Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމަބިރުވެރި

ހަވޭލީ – ޓްރެއިލަރ

Mariyam Imna
Mariyam Imna Level 210 Stories100 Login
June 26, 2025 One Min Read
0 Comments

ރެއަކީ ރަޖަބު މަހުގެ 15 ވަނަ ވިލޭރެއެވެ. މުޅި ރަށުތެރޭގައިވެސް ވަނީ އަމާންކަމެވެ. މަދުމަދުން ދޭތެރެއަކުން ރަފީގު ގޮވާ އަޑު އިވެއެވެ. ހޮޅިބުރީގެ އަލި ނެތް އެ ޒަމާނުގައި މަގުތައް މަތީގައި ރަސްކަން ކުރަމުން ދިޔައީ ހަނދުވަރުގެ ރިހި އައްޔެވެ. ދުރުދުރުން ބުޅަލެއްގެ ކޯޅުމުގެ އަޑުވެސް އިވެއެވެ. މިފަދަ ހަމަހިމޭން އަދި އަމާން ރެއަކު ވަލުފަރާތުގެ މަގުން ހުސްފަޔާ ހިނގާފައި މިދަނީ ކޮން އަންހެން ކުއްޖެއް ހެއްޔެވެ؟ އާދައިގެ ގޮތަކަށް ހުރި އެ އަންހެން ކުއްޖާ ހިނގަމުން ދިޔައިރު އޭނާގެ ހަށިގަނޑުގައި މަޑު ތުރުތުރުވުމެއް އެކުލެވިގެންވިއެވެ. އެ ބޯ ވަލުގެ ތެރެއަށް އެ އަންހެން ކުއްޖާ ވަންނަމުންދިޔައިރު މަތިން ކާޅުތައް ހޯރައަޅަމުން ދިޔައެވެ. ވަލުގެ ވަކި ހިސާބަކާއި ހަމައަށް ދެވުމުން އެ އަންހެން ކުއްޖާ ހުއްޓުނެވެ. އަދި އެ ވަލުގެ މެދުގައި ހުރި މިދިލި ގަހުގެ ބުޑުގައި ދެފައި ވައްކޮށްލައިގެން އިށީނެވެ. ގަސްތަކުގެ ތެރެއިން ފުރޭނިގެން އައި ކޮކާ ހަނދުވަރުގެ ތެރެއިން ދެން ފެނުނީ އެ އަންހެން ކުއްޖާގެ ކަޅުކުލައިގެ ކަޅި ރަތްކުލައަށް ބަދަލުވިތަނެވެ. ދެން އިވިގެން ދިޔައީ އެކުއްޖާގެ ޒީލަ އަޑުން ހަޅޭލަވައިގަތް އަޑެވެ.

 

  • އައްސަލާމް އަލައިކުމް. މިއީ އަޅުގަނޑު މި ސައިޓަށް ލިޔާ އެންމެ ފުރަތަމަ ވާޙަކަ ކަމަށްވާތީ، މި ވާހަކައިގައި ކުށް ހުރުމަކީ އެކަށީގެންވާ ކަމެއް. އެހެންކަމުން ވާހަކައިގައިވާ ކުށްތައް ކިޔުންތެރިން އަޅުގަނޑަށް ފާހަގަކޮށްދެއްވާނެ ކަމަށް އުންމީދުކުރަން.

Share Article

Mariyam Imna
Follow Me Written By

Mariyam Imna

Level 210 Stories100 Login

Other Articles

Previous

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 39

Next

އޭލިއަން ސިލްސިލާ: ހިރާސް – 4

Next
June 26, 2025

އޭލިއަން ސިލްސިލާ: ހިރާސް – 4

Previews
June 26, 2025

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 39



All Right Reserved!