Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުފިލާނޭ މިހިތަކުން… 5

Laya Level 310 Stories100 Login
May 30, 2020 6 Mins Read
11 Comments

**** ތިޔަ ލޯބި މޫނު ފެނުމުން

އަހަރެންގެ ހިތް ދެވިއްޖޭ ****

މާކިން މަޑުމަޑުން މެހެކްގެ ކޮލުގައި އަތް ބާއްވާލިއެވެ. ބޭ އިޚްތިޔާރުގައި އޭނާގެ ނިތްކުރިއަށް ބޮސް ދެވުނެވެ. މެހެކްއަށް ރައްކާތެރިކަން ދިނުމަށް ހިތާއި ހިތުން ވައުދުވެވުނެވެ.

މެހެކްގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިން މާކިން ސިއްސައިގެން ދިޔައީ ގޭގެ ދޮރުގައި ޓަކިދިން އަޑަށެވެ. އިޝާންއާއި ޝުބާ ގެއަށް އައީކަން އެނގުމުން މާކިން މަޑު މަޑުންގޮސް ދޮރު ހުޅުވާލިއެވެ.

“އަނހަ.. މެހެކް ނިދީތަ؟..” އެތެރެއަށް ވަންގޮތަށް ޝުބާ ސޯފާގައި އޮތް މެހެކްއަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. އޭރު އިޝާން އެހެންޏާ ނުހުންނަ ފަދަ ގޮތަކަށް ޝުބާއަށް ބަލަހައްޓައިގެން ހުރި މަންޒަރު މާކިންއަށް ފާހަގަ ކުރެވުނެވެ.

“އާނ.. ނިދުނީ އެތާ އޮއްވާ.. ދެމީހުން ތެމިފައެއްނު ތިތިބީ.. މަގުމަތީ ތިއްބަތަ ވާރޭ ވެހިގަތީ..” މާކިން ފަރުވާތެރި ނަޒަރަކުން ޝުބާއާއި އިޝާންގެ މޫނަށް ބަލާލަމުން އެހިއެވެ.

“ހުމްމް.. މެހެކްއަށް ގޮވަންވީނު.. އަހަރެން ނިދަން މި ވަންނަނީ..” ޝުބާ މާކިންގެ ސުވާލަކަށް ސަމާލުކަމެއް ނުދިނެވެ. އޭނާގެ އަޑުގައި ވަނީ އާދަޔާ ޚިލާފު މަޑުމައިތިރިކަމެކެވެ. ވާހަކަ ދެއްކިއިރުވެސް މަސައްކަތް ކުރީ މާކިންގެ މޫނަށް ނުބަލާ ވޭތޯއެވެ. އިޝާންވެސް އެފަދައެވެ. ލާފައި ހުރި ޖީންސްގެ ޖީބަށް ދެއަތް ޖަހާލައިގެން ހުރިއިރު އޭނާވެސް އަނގައިން އެންމެ ބަހެއްވެސް ނުބުނެއެވެ.

“މެހެކް ބާއްވާ އެތާ.. ދެން ހޭލެވިއްޖެއްޔާ ވަރަށް އުނދަގޫ ވާނެ ނިދަން.. ޝުބީ ނިދާލަން ދޭ.. އަހަރެން އުޅޭނަން ސިޓިންގ ރޫމްގައި..” މާކިން އެހެން ބުނުމުން ޝުބާ އިތުރު ސުވާލެއް ނުކޮށް ކޮޓަރިއަށް ވަދެއްޖެއެވެ. ހަމަ ގައިމުވެސް ޝުބާގެ އާދައިގެ ހާލަތުގައި ހުރި ނަމަ އެކަމާ ސުވާލު ނުކޮށެއް ނުދިޔައީހެވެ.

“މަވެސް ދިޔައީ.. ފަތިހު ގޮވާލައްޗޭ ކެން..” ޝުބާ ދިއުމާއިއެކު އިޝާންވެސް ފަރުވާކުޑަ ގޮތަކަށް އެހެން ބުނެލުމަށްފަހު ކޮޓަރިއަށް ވަދެއްޖެއެވެ.

