ވަދާއީ ސަލާމް… (މިހިތަށް ހަރީފުގެ އަހަރަކަށް ފުރުސަތު ދެމެވެ.)
މުޅި މާހައުލުގައި އޮތީ މަރުފަދަ ހިމޭންކަމެކެވެ. ބޭރުން އިވޭ އާ އަހަރުގެ އުފާވެރި އަޑުތައް ހިދިއްޖެއެވެ. ބެލްކަނީގައި ހުރި ސޯފާގައި އޮވެލާފައި އަހަރެން ކޮޓރިއަށް ވަނީމެވެ. ގަޑިން އޭރު ދޭއްޖަހައި ބޮޑުވެއްޖެއެވެ. އެކަމަކު ނިދޭނެ ހެއްޔެވެ؟
ދަންވި ދަންވިހެން ނިދި ފިލަނީއެވެ. ނުނިދެނީއެވެ. ރޮވެނީއެވެ. ވިސްނެނީއެވެ. ނައްސި ހިޔާލުތައް އާވަނީއެވެ.
ދެލޯމެރުނަސް ސިފަވަނީ އެ މޫނެވެ. އެ ޖާދުވީ ދެލޮލެވެ. އަދިވެސް ކަލާދެކެ ލޯބިވެއެވެ. އުމުރަށްވެސް ލޯބިވާނަމައެވެ. ދެން، އެނބުރި އަހަރެންގެ ހަޔާތަށް ކަލާގެންނާކަށް ނެތީމެވެ.
މި ފެށުނު އާ އަހަރާއެކީ އަހަރެން ކަނޑައެޅި އަޒުމުމިއެވެ. ދެރަވިޔަސް މީގައި ކުރާނެ ކަމެއްނެތެވެ. ތަޤްދީރާއި ވަކި ދެކޮޅު ވާނީވެސް ކިހިނެއް ކޮންގޮތަކުން ހެއްޔެވެ؟
އަހަރުމެން ދިމާވީ މީގެ އަހަރެންކުރިންނެވެ. ފަސްއަހަރުގެ ދިގު އިންތިޒާރަކަށް ފަހުއެވެ. އަހަރެންގެ ލޮލުގައި އޭނާ އަޅައިގަތީ މީގެ ފަސްއަހަރު ކުރިންނެވެ. ދެހާސް އަށާރަވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ފަހުކޮޅެވެ. އެ ދަތުރުގެ ވާހަކަތަށް ދައްކާކަށް ނެތީމެވެ. ދެމީހުންނަށްވެސް އެއީ ޚާއްސަ ދަތުރެކެވެ. އޭނާގެ ލޮލުގައި އަހަރެން އަޅައިނުގަތަސްއެވެ.
އޭނާ އަހަންނަށް މެސެޖެއް ކުރާނޭކޭ ހިތަށްވެސް ނާރަ އެވެ. އެހެންކަމުން އެދުވަސް ވީ ވަރަށް ހުވަފެނީ ދުވަހަކަށެވެ. ކުރިމަތީ ހުރެގެން އޭނާ އަހަންނަށް ގޮވާލިފަދައެވެ. ” އޭނާ: ސަލާމް” އޭނާގެ ފުރަތަމަ މެސެޖްމިއެވެ. ވެފައިހުރި އުފަލުން އަހަރެން ދެ މެސެޖް ފޮނުވާލީއެވެ.
“އަހަރެން: ސަލާމް، ހާލު ކިހިނެއް” އިނގިރޭސިން އަހަރެން ފޮނުވާލީމެވެ. އެނާގެ ސަމާލުކަން އެ ސުވާލަކަށް ނުލިބުނެވެ. އޭގެ ބަދަލުގައި އެދުނީ ފޮޓޯ އަކަށެވެ. އަހަރެން އިންތަނުގެ ފޮޓޯ އެއް ފޮނުވުމަށެވެ. އުޅެމުން މިދަނީ އަހަރެންގެ ގެޔަކު ނޫނޭ ބުނީމެވެ. މީ އިހުގު ފަރުމާއަށް ހަދާފައި ހުރި ގެއެކޭވެސް ބުނެލީމެވެ. ގޮތްދޫކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. އިންތިހާ އެލޯތްބަށް ފެންބޯވައިގެންފައިވާ އަހަރެން އެކަން ކޮށްދިނީމެވެ. ވަކިވާން ބޭނުން ނުވާތީއެވެ.
