Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ތެދުވެރި ހިތަކުން ލޯބިވީމެވެ. ( 2 ވަނަ ބައި )

Loolu
August 12, 2016
5 Mins Read
49 Views
19 Comments

ހަގީގަތުގައިވެސް މާޔާ އިނީ ވަރަށް ދެރަވެފައެވެ. އޭނާ ހިތާ ފުރާނައިން ރިފާއު ދެކެ ލޯބިވާއިރު މިއީ އޭނާގެ ހުށަހެޅުން ރިފާއު ރިޖެކްޓް ކޮށްލި ތިންވަނަ ފަހަރެވެ. އިންސާނަކަށް ވީތީ ކޮންމެ ފަހަރަކު މިހެންވާތީ އޭނާވެސް ދެރަވެއެވެ. އަމުދުން ކޮންމެފަހަރަކު ބޮއްކުރާ ދޮށަށް އޮޑި ކަނބަން ޖެހޭތީ ލަދުވެސް ގަނެއެވެ.އެއީކީ ރީތި ގޮތެއްނޫންކަންވެސް ވިސްނެއެވެ. ކްލާސް ކުއްޖަކަށް ވިޔަސް އަބަދު މިގޮތަށް ކަންތަށް ވާތީ ބައެއްފަހަރު މާޔާއަށް ޝާޔަންއަށް ދެކެ ރުޅިވެސް އާދެއެވެ. ޝާޔަންގެ ކުށެއްނެތްކަން އެނގޭ ހާލުގަވެސް ހިތް އެކަން ގަބޫލްނުކުރެއެވެ. މާޔާގެ ލޮލަށް ކަރުނަ އައީ ރޭގަ އޭނާގެ ހުށަހެޅުން ގަބޫލް ނުކުރާނެ ކަމަށް ބުނެ ރިފާއު ކޮށްފައިވާ މެސެޖް ގެ މަތިން ހަނދާން ވުމުންނެވެ. “‘ކިތަށް ފަހަރުތަ ބުނަންވީ އަހަރެން މާޔާދެކެ ލޯތްބެއް ނުވެޔޭ..އަހަރެން ލޯބިވަނީ ޝާޔަންދެކެ..އެކަން މާޔާއަށް ނޭގިއެއް ނޯންނާނެ..މީ މަގޭ ފަހުގެ ނިންމުން..މީގެ ފަހުން މަށަށް އުނދަގޫ ނުކުރާތި” މާޔާއަށް ދެލޯ މަރާ ފިއްތާ ބާރުކޮށްލެވުނީ ވަކިވަކިން އެލަފްޒްތަށް ސިކުނޑީގައި ގުގުމަން ފެށުމުންނެވ.

