Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީބިރުވެރި

ދެގަޑި ތިރީސް 04

naina Level 110 Stories
October 30, 2018 4 Mins Read
15 Comments

ނާޝިދާ ގަނޑުވިއެވެ. މަންމަ އާއި ބައްޕަ އެއްކޮށްވާހަކަ ދައްކަން ފެށި އަޑުއިވުނެވެ. ނަމަވެސް ކިޔާއެއްޗެއް އޭނައަކަށް ނަގައެއްނުގަނެވުނެވެ. އޭނާ އަނގަހުޅުވަން މަސައްކަތް ކުރިއެވެ. އެކަމު ހީވަނީ ދެތުންފަތް ތެރަސްލާ ތަތްކޮށްފަ ހުރިހެންނެވެ. އޭނާއަށް އެއްގޮތަކަށްވެސް ގުޑައެއްނުލެވުނެވެ. ކުއްލިއަކަށް މީހަކު އޭނަ އަތުގައި ހިފާފަ ވަރަށް ބާރަށް ތަޅުވައިގަތެވެ. އޭނާ ސިއްސައިގެން ގޮސް ބަލައިލެވުނީ ދޮންމުހައްމަދުބެއަށެވެ.

“ނާއްކޮ ހޭވެރިވެބަލަ” ކަންބޮޑުވެފައި ހުރި ދޮންމުހައްމަދުބެ ބުންޏެވެ.

“އަހަރުމެންގެ ދަރިފުޅަށް ހަމަ ރަނގަޅަށް ޖިންނީންގެ ކަންތައް ލައިގަތީ.” ރޮއެގަންނަމުން ޒާހިޔާ ބުނެލި އަޑުއިވުނެވެ.

“ހަމަޖެހިބަލަ ޒާހިޔާ، އަދި ރޮއެ ހިތާމަ ކުރަންޖެހޭ ވަރުގެ ކަމެއް ނުވެއޭ.” ދޮންމުހައްމަދުބެ ބުންޏެވެ. “ނާއްކޮ އަކީ ވަރަށް ނަސީބު ގަދަ ކުއްޖެއް އިންޝާﷲ. އޭނައަށް އެހާ ބޮޑުވަރުނުވަނީސް ސަލާމަތްވާން ވަގުތު ލިބުނުކަން. ނާއްކޮ އަށް ދިމާވި ކަންތައްތައް ކިޔައި ނުދިންނަމަ މިރޭ އޭތި ނާއްކޮ ބޭރަށް ނެރުނީސް. އެކަމު މިހާރު އަހަރުމެންނަށް އެކަން ހުއްޓުވޭނެ.”

ނާޝިދާ ދެންވެސް އަނގައިން ނުބުނެ އިނެވެ. އޭނާގެ ސިކުނޑިތެރޭ އެތަކެއް ސުވާލު އުފެދިފައިވެއެވެ.

“ކީއް..ކީއްވެ ޔޫ…ޔޫއާން؟ ކޮން ގުޅުމެއް އޮތީ؟” ސިހިފަ އިންވަރުން އާގަންނަމުން އޭނާއަށް އަހާލެވުނެވެ.

“ތީގެ ހަޤީޤަތް ހޯދަން އަހަރެން ޔޫއާން އާއި ބައްދަލު ކުރިން. އެކަމު އޭނައަށްވެސް އޭގެ ހަޤީޤަތް ނޭންގުނު. އޭނަގެ މަންމައާއި ބައްދަލު ކޮށް ވާހަކަ ދެއްކުމުންވެސް ކުރިއެރުމެއް ނުލިބުނު. އެންމެ ފަހުން ތަވީދު ހެދި ފަންޑިތަވެރިޔާގެ މައުލޫމާތު ހޯދައިގެން އޭނަކައިރިއަށް ދިޔައީ.”

ދޮންމުހައްމަދުބޭގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވިއެވެ.

“އެފަންޑިތަވެރިޔާއާއި ބައްދަލުކޮށްފަ ގަޑިއެއްހާއިރު ވާހަކަ ދެއްކުމުން އޭނާއަކީ ކިހާވަރެއްގެ މީހެއްކަން އަހަންނަށް އިނގުނު. އޭނާއަކީ މީހުންނަށް ހެޔޮއެދިގެން ފަންޑިތަ ހަދާ މީހެއްނޫން. ޝައިޠޯނުންނަށް އަމިއްލަ ނަފްސު ވިއްކާލާ އެމީހުންގެ ބާރުން އިންސާނުންގެ ހައްޤުތަކަށް އަރަމުންދާ މީހެއް. އަހަރެން ވަރަށް މަސައްކަތުން ވަރަށް ވިސްނައިގެން އޭނަ ކައިރިން ޔޫއާންގެ ވާހަކަތައް ހޯދިން.”

