Skip to content
އެސްފިޔަ

ހަތިޔާރު (ތިންވަނަ ބައިގެ 2)

~އިރަމް~
ރޭގައި ޝަހުދުގެ ފޮތް ކިޔަން އިނުމުގެ ސަބަބުން ނިދުން އިރު ހުރީ ފަތިސްވެފައެވެ. ނަމަވެސް މާކަށް ދުރަކަށް ނުދެއެވެ. އެހެން ކަމުން އަހަރެން މިޔަދު ސްކޫލަށް އާދެވުން އިރު ސައީދު ހުރީ ކްލާހުގައެވެ. އަދަބު ލިބުން ޔަޤީނެވެ. ކޮންމެއަކަސް ފަހުގަޑި ނިމުމާއި އެކު އަހަރެން ހުރީ ވީހާވެސް އަވަހަކަށް ސްކޫލުން ނުކުމެވޭތޯ ގަސްދުކޮށްގެނެވެ. ނަމަވެސް ގަސްދުކޮށްގެން ހުންނަ ކަންތައް އަހަރެންނަށް ވާނީ މަދު ފަހަރަކުއެވެ. މިފަހަރުވެސް ތަފާތުވާންވީ ކީއްވެހެއްޔެވެ؟ ދޮރުމަތީ ސައީދު ހަށަމް ބަނދެލައިގެން ހުއްޓެވެ. ޑަޒަންޓް ހީ ހޭވް އެނީތިނ ބެޓަރ ޓު ޑޫ؟ އަހަރެން ހިތުން ބުނެލީމެވެ. އަހަރެންނަށްވެސް ލަސްވާން އެނގުނީ މިޔަދު ވީއްޔާއެވެ.
އެއްޗެކޭ ނުބުނެ އޭނާ ހިނގައިގަތެވެ. މާނައީ ފަހަތުން އަންނާށެވެ. އަހަރެން ވެސް އޭނާ ފަހަތުން ދިޔައީމެވެ. މުޅި ސިކުނޑީގެ ތަރުތީބު އަހަރެންގެ ކުރިމަތީގައި އިން ޒުވާނާ އޮޅުވާލާއިފިއެވެ. އެހެން ކަމަކާ ވިސްނޭ ވަރެއް ނޫނެވެ. ވިސްނަންވީ އަހަރެންނަށް ދީފާނެ އަދަބަކާއި މެދަކު ނޫން ހެއްޔެވެ؟ އެއަށްވުރެ ބޮޑަށް އަހަރެން ވިސްނަންވީ އަހަރެންނަށް ހަވާލު ކުރެވިފައިވާ މަސައްކަތަކާއި ނޫން ހެއްޔެވެ؟ އެކަމުވެސް ނޫނެވެ.
ރީތި އަންހެން ކުދިން އަހަރެން ދުށީމެވެ. ނަމަވެސް ޝެނިން ފަދަ ކުއްޖެއް އަދި އަހަރެން ނުވެސް ދެކެމެވެ. އެއީ މުޅިން އެހެން ކަހަލަ ރީއްޗެކެެވެ. މުޅި ދުވަހު ކްލާސްތެރޭ އިން އިރު ވިސްނުނީ އޭނާ މަތިންނެވެ. ނަމަވެސް ހަމައެކަނި އިނގުނީ އޭނާގެ ނަމެވެ.
އަހަރެންގެ މުޅި ސިކުނޑި ބަޑި ގޮވަނީ ކަންނޭނގެއެވެ. މުޅި ސިކުނޑިވެސް ކުރަނީ އެންމެ ކަމެއް ކަހަލައެވެ. އިތުރަށް އެ އަޅިފެހި ކަޅިއަށް ބަލަން ވެއްޖެޔާ އަހަރެންގެ ނިމުން އަންނާނެއެވެ.އަހަރެން ނޫނަސް ފިރިހެނެއްވެއްޖެ ކަމުގައި ވާނަމަ ހަމަގައިމުވެސް އެމީހެއްގެ ނިމުން އަންނާނެއެވެ. އެހެރި ލަދުވެތި ބޮޑު ދެލޮލެވެ. އާހް. އަދި ރީތިވާ ކަމަކީ އެއީއެވެ. އޭނާއަށް އޭނާގެ ރީތިކަން ނޭނގޭތީއެވެ. އެކަމާ ބޮޑާ ނުވާ ކަމެވެ. އެއިސް ޖަހާލާ ގޮތެވެ.