އަސުރަށް ގޮވަށްދެން ތިބީ ފޯނުން ލިޔުމުގައެވެ. އޭނާގެ ދިރިއުޅުމުގެ ކަންތައް އަހަންނަށް އެނގޭކަން އަންގާލީމެވެ. ހުދު އޭނާވެސް ހުރީ އަންތަރީސްވެފައެވެ. އެވަގުތު އޭނާގެ މޫނު ހުންނާނެ ގޮތް އަހަންނަށް ސިފަވިއެވެ. ހެވިފައި ހުއްޓަށް ދެލޮލުގައި ވާނީ ހައިރާން ކަމެވެ. “އަހަރެން: އެނގޭ ތީ ދަރިއެއްގެ ބައްޕަކަންވެސް.” ސޯފާގައި ހަމަޖެހިލަމުން ފޮނުވާލީމެވެ. ގޭތެރެ އޮތީ އަހަންނަށް ލިބެމުން ދިޔަ އުފަލަށްޓަކައި ހަމަހިމޭންވެފައި ފަދައެވެ. ހުޅުވައިފައި ހުރި ޓީވީގެ އަޑު ފިޔަވައި އިތުރު އެއްވެސް އަޑެއް ނީވެއެވެ. “އޭނާ: ތީކާކު؟” އެހެން އަހާލުމުން އަހަންނަށް ހެވިއްޖެއެވެ. އަސްލު އޭނާ ހީކުރީ އަހަރެން މީ ފަރާލާމީހެއްކަމަށެވެ. ވަގު އައިޑީ އެއް ހަދައިންގެން އުޅޭ މީހެއް ކަމަށެވެ.
“އޭނާ: އަހަރެން އުޅެނީ މީހަކާއި އިނދެގެންނެއް ނޫން. ” އެވެސް އަހަންނަށް އެނގޭ ކަމެކެވެ. ނޭނގޭ ހަމަ އެއްވެސް ކަމެއް ނޯންނާނެއެވެ. “އަހަރެން: އެހެންތައް” ނޭނގޭކަމަށް ހެދިލަމުން އަހަރެން ލިޔެލީމެއެވެ. އެހާ އަވަހަށް ލައްބައޭ އޭނާ ފޮނުވާލި އެވެ. “އޭނާ: ލައްބަ” ނުވިތާކަށް ލައްބަ ކިޔަން އަހަންނަށް އާދަކޮށްދިނެވެ. ލައްބަ ނޫން އެއްޗެއް ނުބުނުމަށްވެސް އެދުނެވެ.
ހަވީރުގެ ހޫނުކަން ކެނޑި ހިޔާވަމުން ގޮސް ދުނިޔެ އާނދިރިވާން ފެށިއެވެ. މަޑު އޮރެންޖު ކުލައިގެ ދޯދިތައް ކަނޑުގެ ލޮނުގަނޑަށް އެޅިގެން ދިޔައެވެ. އިރުއޮއްސޭން އުޅޭކަން އަންގައިދެމުންނެވެ.
ކާޅު ކޮވެލީގެ އަޑުތައް މުޅިންހެން މަޑުވެގެންދިޔައެވެ. މަގުތަކަށް ބުޅާތައް ނިކުމެއް ގަނެއްޖެއްޖެއެވެ. މުޅިރަށް ހީވީ ނަމާން ކިއްލާއަކަށް ވިހެންނެވެ. ބުޅާ ކޮޅޭ އަޑުތަކެވެ. އިންސާނެއްގެ ވޭނީ ރުއިމުގެ އަޑެކޭ ތަފާތެއްނެތެވެ. އެއް ފުރާޅުން އަނެއް ފުރާލުން ދުވާއިރު ހީވަނީ އެހެންފަދަ ކަމެއްހެންނެވެ. ސިލީންގު ފަޅާފައި ކޮޓަރިއަށް ބުޅަލެއެއް ވެއްޓިދާނޭވެސް ހީވާ ކަހަލައެވެ.
