Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ލޯބި އަދު ލިބޭނެބާ 10

Minhaaa Level 110 Stories
October 8, 2020 7 Mins Read
24 Comments

މަލްދާއަށް ހޭލެވުނީ ރޭގަނޑު އަށެއް ޖެހިފަހުންނެވެ. ހޭލިގޮތަށް އެނދުމަތީގައި އޮތީ ތެދުވާނެހާ ހިތްވަރު މަލްދާގެ ގައިގަ ނެތުމުންނެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު މަލްދާ ފޯނު ނެގިއެވެ. ” އައި ނޯ އެވްރީތިންގް އެބައުޓް ޔޫ… އިޓްސް އޯވަރ..” މިހެން ލިޔުމަށްފަހު މެސެޖު ފޮނުވާލިއެވެ. އެއާއެކު އަނެއްކާވެސް މަލްދާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް އަންނަން ފެށިއެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު ތެދުވީ ހަށިގަނޑު ތާޒާ ކޮއްލުމުގެ ބޭނުމުގައެވެ. ސްކޫލުން އައިއްސުރެ އެއްޗެއް ނުކައި ހުރުމުގެ ސަބަބުން ހަށިގަނޑުގައި ވަނީ ވަރުބަލިކަމެވެ. ބައެއްފަހަރު މޫނުމައްޗަށް އަނދިރި ވާހެންވެސް ހީވިއެވެ.

ފެންވަރައިގެން ނިކުއިން މަލްދާ ފޯނަށް ބަލާލިއެވެ. އޭރު އަޒްހާންގެ ފަސް މިސް ކޯލް އައިއްސަ ހުއްޓެވެ. ބަލަހައްޓައިގެން ހުއްޓާ އަނެއްކާވެސް ފޯން ރިންގް ވާން ފެށިއެވެ. ފުސްވެފައިވާ ދެލޮލާއެކު މަލްދާއަށް ފޯނާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ނަމަވެސް ދެން އިތުރަށް އަޒްހާންގެ ވާހަކަތައް އަޑު އަހާކަށް މަލްދާ ބޭނުމެއް ނޫނެވެ.

އަނެއްކޮޅުން އަޒްހާން ދިޔައީ ތުރުލަމުންނެވެ. ދެލޮލުން ހުއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ. އަޒްހާންގެ އެންމެ ބިރުވެރި ހުވަފެން ހަގީގަތަކަށްވީއެވެ. މިހާ ދުވަސްތައް ވަންދެން ސިއްރު ކޮއްގެން އުޅުނު ހަގީގަތް މަލްދާގެ ކުރިމަތީގައި ފަޅާއެރީއެވެ. މާކުރިންވެސް މިހެން ވާނެކަން އަޒްހާން އަށް އިނގުނެވެ. ހަގީގަތް އިނގުމުން މަލްދާ، އަޒްހާން ދޫކޮއްލީއެވެ. ގުޅާ ގުޅާވެސް ފޯނު ނުނެގުމުން އިރުކޮޅަކު ވިސްނަން ހުރެފައި ގެއިން ބޭރަށް ނިކުތެވެ.

***

” އޭ.. ހިނގާބަލަ ބޭރަށް ގޮސްލަން.. ފޫހި ވެގެން މަރުވާ ވަރުވޭ..” އަލީ ވާހަކަ ދައްކަމުން ދިޔައީ އާރްޔަން އާއެވެ. އާރްޔަން އެއްގޮތަކަށްވެސް ގެއިން ބޭރަށް ނުނިކުމެ ކޮޓަރިތެރޭ އަމިއްލަ ނަފްސު ހައްޔަރު ކޮއްގެން ހުންނަނީ ވިއްޔާއެވެ. ” އަލީ އެކަނި ގޮސްލަންވީނު.. ނެތް މިގަޑީ ކަމެއް ކުރާ ހިތެއް..” އާރްޔަންގެ އަޑުގައި އަދިވެސް ވަނީ މާޔޫސްކަމެވެ. ” ތި މިގަޑި ނިމޭކަށް ނޫޅޭ.. މިހާރު ހަފްތާއެއް ވީ.. އާރްޔަން ތިހެން އުޅޭތީ މާމަވެސް ހުންނަނީ ނުލާހިކު ދެރަވެފަ.. ތިހެން ހުއްޓަކަސް ޔޫ ވޮންޓް ފީލް ބެޓާ.. ” އަލީ ބެލީ އާރްޔަން އަށް ވިސްނައިދެވޭތޯއެވެ. އަލީ ވަރަށް ކިޔައިގެން އެންމެ ފަހުން އާރްޔަން ބޭރަށް ނިކުންނަން އެއްބަސްވިއެވެ.