އަހަރެންނަށް އަހަރެންގެ ޚިޔާލީ ދުނިޔެއިން ނިކުމެވުނީ ސަޢީދުގެ އޮފީހުގެ ދޮރު ލެއްޕި އަޑަށެވެ. ފޯކްސް މޭން. އަހަރެން ސިކުނޑީގެ ތެރެ ފުސް ކުރަމުން ދިޔަ ޚިޔާލުތަށް ފައްސާލަމުން ހިތުލީމެވެ. “ސޯ، އަޅުގަނޑަށް ލިބޭ އަދަބަކީ ކޮބާ؟” އަހަރެން ހަމަ ސީދާ ޕޮއިންޓަށް ދިޔައީމެވެ. އަަހަރެން ހީކުރީ އޭނާ ހައއިރާން ވާނީ ކަމަށެވެ. ނުވަތަ ސިހޭނީ ކަމަށެވެ. ނަމަވެސް ހައިރާން ވީ އަހަރެންނެވެ. ސިހުނީ އަހަރެންނެވެ.
ގޮތަކަށްވެސް ތައްޔާރު ނުވެ ހުއްޓާ އޭނާ ހިފީ އަހަރެންގެ ގިރުވާނުގައެވެ. ފާރަށް ގިރުވާނުގައި ހިފާ ގެންގޮސް ޖެހިއެވެ. އަދިވެސް އަހަރެން މިހުރީ ކަމެއް ކުރުމަށްވުރެ ބޮޑަށް ސިހިފައެވެ. ހައިރާން ވެފައެވެ. ޓީޗަރަކު، ދަރިވަރަކަށް ގޯނާ ކުރާ އަޑު އަހަމެވެ. ނަމަވެސް ދެކުނު މިއީ ފުރަތަމަ ފަހަރެވެ. އަދި އެވެސް އަހަރެންނަށެވެ. އަހަރެން އަތް މުއްކަރުވާލީމެވެ. ޖަހާކަށް ނޫނެވެ. ނަމަވެސް އަހަރެންގެ ރުޅި މަޑު ކުރާށެވެ. އޭނާގެ ގައިގައި ޖެހުމުން ސަލާމަތް ވާށެވެ.
އިތުރުން ޖަވާބެއްވެސް ބޭނުން ވާތީއެވެ. އަހަރެންނާއި ދިމާލަށް މީހަކު އަންނަންޏާ ސަބަބެއް އޮންނަން ޖެހޭނެއެވެ. ހަމަގައިމުވެސް ގަޑިއަށް ލަހުން އާދެވުމަކީ އަނިޔާ ކުރަންޖެހޭ ވަރު ކަމެއް ނޫން ކަންނޭނގެއެވެ. އަހަރެން ގައިގައި ހީބިހި ނަގައި ގަތީ ދެން އޭނަ ހެދި އެއްޗަކުންނެވެ. އަހަރެންގެ ގިރުވާނުގައި އެއް އަތުން ހިފައިން ހުރެ އަހަރެންގެ ކޮލުގައި އަތްލިއެވެ. އަހަރެންގެ ކޮލަށް އޭނާގެ ހޫނު ނޭވާ ޖެހެމުން ދިޔައެވެ. އޭނާ ހުރީ ހަމަ އެހާވެސް ކައިރީގައެވެ. އަތްލީ ފިރިހެނަކު އެހެން ފިރިހެނަކު ގައިގައި އަތްލަން ޖެހޭނެ ގޮތަކަށް ނޫނެވެ.
ނިމުނީއެވެ. ކޮށްގެން ހުރި ހުރިހާ ކެތެއް ކޮޅުންލީއެވެ. އަހަރެން ގާތަށް ރުޅިއަންނަނީއެވެ. ބާރުކޮށްގެން ހުރި މުށް އަހަރެން ދޫކޮށްލީމެވެ. ނަމަވެސް ޖަހަން އަހަރެން ގަސްދެއް ނުކުރަމެވެ. އަހަރެން އިތުރު ސަބަބެއް ވެސްް ބަލާކަށް ބޭނުމެއް ނޫނެވެ. އޭނާ ދުރަށް ފޮޅުވާލުމަށް ފަހު އަހަރެން ދިޔައީ ނުކުންނަންށެވެ.