ދެމީހުން ދިޔަ ދެކޮޓަރިން ފަހަރަކު ކޮޓަރިއަކަށް ބަލަމުން މާކިން ލޯ ހަނިކޮށްލިއެވެ. އަނެއްކާ އޭގެ ދެމީހުންނަށް ކިހިނެތްވީ ބާވައެވެ. އެންމެ ކުޑައިރުން ފެށިގެންވެސް އެދެމީހުން ރުޅިއަށް ތިއްބާ މާކިންއަށް ފެނިފައިވަނީ މަދު ފަހަރަކުއެވެ. ޝުބާ ކަންތައްތަކާއި ތުން ދަމައިގެން އުޅުނަސް އިޝާންއަކީ އެއްވެސް ކަމަކާއި މާ ބޮޑަށް ސީރިއަސް ވާ މީހެއް ނޫނެވެ. އެހެން ނަމަވެސް މިރޭ ޝުބާއަށް ވުރެ ބޮޑަށް އިޝާންގެ މޫނުމަތީގައި ނުތަނަވަސްކަން ހުރިކަމަށް މާކިންއަށް ޤަބޫލުކުރެވުނެވެ. މާކިން ފުން ނޭވާއެއް ދޫކޮށްލިއެވެ. ދެން މާދަން ހަމަޖެހިލައިގެން ވީގޮތެއް އޮޅުން ފިލުވާލާނީއެވެ.

މެހެކް ނުހޭލަނިސް އެތަނުން ދާން ބޭނުން ނުވާތީ މާކިން ފިލްމެއް އަޅުވާލައިގެން މެހެކްގެ މޫނުކައިރީގައި ޓައިލްސްތައް މަތީ އިށީނދެލަމުން ފިލްމަށް ސަމާލުވެލިއެވެ. މެހެކްއަށް ހޭލެވިދާނެތީ ޓީވީގެ އަޑުވެސް ހުރީ ވަރަށް ބޮޑަށް މަޑުކޮށްފައެވެ.

ޓީވީން ފެންނަމުން ދިޔަ މަންޒަރުތަކަށް ނަޒަރު ހުއްޓާލައިގެން އިން މާކިންއަށް މެހެކްއާއި ދިމާއަށް ބަލާލެވުނީ އޭނާ ހޭލިހެން ހީވެގެންނެވެ. އޭރު މެހެކް ނިދީގައި އޮވެގެން ގިސްލަނީއެވެ. ލޯ މަރައިގެން ދެބުމަ ކައިރިކޮށްލައިގެން އޮވެގެން ގިސްލަ ގިސްލާފައި ރޮނީއެވެ. ގިސްލެވެމުން ދިޔަ މެހެކް ގެ ލޮލުގެ ހިމަކޮޅުން ކަރުނަ އޮހޮރެމުން ދިޔަ މަންޒަރު ބަލަން އިން މާކިންގެ ލޯ ފެންކަޅިވިއެވެ. އެކުއްޖާއަށް ކުރިމަތިވެފައިވަނީ ކޮންފަދަ ހިތާމަވެރި ކަމެއް ބާވައެވެ.

“މެހެކް.. ހޭލަބަލަ.. މެހެކް..” މެހެކް ނިދާފައި އޮވެގެން މާ ބޮޑަށް ރޯން ފެށުމުން މާކިންއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. މެހެކްގެ ކޮލުގައި ހިފަހައްޓާލަމުން ނުހަނު ލޯބިން އޭނާއަށް ގޮވިއެވެ.

“މެހެކް.. ނުރޮއިބަލަ.. ހޭލަބަލަ ޕްލީޒް..” މެހެކްގެ ކަރުނަ ފޮހެދިނުމަށްފަހު އަތުގެ ނުފުށުން އަމިއްލަ ކަރުނަތައް ފޮހެލި މާކިންގެ އަޑު ކުރެހިއްޖެއެވެ. މެހެކް ލޯ ހުޅުވާލީ އެވަގުތުއެވެ. ލޯ ހުޅުވާލުމާއިއެކު އޭނާގެ މޫނާއި ނުހަނު ކައިރީގައިވާ މާކިންގެ މޫނު ފެނުމާއިއެކު މެހެކް ދެލޯ ބޮޑުކޮށްލިއެވެ. ސުވާލުން ފުރިގެންވާ ފަދަ ގޮތަކަށް މާކިންއަށް ބަލަހައްޓައިގެން އޭނާ އޮތީ ނުތަނަވަސްވެފައެވެ.

