އަނެއްކޮޅުން އާރްޔަންގެ ހިތައް ލިބުނު ޒަހަމުވީ އިތުރެވެ. ދެން އިތުރަށް މަލްދާގެ ރީތި މޫނަށް ބަލާނުލެވޭނެ ކަން އިނގުމުން ހިތުގައި ރިއްސާލިއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ މިއީ އާރްޔަންގެ ތަޤުދީރުގައި ހުރި ގޮތެވެ. ކިތައްމެވަރަކަށް ރޮއެ ހިތާމަކުރިނަމަވެސް ތަގުދީރުގައި ނެތް އުފަލެއް ނުލިބޭނެކަން އާރްޔަން ދަނެއެވެ. ކަނޑުގެ ލޮނުގަނޑު ކަފަމުން އައިސް ލޯންޗު ބަނދަރަށް ވައްދާލިއެވެ. މަލްދާގެ އެދުމުގެ މަތިން ނަފީސާ އާއި ޚާލިދު މަލްދާ ގޮވައިގެން ރަށަށް އައީއެވެ. މަލްދާ ހިތްހަމަ ނުޖެހުނީ އާރްޔަންމެންގެ އާއިލާ […]
އާނ ދަރިފުޅާ އަޒްހާން މިދުނިޔެ ދޫކޮއްފި..” އެއާއެކު ނަފީސާއަށް އޭނަގެ ކަރުނަތައް ހިފަހައްޓަން އުނދަގޫވިއެވެ. ނަފީސާގެ މޫނަށް ބަލަހައްޓައިގެން މަލްދާ އިނީ ހުއްޓުން އަރާފައެވެ. ނަފީސާ ދެއްކި އެއްވެސް ވާހަކައެއް މަލްދާ ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. ” މަންމަ ތި ހަދަނީ ދޮގު… ހުސް ދޮގު” އިސްޖަހާލައިގެން އިން މަލްދާގެ ބަޑިގަޑު ފަޅައިގެން ދިޔައީ ހަމަ ކުއްލިއަކަށެވެ. ނަފީސާ ރޮމުން މަލްދާ އަށް ވިސްނައިދޭން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް މަލްދާ އިނީ އެކަކުވެސް ދައްކާ ވާހަކައެއް […]
” ދެން ކހިނެއް ދަނީ؟.. އޭ.. ކިހިނެއްހޭ ދަނީ.. މި ގޯޅި އަޅާލަންވީތަ.. ސާބަހޭ ތި ފޯނު ބާއްވަބަލަ ދެންމެ ހީވި އަނގަބަންދު ނުވެގެން އުޅުން އިރު..” އާރްޔަން އަލީ އަތުގައި އޮތް ފޯނު އަތުލަމުން ބުންޏެވެ. އެއާއެކު އަލީވެސް ފޯނު އާރްޔަން އަތުން އަތުލަން އުޅުނެވެ. ދެމީހުން ފޯނާ ހިފަމުން ދިޔައިރު ދެން އޮތް ގޯޅިގަނޑުން ދުވަމުން ނިކުމެގެން އައި މަލްދާއެއް ނުފެނެއެވެ. މަލްދާއަށްވެސް މާބޮޑަކަށް ދުއްވާ އެއްޗިއްސަކަށް ނުބެލެއެވެ. އެއަށްވުރެ ބޮޑަށް އޭނަ އިނީ […]
މަލްދާއަށް ހޭލެވުނީ ރޭގަނޑު އަށެއް ޖެހިފަހުންނެވެ. ހޭލިގޮތަށް އެނދުމަތީގައި އޮތީ ތެދުވާނެހާ ހިތްވަރު މަލްދާގެ ގައިގަ ނެތުމުންނެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު މަލްދާ ފޯނު ނެގިއެވެ. ” އައި ނޯ އެވްރީތިންގް އެބައުޓް ޔޫ… އިޓްސް އޯވަރ..” މިހެން ލިޔުމަށްފަހު މެސެޖު ފޮނުވާލިއެވެ. އެއާއެކު އަނެއްކާވެސް މަލްދާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް އަންނަން ފެށިއެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު ތެދުވީ ހަށިގަނޑު ތާޒާ ކޮއްލުމުގެ ބޭނުމުގައެވެ. ސްކޫލުން އައިއްސުރެ އެއްޗެއް ނުކައި ހުރުމުގެ ސަބަބުން ހަށިގަނޑުގައި ވަނީ […]
” ކީއްވެ މަލް އަށް ދޮގު ހެދީ.. ނިދަންށޭ ކިޔާފަ ކޮންތާކަށް ދިޔައީ.. އަދި މަލް އެވަރަށް ގުޅީމަ ފޯނުވެސް ނުނަގާ.. ކުޑަ މިނުން ކީއްވާނީ ފަހުން ގުޅާލިނަމަވެސް..” އައި ގޮތައް އައިސް ޝަކުވާ ކުރެވެން ފެށުނީ އަޒްހާން އެހެން ކަންތައް ކުރުމުން މަލްދާ ދެރަވި ވަރުންނެވެ. ” ބޭރަށް ދިޔައި.. ފޯނު ގޭގައި ބާއްވާފައި ދިޔައިމަ ނޭނގުނީ ގުޅިކަމެއް.” މަލްދާ އާއި ދިމާލަށް ބަލައިލަމުން އަޒްހާން މަޑުމަޑުން ބުނެލިއެވެ. ” ކޮންތާކަށް ދިޔައި..” މަލްދާ ދެންވެސް […]