އެކަނި ކޮޓަރީގައި އޮންނަށް ހިތެއް ނުވިއެވެ. މީހާ ބިރުން ތުރުތުރު ލަނީއެވެ. ހާސްވެގެން ތެޅިފޮޅެނީއެވެ. ކޮޓަރީގެ ބޭރަށް ބޯދިކޮށްލީމެވެ. އަށެއްގެ ޚަބަރު ބަލަން ސިޓިންރޫމްގައި މަންމަމެން ތިއްބެވެ. މަޑުމަޑުން ހިގާލާފައި ގޮސް ސޯފާގައި އިށީނދެލީމެވެ. އެޔަށްފަހު އަތުގައި އޮތް ފޯނަށް ބަލާލީމެވެ. ކަމަކުދާކަށް ނެތެވެ. އޭނަ މެސެޖްކޮށްފައި އެބައޮތެވެ.
“އޭނާ: ކައިފިންތަ!” އޭރު އަދި މިގޭގައި ކާގަޑި ކައިރިވެސް ނުވެއެވެ. ނޫނެކޭ ބުނަމުން އަހަރެންވެސް އެސުވާލު ތަކުރާރު ކޮށްލީމެވެ. “އަހަރެން: ނުކަން އަދި. ކައިފިންދޯ”
އޭނާ ހީވީ އަހަރެންގެ އިންތިޒާރުގައި އިންހެންނެވެ. ހަމަ ފޮނުވާލިއިރު ނޫނެކޭ ބުނެފިއެވެ. “އޭނާ: ނޫން ދާންވީ ދެން ކާން” އެހެންބުނެފައި މަގުމަތީ ގެ ފޮޓޯއެއް އޭނާ ފޮނުވާލިއެވެ. ޑިއުޓީ އޮތީ މިރޭ ބާރަ ޖަހާއިރު ކަމަށްވެސް ވެއެވެ.
އެހެން ފޯނަށް ބަލަން އިނދެ އަހަރެން ފަސްޖެހިފައި ހުރެ އަހާލީމެވެ. ” އަހަރެން: އަޅުގަނޑު މެސެޖްކުރާތީ އުނދަގޫވޭދޯ.” ކިތަންމެ މެސެޖެއްްވެސް ކުރަންވީއޭ ރުޅިއެއް ނާއްނާނޭ އޭނާ ބުނެލިއެވެ. ” އޭނާ: ނާދޭ ކޮންމެ ވާހަކައެއްވެސް ދައްކަންވީ ހަމަ”އެކަމަކު ދައްކާނީ ކޮން ވާހަކައެއް ހެއްޔެވެ؟ ކީޔާނީ ކީކޭ ހެއްޔެވެ؟
އެހެން އިނދެލާފައި ނަމާދުކޮންފިންތޯ ބަލާލީމެވެ. ނަރަކައިގެ އަލިފާނުގައި ގެބެން އޭނާ ދޫކޮށްލެވޭނެ ހެއްޔެވެ؟ “އަހަރެން: ނަމާދުކޮށްފިންތަ” އޭނާ އާއެކޭ ބުނުމުން ހިތްހަމަޖެހުން ލިބުނެވެ. ނަމާދަކީ އިސްލާމްދީނުގެ ތަނބެއެވެ. އިސްލާމްކަމުގެ ދެވަނަ ރުކުނެވެ.
އެތައް ފޮނި ވާހަކަތަކެއް ދެއްކީމެވެ. ހަތަރުކަޅި ހަމަވި ވާހަކައެވެ. އެކަމެއް ވީ މާލެފުރަން އޮތް ދުވަހުގެ މެންދުރެވެ. ފުރަން ތައްޔާރުވެގެން ތިރިއަށް ފައިބި ސިޑިމަތީއެވެ. އަހަރެން ކަންފަތުގައި ޖެހުނީ ލަވައެއްގެ އަޑެވެ. އެލަވައިގައި ބުނަމުން ދިޔައެވެ. ދެން ބައްޕައެއް ނުފެންނާނޭއެވެ. ކާކުތޯ ބަލާލުމަށް ފަހަތަށް ބަލާލީމެވެ. ދެލޯ ސީދާވުމުން ނުވެއްޓުނީ ހަމަ ކިރިޔާއެވެ. އޭނާ އެހެރަ ލޯ އަޅާލި ގޮތެއްވެސް ތާއެވެ. މީހާ ބިރުން ހަލާކުނުވީ ކިރިޔާއެވެ.
