Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ހަވޭލީ – ފަނަރަވަނަ ބައި

Mariyam Imna
Mariyam Imna Level 210 Stories100 Login
August 18, 2025 3 Mins Read
10 Comments

ތަޅުދަނޑި ފަތީގެ އެންމެ ފުލުގައި އިން ތަޅުދަނޑި ޔުމްނާ އެ ތަޅަށް ޖެހިއެވެ. އެންމެ ފަހުން އެ ފޮށި ހުޅުވުނެވެ. ޔުމްނާ އަވަސްއަވަހަށް އެ ފޮށީގެ މަތިގަނޑު ހުޅުވާލިއެވެ.

ޔުމްނާގެ ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ.

*** 15 ވަނަ ބައި ***

ޔުމްނާއަށް އާގަމުވެފައި ފޮށިތެރެއަށް ބަލަން އިނދެވުނެވެ. ފޮށި ތެރޭގައި އެކި ފާޑުފާޑުގެ ތަވީދުތައް ހުއްޓެވެ. އެއްކައިރީގައި ތަވީދު ހުރިއިރު އަނެއް ފަރާތުގައި ހުރީ ފިޔޮއްސާއި ވޫލުން ހަދާފައި ހުރި ބުދުތަކެކެވެ. މި އެއްޗެހި ފެނުމުން ޔުމްނާގެ ހިތަށް ބިރުވެރިކަން ވަނެވެ. މި ފޮށީގައި މިހުރީ ހުސް ސިހުރު ހާހޫރައިގެ ކަންކަމުގައި ގެންގުޅޭ އާލާތްތަކެވެ. މި އެއްޗެހި ހުސްނާގެ އަތުގައި ހުންނަންވީ ކީއްވެހެއްޔެވެ؟

ޔުމްނާ މަޑުމަޑުން އެ ތަވީދުތަކާއި ފިޔޮހިތައް އެއްފަރާތް ކުރަމުން ފޮށީގެ އެންމެ އަޑިއަށް އަތް ކޮއްޕާލިއެވެ. ހަމަ އެ ވަގުތު ޔުމްނާގެ އަތުގައި ކަރުދާސް ކަހަލަ އެއްޗެއް ޖެހުނު ކަމުގެ އިހުސާސް ކުރެވުނެވެ. ޔުމްނާ މަޑުމަޑުން އެ އެއްޗެއްގައި ހިފިއެވެ. އަދި ދަމާފައި އެ ފޮށިން އެ އެއްޗެއް ނެގިއެވެ.

ޔުމްނާ މަޑުމަޑުން އެ އެއްޗެއް އަވަސްއަވަހަށް އޭނާގެ އުނގުގައި ބާއްވާލިއެވެ. ޔުމްނާއަށް މި ނެގުނީ ފޮތެކެވެ. އެ ފޮތުގެ ބޭރު ހަންގަނޑު ކަތުރުފަނި ކައިފައި ހުރިއިރު އެ ފޮތުގެ ގަނޑުތައް ހީވަނީ ދެންމެ ދެންމެ ވީދިގެން ވެއްޓިދާނެހެންނެވެ. ޔުމްނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. މި ފޮތުގެ ތެރޭގައި ކޮންމެ ފަދަ އެއްޗެއްވެސް އޮވެދާނެއެވެ. އެކަމަށް ޔުމްނާ ތައްޔާރުވާންޖެހެއެވެ. ތެޅެމުން ދިޔަ ހިތް ހަމައަކަށް އަޅުވާލުމަށްފަހު ޔުމްނާ މަޑުމަޑުން އެ ފޮތް ހުޅުވާލިއެވެ.

އެ ފޮތުގެ ގަނޑުތައް ހުރީ ގިނަ ދުވަސްވެގެން މުރަނަވެ ރީނދޫވެފައެވެ. ނަމަވެސް ޔުމްނާގެ ލޮލުގައި އެންމެ ފުރަތަމަ ވެސް އަޅައިގަތީ އެ ގަނޑުގައި ކުރަހާފައި އިން ވަށް ބުރެވެ. ވަށް ބުރުގެ ތެރޭގައި ތަރިއެއް އިން އިރު އެ ތަރީގެ މެދުގައި ގަބުރު ބޮލެއް ކުރަހާފައި އިނެވެ. ކުއްލިއަކަށް ޔުމްނާ ފަރާ ކިޔައިދިން ވާހަކަ މަތިން ހަނދާންވިއެވެ. ފަރާ ކިޔައިދިން ގޮތުގައި ފަރާ މަރުވީ ރޭ އޭނާ ހައްޔަރުކުރެވިފައި އިނީ މިކަހަލަ ބުރެއްގެ ތެރޭގައެވެ. މި ކަން ހަނދާންވުމުން ޔުމްނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.

