ހަތިޔާރު (ހަތަރުވަނަ ބައިގެ 1)
-ޝެނިން-
ރުއިން ހުއްޓާލެވޭތޯ އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. ނުރޮއެ ވޭތޯވެސް އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް ސްކޫލު ކުދިންގެ ނަޒަރުން ދުރުވުމާއިއެކު އަހަރެންގެ ހިތްވަރު ކޮޅުންލީއެވެ. އަހަރެންގެ ބަލިކަށިކަން ދައްކާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެން ބުނަން ބޭނުންވާ އެތައް އެއްޗެއް ބައޮތެވެ. ނަމަވެސް ހަމަ ނުބުނެވުނީއެވެ. ރީޝާ މިޔަދު ނައި ނަމަ އަހަރެން ނަށް އިރަމް ކުރިމަތީ ރޮވުނީސްއެވެ.
އެޕާރޓްމަންޓް ހުރި ބިލްޑިންގ ކައިރިއަށް އާދެވުމާއި އެކު ރޯން ފެށުނެވެ. އަހަރެން.ނަށް ހަމަ ކެތް ނުކުރެވުނީއެވެ. އަހަރެންނަށް އިރަމް ހިތްހަމަ ނުޖެހޭ ކަހަލަ ކަމެއް ކުރެވުނީ ކަންނޭނގެއެވެ. ސިޑިން އަރަން އުޅެފައި އަހަރެން އެންމެ ފުރަތަމަ ހަރުފަތުގައި އިށީނީއެވެ. އިތުރު ބެލުމެއް ނެތި އަހަރެން ހަމަ ރުއީއެވެ. އިތުރަށް ނުރޯން ހުރި ކަމުގައި ވިޔަސް އަހަރެންނަށް ރޮވޭނެއެވެ. އަހަރެންގެ ބަލި ހިތާއެވެ.
ސިއްސައިގެން އެހެން ނަމަވެސް ދިޔައީ އަހަރެންގެ ކޮނޑުގައި މީހަކު އަތް އަޅާލުމުންނެވެ. އަހަރެން ސިއްސައިގެން ގޮސް ނުވެއްޓުނީ ކިރިޔާއެވެ. ނަމަވެސް އެއައްވުރެ ކުރިން އޭނާ އަހަރެން ހިފެހެއްޓިއެވެ. އޭރު އަހަރެންގެ މޫނު ތަޅުންގަނޑުގައި ނުޖެހި އިނީ ތަންކޮޅެކެވެ. ހާލަތުގެ ގޮތުން އަހަރެންގެ ފުރަގަސް އޮތީ އޭނާގެ މޫނާ ދިމާލަށެވެ. ފިލްމް ތަކުގައި ވަނީ މިހެނެއް ނޫނެވެ. ވެއްޓެން އުޅޭ އިރަށް ހިފަނީ އުނަގަނޑުގައެވެ. ދެން ދެމީހުންގެ ލޮލަށް ބަލަނީއެވެ. ޔާ ރައިޓް!
އަހަރެން ނަށް އަމިއްލަ ފަޔަށް ކޮޅަށް ހުރެވުމާއި އެކު ސިއްރުން ޝުކުރު އަދާ ކުރުމަށްފަހު އުޅުނީ ސިޑިން އަރަންށެވެ. “ހޭ! ޑޯންޓް ސްޓޮޕް އޮން މައި އެކައުންޓް.” މިފަހަރު އަހަރެން ބަލާލީމެވެ. ފައިގެ ކަށިތަށް ޖެލީއަށް ވީކަހަލައެވެ. ފުރަތަމަ އިރަމް ރީއްޗޭ ބުންޏަސް މިހާރަކު ނޫނެވެ. ލޮލުގެ ކުރިމަތިން މިފެންނަނީ ފިރިހެން ވަންތަ ކަމުގެ ފުރިހަމަ މިސާލެވެ.