“މާޔާ ކިހިނެއްވެފަ..ބަލީތަ..ކްލާސް ތެރޭގައިވެސް މާމަޑުން އިނީމަ ކިހިނެއްވީބާއޭ ހިތަށް އަރާފައި މިއައީ..” ދާދި ގާތުން ޝާޔާންގެ އަޑު އިވުމުން މާޔާއާ ލަހުފާއަށް ސިހިފައި ބަލައިލެވެނެވެ. ލަހްފާގެ މޫނަށް ވެރިވީ ފޫހިކަމެވެ. އެކަން ޝާޔަންއަށް ފާހަގަ ކުރެވުނަސް އޭނާ އެކަމާ އަޅާނުލާ އަނެއްކާވެސް މާޔާއާ ވާހަކަދައްކާލިއެވެ. ކުޑަކޮށް ބޮލުގަ ރިއްސަނީކަމަށް ބުނެ މާޔާ ހިނިތުންވެލިއެވެ.އޭނާ ދެއްކި ވާހަކަ ތަށް ޝާޔަންއަށް އިވިފައި އޮވެދާނެތީ މާޔާ އިނީ ކަންބޮޑުވެފައެވެ. ކުޑަކޮށް މާޔާއާ ވާހަކަދައްކާލާފައި އޭނާގެ ކޮނޑުގައި ޖަހާލަމުން ޝާޔަން ތެދުވެގެން ދާން ހިނގައިގަތީ ސްކޫލާ ގޭޓާ ދިމާއަށެވެ. އޭރު އޭނާގެ މޫނުމަތީގައި ކޮންމެވެސް ވަރަކަށް ކަންބޮޑުވުން ފާޅުވާން ހުއްޓެވެ. ކޮނޑުގައި އަޅުވާފަ އޮތް ފޮތް ދަބަސް ރަނގަޅު ކޮށްލަމުން ފުން ނޭވާއެއް ލާފައި އޭނާއަށް ވިސްނާލެވެނީ މާޔާ އާ މެދުގައެވެ. މާޔާމެންގެ ވާހަކަތަށް ޝާޔަންއަށް އިވިފައި ވުމުން މާޔާއަށް ވެފައި އެއިނީ ކީއްކަން ޝާޔާންއަށް އެނގެއެވެ. ޝާޔަން ދެރަވަނީ މާޔާގެ ހިތުގައި އޭނާއާމެދު ނަފްރަތު އުފެދިދާނެތީއެވެ. މާކުރީން ފެށިގެންވެސް މާޔާ، ރިފާއު ދެކެ ލޯބިވާކަމީ އެންމެން ދަންނަ ހަގީގަތެކެވެ. ހަމައެފަދައިން ރިފާއުވެސް ޝާޔަންގެ އިންތިޒާރުގާ ވާކަން އޭނާއަށް އެނގެއެވެ. މިކަމުގައި ޝާޔަންގެ ކުށެއް ނެތްކަމުގާ ވިޔަސް އިންސާނަކަށް ވީތީ ހަސަދަވެރިކަމާ ރުޅިވެރިކަން ހިތުގައި އުފެދުމަކީ ހަމަ ވެދާނެ ގޮތެއްކަން ގަބޫލް ކުރެވުނެވެ. އެކަމަކު އެހެން ވާކަށް ޝާޔަން ނެދެއެވެ. މާޔާއަކީ އެކުވެރި ގާތް ރަހްމަތްތެރިއަކަށް ކުރިންފެށިގެންވެސް ވެފަވީތީ ޝާޔަން އޭނާއަށް އަބަދުވެސް ހެޔޮއެދެއެވެ. ރަނގަޅު ގޮތް މާޔާއަށް ވާން އެދެވެއެވެ. އަނެއްކޮޅުން ޝާޔަން އެންމެ ކަންބޮޑުވަނީ މިހާރަކަށް އައިސް ލަހުފާ މާޔާ އާ މާދޯޅު ވެގެން އުޅޭތީއެވެ. ޝާޔަން ކިޔަވަން މޮޅުވީތީ ލަހުފާއަކީ އަބަދުވެސް ޝާޔަންއަށް ވައްތަރަކަށް ހަސަދަ ލާފަ ހުންނަ ކުއްޖެއްކަން އޭނާއަށް އެނގެއެވެ. މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާން އިންވެސް ޝާޔަން ރަށު ސްކޫލުއިން އެއްވަނަ ހޯދުމުން ލަހުފާ މުޅިންހެން ޝާޔަންއާ ދުރުވެ އޭނާއާ ވާހަކަ ދެއްކުންވެސް ހުއްޓާލީއެވެ. ވީ އިރު އެކަހަލަ މީހަކު މާޔާއަށް ނުބައި ނަސޭހަތެއް ދިނުމަކީ ވެދާނެވަރަށް ގާތް ގޮތެކެވެ. ހިޔާލްތަކު ތެރެއަށް ގެއްލިފާ ހުރި ޝާޔައަށް ސިހިފައި ހަޅޭއްލަވައިގަނެވުނީ ވޫސްއަޅާފައައި އެއްޗެއް އޭނާގެ ބޮލުގަ ޖެހިފަ ވެއްޓުމުންނެވެ. ދެލޯ ބޮޑުވެފަ ވާހާލު ތިރިއަށް ބަލައިލިއިރު ފައި ކައިރީ އޮތީ ރޮކެޓެކެވެ. އަދި އެއްއަރިމަތީގައި ހާދަ ރީއްޗޭވެސް ޖަހާލާފަ އޮތެވެ. ޝާޔަން ލޯއަޅާލަމުން ރޮކެޓް އައިދިމާއަށް ބަލައިލިއިރު އެތާތިބީ އިފްހާމްގެ ލާނެތް ގްރޫޕެވެ. ޝާޔަން އަޅާވެސް ނުލާ ކުރިއަށް ދާން ހިނގައިގަތެވެ.