ދޮރު ހުރީ ތަޅުލާފައެވެ. “ކޯއްޗެއް ތިހޯދަނީ؟” އަަހަރެން އޭނާ އާއި ދިމާލަށް އެނބުރުނީމެވެ. އަތުގައި އޮތް ތަޅުދަނޑި ދައްކަމުންް އޭނާ ބުނެލިއެވެ. ދުވަހަކު ނުގަންނަ ވަރަށް ފަކުރު ގަތެވެ. އަދި އެވެސް މީހެއް ދެކެއެވެ. އަހަރެން ބަލަން ނުހުރެ އަތުގެ ހުރި ބާރެއް ލާފައި ތަޅުގައި ހިފީމެވެ. އޭނާއަށް އަހަރެންގެ ބާރުގެ ހިލަމެއް ނުވަނީއެވެ. އެހެން ނޫންނަމަ އޭނައެއް އަހަރެންނެއް ނުގެންނާނެއެވެ.
އުނދަގުލަކާއި ނުލާ ތަޅު ހަލާކުވިއެވެ. އަހަރެން ނިކުންނަން ހިނގައިގަތީމެވެ. ނަމަވެސް ބުނަން އޮތް އިތުރު އެއްޗެއް އޮތެވެ. އަހަރެން އެނބުރުނީމެވެ. “އަހަރެންނާ ކާރި ނުވާތި ޔޫ ޕާރވާރޓް!” އޭރުވެސް އޭނަ އަނގަ ތަންމިނަށް ހުޅުވިފައި ހުއްޓެވެ. އަހަރެން އެ ދޮރު ހުޅުވި ގޮތާއި މެދުގައެެވެ. “މީގެ ފަހުން ތިިކަހަލަަ ވައްތަރަކަށް އުޅެފީއްޔާ އަހަރެންނަށް އިނގޭނެ ކަންތަށް ކުރާނެ ގޮތް!” އެއާއި އެކު އަހަރެން އޭނާ ބުނާނެ އެއްޗެއް އަޑު އެހުމެއް ނެތި ނުކުމެގެން ހިނގައިގަތީމެވެ.
އަހަރެންގެ ރުޅި އިންތިހާއަށް ވަނީ ގަދަވެފައެވެ. އަހަރެންނަށް އިނގެނީ ކުރިޔަށް ދާކަމެވެ. ނަމަވެސް އަހަރެން ސިކުނޑި މަސަކަތެއް ނުކުރެއެވެ. އަހަރެންގެ ސިކުނޑީގައި ވަނީ އެންމެ އެއްޗެކެވެ. މިތަނުން ނުކުތުމެވެ. މިސްްރާބެއް އެކައްޗެއްވެސް ނެތެވެ. އަހަރެން ހަމަ ހިނގީއެވެ.
އަހަރެން އިސް ދަށަށް ޖަހައިގެން ދިޔަ އިރު އަހަރެންގެ ބޫޓު ނޫން އެކައްޗެއްވެސް ނުފެނެއެވެ. އަހަރެން އިސް އުފުއްލާލުމާއި އެކު ކުރިމައްޗައް އައި މީހެކެވެ. ނަމަވެސް ފެނުނުލެން ލަސްކަމުން ބަލަން ހުއްޓަ ޖެހި ވެއްޓުނީއެވެ. އަހަރެން ގާތަށް އައީ ހައްތަހާ ރުޅިއެވެ. އަހަރެންގެ ގައިގައި ޖެހުނު މީހާވެސް އޮތީ ވެއްޓިފައެވެ. އަހަރެންނަކަށް ކާކު ކަމެއް ނޭނގެއެވެ. މިހާރު މުޅިތާގައި ކަރުދާސް އެބަހުއްޓެވެ. ގަޅި ހިންދީ ފިލްމެއްގެ ސީން އެކެވެ. މަދުވަނީ ގަދައަށް ވައި ޖެހޭ ތަންކޮޅެވެ. އެެހެން ހާލަތެއްގައި ނަމަ މަޖާ ވާނެއެވެ. އެހެން ކަހަލަ މޫޑެއްގައި ހުރި ނަމަ އަހަރެން ހެވުނީސްމެއެވެ.
