Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތެދުވެރި ހިތަކުން ލޯބިވީމެވެ.

Loolu Level 110 Stories100 Comments
August 12, 2016 3 Mins Read
10 Comments

އަހަރުގެ މެދުތެރޭން ޖުލައި މަހުގެ އާދައިގެ ދުވަހެކެވެ. ޝާޔަން ކޮނޑުގައި ދަބަސް އަޅުވާލައިގެން ދޮރާށިން ނުކުމެފަ ފުރަތަމަވެސް ބަލައިލެވުނީ އުޑުށްޗަށެވެ. އިއްޔެއާ ހިލާފަށް ވިލާ ބޯ ނުވިޔަކަސް އުޑުމަތި ސާފު ރީތި ދުވަހެކޭ ނުބުނެވޭނެއެވެ. ރީތިކޮށް ގަތާލެވިފައިވާ އިސްތަށިގަނޑުގައި ބޮލާއެކީ ފިރުމާލަމުން ޝާޔަން މިސްރާބުޖެހީ މާދުރުނޫން ހިސާބެއްގާ ހުރި ރަށު ސްކޫލާ ދިމާލަށެވެ.

އަރާފައި ހުރި ހުދު ބޫޓް ހަޑި ވެދާނެތީއާއެކު ޝާޔަން އަށް ހިނގަން ޖެހުނީ މަގުމަތީގައިވާ ފެނކޯރުތަކަށް ބަލައިގެން ސަމާލުވެލައިގެންނެވެ. ފަސްވަރަކަށް މިނެޓް ތެރޭ ސްކޫލާ ހަމައަށް ފޯރިއިރު ގަޑިއަށް އައިސްތިބި ކްލާސް ތަކުގެ ކުދިންތަށް ސްކޫލް މައިގޭޓުން އެތެރެ ވަނީއެވެ.

ކްލާހަށް ވަދެ ގޮޑީގައި ހަމަޖެހިލާފައި ބަލައިލިއިރު އެހެން ދުވަސްތަކެކޭ އެއްގޮތަށް މިއަދުވެސް ޝާޔަންގެ މޭޒުމަތީގައި ލޯބީގެ ސިޓީއެއް އޮތެވެ. އެއީ ކޮންމެ ދުވަހެއްގެވެސް އާދައެވެ. އެ ފެނިގެން ޝާޔަން ހައިރާނެއް ނުވެއެވެ. އެހެން ދުވަސް ދުވަހުވެސް ކަންތަށް ކުރާގޮތަށް އޭގައިވާ އެއްޗެއް ބެލުެއްވެސް ޝާޔަން ގެ މުށުތެރޭގައި ކަރުދާސް ކޮޅު ބޮޑިކޮށްލިއެވެ. ސާބިޓުކަމާއެކު ދުރުގައި އިން އިފްހާމްއަށް ޝާޔަން ބަލައިލިއިރު އެދޮން މޫނުން ރުޅިވެރިކަމެއް ފެންނަން ހުއްޓެވެ. ނަމަވެސް އިފްހާމްގެ ތުންފަތް މަތީގައިވަނީ ލާނެއް ހިނިތުންވުމެކެވެ.

“ހުން..ވަރަށް ފޫހުވޭ” ޝާޔަން އިތުރަށް ފޫހިވެ ނުރުހުން ވެވުނީ އިފްހާމް ހިނިތުން ވެލި ފޮނި ގޮތްފެނިފައެވެ. ކަންތަށް ބޮޑު،ގޮތެއްގަ ހިފަހައްޓަން އެނގުނު ލާނެތް ފިރިހެނެކެވެ. ހިތާހިތުން އެތިވަރު ގޮވަމުން މުށުތެރޭ ބޮޑިވެފައިވާ ކަރުދާސް ކޮޅު ދުރުގައިހުރި ކުނިއަޅާ ވަށިގަނޑަށް އެއްލިވަގުތު ކުލާސް ތެރެ ހޭއަޑުން ގުގުމައިގަތެވެ.

