ހަތިޔާރު (ދެވަނަ ބައިގެ 2)
ކާރު އިސްކަންދަރު ކޮށިތެރެއަށް ވައްދަމުން ދިޔަވަރަކަށް އަހަރެންގެ ހިތް ދިޔައީ ނުތަނަވަސް ވަމުންނެވެ. ހަމަގައިމުވެސް އޭނައަށް އަހަރެންގެ ސުވާލުތަށް ޚިޔާލުތަށް ނުކިޔާވެސް އެނގޭނެއެވެ. ހުރިހާ ސުވާލުތަކެއް އަހަރެން މޫނުމަތީ ކުރެހިފައި ހުންނާނެ ކަންނޭނގެއެވެ. އަހަރެން ހިތް ބޮޑަަށް ނުތަނަވަސްވީ، އޭނާ އަހަރެންނާއި ދިމާލަށް ކާރުގެ “ރިއަރ ވިޔު” ލޯގަނޑުން އަހަރެންނާއި ދިމާލަށް ބަލާލައެވެ.
އޭނަ ފާޑަކަށް ނުލަފާ ހިންޏެއް އައިސް އިނެވެ. ނަމަވެސް އޭނާގެ ހިނި ފަޅައިގެން ދިޔައީ، އިސްކަންދަރު ކޮށްޓަށް ވަތް އިރު އަހަރެން އިންގޮތް ފެނިފައެވެ. އަހަރެން ވެސް ފަޅައިން ދިޔައެވެ. ނަމަވެސް ރުޅިއައިސްގެނެވެ. “ބުނަން. ހިތާވެފަ އިން މީހެއްހެން އަހަރެންނަށް ނުބަލާތިދެން. މަ ވަރަށް ނައްޓަ. ތި ހިތަށް އަރުވާ އެއްޗެެއް މަށަށް އިވޭވަރަށް ކިޔައިން އުޅޭ. އޭރުން މަށަށް ވެސް ހެވޭނީ. ހުރިހާއެންމެނަކަށް މީހުންގެ ޕްރައިވެސީ އިންވޭޑް ކުރުމުގެ ބާރެއް ލިބިފައެއްނެއް.” އަހަރެން ބުނީ ރުޅިއައެހެވެ. ނަމަވެސް ބޮލުގެ ބޭނުން ކޮއްލަމުންނެވެ. މަޤްޞަދެއް އޮތީމައެވެ. ކާމިޔާބު ވެއްޖެ ކަންނޭނގެއެވެ.
އޭނާގެ މޫނުމަތީގައި ހުރި ހުރިހާ ކުލަވަރެއް ފިލައިން ދިޔަކަހަލައެވެ. މުޅި މޫނުމަތީގެ ކުލަވަރަު ބަދަލު ވެއްޖެއެވެ. އަހަރެންގެ އަނގަ މޮޅެއް ނޫން ހެއްޔެވެ؟ މީހަކަު ރުޅިއަރުވާލަން ވަރަށް ފަސޭހައެވެ. ނަމަވެސް މީހަކު ހެއްވާލަން ހަމަ އެހާ އުނދަގުލެވެ.
އޭނަގެ ރުޅި ހުރީ އިންތިހާގައެވެ. އޭނާ ހީކުރިގޮތުގައި ކުރާނެ މަަލާމާތެއް އޭނާ އަހަރެންނަށް ކުރާއިރު އަންހެން ކުއްޖެއްހެން އަހަރެން އިންނާނެ ކަމަށެވެ. އަަހަރެން އެހާ ބަލިކަށްޓެއް ނޫނެވެ. އަހަރެންނަށް އަމިއްލަ ދިފާއު ކުރެވޭނެއެވެ.