އިރަމްގެ އިންނަ އެ ބޮޑު ދެލޮލާއި ހެދި އޭނަ މައުސޫމް ކަމަށް ދައްކާއިރު ކުރިމަތީ މިހުރި ޒުވާނާއަކީ އެކަހަލަ އެއްވެސް އެއްޗެއް ނޫނެވެ. ތުނިކޮށް ކޮށާލާފައި ހުރި ތުނބުޅީގެ ސަބަބުން ފިރިހެން ވަންތަ ކަމަށް އިތުރު ފުރިހަމަ ކަން ގެނެސްދޭއިރު އިރަމްގެ ތުނބުޅި އަދި ކިރިޔާ ފަޅަނީއެވެ. ދެމީހުންނާއި އަހަރެން އަޅާކިޔަނީ މި ކީއްވެ ހެއްޔެވެ؟
އެ ޒުވާނާ ތުންފަތުގެ މިޔަކަނެއް ހިއްލާލީ އެވަތެވެ. އަހަރެން ކައްސާނުލީ ކިރިޔާއެވެ. ހޮލީވުޑްގެ އެކްޓަރުން މީނާ ކުރިމަތީ އެއްޗަކަށް ނުވާނެއެވެ. އަހަރެން އިށީނދެ އިން ސިޑީގައި މިހާރު އިށީނދެލައިން އިނީ އެޒުވާނާއެވެ. އަހަރެން ވެސް ދެރަ ނުވާން އެންމެ ފަހުން ގޮސް އޭނައާއި ކައިރީ ހަމަ އެސިޑީގައި އިށީނީމެވެ. އޭރުވެސް އޭނާ އަހަރެންނަށް ބަލަން ހުއްޓެވެ. ހީވަނީ މުޅި ހަށިގަނޑުގައި އަލިފާން ރޯކޮށްލިހެނެވެ. އިށީނދެވުން ކަން ނަސީބެކެވެ. ކޮޅަށް ހުންނާނެހާ ބާރެއް އަހަރެންގެ ދެފަޔަކު ނެތެވެ. އަހަރެންނަށް މިވަނީ ކިހިނެއް ހެއްޔެވެ؟
“ސޯ, ކެން އައި އާސްކް ވަޓް ހެޕެންޑް.؟” އޭނާ ވަރަށް ފަސޭހަ ކަމާއި އެކު އެހިއިރު ހީވަނީ މިއީ އޭނަގެ ކޮންމެ ދުވަހަކުގެ ވަޒީފާހެނެވެ. ފަހަރުގައި ހަމަ ވެދާނެވެސް މެއެވެ. އެކަހަލަ ފުރިހަމަ މޫނަކަށް އަންހެން ކުދިންވެސް ނުކުރާނެ ކަމެއް ނޯންނާނެއެވެ. އަހަރެން ވެސް ދެރަ ނުވާން ވެގެން ދެކޮނޑު އަރުވާލީމެވެ. ބޮޑު ކަމަކަށް ނުވާ ކަމަކަށް ހަދާފައި އަތް ފޮޅާލިއެވެ. “ނަތިން މޭޖަރ. ޖަސްޓް ސަމް ޑޫޝްބޭގް.” އަހަރެންވެސް ވަރަށް އާދައިގެ ގޮތަކަށް ބުނީމެވެ. “ހާދަ ގަބޫލް ނުކުރެވޭ ވާހަކައެކޭ އެކަމު.” މިފަހަރު އޭނަ އަހަރެނަށް ބަލަން އިނދެފައި ބުންޏެވެ “އެއީ؟” އަހަރެން އެހީމެވެ. “ބިކޮޒް. ފިރިހެނަކު ހަމަހޭގައި ހުރެ ތިވަރު ރީތި އަންހެން ކުއްޖަކު ރޮއްވައެއް ނުލާނެ” އޭނަ އަހަރެން ކައިރީ ބުނީ ކަންފަތް ކައިރީ ސިއްރުންނެވެ. ވައި އަޑުންނެވެ. ކޮންމެހެން ބަޔަކު އަންނާތީއެއް ނޫނެވެ. އަހަރެންގެ ކޯ ވަގުތުން ރަތްވިއެވެ.