“ހޭލެވިއްޖެ ދޯ.. މެހެކް ނިދާފައި އޮވެގެން ވަރަށް ގަދައަށް ރޯން ފެށީމެ..” މާކިން އޯގާތެރިކަމާއިއެކު މެހެކް ނަގާ ސޯފާގައި ބައިންދަމުން ބުނެލިއެވެ. މާކިން އެހެން ބުނެލުމާއިއެކު މެހެކް ލޯ މަރާލަމުން މޫނުމަތީގައި އަތް ކާއްތާލިއެވެ. އަދި ގޮތް ހުސްވެފައިވާ މީހަކު ފަދައިން މާކިންގެ މޫނަށް ބަލާލިއެވެ.

“މްމް.. ވަރަށް ބޮޑަށް ސޮރީ.. ބައެއް ފަހަރު.. ބައެއް ފަހަރު ވާގޮތެއް އެއީ.. ޝުބާމެން ކޮބާ.. އައިސްފިތަ؟”

މާކިންގެ ތޫނު ނަޒަރު ފެނުމުން އިސްޖަހާލަމުން މެހެކް ވާހަކަ ދެއްކިއެވެ. މެހެކްގެ ހަރަކާތްތަކުން ހީވަނީ ފޮރުވައިގެން އުޅޭ ސިއްރުތަކެއް ފަޅާ އަރައިގެން އުޅޭ ހެންނެވެ.

“ހުމްމް.. އައިސްފި.. މެހެކް.. ކީއްވެ އެހެން ވަނީ.. ވާރޭ ވެހުނު އިރު ކީއްވެ ބިރުގަތީ…” މާކިން ހިތްވަރު ކޮށްފައި އޭނާގެ ހިތުގައި އުފެދިފައިވާ ގިނަ ސުވާލުތަކުން އެއް ސުވާލު ކޮށްލިއެވެ. އެއާއިއެކު މެހެކްގެ މޫނުމަތީގައިވާ ނުތަނަވަސްކަން އިތުރުވިއެވެ.

“އެއީ.. އެއީ.. އެފަދަ ރެއެއްގަ ބިރު ގަންނަ ކަހަލަ ކަމެއް ވެފަ ހުރީމަ.. މާކިން.. އަހަރެން.. އަހަރެން ބޭނުމެއް ނޫން އެވާހަކަތައް ދައްކާކަށް.. މާކިންއަށް އެނގޭކަށްވެސް ބޭނުމެއް ނޫން.. އެކަމު..” މެހެކް ފުން ނޭވާއެއް ދޫކޮށްލިއެވެ. “އެކަމު.. މާކިންއަށް މިހާރު ފެނިއްޖެ.. ޕްލީޒް ޝުބާމެން ކައިރި ނުބުނައްޗޭ.. އަހަރެން ބޭނުމެއް ނުވޭ އެހެން މީހުން އަހަރެންނާއި މެދު ކަންބޮޑު ވާކަށް.. މާކިންވެސް… މިރޭ ކަންތައް ވީގޮތުން ވަރަށް ބޮޑަށް ސޮރީ.. އެކަމު އެއީ ވަރަށް ޕާސަނަލް ކަމެއް.. އަހަރެން.. އަހަރެން އެކަންކަމާއި ކުރިމަތިލާން ބޭނުންވަނީ އަމިއްލައަށް..” މެހެކް ވާހަކަ ދައްކަމުން ދިޔައިރު އަޑުގައި ތުރުތުރެއް ހުއްޓެވެ. އެހުރިހާ ވާހަކަ ދެއްކިއިރު އެންމެ ފަހަރަކުވެސް އޭނާ އިސް އުފުލާލާ މާކިންއާއި ހަތަރު ކަޅި ހަމަކޮށެއްނުލައެވެ. އުނގުތެރޭގައި އޮތް ދެއަތް ދެއަތާ މޮޑެމުން ދިޔައިރު އޭނާގެ ނުތަނަވަސްކަން ރަނގަޅަށް ހާމަވެއެވެ.