“ފަރި ހިނގުމެއްގާ މިތުރާ ދާއިރު

ފަރި މިތުރާ އުފަލުން ދާއިރު

މަރިޔާދު ހިނގުން ހިތްކަތިލާވަރު ހައިރާންވޭ” އެންމެން އެއް އަޑަކުން ލަވަކިޔައިގަތް އިރު މިއީ ސްކޫލް ކަންވެސް އެމީހުން ހަދާންހުރި ހެނެއް ހިއެއްނުވެއެވެ. ޝާޔަން ވީ ފޫއްސަކުން ޗުސް ތަޅައި ގަނެވުނެވެ.

އިފްހާމްމެން ފަހަނައަޅާ ވަކި ހިސާބަކަށް ދެވުންތަނާހުއްޓިލެވުނީ ސްކޫލް ނޯޓިސް ބޯޑް ކައިރި ފޮތްތަށް ހިފައިގެން ހުރި ރިފާއު ފެނުމުންނެވެ. އަނެއްކާވެސް ޝާޔަން، މާޔާގެ މަތިން ހަނދާން ވިއެވެ. އޭނާ ރިފާއުއަށް ފުން ނަޒަރެއް ދިނެވެ. ރިފާއު އަކީވެސް ބަލައިލަން ހުތުރު ކުއްޖެއް ނޫނެވެ. ހަމުގެ ކުލަ މާއަލި ނޫނަސް ދިގު އިސްކޮޅަކާ ފުރިހަމަ ހަށިގަނޑެއް ލިބިފައިވާ ޒުވާނެކެވެ. މިއަހަރު ގްރޭޑް ބާރައިގައި އުޅޭ ކިޔެވުމަށް ސަމާލުކަން ދޭ ޒުވާނެކެވެ. ނަމަވެސް ޝާޔަންގެ ހިތުގައި ރިފާއުއަށް އެއްވެސް ހާއްސަކަމެއް ނެތެވެ. މާޔާގެ ހިތް ދެވިފައިވާ ޒުވާނާއަށް ވީހިނދު ހާއްސަކަމެއް ދޭން ބޭނުންވެސް ނުވީއެވެ. އަމުދުން މީހުންގެ ދުލުގަ އެޅުމަކީ ޝާޔަން އެއްވެސް ގޮތަކަށް ކުރަން ބޭނުންވާ ކަމެއް ނޫނެވެ.

ރިފާއުގެ ނޭވާ އެތެރެ ހަށީގައި ތާށިވިހެން ހީވީ ޝާޔަން އޭނާގެ ގާތުން އަޅާފަ ފަސްދީ ދާންފެށުމުންނެވެ. ދުނގެތި ގަސްތަކާ ފާރާ ދެމެދު ހެދިފައިވާ ހަނިމަގުން ޝާޔާން ދިޔައިރު ވައިރޯޅިއާއެކުވެސް ލުއިމީރުވަސް ރިފާއުގެ ނޭފަތާ ހަމައަށް ފޯރިއެވެ. ހައިރާންކަމާ އާޝޯހްވުމާއެކު، ޝާޔަން ގޮސް ގޭޓުން ނުކުންނަންދެން ބަލަން ހުރެވުނެވެ. އޭނާއަށް ހިތާ ދިމާލުން މޭގާ އަތްއަޅާ ލެވުނީ ކުރި އަސަރަކުންނެވެ. އޭނާއަށް މިވީހާތަނަށް ދުވަހަކުވެސް ޝާޔަންހާ ކަމުދާ ކުއްޖަކު ފެނިފައެއް ނުވެއެވެ. ކުރިއަށް އޮތް ތަނުގައިވެސް ފެންނާނެހެން ހިއެއްނުވެއެވެ. ޝާޔަންއަކީ އޭނާގެ ފުރަތަމަ ލޯތްބެވެ. އަބަދުވެސް އޭނާ މަސައްކަތް ކުރަނީ އެލޯބި ކާމިޔާބުކުރާށެވެ. ހިތާމައަކީ އެކިގޮތްގޮތަށް ލޯބިވާކަން ހާމަކުރާ އިރުވެސް ޝާޔަންއެކަމާ އަޅާނުލާތީއެވެ. ރިފާއު އެންމެ ބޮޑަށް ކަންބޮޑުވަނީ ޝާޔަންއަކީ އެތަށް ޒުވާން ހިތެއްގަ ލިޔެވިފައިވާ ނަމަކަށް ވާތީއެވެ. އެތަނުން ޝާޔަން ދާނެ ކޮޅެއް ނޭނގޭތީއެވެ.