އެއަށް އަހަރެން ޖަވާބު ދޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެންނަކީ ހަޑި ކުއްޖެކޭ މީހަކު ނުބުނެދާނެއެވެ. އެކަމު ރީތި؟ އަދި އެވަރު ފުރިހަމަ ފިރިހެނެއް ފަރާތުން؟ އައި ޑޯންޓް ތިންކް ސޯ. އަހަރެން އެއްޗެކޭ ނުބުނެ ތެދުވީމެވެ. އެނބުރި ހިނގައިގަތުމުގެ ކުރިން އެހެނަސް އަހަރެންގެ އަތުގައި އޭނާ ހިފިއެވެ. “އެޓްލީސްޓް ނަން ބުނެވިދާނެތަ؟” އޭނާ އެހިއެވެ. އަހަރެން އަދިވެސް މިހުރީ ނޭނބުރިއެވެ.
“ޝެނިން. އަހަރެންނަށް ކިޔަނީ ޝެނިން.” އަހަރެން ހުރި ގޮތަށް ހުރެފައި ބުނީމެވެ. އަހަރެން ބޭނުމީ ވީހާވެސް އަވަހަކަށް މިތަނުން ދާށެވެ. ފެނުނު އަވަސް ގޮތަކީ އެއީއެވެ. އަދިވެސް އަހަރެންގެ އަތުންނެއް ދުލެއް ނުކޮށްލައެވެ. “ޝެނިން….. ޢަހަރެންނަށް ކިޔަނީ ޝަ…” އެއާއި އެކު އަހަރެން ހަމަ ދުއްވައި ގަތީމެވެ. އޭނަގެ ނަން އިވުމުގެ ކުރިން ދުއްވައިގަތީއެވެ. އޭނާއަށް ނަން ބުނެވުމުގެ ކުރިން ދުއްވައިގަތީއެވެ.
********************************************
“ސޯ، ޝެނިން އަށް އެންމެ ފަހުން އެކަހަލަ ހެލުސިނޭށަން އެއް ފެނުނީ ކޮން އިރަކު؟” އަހަރެން ކައިރީ އަހަރެންގެ ތެރަޕިސްޓް އެއްސެވެ. އަހަރެންނަށް ގެއިން ނުކުމެވޭނެ ގޮތެއް ވާނެބާއެވެ. ބައްޕަމެންގެ މޮޅުކަމުން ތެރަޕިސްޓް ވެސް އަންނަނީ ގެއަށެވެ. އެހާ ލާރި ހުރީ ކޮން ބައެއް އަތުގަ ހެއްޔެވެ؟ ހުރި އިރު އެހެންވީއްޔާ ކުރިން މާލެ ނައީ ކީއްވެ ބާއެވެ؟ “އާހް… ޓޯކް އަބައުޓް ޕޭރެންޓްސް ބީންގ ވިއާރޑް.” އަހަރެންނަށް އަމިއްލައަށް ވާހަކަ ދެއްކޭ ކަން އެނގުނީ އަކްރަމްގެ މޫނު އިން ގޮތް ފެނިފައެވެ.
