއި އެކު އެހެން މީހުންނަށް އަހަރެން ގެއްލުނު. އަހަރެން އާއިލާ އެހާލުގަ ދޫކޮށްލާފަ ދާން އަހަރެން ބޭނުމެއް ނުވި. އެކަމު އަހަރެން އެމީހުންނަށް އެހީވާން ދިޔައިރު އެއެންމެއް މަރުވެއްޖެ.”
ވާހަކަ މެދުކަނޑާލާފަ ޒަކޯއީ ލޯފުހެލިއެވެ. ޒާހިޔާ ހިތުގަ ކޮންމެވެސް ވަރަކަށް ހަމްދަރުދީ އުފެދުނެވެ. އެކަމު އޭނަ އަނގައިން ނުބެނެ އިނެވެ.
“އެމީހުން އަހަރެންގެ އާއިލާ މަރާލާފަ އަހަރެން ހޯދަން އުޅުނު. މަންމަ މަރުވުމުން މަންމަ އެޅުވި އަނގޮޓީގެ ބާރު ކެނޑުނު. އެމީހުންނަށް އަހަރެން ފާޅުވި. އަހަރެން ވިސްނަން ނުހުރެ އުދުއްސައިގަތިން. އެމީހުން އަހަރެންގެ ފަހަތުން އަންނަކަން އިނގޭ. އަހަރެންނަށް ދާނެ ދިމާލެއް ނޭންގިފަ ހުއްޓާ އިންސާނުންގެ ދުނިޔެ ފެނުނު. އަހަރެން ހަނދާންވީ އާދަނު މަތިން. އަހަރެން ވަގުތުން މިގެއަށް މިސްރާބު ޖެހިން. އަހަރެން އައިސް ވަނީ އަދްނާން ގެ ކޮޓަރިއަށް. އޭރު އޭނަ ނަމާދުކޮށް ނިމުނީ. އަހަރެން ރޮމުން ރޮމުން އަހަރެން ސަލާމަތްކޮށްދޭށޭ ބުނިން. އަދްނާން އިތުރު އެއްވެސް ސުވާލެއް ނުކޮށް ކިޔަވަން ފެށި. އޭރު ގޭ ބޭރުން ބާރު އަޑުފައްގަނޑެއް އިވޭ. ފުރާޅުމައްޗަށް ބޮޑެތި އެއްޗެހި ތަކެއް ޖެހޭ. ކުއްލިއަކަށް މުޅިގެ ހެލެންފެށި. ބިންހެލުމެއް އައިސްގެން ހެލޭ ހެން. ކޮޓަރިތެރޭ ވައިގަދަވާން ފެށި. ތޫފާނެއް އަރައިގެން އުޅޭހެން. އަދްނާންގެ ކިޔެވުން ހުއްޓައެއް ނުލައި. އެރޭ އަހަންނަށް އަދްނާންގެ ހުނަރުވެރިކަން އިނގުނު. ޖިންނީންގެ އެލަޝްކަރަށް މިގެއަކަށް ނުވަދެވުނު. ﷲގެ ވާގިފުޅުން އެރޭ އަހަރެން ސަލާމަތްވި. އަދްނާން ކިޔެވެލި ނިންމާލީމަ ވެގެން އުޅޭ ގޮތް އަހަރެން ކިޔައިދިނިން. އަދްނާންގެ އާއިލާގެ ރައްކާތެރިކަމަށް އަހަރެން ކޮށްދިން ކަންތައްތަކަށް އޭނަ ޝުކުރުއަދާކުރި. އަދި އަހަރެންގެ ރައްކަލަށް ކުރެވެން އޮތްކަމެއް ކޮށްދޭނަންކަން އޭނަ ބުނި.