އަހަރެން ހިތް ތެޅޭއެބައެވެ. ނަމަވެސް މިބަލަަނީ އެއްޗެއް ނުވިސްނާ ވޭތޯއެވެ. މިވާން އުޅޭ ކަމަކާއި މެދުގައެވެ. އޭނައަށް އަޑުއިވިދާނެތީއެވެ. އެހެން ކަމުން އެހެން އެއްޗެހި ހިތަށް އަރުވަނީއެެެވެ. ގްރޭޑް ފަހެއްގައި ކްލާސް ކުދިންނާއިއެކު ދަތުރު ދިޔައީމެވެ.
ހަަނދާން ކުރަނީމި ދަތުރު ދިޔަ ކުދިންނެވެ. ސިޒުނާ. ހުސެއިން. އައިމަން. ހާރިޝް. ހަދީ. މަރީ… ދެން އަނެއްކާާވެސް އިވުނީ އޭނާގެ ހުނުމުގެ އަޑެވެ. ނަމަވެސް މިފަހަރު އަހަރެން އޭނާއަށް ބަލާލިއިރު ފުރަތަމަ ފަހަރަށް އޭނަގެ ރަހުމެއް ހުރިކަން އެނގުނެވެ. އަހަރެންނަށް އެވަގުތު އައީ ޚިޔާލެކެވެ.
“އާން މަވެސް މީ އިންސާނެއް. ސޮރީ އިނގެ. ފޮރ ބީންގ އަ ޑި*.” އޭނަ ބުންޏެވެ. އަހަރެންވެސް ވަކި ރަނގަޅެއް ނޫނެވެ. “އައިމް ސޮރީ ޓޫ..” އަހަރެން ވެސް ބުނީމެވެ. މަޢާފަށް އެދުމަޚީ އަހަރެން އާންމުކޮށް ކޮށް އުޅޭ ކަމެއް ނޫނެވެ. ދެން އެކީ ހޭންފެށީމެވެ. “އާރ ޔޫ ނަޓްސް؟ ގްރޭޑް ފަހެއްގެ ދަތުރު؟ ހަހަ. ވަރުގަދަ އިނގެ. ޗިލް އިނގެ. ބޮޮސް ވަރަށް ކޫލް ވާނެ. ހުރިހާ ކަމެއްވެސް ކޭ ވާނެ. އިރަމްތީ ނެޗުރަލްއެއް. އެހެންވީމަ….” ހުނުން ހުއްޓަލުމަށްފަހު އޭނަ ބުންޏެވެ.
ބޮސް؟ ނެޗުރަލް؟ “ކިހިނެއް މަގެ ނަން އި…..” ސުވާލުކޮށް ނިމުމުގެ ކުރިން ޖަވާބު ހަނދާންވިއެވެ. އެއީ އަހަރެންނަށް ފާރަލީ މީހައެވެ. “ނެވަ މައިންޑް” އަނެއްކާވެސް ދެމީހުން ހޭން ފެށީމެވެ. “އައިމް ޝަހުދް ބައިދަވޭ. ނަމުން ގޮވާނީ. އޭަނައެއްނޫން ކިޔާނީ. އަހަރެންނަަށްް ކައޭ މައިންޑުން އޭނައޭ ކިޔާފަ އަނގަ ތަޅާތީ ވަރަށް އުނދަގޫ.” މިފަހަރުވެސް ދެމީހުން އެކީ ހެވުނީމެވެ. ވެރިވެފައިވާ ހާސްކަން ކުޑަ ހިނދެކޮޅަކަށް ކެނޑުނެވެ. ހިނދުކޮޅަށެވެ.
ކާރުގެ ދޮރު ހުޅުވާލުމާއި އެކު އަހަރެން މިތަނަށް އަންނަން ޖެހުނު ސަބަބު އިނގުނެވެ. ހަނދާންވީ މިހުރިހާ ކަމަކީ އަހަރެން އެހެން މީހުންނަށް ވުރެ ތަފާތު ވުމުން އަހަރެންނާއި ކުރިމަތިވާ ކަމެކެވެ. ނަމަވެސް މިވަގުތު އެދޮރުން ދިޔުން ނޫން އިތުރު ގޮތެއް އެބައޮތް ހެއްޔެވެ؟ ޝަހުދުގެ ފަހަތުން އަހަރެން ހިނގަން ފެށީމެވެ. އޭނާ ގެންދާ ދިމާާލަކަށް އަހަރެން މިވަގުތު ހަމަ ދިޔުން ނޫން އިތުރު ގޮތެއް ނެތެވެ.