ބަދަލު އަހަރެން ކުރީ ފަހުން އެކަމަކާއި ދެރަ ވާނެ ކަމެެކެވެ. “ކަނިއްޔާ ގޭގައި އޮންނާނީ! އެހެން މީހުންނަށް އުނދަގު ކުރަން އަންނާނީކީއެއް ނޫން!” އަހަރެން ބުނީ ވަރަށް ބާރަށް ކަން އެނގުނީ ބައި ހަދައިފައި ވާހަކަ ދައްކަމުން ދިޔަ މީހުންތަށް ހުއްޓި އަހަރެންނަށް ބަލަން ތިބީމައެވެ. މިފަހަރު ބިންމައްޗައް ވެއްޓިފައި އޮތް ކުއްޖައަށް ރަނގަޅައް ބަލާލީމެވެ. އޭނާ އިނީ އިސްދަށަށް ޖަހައިގެންނެވެ. އަހަރެން އިިތުރު ބެލުމެއް ނެތި ދިޔައީއެވެ. “ޝެނިން، އާރ ޔޫ އޯކޭ؟” ފަހަތުން އަޑު އިވުމާއި އެކު އަހަރެން ހުރި ތަނަށް ހުއްޓިއްޖެއެވެ. ފަހަތަށް ބަލަން ނުކެރި ހުރެފައި އެންމެ ފަހުން ފަހަތް ބަލާލީމެވެ. ރީޝާ އޭރު ބިންމައްޗައް ވެއްޓިފައި އޮތް ކުއްޖައަށް އެހީވަމުން ބުންޏެވެ.
އަހަރެންނަށް ކުރެވުނު ކަންތަށް އެނގުނީ ދެނެވެ. މީހަކަށް ބަލަން ނުހުރެ ގޮސް އެކި ތަނަށް ވިހުރިފައިވާ ކަރުދާސްތަށް ނަގައިދީ ހަވާލު ކުރަން އަތް ދިއްކޮއްލީމެވެ. ޝެނިން އަދިވެސް ހުރީ އިސްޖަހައިގެންނެެވެ. ޝެނިން ކަމެއް ކުރުމުގެ ކުރިން ރީޝާ އަހަރެންގެ އަތުގައި ހުރި ކަރުދާސްތަށް ޖަހައިގަތެވެ. “ގޯ ސްކްރޫ ޔޯ ސެލްފް!” ރީޝާ މަޑުމަޑުން ބުންޏެއް ކަމަކު އޭގައި ވަރަށް ވިހަ ހުއްޓެވެ.
އިޒްނާގެ އިތުރުން ރީޝާވެސް ޝެނިންގެ ރަހުމަތްތެރިއަކަށްވީއެވެ. އަހަރެން އިތުރު އެއްޗެކޭ ބުނުމުގެ ކުރިން ދެމީހުން ހިނގައިގަތެވެ. “ވަރަށް ރަނގަޅު އިނގޭ! އައި ޝުޑް ޖަސްޓްް ގެގް މައިސެލްފް!” އަހަރެން އަމިއްލައަށް ބުނީމެވެ. އަބަދުވެސް ކޮންމެވެސް ކަމެއް ގޯސް ކުރަންޏާ އަހަރެން ވަރު މީހެއް ނުހުންނާނެއެވެ. އަދި އޭނަ އައިފަހުން ދުވަހެއްވެސް ނުވެއެވެ. މިހާރު ޝެނިން ރޮއްވާލީއެވެ. “ޔޫ އާރ އަ ޑިކް” އަހަރެން އަމިއްލައަށް ބުނީމެވެ. ނަމަވެސް ރަނގަޅު ކުރަން އުޅޭނީ މިޔަދަކު ނޫނެވެ. އައިސް ހުރި ރުޅިއާއި ހެދި ދެންވެސް ރަނގަޅު އެއްޗެއް ބުނެވުމާއި ދޭތެރޭ ޝައްކެވެ. އިތުރު ފުރުސަތެއް ލިބިިއްޖެޔާއެވެ. މޮޅު ގޮތެއް ކަމުގައި ދެކުނީ ގެއަށް ދިޔުމެެވެ.
***********************************************************************
މުޅި ކޮޓަރި ތެރޭ އޮތީ ކަރުދާހުން ފުރިފައެވެ. މިހާރު ކޮމްޕިއުޓަރ ކައިރީ އިންނަތާ ތިންވަރަކަށް ސަޑިއިރު ވެދާނެއެވެ. ގަނޑުތަށް އެކި ތަންތާ ހުރި އިރު އަހަރެން މިހާރު މިއުޅެނީ އިސްމާއީލް އިދުރީސް ރޭގައި ދިން ފޮތް ނުފެނިގެންނެވެ. ކޮންމެއަކަސް ނެޓުގައި ހުރީ ހުސް ދޮގެކޭ ނުބުނެވޭނެއެވެ. މިހުރިހާ އިރު އުޅިގެންވެސް އަހަރެންނަކަށް މާކަށް ކުރިއަކަށް ނުދެވެއެވެ. އަހަރެންނަށް އެފޮތް ފިޔަވާ ދީފައި އޮތީ ހޯދަން ޖެހޭ ކުއްޖަގެ އުފަންވި ސެޓްފިކެޓް އެކަންޏެވެ.