އަހަރެމެން ދެމީހުން ވާހަކަ ދައްކަން ތިއްބާ އެތަނަށް އާދަނު އައީ. އަހަރެން ފެނުމުން އޭނައަށް ޝައްކެއްވި. އެކަމު އޭނަ އެއްވެސް ކަމެއް ކުރުމުގެ ކުރިން އަދްނާން ހުރިހާ އެއްޗެއް ކިޔައިދިން. އާދަނަށްވެސްވީ ހަމަ ޒާހިޔާއަށް ވީވަރު. އަދްނާން އޭނައަށް އެހާބޮޑު ލަނޑެއްދޭނެކަމަށް ޤަބޫލް ކުރާކަށް ބޭނުމެއް ނުވި. އަހަރެންނާ އަދްނާން އާއި ދެމީހުން ވެގެން ވަރަށް ވާހަކަ ދެއްކިން. އެންމެ ފަހުން އޭނަ ޤަބޫލްކުރި. އަހަރެން ބުނިން އާދަނު ކައިރީ އަހަރެންގެ ފަރާތުން ތިދެމީހުންނަށް އެއްވެސް އުނދަގުލެއް ނުވާނެކަން. ﷲގެ އިރާދަފުޅާއި އެކީ ތިދެމީހުންގެ ރައްކަލަށް އަހަރެން އަބަދުވެސް ހުންނާނެކަން. އަހަރެންނާއި އަދްނާނުގެ އެދުމުގެ މަތިން ޒާހިޔާއަށް އާދަނު އެއްވެސް ކަމެއް ހިއްސާ ނުކުރީ. ޤަބޫލް ކުރޭ ޒާހިޔާ. އާދަނުގެ އެއްވެސް ކުށެއް ނެތް. އޭނަ ޒާހިޔާ ދެކެ އިންތިހާއަށް ލޯބިވޭ. އެއްވެސް ކަމެއް ސިއްރު ކުރާކަށް ބޭނުމެއް ނުވޭ.”
ޒާހިޔާ ބަލަހައްޓައިގެން އިނެވެ. މަޑުމަޑުން ބޯޖަހާލިއެވެ. އޭނައަށް ޤަބޫލްކުރެވެއެވެ. އާދަނުގެ ލޯބި އިހްސާސް ކުރެވެއެވެ. އެކަމު އޭނަގެ ހިތުގަ އިތުރު ސުވާލެއް އުފެދުނެވެ.
“އާދަނު ދަރިން ހޯދަން ބޭނުން ނުވަނީ ކީއްވެ؟ އަނެއްކާ ތިދެމީހުންގެ…”
“ނޫން. އަހަރެން އޭނަޔާ އެކަހަލަ އެއްވެސް ގުޅުމެއް ނުބާއްވަން. ލުފްތާންގެ އާއިލާ އަދިވެސް މިއާއިލާ ހޯދަން އެބައުޅޭ. އަހަރެންވެސް ނުފެނިގެން އެމީހުން އެއުޅެނީ. އަދްނާންގެ ކިޔެވެލި ދުވަހަކަށް ވުރެ ދުވަހެއް ފަނޑުވަމުން އެދަނީ. އޭނަ މިދުނިޔެއަކު މާގިނަ ދުވަހަކު ނޯންނާނެ. އޭނަ ނެތިދިއުމުން އަނެއްކާވެސް އެމީހުންނަށް އަހަރެން ފާޅުވާނެ. އަނެއްކާ ހަނގުރާމަ. އަހަރެން އެދުނިން އާދަނު ކައިރީ އަދި ދަރިއެއް ނުހޯދުމަށް. އަހަރެން މަސައްކަތް މިކުރަނީ ކޮންމެވެސް ގޮތަކުން އެއާއިލާ ނައްތާލަން. އެކަން ކާމިޔާބު ވާނެހެން ހީވަނީ ވަރަށް އަވަހަށް. އެކަމަށް މަޑުކޮށްލަން އަހަރެން މިއެދެނީ.”
