-އިރަމް- ޝެނިން ފެނުމާއި އެކު އެއްޗެހި ހަނދާން ނެތެނީ ކީއްވެހެއްޔެވެ؟ މުޅި ދުވަހު ވިސްނަމުން ދިޔައީ ޝެނިން ކަން ޔަގީން ކުރާނެ ގޮތަކާއި މެދުގައެވެ. ނަމަވެސް ޑެސްކެއްގެ ފަހަތުގައި އެކަނި ތުންފަތުގައި ދަތްއަޅަމުންދާ ތަން ފެނުމުން ހުރިހާ ކަމެއް ހަނދާން ނެތެއެވެ. އަހަރެންނަށް އޭނައާއި ދިމާލަށް ދެވޭކަންވެސް އެނގުނީ އޭނާ ކައިރީ ހުއްޓެވުނު ފަހުންނެވެ. “މީހަކު މިތާގައި އިށީނދޭތަ؟” އަހަރެން އެހީމެވެ. ޝެނިން އިސް އުފުލާލިއެވެ. އެއްކަލަ އަޑިވެފައި އިން ދަތްދޮޅިއެވެ. އަހަރެންނަށް ބަލަމުން ދިޔާ އަޅިފެހި […]
-ޝެނިން- ރުއިން ހުއްޓާލެވޭތޯ އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. ނުރޮއެ ވޭތޯވެސް އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް ސްކޫލު ކުދިންގެ ނަޒަރުން ދުރުވުމާއިއެކު އަހަރެންގެ ހިތްވަރު ކޮޅުންލީއެވެ. އަހަރެންގެ ބަލިކަށިކަން ދައްކާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެން ބުނަން ބޭނުންވާ އެތައް އެއްޗެއް ބައޮތެވެ. ނަމަވެސް ހަމަ ނުބުނެވުނީއެވެ. ރީޝާ މިޔަދު ނައި ނަމަ އަހަރެން ނަށް އިރަމް ކުރިމަތީ ރޮވުނީސްއެވެ. އެޕާރޓްމަންޓް ހުރި ބިލްޑިންގ ކައިރިއަށް އާދެވުމާއި އެކު ރޯން ފެށުނެވެ. އަހަރެން.ނަށް ހަމަ […]
~އިރަމް~ ރޭގައި ޝަހުދުގެ ފޮތް ކިޔަން އިނުމުގެ ސަބަބުން ނިދުން އިރު ހުރީ ފަތިސްވެފައެވެ. ނަމަވެސް މާކަށް ދުރަކަށް ނުދެއެވެ. އެހެން ކަމުން އަހަރެން މިޔަދު ސްކޫލަށް އާދެވުން އިރު ސައީދު ހުރީ ކްލާހުގައެވެ. އަދަބު ލިބުން ޔަޤީނެވެ. ކޮންމެއަކަސް ފަހުގަޑި ނިމުމާއި އެކު އަހަރެން ހުރީ ވީހާވެސް އަވަހަކަށް ސްކޫލުން ނުކުމެވޭތޯ ގަސްދުކޮށްގެނެވެ. ނަމަވެސް ގަސްދުކޮށްގެން ހުންނަ ކަންތައް އަހަރެންނަށް ވާނީ މަދު ފަހަރަކުއެވެ. މިފަހަރުވެސް ތަފާތުވާންވީ ކީއްވެހެއްޔެވެ؟ ދޮރުމަތީ ސައީދު ހަށަމް ބަނދެލައިގެން ހުއްޓެވެ. […]
ދުވަހަކުވެސް ދެމީހަކު އެއްފަހަރާ ބޭނުންވި ހެއްޔެވެ؟ ދެމީހަކު ދެކެ އެކީ ލޯބި ވެވުން ހެއްޔެވެ؟ ތިމާ ބަރުބާދު ކޮއްލަން ބޭނުންވާ މީހަ ދެކެ ލޯބި ވެވިއްޖެއްޔާ ތިމާ ކުރާނީ ކީއްހެެއްޔެވެ؟ ލޯބީގެ މި އެކްޝަން ވާހަކައަކީ ހުރިހާ ރަހަތަކަކާއި އެކު ފެއްޓޭ ވާހަކައެކެވެ. ވަރަށް އަވަހަށް ފެށެނީ… ހުރިހާ އެންމެނަށްވެސް ކަމުދާނެ ކަމުގެ އުންމީދު ކުރަން…
ޝެނިން ނޫ ކުލައިގެ ޔުނީފޯމެވެ. އެފް ކްލާހެވެ. އަހަރެން މިހުރީ ސްކޫލް ކުރިމަތީގައެވެ. ނަމަވެސް ވަންނަން ބޭނުން ނުވެފައެވެ. މިއަކީ އަހަރެން ބޭނުންވާ ގޮތެއް ނޫން ހެއްޔެވެ؟ ދެން މިހާ ނުތަނަވަސް ކަމެއް އިޙްސާސް ކުރެވެނީ ކީއްވެހެއްޔެވެ؟ އަނބުރާލާފައި ދާން ވެސް ޚިޔާލު ކުރެވުނު ވަރެއް އަހަރެންނަކަށް ނެނގެއެވެ. “ލެޓްސް ޖަސް ގެޓް ދިސް އޯވަރ ވިތް!” އަހަރެން މަޑުމަޑުން ބުނީ އަމިއްލައަށް އަޑު އިވޭ ވަރަށެވެ. ފުން ނޭވާއެއް ލުމަށް ފަހު، އަގުބޮޑުކޮށް ހެދިފައިވާ ދޮރާށިން […]