އިފްހާމްގެ ލާނެތް އެކުވެރިންތަށް ހޯބޯލަވައިގެންފާ ޖައްސާލި ވައްތަރުން އިފްހާމްއަށް މަލާމާތް ކުރިފަދައެވެ. އެވަގުތު ޓީޗަރު އައިސް ކުލާހަށް ވަނުމުން މުޅި ތަން ހިމޭން ވިއެވެ. ބަޔޮލޮޖީ ޓީޗަރަކީ މުޅި ސްކޫލްގައިވެސް ހުރި އެންމެ ރުޅިގަދަ ޓީޗަރެވެ. އޭނާ ފެނުނީމާ ކުދިން މައިތިރިވަނީ އެހާ ފަސޭހައިންނެވެ.

ބުރަދުވަހެއްގެ ކިޔެވުން ނިންމާލާފައި ޝާޔަން ގެއަށް ގޮސް ވަތްއިރު ކާމޭޒުދޮށުގައި ފުސްމޫނު ހަދާލައިގެން މަންމަ އިނެވެ. އޭނާ ފެނުމުން އަނގައިންވެސް ބުނެނުލާ އިންގޮތުން ވަރަށް ހިތްހަމަނުޖެހިފަ އިންކަން އެނގުނެވެ. ސުވާލެއް ނުކުރިކަމުގާވިޔަސް ބައްޕައާ ދެމީހުން މިއަދުވެސް އަރާރުން ގަނޑެއް ހިންގާލީކަން ޝާޔަަން އަށް ވިސްނުނެވެ. އެއީކީ އޭނާއަށް އާކަމެއްވެސް ނޫނެވެ. ބައްޕަ ރަށުގަހުރީޔާ އާދަޔަކީ ކޮންމެސް ކަމެއްގާ އަބަދުވެސް ދެމީހުން ހިލާފްވެ ޒުވާބު ކުރުމެވެ. ޅަދުވަހުން ފެށިގެންވެސް އެއީ ޝާޔަން ދެކެ ބަދަލެއް ނައި މަންޒަރެކެވެ. އަދި އެހިސާބުގެ ގިނަ މީހުންވެސް ދަންނަ ކަމެކެވެ.

ބަނޑުހައިވެފާ ހުރިނަމަވެސް ޝާޔަން ކޮޓަރިއަށް ވަނީ ސްކޫލު ޔުނީފޯމް ބަދަލުކޮށް މެންދުރު ނަމާދުކުރާށުވެ. ނަމާދު ނުކޮށް ކާން ނުކުމެއްޖާ މަންމަ ބޮން އަޅާނެކަން ޔަގީނެވެ.