ސިޑިއަކަށް ފަހު ސިޑިއަކަށް އަރަމުން ދިޔައިރު އަހަރެންގެ ހިތުގެ ނުތަނަވަސްކަން ދިޔައީ އިތުރު ވަމުންނެވެ. ސުވާލުތައް ފުނި ޖެހެމުން ދިޔައެވެ. ނަމަވެސް ދެވެން އޮތީ އެންމެ ޖަވާބެކެވެ. އަހަރެންނަކަށް ނޭނގެއެވެ. އެހެންނެވެ. “ހުރިހާ ކަމެއްވެސް ކޭ ވާނެ. ޗިލް މޭން.” ޝަހުދަށް އަޑު އިވޭނެއެެވެ. ނަމަވެސް އަހަރެންނަށް ހެވެވެ. މި މީހުން އަހަރެންގެ ޖާސޫސް ނުކުރާ ކަމެއް އޮންނާނެ ކަމާއި މެދު ޝައްކެވެ.
ގިނައިރުގެ އެރުން ތަކަކަށް ފަހު އެންމެފަހުން އެއް ފަންގިފިލާގައި މަޑު ކުރިއެވެ. އަހަރެންނަށް ހީވަނީ ތިންވަނަ ފަންގިފިލާހެނެވެ. ނަމަވެސް ޔަގީނެއް ނޫނެވެ. އެހެން ކަމުން މަޑުންް ހުރީ ޝަހުދް ހަދާ އެއްޗެއް ބަލާށެވެ. އޭނާ އެންމެ ފަހުން އިޝާރާތް ކުރީ އޭނަ ހުއްޓިގެން ހުރި ތާގައި ހުރި ދޮރާ ދިމާލަށެވެ. ވަގުތު ޖެހުނީއެވެ. ފަހަރުގައި އަހަރެން ބޭނުންވާ ޖަވާބު ތަކެއް ލިބޭނެ ކަންނޭނގެއެވެ. ކަންނޭނގެއެވެ.
ދޮރާއި ކައިރި ވަމުން ދިޔަވަރަކަށް ދޮރުގައި އިން ބޯޑު ސާފު ވަމުން ދިޔައެވެ. މިހާރު އަހަރެންނަށް ސާފުކޮށް އެބަފެނެއެވެ. އަލްފާޟިލް ޢިސްމާއީލް އިދްރީސް. ޖަހާފައި އިނީ ހަމައެކަނި އެހެންނެވެ. މަގާމެއް އަދި އެނޫން އެއްޗެއްވެސް ނެތެވެ. ހަމައެކަނި ފުރިހަމަ ނަމެވެ. އަހަރެން ފުރަތަމަ ހައިރާންވީ ވަކިން މީހެއްގެ އޮފީހެއް ހުރީމައެވެ. ނަމަވެސް ބޮޑަށް ހައިރާންވީ ހަމަ މަގާމެއް ނެތި ނަން އިނީމައެވެ.
ދޮރުގައި ޝަހުދް ޓަކި ދިނެެވެ. “ވަދޭ.” އައީ ފަނޑު ޖަވާބެކެވެ. ދޮރު ހުޅުވާލުމަށްފަހު ޝަހުދު އަހަރެންނަށް އިޝާރާތް ކުރަމުން ވަނެވެ. އަހަރެންވެސް އޭނާ ފަހަތުން ވަނީމެވެ. ވަދެވުމާއި އެކު އެންމެ ފުރަތަމަ ވެސް އަހަރެންނަށް ބަލާލެވުނީ މޭޒުގެ އެފަރާތުގައި އިން މީހައަށެވެ. އެމީހަ ވެސް އިނީ އަހަރެންނަށް ބަލައިގެންނެވެ. އޭނާ ތެދުވީ ދެނެވެ. އަހަރެންނާއި ދިމާލަށް އަތް ދިއްކޮށްލިއެވެ. ސަލާމް ކުރުމަށެވެ.
