Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ހަތިޔާރު (ދެވަނަ ބައިގެ 1)

Jaishan Level 110 Stories
September 30, 2013 4 Mins Read
9 Comments

==ޝެނިން==
ލިއަމް. އަހަރެން ލިއަމްގެ ހިމާޔަތަށް ވަންނަންވީ ކީއްވެހެއްޔެވެ؟ އަހަރެން އޭނައަށް ނަފްރަތުކުރަމެވެ. ނޫނެކެެވެ. ނަފްތަރަތެއް ނުކުރަމެވެ. ދުވަހަކާއި ނަފްރަތެއް ނުކުރެވޭނެއެވެ. ލިއަމް ކޮންމެ ގޮތަކަށް ކަންތައް ކުރިއަސް އަހަރެންނަކަށް އޭނަ އާއި ދޭތެރޭ ނުރުހުމުގެ ނަޒަރަކުން ނުބެލޭނެއެވެ. އަހަރެން ލިއަމް ދެކެ ކޮންމެވެސް އިރަކު ލޯބިވީމެވެ.
އަހަރެން ކައިރީ ކޮންމވެސް މިހަކު ބުނި ވާހަކައެކެވެ. ތިމާއަށް ލޯތްބަކީ ހަޤީގީ މާނައެއްގައި އިނގޭނީ ތިމާ ނަވާރަ އަހަރަށް ވުރެ ބޮޑު ވެގެންނެވެ. އަހަރެންނަށް އަށާރަ ވާނީ މިއަހަރެވެ. ލޯބިވާން ވަކި އުމުރެއް ބޭނުންވޭ ހެއްޔެވެ؟ އެހެން ކަމުގައި ވަނީނަމަ އަހަރެންގެ އުމުރާއި އެއްވަރަކުން ވެވެން އޮތް އެއްޗެއް ލިއަމް ދެކެ ވީމެވެ. އެއަށްޓަކައިވެސް އަހަރެންނަކަށް ލިއަމް އަކާއި ނަފްރަތެއް ނުކުރެވެޭނެއެވެ.
ނަމަވެސް ދެނެއް އެފަދަ މީހެއްގެ ދަށުވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެން ގައިގައި ހުރި ބާރެއް ލުމަށްފަހު ލިއަމް ކޮއްޕާލީމެވެ. މާކަށް ބޮޑަކަށް ކާމިޔާބެއް ނުވެއެވެ. ނަމަވެސް އޭނާގެެ ދެއަތު ތެރެއިން އަހަރެން ނުކުތީމެވެ. \”ކީއްވެތަ ތިހެން ތިހަދަނީ؟ އަދިވެސް އެބައޮތްތަ ނުބުނެވޭ އެއްޗެއް؟\” އަހަރެން އޭނާ ހައިރާން ވެފައި ހުއްޓާ ބުނީމެވެ. އޭނަގެ ދެއަތް ގަޔާއި ކައިރި ކޮށްލިއެވެ. އެއަށްފަހު ބޯ ކަހާލިއެވެ. އަހަރެން މަޑު މި ކުރަނީ އޭނަގެ ޖަވާބަކަށެވެ. ބަލާލީމައިވެސް އެނގެއެވެ. އޭނާ އެއްޗެކޭ ބުނަން އުޅޭކަމެވެ. ނަމަވެސް ބުނަން ދަތިވެގެން އުޅެނީއެވެ.
\”ސޮރީ\” ބުނިލެއް މަޑުކަމުން އަމިއްލަ ނަފްސަށް އޭނާ ބުނި ކަހަލައެވެ. އަހަރެން މިހުންނަނީ އޭނާ ދެން ބުނާނެ އެއްޗަކަށް އިންތިޒާރު ކޮށްގެނެވެ. ލިއަމް އަބަދުވެސް ސަބަބެއް ދޭނެއެވެ. 3… 2… 1… \”އަހަރެން ކައިރީ ޝިންނުގެ މަންމަ ބުނި މިޔަދު، ތިމީހުން މާދަމާ މާލެ ދާ ވާހަކަ.\” އަހަރެންނަށް އޭރުވެސް އެކަހަލަ ކަމެއް ކަން އެނަގެއެވެ. \”އެހެންވެތަ ތިއައީ؟ މިހާާރު ބުނަން އައި އެއްޗެއް ބުނެވިއްޖެއެންނުން. ދެން އިތުރު އެއްޗެކޭ ބުނަން ނެތީޔާ މި ކޮޓަރިން ނުކުންނަންވީ ނުން.\” އަހަރެން އިރަމްއަކަށް ނަފްރަތެއް ނުކުރާނަމެވެ. ނނަމަވެސް އެދުވަހު ކީ އެކަށްޗަކަށް ވެސް މާފެއް ނުކުރާނަމެވެ. އަހަރެންނަކަށް އެހާ ރަނގަޅެއް ނުވެވޭނެއެވެ.