ޝާޔަން އަކީ ރަށު ސްކޫލްގައި ކިޔަވަމުންދާ ވިސްނުންތެރި،ތޫނުފިލި ކިޔެވުމަށް މޮޅު ކުއްޖެކެވެ. އޭނާގެ ދިރިއުޅުމުގައި އެންމެ ޝައުގުވެރިކަމާއެކު ކުރަމުން ދާކަމަކީވެސް ކިޔެވުމެވެ. ޝާޔަން ގެ އަޒުމަކީ އޯލެވެލްގާ އޭނާ ހޯދި ކާމިޔާބީއަށް ވުރެވެސް މަތީ ކާމިޔާބީއެއް އޭލެވެލްގާ ހޯދުމެވެ. އުމުރުން އަށާރަ އަހަރުވެފައިވީ އިރުވެސް ލޯބީގެ ގޮތުން އޭނާ މީހަކާ ގުޅެން ބެނުންނުވަނީވެސް ކިޔެވުމަށް ބުރޫއަރާފާނެތީއެވެ. އަމުދުން އެކަމަށް އޭނާގެ މާބޮޑު ށައުގުވެރިކަމެއް ނެތުމާއެކު އެކަމަކީ ކިޔަވާ ނިމެންދެން ކުރުން މަނާކަމެއްގެ ގޮތުގައި މަންމަމެން ކަނޑައަލާފައިވާ ކަމަކަށް ވާތީއެވެ. އެއީ މަންމަގެ އުސޫލެވެ. ދުވާލެއްގާވެސް ރޭގަނޑެއްގާވެސް ބޭރަށްވެސް ދެވޭނީ މަންމައާ އެކުގައެވެ. ސްކޫލަށް އެކަނި ދެވެނީވެސް ސްކޫލް ކައިރިވުމުންނެވެ. ރައްޓެހިންނާއެކު ބޭރަށް ގޮސްލަންވިޔަސް މަންމަގެ ހާއްސަ ހުއްދައެއް ހޯދަންޖެހެއެވެ. އެކަމާ ޝަކުވާއެއް ކޮށްލިޔަސް މަންނަގެ ޖަވާބަކަށް ވެފަ އޮންނަނީ އަންހެން ދަރިއަކަށް ވީތީ ރައްކާތެރި ކަމާއެކު ބަލަން ޖެހޭނެކަމެވެ. ބޭނުންހާ ގޮތަކަށް އުޅެން ދޫކޮށްލައިފިނަމަ އެކަމުން ފަހުން މައިންބަފައިން ލަދުގަންނަން ޖެހިދާނެކަމެވެ.

މަންމަ ދައްކަނީ ތެދު ވާހަކަކަން ޝާޔަންއަށް ގަބޫލުކުރެވުނަސް އެވަރަށް ގޭގައި ހިފަހައްޓާތީ ހިތުގަ ޝަކުވާވެސް އުފެދެއެވެ. ނަމަވެސް މަދުފަހަރެއްގާ ނޫނީ ހާމަ ކުރަންވެސް ބޭނުން ނުވެއެވެ.

ޝާޔަންގެ އާއިލާއަކީ ކުޑަ އާއިލާ އަކަށް ވެފާ އޭނާއަކީ އެންމެ ހަނގު ކުއްޖައެވެ. ދެން ހުންނަނީ ރިމާހް އެވެ. އެއީ ޝާޔަންއަށް ވުރެ ތިންއަހަރު ދޮށީ އޭނާގެ ދޮންބެއެވެ. ރިމާހް އަކީ ރިތިކަމުގައި ފިރިހެން ކުދިންތެރޭ ގުނާލެވޭ ޒުވާނެކެވެ. އޭލެވެލް ނިންމާލަފައި އޭނާ ގޮސް ހުރީ މާލެގައި މެނޭޖްމެންޓްގެ ދާއިރާއިން ކިޔަވާށެވެ. އެހެންކަމުން ދޮންބެ ނެތުމާއެކު ޝާޔަންއަށް ގޭގައި އެކަނިވެރިކަން އިހްސާސް ކުރެވެއެވެ. ޗުއްޓިއެއް ލިބުނަސް ރިމާހް ރަށަށް އަންނާނީ މަދުފަހަރެއްގައެވެ. އާދޭތޯ ޝާޔަން އާދޭސް ކުރިޔަސް ރިމާހް ބުނާނީ އޭނާ މާބޮޑަށް ރަށަށް ދާހިތްނުވާކަމެވެ. އަޖައިބެކެވެ.އެހެން މީހުން އުޅޭނީ އަބަދުވެސް އާއިލަ ކައިރިއަށް ރަށަށް އަންނަހިތުން ޗުއްޓީއެއް ނުލިބިގެނެވެ. ރިމާހް ރަށަށް އަންނަން ބޭނުންނުވާ މަގްބޫލު އުޒުރެއް ވާނޭ ޝާޔަންގެ ހިތް އަބަދުވެސް ބުނެއެވެ. ނަމަވެސް އެއީ މިއަދާ ޖެހެންދެންވެސް އޭނާއަށް ނުހޯދުނު ކަމެކެވެ.