ޔުމްނާ މަޑުމަޑުން އަނެއް ގަނޑަށް އެއްލިއެވެ. ޔުމްނާއަށް ފެންނަމުންދިޔަ މަޚްލޫޤުންތައް ތިބި ބިރުވެރި ސިފަތައް ފެނި ޔުމްނާގެ ހިތުގައިވީ ބިރުވެރިކަން ދިޔައީ ބޮޑުވަމުންނެވެ. ޔުމްނާ ގަނޑުތައް އެއްލަމުން ގޮސް އެ ފޮތުގެ މެދަށް އާދެވުނެވެ. އެ ތަނުގައި ކުރަހާފައިވަނީ ޔުމްނާ ދުވަހަކުވެސް ނުދެކޭ ފަދަ ބިރުވެރި ސޫރައެކެވެ. އަނގުރު ކުލައިގެ ދެލޯ އިން އިރު އެ އެތި އިނީ ގެއެއްގެ ފުރާޅުމަތީގައެވެ. ޔުމްނާ އެ ގެއަށް ރަނގަޅަށް ބަލާލިއެވެ.

ހަމައެވަގުތު ޔުމްނާއަށް އެ ގެއަކީ ހަވޭލީ ކަން ރޭކާލިއެވެ. ޔުމްނާއަށް ސިހިފައި ބާރުބާރަށް ކޮޅަށް ތެދުވެވުނެވެ. އަދި އަނގަމަތީގައި އަތް އެޅިއެވެ. އެހާ ބާރަށް ޔުމްނާ ތެދުވުމުން އުނގުގައި އޮތް އެ ފޮތް ބަންޑުން ތިރިއަށް ވެއްޓުނެވެ. އަދި އޭގައި ހުރި ބައެއް ގަނޑުތައް ނައްޓައި އެކި ދިމަދިމާއަށް ވަޔާ ދިޔައެވެ. މި މަންޒަރު ފެނި ޔުމްނާގެ ހިތަށް ހީވީ ފިނިފެން އެއްޗެއް އޮއްސާލިހެންނެވެ.

ޔުމްނާ އަވަސްއަވަހަށް އެކި ދިމަދިމާއަށް ވިއްސައިގެން ދިޔަ ގަނޑުތައް އެއްކުރަން ފެށިއެވެ. އެންމެ ފަހު ގަނޑު ނަގާފައި އަތް ތުރުތުރު އަޅާހާލު އެ ގަނޑުތައް މަޑުމަޑުން ފޮތުގެ ތެރެއަށް ލެއްވިއެވެ. ޔުމްނާއަށް އެ ތަތް ކުރާނެ ގޮތެއް ނެތެވެ. އެހެންވީމާ މި ވަގުތަށް އޮތް ހައްލަކީ އެއީއެވެ. ޔުމްނާ އެ ގަނޑުތައް ތަރުތީބުކުރިއެވެ. އަދި ހުރިހާ ގަނޑެއް ހަމަތޯ ބަލާލިއެވެ.

ނަމަވެސް އެ ފޮތުގެ މެދަށް އެއްލިއިރު ހަވޭލީއާއި އެ މަޚްލޫޤު ކުރަހާފައި އިން 2 ގަނޑެއް ނެތެވެ.

ޔުމްނާ އަވަސްއަވަހަށް އަނެއްކާވެސް ކޮޓަރި ތެރެ ބަލާލިއެވެ. އެނދުތަންދޮށާއި އަލަމާރި ތަންދޮށް ބެލިއެވެ. އެ ގަނޑެއް ނެތެވެ. ޔުމްނާގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. ހުސްނާއަށް މިކަން އެނގިައްޖަނަމަ…..

ޔުމްނާ މުޅި ކޮޓަރި ބަލައިފިއެވެ. ނަމަވެސް އެ ގަނޑެއް ނުފެނުނެވެ. ޔުމްނާއަށް މިހާރު ހުރީ ރޮވެން ކައިރިވެފައެވެ. އިސްޖަހާލަމުން ކޮޓަރީގެ ކުޑަދޮރާއި ދިމާއަށް ގޮސް ކުޑަދޮރު ހުޅުވާލުމަށްފަހު ބޭރު ބަލާލިއެވެ. އޭރު ގަޑިން 17:30 ވަނީއެވެ. އޮއްސުމަށް އިރު މިސްރާބު ޖަހާފައިވީއިރު އިރުގެ ރަން އަލިން މުޅި ގޯތިތެރެވަނީ ދިއްލާލާފައެވެ. ޔުމްނާ ބިންމައްޗަށް ބަލާލިއެވެ. ހަމައެވަގުތު ބިންމަތީގައި އޮތް 2 ގަނޑު ޔުމްނާގެ ލޮލުގައި އަޅައިގަތެވެ.