އެހާ ބޮލަށް އުނދަގު ނޫން ނަމަ އަހަރެން އަކްރަމް އަކީ ރީތި މީހެކޭ ބުނާނަމެވެ. ނަމަވެސް އެއައްވުރެ އޭނަގެ ބޮލަށް އުނދަގު ކުރުން ބޮޑެވެ. “އަދި މާލެ އައި ފަހުން ނުފެނެ.” އަހަރެން ދޮގު ހެދީމެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ފަހަރުގައި އޭނާގެ ސުވާލުތަށް މަދުވެދާނެ ކަމުގެ އުއްމީދުގައެވެ. ކޮންމެ ގޮތެއްވިޔަސް އަކްރަމް ދެފަހަރަކު ބޯ ޖަހާލުމަށްފަހު އޭނާގެ ފޮތުގައި އެއްޗެހި ތަކެއް ލިޔެފިއެވެ. މި ތަރުތީބުން މި “ސެޝަން” ދާތާ މިހާރު މިވަނީ ދޮޅު ގަޑިއިރެވެ. އަކްރަމް ސުވާލު ކުރުމާއި އަހަރެން ޖަވާބު ދިނުމެވެ. އޭނާ ބޯ ހަލުވާލުމަށްފަހު ފޮތުގައި ލިޔުމެވެ. މިހާރު އަހަރެންގެ ބޮލަށް އުނދަގު ވަނީއެވެ.
އެންމެ ފަހުން އަތުގައި އޮތް ފޮތް ލައްޕާލިއެވެ. އަހަރެންނަށް ހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ. އަކްރަމް ލޮލުގައި އިން އައިނު ނެގުމަށްފަހު ނޭފަތުގެ “ބްރިޖް” ކަހާލިއެވެ. އައިނުގެ ދުނި އެޅިފައި އިންނަ ތަނެވެ. “އެހެންވީމާ އަހަރެން ދޭނަން ޕްރިސްކްރިޕްޝަން ދެން ބުނެފައި ހުރި ތަރުތީބުން ބޭސް ބޭނުން ކުރާތި.” އަކްރަމް ބުންޏެވެ. “އޭރުން އަހަރެންނަށް އެއްޗެއްސެއް ނުފެންނާނެތަ؟” އަހަރެން ވަގުތުން އެހީމެވެ. “ނޫން. އެކަމު ފެންނަވަރު މަދުވާނެ. އެއެއްޗެހި ނުފެންނަ ގޮތެއް ނުހެދޭނެ.” އޭނަ މޫނު މައްޗަށް އެއްވެސް ބަދަލެއް ނުގެނެސް ބުންޏެވެ. އަހަރެންގެ އުއްމީދު ވަޅުގަނޑަކަށް ވެއްޓުން ކަހަލައެވެ. ނަމަވެސް ތެދު މޫނެއް ހަދައިލައިގެން އަހަރެން އިނީމެވެ.
އެއާއި އެކު ކޮޓަރިން އިތުރު އެއްޗެކޭ ނުބުނެ އަކްރަމް ނުކުތެވެ. އަހަރެން، ބައްޕަގެ އޮފީހުގެ ދޮރުތަކާއި ހަވާލު ކުރަމުންނެވެ. އާއެކެވެ. އަހަރެންގެ ބައްޕަގެ އޮފީސް ކަމަށް ހާއްސަ ކޮޓަރިއެއް އިނދެއެވެ. އާންމު ހާލަތެއް ނަމަ އަހަރެންނަކަށް މިތާކަށް ނުވަދެވޭނެއެވެ. އަހަރެންވެސް އެންމެ ފަހުން އެކަނި ނީންނަން ނުކުތީއެވެ.
ސިޓިންގ ރޫމަށް ނުކުތް އިރު އޭނާ ބައްޕައާއި ކޮންމެވެސް ވާހަކައެއް ދައްކަނީއެވެ. ނަމަވެސް އަހަރެން ނުކުތްތަން ފެނުމާއިއެކު އޭނާ އަވަސް އަވަސްކޮށް ނުކުތެވެ. އެއީ ކޮން ކަމެއް ހެއްޔެވެ؟ “ހީ ސީމްސް އޯފަލީ ސްކޭރްޑް” އަހަރެން ބައްޕަ އާއި އަރާ ހަމަ ވުމުން ބުނީމެވެ. ބައްޕަ ހިނިގަނޑެއް ޖަހާލިއެވެ. “މޭބީ ހަމަ ދަރިފު މާ ބިރުވެރީ ކަންނޭނގެ އެއްނު.” އެއާއި އެކު ބައްޕަ ކޮޓަރިއަށް ވަނެވެ.