ދޮންމުހައްމަދުބޭ ވާހަކަ މެދުކަނޑާލިއެވެ. އަދި ކުޑައިރުކޮޅެއް ވަންދެން އެއްވެސް އެއްޗެއް ނުބުނެ އިނެވެ.

“ބޭބޭ؟” ވާހަކަ އަހަން ބޭނުންވެފަ އިން ނާޝިދާ އަށް ކެތްނުކުރެވިގެން ގޮވާލިއެވެ.

ދޮންމުހައްމަދުބެ ނާޝިދާ އަށް ބަލާލާފައި ހިތާމަވެރިގޮތަކަށް ހީލިއެވެ.

“ނާއްކޯ، އިންސާނުންގެ ތެރޭގައިވެސް ނުލަފާ މީހުން އުޅޭކަން އަހަންނަށް އިނގޭ. އެކަމުވެސް އަހަންނަށް އޭނަ ދެއްކިވާހަކަ ފުރަތަމަ ގަބޫލެއް ނުކުރެވުނު. އެތައްފަހަރަކު ތަކުރާރުކޮށްވެސް އެހިން. ނާއްކޮ ބުނީމެންނު ޔޫއާން ބައްޕަ ނިޔާވިތަނާހެން ޔޫއާން ވަރަށް ބޮޑަށް ބަލިވިއޭ؟”

ނާޝިދާ ބޯޖަހާލިއެވެ.

“ޔޫއާން ބައްޕަ އާދިލްއަކީ އޭރުގަ އެންމެ މަޝްހޫރު އެއް ވިޔަފާރިވެރިޔާ. އެތައް ބައިވަރު ފިހާރަތަކަކާއި ދެތިން ގެ ވެސް މާލެގަ ހުންނާނެ. އާދިލް އާއި އެއްބަނޑުއެއްބަފާ ހުންނަނީ އެންމެ މީހެއް. އެއީ އަޝްފާ. އާދިލްއަށް ވުރެ 2 އަހަރު ދޮށީ ވާނެ. މިދެބެއިންވެސް އުޅެނީ އެކަކު އަނެކަކާ ވަރަށް ގުޅިގެން. ކޮންމެއަކަސް އާދިލް މަރުވުމުގެ ހަފްތާއެއްހާ ދުވަސް ކުރިން އޭނަ ވަސިއްޔަތެއް ލިޔެ އޭތި ވަނީ އޭނަގެ ވަކީލާ ހަވާލުކޮށްފަ. އޭނާ ނިޔާވިތާ ދެދުވަސް ފަހުން އޭނަގެ ވަކީލް އަޝްފާޔާ ޔޫއާންގެ މަންމަ ޒޫނާއާއި ވަސިއްޔަތާ ގުޅިގެން ބައްދަލުކުރި. ޔޫއާންއަށް އޭރު 18 ނުވާތީ އެބައްދަލުވުމުގަ އޭނަ ބައިވެރި ނުކުރޭ. ވަސިއްޔަތުގަވާގޮތުން އާދިލްގެ ދެ ގެ ފިޔަވާ އޭނަގެ ހުރިހާ ފިހާރަތަކާ ރިސޯރޓްތަކާއި އަދި އެހެން ހުރިހާ މުދާތަކެއް މިލްކް ވަނީ ޔޫއާންއަށް. ދެ ގެ ލިބުނީ އަޝްފާއަށާއި ޒޫނާ އަށް. އެދެމީހުންނަށް އެއްވެސް ފައިސާ އެއް އެހެން އެއްވެސް މުދަލެއް ނުދޭ.