އެރޭ އޭނާއަށް އަހަރެން ދެކެ ލޯބިވެއްޖެއެވެ. އެކަން އޭނާވެސް ހާމަކޮށްލިއެވެ. ” އޭނާ: އަހަރެން ކަލާ ދެކެ ލޯބިވޭ” އެންމެ މިޒަމާނީ ބީދާއިން އިނގިރޭސި ބަހުރުވައިންނެވެ. ލަދުންގޮސް އަހަރެން އިނީ ހަނދާނެ ގޮތް ހުސްވެފައެވެ. ނޫނެކެވެ. ވާންވީ އުފާކަމެއް ދެރަކަމެއް ނޭނގިފައެވެ. އުފަލުންގޮސް ހަމަރަނގަޅަށް ލޮލަށް ކަރުނަ ޖަމާވިއެވެ. އެއީ ހަޔާތުގައި އައި އެންމެ އުފާވެރި ރެއެވެ. އެވަރުގެ ރެޔެއް ދެން ކުރިއަށް އޮތްތާވެސް އަންނާނެހެންނެއް ހިޔެއް ނުވެއެވެ.
ފަތިސް ވެއްޖެއެވެ. އިރުއޮއްސި ކަނު އަނދިރިކަން ވެރި ވެއްޖެއެވެ. މިކަހަލަ އުފާވެރި ގޮތަކަށް ދުވަސްތައް ނިމެމުން ދިޔައެވެ. ހަތަރު ފަސްމަސް ފައިތުވެގެން ގޮސް މާޒިއަށްވެސް އޮބާލައިފިއެވެ.
ހިނިތުންވުން އަހަރެންގެ މޫނުމަތިން ފިލައި ނުދެއެވެ. ކޮންމެ ދުވަހަކު އެތައް ތަސްވީރެއް ދެމީހުން ފޮނުވަމެވެ. ގިނައިން ފެންނަނީވެސް އޭނާއެވެ. ވާނީވެސް އެހެންތާއެވެ. އެކަން ކޮށް އުޅެނީ އޭނާއެވެ. އަހަންނަށް ދުވާލެއް މައްޗަށް ހަތަރު ތަސްވީރުވެސް ނުފޮނުވޭނެއެވެ.
އެކަމަކު މިހިރީ އޭނާގެ ޖަވާބުތައް އަހަރެން ފެނިލުމުން އަންނަށް ގޮތެވެ. “މާޝާ ﷲ ލޯބިކޮޅު” އަހަރެން ހުންނަނީ މިކަންކަމާއި އުފަލުން ފޮޅިފައެވެ.
ދާދި ފަހަކުން ނިމިދިޔަ އަހަރު ޅެމެއް ލިޔުނީމެވެ. އޭނާއަށް ހުސާމަތުގެ ބަހެއް އެއްލަމުންނެވެ. އެތައް ބަޔަށް އެޅެއް ވަނީ ކަމުވެސްގޮސްފައެވެ. އެއަހަރު ލިޔެވުނު އެއީ ފުރަތަމަ ޅެމެވެ.
” އެދުވަހުގެ ފަރި ފަރި ސޫރަ ހިތުގައި ކުރެއްހިއްޖެއޭ ފޮނި ފޮނި އެއީ ވިނދުމެއްގެ ވެރި އިންސާނެކޭ
މި ދުލުން ބުނަށް ދެއަތުން ލިޔަން ދަތި މޫނެކޭ ފުރަތަމަ ނަޒަރުގައި ލޯބިވެވި، މިހިތާ އެކީ ދޫވެއްޖެއޭ
އޭނާ ޚަޔާތަށް އައިފަހުން ހެވިފައި ހުރުން ގިނަވެއްޖެއޭ ހިވީ ބަޚާރުގެ މާތަކުން ކަނުކަން ޚަރީފުގެ ގޮއްސިއޭ
އެހެނަސް ބުނަންހޭ ލޯބި އަދުމީ ރޯންޖެހޭ ހަތިޔާރެކޭ އަހަރެން މިއީ އޭގައިޖެހެވި އަފުސޫސުވާނެ ޒުވާނެކޭ
މިހިތުގެ ލަގަން ދޫވީ ދުވަސް އަހަރާ މަހުން އެނގިހާމަވޭ އާއެކޭ، ތިބުނީ ނޮވެންބަރު ވިހި ދެހާސް އެ އަށާރައޭ”
އަހަރެންގެ ހިތުގެ ކަނެއްގައި އަބަދުވެސް އޭނާއަށް މަގާމެއް އިންނާނެއެވެ. އެހެން މީހަކަށް އެފުރުސަތެއް ނުލިބޭނެއެވެ. މިޅެންވެސް އެކަމުގެ ހެއްކަކަށް ފުދި އިތުރުވާނެއެވެ.
