Skip to content
އެސްފިޔަ

ލައިލު ނަހާރު…

 

ފޫދެމުންދާ މުއިތް ހެކިކޮށް ލޯބިވާކަން އަންގަމޭ
ހައިބަހުރި ގަސްހަކާއި ބޮޑު ގެއަކަށް މަ ހެކިކޮށް ލިޔެލާނަމޭ

ކަނޑުގެ ބިޔަރާޅާއި ވައިގައި ހިތުގެ ފަރުވާ އަންގަމުން
މަޑުމަޑުން ހުރިހާ ސަމާސާ ވިހަވިކަން އާކޮށްދެމުން

ކުރެހެމުންދާ ކަރުނަތަކުގައި ތިޔަ ނިޝާން ފާހަގަވަމުން
ކުރެހި މިދަނީ ސަބުނަގުމުގެ ހިތިހިކަން އަންގައިދެމޭ

ލައިލު ނާހާރު ނިމިއެދާއިރު ލޯ ހުރީ ހަމަ ގިސްޖަހަން
ތެޅިލި މި ހިތުން މަޢުޝޫޤު ފެނުމަށް، އިންތިޒާރުގައި ހުންނަމޭ

ކޯޅި ކޯޅިން މާ މަބިންނަށް އެކުގައި ދާހިތްވިއެ ނިކަން
މޯޅި މޯޅިވެ ދާނެހެއްޔޭ ފެނުގަގައި ރައްކާކޮށްދެމޭ

ޤަމަރު އުދަވީ ޗާލު އަލި ދޭހުން އެދާ ފަރި އަލިކަމުން
ޤަމަރުވާތީ ވަކިވެދިޔަ ލޯބީގެ ފޮނިކަން އާކޮށްދެމޭ

ތިޔަ ލޮލޮންދޭ ސައްމުތިކެއް ބޯލުމީ މާ ރަނގަޅު އެ ގޮތުން                       ކެފިއެކީ މުޅި މޭ ޝިޤުކުވިޔަކަސް ހީލަމުން ހުންނާނަމޭ

އާދަވެވިގިން ބޭނުމީ އަބަދަށްޓަކައި މާޒީ ހިތުން ފުހެވޭށެދެން
އާދަކޮށް ފަރުހާދު ހޯދަންކުރި ދަތުރު ބޭނުންމަނުވަމޭ

(ކިޔުންތެރިންގެ ސަމާލުކަމަށް)

މިއީ 15 ޖެނުވަރީ 2026 އެވެ.  ދިވެހިރާއްޖޭގައި ފާހަގަކުރަމުން އަންނަން ޅެންވެރިންގެދުވަހެވެ. މިދުވަހުގެ މުނާސަބަތުގައި އަޅުގަނޑުގެ ފަރާތުން ތިޔަ އެންމެ ކިއުންތެރިންނަށް “ލައިލު ނަހާރު ” ޚާއްސަކޮށްލަމެވެ. ޅެންވެރިންގެ ދުވަހުގެ ތަހުނިޔާ އާއި މުބާރިކުބާދީ ތި ލޯބި ކިޔުންތެރިންނަށް އަރިސްކުރަމެވެ.

މިޅެންވެެރިންގެ ދުވަހުގެ މިހަދިޔާވެސް ކަމުދާނެ ކަމަށް އުންމީދުކުރަމެވެ.

ޝުކުރިއްޔާ! 🫶❤️

Comments (8)

  1. Shaba_73

    Awwnn haadha reethi lhemeh mee
    Just a wow between ufaaveri lhen veringe dhuvahakah thi Loabi Loabi author ah ves Vrh Loaibaaeku aris kuran! ❤️
    But sorry for the late comment I was little bit buxy yesterday today 😭.. You are 1 of the bestest author in esfiya I really really appreciate your hard work 🤗 buxy koh ulhemun vx kiyun therinaa hama ah vhk eh noony lhemeh viyas genes dheythy hithuge ehme funminun shukuru dhahnavan
    Hope to read more stories from ya!! ☺️
    From shaba to : our lovely author isnaan
    Ilysm and Tc gurll ❤️🤞

    1. Isnaa
      Shaba_73

      ވީ އުފާ ބުނެދޭން ދުލާއި ގަލަމުން ނުކުޅެދިއްޖޭ ”
      “ހާސްފަށުން ޝުކުރުގެ ތަހާނީ އަރިއަހަށް ފޮނުވާލެވިއްޖޭ

      ހިތުގެ އުމުގުން ފަށްފަށުން ޝުކުރުދަންނަވަން! ތިދެއްވި ލޯބި ލޯބި މެސެޖަށް
      މިފަދަ އިތުރު ޅެންތައް ވާހަކަތަށް ކިޔާލަން ކުރިއަށް އޮތްތައި ލިބޭނެ އިންޝާ ﷲ
      !ޅެންވެެރިންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރަން

      ވަރަށް ލޯބިވޭ
      ބަލައިގެން އުޅޭތި
      އަޅުގަނޑުގެ ފަރާތުން: ޝަބާއަށް
      😊🫶♥️🥀🥰

  2. Shaba_73

    But sorry for the late comment I was little bit buxy yesterday* today liyevifa endhy mistake akun ❤️

    1. Isnaa
      Shaba_73

      😘 އެ ރަނގަޅު ވާނޭ

  3. Anonymous

    How old are you isnaa

    1. Isnaa
      Anonymous

      🥰🫶🤗❤️🥀
      އަޅުގަނޑަށް ބާވީސްވާނެ މާތް ﷲ ގެ އިރާދަފުޅާއެކު މިއަހަރު

  4. Anonymous

    ❤️☺️🤞

    1. Isnaa
      Anonymous

      🫶🥰

Comments are closed.