އަހަރެން ސޯފާގައި އިށީންނަމުން ގަޑި ބަލާލީމެވެ. އާހް. އަދިވެސް އަށެއް ޖަހަން ހަތަރު ގަޑިއިރު އެބައޮތެވެ. ގެއަށް އައި ފަހުން އަހަރެންނަށް މިބެލެނީ އަށެއް ޖަހާނެ އިރަކަށެވެ. ޓިއުށަނަށް ދާން ޖެހޭ ގަޑިއެވެ. ބައްޕަ އުޅުނީ ޓިއުޝަން ވެސް ގޭގައި ނަގާދޭ ގޮތަށް ހަދަންށެވެ. ނަމަވެސް އަހަރެންނަށް އިތުރު ކްލާހެއް ގޭގައި ނަގަން ޖެހިއްޖެއްޔާ މަރުވާނެއެވެ. އަހަރެން ގެއިން ނުކުންނަން ބޭނުމެވެ.
ގޭގެ އެކި ދިމާލުގައި ދުއްވަމުން ދެގަޑިއިރު ދުއްވާލީމެވެ. ކެއީވެސް އެ ދޭތެރޭގައެވެ. ދެން އޮތް އެއްގަޑި އިރު ވަންދެން އަހަރެންގެ ފިލާވަޅު ހެދީމެވެ. ބާކީ އޮތް އެއްގަޑިއިރު ދިޔައީ ރީތި ވުމުގައެވެ. އަހަރެންނަކީ އާންމުކޮށް ލަސް ކުއްޖެއް ނޫނެވެ. ނަމަވެސް މިޔަދު މައްސަލައެއް ނެތެވެ. މިޔަދު މިދަނީ ހުސް ނުދަންނަ ބައެއްގެ ތެރެއަށެވެ.
ކޮންމެކަސް ތައްޔާރު ވެ ނިމުން އިރު ބައްޕަ ލަސްވެފައި ސިޓިންގ ރޫމްގައި ހުއްޓެވެ. “އަވަސް. ގަޑި ޖެހޭނެ އެހެން ނޫނީއްޔާ” އަހަރެން ނުކުތް އިރަށް އެންމެ ފުރަތަމަ ވެސް ބައްޕަ ބުނި އެއްޗަކީ އެއީއެވެ. ރީއްޗޭ ބުނި ނަމަވެސް ވާނީ ކިހިނެއް ހެއްޔެވެ؟ ކުޑަކޮށް ހިތްވަރެއް ލިބޭނެއެވެ. ތެދެކެވެ. ގަޑި ޖެހެން އިނީ އެންމެ ދިހަ މިނެޓެވެ. ސައިކަލުގައި ދެވޭނީ ކިރިޔާއެވެ.
ނަސީބަކުން ކްލާހަށް އާދެވުން އިރަކު އަދި ޓީޗަރެއް ނާދެއެވެ. ވަކިން، ހުސްކޮށް އިން ޑެސްކް ބަރިއެއްގައި އަހަރެން އިށީނީމެވެ. ދޮރާއި ދިމާލަށް ބަލާލެވުނެވެ. ގްރޭޓް. އޭނަވެސް. އިރަމް ވެދެގެން އަންނަ ތަން ފެނުނީ އެވަގުތުއެވެ. ވަގުތުން އަހަރެންގެ މޫޑް އޮފް ވިއެވެ. އިރަމްގެ ފަހަތުން ޓީޗަރު ނުވަތް ނަމަ އަހަރެން ނުކުތީހެވެ.