ޝާޔަންގެ މަންމަ މުނީރާއަކީ ރަށު ހޮސްޕިޓަލްގައި މަސައްކަތް ކުރާ ސީނިއަރ ނަރުހެކެވެ. އެހެންކަމުން އޭނާ ޑިއުޓީއަށް ދިއުމުން ސްކޫލަށް ދާން ނުޖެހޭކަމަށް ވާނަމަ ޝާޔަންއަށް ގޭގައި ހުންނަން ޖެހޭނީ އެކަންޏެވެ. ބައްޕަ ރަށުގަ ހުންނަ އިރެއް ވެއްޖާ ބައްޕަ ގޭގައި އުޅޭނެއެވެ. ނަމަވެސް ބައްޕައާ ޝާޔަންއާ މެދު މާއެދެވޭ ގުޅުމެއް ނޯވެއެވެ. ހާމަނުކުރިޔަސް ޝާޔަން ފާޑަކަށް ބައްޕަދެކެ ފޫހިވެއެވެ.

“ޝާޔަން..މަންމަ މިދަނީ ޑިއުޓީއަށް..ލަސްނުވަނީސް ބަތްކައިގެން ނިދަން އޮށޯންނާތި..” ބޫޓަށް އަރަންހުރެ މުނީރާ ގޮވާލިއެވެ. އަދި ޝާޔަންގެ ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތި ގޭދޮރުން ނުކުތެވެ. ޝާޔަން ކުޑަކޮށް ތުންފިއްތާލާފައި ގަޑިއަށް ބަލައިލިއިރު ރޭގަނޑު އަށެއް ޖަހަނީއެވެ. އޭރު އަށެއްގެ ހަބަރު ބަލަންއައިސް ސޯފާގައި ބައްޕަ އިނެވެ. ޝާޔަން ކަމޭޒަށް ނަޒަރެއް ދިންއިރު މުނީރާ ޑިއުޓީއަށް އެދިޔައީ ކާންހަދާފައެވެ.

ސްކޫލުން ދީފަހުރި ފިލާވަޅުތަށްވެސް ނިމުމާއެކު ކުރާނެ އިތުރުކަމެއް ޝާޔަންއަކަށް ނުވިސްނުނެވެ. ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލި އިރު އޭނާގެ ހިތަށް ވެރިވެފައިވަނީ އިންތިހާ ފޫހިކަމެވެ. މިއީ އޭނާގެ ދިރިއުޅުމެވެ. އެދިރިއުޅުމުން އެކަނިވެރިކަން ފިޔަވާ އިތުރު އެއްޗެއް އޭނާއަށް އިހްސާސް ނުކުރެވެއެވެ. އެންމެ ބޮޑަށް ދެރަވަނީ އާއިލާގައި ދޮންބެ ފިޔަވާ އިތުރު ކުއްޖަކު ނެތީމައެވެ. ވާހަކަދައްކާލާ ހަދާލާނެ މީހެއް ނެތީމައެވެ. މަންމަ ޑިއުޓީއަށް ދިއުމުން އެކަނިވާތީއެވެ. ބާލީހުގަ ބައްދާލައިގެން ހިޔާލްތަކަށް ގެއްލިފާ އޮއްވާ އެރޭ ޝާޔަންއަށް ނިދުނީ ނުވެސް ކައެވެ.

 

“މާޔާ ތިގޮތަށް މާޔޫސް ނުވެބަލަ.. އަދި މާޔާއަށް ރިފާއުގެ ހިތް މިލްކު ކުރެވޭނޭ” މާޔާގެ ކޮނޑުގާ ފިރުމާލަމުން ލަމްހާ ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައިވަނީ ޔަގީންކަމެވެ.