ދެ އެކުވެރިން އެކީގައި ހިނގާލާފައި ދިޔައީ އަތިރިއާއި ދިމާލަށެވެ. ” ފިހާރައަށް ވަދެފަ ދޯ ދާނީ…” މިހެން ބުނެ އަލީ ވަނީ އެދިމާލުގައި ހުރި ކުޑަވަރެއްގެ ފިހާރައަކަށެވެ. އާރްޔަން ބޭރުގައި މަޑުކޮއްލައިގެން ހުއްޓެވެ. ދެކޮޅަށް ބަލާލިތަނާ އާރްޔަން އަށް ފެނުނު މަންޒަރުން ދެލޯ ބޮޑު ކޮއްލެވުނެވެ. ” އޭ.. ކޯއްޗަކަށް ތި ބަލަނީ؟..” ފިހާރައިން ނިކުމެގެން އައި އަލީ އަތުގައި އޮތް ދަޅޫ ދިއްކޮލަމުން ސުވާލުކޮއްލިއެވެ. އަލީ އާއި ދިމާލަށް ބަލާލާފައި އަނެއްކާ އެކޮޅަށް ބަލައިލިއިރު އެތާ މީހަކު ފެންނާކަށް ނެތެވެ. ” މީހަކު ހުރިހެން ހީވީ… ހީވި ގޮތެއް ކަންނޭގެ..” ދަޅުގައި ހިފަމުން އާރްޔަން ބުންޏެވެ. ހިތުގައި އުފެދުނު ޝައްކުތައް ނެރެމުން އަލީ އާއެކު ދާން ހިނގައިގަތެވެ. އެރޭ ދެއެކުވެރިން އެތައް އިރެއް ވަންދެން ވާހަކަ ދައްކަން ތިއްބެވެ. އާރްޔަންގެ ހިތުގައިވާ ހުރިހާ ވާހަކައެއް އަލީ އަށް ކިޔައިދިނެވެ. އާރްޔަން އަށް އިނގުންހާވެސް އެއްޗަކީ އެރޭ އާރްޔަންގެ ހިތައް ކުޑަ ނަމަވެސް ލުޔެއް ލިބުނުކަމެވެ. ” އެހެންވީމަ މާދަން ވާނެ ސްކޫލަށް ދާން.. އައިސްތު މިސް ވަރަށް އަހާ އާރްޔަން ނާންނާތީ.. މިސްގެ ފޭވަރިޓް ވިއްޔަ ތީ..” އަލީ ހީލަމުން  ބުންޏެވެ. އާރްޔަންވެސް ޖަވާބުގައި ބޯ ޖަހާލިއެވެ.

އޭގެ އަނެއް ދުވަހުން ފެށިގެން އާރްޔަން ސްކޫލަށް ދާން ފެށިއެވެ. ނަމަވެސް ކުރިން އެ ފެންނަ ރީތި ހިނިތުންވުމެއް އެމޫނަކުން ނުފެނެއެވެ. ކިޔެވުމަށް ކުރިން ދެމުން އައި ސަމާލުކަމެއްވެސް ނުދެވެއެވެ. ސްކޫލަށް އެންމެ ފުރަތަމަ ފެނުމާއެކުވެސް އާރްޔަން އަށް ހޯދާލެވުނީ ހަމަ އެންމެ ސޫރައެކެވެ. އެދުވަހު މަލްދާ ފެނުމުން އާރްޔަންގެ ހިތުގައި ރިއްސާލިއެވެ. މަލްދާގެ މިލާ މޯޅިވެފައިވާ މޫނު ފެނުމުން ކޮންމެވެސް ކަމެއް ގޯސް ވީކަން އާރްޔަން އަށް ނަގައިގަނެވުނެވެ. ނަމަވެސް އާރްޔަން އަށް މަލްދާގެ ކައިރީ އެއްވެސް ވާހަކަ އެއް އަހާނެހާ ހިތްވަރެއް ނުލިބުނެވެ. ކިތައްމެ ހިތައް ތަދުވިނަމަވެސް އާރްޔަން ބެލީ ވީހާވެސް ދުރުން އުޅެވޭތޯއެވެ. މަލްދާ ސްކޫލަށް އައިސް ހުންނަ ނަމަވެސް އޭނަގެ ހިޔާލުތައްވަނީ މުޅިން އެހެން ދިމާލެއްގައެވެ. ހަށިގަނޑުގައި ވަނީ ވަރުބަލިކަމެވެ. ހިތުގައި އަޅަމުން ދާ ވޭނަށް ކުޑަވެސް ލުޔެއް ނުލިބެއެވެ. އަޒްހާންގެ ވާހަކަ އެކަކު ކައިރީވެސް މަލްދާއެއް ނުދައްކައެވެ. ސާރާ ކައިރީވެސް އެވެ. އަނެއްކޮޅުން ސާރާގެ މިޒާޖުވެސް މުޅިން ވަނީ ބަދަލުވެފައެވެ. އެއޮއްވަރަށް އަނގަތަޅާ ކުއްޖާ ވަނީ މުޅިން މައިތިރިވެފައެވެ. މަލްދާއާވެސް ވީހާ ދުރުން އުޅެވޭތޯ ބަލައެވެ. މަލްދާ އަށް މިހުރިހާ ކަމެއް ފާހަގަ ކުރެވޭ ވަރެއް ނުވެއެވެ. އެއަށްވުރެ ބޮޑަށް އޭނަ ވަނީ އަޒްހާންގެ ސަބަބުން ހިތުގައި ޖެހިފައެވެ. މިކަހަލަ ގޮތަކަށް ދުވަސްތައް ވޭތުވެގެން ދިޔައީ ހީ ނުކުރާހާ އަވަހަށެވެ.