ކުރިމަތިން ނަގަމުން ދިޔަ ބިޔަ ރާޅުގެ ހިލަމެއްވެސް އޭރު އަހަންނަށްކަށް ނުވެއެވެ. ހެވިފައި ދުވަސްތައް ގުނަމުން ދިޔައީމެވެ. އެހެން ދެން މާގިނަ ދުވަހެއް ނުވިއެވެ. ލޮލުފިޔަ ޖަހާލެވޭހައި އަވަހަށް އަހަރެން ބިނާކުރަމުން އައި ގަނޑުވަރު ބިމާ ހަމަވެއްޖެއެވެ. އިތުބާރުގެ ވާފަށް މޮހިއްޖެއެވެ.
ދުވަހަކު ކޮޅުން ވަކިނުވާން ބުނެ ވީ ވައުދުތައް އަދި ކޮބާހެވެ؟ ސިކުނޑީގެ ހަތަރު ފާރުތެރޭ ދިޔައީ ގުގުމަމުންނެއެވެ. އެލޯބި ބަސްތައް ހަނދާނުން ފިލާނެހެއްޔެވެ؟ ” އޭނާ: ތީ ހަމައެކަނި އަހަރެންގެ އަންހެނެއް” މިފަދަ އެތައް ލޯބި ޖުމްލައެއް އަހަންނަށް ލިބުނެވެ. ބަލާލި ކޮންމެ ކަނަކުން ސިފަވަމުން ދިޔައީ އެ ސޫރައެވެ. އެ ފަރި ހިނިތުންވުމެވެ. ހަމަ އޭނާ އަހަންނަށް ދިމާލަށް ބަލަން ހުންނަ ފަދައެވެ.
” އެދުވަސް ހަޔާތުގެ ރަންދެލިން، ލިޔެލީ ނިކަން ލޯބިން ހިތޭ ކޮސް ކަމެކެ ކުރެވުނު މީތެދޭ، ރޯށޭ ބަދަލުގައި މިޖެހެނީ
ފަރިކަމުގެ ގުލްޝަނަކުން ފޮޅުނު ފިނިފެން މަލެއްކަމުގައި ވިޔަސް ވަރިއެއް ނުއަގުގައި ވިއްކިދާ، ބާރެއް ނުވާ ލޯތްބެކެ މިއީ
ހަސަބާއި ނަސަބުން ބެލިއަަކަސް، ނޭނގޭނެ އެއްޗެއް ލޯތްބަކީ ވައްތަރުތަކަށް ބެހިގެން ދުވާ، ދެ އަގުން ކިރާލާ އެއްޗެކޭ
ނޭވާ ތެރޭގައި ތާށިވެފަ، މިއަދާ ހިސާބަށް ވީ އުދާސް ލޯބީގެ ބަރުބާދުން އަޅާ ފަސްއެޅި ހުރީ ފޮރުވިފަ އެކީ
ފުންޒަހަމަކުން ހިތް ކުދިވެދިޔަ، ނިކަމެތި ހިތެއްގެ ޝުއޫރު މީ އަބަދައްޓަކައި ފޮރުވާފަވީ ރުއިމުގެ އަޑެއްގެ ރިހުން ތެދޭ ”
އަލްވަދާއުން ވަދާއެއް ނުވެވޭނެއެވެ. މިއީ ހިތާ ހިތުގެ ގުޅުމެކެވެ. އެހެނަސް، ކުރިން އުޅުންހައި ގާތްކޮންނެއް ދެން ނޫޅެވޭނެއެވެ. އެ މަޖާޒީ ނީލާމްއެެއްވެސް ނުފެންނާނޭއެވެ.
ވަގުތެއް ނެތެވެ. އުފާވެރިކަމާއި، ހިނިތުންވުމާއި، ކަރުނައިން ފުރިގެންވި އެ އަހަރަށް ވަދާއީ ސަލާމްކުރަމެވެ. ވޭނާ ހިތްދަތި ކަމުގެ މުޅިން އާ ހަރީފަކަށް ފުރުސަތު ދެމުންނެވެ.
