“ނައިރާ.” ފަޔާޒްގެ އަޑު އިވުމުން ސިހިފައި އަހަރެން ބަލާލީމެވެ. “ފަޔާ. ކިހިނެއް؟” އޭނާ އަހަރެންގެ ފުރިހަމަ ނަން ބޭނުންކުރި ނަމަވެސް އަހަރެންނަށް އޭނާގެ ފުރިހަމަ ނަމުން ގޮވުމުގެ ހިތްވަރެއް ނުލިބުނެވެ. “ރަނގަޅު. ނައިރާ ކިހިނެއް؟” “ރަނގަޅު.” އޭނާ އަޒާންއަށް ބަލައިލީ ތައާރަފަކަށް ބޭނުންވެފައި ހުރެއެވެ. “މީ އަޒާން. މައި ބޯއިފްރެންޑް.” ވިސްނާލުމެއްނެތި އަހަރެން ބުނީމެވެ. އަހަރެން ހައިރާންވީ އެވާހަކަ އިވިފައި އަޒާން ނުސިހުނީމައެވެ. ހައިރާންވެފައި އަހަރެންނަށް ނުބެލީމައެވެ. ސަލާމަށް އަތް އުފުލާލީމައެވެ. ފަޔާޒް ހައިރާންވެފައި ހުރެ ސަލާމްކޮށްލިއެވެ. އެމޫނުމައްޗަށް ރިހުމުގެ އަސަރު ވެރިވިނަމަވެސް ހިނިތުންވުމަކުން އެކަން އޭނާ ސިއްރުކޮށްލިއެވެ. “އުފާވެއްޖެ ދިމާވީމަ. އަންހެނުންނާ ދަރިފުޅު އެނުކުތީ ހަމަ. ދަނީ އިނގޭ.” ބުނާނެ އެއްޗެއް ނޭނގި އިރުކޮޅަކު ހުރުމަށްފަހު ފަޔާޒް ބުނެލިއެވެ. އަދި އެތަނުން ނުކުތުމަށް ހިނގައިގަތެވެ.
އޭނާ ދިޔުމުން އަހަރެން ހާސްވީ އަޒާން ދެން ބުނާނެ އެއްޗެއް ނޭނގިފައެވެ. އިސްޖަހައިގެން އަހަރެން އިނީ ލަދުގަނެފައި އިން ވަރުންނެވެ. “ސޮރީ އަޒާން.” އެހެން އިނދެ އަހަރެން ބުނެލީމެވެ. ސިހިފައި އަޒާން އަށް ބަލައިލެވުނީ އޭނާ ހީނލި އަޑު އަހައިފައެވެ. ސުވާލު އުފެދިފައި އިނދެ އަހަރެން އޭނާއަށް ބަލަން ފެށުމުން އޯގާތެރިކަމާއެކު އޭނާ ވާހަކަ ދައްކަން ފެށިއެވެ. “އެއީ އެހާވަރު ކަމެއްނޫނެއްނު. އޭނާ އަންހެނުންނާއެކު ފެނުނީމަ ނައީ އެހެން ކަންތައްކޮށްފާނެ ކަމަށް އަހަރެން އިނީ ތައްޔާރުވެގެން. ނައީ ނުބުނިނަމަ އަހަރެން ބުނާނަން އެހެން.” އަޒާން ދެއްކި ވާހަކައިން އަހަރެންގެ ހިތަށް ހަމަޖެހުން ގެނުވިއެވެ. “ތިދެމީހުން ކީއްވެ ދުރުވީ؟” އެސުވާލު އަޒާން ކުރާނެކަން އަހަރެންނަށް އެނގެއެވެ. “އަހަރެންގެ އާއިލާއަށް ދިމާވި ކަމެއްގައި އަހަރެން މެލޭއަށް ދިޔައީމަ އޭނަ އެހެން މީހަކާ ކައިވެނި ކުރީ. ކޮން ކަމެއްކަން ނާހާތި. އެވާހަކަ ދައްކަން އަހަރެން ރެޑީއެއްނޫން. އެދުވަސްވަރު ކަންތައްވީ ގޮތުން އަހަރެންނަށް އޭނާއަށް އެއްވެސް ވަގުތެއްވެސް ނުދެވޭ. އެއަށްވުރެ މާހާލުގައި އަހަރެން ހުރީ.” ފުންނޭވާއެއް ދޫކޮށްލުމަށްފަހު އަހަރެންގެ ވާހަކަ ކުރިއަށް ގެންދިޔައީމެވެ. “އަހަރެން އޭނަދެކެ ލޯތްބެއްނުވޭ މިހާރަކު. އޭރުވެސް ނުވާތީ ކަންނޭނގެ އެހާ ފަސޭހައިން އޭނާއާއި ދުރަށްދެވުނީ. އެކަމަކުވެސް އެހެން މީހާކާއެކު އޭނަ ފެނުނީމަ އަހަރެންނަށް އުނދަގުވީ. އޭނަ ކައިވެނިކުރީ އަހަރެންގެ ކުލާސްކުއްޖަކާ. އަލަށް މިދެކުނީ އެދެމީހުން އެކުގައި.” އަޒާން މަޑުމަޑުން އަހަރެންގެ އަތުގައި ހިފާލިއެވެ. އަދި ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަކަށް ކަމަށް ބުނެލިއެވެ.