އިމްތިހާނު ކައިރިވަމުން ދާތީ މަލްދާ އުޅުނީ ފިލާވަޅު ދަސް ކުރެވޭތޯއެވެ. އިރުކޮޅެއްވިތަނާ އަނެއްކާ މަލްދާގެ ފޯނު ރިންގު ވާން ފެށިއެވެ. ގުޅަނީ އަޒްހާންއެވެ. އެއީ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. އަޒްހާން ކޮންމެ ދުވަހަކު އެތައް ފަހަރަކު މަލްދާއަށް ގުޅައެވެ. ނަމަވެސް ފޯނަށް ޖަވާބު ދިނުމުގެ ބަދަލުގައި މަލްދާ އަށް ފޯނާއި ދިމާލަށް ބަލަހައްޓައިގެން ހުރެވެނީއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު މިފަހަރު ނިންމީ ފޯނު ނަގާށެވެ. ” ކިތައް ފަހަރު ބުނާނީ ދެން ނު..” ” ދަރިފުޅާ މީ ޝަރުމީލައްތަ..” މަލްދާއަށް ހުއްޓެވުނީ އެކޮޅުން ޝަރުމީލާގެ އަޑު އިވުމުންނެވެ. ޝަރުމީލާގެ އަޑުގައި މަޑު ތުރުތުރެއް ހުއްޓެވެ. އަޑުން ރޮއެފަ ކަން ދޭހަވިއެވެ. ” ދައްތައަށް އިނގޭ މަލްދާ އަޒްހާން ދެކެ ލޯބި ވާކަން.. އަޒްހާންގެ ހަގީގަތް އިނގުމަށްފަހު އަޒްހާން އާއިއެކު ވާން ބޭނުން ނުވާނެ ކަންވެސް އިނގޭ.. ދައްތަ ނުބުނަން އަޒްހާން އާ އަލުން ގުޅޭށެކޭ.. އެކަމް އެއްފަހަރު އަޒްހާން އާއި ބައްދަލުކޮއްލަ ދީ.. ހުރި ހަމައެކަނި ދަރިފުޅު އެހާލުގައި ވާތަން ބަލަން ކެތެއް ނުވާނެ.. ދައްތަ އާދޭސް ކުރަން..” ޝަރުމީލާ ރޯންފެށިއެވެ. ޝަރުމީލާގެ ވާހަކަތައް އަޑުއަހަން އިން މަލްދާ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ފޯނު ބޭއްވުމަށްފަހު އިރުކޮޅަކު ވިސްނާލަން ހުރެފައި މަލްދާ ގެއިން ނިކުތީ އަޒްހާން ކައިރިއަށް ދިޔުމަށްޓަކައެވެ.

ކުރިއަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއެކީ މަލްދާގެ ހިތުގެ ތެޅުން ދިޔައީ އަވަސް ވަމުންނެވެ. އެގެއަށް ވައިން އިރު ޝަރުމީލާ ސިޓިންގްރޫމްގައި އިނެވެ. އަޒްހާން ވީ ކޮޓަރީގައޭ ބުނުމުން މަލްދާ މަޑުމަޑުން ގޮސް އަޒްހާންގެ ކޮޓަރި ހުޅުވާލިއެވެ. ކޮޓަރިތެރޭގައި ވަނީ ނިދާބޮކީގެ ފަނޑު އަލިކަމެވެ. ކޮޓަރިތެރެއަށް ހީވަނީ ބޮޑު ތޫފާނެއް އައިއްސަ އޮތް ހެންނެވެ. މަލްދާއަށް ދެލޯ ބޮޑުކޮއްލެވުނެވެ. އެނދު ކައިރީ މުށިގަނޑުމަތީ އެއޮތީ އަޒްހާންއެވެ. އޭރު މުޅި މީހާ ދިޔައީ ތުރުތުރު ލަމުންނެވެ. މަލްދާ މަޑުމަޑުން ގޮސް އަޒްހާން ކައިރީ ހުއްޓުނެވެ. މީހެއްގެ ހިލަމެއް ވެގެން ދެލޯ މަރާލައިގެން އޮތް އަޒްހާން ދެލޯ ހުޅުވާލިއެވެ. އޭރު އޭނަގެ ދެލޯ ވަނީ އެއްކޮއް ދުޅަވެފައެވެ. މުޅި މީހާވަނީ ދާހިތްލާ ފޯވެފައެވެ. އަޒްހާން އަށް ކުރިމަތީގައި މަލްދާ ފެނުމުން ބަލަހައްޓައިގެން އޮވެވުނީ ފެންނަމުން މިދަނީ ހުވަފެނެއް ކަމަށް ހީކޮށެވެ. އަޒްހާންގެ ދެލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެލަދިންއިރު މަލްދާގެ ލޮލުންވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. މަލްދާގެ އަތް ބީހިލުމާއެކު އަޒްހާންއަށް ހޭވެރިކަމެއް ވިއެވެ. އަދި އަވަސް އަވަހަށް ތެދުވެ އިށީނދެލިއެވެ.