“ބްރޯ..ކޮން ހިޔާލެއްގަތަ” ރިފާއުއަށް ތެޅިގަނެވުނީ ފަހަތުން އައި އާލިމް އޭނާގެ ބުރަކަށީގައި ޖަހާލާފަ ވާހަކަދެއްކުމުންނެވެ.އާލިމްއަށް ފެނުންއިރު ރިފާއުހުރީ ބުދެއްހެން ހުއްޓިފައެވެ.

“އޭން..މައެބަ ހިޔާލެއް ކުރަންތަ..ތިއެއްނޫނޭ..ހިނގާބަލަ މިރޭ މަސްބާނަން ދާން.. ހަފްތާ ބަންދުވީނު މިއޮއް..” އާލިމްގެ ކޮނޑަށް އަތްވައްޓާލަމުން ދެކުދިން ހިނގައިގަތީ ގޭޓާ ދިމާއަށެވެ.

“މަށަކަށް ނޭނގެ މިރޭ ދެވޭނެ ކަމެއްނެތް.. ކޮއްކޮ އަދިވެސް އޮތީ ހޮސްޕިޓަލްގަ..އަދިވެސް އެހުންގަނޑު ރަނގަޅު ނުވޭ..މަންމަޔާ ބައްޕަ އެތާ ގިނައިން އެތިބެނީ…އެހެންވެ މިރޭ މައެތާ އިންނަންކަމަށް..”

“އޭ އަދިވެސް ޝިނީގެ ހުންގަނޑު މަޑުނުވޭތަ..ވަރަށް ދެރަ..މަންމަ ކައިރި މަ ބުނާނަން ހޮސްޕިޓަލް ދޮށަށް ގޮސްލާޗޭ..މަންމަ ކިޔޭ ބޮޑުދައިތަ ނާންތާ ދެތިން ދުވަސް ވެއްޖޭ..” ރިފާއު ބެނެލިއެވެ.

ރިފާއުގެ މަންމައާ އާލިމްގެ މަންމައަކީ އެއްބަޑު އެއްބަފާ ދެއަންހެނުންނެވެ.އެހެންކަމުން ރިފާއު އާ އާލިމް ވެފަވަނީ ދެބެންގެ ދެދަރި ކުދިންނަށެވެ.

 

ޝާޔަން ފެންވަރާލައިގެން ގައިގަ ތުވާލި އޮޅާލައިގެން ނިކުތް އިރަކަށް ބޯކޮށް ވާރޭ އޮއްސާލި އަޑު އިވުނެވެ. ޝާޔަންގެ ހިތަށް ފޮނިކަމެއް ވެރިވީ މިރޭ އަރާމުގަ މި ފިނީގަ ނިދާލެވޭނޭ ހިތަށް އެރުމުންނެވެ.މާދަން ބަންދު ދުވަހެއްކަމުން ހެނދުނު ހޭލަންވެސް ނުޖެހޭނެއެވެ. އޭނާ ޑްރެސިން ޓޭބަލް ކައިރިއަށް ހުއްޓިލާފައި އެދޮން ދެފައިގައި ލޯޝަން އުނގުޅާ އޮމާން ކުރިއެވެ. ދުވަން ފެށި މީރުވަހުން ސިކުނޑިއަށް ތާޒާ ކަމެއް ލިބުނެވެ. އަދި އެންމެފަހުން އަލަމާރި ހުޅުވާލާފައި ނެގި ގަޔަށް ދޫ ޓީޝާޓާ އާއެކު ލީ ޖޭޒްމީން ހަރުވާޅެކެވެ. އުނަގަނޑުން ތިރިއަށް ދެމިފައިވާ ކަޅުކުލަ ގަދަ އިސްތަށިގަނޑުން ގޮށް ފިލުވާލާފައި ފަހަތަށް ހާމައަށް ދޫކޮށްލާފައި ބޭއްވީ ހިކިލަންދެނެވެ. އެގޮތަށް ހުރެ ޝާޔަން ސިޓިންގރޫމްއަށް ނިކުތްއިރު މުނީރާ ސޯފާގައި އިނީ ރިމާހަށް ގުޅައިގެންނެވެ. ޝާޔަން ދޮންބެއަށް ސަލާމް ބުނާށޭ ކިޔާފާ ކާމޭޒު ދޮށަށް ދިޔައީ ބަނޑުހައިވެފާ ހުރުމުންނެވެ. ތައްޓަކަށް ޕާސްތާ އަޅައިގެން ކިރުތަށި ހިފައިގެން ޝާޔަން މިސްރާބުޖެހީ ސޯފާ އާ ދިމާލަށެވެ. އޭރު ފޯން ބާއްވާފައި ސޯފާގައި މުނީރާ ހަމަޖެހިލަނީއެވެ.