\”އަޅެ ސޮރީއޭ! ކީކޭތަ ބުނަންވީ އަހަރެން؟\” ލިއަމް އަހަރެންނާއި ސުވާލު ކުރިއެވެ. \”އެއްޗެކޭ ބުނާނެ ކަމެއްނެތް. މިތަނުން ނުކުންނަންވީ.\” އަހަރެން ވީހާވެސް މަޑުމައިތިރި ކަމާއިއެކު ބުނެވޭތޯ ބެލީމެވެ. ހަޤީގަތުގައި އަހަރެން ބޭނުމީ ހަމަ ހަޅޭލަވާާށެވެ. ނަމަވެސް އަހަރެން މީއްޗެއް ދާ ދިމާލެއް ބަލަން ބޭނުންވެއެވެ. މިހާރު ލިއަމް ރުޅި އަންނަނީ ކަންވެސް އެނގެއެވެ. ނަމަވެސް އަހަރެންނަށް ހެވެވެ. އޭނަގެ އަންނަ ރުޅިއަކަށް އަހަރެން މަޢާފަށް އެދޭކަށް ދެނެއް ނުހުންނާނަމެވެ. އިތުރަށް އެދުވަސް ތަކަށް ދާކަށް ބޭނުމެއް ނޫނެވެ. އެ ޝެނިން އެއް މިހާރަކު ނެތެވެ.
ލިއަމްގެ ދަށުވާކަށް އަހަރެން ދެން ބޭނުމެއް ނޫނެވެ. \”މިހާރު ދެން ނިމިއްޖެއްޔާ ދާންވީނުން. އަހަރެން އެބައޮތް އަދި ޕެކް ކުރަން އެއްޗެެހިތަކެއް.\” \”އިނގެޔޭ ކަންތަށް ކުރެވުނީ އަހަރެންނަށް ރަނގަޅަށް ނޫންކަން. ކިހިނެއްތަ ހަދަންވީ ރަ…\” ލިއަމް ވާހަކަ ދައްކަމުން ދިޔައެވެ. \”ހަ. ރަނގަޅު ކުރަން؟ ކީ ހުރިހާ އެއްޗެއް އަނބުރާ ގެންދެވޭނެތަ؟\” އަހަރެން މިފަހަރު ލިއަމްގެ ވާހަކަ ނިންމާކަށް ފުރުސަތެއް ނުދެމެވެ. މިހާރު ދެން ނިންމަން ވެއްޖެއެވެ. \”ކީކޭ މަށާ ދިމާލަށްކީ؟ މަމީ ލިއަމްއާއި ހޭބަލި ވެގެން އުޅޭ މީހެކޭ. މަމީ ގުރައިދޫގަ އިންނަންވީ މީހެކޭ. ރީއްޗެއް ކޮށެއް ނޫނެ އެރޭ މަށަށް އެހުރިހާ ނަމަކުން ގޮވީކީއެއް.\” އަހަރެންގެ ރުޅިގަނޑު ކޮޅުން ލަނީއެވެ.
ރުޅިގަދަ ވަނީއެވެ. ރޮވެން ކައިރި ވަނީއެވެ. އެއަކީ ވަރަށް ނުރައްކާތެރި ދެ އިޙްސާސެވެ. އަދި އެ ދެ އިޙްސާސް އެއް ވެއްޖެޔާ މާބޮޑަށް ގޯސްވާނެއެވެ. ޤަބޫލް ނުކުރެވޭ ކަހަލަ ކަންތައް އޭރުން ތިމާ ކުރާނެއެވެ. އަހަރެން އެމީހަކަށް ވާކަށް ބޭނުމެއްނެތެވެ. ނަމަވެސް މިހާރު ރުޅި ގަދަވާން ފަށައިފިއެވެ. \”ނެވަ މައިންޑް. އަހަރެން މިތަނަށްް އައި ކަމަށް ނުހަދާ ތި ކުރާކަމެއް ކުރޭ. މިދަނީ.\” އެހެން ބުނމާއި އެކު ލިއަމް އެނބުރި ކޮޓަރިިން ނުކުމެގެން ގޮއްސިއެވެ. އަހަރެން ދހޮރު ހުރި ދިމާލުން އެނބުރުނީމެވެ. އަހަރެންނަށް ފެނުނު މަންޒަރުން ބިރުން އަހަރެން ފަހަތަށް ކައްސާލައިން ނުޥެއްޓުނީ ކިރިޔާއެވެ. ޑްރެސިން ޓޭބަލްގަ އިން ލޯގަނޑުން ބަލަން އެހުރީ އަހަރެންނެއް ނޫނެވެ.