ދެމީހުންނަށްވެސް އެކަކު އަނެކަކާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ދެމީހުންގެ ލޮލުގައިވެސް ވަނީ ހިތާމައެވެ. ” އައިމް ސޮރީ..” ކުޑައިރުކޮޅެއްގެ ހިމޭންކަމަށްފަހު އަޒްހާން ބުންޏެވެ. ” ވައި؟.. ކަޒް ޔޫ ޓޭކް ޑްރަގްސް؟..” މަލްދާގެ އަޑުގައިވީ ޝަކުވާއެވެ. ” ފޯ އެވްރީތިންގ..” ” ކީއްވެ އަޒްހާން ..” މަލްދާ އަށް ދެންވެސް ކޮއްލެވުނީ ސުވާލެކެވެ. މިފަހަރު ހަމަ ރަނގަޅަށްވެސް އޭނައަށް ހުރީ ރޮވިފައެވެ. ” އިނގޭތަ… ބައްޕަ މަރުވިފަހުން އަހަރެން ވަރަށް އެކަނިވި.. މަންމަ އަބަދު އެކަމާ ރޮއި ހިތާމަ ކުރާތަން ފެންނާނީ… އަހަރެންގެ އެކަނިވެރިކަން ދުރުކޮއްދިނީ މަލް.. އެހެން އެކަކު ނެތަސް މަލް އަބަދު ހުރޭ ކައިރީގަ.. ހަނދާންވޭތަ.. އެއްދުހު ކުދިންތަކަކާއެކީ އަހަރެން ސިގިރެޓް ބޮއެގެން މަލް އެއްޗެހި ކީ ހަނދާން.. އޭރު ގޯސް ކަމެއް ކުރަންޏާ އަބަދުވެސް ހުއްޓުވަން މަލް ހުރޭ.. އެކަމް ފަހުން ހުރިހާ ކަމެއް ބަދަލުވީ.. މިފަހަރު ހުއްޓުވާކަށް މަލް އެއް ނެތް..” އަޒްހާން ދައްކަމުން ދިޔަ ވާހަކަ ދައްކަމުން ދިޔަ މަލްދާގެ ހިތައް އަޅަމުން ދިޔަ ވޭން ދިޔައީ އިތުރުވަމުންނެވެ. ” އޭލެވެލް ހަދަން ގޮސް އުޅުން އިރު ކިޔަވަން ހުރިގޭގައި އުޅުން މީހެއް. އޭނަ އެންމެ ފުރަތަމަ އަހަންނަށް އެދިނީ ދަޅަކަށް އަޅާފަ… އެގޮތައް ދެތިން ފަހަރުވި.. އަހަންނަށް ވާނުވާ އިނގޭވަރުވީ އިރު އަހަރެން އިނީ އެޑިކްޓަކަށް ވެފަ.. ވަރަށް މަސައްކަތް ކުރިން.. ބޭނުން ނުކޮށެއް ނުހުރެވޭ.. މުޅި ހަށިގަނޑުގައި ހީވަނީ ދިލަ ނަގާހެން.. މިވާހަކަތައް މަލް އާ ސިއްރު ކުރީ މިކަންތައް އިނގޭ ދުހުކުން މަލް އަހަރެން ދޫ ކޮއްލާފައި ގޮސްދާނެތީ.. ބަޓް ޓްރަސްޓް މީ.. އައި ކާންޓް ލިވް ވިތައުޓް ޔޫ.. އަހަރެން ބޭނުން މިކަމުން ސަލާމަތް ވާން.. މަލްގެ އެ މެސެޖު ފެނުން ދުވަހުން ފެށިގެން ބޭނުމެއް ނުކުރަން .. އައި ސްވެއާ.. ޕްލީޒް ޑޯންޓް ލީވް މީ..” ދެން އިވެމުން ދިޔައީ އަޒްހާންގެ ގިސްލުމުގެ އަޑެވެ. ފިރެހެނަކަށް ވި ނަމަވެސް މިއަދު ކުޑަކުއްޖެއް ފަދައިން އަޒްހާން ދިޔައީ ރޮމުންނެވެ. އަޒްހާންގެ ހުރިހާ ވާހަކައެއް އަޑުއަހަމުން ދިޔަ މަލްދާއިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިފަހަރު މަލްދާއަށް ކުއްވެރި ކުރެވުނީ އަމިއްލަ ނަފްސެވެ. އަޒްހާން އާއި ދުރުދުރުން އުޅެން ފެށީ އޭނަ ވިއްޔާއެވެ.