ޝާޔަން ހިތަށް އެރީ ބައްޕަ ކޮބައިބާއެވެ. އެގޮތަށް ރަށަށް އައިސް ހުންނަ ދުވަސްތަކުގަވެސް މަންމައާ އެކީ އުޅޭތަނެއް ނުފެނެއެވެ. ކުރީ ދުވަހު އެކުރި ޒުވާބަކަށް ފަހު އަދި މިދެމީހުން އަނގައިން ބުނިހެނެއް ހިއެއްނުވެއެވެ.

“ދަރިފުޅާ..ކިހިނެއް ކިޔެވުމުގެ ކަންތައްތަށް..ދަރިފުޅާ ރަނގަޅަށް ކިޔަވާތި..ކުރީ ދުވަހުވެސް އާތިފާ ދައްތަ މަންމަ ކައިރި ބުނި ހަލީމާ ބޮޑުމަގުމަތީ ހުރެ އެއްޗެހި ކިޔަކިޔާފަ އުޅުނޯ ލަހުފާއަށް އޯލެވެލްގަ އެއްވަނަ ނުލިބުނީމަ..ދަރިފުޅަށް ލިބުނު ކާމިޔާބު އެމީހުނަށް ހަޖަމު ނުކުރެވިގެން އެއުޅެނީ ހަމަ..ވަރެއްގެ ބައެއް އެއީ..ދަރިފުޅު ހިއްވަރާއެކު މީހުންގެ ވާހަކަތަށް އަޑު ނާހާ ކިޔަވާތި..”މުނީރާ ،ޝާޔަންއާ ކުރިމަތިލަމުން ވާހަކަ ދެއްކިއެވެ.

“އާން މަންމާ..ކިޔެވުމުގަ ވާދަވެރިކަންވެސް އޮންނަންވާނެ ދޯ.އެކަމު ލަހުފާމެން އެއުޅެނީ މާއެހެން  ފާޑަކަށް..ދެން އެހެން ރުޅިއައިސްގެން އުޅޭތީ އަހަރެން ވަރަށް ދެރަވޭ..ކުލާހުގަވެސް ލަހުފާ ވަރަށް ދުރުދުރުން އުޅެނީ ވާހަކަ ދައްކަން ޖެހިދާނެތީވެސް”

“ދަރިފުޅާ..ތިކަންކަމާ ނުވިސްނާ..ތީގަ ދަރިފުޅުގެ އެއްވެސް ކުށެއް ނެތް..އެމީހުނަށް ނުވިސްނޭތީ އެހެން އެއުޅެނީ..”މުނީރާ މަޑުމަޑުން ޝާޔަންގެ ބޮލުގައި ފިރުމަމުން ވާހަކަދެއްކިއެވެ. އޭރުވެސް ބޯކޮށް ވާރެވެހޭ އަޑު ކަނޑައިގެން ނުދެއެވެ.

“މިއޮއް ވާރެ ވެހޭ ރޭ ކޮބާތަ އެއުޅޭ އިބްރާހިމް..މަށަކަށް ނޭނގެ ކޮންހެނެއް ކަމެއް އޭނަ އެއުޅެނީކީ..މިރަށަށް އަންނަ ކޮންމެފަހަރަކުވެސް ކޮންމެ ރެއަކު ބޭރަށް އެދަނީ ކީއްކުރަން ކަމެއްވެސް ނޭނގެ..ﷲ ދެނެވޮޑިގެންވަނީ އެކުރާކަމެއްވެސް..” ފިރިމީހާގެ އުޅުމާ އަހްލާގާމެދު ހިތްހަމަ ނުޖެހިގެން މުނީރާ ކުދި ކިޔަން ފެށިއެވެ.