އެ 2 ގަނޑު ބޭރުގައި އެ އޮތީ ކީއްވެހެއްޔެވެ؟ ޔުމްނާ ކުޑަދޮރު އެ ހުޅުވީ ދެންމެއެވެ. ދެން އެ ގަނޑުތައް އެތާ ބޭރަށް ވަޔާ ދާނީ ވަކި ކިހިނެއް ހެއްޔެވެ؟

ޔުމްނާ ދެފިކުރެއްގައި ހުރެ މަޑުމަޑުން ކުޑަދޮރުން ބޭރަށް ފޭބިއެވެ. ކިތަންމެ ބިރުގަނެފައިވީ ނަމަވެސް އެ 2 ގަނޑު ކޮންމެހެންވެސް އެ ފޮތުގެ ތެރެއަށް ލައި ކުރިން އެ ފޮތް އޮތް ހާލަތަށް އިޔާދަކުރަން އެބަޖެހެއެވެ. ޔުމްނާ މަޑުމަޑުން އެ ދެ ގަނޑު ނެގިއެވެ. ސަހަރޯއެވެ. އެ 2 ގަނޑުގެ އެއް ކަނަށް ހުރީ ކަޅުކުލަ ފޭދެން ފަށާފައެވެ.

ޔުމްނާއަށް އެސްފިޔަވެސް ޖަހައިނުލާ އެ ގަނޑުތައް މަޑުމަޑުން ކަޅުކުލައަށް ބަދަލުވާތަން ބަލަން ހުރެވުނެވެ. ގަނޑުތައް އޮތީ ތެމިފައެއްވެސް ނޫނެވެ. އެ ފޭދެމުން އައި ކަޅުކުލަ މަޑުމަޑުން ހަވޭލީގެ ފާރުތަކާއި ހަމައަށްވެސް ފޯރިއެވެ. ޔުމްނާ އެ ގަނޑުގައި ކުރަހާފައި އިން ހަވޭލީގެ ފުރާޅަށް ބަލާލިއެވެ.

އެ ފުރާޅުމަތީގައި އެ މަޚްލޫޤެއް ނެތެވެ.

ޔުމްނާގެ ދެލޯ ބޮޑުވެގެންދިޔައެވެ. ދެލޯ އުނގުޅާލުމަށްފަހު އެއީ ހީވި ހީވުމެއްތޯ ޔަޤީންކުރުމަށް އަނެއްކާވެސް ޔުމްނާ އެ ގަނޑަށް ބަލާލިއެވެ. އެ މަޚްލޫޤެއް ފުރާޅުމައްޗަކު ނެތެވެ. ކުއްލިއަކަށް ޔުމްނާ މައްޗަށް ބަލާލިއެވެ. އަނެއްކާ ފޮތުގެ ތެރެއިން އެ މަޚްލޫޤު ނުކުތީހެއްޔެވެ؟ ނަމަވެސް ފުރާޅުމަތީގައި އެއްވެސް އެއްޗެއް ނެތެވެ. ޔުމްނާގެ ހިތް ނުތަނަވަސްވަމުންދިޔައެވެ. އަވަސްއަވަހަށް ކުޑަދޮރުން ކޮޓަރިތެރެއަށް ފުންމާލުމަށްފަހު ކުޑަދޮރު ލައްޕާލުމަށްފަހު ރަނގަޅަށް ތަންޑުއެޅުވިއެވެ.

ޔުމްނާ ދިޔައީ މާނޭވާލަމުންނެވެ. އަވަހަށް އެ 2 ގަނޑު ފޮތަށް ލެއްވުމަށްފަހު އެ ފޮތް ހައިވަކަރު ފޮށްޓަށް ލިއެވެ. އަދި އެ ފޮށި އެނދު ތަންދޮށުގެ އެންމެ ބިއްދޮށަށް ލުމަށްފަހު ކުރިން އެތަނުން ނެރުނު ކޮތަޅުތަކާއި ފޮށިތައް ހުރި ތަނަށް ލިއެވެ. އަދި އެންމެ ސިކުންތެއްވެސް ލަސްނުކޮށް ހުސްނާގެ ކޮޓަރިން ނުކުމެގެން ގޮސް ޔުމްނާ އޭނާގެ އަމިއްލަ ކޮޓަރިއަށް ދުއްވަިގަތެވެ. އޭރު ފަހަތުގައި ޔުމްނާގެ މިއަމަލުތައް ބަލަން ހިޔަންޏެއް ހުއްޓެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mariyam Imna
Follow Me Written By