މަޑު މަޑުން ސުކޫލް ގޯތި ތެރޭ ހިނގަމުން ދިޔަ އާރްޔަން ގެ ފިޔަވަޅުތަކައް ހުއްޓުމެއް އައީ ފެނުނު މަންޒަރުންނެވެ. އާރްޔަން ދެލޯ ބޮޑުވެގެން ދިޔައެވެ. ވަގުތުން ކަރުނަތައް ޖަމާވާން ފެށިއެވެ. އޭނަގެ ހިތައް ހީވީ މީހަކު އަރާ ޗިސް ޗިސް ކޮއްލިހެންނެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު އާރްޔަން ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. ދެލޯ އުނގުޅާލުމަށްފަހު އަލުން ބަލައިލީ އެ މަންޒަރު ބަދަލުވުމަށް އެދި އެދިއެވެ. ނަމަވެސް އާރްޔަން އަށް ޖެހުނީ މާޔޫސް ވާށެވެ. އާރްޔަން […]
އަނެއްކޮޅުން އާރްޔަންގެ ހާލަކީ ކޮބައިތޯއެވެ. މަލްދާގެ ހިޔާލުތަކާ އެންމެ ސިކުންތަކުވެސް ދުރަކަށް ނުދެވެއެވެ. ކުލާހުގައިވެސް ސިއްރު ސިއްރުން ނަމަވެސް މަލްދާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރެވެއެވެ. ނަމަވެސް މަލްދާ އަބަދުވެސް ހުންނަނީ އާރްޔަން ދެކެ ރުޅި އައިއްސައެވެ. އެހެންވެ ބައެއްފަހަރު ރުޅި އަރުވާވެސް ލެވެއެވެ. މަލްދާގެ ސަމާލުކަން ހޯދުމުގެ ބޭނުމުގައެވެ. ރުޅި އައިސްގެން ނަމަވެސް މަލްދާ އޭނަ އާއި އަނގައިން ބުނުމުން ލިބެނީ ބަޔާންކުރަން ދަތި ހިތްހަމަ ޖެހުމެކެވެ. ނަމަވެސް އާރްޔަން އަށް ނޭނގޭ ތަންކޮޅަކީ އޭނަގެ […]
“”ދައްތާ.. އަޒްހާން އެބައުޅޭތަ..” ގެއަށް ވަދެވުމާއެކީ ޝަރުމީލާ ފެނުމުން، ޝަރުމީލާ އާއި ސުވާލު ކޮށްލިއެވެ. “ކޮޓަރީގައިވީ.. ދެންމެ އުޅުން ނިކުމެވެސް.. އަޅެ ދޭބަލަ ބަލާލަން..” ޝަރުމީލާ ވާހަކަ ދައްކަމުން ދިޔައީ ނުހަނު ލޯބިންނެވެ. ކުރިންވެސް އެގެއަށް އައިސް އުޅޭތީ މަލްދާ އެގެއަށް އަލެއް ނޫނެވެ. ބަލާކަށް ނުހުރެ އަވަހަށް ގޮސް އަޒްހާންގެ ކޮޓަރިއަށް ވަނެވެ. މަލްދާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. އެކޮޓަރިއަށް ވެދެވުން އިރު އަޒްހާން ހުރީ މަލްދާގެ ފޮތް […]
މަލްދާގޮސް ސްކޫލް ކައިރީ ހުންނަ ފަޅުގެއާ އަރާހަމަވިތަނާހެން އެގޭ ތެރެއިން ނިކުއިން މީހެއް މަލްދާގެ އަތުގައި ހިފައިގެންފައި އެގޭތެރެއަށް ގަދަކަމުން ވެއްދިއެވެ. އެގަޑީ މަލްދާގެ ކުޑަ އަތުގައި އޮތް ފޮތް މަގުމައްޗަށް ވެއްޓުނެވެ. އެމީހާ މަލްދާގެ އަތުގައި ހިފަހައްޓައިގެން ގެންގޮސް ހޫރުވައިލިއެވެ. “މަންމާ…..” މަލްދާއަށް ބިރުން ގޮސް ހަޅޭއްލަވައިގަނެވުނެވެ. އޭރު މުޅި މީހާ ދާހިތްލާ ފޯވެއްޖެއެވެ. ބިރުންގޮސް ތުރުތުރުލާން ފެށިއެވެ. ކުރިމަތީ އިން ވަހީދު ފެނިފައި މަލްދާ ގައިން ހީބިހި ނަގައިގަތެވެ. ވަހީދުގެ އެ ދަހިވެތި ބެލުމުންވެސް އޭނަ ބޭނުންވަނީ ކޮންކަމެއް ކަން ހާމަވެގެން ދިޔައެވެ. ބަލާކަށް ނުހުރެ ގައިގަ ހުރި ބާރެއްލާފައި މަލްދާ ދުއްވައިގަތެވެ. ނަމަވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ. ވަހީދު އެއަށްވުރެ ހުޝިޔާރެވެ. އަދި މަލްދާފަދަ އަންހެން ކުއްޖަކާ ޖެހިފައި ބާރުވެސް ގަދައެވެ. މަލްދާގެ ކޮނޑުގައި ހިފައި އަނެއްކާވެސް ފާރު ބުޑަށް މަލްދާ ކޮއްޕާލިއެވެ. ވީތަދުން މަލްދާއަށް ލޯ މަރާލެވުނެވެ. “ބަލަ […]