“އާ. ޝަހުދަށް ގެނެވިއްޖެދޯ އިރަމް.” ހިނިތުން ވެލަމުން ޝަހުދާއި ދިމާލަށް އޭނާ ބުންޏެވެ. ނަމަވެސް ކޮންމެވެސް ކަމެއް ފިއްތާހެން އަހަރެންނަށް ވަރަށް ހީވެއެވެ. “އާދެ. ދެން އެންމެ ރަނގަޅުތޯ އަޅުގަނޑު ދިޔަޔަސް؟” ނަމަވެސް ޝަހުދުގެ ވާހަކައިން މިހާރު ހީވަނީ އޭނާ އަށް މިތަނުގައި ހުރުން ވަރު އުނދަގޫ ކަމެއް އަދި ކުރެވިފައި ނެތް ހެނެވެ. “އެންމެ ރަނގަޅު” އިތުރު އެއްޗެކޭ ބުނަން ނުހަދާ އޭނަ (އިސްމާއީލް އިދުރީސް) ޝަހުދު ފޮނުވާލިއެވެ.
ޝަހުދު ނުކުންނަންދެން އޭނާ ޝަހުދަށް ބަލަން ހުއްޓެވެ. ދޮރު ޖެހުމާއިއެކު އަހަރެންނަށް ބަލާފައި ހިނިތުން ވެލިއެވެ. “ސޯ.. އަހަރެން މިތަނަށް ގެނެވިފައި މިހުރީ ކީއްވެ؟ ޖާސޫސް ކުރީ ކީއްވެ؟ އަހަރެން…” އަހަރެން ދިޔައީ ސީދާ ޕޮއިންޓަށެވެ. ނަމަވެސް ހިނިގަނޑަކުން އޭނަ އަހަރެން މައިތިރި ކުރިއެވެ. އަހަަރެންގެ ޖުމްލައިގެ މެދުތެރޭންނެވެ. “ނޭވާ ލާބަލަ އިހަށް” އޭނަ ހިނިތުން ވެލަމުން ބުންޏެވެ. އަހަރެން ހުއްޓީ އޭނަ ޖަވާބެއް ދޭން ދެނެވެ.
އޭނާގެ ވާހަކަ ފަށައިފިއެވެ. “ގިނަ މީހުންނަށް އިނގޭނެ އިސްކަންދަރުކޮށީގެ ތިންވަނަ ފްލޯރގަ ފޮރެންސިކް އިންނަކަން. އެކަމު މިތާ އެހެން ތަނެއް އިންނަކަން އިނގެނީ ކިތައްމީހުންނަށް؟” އޭނަ ސުވާލު ކުރީ ކޮންްމެހެން އަހަރެންގެ ޖަވާބަކަށް ބަލާކަށް ނޫނެވެ. ހަމަ ދެމުން ދިޔަ މައުލޫމާތެއް ގޮތުގައެވެ.
“އެހެން މީހުންނަށް ނޭނގެނީ ސުޕަރނެޗުރަލް ކަންކަމާ ބެހޭ ތަނެއް އިންނަކަމެވެ. އަަހަރެންނަށް ފުރަގަސް ދީގެން ހުރި މީހާ އަހަރެންނާއި ދިމާލަށް އެނބުރި އަހަރެންގެ ކައިރިއަށް އައިިސް އަހަރެންގެެ ކޮނޑުގައި އަތް އަޅާލިއެވެ. “ސުޕަރނެޗުރަލް. އިނގޭދޯ” އަހަރެންނަށް އިނގޭނެއެއް ނޫން ހެއްޔެވެ؟ އަހަރެންވެސް މީ އެ ކެޓަގަރީގެ މީހެއް ނޫން ހެއްޔެވެ؟ އަހަރެން ބޯ ހަލުވާލީމެވެ. އެއްބަސް ވުމުގެ ގޮތުންނެވެ.