ނާއްކޮ ހިތައްއަރާފާނެ މިކަންކަމާ ނާއްކޮއާއި ދިމާވާ ކަންކަމާ އޮތީ ކޮންގުޅުމެއްތޯ. ޔޫއާންގެ ބައްޕަ ނިޔާވީ އާދައިގެ މަރަކުން ނޫން. އޭނައަށް ހުރީ ސިހުރު ހަދާފަ. އެކަން ކުރީ އަޝްފާ. އޭނައަށް އިނގޭ އޭނަގެ ބޭބެ ގެ މުދަލުގެ ހައްޤުވެރިއަކީ ޔޫއާންކަން. އޭނަ ބޭނުންވީ ޔޫއާންވެސް އާދިލްވެސް މަރާލަން. އާދިލްއަށް މިކަން އިނގުމުން އޭނަގެ ވަސިއްޔަތް ތައްޔާރުކޮށް އެކަމުން ޔޫއާން ސަލާމަތް ކުރެވޭތޯ އުޅުނީ. އެކަމު އެކަން ހާސިލް ވުމުގެ ކުރިން އޭނަ ނިޔާވީ. އޭނަ ނިޔާވުމުން އޭނައަށް ހަދާފަހުރި ސިހުރު ޖެހުނީ ޔޫއާން އަށް. އެހެންވެ ޔޫއާން އެހާ ބަލިވީ. އެކަމުން އޭނަ ސަލާމަތް ކުރަންވެގެން ޒޫނާ އެހެން ފަންޑިތަވެރިޔެއް ހޯދީ. އެކަމު ޒޫނާގެ ނިޔަތްވެސް ރަނގަޅެއް ނޫން. މަޔަކު ދަރިޔަކަށް ކުރަންނުވާކަހަލަ ކަމެއް ޒޫނާ ކުރީ. ސިހުރުން ޔޫއާން ސަލާމަތް ކުރި…އެކަމު އޭގެ ބަދަލުގަ އެހެން ފަންޑިތައެއް. ޔޫއާންގެ އަތުގަ އަޅާފަ އޮތް ތަވީދަކީ އޭނަގެ ހަށިރައްކަލަކަށް ހަދާފަ އޮތް ތަވީދެއްނޫން. އެއީ ޖިންނިއަކަށް އޭނަގެ ނަފްސު ވިއްކާލަފަ އެޖިންނި ޔޫއާންއާއި ގުޅުވަން އަޅުވާފަ އިން ތަވީދެއް.”

ދޮންމުހައްމަދުބޭގެ ވާހަކަ މިހާހިސާބަށް ދިއައިރު ނާޝިދާ އަށް އިނދެވުނީ އަނގަމަތީ އަތް އަޅައިގެންނެވެ. އޭނާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ޒާހިޔާ އާއި އަދްނާނުވެސް އިނީ ހުއްޓުން އަރާފައެވެ. ދެމީހުންނަށްވެސް ބުނާނެ އެއްޗެއް ނޭންގުނެވެ. މައިންބަފައިންނަކީ ދަރިންނަށް ރައްކާތެރިވާން ޖެހޭބައެކެވެ. މަޔަކު ހުރި ހަމައެކަނި ދަރިފުޅަށް އެފަދަ ކަމެއްކޮށްފާނެ ކަމަކަށް އެމީހުންގެ ސިކުނޑިއަށް ނަގައެއް ނުގަނެވެއެވެ.

“ކީއްވެ؟” ކުރެހިފައިވާ އަޑަކުން ނާޝިދާ އަށް ބުނެވުނީ ހަމައެކަނި އެބަހެވެ.

ދޮންމުހައްމަދުބެ ފުންނޭވާއެއް ދޫކޮށްލިއެވެ.

“މުދަލާ ފައިސާގެ ދަހިވެތިކަން. އަސްލު ޒޫނާ އާއި އާދިލް ގެ ކައިވެންޏަކީ ޒޫނާގެ މައިންބަފައިން ގަދަކަމުން ކުރުވި ކަމެއް. ޒޫނާ އާދިލްދެކެ އެއްވެސް ވަރަކަށް ލޯތްބެއް ނުވޭ. ޔޫއާން ލިބުމުންވެސް ޒޫނާގެ ހިތުގަ މައިވަންތަކަމުގެ ކުލުނެއް ނުޖެހޭ. އެކަމު އޭނަ ޔޫއާންއަކަށް ދެރަގޮތެއް ވިޔަކަ ނުދޭ. ޔޫއާން ނެތްނަމަ އާދިލް ޒޫނާ ދޫކޮށްލާނެކަން އޭނައަށް އިނގޭ. އޭރު ޒޫނާ ހުރީ މުއްސަނދިކަމުގެ އަވައިގަ ޖެހިފަ. އާދިލް ދެކެ ކިތައްމެ ފޫހިވިޔަސް، އެތަނަވަސް ދިރިއުޅުން ދޫކޮށްލާކަށް އޭނަ ބޭނުމެއް ނުވި. އާދިލް މަރުވީ ސިހުރުންކަން ޒޫނާ އަށް އިނގުނީ އޭނަ ގެނައި ފަންޑިތަމީހާ ފާލުބަލައިގެން. އެކަން ކުރީ އަޝްފާކަން އިނގުމުން އަޝްފާގެ ދުވަސް ދުއްވާލަން އޭނަ ބޭނުންވި. އެކަމު ޔޫއާން މަރުން ސަލާމްތަ ކުރަން ބޭނުންވީމަ އޭނަ އުޅުނީ ފުރަތަމަ އެކަން ކުރަން.”