އިރަމްވެސް އަހަރެންނާއި ދިމާލަށް އެވަގުތު ބަލާލިއެވެ. ފުރަތަމަ ހައިރާން ކަމެވެ. ދެން ހިނިތުން ވުމެވެ. އެއް މިޔަކަނުންނެވެ. މިޔަދު އޭނާ އަހަރެންނާއި ދިމާލަށް އެ ކީ ކަހަލަ އެއްޗެއް ނުކީ ނަމަ އަހަރެންވެސް އެ ހިނިތުން ވުމަށް ހެއްލޭނެއެވެ. އަހަރެން މޫނުން އެއްވެސް އިޙްސާސެއް ނުދައްކާ ވޭތޯ ބެލީމެވެ. އިސް ޖެހީމެވެ.
“މީހަކު މިތާ އިށީނދޭތަ؟” ސުވާލު އައި ދިމާލަށް ނަޒަރު ހިންގާލަމުން އަހަރެން އިސް އުފުލާލީމެވެ. މޫނު މަތިން ދެރަވާކަމުގެ އަސަރު ދައްކަމުން ހުރީ އިރަމްއެވެ. އަހަރެން އެއްޗެކޭ ނުބުނަމެވެ. އިރަމް އަހަރެންގެ ހިމޭން ކަން ޖަވާބެއް ކަމުގައި ނަގަމުން އަހަރެންގެ ޖެހިގެން އިން ގޮނޑީގައި އިށީނދެއްޖެއެވެ.
ދުވަމުން ދިޔަ ފިރިހެން ވަންތަ ވަސް އަހަރެންގެ ހިއްސުތަށް ނުކުޅެދުން ކުރަމުން ދިޔައެވެ. އަހަރެންނަށް ވަނީ މިކަހަލަ މޮޅެތި ގޮތެއް ނޫން ހެއްޔެވެ؟ ބަލަން ބޭނުމެވެ. ނަމަވެސް ބަލަން ފޫހިވެސް ވެއެވެ. ނަމަވެސް އަހަރެން ސިއްސައިގެން ދިޔައީ އިރަމްގެ ތުންފަތް އަހަރެންގެ ކަންފަތުގައި މަޑުމަޑުން ބީހިލުމުންނެވެ. އެއްޗެކޭ ބުނަން އުޅެނީ ހެއްޔެވެ؟ ނޫނީ މިއީ އެހެން ކަމެއް ހެއްޔެވެ؟ އަހަރެންގެ ވިސްނުމުގެ ހިއްސު އައްސި ވީ ހެއްޔެވެ؟ ކުރަންވީ ކަންތަށް އަހަރެންނަށް އެނގެއެވެ. ނަމަވެސް މީނީ ކުރަން ނޭނގިފައެވެ. ގެނބޭ އިޙްސާސް ކުރެވެނީއެވެ. ނަމވެސް ފަތަންވެސް އަހަރެން މީނީ ނޭނގިފައެވެ. ގެނބެމުން މިދަނީ ފެންގަނޑަކު ނޫނެވެ.
(ނުނިމޭ)
5 Comments
Comments are closed.
…..Kurin Shakkee Shenin Ge Bappa Ah Ingeykan
..Mihaaru Yageen
?Whos The New Hot Guy
..I m Loving This
..Varah Molhu Hurihaa Rahaeh Mix Kohlaathyve
….,Balance Koh Romance and Fiction genes Huri Goi Ekachchh Ves Gina Eh Noon Adhi Madheh Ves Noon
ޝުކުރިއްޔާ… ނަސީބު ކަމުދިޔަކަން… 🙂
adhi mihaa perfect story eh nukiye , nice
Nuvaane ehenneh
miah vure rythi echchehi ves keefa hunnaane
btw alhuganduge zakham ge dhebaives kiyaalumahfahu commenteh kohlumakee alhuganduge edhumeh
;;;;;;;;;;;;;;;