“ރަނގަޅު. މިތަނަކީ ތިކަހަަލަ ކުދިންގެ ތަހުގީގު ކޮށް ވީހާވެސް ގިނަ މައުލޫމާތު ތިކަހަލަ ކުދިންނަށް އިތުރަށް ދިނިމުގެ ގޮތުން ހުންނަ ތަނެއް. މިތަން އިނގޭނީ މަދު ބަޔަކަށް. ސުވާލެއް؟” އޭނާ އެކީ ހިސާބުން އަހަރެން މިހުރީ ވިސްނަންށެވެ. އަޅާ ކިޔަނީއެވެ. އަހަރެމެންގެ ތަހުގީގު ކުރުމެވެ. އަޅާ ކިޔެނީ ކެމިސްޓްރީގެ ޕީރިއޮޑިކް ޓޭބަލް އަކާއެވެ. އެއާއި އެއްގޮތުން ނަމަ އަހަރެމެން މިއީ ތާވަލަށް ލާން ވެފައިވާ އައު “އެލެމެންޓެވެ.” އައު މައުދަނެވެ.
“ނެޗުރަލްސް އަކީ ކޮން ބައެއް؟” އަހަރެންގެ ފުރަތަމަ ސުވާލު އެހީމެވެ. އޭނާ ހާސްވި ތަން އަހަރެންނަށް ސާފުކޮށް ފެނުނެވެ. ނަމަވެސް އެސްފިޔަ ޖަހާލާހާ އަވަހަށް އޭނާގެ ހަމަ ޖެހިފައިވާ މޫނު އަލުން ގެނައެވެ. ހަމަގައިމުވެސް އަހަރެންނާއި ކަމެއް އެބަ ފޮރުވާއެވެ. “އެދޯ” ހިނިގަަނޑެއް ޖަހަމުން އަހަރެންެ ކާރީ އޭނަ ބުންޏެވެ. ނަމަވެސް އަހަރެން މިހުރީ މިހާރު ހޭކަހަލަ “މޫޑަކު” ނޫނެވެ. “އެ ޝަހުދް ބުނި އެއްޗެއްދޯ. އެ އޭނަ ތިކަހަލަ ކުދިންނަށް ކިޔާއެއްޗެއް.” އެހާ ފަސޭހައިން އޭނަ ބުންޏެވެ. އޭނަ “ތިކަހަލަ” ކުދިންނޭ ކިޔާާއިރު ހީވަނީ އަހަރެމެން މިއީ ބައްޔެއް ޖެހިފައި ތިބޭ ބައެއްހެންނެވެ.
“ދެން އެހެންވީ އިރު އަހަރެންވެސް ގެނެވިފަ މިހުރީ “ތަހުގީގު” ކުރަންދޯ.” އަހަރެން އިސްމާއިލް އިދުރީސް ކައިރީ ބުނީީ ޖަވާބެއްގެ ބޭނުމުގައެވެ. “ނޫނޭ. ތިކަންތަށް ކޮށްފި ޝަހުދް. އެކަމު އިރަމްގެ އަމިއްލަ ބާރުތަށް ދެނެގަންނަން އިރަމް އަށް ޖެހޭނެ.” އެއަށްފަހު އޭނަގެ މޭޒާއި ދިމާލަށް އެނބުރުނެވެ. އެއަށްފަހު ވަތްގަނޑު ހާވާފައި ފޮތެއް އަހަރެންނާއި ދިމާލަށް ދިއްކުރިއެވެ.