“ޔޫއާންގެ މުދާ ބޭނުންވެފަ ހުރިއްޔާ ކީއްކުރަން އޭނަ މަރުން ސަލާމަތް ކުރީ؟” ޒާހިޔާއަށް މަޑުން ނީންދެވިގެން ބުންޏެވެ. އޭނަގެ އަޑުގަ މަޑު ތުރުތުރެއް ހުއްޓެވެ.

“އާދިލްގެ ވަސިއްޔަތުގަ އިން ކަމެއްގެ ސަބަބަބުން. އާދިލް އަށް އިނގޭ އޭނަ މަރުވުމަށްފަހު ޔޫއާން ސަލާމަތެއް ނުވާނެކަން. ޒޫނާގެ ހަޤީޤަތްވެސް އޭނައަށް ވަނީ ކޮންމެވެސް ވަރަކަށް އިނގިފަ. އެހެންވެ އޭނަ ވަސިއްޔަކުރީ ޔޫއާން ކޮންމެހާލަތެއްގައި މަރުވިކަމުގައިވިޔަސް، ޔޫއާންގެ ނަންމަތީ ހުރި ހުރިހާ މުދަލެއް ރާއްޖޭގެ އެކި އެކި އެން.ޖީ.އޯ ތަކަށް ބަހާލަން. ލިސްޓެއްވެސް އިނޯ ލާފަ، ދޭންވީ ތަންތަނުގަ. ޔޫއާން މަރުވާއިރު އޭނަގެ ދަރިއެއް ހުރެއްޖެނަމަ އެފައިސާއ އެކުއްޖަކަށް ލިބޭގޮތަށް. އަދި ޔޫއާންގެ ނަންމަތީ ހުރި އެއްވެސް މުދަލެއް ޔޫއާންއަކަށްވެސް އެހެން މީހެއްގެ ނަންމައްޗަކަށް ބަދަލެއް ނުކުރެވޭނެކަމަށް. މިހެން ވަސިއްޔަތް ކޮށްފަ އޮތީމަ ޒޫނާއަށް އިނގޭ އޭނައަށް ތަނަވަސް ދިރިއުޅެއްމެގައި ދެމިހުރެވޭނީ ޔޫއާން ދުނިޔޭގަ ހުރި ހިނދެއްގައިކަން. އެހެންވެ ސަލާމަތް ކުރީ. އެކަމު އޭނަ ބޭނުމެއް ނުވޭ އެއްވެސް އަންހެން ކުއްޖަކާ ޔޫއާންއާ ވައިވެސް އެޅޭކަށް. އެކަމުގެ ބޭނުމުގަ އެތަވީދުއެޅުވީ. އޭތިއެޅުވިފަހުން އޭނަ ކައިރީގަ އަބަދުވެސް އެޖިންނި ހުރޭ. އޭނަޔާ އަންހެން ކުއްޖެއް ލޯބީގެ ގޮތުން ގުޅިއްޖެނަމަ އެކުއްޖާގެ ދުވަސް ދުއްވާލަ. އެކަމު އޭގެ ކުރިން އެކުއްޖަކަށް އޭތި އިންޒާރުދޭ. އެހެންވެ އެހުވަފެން އެފެންނަނީ.”

ނާޝިދާއަކަށް ކެތެއް ނުކުރެވުނުވެ. އޭނާއަށް ގިސްލާފަ ރޮވެން ފެށިއެވެ. އޭނަ ޔޫއާންދެކެ އިންތިހާއަށް ލޯބިވެއެވެ. ލޯބީގެ ގޮތުން ގުޅުނީ ކިތައްމެ ފަހުން ކަމުގައިވިޔަސް 3 އަހަރު ގާތްއެކުވެރިއެއްގެ ގޮތުގައި އުޅެފަހުރީމަ ވަނީ ކުލުނު ޖެހިފައެވެ. ދޮންމުހައްމަދުބޭގެ ވާހަކަތަކުން އޭނައަށް ދެން ޔޫއާން އާއި އެކީ ނޫޅެވޭނެކަން އިނގުނެވެ. ނާޝިދާ ކިތައްމެ ބޭނުންވިޔަސް އޭނަގެ މައިންބަފައިން އެނގިހުރެ އޭނަ އަނދަވަޅަކަށް ކޮށްޕައެއްނުލާނެކަން އެނގެއެވެ. ޒާހިޔާ އޭނަ ކައިރިއަށްއައިސް ނުރޯށޭ ކިޔައި ފިރުމަންފެށިއެވެ. އޭނައަށްވެސް ހުރީ ކޮންމެވެސް ވަރަކަށް ރޮވިފައެވެ. ދަރިފުޅުގެ ހިތުގައި ރިއްސާލާނެވަރު އޭނައަށް ކޮންމެވެސް ވަރަކަށް އިހްސާސްކުރެވެއެވެ. ކުއްލިއަކަށް ނާޝިދާ ހިތައް އެއްޗެއް އެރިއެވެ.