ނޫނެކެވެ. ހަމަ އަހަރެން ލައިގެން ހުރި ކަޅު ޓީޝާޓާއި ޖިންސެވެ. ނަމަވެސް އެ އަހަރެންނެއް ނޫނެވެ. ބޭއިހްތިޔާރުގައި މޫނުމަތީ އަތް އަޅާލީމެވެ. ކޯއްޗަކުން ފިލަން ހެއްޔެވެ؟ އަހަރެންނަށް ފެނުން މަންޒަރު ނުފެންނަ ކަމަކަށް ނުހެދޭނެއެވެ. ހަޅޭލަވަން ފެށީ ދެނެވެ. އަހަރެންނަކަށް ވަކި ކުރާނެ ކަމެއް ނޭނގެއެވެ.
ހަޅޭލެވުމަކީ ޖަވާބެއް ނޫންކަން ވެސް އެނގެއެވެ. ނަމަވެސް ހަމަ ހަދާނެ އިތުރު ގޮތެއް ވެސް އިނގެނީކީއެއް ނޫނެވެ. އިރުކޮޅަކުން މަންމައާއި ބައްޕަގެ ހިމާޔަތުގެ ދަށަށް ދިޔައެވެ. \”މަންމަ އަހަރެންގެ…. ލޯ… މަންމާ.. ލޯ..\” މިހާރު އަހަރެން އަމިއްލަ ލޮލުގައި އަތްއަޅައިގެން ހަޅޭލަވަނީއެވެ. ލޯ ކައިރިން އަރާފައި ހުރި ނާރު ތަކެއް އަހަރެން އަލުން ބަލާކަށް ނުކެރޭނެއެވެ. ލޮލުުގެ އެތެރެ އެއްކޮށް ކަޅުވެފައިވާ ތަނެއް ބަލާާކަށް ނުކެރޭނެއެވެ. މިވެސް ބަލީގެ އަލާމަތެއް ހެއްޔެވެ؟
\”ދައްކަބަލަ ތިލޯ\” މަންމަ އާއި ބައްޕަ ހަމަ ތަކުރާރު ކުރަމުން ދިޔައެވެ. ނަމަވެސް އަހަރެން މިހުރީ ލޮލުން މިހުރީ އަތް ނަގަން ނުކެރރިފައެވެ. \”ނޫން ނޫން… ނުކެރޭޭނެ.\” އަހަރެން ދެކޮޅު ހަދަމުން ދިޔައީމެވެ. \”ދެން ދެކޮޅު ނުހަދާ ތި ދައްކަބަލަ.\” ބައްފަ ބޮލަށް އުުނދަގޫ ވެފައިވާ ފާޑަކަށް ބުންޏެވެ. އަހަރެން ލަހުން ނަމަވެސް ލޮލުން އަތް ނެގީމެވެ. ނަމަވެސް އަދިވެސް ލޮލެއް ނުހުޅުވަމެވެ. \”ދެން ތޮލޯ ހުޅުވާލަބަލަ ދަރިފުޅާ.\” މިފަހަރު މަންމައެވެ. ހަމައެރާގުންނެވެ.
މަޑުމަޑުން އަހަރެންގެ ދެލޯ ހުޅުވީމެވެ. އަހަރެން ހީކުރީ މަންމައާއި ބައްޕަވެސް ބިރުން ކޮންމެވެސް ކަމެއް ކުރާނެ ކަމަށެވެ. ނަމަވެސް އިވުނީ ދެމީހުންގެ ހުނުމުގެ އަޑެވެ. އަހަރެން ވަގުތުން ދެލޯ ހުޅުވީމެވެ. \”ތިތަ ވެފަ ހުރި ގޮތަކީ ޝިންނުގެ ލޮލަށް. ބައްޕަމެންގެ ލޮލަށްވެސް ހުރީ އެހެންވީ އާ ތިހެން ވެފަ.\” ބައްޕަ ހެމުން ބުންޏެވެ. ދެން އަހަރެންނަށް ދެމީހުންގެ ފަރާތުން ތަފާތު ކަމެއް ފާހަގަ ކުރެވުނެވެ. ދެމީހުންގެ ހުނުމުގައި ހާސް ކަމެއް ފޮރުވިގެން ވާކަން ފެނެއެވެ. ހުނުން ވެސް ހީވަނީ ފިއްތައިގެން ހޭ ހެނެވެ.
