ހެނދުނުގެ ވަގުތެވެ. ފަތިހު ތެދުވިގޮތަށް ޒީޝާން އުޅެނީ ރައްޓެހިންގެ ކަންކަމާ ހަވާލުވެގެންނެވެ. އެމީހުން ލަފާނެ ގަޑިއަށް އިންތިޒާރުކޮށްގެން އިރުވެސް ނާރަނީސް ދެ ތިން ފަހަރަކު ބަނދަރުމައްޗަށްވެސް ނުކުތެވެ. ލަސްވެގެން ކޮޅުކޮޅަށް ހިނގަހިނގާފައި ރައްޓެހިންނަށް ގުޅަންވެސް ގުޅިއެވެ. އެންމެ ފަހުން މާ ގިނައިރުވާތީ ގަހުގައި އެލުވާފައި ހުރި ޖޯއްޔެއްގައި އިށީނދެ އެ ރީތި ހަށިގަނޑު ދަމާލިއެވެ. ދުރުދުރުން ކޮޅުކޮޅަށް ހިނގަމުންދިޔަ އަންހެން ކުދިންގެ ލޯތައް އެދިމާލަށް ހުއްޓައެވެ. މާގިނައިރުތަކެއް ނުވެ ޒަމާނީ ގޮތަކަށް ހަދާލާފައިވާ ދޯންޏެއް ފަޅުތެރެއިން ލާފައި […]
ފެންމާގަނޑު ދޮށުގައި ހުރުމުން ލޮލުން ކަރުނަ ފޭބި ވަރެއްވެސް ނޭނގުނެވެ. މޭގައި އަތް އަޅައި ބޮނޑި ކޮށްލައިގެން ހުރި ލީއާގެ ބޮލުގައި ރިއްސާކަމުގެ އިހްސާސްވެސް އޭނާއަށް ނުވާފަދައެވެ. ވާނިވެސް އެހެންނެވެ. މިވަގުތު އޭނާގެ ހިތުގައި ވޭންއަޅަމުންދާވަރު އިހްސާސްވާނެ މީހަކު މި ދުނިޔެއަކު ނުހުންނާނެއެވެ. އެ ހިތުގެ ރުއިމުގެ އަޑުއަހާލާނެ މީހަކުވެސް ހުރީކީ ނޫނެވެ. ” ކީއްވެ؟… ކީއްވެތަ އަބަދު މަށަށް…މިހެންވާންވީ. ކީއްވެ ކީއްވެ ކީއްވެ…؟” ލީއާ އަމިއްލަ ނަފްސާ ޝަކުވާކުރަމުން ރޮއެގަތެވެ. ނަމަވެސް މަޑުމަޑުންނެވެ. ” މިހާ […]
” މިރޭ އެބަ ޖެހޭ ޝޮޕިންކޮށްލަން ދާން. އެއްޗެއް ގަންނަން ވެފަ އެބައޮތްތަ؟ ” ރޭގަނޑުގެ ނުވައެއް ޖަހާކަށްހާއިރު އާންމުކޮށް ލީއާ ފެންވަރައިގެން ނުކުންނާނެއެވެ. މިރޭވެސް އެއައީ ތާޒާ ވެލައިގެންނެވެ. ތުވާލިން ބޯ ހިއްކަމުން ނުކުތް ލީއާ އެހެންބުނީ އެނދުގައި ތިބި ޒީނާ އަށާއި ޒައިނީއަށެވެ. ޒައިނީ އޮތީ ނިދިއައިސްގެން އެސްފިޔަތަކަށް ބަރުވެ ގަދަ ނިންޖަކަށް ބޭނުންވެފައެވެ. ޒީނާ އޮތީ ކުޑަ ފޮތެއް ހުޅުވާލައިގެނެވެ. ހީވާ ގޮތުން އެއީ ވާހަކަ ފޮތެކެވެ. ލީއާ ކުޑަދޮރުތަކާއި ދިމާލަށް ގޮސް […]
ލީއާ ގޮސް ކުޑަ ދޮރުތައް ހުޅުވާލާ ސާފު ވައި ކޮޅެއް ލިބިގަތެވެ. ދެރަވެ ހިތް ނުތަނަވަސްވާ ކޮންމެ ވަގުތަކު ކުޑަދޮރުތައް ހުޅުވާލާފައި ހިތް ހަމަޖެހުން ލިބިގަނެއެވެ. ގިނަ ފަހަރަށް އޭނާގެ ޝަކުވާތައް ކަރުނައިގެ ސިފާގައި ބޭރުކޮށްލައެވެ. ކޮންމެ ފަހަރަކުވެސް ހިތް ފުރެންދެން ރޯލެވުމުން ނޫނީ އެތަނުން ދުރަށްވެސް ނުދެއެވެ. އެވަގުތު ޖެހިލި ވައި ރޯޅިއަކުން ދެލޯ މަރާލައިގެން ކުޑަދޮރުން ބޭރަށް ބޯ ދީގެން ހުރި ލީއާގެ ހަށިގަނޑުގައި ބޮސްދީފައި ދިޔުމުން ހީކަރުވައިގަތެވެ. ހީވީ މީހަކު އައިސް މޫނުމަތީ […]
މުޅި މާހައުލުގައި ވަނީ ހަވީރުގެ ތެތް ފިނިކަން ހިފާލާފައެވެ. ތަނުގެ ބޮޑު ހިސާބެއްގައި ފެހިކަން ގަދަ ވިނަގަނޑެއް ފެތުރިފައިވެއެވެ. ވިނަ ގަނޑުގެ ވަށައިގެންނާއި އެކި ހިސާބުގައި ހެދިފައިވަނީ ކުލަކުލައިގެ ކުދި ފިނިފެންމާ ގަސްތަކެކެވެ. ދުވަމުން ދިޔަ މީރު ވަހަކުން މާހައުލުގެ ފުރިހަމަ ކަމާއި ތަނުގެ ހިތްގައިމުކަން ދައްކުވައިދެއެވެ. އެ ވަގުތު ވިނަ ގަނޑުމަތިން ރީތި ގޮތަކަށް ދުވެލާފައި ދިޔަ އަންހެން ކުއްޖެއްގެ ފަހަތުން ހަމަ އެ އުމުރުގެ ހޭންޑްސަމް ފިރިހެން ކުއްޖަކުވެސް ދުވަމުން ދިޔައެވެ. ބަލާބެލުމަށް ދެ […]