Mariyam Imna

Level 210 Stories100 Login

Other Articles

Previous

އިންސާފް(ނަވަތިރީސްވަނަ ބައި)

Next

ލޭގެ ބަދަލް-2

Next
August 18, 2025

ލޭގެ ބަދަލް-2

Previews
August 17, 2025

އިންސާފް(ނަވަތިރީސްވަނަ ބައި)

10 Comments!

  1. 🤍Eekko🤍 says:
    August 18, 2025 at 3:09 pm

    Mi part vrh reethi 😍
    Yumna ah dhen vaanee kihineh baa? e hiyanakee jinni eh tha ?
    Soo curious🫣
    When next???
    Lysssm😘

    1. Mariyam Imna Mariyam Imna says:
      August 18, 2025 at 7:37 pm

      Hi Eekko!
      Let’s see if it’s a shadow or not!
      Insha Allah next Wednesday ga dhen oi bai kiyaaleveyne🤍🫶

  2. Oreo gurll says:
    August 18, 2025 at 4:14 pm

    omgg! hey Imna, I’m a reader of urs.. your story is really interesting. One of the best horror stories I’ve been reading.
    and, yk what i think? that kurehun at the beginning of the book? tha 5 thari and the vah buru thing… Faraa kiyaidhin story ga ves eyna maraalevunee eyge burehge thereyga indhaa. I think sareefaa men athun libunu fotheh kanneynge thee husnaa ah. I mean thats her mother right. Yumna ge maama. so, eyru emeehun use kuri foi eii. and that makhlooqu, I think emeehun sihuru hadhaafa kommes kameh koffa, e jinni salaamai nukuran, hayyaru koffa in ehcheh kanneynge eii e fothuge thereyga.. gandu e fothun nettijjeyyaa eythi salaamai vaagothah. I mean, sareefaa men build kuri ge eh, eii. so they trapped it inside the book and the haveyli. ehnve haveyli gey kurimatheega eythi inee. dhn yumna athun eythi beyrah dhiyaeema jinni nikuthee. dhn yumna dhiyairu balan fahathuga inee e jinni. ofc e jinni eh nufennaane dhw yumna ehen mahchah beliyakas!
    So here’s my guess. lets see dhw. could u try thankolheh avahah next episode genesdheyn? Im really curious!!!! tcc <3

    1. Mariyam Imna Mariyam Imna says:
      August 18, 2025 at 7:42 pm

      Hi Oreo Girl!
      I’m so glad you like this series! Honestly this is my first time writing a story which is extended like this, so hearing you say that you like it really makes me happy🥹
      Yes, Faraa was also killed in the same circle Yumna described in the book
      Let’s see how Husna really got that book and what that jinni is doing in it🤣😭
      Lysssm!🫶🤍

    2. Mariyam Imna Mariyam Imna says:
      August 18, 2025 at 7:48 pm

      I love how you thought of all those possibilities 🤍🫶😭
      I feel like I got some ideas from them😭😄

  3. Kudu says:
    August 18, 2025 at 7:29 pm

    Mi part ves v v Reethi Maashaa Allah 💓
    My curiosity just keeps growing
    Baeh thankolhu Kolhu kiyaa iru gainn heebihi ves nagaa eba 😹
    One of the best horror stories I’ve read
    Eeeeeeh did the jini from the book get out 😱😱😱
    And what is the hiyani watching her 🤔
    Yumna haadha hithvaru gadha ey dho
    I nama mihaaru rashun ves faibaanan 😥
    Tc
    Lysm 💜

    1. Mariyam Imna Mariyam Imna says:
      August 18, 2025 at 7:47 pm

      Hello Kudu!
      Sometimes I get goosebumps myself when I’m writing 😭
      Let’s see if it was a jinni or something else that got out
      Yep Yumna varah hihvaru gadha personally I couldn’t have been as brave as her😭
      Yumna Malé fonuvaalan vee dhw🤣
      Im so glad you love this part as well!
      Lysssm🤍🫶

  4. Meeheh says:
    August 20, 2025 at 9:15 pm

    What’ur age Mariam iman

    1. Mariyam Imna Mariyam Imna says:
      August 22, 2025 at 11:15 am

      Why do you ask?😅

  5. Meeheh says:
    August 23, 2025 at 8:25 pm

    I just ask 😁🙏🏻 do u have Instagram id U have can U give me tha id🙏🏻😁😅

Comments are closed.

Next Episodeހަވޭލީ – ސޯޅަވަނަ ބައި←


All Right Reserved!