އަހަރެން ތެދުވެގެން ގޮސް ލޯގަނޑު ކުރިމަތީ ހުއްޓުނީމެވެ. އެހެން ވާންވީ ކީއްވެހެނއްޔެވެ؟ މިހާރު އަހަރެންނަށް ލޯގަނޑުން ބަލަން އެހުރީ އަހަރެންގެ ބޯޑު ލޮލެވެ. އެތެރެ ކަޅެއް ނޫނެވެ. ހަމަ ކުރީގެ އަޅިފެހި ކަޅިއެވެ. \”އެކަމު… އެ..\” އަހަރެން މިހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. \”އެ ލިއަމް ދެކެ ރުޅިއައިސް ހުރީމަ ހީވި ގޮތް ކަންނޭނގެ.\” ބައްޕަ ބުންޏެވެ. \”މަންމަ ހީކުރީ ޝިންނު ބޭނުންވި ގޮތް ކަމަށް އެއަކީ. ލިއަމް އައިސް ވާހަކަ ދައްކަން.\” މަންމަ އަށް އެެހެންވީޔާމުން ވަރަށް ކަންތައް ނޭނގެނީ ކަންނޭނގެއެވެ. އަހަރެންނާއި މަންމައާއި ކުރިން ނުލާހިކު ގާތެވެ. ނަމަވެސް މިހާރު…..
\”ނޫން މަންމާ. އަހަރެންނެއް ހަނދާނެއް ނުނެތޭނެ އޭނަ އަހަރެންނާއި ދިމާލަށް ކީ އެއްޗެއްސެއް. އަހަރެންނަކަށް އަދި އޭނައަކަށް މަޢާފެއް ނުދެވޭނެ.\” އަހަރެން މަންމަ ގާތުގައި މަޑުމަޑުން ބުނީމެވެ. މަންމަމެން ދިޔުމުގެ ކިއު އެހިސާބުން އައީއެވެ. މަޑުމަޑުން ދެމީހުން ކޮޓަރިން ނުކުންނަމުން ގޮސް ވަކި ހިސާބަކުންް މަންމަ ހުއްޓިއްޖެއެވެ. އެއަށްފަހު އަހަަރެންނާއި ދިމާލަށް ބަލާލިއެވެ. އަންނަން އޮތް ސުވާލު އަހަރެންނަށް އެނގެއެވެ.
\”ލިއަމް ހުއްޓަވެސް ފެނުނީދޯ.\” އަހަރެން ކައިރިން ސާފު ކުރުމުގެ ބޭނުމެއް ނެތެވެ. ޖަވާބު މަންމައަށް އެނގެއެވެ. ނަމަވެސް އަހަރެން އެއްބަސް ވީމެވެ. \”މަޑުކުރޭ، އެބަ އަންނަން މަންމަ އެބަ އަންނަަން.\” ބުނި ގޮތަށް ބުނެ މަންމަ ކޮޓަރިން ނުކުމެގެން ގޮއްސިއެވެ. އަހަރެން ގޮސް އެނދުގެ ފައިލާ ކޮޅުގައި އިށީނީމެވެ. މަންމަ ކުރަން އުޅޭ ކަމެއް ހަމަ އެއްގޮތަކަށްވެސް ނޭނގެއެވެ.
މާގިނައިރު ތަކެއް ނުވެ މަންމަ އަނެއްކާ ކޮޓަރިއަށް ވަދެއްޖެއެވެ. އަތުގައި އޮތްއެއްޗެއް އެނގުނީދެނެވެ. ކުޑަ ފޮއްޓެކެވެ. \”މީ ކޯއްޗެއް\” އަހަރެން އެ ފޮއްޓާއި ދިމާލަށް އިނގިލި ދިއްކޮލަމުން އެހީމެވެ. \”މީދޯ. ހިނގާބަލަ ބަލަން.\” މަންމަ އައިސް އަހަރެން ކައިރީ އިށީންނަމުން ބުނެލިއެވެ. ވަރަށް ގިނަދުވަސް ވެފައިވާ ފޮއްޓެއްކަން އޭގައި އިން ކުޑަ ތަޅުގައި ޖަހާާފައި ހުރި ދަބަރުން އެނގެއެވެ.
މަންމަ އަތުގައި އޮތް ތަޅުދަނޑިން އެފޮށި ހުޅުވާާލިއެވެ. އޭގެން ނުކުންނާނީ ކޯއްޗެއް ކަމެއްވެސް އަހަރެންނަކަށް ނޭނގެއެވެ. ކެތްމަދުވެފައި އަހަރެން އެ ހުޅުވެމުން ދިޔަ ފޮއްޓަށް ބަލަމުން ދިޔައީމެވެ. ނަމަވެސް ފޮށި ހުޅުވުމާއިއެކު މާޔޫސްވީ އޭގައި ހުރިއެއްޗެހި ތަކެއް ފެނިފައެވެ. ކުރީގެ ތަސްވީރު ތަކެކެވެ. މަންމަމެން ޒަމާނުގެއެވެ.