ފިލްމު ތަކުގައި ދައްކާ ކަހަލަ ފޮތެއް ނޫނެވެ. ލެދަރ ކަވަރެއް ނޫނެވެ. ހަމަ އާދައިގެ ޑައިރީއެކެވެ. އަހަރެން ހިފީމެވެ. ގަނޑުތަށް ހޫރާލީމެވެ. ވަރަށް ދެރަ ގަނޑުތަކެކެވެ. ހުރިހާ ގަނޑުތަކެއް ވިއްސައިގެން ނުދިޔައީ ކިރިޔާއެވެ. އަހަރެންގެ ވަރަށް ތަހުގީގު ކޮށްފައި އެބައޮތެވެ. “އެހެންވީމަ އަހަރެން ތި ގެނައީ މިތަނަށް މިފޮތް ދޭން؟” އަހަރެން އަތުގައި އޮތް ފޮތް ލައްޕާލަމުން އަހަރެން އެހީމެވެ. “ނޮޓް އެގްޒެކްޓްލީ.” އޭނ ބުންޏެވެ. އަހަރެން ބުމަ މައްޗަށް ނެގީމެވެ. ސުވާލެއްގެ ގޮތުންނެވެ.
“ސީ. އަސްލު އިރަމް އެބަ ބޭނުންވޭ އަހަރެމެންނަށް މަސައްކަތެއް ކޮށްދެން.” އޭނަ ބުންޏެވެ. “ދެން؟” އަހަރެން ރުޅި އައިސް ހުރި ގޮތަކަށް ކޮށް އަހަރެން އެހީމެވެ. “ކުއްޖެއް ހޯދަދޭންވީ. މިކަމަ…..” “ނުވާނެ. އެހެން ނޫނަސް ޝަހުދު އެހުރީ ނުން. ޝުކުރިއްޔާ. އެކަމު އަހަރެން ދެން ދަނީ މި.” އަހަރެން އޭނަގެ ވާހަކަ މެދުތެރެއިން ކަނޑާލުމަށްފަހު ބުނީމެވެ. އަހަރެން މިމީހުންގެ މަސައްކަތް ތަަކުގެ ތެރެއަށް ގެއްލޭކަށް ބޭނުމެއް ނޫނެވެ.
އަހަރެން އެނބުރި ހިނގައިގަތީމެވެ. ދޮރާއި ހިސާބަށް ދެވުނެވެ. އަތް ލެވުނީ ދޮރުގައެވެ. “މުސާރަ ލިބޭނެ. ކުރަންވީ ވަޒީފާއެއްގެ ގޮތުގަ.” އަހަރެން މިހުރީ ތަޅުވެސް އަނބުރާލަން ނޭނގިފައެވެ. އަހަރެން ވަޒީފާއެއްް މިހާލަތުގައި ވަރަށް ބޭނުމެވެ. އާއިލާ އުޅެނީ ދަތިކޮށެވެ. ވަޒީފާއަށް ދަނީ މަންމަ އެކަންޏެވެ. ބެލުން ނޫނީ އަހަރެންނަށް މިހާލަަތުގަ ނޯވެއެވެ. ނަމަވެސް އަހަރެން މިހުރީ އެނބުރެން ނުކެރިފައެވެ.
