Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުފިލާނޭ މިހިތަކުން… 1

Laya Level 310 Stories100 Login
May 21, 2020 3 Mins Read
7 Comments

ހަލުވި ފިޔަވަޅުތަކެއްގައި ކެމްޕަސްގެ ތެރެއަށް ވަދެގެން ގޮސް ލިފްޓް ދޮށުގައި މަޑުކޮށްލުމަށްފަހު މާކިން ލޮލުގައި އަޅާލާފައިވާ އަވި އައިނު ނަގާލިއެވެ. ލިފްޓް ހުޅުވުމާއިއެކު މާކިން ލިފްޓްގެ ތެރެއަށް ދެމިގަތް ގޮތުން އޭނާ ވަރަށް އަވަހަށް ތަނަކަށް ދާން ބޭނުންވެފައި ހުރިކަން އެނގެއެވެ. ބޭނުންވާ ފަންގިފިލައަށް ދެވުމާއިއެކު ލިފްޓުން ނުކުމެގެން ދުވެލާފައި ކަހަލަ ގޮތަކަށް މާކިން އޭނާގެ ކްލާސްރޫމާއި ދިމާއަށް މިސްރާބު ޖެހިއެވެ.

“ހަހ..؟” ކްލާހުގެ ދޮރު ހުޅުވާލި އިރު ކްލާސް ފަޅަށް އޮތުމުން މާކިންގެ މޫނުމަތީގައި އުފެދުނީ ހައިރާންކަމެވެ. ހެނދުނު 8.10 ގައި ފެށޭ ގަޑިއެއް 8.20 ވީއިރުވެސް ނުފެށެނީ ހެއްޔެވެ؟ ބޯ ކަހާލަމުން ކްލާހުގެ ކުރިމަތިން ހުރި ސްޓަޑީ އޭރިއާގައި ހުރި ސޯފާއަށް ވެއްޓިގަންނަމުން އޭނާ ދެކޮޅު ހޯދާލިއެވެ. ސްޓަޑީ އޭރިއާގައި އޭނާ ނުދަންނަ ދެތިން ކުދިން ތިއްބެވެ. އެހެން ނަމަވެސް އޭނާގެ ކްލާހުގެ އެކަކުވެސް ނެތެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ޖީބުގައި އޮތް ފޯނު ނެގުމަށްފަހު ވައިބަރ ބަލާލިއެވެ. ހޭލެވުނުލެއް ލަސްކަމުން ގަޑި ޖެހިދާނެތީ އެވަރުކޮށްލާނެ ވަގުތުވެސް އޭނާއަށް ނުވީއެވެ.

“ގަޑި ލަސްވީއޭ؟….” މާކިން ފޯނާއި ދިމާއަށް ބަލަހައްޓައިގެން އިނދެ އަޑުގެ ކޮޅަށް ބުނެލިއެވެ. އޭނާއަށް އެހެން ބުނެވުނީ މާ ބާރަށްކަން ރޭކާލީ އެވަގުތު ކައިރީގައި ތިބި ދެ އަންހެން ކުއްޖަކު ރަކި ގޮތަކަށް ހޭން ފެށުމުންނެވެ. އެ ދެކުދިންނަށް ލޯ ހަނިކޮށްލުމަށްފަހު މާކިން އަނެއްކާވެސް ސޯފާގެ ތެރެއަށް ވެއްޓިގަތެވެ. ހޭލެވުމާއިއެކު ފޯނު ބަލާލެވުނު ނަމައެވެ. ހޭލެވުނުލެއް ލަސްވެގެން ގަޑި ޖެހިދާނެތީ އޭނާއަށް ރަނގަޅަށް ރީތިވެސް ނުވެވުނެވެ. ދަތްތައް އުނގުޅައިގެން ފެން ވެރުނުކަންވެސް ނަސީބެވެ. ވާނީވެސް އެހެންނެވެ. ކޯސް ފެށުނު ފަހުން މިވީ ހަފްތާއެއްހާ ދުވަސްތެރޭގައި ހެނދުނު އޮންނަ އެންމެ ކްލާހަކަށްވެސް އަދި ގަޑި ނުޖެހި ނާދެވެއެވެ.