ޝައުގުވެރިކަން އަތުލައިގަތީ މަންމަ ފޮށިތެރެ ހާވާލުމަށްފަހު ނެގި އެއްޗަކުންނެވެ. ފަށެކެވެ. \”މީ މަންމައަށް ކުށައިރު ޝެނިން މާމަދިން އެއްޗެއް. ބުނަނީ ގިނަ ބަލިތަކުން ދުރުވާނެޔޯ. ދެން މަންމަ އަކަށް ނޭނގެ ހަދަންވީ ގޮތެއް. ފަހަރެެއްގައި ހަމަ ކޮންމެވެސް ގޮތެއްވެދާނެ އެއްނުދޯ.\” އަހަރެންނަށް މަންމަ އެއްޗެއް ފޮރުވާހެން ހީވަނީ ކީއްވެހެއްޔެވެ؟
އަހަރެން މަންމައަށް ކަންދުރާ ދަައްކަމުން އެނބުރުނީމެވެ. އަހަރެން ކަރުގައި ފަށް އެޅުމާއިއެކު އަހަރެން އޭގެ ފޫކުގައި އިން އެއްޗަށް ބަލާލީމެވެ. ބިއްލޫރި ހެއްޔެވެ؟ ނޭނގެއެވެ. ކަޅުކުލައިގައިި އިން އެފޫކު ހަމަ އިތުރަށް އެއްޗެކޭ ލިޔެފައެްވެސް ނެތެވެ. ހަމަ އާދައިގެ ފަށެކެވެ. ކަޅުކުލައިގެ ތިނެސްކަން ފޫކެކެވެ. ނަމަވެސް ފާޑެއްގެ އުނދަގޫ ކުރުމެއް ވާހެން ހީވެއެވެ. ކަރުގައި އެއްޗެއް ނާޅާ އެޅީމަވާގޮތް ކަންނޭނގެއެވެ. އަހަރެންނަކީ އެއްޗެއް ކަރުގައި އަޅާ ކުއްޖެއްނޫނެވެ. ވަރަށް ތޫނެވެ. ނަމަވެސް އަހަރެންނެއް މިއެއް ނުނަގާނަމެވެ. ނޭނގެއެވެ. މިފަށް އެޅީމަ ކޮންމެވެސް ގޮތެއް ވާނެހެން ހަމަ ހީވަނީއެވެ.
\”ތެންކިޔު މަންމީ!\” އަހަރެން މަންމަ ގައިގައި އޮޅުލައި ގަންނަމުން ބުނީމެވެ. އަހަރެންނަށް ބަލި ޖެހިފައި ހުރިކަން އެނގުން ފަހުން، މަންމައާއި އަހަރެން މިހާ ކައިރިވީ މިއީ ފުރަތަމަ ފަހަރެވެ. އެހެންކަމުން އަހަރެން އެހާ އަވަހަކަށް މިފފަހަރު ދުލެއް ނުކުރާނަމެވެ.
މާދަމާ މާލެ ބަދަލު ވާނެއެވެ. އަހަރެންނަށް އައު ފެށުމެކެވެ. ފަހަރުގައު އަލުން އުފަލުގެ ފޮނި ރަހަ އަލުން ލިބުމުގެ ފުރުޞަތެއް ލިބެނީ ކަންނޭނގެއެވެ. ފަހުން ހިނގާނެ ކަމެއް އިނގެނީ ކާކަށް ހެއްޔެވެ؟ ހަމަގައިމުވެސް އަހަރެންނަކަށް ނޭނގެއެވެ.
އަހަރެން ބޭނުން ވަނީ ހަޔާތުންދޭ ފޮނި އުފާވެރި ހިނދުކޮޅުތަކެވެ. ފަހަރުގައި ރީތި ހަނދާން ތަކެއް އަހަރެންނަށް ޚަޒާނާ މިއައު ފެށުމުގައި ކުރަން ލިބިދާނެއެވެ. އެއްގޮތަކުން ބިރުގަންނަ އިރު އަހަރެންގެ ކޮނމެވެސް ބައެއް މިއައު ފެށުމަށް އިންތިޒާރު ކުރެއެވެ. ކިހިނެއް ވާނެބާއެވެ؟ އަހަރެންނަށް އައު ފެށުމެއް ލިބޭނެބާއެވެ. ނޫނީ، އަހަރެން ވާނީ ބާކީހެއްޔެވެ؟

