ރަނގަބީލުގެ އަޑާއެކީ ހުރިހާ ކުދިން ގޭޓުން ވަދެގެން ދާން ހިނގައިގަތެވެ. “މަލް” ދުވަމުން ކަހަލަ ގޮތަކަށް އައި ސާރާ މަލްދާއާއި އަރާ ހަމަކުރަމުން ގޮވާލިއެވެ. އޭރު އޭނާއަށް މައިނޭވާ ލެވެއެވެ. ދެކުދިން އެކީ ކުލާހާ ދިމާލަށް ދަނިކޮށް ފަހަތުން މީހަކު އައިސް މަލްދާގެ ގައިގައި ޖެހިގަތެވެ. އެމީހަކު ފެނުމާއެކު ވަގުތުން މަލްދާގެ މޫނުގައިވީ ހިނިތުންވުން ފިލައިގެން ދިޔައެވެ. ދެބުމަ ގޮށްޖެހިގެން ދިޔައެވެ. “ވަހީދް ސަރ” ސާރާ މަޑުމަޑުން ބުންޏެވެ. “ވަރަށް ބޮޑަށް ސޮރީ މަލްދާ… ސަރ ގަޑި […]
ގާތްގަނޑަކަށް އެއްގަޑިއިރުގެ ދިގު ކޯލަކަށްފަހު މަލްދާ ފޯނު ބޭއްވިހެން ހިޔެއްނުވެ އަނެއްކާ ރިންގުވާންފެށިއެވެ. ބަލާލިއިރު ގުޅަނީ ނުދަންނަ ނަމްބަރަކުންނެވެ. ދެ ހިޔާލެއްގައި ހުރެފައި މަލްދާ އެންމެފަހުން ފޯން ނެގިއެވެ. “ހަލޯ މަލް؟….” އެންމެ ފުރަތަމަ އެއަޑު ކަންފަތައް އެރުމާއެކު މަލްދާގެ ހިތުގެ ތެޅުން އަވަސްވެލިއެވެ. އެއީ މަލްދާ އެއަޑެއް އިވުމަށް އެންމެ ބޭނުންވާ މީހާގެ އަޑެވެ. “އަޒްހާން” މަލްދާ ބުނެވުނެވެ. “އާނ…. އަނެއްކާ ނިދަން އޮއްވާ ތަ މިގުޅުނީ؟” އަޒްހާން އަތުގައި އޮތް ގަޑިޔަށް ބަލައިލަމުން ސުވާލުކޮށްލިއެވެ. […]
ސާރާ އަށް ބުނެވުނީ އެހާހިސާބަށެވެ. ސާރާ އަށް ވީގޮތް ފެނިފައި މަލްދާ، ސާރާ ބަލަހައްޓައިގެން އިން ދިމާލަށް ބަލައިލިތަނާ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. “ބައްޕާ…” މަލްދާ އަށް ބުނެވުނީ އެހާ ހިސާބަށެވެ. ބިރުން ދާހިއްލަން ފެށީ މަދު ސިކުންތުކޮޅެއް ތެރެެއެވެ. “ނަފީީސާާ!! ނަފީސާ!!” މުޅި ގޭތެރެ ގުގުމައިގެން ދިޔައީ ޚާލިދުގެ ހަޅޭކުގެ އަޑުންނެެވެ. “ކިހިނެއްވީތަ؟….. މަލްްދާ؟” ކޮޮޓަރިން ނުކުއިން ނަފީސާއަށް ޚާލިދާއި އޭނަގެ ފަހަތުން ގޭތެރެެއަށް ވައިން މަލްދާ ފެނުމުން ވީ އަމަށަކު ހައިރާނެއް ނޫނެވެ. […]
ތިޔަ ލޯބި އަދު ލިބޭނެބާ…………………… “ކީކޭ؟ ބަލަ ތި ކިޔޭ އެއްޗެއް އެބަ އިނގޭތަ؟ ބައްޕަ އާ ސިއްރުން މަލް އަކަށް ނުކެރޭނެ ދާކަށް..” މަލްދާ ފޯނުން ވާހަކަ ދައްކަމުން ދިޔައީ އޭނާގެ އެންމެ ގާތް އެކުވެރިއެއް ކަމުގައިވާ ސާރާއާއެވެ. “ދެން މަލް ހުރޭ ތިހެންވީރު އެކަނި.. އަހަރެން އެކަނި ގޮސްދާނަން..” މަލްދާ އަށް ވިސްނައިދީ ވަރުބަލިވުމުން އެންމެ ފަހުން ސާރާ ބުންޏެވެ. ” ދެން އެކަމް މަލް ބޭނުމޭ ދާން..” މަލްދާ ޅަގޮތަކަށް ބުނެލިއެވެ. ” […]