ހިތާއި ހިތުން އަމިއްލަ ނަފްސަށް ކުދި ކިޔަމުން މާކިން ސޯފާއިން ތެދުވެ މޯޅިއަކަށް ދެމިލަމުން ކޮނޑުގައި ދަބަސް އަޅުވާލިއެވެ. އެވަގުތު އޭނާގެ ދިގު އިސްކޮޅާއި އެއްވަރުގެ ހަށިގަނޑު ރަނގަޅަށް ހާމަވެލިއެވެ. ލާފައި ހުރި އަތްދިގު ހުދު ޓީޝާޓާއި، ކަޅު ޖީންސް އެ ހަށިގަނޑާއި ނުހަނު ގުޅެއެވެ. ޓީޝާޓުގެ އަތް ރޫތަކަކާއިއެކު އުޅަނބުއްޓާއި ހަމައަށް އޮޅާލާފައި ވުމުން ފިރިހެންވަންތަ ގޮތެއް ހުއްޓެވެ. ކުލަ އަލި މޫނާ ގުޅޭ ގޮތަށް މެދު މިނަކަށް ކޮށާފައިވާ ކަޅުކަންގަދަ، ފަން އިސްތަށިކޮޅެކެވެ. ފަންކާ ވައިގެ ތެރޭގައި އިސްތަށިތައް ހެލިލަ ހެލިލާ ހުރުމުން އޭނާގެ ބޮލުގައި މާގިނަ ޖެލްތަކެއް ލާފައި ނުވާކަން ހާމަވެއެވެ. ކަޅުކަންގަދަ، ވަރުގަދަ ދެބުމައާއި، ތޫނު ދެލޮލެވެ. ކުރު އިސްތަށިތަކަކުން ފަޅުފިލުވާލެވިފައިވާ ތުނބުޅީގެ ސަބަބުން އިތުރަށް   ފިރިހެންވަންތަ ކަމަށް ދައްކައެވެ.

“ވޯހ..” ދަބަސް އަޅުވައިގެން ދާން ހިނގައިގަތުމަށްފަހު އަނެއްކާވެސް އެއްކަލަ ދެއަންހެން ކުދިންގެ އަޑަށް ފަހަތް ބަލާލުމަށްފަހު މާކިން ލޯ ހަނިކޮށްލިއެވެ. ބެލުން ތިރިކުރަން ޖެހެނީ ހަމައެކަނި ފިރހެނުންބާއޭ ހިތައް އަރާ ހާލު ފުސް މޫނު ހަދައިގެން ހުރެގެން އެތަނުން ނުކުމެގެން ހިނގައްޖެއެވެ.

ކްލާސް ލަސްކޮށްފައި ވަނީ 9.10 އަކަށް ކަމަށް ވާތީ މާކިން ގެއަށްދާ ޚިޔާލެއް ނުކުރިއެވެ. ކެންޓީނުން ކޮފީ ދަޅެއް ގަނެގެން އޭނާ މިސްރާބު ޖެހީ ކެމްޕަސްގެ ގޯތިތެރޭގައިވާ ބެންޗުތަކާއި ދިމާއަށެވެ. ހީކުރި ގޮތާއި ޚިލާފަށް ބެންޗުތަކުގައި ފުދޭވަރަކށް ކުދިން ތިއްބެވެ. ޖޯޑު ޖޯޑާއި ގްރޫޕް ގްރޫޕެވެ.

“ގަޑި ޖެހުމުގެ މާ ކުރިން މިކަމަށް ދޯ މި އަންނަނީ..” ހުސް ބެންޗެއް ފެނޭތޯ ބޯ އަރިކޮށްލަމުން މާކިން މަޑު މަޑުން ބުނެލިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އެންމެ އަންހެން ކުއްޖަކު އިން ބެންޗެކެވެ. އިތުރު ހުސްތަނެއް ނެތުމުން އޭނާ އެދިމާއަށް ހިނގައިގަތެވެ.