އެދުވަހު ގެއަށް އާދެވުނިއިރު އަހަރެންގެ ތަބީއަތްހުރީ ގޯސްވެފައެވެ. ކޮޓަރިއަށް ވަދެ އޮށޯވެލުމުން ސިނކުޑީގައި ހިނގަން ފެށީ އަހަރެން އާކުރަން ބޭނުންނުވާ ހަނދާންތަކެކެވެ.ފަޔާޒް ފެނުމުން އަހަރެން އޭނާއާއި އެކު އުޅުނު ދުވަސްތަކުގެ ހަނދާންތައް އާވާން ފެށިއެވެ. އެހަނދާންތަކުން އަހަރެން މާޔޫސްނުވިނަމަވެސް އެއާ އެކު އާވާންފެށި ބޭބެގެ ހަނދާންތަކުން އަހަރެން މާޔޫސްކުރުވިއެވެ. އެއާ އެކު މޭފިތި ބާރުވަމުން އަންނަ ކަހަލަ އިހުސާސެއް ކުރެވެން ފެށިއެވެ. އަޖައިބެއްކަހަލަ ހުސްކަމެއް އިހުސާސްވާން ފެށިއެވެ. ގިސްލެވެން ފެށުނީ އިޚުތިޔާރުން ބޭރުގައެވެ. ކިތަންމެ ބޭނުން ވިޔަސް ބޭބެ އެނބުރި ނާންނާނެކަން ހަނދާންވާ ކޮންމެ ފަހަރަކު އަހަރެންގެ ހާލަކީ މީއެވެ. ބޭބެއާއި އެކު ހޭދަވި އެންމެ ފަހު ވަގުތުކޮޅު ހަނދާން ނުކުރަން އަހަރެން ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަމެއް ކާމިޔާބެއް ނުވިއެވެ. އެރޭ ބޭބެއާއި އެކު ސައިކަލުގައި ކުރި ދަތުރު އަހަރެން ހަނދާނެއް ނުނެތޭނެއެވެ. އަހަރެންގެ އިސްތަށިގަނޑު ވަޔާއެކު ބޭބެގެ މޫނުގައި ޖެހުމުން އަހަރެންނާ ބޭބެ ދިމާކުރަން ފެށިއެވެ. ދާންވީ ތަނަށް ދެވުނުއިރު އަހަރެމެން ދެބެއިން ތިބީ ހަމަ ރަނގަޅަށްވެސް އެކަކު އަނެކަކު ދެކެ ރުޅިއައިއްސައެވެ. އަހަރެން ސައިކަލުން ފައިބައިގެން ހިނގައިގަތުމާއެކު ބޭބެ އަހަރެންނަށް ގޮވާލައިފައި ބޭބެ އަހަރެން ދެކެ ލޯބިވާ ވާހަކަ ބުނީ ކީއްވެކަމެއް ނޭނގެއެވެ. އޭގެ ފަހުން ބޭބެ ދިރިހުއްޓާ ދިމާނުވާނެކަން އެނގޭނަމަ އަހަރެންވެސް އެކަހަލަ ކޮންމެސް ވާހަކައެއް ބުނީމުހެވެ.