“ވީކްލީ މުސާރައެއް ލިބޭނެ. ވީކަކު ލިބޭނެ ޓޫ ތައުޒަން” އޭނާ ބުންޏެވެ. މިފަހަރު އަހަރެން ހަމަ އެނބުރުނީއެވެ. ދެހާސް ރުފިޔާ ހަފްްތާއެއްގެ ތެރެއަކީ ވަރަށް ބައިވަރު ފައިސާއެވެ. ހަމަގައިމުވެސް ސަތާރަ އަހަރުގެ މަދަރުސާގެ ދަރިވަރަކަށް ލިބެން ޖެހޭވަރަށް ވުރެ ބައިވަރެވެ. “އަދި ސަޅި ބައެއް އަހަރެންނެއް ނުބުނަމޭނުން.” އޭނާ އަހަރެންނާއި ދިމާލަށް ބަލާލަމުން ބުންޏެވެ. އަހަރެން އޭނައަށް ފުރަތަމަ ފަހަރަށް ރަނގަޅަށް ބަލާލީމެވެ. ލޯކައިރިން ފެންނަ ރޫ ތަކުން އޭނާ މުސްކުޅި ކަމަށް ދައްކައެވެ. އޭނާގެ އުމުރުން ވާނީ ސާޅީހަކަށް އަހަރެވެ.
“އެއަކީ؟” އަހަރެންް އެހީމެވެ. އިތުރު ރަނގަޅު ކޮން ކަމެއްބާއެވެ؟ “ވަޒީފަ ނިމުމާއި އެކު އަމިއްލަ އެޕާރޓްމެންޓެއް ލިބޭނެ. އެއަށްފަހު ސަރުކާރުގެ ބޭނުން ތާކުން ވަޒީފާ ލިބޭނެ.” އަހަރެން މިހުރީ ހަމަ ބުނާނެ އެއްޗެއް ނޭނގިފައެވެ. “ބޯޑުގަ އެއްޗެއް ޖަހާފަ ނެތުމުން ހީ ނުކުރާތި މީ އެއްވެސް ބައެއް ނޫނޭ. އަހަރެމެންގެ ނުފޫޒު މާ ގާދަވާނެ.” އޭނާ ވަރަށް ފަޚުރުވެރިކަމާއި އެކު ބުންޏެވެ. އަހަރެން މިހުރީ އަދިވެސް ބުނާނެ އެއްޗެއް ނޭނގިފައެވެ. “އަހަރެމެންގެ ނުފޫޒު ވަރަށް ގަދަވާނެ. ސަރުކާރުގެ ހުރިހާ ދިމާލަކާ އޮންނާނެ ގުޅުން.” އޭނާ ބުންޏެވެ. “އެކަމު އަހެން ކީއްވެ؟” އަހަރެންގެ އެންމެ މުހިއްމު ސުވާލެވެ. “ސަބަބަކީ އެއަކީ ތި އުމުރުގެ ކުއްޖެއްވީމަ. އަހަރެމެންނަށް ވުރެ އުމުރުގެ ކުއްޖަކަށް ފަސޭހަ ވާނެތީ.” އޭނަ ބުންޏެވެ. ކޮންމެވެސް ގޮތަކުން އެ ޖުމްްލަ ހަމަޖެހެއެވެ. ނަމަވެސް އަހަރެންނަށް ދެވުން ޖަވާބުން އަހަރެންވެސް ހައިރާން ވިއެވެ. “ކާކު ހޯދަންވީ؟”
(ނުނިމޭ)
13 Comments!
Comments are closed.
މިބައި މިއީ އިރަމްގެ ނަޒަރުންނެވެ. ނަން ނުޖެހި އިނުމުން މަޢާފަށް އެދެމެވެ.
Geez, that’s uneabievebll. Kudos and such.
V V V V V NICE…
ތެންކްސް އިފޫ.. 🙂
very cool
varah awahah upload kurahche 😉
ވީހާވެސް އަވަސް ކުރާނަން. ޝުކުރު.. D:
D: *:
😉
its awesome jai 😉
Umm, are you really just giving this info out for nogniht?
Haadha interesting story ekey. . Is this ur imagination? ? Bunaane Ehcheh neyngifa meenee. . Awsome storyy!!!!!! I just love it. :-D:-)
umm mee the tomorrow people balaafa liyefa in vaahaka ehtha??
it seems like.
seriously jai !!!
supernatural??????
aren’t we muslims? i mean we are not suppose to belive these types of stuffs???? rigth!!!!!
????????????????