މަލްދާ މަޑުމަޑުން އަޒްހާންގެ މޫނުގައި އޭނަގެ ދެއަތުން ހިފަހައްޓާލިއެވެ. އަދި އަޒްހާންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލަމުން އަންގަދިނީ ދުވަހަކުވެސް އަޒްހާން ދޫކޮއްލާފައި ނުދާނެކަމެވެ. އަޒްހާންގެ އަތުގައިހިފާ ކޮޅަށް ނެގުމަށްފަހު މަލްދާ އިށީނދެލީ އެނދުމަތީގައެވެ. އެއަށްފަހު އަޒްހާން އައިސް އޮށޯވެލީ މަލްދާގެ އުނގުމަތީއެވެ. އަޒްހާންގެ ބޮލުގައި މަޑުމަޑުން ފިރުމަމުން ދިޔައިރު މަލްދާ އަމިއްލަ ނަފްސަށް ވައުދުވީ އަޒްހާން އެ އަނދިރިގަނޑު ތެރެއިން ނެރުމަށެވެ. އަޒްހާން އަށް ނިދެންދެން މަލްދާ އަޒްހާން ކައިރީ އިނެވެ. ނިދާފައި އޮތްއިރު އެމޫނުގައިވަނީ މައުސޫމުކަމެވެ. ކޮންމެ ގޮތެއްވިޔަސް އަޒްހާން އާ ދުރަކަށް ދެނެއް ނުދާނެއެވެ. ގަޑި ބަލާލިއިރު ފުދޭވަރަކަށް ލަސްވެފައި ހުރުމުން އަޒްހާންގެ ނިތްކުރިއަށް ލުއި ލުއި ބޮހެއް ދިނުމަށްފަހު ގެއަށް ދާން ހިނގައިގަތެވެ.

އަޒްހާންގެ ކޮޓަރި މަޑުމަޑުން ލައްޕާލާފައި ނިކުއިން މަލްދާގެ ފައިދަށުން ހީވީ ބިންގަނޑު ދަމައިގެންހެންނެވެ. ކުރިމަތީގައި އެހުރީ އޭނަގެ ބައްޕައެވެ. ޚާލިދު ހުރީ ރުޅި އައިސްގެން ގޮސް ރަތްވެފައެވެ. އައިގޮތައް އައިސް މަލްދާ ކަންކަށިމަތީ ޖެހިއެވެ. ވީތަދުން މަލްދާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އެމަންޒަރު ބަލަން އިން ޝަރުމީލާގެވެސް ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ބަލާކަށް ނުހުރެ ޚާލިދު މަލްދާގެ އަތުގައި ހިފައި ގަދަކަމުން ކަހަލަ ގޮތަކަށް އެގެއިން ނިކުންނަން ހިނގައިގަތެވެ.

” ނަފީސާ.. ނަފީސާ..” މުޅި ގޭތެރޭގައި ގުގުމައިގެން ދިޔައީ ޚާލިދުގެ ބާރު ހަޅޭކުގެ އަޑެވެ. ނަފީސާ ދުވަމުން ކަހަލަ ގޮތަކަށް ނިކުތީ ވެގެން އުޅޭ ގޮތެއް ނޭނގިގެންނެވެ. ޚާލިދު އައިސް މަލްދާ ހޫރުވައިލިއެވެ. މިމަންޒަރު ފެނުން ނަފީސާއަށް ހަޅޭލަވައިގަނެވުނެވެ. ” މިއޮތީ މަ ބުނި ދުވަސް އައިސް ޖެހިފަ.. ތި ލޯބިވާ ދަރިފުޅު ކައިރީ އަހާބަލަ ކޮން ގަނޑެއް ގަނެފަތޯ އެ އައީ.. ރަށު ތެރޭ އެވަރަށް މަލްދާއޭ ކިޔައިގެން އެއްޗެހި ކީއިރުވެސް ގަބޫލު ނުކޮއް ހުރީ.. އެންމެ ފަހަރަކު އިތުބާރު ކުރެވުނީތީ ވީ ގޮތް…. ނަފީސާއަށް އިނގޭތަ.. އަޒްހާންގެ ކޮޓަރިން ނެރެގެން މިގެނައި..” ޚާލިދުގެ އަޑު ދިޔައީ ހައްތަހާ ގަދަވަމުންނެވެ. ޚާލިދުގެ ވާހަކަ އަޑުއިވުމާއެކީ ނަފީސާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ” ބައްޕާ.. މަލް.. މަލް.. އަޒްހާން ދެކެ ލޯބި….” “ހުއްޓާލާ… ލޯތްބޭ.. ބަލަ މަލްދާ ލަދެއް ނުގަނޭތަ.. އިނގޭތަ އަޒްހާން އަކީ ކޮންކަހަލަ މީހެއްކަން.. މީގެ ފަހުން އަޒްހާންގެ ނަން ބޭރު ކުރިޔަސް ދޫ ބުރިކޮއްލާނަން.. ހަމަ މިހާރު ކޮޓަރިއަށް ވަންނަންދޭ މަގޭ އަތުން ބޮނޑިއެއް ނުބޮވެނިސް އަނެއްކާ…. ހަނދާން ކުރާތި.. މީގެ ފަހުން މިގޭ ބޭރަށް އެންމެ ފިޔަވަޅެއް އަޅާލިޔަސް ނިމުނީ.. ” ޚާލިދު ފަހުބަސް އިއްވިއެވެ. ހިތާދެކޮޅަށްވެސް މަލްދާއަށް ޖެހުނީ ޚާލިދު ބުނާ ގޮތް ހަދާށެވެ.

