“އީން ހިނގާ ގެއަށް ދާން.މިހާރު އިރުއޮއްސެން އެއުޅެނީ”އައިރާ ބުނެލިއެވެ.”އާން ހިނގާ ދާން”އީން ބުނެލިއެވެ.އަދި އައިރާ އާއި އީން އެކީ ގެއަށް ދާން ހިނގައިގަތުނެއެވެ. ********************************************************************************** “ދަރިފުޅާ ޒަވާ. ކޮބާ ތިއްތިބެ”ޒަވާ ފެނުމާއެކު ޒިހާދު އެހިއެވެ.” ތިއްތިބެ އަދި ގެއަށް ނާދޭ”ޒަވާ ބުނެލިއެވެ.”އެހެން. ދަރިފުޅު ދެބަލަ ބައްޕަ އަލަމާރިން ނަގާފަހުރި ހެދުންތަކެއް ހުނާނެ.އެތާ އެނދުމަތީ ބާއްވާފަ އޮތް ދަބަހަށް އަޅާލަދޭން.”ޒިހާދު ބުނެލިއެވެ.”ބައްޕާ. އަނެއްކާ ތަނަކަށް ދާންވެގެންތަ؟”ޒަވާ އަހާލިއެވެ.”ހޫމް…މާދަން ފަތިހު މިއުޅެނީ ބައްޕަ ފަހުން ގަތް ރިސޯރޓް ހަދާނިމިފައިވާތީ އެތަން ބަލާލަން ދާންވެގެން. ތިންވަރަކަށް ދުވަސް އެތާހުރެފަ އެނބުރި އަންނާނަން.އަމް.. މަންމަ އަދިވެސް ނާދޭދޯ.ކޮންއިރަކު ބޭރަށް ދިޔައީ” ޒިހާދު ބުނެލިއެވެ.”މަންމަ ހަވީރު ބޭރަށް ދާން ނިނުންނަނިކޮށް ދުށިން.އެދިޔަގޮތަށް އަދި ނާދޭ”‘ޒަވާ ޖަވާބުދިނެއެވެ. “މިހާރު ގަޑިން އެހުރީ އެގާރަ ޖަހާފަވިއްޔަ.މުސްކުޅިވަމުންދާ އިރުވެސް މީހާ އިސްލާޙު ވާކަށް ނޫޅެ” އަމިއްލަ ނަފްސަށް އިވޭވަރަށް ޒިހާދު ބުނެލުއެވެ. “ބައްޕާ އެއްޗެކޭ ބުނިންތަ؟”ޒަވާ އެހިއެވެ.”ނޫން މިބުނީ މާދަން ފުރަންވާއިރަށް އަވަހަށް ހޭލަންޖެހޭނޭ” ހިނިތުންވލަމުން ޒިހާދު ބުނެލިއެވެ. ޒަވާ އަވަސްވެ ގަތީ އޭނަ ބައްޕަ އެދުނު ކަންތަށް ކޮއްދިނުމަށެއެވެ. ޒަވާ އެތަނުން […]
ކާމޭޒު ދޮށުގައި އެންމެން ވެސް ކަަމުން ގެންދިޔައީ ވަރަށް ހަމަހިމޭންކަންމަތީގައެވެ. އެހެންނަމަވެސް އައިރާ ދެތިން ފަހަރު ކަަލާފައި އޭނަ އިނީ ތައްޓާ ކުޅޭށެވެ. “އައިރާ މިހާރު ކިހިނެތްވެފަ ތިހިރީ” އިޔާޝާ ބުނެލިއެވެ.”މަންމާ އަޅުގަނޑު އަދި ބޭނުންވޭ އިތުރަށް ކިޔަވަން.” އިޔާޝާ ދިމާލަށް ބަލާލަމުން އައިރާ ބުނެލިއެވެ. އިޔާޝާ އާއި ފަޒީލް ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ. “ދަރިފުޅާ މިރަށުން ދަރިފުޅށް ކިޔެވޭނެ އެންމެމައްޗަށް ކިޔަވާފަ ތި ހުރީ. އެކަމް އޭލެވް އާއި ހިސާބަށްނުން މިރަށުގަ ކިޔެވެން އޮތީ. ބައްޕައަށް ވެސް […]
ރިޕޯރޓް ފޮތް އަތަށް ލައިގެން މަގުމަތިން ދުވަމުން ދުވަމުން އަންނަ އަންހެން ކުއްޖާގެ މޫނުމަތީ ވަނީ ފުޅާ ހިނިތުންވުމެކެވެ. އެފުޅާ ހިނިތުންވުމުން ވެސް އެ އަންހެންކުއްޖާ އުފާވެފައި ހުރި މިންވަރު ފެންނަ ކޮންމެ މީހަކަށް ޝައްކެއްނެތި އިނގިގެންދާނެތެވެ. އެ އަންހެންހެންކުޖާ ގޮސް ތިން ފޫޓަށް ވަށާފާރު ރާނާފައި ބޭރުދޮރެއް ނެތް ގޯތި ތެރެއަށް ވަދެގެން ދިޔައެވެ. އެ ގޯތި ތެރޭގެ އެއްފަރާތެއްގައި ކުރީޒަމާނުގައި އުވަގަލުން ރާނާފައި އިޓު ބޭނުންކޮށްގެން ހިޔާކޮށްފައިވާ އެ ކުޑަ ގޭތެރެއަށް ދުއްވާގަނެގެން ގޮސް އެ އަންހެންކުއްޖާ ވަދުނެނެވެ. އެގެއަކީ […]