އޭގެ އަނެއް ދުވަހު އަހަރެން އޮފީހަކަށް ނުދަމެވެ. ސައީދުއަށް މެސެޖެއް ކޮށްލުމަށްފަހު މަސައްކަތް ކުރިއަށް ގެންދަންވީގޮތް ކިޔައިދީ އަޒާންއަށްވެސް މެސެޖެއްކޮށްލީމެވެ. މާބުރަކޮށް އުޅެންޖެހޭތީ އަރާމުކޮށްލަން ދުވަހެއް ނެގީކަމަށް ބުނެ މަންމަ ހިތްހަމަ ޖައްސައިދިނުމަށްފަހު އަހަރެން ބޭސްކައިގެން ނިދަން އޮށޯވެލީމެވެ. އަހަރެންނަށް ހޭލެވުނުއިރު އަޒާން ގުޅާފައި އޮތެވެ. ފޯނު ނުނެގުމުން ހާލު އަހާފައި މެސެޖްކޮށްފައިވެސް އޮތެވެ. އޭނާގެ އެކަހަލަ ކުދިކުދި ކަންތައްތަކުގެ ސަބަބުން އަހަރެންގެ ހިތް އޭނާއަށް ލެނބެމުން ދިޔައީ އިޚުތިޔާރުން ބޭރުގައެވެ. އޭނާގެ ކޮންމެ ސިފައެއްވެސް އަހަރެންނަށް ކަމުދެއެވެ. ހީނލާ ގޮތުން ފެށިގެން ހެދުން އަޅާ ގޮތާއި އަހަރެންނާ މެދު ބަހައްޓާ ގާތްކަންވެސް އަހަރެންނަށް ވަރަށް ކަމުދެއެވެ. އެކަމަކު އަހަރެންގެ މި އިހުސާސްތައް އޭނާއަށް ހާމަކުރާހައި ހިތްވަރެއް އަހަރެންގެ ނެތެވެ.
މަހެއްހާ ދުވަހުގެ ބުރަ މަސައްކަތަށްފަހު އޮފީހުގެ އަހަރީ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަ ކުރެވުނެވެ. އަޒާންއާއި އަހަރެންގެ މަސައްކަތައް ގިނަބަޔަކު ތައުރީފްކުރިއެވެ. އަޒާން އެހާ ބޮޑު މަސައްކަތެއް ކުރި ފުރަތަމަ ފަހަރުކަމުން އޭނާހުރީ ވަރަށް އުފާވެފައެވެ.
ޖެހިގެން އައި ދުވަހު އޮފީހަށް ވަދެ ހަމަޖެހިލިތަނުން އޮފީހުގައި މަސައްކަތްކުރާ ކުއްޖެއްކަމަށްވާ ފައިހާ އައެވެ. “ނައީ. މިއައީ ކަމަކު ކިޔަން.” “އަވަހަށް ބުނޭ.” އޭނާއަށް ކުރިމަތިވާ ގޮތަށް ގޮނޑި އަނބުރާލަމުން އަހަރެން ބުނީމެވެ. “އަހަރެންގެ ކަޒިންއެއް މިއަހަރު އޯލެވެލް ހަދާތީ އޭނާއަށް އިންގްލިޝް ޓިއުޝަން ދެވިދާނެތޯ އަހާލަންވެގެން.” “އޭ ނައީ ޓިއުޝަން ވެސް ދޭތަ؟” އަހަރެން ޖަވާބު ދިނުމުގެ ކުރިން އަޒާން ސުވާލުކޮށްލިއެވެ. “ކުރިން ދިނިން. މެލޭއިން އައި ފަހުން ނުދެން. އެކަމަކު ދެން ފަށަންވީކަން ނޭނގެ.” އަހަރެންގެ ވާހަކަ އިވި ފައިހާގެ ހީނލިއެވެ. “އެގެއަށް ދާންޖެހޭނީ. އޯކޭ ވާނެތަ؟” “އާނ. ރަނގަޅުވާނެ. ކޮންތާކު ގެ ހުންނަނީ؟ ކޮންއިރަކު ފަށަންވީ؟” “މިއަދުވެސް ފަށަންވީ. އެގެ ހުންނަތަން ކިހިނެއްތަ ބުނެދޭނީ. އާނ. އެމް.ޕީ ރާއިޝްގެ ގެ އެނގޭދޯ؟ އެގެ ކައިރީގައި ހުންނާނީ” ފައިހާ އިރުކޮޅަކު ވިސްނާލުމަށްފަހު އެހިއެވެ. “އާނ އެނގޭ. އެހާ މަޝްހޫރުވީމަ އެނގޭނެއްނު.” އަހަރެން ޖަވާބުދިނީ ހިނިއައިއްސަ އިނދެއެވެ. “އޫހް. ނައީ އެންޑް ޕޮލިޓިކްސް؟” އަޒާން ހައިރާންވެފައި އަހާލިއެވެ. “އައްޗީޑި. ނޫން. ވަރަށް ފޫހިވޭ ޕޮލިޓިކްސްދެކެ. އެ އެމް.ޕީ ދެކެވެސް. ހާދަ ރުޅި އަންނަ މީހެކޭ އެއީ.” އަހަރެން އަޒާންއަށް ބަލާލަމުން އެހެން ބުނުމުން އޭނާ ބުމައަރުވާލުމަށްފަހު މަސައްކަތަށް އެނބުރިއްޖެއެވެ. ފައިހާ އަހަރެންނަށް އޭނާގެ ދައްތަގެ ގެ ކިޔައިދިނުމަށްފަހު އޭނާގެ ދައްތައަށް ގުޅޭ ނަންބަރެއް ދިނެވެ. އަދި ދާންވީ ގަޑި ބުނެފައި އެނބުރިދިޔައީ އަހަރެންނަށް ޝުކުރުއަދާކޮށްފައެވެ.