މިހާރު އެއަކީ އޭނައަށް ކިޔާ ނަން ކަމެއްވެސް ނޭނގެއެވެ. އަހަރެން މޮޔައެއް ނޫން ހެއްޔެވެ؟ ފުރަތަމަ ޖެހޭނީ ސެޓްފިކޭޓް ބަލާށެވެ. ރޭގައި އާދެވުންލެއް ލަސްކަމުން އަހަރެންނަށް އަދި އެވެސް ނުބެލެއެވެ. އެބާރުތަކާއި ބެހޭ މައުލޫމާތު ހޯދުން ފިޔަވާ އަހަރެން އެހެން ކަމެއް ނުކުރަމެވެ.
ހަޤީގަތުގައި މަރުވެފައި ތިބޭ މީހުންނާއި ވާހަކަ ދެއްކެވުމަކީ ކިހާ ސަޅި ބާރެއް ހެއްޔެވެ؟ ނަމަވެސް އަހަރެންނަށް މިބާރު ކަމުދިޔަ ގޮތަކީ އެ އެއްޗެހިންނަށް ގޮތް ގޮތް ހެދުމުގެ ބާރު އެމީހެއްގެ އަތުގައި އޮންނާތީއެވެ. އެ އެއްޗެހިންނަށް ނުފޫޒު ފޯރުވުމުގެ ބާރު އޮތީމައެވެ. އެއެއްޗެހިިން އެމީހެއްގެ އަމުރުގެ ދަށަށް ގެނައުމުގެ ބާރު އޮތީމައެވެ. އަހަރެންނަށް އެބާރު ލިބިއްޖެއްޔާ ކުރާނީ ކީއް ހެއްޔެވެ؟ ނޭނގެއެވެ. ނަމަވެސް އަހަރެންްނަށް އެބާރު ވަރަށް ކަމުދެއެވެ.
އެމީހަކު އެބާރުތަށް ބޭނުން ކުރާނި ކިހިނެއް ހެއްޔެވެ؟ ނޫނީ އެބާރު ތަކުގެ ސަބަބުން އޭނާ އަށް ފަސޭހަ ވާނެ ހެއްޔެވެ؟ ކޮންމެ ގޮތެެއްވިޔަސް އަހަރެން އޭނާ ހޯދަން ޖެހެއެވެ. އެފައިލް އަހަރެން ހޯދަން ފެށީމެވެ. ނަމަވެސް ހަމަ އެއްވެސް ކާމިޔާބެއް ނުވިއެވެ. މަންމަ ކޮޓަރިއަށް ވަނީ އެވަގުތު ބަލާފައެވެ.
“މާތް ކަލާކޯ، މިއޮތީ މިތަނަށް ކީތްކޮށްފަ؟” އެންމެ ފުރަތަމަ ވެސް އަހަން އެނގުން ސުވާލަކީ އެއީއެވެ. “މިއީ ޕްރޮޖެކްޓެއް!” އަހަރެން ވަގުތުން ދޮގު ހެދީމެވެ. މިހާރު ދޮގުހަދަން ވެސް އެހާ ފަސޭހައެވެ. އަހަރެން މިކަމާ ދެރަވެސް ވެއެވެ. އެކަމު ތެދު ހެދުމަށްވުރެ މިހާރު ފަސޭހައީ ދޮގު ހެދުމެވެ. “މަންމާ، އަހަރެން އެބައޮތް އެއްޗެކޭ ބުނަންވެފަ.” އަހަރެން އެހެން ބުނުމާއި އެކު މަންމަ ހަމަ ވަގުތުން ސީރިއަސް ވިއެވެ.
“އަހަރެންނަށް ވަޒީފައެއް ލިބިއްޖެ. ހަފްތާއަކު ޓޫ ލިބޭ.” އަހަރެން ބުނާނީ އެހާ ހިސާބަށެވެ. އިތުރަށް ބުނަން ވެއްޖެކަމުގައި ވާނަމަ އިތުރު ސިއްރު ތަކެއް ފާޅުވުން އެކަށީގެން ވެއެވެ. މަންމަ އެއްޗެކޭ ނުބުނެ ހުއްޓެވެ. ހަޤީގަތުގައި މާގިނައިރު ހުއްޓެވެ. “ދަރިފުޅާ، އަނެއްކަ ރަނގަޅު ވަޒީފާއެއްތަ އެއަކީ؟ ހާދަބައިވަރެކޭ އެދެނީ! އެކަމު މަންމަ އެހާ ހިތްހަމައެއްވެސް ނުޖެހެ ދަރިފު ވަޒީފާއަކަށް ފޮނުވާކަށް.”