ޒާހިޔާއަކަށް ޒަކޯއީ ދެއްކި ވާހަކަތަކެއް ނުވިސްނުނެވެ. “ދަރިން ދެއްވާނީ ﷲ. ދަރިން ދެއްވާނީ އެދެމަފިރިންނަށް ދަރިއަކު ލިބެންޖެހޭ ވަގުތު އައިސް ޖެހުނީމަ. ގެއްލުމެއް ވާން އޮންނަނަމަ ކިތައްމެ ވަރަކަށް މަސައްކަތް ކުރިއަސް ނުލިބޭނެއެއްނު؟”
“ކަމެއް ދިމާވާނެކަން އެނގިހުރެ އެކަމުން ރައްކާތެރިވާން އަހަރުމެންނަށް އަންގާފައެއް ނުވޭތަ؟” ޒަކޯއީ ވެސް ކޮށްލީ ސުވާލެކެވެ. “ﷲ އަށް ވަކީލުކުރުން އޮވޭ، ރަނގަޅު، އެކަމު ހަމައެކަނި ދުޢާ އެއް ނޫން ދޯ ކުރާނީ. އެކަމެއް ރަނގަޅުކުރަންވެސް އަހަރުމެން ޖެހޭނެދޯ މަސައްކަތް ކުރަން.”
ޒާހިޔާއަށް ވިސްނުނެވެ. އަދި ހުރިހާ ކަމެއް ޤަބޫލް ކުރެވުނެވެ. އޭނަ ޒަކޯއީއާއި ދިމާލަށް ބަލާލާފައި ފުރަތަމަ ފަހަރަށް ހިނިތުންވެލިއެވެ.
“ޝުކުރިއްޔާ. އަހަންނަށް ހަޤީޤަތް ހާމަ ކުރީތީ. އަހަރެންގެ މިއާއިލާއަށް ތިކޮށްދޭ ކަންތައްތަކަށް.”
ޒަކޯއީ ޒާހިޔާގެ އަތުގައި ހިފާލިއެވެ. “އާދަނު ކައިރީ މިއިން އެއްވެސް އެއްޗެއް ނުކިޔައިދޭތި. ސިއްރުކޮށްދޭތި. އަހަރެން އޭނައަށް ވަޢުދުވިން ޒާހިޔާ ކުރިމައްޗަށް ނައުމަށް. އެކަމު ތިދެމީހުންގެ ދިރިއުޅުން ސަލާމަތް ކުރުމަށް އަހަރެންނަށް މިކަން ކުރަން މަޖްބޫރުވީ. އަހަރެން މިދަނީ ދާން. އެކަމު އަހަންނަށް ބޭނުމެއް ޖެހިއްޖެ ހާލެއްގަ އަހަންނަށް ގޮވާލާ، އަހަރެން އަންނާނަން. އަދި ބުނަން، ގަޑިންގަޑިއަށް ނަމާދު ކުރާތި، ޒިކުރާ ދުއާކިޔާތި. އަބަދުވެސް ﷲގެ ރައްކާތެރިކަން ލިބިގެން އުޅޭތި.” (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.


vrh habeyys hama…..masha allah..keep dng wll dude…..
n sifakoh dhiifa hurigothun hama sifavey bunelaani
mibunii real echeh gothah.
i just love this its so nice. maasha allah
all the best for other stories n parts ur gonna write in future
keep going
Whn nxt? Btw stry vrh salhi inge
Mee hageegy vaahakaeh tha??
Varah reethi
Masha Allah story vrh salhi
Story v salhi masha Allah….. when next part…..???
masah Allah mi vaahaka v reethi v furihama….
Hama heevey emeehun kairee indhegen adu ahaalevunuhen v rangalhu jinniyeihdhw v salhi story yeih mee keep it up
Muslim Jinniehveema rangalhu vaannu me hama Hagee gee vaahaka eh tha haadha haa reachey mi vaahaka ❤❤❤❤??
dhen konirakutha vaahaka up kohdhenee…
mee mahsala akee. kiyaa meehuhnan up vaane dhuvaheh neygeyhee
Vaguthu kolheh dheebala Naina ah
busy v kamah ves vedhaane dho
naina dhen kondhuvahakuntha next part up vaanee? inthizaaru kurun mee v udhagookameh……
WAITING!!! 🙂
Kobaa 5 partaai 6 pAartaai
Hellow
meege aneh bai ahnaane ahna aharu inthizaar kurey
Vrh reethi
I love this story
Meethi chaap vehjje nama dhw