“މަލްދާ..” ރޯން އިން މަލްދާ އަށް ބަލައިލަމުން ނަފީސާ ގޮވާލިއެވެ. ” މަންމަ އަށް ކަމެއް ކޮއްދެންޏާ ތިކަން ހުއްޓާލާ.. މަންމަ އާދޭސް ކުރަން..” ހިތާމަވެރި އަޑަކުން މިހެން ބުނެލުމަށްފަހު ނަފީސާ ކޮޓަރިން ނިކުތެވެ. މަލްދާއަށް ދެންވެސް ރޮވުނީއެވެ. އެއްވެސް މީހަކަށް އޭނައަށް ކުރާ އިހުސާސްތައް މުހިންމު ނުވަނީ ކީއްވެ ހެއްޔެވެ؟ މަލްދާގެ ހިތުގައިވަނީ ޝަކުވާއެވެ. ފޯން އަތުލާފަ އޮތުމުން އަޒްހާން އަށް ގުޅޭ ގޮތެއްވެސް ނުވިއެވެ. ދެން އޮތް ދުވަސްތައް ހޭދަވެގެން ދިޔައީ ނުލާހިކު އެކަނިވެރިކަމާއެކީއެވެ. ހަފްތާއެއްވީ އިރުވެސް މަލްދާއަށް ގެއިން ބޭރަށް ނިކުންނާކަށް ހުއްދައެއް ނުލިބުނެވެ. އަޒްހާންގެ ހާލު ބަލައިނުލެވޭތީވެސް މަލްދާ އިނީ ނުހަނު ކަންބޮޑުވެފައެވެ.

ދޮރުގައި ޓަކި ޖަހާލަފައި ވަދެގެން އައި ނަފީސާ މަލްދާއަށް ފޯނެއް ދިއްކޮއްލިއެވެ. “ޝަރުމީލާ..” ނަފީސާ ބުނީ އެވަރަށެވެ. މަލްދާ މަޑުމަޑުން ފޯނު ކަންފަތުގައި ޖެހިއެވެ. ދެންއިވުނު ހަބަރާއެކު އޭނަގެ ދުނިޔެ ނުހުއްޓުނީ ކިރިޔާއެވެ. ” އަޒްހާންގެ ހާލު ވަރަށް ދެރަ.. ހޮސްޕިޓަލަށް ގެނެސްގެން މިއުޅެނީ.. ” އެކޮޅުން ރޮމުން ޝަރުމީލާ ވާހަކަ ދައްކަމުން ދިޔައެވެ. ވަގުތުން މަލްދާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އަޒްހާން ކައިރިއަށް ދިއުމަށްޓަކައި މަލްދާ އޭނަ މައިންބަފައިން ކައިރީ އެތައް އާދޭހެއް ކުރިއެވެ. ނަމަވެސް މަލްދާއަށް ޖެހުނީ މާޔޫސްވާށެވެ. އަޒްހާން ކައިރިޔަށް ގޮސްލުމުގެ ހުއްދައެއް އޭނައަކަށް ނުލިބުނެވެ. ހަދާނެ ގޮތެއް ނޭނގިގެން ދެކޮޅަށް ހިނގަމުން ދިޔަ މަލްދާއަށް ބަލައިލެވުނީ ކުޑަދޮރާ ދިމާލަށެވެ. ބަލާކަށް ނުހުރެ އަވަހަށް ކޮޓަރި ދޮރު ތަޅުލުމަށްފަހު ކުޑަދޮރުން ބޭރަށް ފުންމާލިއެވެ. ފައިވާނަކަށް ނާރާ ހުރުމުން ބިންމަތީގައި އޮތް ތޫނު އެއްޗަކުން ފައި ކުޑަކޮއް ހަލާކުވެސް ވިއެވެ. ނަމަވެސް އެކަމަށްވެސް ބަލާލުމެއްނެތި މަލްދާ ދުއްވައިގަތީ ހޮސްޕިޓަލާ ދިމާލަށެވެ.