“އެއްވެސް މީހަކު ކައިރިއަކު ނުބުނާނަން.. އެކަމު.. އަހަރެންނަކީ މެހެކްގެ ފްރެންޑެއް ކަމުގައި ދެކިގެން…” “ނޫން.. އަހަރެންނަށް ހަމްދަރުދީ ނުވޭ.. ޕްލީޒް.. އަހަރެން ބޭނުމެއް ނޫން އެއްވެސް މީހަކު އަހަރެންނާއި މެދު ވިސްނާކަށް..” މާކިން ވާހަކަ ދައްކާ ނުނިމެނިސް މެހެކް ކޮޅަށް ތެދުވަމުން އަވަސް އަވަހަށް ބުނެލިއެވެ. އަދި އިތުރަށް މަޑު ކުރުމެއް ނެތި ކޮޓަރިއަށް ދިޔައެވެ.

މެހެކް ދިޔަތާ 10 ވަރަކަށް މިނެޓް ވީއިރުވެސް މާކިންއަށް އިނދެވުނީ އެ ކޮޓަރިއާއި ދިމާއަށް ބަލަހައްޓައިގެންނެވެ. މެހެކް ބުނިއްޔާ އޭނާއަށް ހަމްދަރުދީ ނުވެ ހުރެވޭނެ ހެއްޔެވެ؟ މެހެކްއާއި މެދު ނުވިސްނާ ހުރެވޭނެ ހެއްޔެވެ؟ މެހެކްގެ ޚިޔާލުތައް ފިޔަވައި ރެއާއި ދުވާލު އޭނާގެ ސިކުނޑީގައި މިހާރު ހިނގާ އިތުރު ޚިޔާލެއް ނުވެއެވެ. އެ ޚިޔާލުތައް އޭނާ ކުރަންފެށީ ގަސްތުގައެއް ނޫނެވެ. މެހެކްއަށް އޯގާތެރިވާން އޭނާގެ ހިތް ބޭނުންވާ ފެށީ ގަސްތުގައެއް ނޫނެވެ. އެ ނުވަނަސްކަން ފިލުވާލަދީ ހިމާޔަތް ދޭން އެދެވެން ފެށީ އިޚްތިޔާރުގައެއް ނޫނެވެ. ލޯބިން އެހިތް ފުރާލަދީ އެ މޫނުމަތިން ހިނިތުންވުމެއް ފެނިލަން އެދެވެން ފެށީ އޭނާއަށް އެނގިގެންނެއް ނޫނެވެ. މާކިން އޭނާގެ މޭގައި ހިފަހައްޓާލިއެވެ. ނިދީގައި އޮވެ މެހެކް ރުއި މަންޒަރު އޭނާއަށް އަދިވެސް ފެންނަ ކަހަލައެވެ. އެ ޚިޔާލުން މާކިންގެ ހިތައް ތަދުވަނީއެވެ. ބޭއިޚްތިޔާރުގައި ލޯ މަރާލާ ބާރުކޮށްލަމުން މަޑު މަޑު އަޑަކުން މެހެކްގެ ނަން ކިޔާލިއެވެ.

“ކެން.. ކެން.. ތެދުވޭ ސައި ބޯން..” ސޯފާގައި ނިދިފައި އޮތް މާކިންއަށް ހޭލެވުނީ އިޝާން ގޮވުމުންނެވެ. ލޯ އުނގުޅަމުން މާކިން ތެދުވެ ސޯފާގައި އިށީނދެލަމުން ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. އޭރު މެހެކްއާއި ޝުބާ ބަދިގެ ބައިގައި ސައި ހަދަން އުޅެއެވެ. ތަންކޮޅެއް ހަމަޖެހިލާފައި މެހެކް ހުއްޓާ  ފެނުމުން މާކިން ބޯ އަރިކޮށްލުމަށްފަހު ކުޑަކޮށް ހިނިތުންވެލިއެވެ.