“މަންމައާ ބައްޕަ ކީއްވެތަ އެހާ ހަމަނުޖެހުން ބޮޑީ..ކޮންކަމަކާތަ ކުރީ ދުވަހު އެ ޒުވާބުކުރި..” ޝާޔަންއަށް ނީނދެވިގެން އަހާލެވުނެވެ.

” ޒުވާބުވެސް ކުރެވޭނު ދަރިފުޅާ..މަންމަވެސް ލަދުގަނޭ އަބަދު މިހެން އަޑުގާނެއް ތަނަށް ހަޅޭއް ލަވަން ޖެހޭތީ..ޒުވާބު އުފެދެނީ ބައްޕައާ ހެދި..ދަރިފުޅަކީވެސް މިހާރު ޒުވާނެއް، މަންމަ މިދައްކާ ވާހަކަތަށް ވިސްނޭނެ..ބައްޕައަކީވެސް ސިއްހަތު ސަލާމަތުން ހުރި ފިރިހެނެއްވިޔަ..އެކަމަކު އަތުން ފައިން ހައްދަވައިގެން އެއްވެސް ކަމެއް ނުކޮށް އެހުންނަނީ..ނުކިޔެވުނީމަ ވަޒީފާއެއް ނުލިބުނޭ ކިޔާފަ އެހުންނަނީ..އެބުނާ ކަހަލަ ވަޒީފާއެއް ނޫނަސް ކުރެވޭނެ އެހެންކަންކަން ހުންނާނު އާމްދަނީ ހޯދަން..އެކަމަކު ކަމެއްނުކޮށް ހަމަ އެހުންނަނީ..މަންމަގެ މި ވަޒީފާ ނެއްނަމަ އަހަރެމެން ކިހިނެއް އުޅެނީ..ބައްޕައަށް ރުފިޔާއެއް ލިބުނަސް  މަންމައަށް ދެނީ އެއްނޫން..އެކަމު ބައްޕަ އެވަރެއް ނުދަނޭ..މަންމަ މިކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް މަންމައަށްވެސް ހެޔޮކޮށް ހިތާނަމަ ރަނގަޅު..އެކަމު ކަމަކަށް ނުވާކަހަލަ ކަންކަމުގަ އަބަދު މަންމައާ ދިމާލަށްވެސް ފަށާފަ އެހުންނަނީ..އަދި އެހާ ދޫނުބައި..ދެން މިހެން ވަންޏާ މަންމައަށް ވެސް އެއްޗެހި ބުނެވޭނެ ދޯ..” މުނީރާގެ އަޑުގައިވަނީ ޝަކުވާއެވެ. ޝާޔަންއަށް މުނީރާގެ ވާހަކަތަށް ކިތަންމެ ރަނގަޅަކަށްވެސް ގަބޫލްކުރެވުނެވެ. މިއަދާ ހަމައަށްވެސް ފެނިފާ ހުރި މަންޒަރުތަކުން ގޯހީ ބައްޕަކަން ޝާޔަންއަށް ވިސްނެއެވެ. މަންމަ އެބުނީ ތެދެކެވެ. މަންމަ ގެ އެވަޒީފާ ނެތްނަމަ އެމީހުން ދިރިއުޅޭނީ ކިހނެއް ހެއްޔެވެ. ޝާޔަން ބައްޕަދެކެ ފޫހިވަނީވެސް އެހެންވެއެވެ. އަދި އަމުދުން ރުޅި އައުމުން ގޮވާ ހުތުރު ބަސްތަކެވެ. ކިތަންމެ ގިނަ ބަޔަކު ތިއްބަސް ދަރިން ތިއްބަސް ކިޔާލާކަށް ފަހެއް ނުޖެހޭނެއެވެ.