މަންމަ ހުރި ތާގައި މަންމަ ރަނގަޅެވެ. “ސަރުކާރުގެ ވަޒީފާއެއް. މީހަކު ހޯދަން ޖެހެނީ. މޯ ލައިކް އަންޑަރ ކަވަރ. އަހަރެމެން ސްކޫލްގެ ކުއްޖެއްވީމަޔޯ.” ތެދަށް ދޮގުތަކެއް އެއްކޮށްލަމުން އަހަރެން ބުނީމެވެ. މަންމަ ކަން ބޮޑުވާކަމެއް ނުކުރެވޭތޯ އަހަރެން ވަރަށް އެބަ ބަލަމެވެ. “ސޭފް ވާނެ މަންމާ!” އަހަރެން އެއްކޮށްލީމެވެ.
އިރުތަކެއް ވަންދެން މިފަހަރުވެސް އެއްޗެއް ނުބުނެ ހުއްޓެވެ. ވަގުތު ހިނގަމުން ދިޔަ ވަރަކަށް އަހަރެންގެ ކެތްތެރި ކަން ދިޔައީ ކޮޅުން ލަމުންނެވެ. “އޯކޭ” އެންމެ ފަހުން މަންމަ ބުންޏެވެ. “ތޭންކް ގޯ..!” “ޕަޕަޕަ، މަޑު ކުރޭ! އެބައޮތް ޝަރުތު!” މަންމަ އަހަރެން މެދު ކަނޑާލިއެވެ. “ކޮންމެ ކަމެއް ވިޔަސް!” އަހަރެން އަވަހަށް ބުނީމެވެ. “އެކެއް، ރޭގަނޑު ދިހަޔަކަށް ފަހު ބޭރަކު ނޫޅެވޭނެ. ދޭއް، ކިޔެވުމަށް އެއްވެސް ކަމެއް ވެގެން ނުވާނެ.!” ވިސްނާލާފައި މަންމަ ބުންޏެވެ. މިިފަހަރު އަހަރެން ވެސް ވިސްްނާލަން މަޑު ކޮށްލީމެވެ. “ޑީލް” އަހަރެން ވެސް ބުނިމެވެ. އަހަރެންނަށް އެގަވާއިދު ތަކަށް ހުރުމަތްތެރި ވެވިދާނެއެވެ. “އެކަމު ދަރިފު ބަލައިން އުޅޭތި.” އެއާާއި އެކު މަންމަ އައިސް އަހަރެންގެ ނިތްކުރިއަށް ދޮނެއް ދީފައި އެނބުރުނެވެ.
“އޯ،.. އަދި ހަނދާން ނެތުނީ. މީތި އޮތި މޭޒުމަތީ. ދަރިފު އެއްޗެއްތަ މީ؟” އަތުގައި އޮތް ފައިލް ދިއްކޮއްލަމުން މަންމަ އަހަރެން ކާރީ އެހިއެވެ. “ތި ހޯދާތާ މިހާރު ވަރަށް އިރު ވެއްޖެ!” އަހަރެން ބުނީމެވެ. މަންމަ އަހަރެންގެ އަތަށް ފައިލް ދިނުމަށްފަހު ނުކުތެވެ. އަހަރެން އަތުގައި ފައިލް ޖެހުމާއި އެކު އަހަރެން އެ ހުޅުވީމެވެ. އޭގައި އޮތް އުފަން ދުވަހުގެ ސެޓްފިކެޓް އަހަރެން ބަލާލީމެވެ.
އަތުން ފައިލް ނުވެއްޓުނީ ކިރިޔާއެވެ. ނޫނެކެވެ. އެނޫން މީހެއް ހަމަ މީގައިވެސް އިނުން ނުވީހެވެ. “ނޯ އެފިން ވޭ! ޝީ ކާންޓް ބީ ދި ނެކްރޮމެންސާރ!”
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (26)