ހެނދުނުގެ ނާސްތާގެ ވަގުތުގައި ވެރިވެފައި އޮތީ އާދަޔާ ޚިލާފު ހަމަހިމޭން ކަމެކެވެ. އޭގެ ސިއްރަކީ ޝުބާއާއި އިޝާންއާއި ދެމެދުގައި އުފެދިފައި އޮތް ނުތަނަވަސްކަން ކަން މާކިންއަށް ޔަގީން ކުރެވުނެވެ. އެހެން ނަމަވެސް ސައި ބުއިގޮތަށް އެސައިންމެންޓްގެ މަސައްކަތްތައް ފެށުމުން މާކިންއަށް އިޝާންއާއި ވާހަކަ ދައްކާލާނޭ ފުރުސަތެއް ނުލިބުނެވެ. ހަމަ އެއާއިއެކު މެހެކްއަށް ދެވޭ ސަމާލުކަން ބޮޑުކަމުން އެމީހުންނާއިމެދު މާ ބޮޑަށް ވިސްނާނެ ފުރުސަތެއް މާކިންއަކަށް ނުލިބެއެވެ.

ހުކުރު ވަގުތު ވުމުން މާކިންއާއި އިޝާން ހުކުރަށް ދިޔައީ، އަންނަމުން އަންނާނީ ކައިގެން ކަމުގައި ބުނަމުންނެވެ. އެހެން ކަމުން މެހެކްއާއި ޝުބާ މެންދުރަށް ކެއުން ތައްޔާރު ކުރުމުގެ ބަދަލުގައި ކުރަމުން ދިޔަ މަސައްކަތް ކުރުމުގައި ތިއްބެވެ. މާކިންމެން ހުކުރުން އައިސް، ގޮސް ހަވީރު ވީރުވެސް އެމީހުން މަސައްކަތް ހުއްޓައެއް ނުލައެވެ.

“އަހހހ.. ވަރުބަލި ވެއްޖެ.. ދެން ރެސްޓެއް..” ޝުބާ ސޯފާއަށް ވެއްޓިގަންނަމުން އެހެން ބުނެލީ ހަވީރު 5 ވެސް ޖެހިފަހުންނެވެ. އޭރު ޕްރެޒެންޓޭޝަންއަށް ބޭނުންވާ ހުރިހާ މަޢުލޫމާތު އެއްކުރެވި، ފައިނަލް ޕްރެޒެންޓޭޝަން ހަދަން ފެށިއްޖެއެވެ.

“ދެން ބޭރަށް ދާންވީނުން.. ފްރެންޑަކާ ދިމާވެދާނެ..” ޝުބާއާއި ދިމާއަށް ބަލާލުމެއްނެތި މާނަފުން ގޮތަކަށް އިޝާން ބުނެލި ޖުމްލައިން މާކިންގެ އިތުރުން މެހެކްއަށްވެސް އިޝާންއާއި ދިމަ ބަލާލެވުނެވެ.

“ސޯ؟.. މަ ދާނެ އިރަކު ދާނެ ތާކަށް ދާނީ.. އިޝާންއަށް ކޮން ކަމެއް؟..” އަޑަށް ބާރު ލަމުން ޝުބާ އިޝާންއަށް ޖަވާބު ދިނީ ހިތްހަމަ ނުޖެހިފައި އިނދެގެންނެވެ. އެވަގުތު މާކިންއަށާއި މެހެކްއަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ.

“ދާނެހާ އިރަކު ނުދެވޭނެ.. މަ ހުއްޓައެއް ނުދެވޭނެ..” “ދާނަން.. ބޭނުން ކޮންމެ އިރަކު ދާނަން” އިޝާން އިތުރަށް ވާހަކަ ދައްކަން ފެށުމާއިއެކު ކުއްލިއަކަށް ޝުބާ ހަޅޭއްލަވައި ގަންނަމުން ގެއިން ނުކުމެގެން ހިނގައްޖެއެވެ. ހަމަ އެއާއިއެކު ކުރަން އިން ކަންތައް ހުއްޓާލުމަށްފަހު އިޝާން ބާރު ބާރަށް ތެދުވެގެން ގޮސް މާކިންގެ ކޮޓަރިއަށް ވަނުމަށްފަހު “ބަން” ލާފައި ދޮރުލެއްޕިއެވެ. މާކިން އަނގަ ހުޅުވިފައި އެދެމީހުން ދިޔަ ދެދިމާއަށް ބަލާލަ ބަލާލާ އިނުމަށްފަހު މެހެކްއަށް ބަލާލިއެވެ. އޭރު މެހެކްވެސް ދެލޯ ބޮޑުކޮށްގެން އޭނާއާއި ދިމަ ބަލަހައްޓައިގެން އިނެވެ.