“އެކްސް ކިއުޒް.. މްމް.. މީހެއްގެ ސީޓެއްތަ މީ؟.. ” މާކިން ބެންޗް ކައިރީގައި ހުއްޓިލުމަށްފަހު ކުޑަކޮށް ގުދުވެލަމުން އެތަނުގައި އިން އަންހެން ކުއްޖާއާއި މުޚާތަބު ކުރިއެވެ. އެވަގުތު އިނގިރޭސި ވާހަކަ ފޮތެއްގެ ތެރެއަށް ގެއްލިފައި އިން އަންހެން ކުއްޖާ ސިހިފައި ކަހަލަ ގޮތަކަށް ބަލާލުމަށްފަހު ނޫނެކޭ ބުނުމަށް ބޯ ހޫރާލިއެވެ. އެވަގުތު އެއީ މާކިންއާއި އެއް ކްލާހަކަށް ދާ ކުއްޖެއްކަން އޭނާއަށް އެނގުނެވެ. އެހެން ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުބަހައްޓާ އެ ކުއްޖާއާއި ދެމެދު ފުދޭވަރެއްގެ ދުރުމިން ބަހައްޓާފައި އިށީނދެއްޖެއެވެ. އެއީ މެދުގައި މޭޒެއް ހުރެފައި ދެފަރާތުން އިށީނދެވެން ހުންނަ  ފުދޭވަރަކަށް ބޮޑެތި ބެންޗުތަކެއް ކަމުން  ގާތްގަނޑަކަށް ހައެއްކަ މީހުން އިށީންނާނެ ޖާގަ އޮތެވެ.

މޫސުމް ރީތި، ހިތްގައިމު ދުވަހެއްކަމުން އެތަނުގައި މަޑުކޮށްލުންވީ މާކިންގެ ހިތަށް ހަމަޖެހުން ގެނުވި ކަމަކަށެވެ. ހަމަ ޖެހިލައިގެން ކޮފީ ދަޅު ބޯން އިނދެ ކުއްލިއަކަށް އޭނާއަށް އެތާ އިން އަންހެން ކުއްޖާއަށް ބަލާލެވުނީ އެކުއްޖާ ސިއްސައިގެން ދިއުމުންނެވެ. ދެލޯ ބޮޑުކޮށްފައި މާކިންއާއި ދިމާއަށް ބަލަހައްޓައިގެން އިންގޮތުން އޭނާވެސް ނުތަނަވަސްވިއެވެ.

“ކިހިނެތްވީ؟..” މާކިންއަށް ބޭއިޚްތިޔާރުގައި ސުވާލުކޮށްލެވުނެވެ.

“ފޯން.. ވައިބްރޭޓްވީމަ ސިއްސައިގެން ދިޔައީ..” މޭޒުގައި އޮތް މާކިންގެ ފޯނަށް އިޝާރާތް ކޮށްލަމުން އެކުއްޖާ ބޯހޫރާލިއެވެ. އަދި އެސްފިޔަތައް ތިރިކޮށްލުމަށްފަހު ކުރިންވެސް އިންގޮތަށް ފޮތުގެ ތެރެއަށް ވަދެއްޖެއެވެ.

ސުވާލުން ފުރިގެންވާ ފަދަ ގޮތަކަށް އެކުއްޖާގެ ހަރަކާތްތައް ބަލަން ކުޑަކޮށް އަނގަ ހުޅުވިފައި އިން މާކިން މޫނު އަނބުރާލަމުން ދެބުމަ އަރުވާލިއެވެ. ފޯނު ބޮޑަށް ކައިރީގައި އޮތީ އޭނާއާއެވެ. ވައިބްރޭޓްވީކަން އޭނާއަށް އެނގުމުގެ ކުރިން އެކުއްޖާއަށް އެނގުނީއެވެ. ހަމަ އެކަނި އެނގުނީއެއް ނޫނެވެ. ސިއްސައިގެން ގޮސް ބޮޑު ބިރަކަށްވެސް ހެދީއެވެ. ދެލޯ ބޮޑުކޮށްގެން ބަލަން އިން އިރު ހީވީ ބޮޑު ބިރެއް ފެނިފައި އިން ހެންނެވެ. ބޮޑު ދެލޮލެވެ. ކަޅު ކަޅި އެހާ ކަޅުވެފައި، ހުދު ކަޅި އެހާ ހުދެވެ. އެސްފިޔަތައް ދިގެވެ. ދުވަހަކުވެސް ނުދެކޭހާ ރީތި ދެލޮލެވެ. ހިތައް އަރަންފެށި އެއްޗެހިތަކުން މާކިން ފަރުވާކުޑަ ގޮތަކަށް އެއް މިޔަކަނުން ހީނލަމުން ބޯ ހޫރާލިއެވެ.