“އެކަމަކު ލަްހާ..އަހަރެންނަށް މިހާރު ކިހާވަރަކަށް މިޓްރައި ކުރެވޭނީ..އެނގޭ އަހަންނަށް ރިފާއު ލޯބިވަނީ ޝާޔަންދެކެކަންވެސް..އެކަމު ރިފާއުއަށް ހަމަ ރަނގަޅަށް އެނގޭނެ ޝާޔަން އެއްވެސް ކުއްޖަކާ ރައްޓެހިވާން ބޭނުން ނުވާކަން.. ދެން ކީއްވެތަ ކޮންމެ ފަހަރަކު ރިފާއު އަހަރެންގެ ލޯތްބަށް އެ ފުރަގަސް ދެނީ..އަހަރެންނަކަށް ނޭނގެ ހުރިހާ ފިރިހެންކުދިން ޝާޔަންއާ ހެދި މިއުޅެނީ ކީއްވެކަމެއް.. ރިފާއުވެސް އިފްހާމްވެސް އެދުވަނީ ޝާޔަން ނުލިބިގެން.. ނުވިތާކަށް އެއޮއް މަޑުމައިތިރި އާލިމްވެސް ލޯބިވަނީ ޝާޔަން ދެކެކަމަށް ކުދިންކިޔާ..”މާޔާގެ ލޮލުގައި ވަނީ މާޔޫސް ކަމެވެ. ހަގީގަތުގައިވެސް މާޔާ އިނީ ވަރަށް ދެރަވެފައެވެ. އޭނާ ހިތާ ފުރާނައިން ރިފާއުދެކެ ލޯބިވާއިރު މިއީ އޭނާގެ ހުށަހެޅުން ރިފާއު ރިޖެކްޓް ކޮށްލި ތިންވަނަ ފަހަރެވެ.

 

(ނުނިމޭ)

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Loolu

Level 110 Stories100 Comments

Other Articles

Previous

ވާލޯބި އެނގޭނަމަ….

Next

އެދުނީމޭ ލޯތްބާއި އުފާ 5

Next
August 12, 2016

އެދުނީމޭ ލޯތްބާއި އުފާ 5

Previews
August 12, 2016

ވާލޯބި އެނގޭނަމަ….

10 Comments!

  1. Mee says:
    August 12, 2016 at 7:59 am

    V nice vaane hen hyvey

  2. sabeeha says:
    August 12, 2016 at 8:44 am

    v reethi

  3. Marsh says:
    August 12, 2016 at 9:07 am

    Reeethi vaane hen v heeveyyy….

  4. ? says:
    August 12, 2016 at 9:10 am

    Vvv reethi……?When next part?

  5. reesham says:
    August 12, 2016 at 9:49 am

    thanks hurihakudhinnah..this is my first story to this site..so i knw mistakes hunnaanekan..hurihaa kudhinves mistakes thah faahaga kohdheythi. mivaahaka thi kudhinnah rythi vaanekamah ummeedhu kuran..next part haveerun up khdheynan insha allah..

    1. Aanaa says:
      August 12, 2016 at 3:11 pm

      Mee haadha popular pic ekey. Varah gina stories in fenijje. Google kollee ma maa avahah fenna pic eh tha mee?

  6. mash says:
    August 12, 2016 at 11:48 am

    V v nice waiting for the next part??

  7. Shiny says:
    August 12, 2016 at 6:31 pm

    Nice story

  8. Ayshaa says:
    August 14, 2016 at 9:26 am

    Nice story eh kamah hope kureveny ekm dhivehi bahuge kuh thankoljeh ginakan faahaga kohleve but story hama vvvv reethi ingey

  9. dheavi says:
    November 17, 2016 at 9:41 am

    cant wait.. make it fast.. quite intresting

Comments are closed.

Next Episodeތެދުވެރި ހިތަކުން ލޯބިވީމެވެ. ( 2 ވަނަ ބައި )←


All Right Reserved!