ކޮޓަރިއަށް ވަންގޮތަށް އިޝާން ގޮށް މުއްކަވާފައި ފާރަށް އެތިފަހަރެއް ދޫކޮށްލިއެވެ. ލޯ މަރާ ބާރުކޮށްގެން ހުރެ ފުން ފުންކޮށް ނޭވާލަމުން ދިޔައިރު އޭނާއަށް ސިފަވަމުން ދިޔައީ ރޭގައި ޝުބާ އެހެން ފިރިހެނެއްގެ ގައިގައި ބައްދާލި މަންޒަރެވެ. ގެއަށް އައި މަގުމަތީގައި ވާރޭ ވެހެން ފެށުމުން އެމީހުން ރެސްޓޯރެންޓަކަށް ވަނީ ވާރޭ ހުއްޓާލަންދެން އެއްޗެއް ކާލުމުގެ މަގްސަދުގައެވެ. އެހެން ނަމަވެސް އެތަނުން އެމީހުންނާއި ދިމާވީ ޝުބާގެ މާ ގާތް ރައްޓެއްސަކާއިއެވެ. ޝުބާއަށް ފުރަތަމަ ގޮވީ އޭނާއެވެ. އޭނާ ފެނުމާއިއެކު ޝުބާ ގޮސް އޭނާގެ ގައިގައި ބައްދާލީ ޚިޔާލެއް ފިކުރެއް ނެތިއެވެ. އެ މަންޒަރު ފެނުމުން އިޝާންގެ ލޭ ކެކިގަތީ ހީ ނުކުރާ ފަދަ ގޮތަކަށެވެ. ވަގުތުން ޝުބާގެ އަތުގައި ހިފައިގެން އެތަނުން ނުކުމެ ވެހެމުންދިޔަ ވާރޭ ތެރޭގައި ޝުބާއާއި ދިމާއަށް އެއްޗެހި ކިޔަން ފެށުނެވެ.

“މަށަށް އެނގޭ ޝުބާ ތީ ފްރެންޑްލީ މީހެއްކަން.. އެކަމު ހަމަ ފެންނަހާ މީހެއް ގައިގައި އެހެން ގޮސް ބައްދަން ޖެހޭތަ؟..” އިޝާން ޝުބާއާއި ވާހަކަ ދެއްކީ އޭނާގެ އަތުގައި ހިފައިގެން ހުރެ ނުހަނު ރުޅިވެރިކަމާއިއެކުގައެވެ.

“އިޝާން.. އެއީ ރައްޓެއްސެކޭ….” ޝުބާ ފުރަތަމަ ހައިރާން ކަމާއިއެކު އިޝާންއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

“ހެވޭ.. ނުޖެހޭނެ ފިރިހެނަކު ގައިގަ އެހެން….” “ކީއްވެތަ ނުޖެހެންވީ؟.. ކީއްވެތަ؟.. އިޝާން ގައިގަ ވެސް މަ ހަގް ކުރަމެއްނު.. ތީވެސް ރައްޓެއްސެއް.. އެއީވެސް ރައްޓެއްސެއް.. ކޮބާތަ ތަފާތެއް..” އިޝާން މާ ރުޅި ގަދަވާން ފެށުމުން އަތް ފޮޅުވާލުމަށްފަހު ޝުބާވެސް ހަޅޭއްލަވައިގަތެވެ.

“ތަފާތެއް ނޭނގޭތަ ޝުބާ… “.. “އާނނ.. ނޭނގޭ… ތީ ހަމަ އެކަނި ރައްޓެއްސެއް.. ހަނދާނެއް ނުވޭތަ ތީ ހަމަ އެކަނި ރައްޓެއްސެއް ކަމެއް…” އައިސްފައި ހުރި ރުޅީގައި ރޮވެން ފެށުމުން ޝުބާ ވެހެމުން ދިޔަ ވާރޭގެ ތެރޭގައި އިޝާންއާއި ދުރަށް ދުއްވައިގަތެވެ.