ގަޑި ޖެހުމުން ކްލާހާއި ދިމާއަށް ހިނގައިގަތީ ދެމީހުން އެއްކޮށް ކަހަލަ ގޮތަކަށެވެ. މާކިން ލިފްޓާއި ދިމާއަށް ދިޔައިރު އެ އަންހެން ކުއްޖާ ދިޔައީ ސިޑިއާއި ދިމާއަށެވެ. އެކަންވެސް އޭނާއަށް ވީ ހައިރާން ވާފަދަ ކަމަކަށެވެ. ލިފްޓް ހުއްޓާ ސިޑިން ދާންވީ ކީއްވެ ހެއްޔެވެ؟ ދެން އޭނާއަށް ފެނުނީ ސިޑިއާއި ހިސާބަށް ގޮސްފައި، އެތާ ހުރި މަސައްކަތު މީހަކު އެއްޗެއް ބުނުމުން އެ އަންހެން ކުއްޖާ އެނބުރި ލިފްޓާ ދިމާލަށް އަންނަން ފެށި މަންޒަރެވެ. “ހަހް.. ވިއާރޑޯ..” އެއް މިޔަކަނުން ހީނލަމުން މާކިން ހިތާއި ހިތުން ބުނެލިއެވެ.

ކަން ދިމާކުރި ގޮތުން ލިފްޓަށް އެރުނީ މާކިންއަށާއި އެ އަންހެން ކުއްޖާއަށް އެކަންޏެވެ. ދޮރު ލެއްޕުމާއިއެކު އެ އަންހެން ކުއްޖާގެ ނޭވާގެ އަޑު އޭނާއަށް އިވެން ފަށައިފިއެވެ. މާކިން ފުރަތަމަ ފަހަރަށް ފަރުވާތެރި ނަޒަރަކުން އެކުއްޖާއަށް ބަލާލިއެވެ. އެކުއްޖާ ނޭވާލުން އާދަޔާ ޚިލާފަށް އަވަހެވެ. ދެއަތް ދެއަތާ އުނގުޅަމުން ދިޔައިރު ދެލޮލުގައި ވަނީ ސިހުމާއި ހާސްކަމެވެ. އެވީ ކުޑަ ވަގުތު ކޮޅުގެ ތެރޭގައި ދާތިކިތައް އެކުއްޖާގެ ދޮން މޫނުން ފާޅުވާން ހުއްޓެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Laya

Level 310 Stories100 Login

I found peace in writing ❤️

Other Articles

Previous

މިދެލޯ ފުހެލަ ދޭށޭ ލޯބިން 6

Next

ނޭނގޭ! (5)

Next
May 21, 2020

ނޭނގޭ! (5)

Previews
May 20, 2020

މިދެލޯ ފުހެލަ ދޭށޭ ލޯބިން 6

7 Comments!

  1. Queen says:
    May 21, 2020 at 12:24 pm

    Nice

  2. ?? says:
    May 21, 2020 at 2:18 pm

    Woww ?? it’s awesome ❤❤

  3. ?Ril? says:
    May 21, 2020 at 3:15 pm

    Varah sali. When next❤❤❤❤❤

  4. ޠާނީ says:
    May 21, 2020 at 4:47 pm

    E girl kuhjaa ah kiyaanii shaaya engey.?
    Between mi part vrh rythi.maasha Allah ❤️

  5. Layaaa says:
    May 23, 2020 at 7:01 pm

    Aww thank you, girl kujja ah kiyaa nan 2nd part ga onnaane

  6. Layaaa says:
    May 23, 2020 at 7:04 pm

    thank you ❤️

  7. ?? says:
    October 18, 2020 at 6:36 pm

    Ril akii kaaku

Comments are closed.

Next Episodeނުފިލާނޭ މިހިތަކުން… 2←


All Right Reserved!