***

” ކޮބާ.. ބޮޑުބެ..” އާރްޔަން ވާހަކަ ދައްކަމުން ދިޔައީ އަލީއާއެވެ. އަލީގެ އެހީއާ އެކީ އާރްޔަން މިހާރު ކުރިއަށްވުރެ ރަނގަޅެވެ. ކިތައްމެ ދެރަވާ ނަމަވެސް އާރްޔަން މޫނުމައްޗަކުން އެކަމެއް ނުދައްކައެވެ. ” ބައްޕަ ދޯ.. ޕިކަޕުގައި ދިޔަ.. އަނހަ މިއޮއް އައި…” އެތަނަށް މަޑުކޮއްލި އޭނަގެ ބައްޕަ ފެނުމާއެކު އަލީ މޫނުމައްޗައް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ” ދަރިފުޅުމެން ގޮސްލަދޭންވީނު ދަތުރެއް ކޮއްލަން.. ހަސީނަ ދައިތަ މެން ގެއަށް ދާނީ.. ބައްޕަ ކުޑަ ކަމެއް ޖެހިގެން..” އަލީގެ ބައްޕަ އެމީހުންނާ ތަޅުދަނޑި ހަވާލު ކުރަމުން ބުންޏެވެ.

” އޭ އަހަރެން ދުއްވާނީ..” އަލީ އަތުގައި އޮތް ތަޅުދަނޑި ޖަހައިގަންނަމުން އާރްޔަން ބުންޏެވެ. އަލީ ބޯޖަހާލުމުން ދެމީހުން ޕިކަޕަށް އަރާ ދުއްވާލިއެވެ. ޕިކަޕު ދުއްވަމުން ދިޔަ ގަޑީ އަލީ ދިޔައީ މެދުކެނޑުމެއް ނެތި ވާހަކަ ދައްކަމުންނެވެ. ބައެއްފަހަރު އާރްޔަން ބޮލަށް އުނދަގޫވެގެން އަނގަމައިތިރި ކުރާށޭވެސް ބުނެވެއެވެ. އެވަރުންވެސް އަލީ އުޅުނީ ސަކަރާތް ޖެހޭތޯއެވެ. ” ދެން ކހިނެއް ދަނީ؟.. އޭ.. ކިހިނެއްހޭ ދަނީ.. މި ގޯޅި އަޅާލަންވީތަ.. ސާބަހޭ ތި ފޯނު ބާއްވަބަލަ ދެންމެ ހީވި އަނގަބަންދު ނުވެގެން އުޅުން އިރު..” އާރްޔަން އަލީ އަތުގައި އޮތް ފޯނު އަތުލަމުން ބުންޏެވެ. އެއާއެކު އަލީވެސް ފޯނު އާރްޔަން އަތުން އަތުލަން އުޅުނެވެ. ދެމީހުން ފޯނާ ހިފަމުން ދިޔައިރު ދެން އޮތް ގޯޅިގަނޑުން ދުވަމުން ނިކުމެގެން އައި މަލްދާއެއް ނުފެނެއެވެ. މަލްދާއަށްވެސް މާބޮޑަކށް ދުއްވާ އެއްޗިއްސަކަށް ނުބެލެއެވެ. އެއަށްވުރެ ބޮޑަށް އޭނަ އިނީ ހާސްވެފައެވެ. ޕިކަޕު ދުއްވަމުން ދިޔަ އާރްޔަންއަށް މަލްދާ ފެނުނު އިރު މާ ލަސްވެއްޖެއެވެ. ޕިކަޕު ހުއްޓުނުއިރުގައި ވާނެކަމެއް އޮތީ ވެފައެވެ. ޕިކަޕުގައި ޖެހިފައި މަލްދާ ވިއްސައިގެން ދިޔައީ މާދުރަށެވެ. ވަގުތުން މުޅިތަންގަނޑުގައި ބޮޑު ލޭ ކޯރެއް އުފެދިގެން ދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Minhaaa

Level 110 Stories

Other Articles

Previous

ރާހަ – 5

Next

ލޯބިވާއޭ 9

Next
October 8, 2020

ލޯބިވާއޭ 9

Previews
October 8, 2020

ރާހަ – 5

24 Comments!

  1. Aaryan says:
    October 8, 2020 at 10:17 pm

    me firstly dhww..
    Oh no.. alhe magu mahchah belunu nama dhww… I’m so sorry mal…
    Dhnn mal ah kihineh baa vaany … insha allah rangalhu gotheh vaashi

    1. Minhaaa says:
      October 9, 2020 at 1:14 pm

      Yess you are first..congratulations
      Thankyou so much for reading and lets see dhw what happens next ?

  2. MALDHA says:
    October 9, 2020 at 9:32 am

    Ohhhhh nooooo. Mal ah ehen nuhadhaathi please. Can’t wait for next part

    1. Minhaaa says:
      October 9, 2020 at 1:15 pm

      Thankyou so much for your response..
      Next part In Sha Allah varah avahah ?

  3. Azhaan says:
    October 9, 2020 at 10:18 am

    Vrh Sali mi part ves
    Aaryan gadaaa kihineh thi hedy aharenge Mal ah .
    Mal ah kameh vehjehyaa thi Aryan akah dhuvahaku ves phone eh nudeynan

    1. Minhaaa says:
      October 9, 2020 at 1:16 pm

      Ahaha.. thankyou so much for reading the story ?