އިޝާން ލޯ ހުޅުވާލިއެވެ. ތެދެކެވެ. ޝުބާ އޭނާގެ ގައިގައި ވެސް އެހެން ބައްދާލައެވެ. ދެން އެހެން ރައްޓެއްސެއް ގައިގައި އެހެން ބައްދާލުމުން އޭނާއަށް މައްސަލައަކަށް ވާކަށް ނުޖެހެއެވެ. ޝުބާ ބުނި ފަދައިން އޭނާއަކީ ހަމައެކަނި ޝުބާގެ ރައްޓެއްސެކެވެ. އެގޮތަށް ކަނޑައެޅީވެސް ޚުދު އޭނާއެވެ. ތެދެކެވެ. މީގެ ދެއަހަރެއްހާ ދުވަސް ކުރިން ޝުބާ އޭނާދެކެ ލޯބިވާ ވާހަކަ ބުންޏެވެ. އެހެން ނަމަވެސް އެކަމާ އިޝާން ހިތްހަމަ ނުޖެހިގެން ޝުބާއަށް ވަރަށް ފާޑު ފާޑު އެއްޗެހި ކިޔެވެ. އެއީ ހަމަ އެކަނި ރަޙްމަތްތެރިން ކަމާއި، އޭގެ ތެރެއަށް ލޯބި ވަދެއްޖެނަމަ އެ ރަޙްމަތްތެރިކަން ގެއްލޭނެ ކަމެވެ. އޭގެ ފަހުން ޝުބާއެއް އޭނާއަކަށް އެފަދަ އެއްވެސް ސިގްނަލެއް ނުދެއެވެ. މިއަދާއި ހަމައަށްވެސް ޝުބާ ހުރީ ތެދުވެރި ރައްޓެއްސެއްގެ ގޮތުގައެވެ. އިޝާން ހިތްހަމަ ނުޖެހުނު ވަރުން މާކިންއާއިވެސް އެވާހަކަ ހިއްސާނުކޮށް އެކަން އެހިތުގައި ފޮރުވާލިއެވެ. ނަމަވެސް ހިތާމައަކީ އިޝާންއަށް ޝުބާއާއި މެދު އޭނާގެ ހިތުގައި ވާ އިހްސާސްތައް ރެއާއި ހަމައަށް ދެނެގަނެވިފައި ނުވުމެވެ. ކޮންމެ ކަމެއްގައިވެސް، އަބަދުވެސް ޝުބާގެ އެންމެ ފުރަތަމަ ހޮވުމަކީ އިޝާންއެވެ. މާކިންއަށްވުރެ ކުރިއަށްވެސް ޝުބާ އިސްކަން ދޭނީ އިޝާންއަށެވެ. ގާތްވާނީ އިޝާންއާއިއެވެ. އިޝާންއަށް ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް ޝުބާ އެހީތެރި ވެދެއެވެ. ނުވި ތާކަށް ރައްޓެހިވާނެ ކުދިން ހޯދައި ދިނުމުގައި ހިނިތުންވެ ހުރެ އެހީތެރި ވެދެއެވެ. އޭނާއަށް އިޝާންގެ ކުރިއަށް އިތުރު އެއްވެސް މީހަކު ނުވެއެވެ. ރަހްމަތްތެރިން ގިނަ ނަމަވެސް އިޝާންއާއި ބާއްވާ ފަދަ ގާތްކަމެއް އިތުރު އެއްވެސް މީހަކާއި ނުބާއްވައެވެ. އިޝާންއަށް އޭނާގެ ހިތުގެ އިހުސާސްތައް ނޭނގުނީ އެހެންވެގެންނެވެ. އެއްޗެއްގެ މުހިންމުކަން އެނގޭނީ އެ އެއްޗެއް ގެއްލިގެން ދާފަހުންނޭ ބުނާ އުސޫލުން ރޭގައި އޭނާއަށް އޭނާގެ ޝުބާ ގެއްލެން އުޅޭ ފަދަ އިހުސާސެއް ކުރެވުނެވެ. އިޝާންއަށް ހެވިއްޖެއެވެ. އޭނާ ޝުބާދެކެ ލޯބިވެއެވެ. އޭނާ ޝުބާ ދެކެ ވަރަށް ލޯބިވެއެވެ.