  1. Jaishan

    މިވާހަކަ ކަމުދޭ ހެއްޔެވެ؟ އެހެން ކަމުގައިވަނީނަމަ މިވާހަކައިގެ ފޭސްބުކްގެ ޕޭޖަށް ލައިކެއް ދެއްވާށެވެ. އެއާއި އެކު ވާހަކައިގެ އިތުރު ސްކޫޕްތަށް ލިބޭނެއެވެ. ޝުކުރިއްޔާ! 🙂
    https://www.facebook.com/Hathiyaaru

  2. bookworm

    hehheehe jst like the same. obiness 😛 varah reethi.waiting for the next part

  3. Jaishan

    އެމް އައި ޑުއިން ސަމްތިންގ ރޯންގް؟ އެއްޗެއްގެ ކޮންސެޕްޓާއި އެއްގޮތް ވަނީތަ؟ ވަޓްސް ޖަސްޓް ދަ ސޭމް؟

    1. Sophie
      Jaishan

      ?kon dhuvahakun dhen oii part upload kuraany

    2. Sophie
      Jaishan

      kon dhuvahakun dhen oii part upload kuraany cant wait for the next part

    3. Sophie
      Jaishan

      kon dhuvahakun dhen oii part upload kuraany cant wait for the next part

    4. Jaishan
      Sophie

      ތެންކިޔު ސޮފީ… އަވަހަށް… އައި ގެސް… 🙂

  4. noona

    its getting more and more fabulous jai 🙂

    1. Jaishan
      noona

      ތެންކިޔު…

  5. bookworm

    i read a novel thT happens the same,heheh its called the soul seeker 😛 heheh just awesome!!we dnt often get this type of dhivehi stories (Y) keep it up

    1. Jaishan
      bookworm

      ހާރޑް އޮފް ދެޓް ބުކް.. އެކަމު އަދި ނުކިޔަން… އައި ޕްރޮމިސް އައި ޑިޑިންޓް ނޯ… ތެންކްސް..