ނިމުނީ
މިއީ އަޅުގަނޑު އެސްފިޔަ ސައިޓަށް ވާހަކަ ލިޔަން ފެށިތާ އެއްއަހަރު ފުރުމުގެ މުނާސަބަތުގައި ކިޔުންތެރިންނަށް ގެނެސްދޭ ހަދިޔާއެކެވެ. ކިޔުންތެރިންނަށް އަޅުގަނޑުގެ މިހަދިޔާ ކަމުދާނެ ކަމަށް އުންމީދުކުރަމެވެ.
🥰🫶♥️🥀☺️
12 Comments!
Comments are closed.






HAPPY 1ST ANNIVERSARY
Thank you Anonymous 🫶♥️
MaAsha Allah 🫶❤️
You’re story is So Amazing…I felt like Sis Ur making an Drama clips Hehe…The way you describe , Dialogues so so Nice..I’m glad to read Ur Genius gem tales in Here…May Allah bless you on your confidence, compassion, Hardworking….Kept it up! Inshallah ❤️❤️
“HaPpY 1st ANniVerSarY “of Our lovely Author..❤️👌
Lysmm
Tc of yourself
BY:❤️❤️❤️
ވަރަށް ވަރަށް އުފާވެއްޖެ. އާ އަހަރު މިކަހަލަ ލޯބި މެސެޖެއް ލިބުނީމަ އުފަލުން ހަމަ ރޮވިއްޖެ
،ތިދޭ ލޯތްބާއި ތަރުހީބުން”
” މިހިތް ފުރި އުތުރުރި އަރަނީއޭ
ހިތުގެ އުމުގުން ފަށްފަށުން ޝުކުރުދަންނަވަން ވަރަށް ލޯބިވޭ
ބަހާރުގެ މާތަކުން ފަރިވީ، އުޖާލާ އަހަރަކަށް އެދެމޭ”
“ހަރީފުގެ ރޯޅިވެސް ނުޖެހޭ އަމާން ފޮނި ދަތުރަކަށް ކިޔާމޭ
ބަލައިގެން އުފާލުން އުޅޭތި
♥️♥️♥️ :އަޅުގަނޑުގެ ފަރާތުން
♥️🫶🥀🥰😊
Hi
Story varah reethi ingey..
Ma sha Allah
Hama varah kiyaahithun kiyaalevenee
Happy anniversary 🎉
Bi
🫶🥰 !ހިތުގެ އުމުގުން ފަށްފަށުން ޝުކުރުދަންނަވަމެވޭ
އުފަލުން ފޮޅިއްޖެއް ތި މެސެޖް ލިބުމުން ވެސް
މިކަހަލަ ރީތި ވާހަކަ ތަކެއް މިއަހަރު ފެނިގެންދާނެ އިންޝާ ﷲ
ބަހާރުގެ މާތަކުން ފަރިވީ، އުޖާލާ އަހަރަކަށް އެދެމޭ”
“ހަރީފުގެ ރޯޅިވެސް ނުޖެހޭ، އަމާން ފޮނި ދަތުރަކަށް ކިޔަމޭ
އަޅުގަނޑުގެ ފަރާތުން: ދީމްއަށް
🫶🥰🥀♥️😊
Hii Isnaa ☺️
I WISH YOU A VERY HAPPY 1ST ANNIVERSARY TO YOU OUR BESTEST AUTHOR… VHK HAMA VRH HABEYS HAMA THIVAREH NEIY 🤗…MAY ALLAH BLESS YOU IN YOUR HARD WORK… MAY 2026 BRING SUCCESS IN YOUR WORK. PEACE IN YOUR HEART. AND HAPPINESS IN EVERY LITTLE THING YOU DO CHEERS TO FRESH STARTS. POSITIVE VIBES AND DREAMS COMING TRUE…. ❤️