މާކިންއާއި މެހެކް ހަދާނެ ގޮތެއް ނޭނގިފައި ތިއްބާ ކުއްލިއަކަށް އިޝާން ކޮޓަރިން ނުކުތެވެ. ޝުބާ ގެއަށް އައިސް ވަނީވެސް ހަމަ އެވަގުތެވެ. ހަމަ އެއާއިއެކު އިޝާން ބާރު ބާރަށް ހިނގާލާފައި ގޮސް ޝުބާގެ އަތުގައި ހިފައިގެން އެނބުރި މާކިންގެ ކޮޓަރިއަށްވަދެ ދޮރު ލައްޕާލިއެވެ. މާކިންއަށާއި މެހެކްއަށް އަނެއްކާވެސް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ. މާކިން ބޯ ހޫރާލިއެވެ. އެދެމީހުން އެކަކު އަނެކަކަށް ބަލަން ތިބިއްޔާ ވެގެން އުޅޭ ގޮތެއް އެނގޭނެހެއްޔެވެ؟ އޭނާ އަވަސް އަވަހަށް ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެވަގުތު ފެނުނު މަންޒަރަކުން ބޭ އިޚްތިޔާރުގައި މާކިން އަށް ދޮރު ލެއްޕިއްޖެއެވެ. އަނގަ ތަންމިނަށް ހުޅުވި، ދެލޯ ބޮޑުކޮށްފައި މެހެކްއާއި ދިމާއަށް އެނބުރެވުނުއިރު އޭނާއެކޭ ހިލައިގެ ބުދެކޭ އެއްގޮތެވެ.

ނުނިމޭ

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Laya

Level 310 Stories100 Login

I found peace in writing ❤️

Other Articles

Previous

ކޮވިޑް އޮނަވިހި

Next

ސިއްރެއް 23

Next
May 30, 2020

ސިއްރެއް 23

Previews
May 30, 2020

ކޮވިޑް އޮނަވިހި

11 Comments!

  1. ?Aashko?? says:
    May 30, 2020 at 4:21 pm

    V reethi mi part ves when is next. Ly waiting for the next part

    1. Layaaa says:
      May 30, 2020 at 5:45 pm

      Thanx aashko, varah avahah up kollaanan insha Allah ❤️

  2. Layaaa says:
    May 30, 2020 at 5:40 pm

    Dear readers, i would like like to inform you that the story doesn’t get published as soon as we sent the new episodes. It is checked by site before publishing, and it sometimes takes a bit more time ?

  3. Kylie says:
    May 31, 2020 at 12:34 am

    Alheyyy kihinehtha vaan miulheny..????….. Soooo curious eyy…????.. Btw vvv reethi mi part vx… ???Waiting fr nxt part.???…..LYSM Layaa sissoo.?????…. Be Safe dear

    1. Layaaa says:
      May 31, 2020 at 9:37 am

      thanx dear, varah avahah up kollaanan insha Allah ❤️
      Stay safe

  4. Ainth says:
    May 31, 2020 at 2:10 am

    Vaahaka v reethi update vaaleh lahey

    1. Layaaa says:
      May 31, 2020 at 9:38 am

      thanx dear, Avas kollaanan insha Allah ❤️

  5. Anum says:
    May 31, 2020 at 8:49 am

    Sis vaahaka vrh reethi waiting for nxt part curiously Avasko up kodheeba

    1. Layaaa says:
      May 31, 2020 at 9:39 am

      Thanx dear, Miadhu up kolleveytho Insha Allah ❤️

  6. ❤️Nanoo❤️ says:
    May 31, 2020 at 8:59 pm

    Plz vaahaka up kodheeba. Waiting for a response from you and vaahaka vrh reethi waiting for nxt prt

    1. Layaaa says:
      June 1, 2020 at 12:03 am

      thanx dear, mihaaru next episode fonuvaafa innaany.. site admin in review kollaafa publish kuryma kiyaaleveyne ❤️
      Thank you again for tje support ❤️

Comments are closed.

Next Episodeނުފިލާނޭ މިހިތަކުން… 6←


All Right Reserved!