  4. Aaryan says:
    October 9, 2020 at 3:28 pm

    Mal and Azhaan can we be??friends

    1. Azhaan says:
      October 9, 2020 at 4:22 pm

      Yh sure
      Thee girl eh thr boy eh thr

  5. Aaryan says:
    October 10, 2020 at 9:00 am

    Girl ehh.. Hehe… Azhaan thy???

    1. ?Ril? says:
      October 10, 2020 at 10:13 am

      Heheheh me ves girl eh

  6. Aaryan says:
    October 11, 2020 at 9:56 am

    Azhaan any Ril tha???
    Minnu sis mi vaahakaige comment thah Gina kohliyas enme rangalhu tha?

    1. Minhaaa says:
      October 11, 2020 at 9:04 pm

      It’s okay ?

    2. Azhaan says:
      October 11, 2020 at 10:30 pm

      Hehhehe srry dhen Mee azhaan kama balaa ingeyyy aaryan aa maldaa ge cmnt eh iny maa I hithaery azhaan ge Name in cmnt kohlaane Eyyy I Mi stry kiyan but adhi Kiriyaa cmnt eh Mi kohlevuny hehhe

  7. Aaryan says:
    October 12, 2020 at 10:24 am

    Ohhh.. Okay Thee Ril dhww ehn v ma…. Azhaan Thihen ulhekah nuvaane ehnnu… Malge hiyy kiriyaane Dhen falhi ah falhi nuvy…. Anehka Mi ulhey ali ya hedhi magakah ves nubeluney ??????????

    1. Azhaan says:
      October 12, 2020 at 11:37 am

      ހެހެހެހެހެހެހެ
      ސާބަހޭ އާރިޔަން އަށް މާ މިއޮޅެނީ ކިހާ ރަނގަޅަކަށް އެ
      ތީ ނަމަށް ކޯންޗެއްހޭ އެނގޭނީ ތީ އެހަކަށް ދުވަހު އާ ސޮރެއްނު
      ????????????
      ޢަލީ ހުރެ ބަލާ އާރްޔަން އާ ދެމީހުން ތަނަކަށް ހިރިނުލެވޭ ވަރު ކޮއްލާނަން
      ???????????????
      ފޯނެއް ވެސް ދެމީހުން އާ ތަކަށް ނުދޭނަނަަން ކުޑަމިނުން ފޯނު އެއީ އޮންނަ އެއްޗެއް ކަން ވެސް ދެމީހުން ހަދާން ނެތޭ ވަރު ވާނެ ???????????????

  8. Aaryan says:
    October 12, 2020 at 12:28 pm

    Hehe… Azhaan ekamaku vaa dhww… heart attack eh nujehihjjehya shukuru….. ?????????????
    Ki ali ulhey gotheh… boa halaaku…
    Aaryan ah heevany adhi miulhey Ali yah ves hooru pary eh libeyne henn dhee azhaan .. eyrah dhimaa kohlaanamey … ?????????????????
    Minnu sis… age kihaa vareh??? N ehves social media application eh beynun kurantha ??

    1. Aaryan says:
      October 12, 2020 at 12:38 pm

      Mi ali ulhey gotheh…
      Dhww azhaan …
      Sorry mistakes…

    2. ?Ril? says:
      October 12, 2020 at 7:54 pm

      Hehehhehehehesh aana dhw Mi ali Ah ves saabas dey varu ey dhw ??????
      Heart attack eh nujeheyne dhw????????? Ekamku Ma adabu deyleh vrh harukashivaane ingey ?????????aaryan samaal vaa thi dhoonyaa rankolaa?????????????
      Aaan Ali ladu ganavaanee public gaa dhw????? aaryan ekamugaa demeehun Eh part Ah araanee hehehhehe??????
      Aleyyyy Issoke type kuraa iru mistake ves hunaane ❤️❤️

    3. Azhaan says:
      October 12, 2020 at 7:56 pm

      Srry azhaan name gaa ingey cmnt kuran hadhaan nethuny maaf ingeyy

  9. Minhaaa says:
    October 12, 2020 at 7:17 pm

    Hey everyone.. I’m really sorry but the next part may take some time as I’m having my exams.. but I’ll try my best to upload the next part as soon as possible..??

    1. Shaima shaee says:
      October 13, 2020 at 9:38 am

      It’s OK sis
      Good luck

    2. Shaima shaee says:
      October 13, 2020 at 9:40 am

      Duhvaba ethaa innaanee
      That’s a mistake sorry

  10. Shaima shaee says:
    October 13, 2020 at 9:37 am

    Vrrrr Reethi mipartves…
    Waiting for the next part
    Aaryan thankolheh balaigen dhuhbaba
    Dhen kihinehbaa vaanee

    1. Minhaaa says:
      October 13, 2020 at 12:27 pm

      Thankyou so much for reading.. next part varah avahah up vaane In Sha Allah

Comments are closed.

Next Episodeތިޔަ ލޯބި އަދު ލިބޭނެބާ 11←


All Right Reserved!