✨ HAVE A FANTASTIC YEAR A HEAD ✨
I APPRECIATE YOUR HARD WORK
LYSM AND TC 🤞❤️
ވީ އުފާ ބުނެދޭން ދުލާއި ގަލަމުން ނުކުޅެދިއްޖޭ ”
“ހާސްފަށުން ޝުކުރުގެ ތަހާނީ އަރިއަހަށް ފޮނުވާލެވިއްޖޭ
ހިތުގެ އުމުގުން ފަށްފަށުން ޝުކުރުދަންނަވަން! ތިދެއްވި ލޯބި ލޯބި މެސެޖަށް
ބަހާރުގެ މާތަކުން ފަރިވީ، އުޖާލާ އަހަރަކަށް އެދެމޭ”
” ހަރީފުގެ ރޯޅިވެސް ނުޖެހޭ، އަމާން ފޮނި ދަތުރަކަށް ކިޔަމޭ
!ކާމިޔާބު އުފާވެރި އަހަރަކަށް އެދެން
ބަލައިގެން އުޅޭތި
އަޅުގަނޑުގެ ފަރާތުން: ޝަބާއަށް
😊🫶♥️🥀🥰
ހިތެއްގެ އުދާސްތައް ރީއްޗަށް ބަންޑުންކޮށްލައިފައިވާ މި ކުރުވާހަކަ ހިތަށް ތަދުކޮށްލައިފި.ވާހަކައިގައި ވާ ޅެން ވެސް ހަމަ އެފަދަ ރިހުމެއް
އުފެއްދިކަމަށް އިއުތިރާފުވާން ޖެހޭ. ޚާއްސަކޮށް އަންނަނިވި ދެ ބައިތު
ފަރިކަމުގެ ގުލްޝަނަކުން ފޮޅުނު ފިނފެންމަލެއް ކަމުގައި ވިޔަސް
ވަރިއެއް ނުއަގުގައި ވިއްކިދާ، ބާރެއް ނުވާ ލޯތްބކެ މިއީ
ފުން ޒަހަމަކުން ހިތް ކުދިކުދިވެދިޔަ ނިކަމެތި ހިތެއްގެ ޝުއޫރުމީ
ބަދަށް ޓަކައި ފޮރުވާފަވީ ރުއިމުގެ އަޑެއްގެ ރިހުން ތެދޭ
ވީ އުފާ ބުނެދޭން ދުލާއި ގަލަމުން ނުކުޅެދިއްޖޭ ”
“ހާސްފަށުން ޝުކުރުގެ ތަހާނީ އަރިއަހަށް ފޮނުވާލެވިއްޖޭ
ހިތުގެ އުމުގުން ފަށްފަށުން ޝުކުރުދަންނަވަން! ތިދެއްވި ލޯބި ލޯބި މެސެޖަށް
ބަހާރުގެ މާތަކުން ފަރިވީ، އުޖާލާ އަހަރަކަށް އެދެމޭ”
” ހަރީފުގެ ރޯޅިވެސް ނުޖެހޭ، އަމާން ފޮނި ދަތުރަކަށް ކިޔަމޭ
އަޅުގަނޑުގެ ފަރާތުން: ކިޔުންތެރިއެއްއަށް
😊🫶♥️🥀🥰
ޒުވާން ލިޔުންތެރިޔާ އިސްނާންއަށް ލިޔުންތެރިކަމުގެ ރޮނގުން ކާމިޔާބީގެ ކުރިބޯށި އެދެން. އަދި އުފާ ފާގަތިކަން ހުރި އައު އަހަރަކާއި ބާއްޖަވެރި ހަޔާތެއް ވެސް މިންވަރު ކުރައްވާށި
އާމީން
ކިޔުންތެރިއެއްގެ ލިބިގެން ދިޔަ ތި ލޮބުވެތި މެސެޖަކުން”
” މާމަލުގެ ހާރޭ ޝުކުރުވެރި ހިތަކާއެކީ ފޮނުވާ މިލެވުނީ
ކާކުކަން ނޭނގުނަސް ވަރަށް ލޯބިވޭ
އަމާން އޮމާން އުފާ ފާގަތި ހަޔާތެއް މިންވަރު ކުރައްވާށި
އަޅުގަނޑުގެ ފަރާތުން: ކިޔުންތެރިއެއްއަށް
ބަހާރުގެ މާމަލުން ފަރިވީ، އުޖާލާ އަހަރަކަށް އެދެމޭ ”
“ހަރީފުގެ ރޯޅިވެސް ނުޖެހޭ،އަމާން ފޮނި ދަތުރަކަށް ކިޔަމޭ
😊🫶♥️🥀🥰