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

"ޕެރަނޯރމަލް" "ފިކްޝަން"

Share Article

Follow Me Written By

Jaishan

Level 110 Stories

Other Articles

Previous

ކުށަކާނުލާ.. (7 ވަނަ ބައި)

Next

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 42

Next
September 30, 2013

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 42

Previews
September 27, 2013

ކުށަކާނުލާ.. (7 ވަނަ ބައި)

9 Comments!

  1. ޔުމީ says:
    September 30, 2013 at 2:18 pm

    ގަދަ ޝެނިން. އެހެން ވާން ޖެހޭނެ. ބައިދަވޭ. އޮބި މިބައިވެސް ހެސްކިޔާހަ.. އިރަމްގެ ބަޔަށް އިންތިޒާރު… 🙂

    1. Jaishan says:
      September 30, 2013 at 3:49 pm

      ތެންކްސް ޔުމީ… 🙂

  2. noona says:
    October 1, 2013 at 3:13 pm

    v salhi i will be waitiing for the next part 🙂

    1. Jaishan says:
      October 1, 2013 at 5:04 pm

      ތޭންކްސް ނޫނާ.. 🙂

  3. bookworm says:
    October 2, 2013 at 1:29 pm

    luks like umm reading the souls book 😛 intresting, waiting for the next part

    1. Jaishan says:
      October 2, 2013 at 8:03 pm

      ތެންކްސް.. އެކަމު ހީވަނީ މިވާހަކަ ގިނަ މީހުންނަށް ކަމު ނުދަނީހެން…. 🙁

  4. bookworm says:
    October 3, 2013 at 2:33 pm

    , keep it up, no ways this story is pretty intresting to me,waiting for the new part.

    1. Jaishan says:
      October 4, 2013 at 10:22 am

      ތޭންކްސް.. ވީހާވެސް އަވަހަކަށް ޕަބްލިޝް ކުރާނަން.. 🙂

  5. yax says:
    December 8, 2016 at 9:23 pm

    are you a very big fan of english fictional movies like teen wolf and x-man!!!
    because i realy think these characters have some connections to them…
    I think thats way most of the people doesn’t understand….
    any way i totally understand these types of storys…
    i kinda like fictional storys…
    i belive this would look really cool if you write in english…
    by the way i love your storys, they shows great example of expert imagination??
    keep your good work up?????

Comments are closed.

Next Episodeހަތިޔާރު (ދެވަނަ ބައިގެ 2)←


All Right Reserved!