ޝާޔަން އެންމެ ބޮޑަށް ކަންބޮޑުވަނީ ބައްޕަ، މަންމައަށް އަނިޔާ ކޮށްފާތީއެވެ. ބައެއް ފަހަރު ޒުވާބުކުރާއިރު ކޮއްޕާލާ ހަދާ މަންޒަރު އޭނާއަށް ވަނީ ފެނިފައެވެ.އެހިސާބުންވެސް އިތުރު ހަމަނުޖެހުމެއް ނުހިނގަނީ އެދެމެދަށް ރިމާހް ނޫނީ ޝާޔަން ވަދެގެންނެވެ. އެހެންކަމުން ޝާޔަން ނެއްގަޑީގައި ޒުވާބެއް ކޮށް އަރައިރުންވެދާނެތީވެސް އޭނާ ބިރުގަނެއެވެ. ފަހަރެއްގަވެސް މަންމައަށް ކަމެއް ވާން ދޫކޮށްލައިގެން ނުހުރެވޭނެއެވެ.

ޝާޔަންގެ ހަނދާނަށް އަންނަމުން ދިޔައީ މީގެ އެއް އަހަރު ކުރިން ހިނގާދިޔަ ހާދިސާއެވެ. ދެންމެ ވީކަމެއްހެން ލޯކުރިމަތީގައި އެކަންތަށް ސިފަވަމުން ދިޔައެވެ. އެއީ ރޭގަނޑެކެވެ.

(ނުނިމޭ)

14
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Loolu

Other Articles

Previous

ނުހައްޤު ލޯބި (2 ވަނަ ބައި)

Next

އަހަރެންގެ ވާހަކަ (ސަތިރީސްވަނަ ބައި)

Next
August 12, 2016

އަހަރެންގެ ވާހަކަ (ސަތިރީސްވަނަ ބައި)

Previews
August 12, 2016

ނުހައްޤު ލޯބި (2 ވަނަ ބައި)

19 Comments

  1. lai says:
    August 12, 2016 at 6:08 pm

    Adhi emme kiyaa hithun ulhenikoh nimuny .i part ves reethi next part konirankun

  2. Shiny says:
    August 12, 2016 at 6:14 pm

    Nice story

  3. reesham says:
    August 12, 2016 at 6:18 pm

    asluthr..thankss laii..next part tommorrw genesdheynan iraadhukurehviyaa

  4. reesham says:
    August 12, 2016 at 6:18 pm

    thanks shiny

  5. aik says:
    August 12, 2016 at 6:24 pm

    Haadha kurey….. Ekam vv nice.?

  6. reesham says:
    August 12, 2016 at 6:31 pm

    alhey aik..kuruthr..tmrw ge part dhigukuraanan,ok

  7. sabeeha says:
    August 12, 2016 at 6:35 pm

    vvv reethi ??

  8. lam says:
    August 12, 2016 at 6:58 pm

    Vrh vrh rythi mi part vx….. plx avahah up kohdhehchey….?

  9. reesham says:
    August 12, 2016 at 6:59 pm

    thanx sabeeha and lam..yes tmrw new part eh genesdheynan

  10. yaalaa says:
    August 12, 2016 at 7:31 pm

    Vrh vrh rythi part vx

  11. ~minty~ says:
    August 12, 2016 at 7:37 pm

    Alhey…vrh interesting….waiting for next part ingey…

  12. naj says:
    August 12, 2016 at 7:38 pm

    vr vr vr vr intresting… vr thafaathu story

  13. reesham says:
    August 12, 2016 at 7:46 pm

    thanks hurihaakudhin

  14. Ayya says:
    August 12, 2016 at 8:57 pm

    Dhn faharakun thankolheh dhigu kohlachey..vaahaka v salhi

  15. mash says:
    August 12, 2016 at 8:58 pm

    V v. Nice

  16. Jeem says:
    August 13, 2016 at 12:04 am

    Vvvvvvv reethi?

  17. Hooo says:
    August 13, 2016 at 2:01 am

    Varah salhi.
    And thihen up kuraatie ves varah hiyhama jeyhey.

  18. zoya says:
    August 19, 2016 at 3:50 pm

    v v v v reethi….best of luck

  19. misbah says:
    August 23, 2016 at 2:35 pm

    meege furathama part nufenun hama hoadha hoadhaves

Comments are closed.

All Right Reserved!