ބޭރުގައި އުޅިފައި ސާމިހު ގެއަށްއައިސް ވަންއިރު ސީމާ ސޯފާގައި އިށީންދެލައިގެން އިނެވެ. އޭނާއަށް އޭނާގެ ކޮއްކޮ ރީއްޗަށް ނުފެންނަތަން ވީދުވަހެއްވެސް ނޭނގެއެވެ. ކޮއްކޮގެ މޫނުމަތި މިލާފައިވާއިރު ބަނޑުބޮޑެއް ކަމަކު މީހާ ހުރީ އަނަރޫފަވެފައެވެ. ސާމިހުގެއަށް ވަނުމުން ސީމާ އިސްއުފުލާ އޭނާގެ ބޭބެއަށް ބަލާލިއެވެ. “އަޅުގަނޑު ބޭނުން ބޭބެއާއި ވާހަކައެއް ދައްކާލަން.” އިސްޖަހާލަމުން މަޑުމައިތިރި އަޑަކުން ސީމާ ވާހަކަދެއްކިއެވެ. ފުރަގަސްދީ ދާނެ ހިތްވަރެއް ސާމިހުއަކަށް ނުލިބުނެވެ. އެހެންކަމުން ކުރިމަތީގައި ހުރި ސޯފާގައި އިށީންދެލިއެވެ. “އަޅުގަނޑަށް އެނގޭ ބޭބެމެން އަޅުގަނޑުދެކެ […]
އައި.ސީ.ޔޫ ކައިރީގައި ހުރި ގޮނޑި ބަރީގައި އިށީންދެ އިންއިރު ސާފިޔާގެ ހަނދާނަށް އަންނަމުން ދިޔައީ އެކި ދުވަސްމަތިން އެދަރިފުޅު ވައްޓާލަންއެދި ސީމާ ކައިރީ ކިޔުނު އެއްޗެއްސެވެ. އެދަރިފުޅު ބޭނުން ނޫންކަމަށާއި ވިހެޔަސް ނުބަލާނެ ކަމަށް އޭނާ ވާނީ ބުނެފައެވެ. އެދަރިފުޅު މަރުވުމުން އަމިއްލަ ނަފްސު ކުއްވެރިކުރެވެނީ އެހެންވެއެވެ. ހިތާ ހިތުން އެދަރިފުޅުގެ ކިބައިން ސާފިޔާ މާފަށް އެދެމުން ދިޔައެވެ. އެގޮތަށް އެތާނގައި އިންއިރު މާޒީގެ ހަނދާންތައް އާވަމުން ދިޔައެވެ. ********** ސީމާގެ މެޑިކަލް ޗެކަޕް ހައްދާ ދުވަސް […]
ހޮސްޕިޓަލުގެ އައި.ސީ.ޔޫ ގެ ދޮރުމަތީގައި ދެކޮޅަށް ދެކޮޅަށް ހިނގަމުންދިޔަ މެދު އުމުރުގެ އަންހެންމީހާގެ މޫނުމަތީގައި ވަނީ ހާސްކަމުގެ ކުލަވަރެވެ. ދެއަތްދެއަތާއި މޮޑެމުން ހިނގަމުން ދިޔައިރު ދޭތެރެއިން ދެލޯފޮހެލާތަންވެސް ފެނެއެވެ. ދުރުން އައި އަންހެން ކުއްޖަކު މަޑު ހިނގުމެއްގައި އައިސް އެއަންހެންމީހާގެ ކައިރިއަށް ހުއްޓެމުން އޭނާގެ އަތުގައި ހިފާލިއެވެ. “ސާފިޔައްތާ. މިއޮތީ ސީމާ ދިން އެއްޗެއް.” ކުޑަ ފޮއްޓެއް ސާފިޔާ އަތަށް ދިއްކޮއްލަމުން ފައިހާ ވާހަކަދެއްކިއެވެ. “ތަންކޮޅެއް ކުރިން ދުވަހަކު އަޅުގަނޑު އަތަށް ދިނީ.” ސާފިޔާ ހައިރާންވިވަރު ފެނިފައި […]
ބައްދަލުވުން ނިންމާލުމަށްފަހު ކެބިންއަށް ވަދެ ގޮނޑީގައި ހަމަޖެހިލަމުން ނިތްކުރީގައި އަތް ޖައްސާލެވުނީ ބޮލުގައި ރިއްސާތީއެވެ. މިއީ މިހާރު އަބަދުވެސް އަހަރެންގެ ހާލެވެ. ބޮލުގައި ނުފިލާ ރިހުމެއް އުފެދިފައި ހުންނަނީ ފިކުރު ކުރަންޖެހޭ ކައްތައްތައް ގިނަކަމުންނެވެ. ވަޒީފާގެ އެކި ކަންތައްތަކެވެ. ބޮއްސުންލާފައިވާ އަހަރެންގެ ދިރިއުޅުމުގެ ކަންތައްތަކެވެ. މޭޒުމަތީގައި ބެހެއްޓިފައިވާ ކުޑަކުޑަ ލޯގަނޑުން އަހަރެންގެ ސޫރައަށް ބަލައިލީމެވެ. މޫނުމަތީގައި ވަނީ ވަރުބަލިކަމުގެ އަސަރެވެ. ވާނީވެސް އެހެންނެވެ. ހަމަނިދި ނުލިބެއެވެ. ކާހިތެއްނުވެއެވެ. ޚިޔާލުތަކަށް ގެއްލިފައި އިންދާ އަހަރެން ސިއްސައިގެންދިޔައީ ކެބިންގެ ދޮރު […]
އަތުގައިވާ ގަޑިއަށް ބަލަމުން އަވަސް ފިޔަވަޅުތަކެއްގައި އަހަރެން ހިނގަމުން ދިޔައީ ރަށުގައި ފޯނު ކުރުމަށް ބެހެއްޓިފައިވާ ފޯނު ބޫތާއި ދިމާއަށެވެ. އާޒިމް ގުޅާނެ ކަމަށް ބުނެފައިވާ ގަޑިއަށް ނުދެވިދާނެތީ އަހަރެން ހުރީ ކަންބޮޑުވެފައެވެ. ގަޑިއަށް އެހިސާބަށް ދެވުމުން ފޯނު ރަނގަބީލުވާނެ އިރަކަށް އިންތިޒާރުގައި އަހަރެން ހުއްޓިލީމެވެ. އަބަދުވެސް އަހަރެމެން ކަންތައް ކުރާ ގޮތަކީ އެއީއެވެ. ކޮންމެ ދުވަހެއްގެވެސް މެންދުރުފަހު ދޭއް ޖަހާއިރު އާޒިމް އަހަރެންނަށް ގުޅާނެއެވެ. އަހަރެން ކޮންމެ ދުވަހަކުވެސް އެކޯލުގެ އިންތިޒާރުގައި މިތާނގައި ހުންނަމެވެ. އާޒިމް […]