  6. hhhhhhhhh

    nice

    1. Jaishan
      hhhhhhhhh

      ?Mihaaru Vaanuvaa Engeythw
      Thank You 🙂

  7. bookworm

    u shud read then.its just awesome just like this new story <3 umm loving it. waiting impatiently for the next part, keep it up jaish (Y)

    1. Jaishan
      bookworm

      ގުޑްރީޑްސް އެއްކޮށް ޗެކް ކުރެވިއްޖެ…. ހަމަ މިވާހަކައިގައި ވާގޮތެއް ވާ ފޮތެއް ނުފެނުން… ކޮން އޯތާރ އެއްތޯ؟؟ ވަރަށް ދެރައޭ އެއްޗަކާ އެއްގޮތް ވަންޏާ! ޔޫ އޯލް މަސްޓް ބީ ތިންކިން އައި ކޮޕީޑް ރައިޓް؟

  8. bookworm

    no i dnt think so!!i think ur style of writing is pretty good. these days i only find same type of dhivehi stories. its good to see a diffrent rype of story. and i cnt remember the author nw,since i read so many novels.

    1. Jaishan
      bookworm

      ….Okey The Book Was About Some Boy Who She Sees In Her Dreams
      ,,,,?May Be Its The Seeing The Dead Thing Right
      ,…I Can Assure You That There Are Plenty Of Books Related To Raising Of The Dead
      ..But Most Of The Books Violate Our Religion
      So What I Am Trying Is That Write Something Different And Something Which Doesnt Cross Our Religion.. Boundry.
      Hope You Get What Im Saying… 🙂

  9. bookworm

    i think Alyson Noel is the author of soul seekers book. shud read this novel series. just awsome u will love it since u like writing this type of books 🙂

    1. Jaishan
      bookworm

      ވެލް ތެންކިޔު… އައި ހޭވް 3 ފޮތް ވެސް…

    2. Jaishan
      Jaishan

      I Know That Some Of You Are Waiting For The 4th Chapter But I Am Afraid I Wont Be Able To Upload New Episode This Week
      Vaahaka Aai Gulhey Mauloomaathaai Vaahakaige Release Date Balan Beynun Kamugai Vaanama Page Ah Ziyaarai Kurahvaa
      Dhen Upload Kuraa Iru Dhe Episode Eky Kuraanan
      Alhugandah Ingey Mihen Hedhun Rangalheh Noon Kan
      SORRY varah Bodah 🙁

  10. ހިލްމާ

    ދިވެހި ވާހަކައެއް. ވާހާކަ ލިޔަނީވެސް ދިވެއްސެއް. ކިޔަނީ ވެސް ދިވެހިން. ހިތާމައަކި ދވެހ ބަހުން އިނގިރޭސި ލޔެ، އިނގިރޭސީ ބަހުން ދިވެހި ލިޔެ އޮޅުން ބޮޅުން ކުރާއިރުވެސް ބައެއް ދިވެހިންނަށް މިކުރެވެނީ ކީއްކަން ނޭނގޭތީީ

  11. Jaishan

    ތެދު ވާހަކައެއް.. އެކަމު މިހާރުގެ ދިވެހިންގެ ފެންވަރެއް ނޫންތޯ..؟
    އެބައެއް ވާހަކަ ދައްކާގޮތަކަށް ނޫންތޯ ލިޔާނީ؟

  12. danger

    vaaaanuvaaaaaa eh neyngeyyyyyyyyyyyyyyyyy

  13. danger

    kiyamun dhaairu boluga rihun noon kameh nuveyyyyyyyyyyyyyyyyy

  14. Jaishan

    އަޅުގަނޑަށް ދެވެން އެބައޮތް ހައްލެއް!!!
    ޚިޔުން ހުއްޓާލާ!
    ތިހާ ހަކަތަ އިސްރާފު ނުކޮށް ފަސޭހަ ލޯބީގެ ވާހަކައެއް ކިޔުއްވާ!!

  15. ainy

    Lol jaishan ….wat an answer to give ur readers…

Comments are closed.