އޮފީސް ނިމިގެން ގެއަށް ގޮސް މަންމަ ކައިރީގައި ކުއްޖަކަށް ޓިއުޝަންދޭ ވާހަކަ ބުނުމުން މަންމަ ވަރަށް އުފާވިއެވެ. ބޮލުގައި ފިރުމާލުމަށްފަހު ކުރީގެ ދިރިއުޅުމަށް އެނބުރިއަންނާތީ އުފާވާކަމަށް ބުނެލިއެވެ. އަވަހަށް ތައްޔާރު ވެލައިގެން އަހަރެން ނިކުތީ ގަޑި ޖެހެން ވާއިރަށް އެގެއަށް ދެވޭތޯއެވެ. ބައްޕަ ސައިކަލުގައި ގެންގޮސްދެންތޯ އެހުމުން އަހަރެން ނޫނެކޭ ބުނީ ހިނގާފައިދާން މާދުރުނޫން ހިސާބެއްކަމުންނެވެ. އެހެންނޫނަސް ބޭބެގެ މަރަށްފަހު އަހަރެން ބައްޕަގެ ސައިކަލަކަށް ނާރަމެވެ. ބައްޕަގެ ސައިކަލުގައި އަހަރެން ގޮވައިގެން އެންމެ ފަހުން ތަނަކަށް ދިޔަ މީހަކީ ބޭބެ ކަމަށް ވާތީއެވެ.
އެމް.ޕީ ރާއިޝްގެ ގެއާ ހަމައަށް ދެވުމުން މަގުގެ އެއްކައިރިއަށް ޖެހިލުމަށްފަހު ފައިހާ ދިން ނަމްބަރަށް ގުޅާލީމެވެ. ދެފަހަރު ގުޅުމުންވެސް އެކޮޅުން ޖަވާބެއް ނުދިނެވެ. މަގުގެ ދެކޮޅަށް ބަލަމުން ދަނިކޮށް ލޮލުގައި އަޅައިގަތީ ކުރިމަތީގައި ހުރި ފިހާރައިން ނުކުތް އަޒާންއެވެ. ފޯނު ތިރިކޮށްލުމަށްފަހު އަޒާންއަށް ގޮވާލުމުން އޭނާ އަހަރެންގެ ކައިރިއަށް އައެވެ. ވެގެން އުޅޭ ގޮތް އޭނާއަށް ކިޔައިދިނުމުން އޭނާ ލަފާދިނީ ފައިހާ އަށް ގުޅާށެވެ. ފައިހާ އަށް ގުޅަން ނަމްބަރު ޑައިލް ކުރަނިކޮށް އިވުނު އަޑަކުން ސިހުނުވަރުން ފޯނު އަތުން ދޫނުވީ ކިރިޔާއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.


Masha allah vvvvv reethi mi part vec.. Sorry that I didn’t comment on the previous part.. But vaahaka varah reethi… When next part dear.. Waiting ❤️❤️❤️much love ?❤️❤️❤️
Thankyou Kitty. Tomorrow In sha Allah ❤
Mi stry hama obi??..wat so say..hehe.. masha allah..u r really talented??..whn next part..ehaa curious koh nimmaalyma mi story kiyaa hithun dhefai olhunas neygeyne??..hehe..much much loves darla??
Thankyou jiji. Next part is tomorrow In sha Allah. Do leave a comment. ❤❤
Dear miadhu story up kohla dhevidhaane thr.. Varah foohi vgn miulheny.. Ur story is very beautiful
Already sent for review. ?
Thanks a lot dear ??.. Much love ?
This is so good… ❤❤❤Hama aslau vr reethi… heevany love triangle hedhen ulhey hen???