“އަހަރެން ޔޫއާން އާއި ލޯބީގެ ގޮތުން ގުޅުނުތާ މިހާރު 3 ވަރަކަށް މަސްވީ. ކީއްވެ ކުއްލިޔަކަށް މިހާރި ހުވަފެންފެންނަންފެށީ؟ މާލޭގަ އޭނަޔާ އެއްކޮށް އުޅުނު އިރު އެއްވެސް އުނދަގުލެއް ނުވޭ. އަނެއްކާ އޭނަ މަންމައާވެސް ބައްދަލުކުރިން. އޭގެފަހުންވެސް އަހަންނަކަށް އުނދަގުލެއް ނުވޭ. ދެން މިހާރު ކީއްވެ؟” ކަރުނަތައް ފޮހެލަމުން ނާޝިދާ އަހާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

naina

Level 110 Stories

Other Articles

Previous

މަންޒިލް ތިއޭ މިހިތް އެދޭ (5)

Next

ޤުރުބާން-1

Next
October 30, 2018

ޤުރުބާން-1

Previews
October 30, 2018

މަންޒިލް ތިއޭ މިހިތް އެދޭ (5)

15 Comments!

  1. JINNI says:
    October 30, 2018 at 2:53 am

    dhon ahmedbe ah vureh dhon Mohamedbe ma gadha kamah fennane story varah reethi ???

  2. Naash says:
    October 30, 2018 at 8:34 am

    Akhea.. Haadha kurey… Thankolheh dhigukoh genessdhybah plx… Waiting for the next part…

  3. nisha says:
    October 30, 2018 at 1:00 pm

    mi vaahaka v reethi….. kiyaahithun kiyaalevey….

  4. Zeish says:
    October 30, 2018 at 1:43 pm

    This story and havaathif is very alike

  5. unique says:
    October 30, 2018 at 6:01 pm

    varah reethi mi partvx hope to see the next part soon

  6. Nabeast says:
    October 30, 2018 at 8:09 pm

    Heskiyaaha sallhi ???

  7. JINNI says:
    October 31, 2018 at 1:10 am

    Next part please ??????????????????????????????????✌❤?

  8. NISHA says:
    October 31, 2018 at 2:14 pm

    KONIRKUNTHA NEXT PART..??????

    MIHAARU KIYAAHITHUN IDHEVENEEKEENOON….

  9. JINNI says:
    October 31, 2018 at 9:14 pm

    Liyun theriyaage faraathun answer eh libunas varah hiyhama jeheyne dhoa mihaaru kolhah ves hureveny key noon next part kiyaahithun thi hen vannyaa dhen Jinni comment eh nukuraanan 3 dhuvas vany mihaaru nuves nidhaa next part kiyaahithun ?????

  10. JINNI says:
    October 31, 2018 at 9:18 pm

    dhon Mohamedbe varah salaam buni hurihaa kiyun therinnah ??????????????

  11. VAMP ? ? ?? says:
    October 31, 2018 at 9:52 pm

    SALHI EYH BUNY ? ?

  12. Rax says:
    November 1, 2018 at 1:36 am

    Salhi

  13. naina says:
    November 1, 2018 at 7:48 am

    varah bodah sorry vaahaka lasvaatheeve. mi week busy koh dhaatheeve vaahaka upload nukurevigen miulheny. But I promise miadhuge kommeves vaguthehga upload koh dheynan. kiyuntherin thi dhehvva tharuheebah varah bodah shukuriyya

  14. Baby says:
    November 1, 2018 at 10:34 am

    Pls don’t kill naahko
    Can’t wait for the next part?????

  15. Shafiu says:
    November 12, 2018 at 9:39 pm

    Kobaa next part

Comments are closed.

Next Episodeދެގަޑި ތިރީސް 05←


All Right Reserved!