ކާރު އިސްކަންދަރު ކޮށިތެރެއަށް ވައްދަމުން ދިޔަވަރަކަށް އަހަރެންގެ ހިތް ދިޔައީ ނުތަނަވަސް ވަމުންނެވެ. ހަމަގައިމުވެސް އޭނައަށް އަހަރެންގެ ސުވާލުތަށް ޚިޔާލުތަށް ނުކިޔާވެސް އެނގޭނެއެވެ. ހުރިހާ ސުވާލުތަކެއް އަހަރެން މޫނުމަތީ ކުރެހިފައި ހުންނާނެ ކަންނޭނގެއެވެ. އަހަރެން ހިތް ބޮޑަަށް ނުތަނަވަސްވީ، އޭނާ އަހަރެންނާއި ދިމާލަށް ކާރުގެ “ރިއަރ ވިޔު” ލޯގަނޑުން އަހަރެންނާއި ދިމާލަށް ބަލާލައެވެ. އޭނަ ފާޑަކަށް ނުލަފާ ހިންޏެއް އައިސް އިނެވެ. ނަމަވެސް އޭނާގެ ހިނި ފަޅައިގެން ދިޔައީ، އިސްކަންދަރު ކޮށްޓަށް ވަތް އިރު އަހަރެން އިންގޮތް […]
==ޝެނިން== ލިއަމް. އަހަރެން ލިއަމްގެ ހިމާޔަތަށް ވަންނަންވީ ކީއްވެހެއްޔެވެ؟ އަހަރެން އޭނައަށް ނަފްރަތުކުރަމެވެ. ނޫނެކެެވެ. ނަފްތަރަތެއް ނުކުރަމެވެ. ދުވަހަކާއި ނަފްރަތެއް ނުކުރެވޭނެއެވެ. ލިއަމް ކޮންމެ ގޮތަކަށް ކަންތައް ކުރިއަސް އަހަރެންނަކަށް އޭނަ އާއި ދޭތެރޭ ނުރުހުމުގެ ނަޒަރަކުން ނުބެލޭނެއެވެ. އަހަރެން ލިއަމް ދެކެ ކޮންމެވެސް އިރަކު ލޯބިވީމެވެ. އަހަރެން ކައިރީ ކޮންމވެސް މިހަކު ބުނި ވާހަކައެކެވެ. ތިމާއަށް ލޯތްބަކީ ހަޤީގީ މާނައެއްގައި އިނގޭނީ ތިމާ ނަވާރަ އަހަރަށް ވުރެ ބޮޑު ވެގެންނެވެ. އަހަރެންނަށް އަށާރަ ވާނީ މިއަހަރެވެ. […]
(މިވާހަކަ ގެނެވިފައިވާނީ މިވާހަކައިގެ މައިގަނޑު ދެޝަޚްސިއްޔަތުގެ ނަޒަރުންނެވެ. ގެނެވިފައިވާނީ ޝެނިންގެ ހަޔާތުގެ ކަންތަށް ހިނގަމުންދާ ވަގުތާއެކީއެވެ. ޝެނިންގެ ނަޒަރުން މިވާހަކައިގެ ދެވަނަބައިގެ 1 ގައި އިންނާނެއެވެ.) އިރަމް ނުބައި ވަގުތެއްގައި ނުބައި ތަނެއްގައި ހުރެގެން އެކަމުގެ ވަނައެއް ލިބެންޏާ އަހަރެންނަށް ލިބޭނެއެވެ. އެއީ އަހަރެން ގަސްދުގައި ކުރާ ކަމެއް ނޫނެވެ. ނަމަވެސް އަބަދުވެސް މިހާރަކަށް އައިސް އޮންނަނީ މިކަހަލަ ހާލަތެއްގައެވެ. މިސާލަކަށް މިހާރެވެ. އަހަރެން އެކެވެ. އެމީހުން ފަހެކެވެ. އެއްވެސް ހާލަތެއްގައި އަހަރެންނަށް ނުވާނެތީއެއް ނޫނެވެ. އެމީހުން […]
ޝެނިން ސްކިޒޯފޮރޭނިޔާ. މިހާރު އަހަރެންނަށް ޖެހިފައި ހުންނަ ބައްޔައް ދޭނެ ނަމެއް ވެއްޖެއެވެ. ނަމަވެސް އަދިވެސް އަހަރެން ގަބޫލް ކުރާކަށް ބޭނުމެށް ނޫނެވެ. ސްކިޒޯފޮރޭނިޔާ އަކީ އާއްމު ބައްޔެއް ނޫނެވެ. ނަމަވެސް އަހަރެންނަށް މި އޮތީ އެ ބަލި ޖެހިފައެވެ. ހަމަ ގައިމުވެސް ޑޮކްޓަރުން ކިޔަނީ އެހެންނެވެ. އަހަރެން ވަކި މިވާހަކަ ގަބޫލް ކުރާނީ ކިހިނެއް ހެއްޔެވެ؟ އެއްޗެއްސެއް ފެނި އެ އަޑު ތަކެއް އިވެނީ އަހަރެންނަށެވެ. އެއްބައި ފަހަރު މަންމަ އާއީ ބައްޕަ ވެސް ހަދަނީ […]