Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރިއުފެއްދުންތެރި ލިޔުންއެހެނިހެންދީނީލޯބި

އާއެކޭ ލޯބިވޭ… އަށާވިސްވަނަބައި (ލޯބި ދިފާއުކުރަން ހެދި ބޮޑު ދޮގު)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
December 31, 2025 7 Mins Read
0 Comments

“بِسْــــــــــــــــــمِ اﷲِالرَّحْمَنِ اارَّحِيم

 

السلام عليكم ورحمة الله وبركاته

 

ދުވަސްތަކަށްފަހު އަޅުގަނޑުގެ ވާހަކަތަކަށް އެންމެހައި ކިޔުންތެރިންނަށް މަރުޚަބާ!”

 

އެފަދަ ވިޔާނުދައި ކަމެއް މިލީީކޮށްފާނޭ އޭނާ ހިތަށްވެސް ނާރާ އެވެ. ކައިވެނިން ބޭރުން  މިލީހަމް އޭނީ ބަލިވެއެވެ. ކާކު ދަރިއެއް ކަމެއްވެސް އެނގެނީއެއް ނޫނެވެ.

 

އެހުރި ބަނަ ހާލަތުގައި  ބޭސް ނަގައިގެން  ދިޔައީ މޫދު ކައިރިއަށެވެ. ހިލަތަކާއި ވީފަޅިއަށެވެ. އެހިސާބަށް ގޮސް ހުއްބާ ހިނގުން ހުއްޓާލިއެވެ. މިލީއާއި ހަތަރު ކަޅި ހަމަ ކޮށްލަމުން އަހާލިއެވެ. “ހުއްބާ: ތީ ކާކު ދަރިއެއް؟” ބަނޑުގައިވީ ކާކުގެ ދަރިއެއްތޯއެވެ.

 

މިލީހަމް ހަމަ ހިމޭނުން ހުރީއެވެ. ޖަވާބެއް މިލީ ދީފާނެ ބާއެވެ؟ ބާސިލްގެ ނަން ހާމާކޮށްފާނެބާއެވެ؟ އެހެން ބުނެފިއްޔާ ކަންތައްތައް ވާނީ ދެން އަޅެ ކިހިނެއްބާއެވެ؟                     **********************************************

 

އަޑު ބާރުކޮށްފައި އޮންނަށް ހުއްބާގެ ފޯނު ރިންގުވާން ފެށިއެވެ. ހިވީ މޮޅިތަން އެފުންމިފުށަށް ޖެހިހެންނެވެ. ގުޅަމުން ދިޔައީވެސް މިލީހަމްގެ ދޮންބެއެވެ. ހުއްބާގެ ފިރިމީހާ މުލްހަމެވެ.

 

 

 

 

އެހާ ނާޒުކު ފައްތަރެއްގައި ވަނިކޮން މުލްހަމް ގުޅުމުން އޭނާގެ ސިކުނޑި ސުމަކަށް ދިޔަކަހަލައެވެ. ފޯނުގެ “ސްކްރީން” ކައިރީ ހުރިި މިލީއަށް ދައްކާލިއެވެ. ގިސްޖަހަމުން ދިޔަ މިލީހަމް ބޯހޫރަންފެށިއެވެ. ތި ފޯނަށް ޖަވާބު ނުދޭށޭ ބުނާފަދައިންނެވެ.

 

” މިލީހަމް: ދޮންބެދައްތާ ނޫން” އެއްވެސް ހަކަތައެއް އެއަޑުގައިނެތެވެ.

 

ހުއްބާއަށް ހަދާނެ ގޮތް ހުސްވިކަހަލައެވެ. އެފޯނަށް އޭނާ ޖަވާބުދޭން ޖެހޭނެއެވެ. އެކަމަކު އެފޯނު ނަގާނީ ކިހިނެއް ހެއްޔެވެ؟

 

“ހުއްބާ: އެކެނޑުނީ. އެގުޅީ” ފޯނު ކެނޑިފައި އަނެއްކާ ރިންގުވާން ފެށިއެވެ. ދެން އެފޯނަށް ޖަވާބެއް ނުދީ ހުންނާކަށް ނުކެރޭނެއެވެ.

 

“ހުއްބާ: އައްސަލާމް އަލައިކުމް” ކުޑަކޮން ދުރަށް ޖެހިލަމުން ހުއްބާ ބުނެލިއެވެ.

 

“މުލްހަމް: ވަލައިކުމުއް ސަލާމް. ހާދަ ވަރަކަށް ގުޅަފީމޭ. ކޮންތާކު ތިއުޅެނީ.” މުލްހަމް ހުރީ ހާސްވެފައެވެ.

 

“ހުއްބާ: ބޭރުގައި މިވަގުތު މިހިރީ. މިލީ ގޮވައިގެން ޑޮކްޓަރަށް ދައްކަން ނިކުމެ މިއުޅެނީ.” ދޮގު ހަދާކަށް އޭނައަކަށް ދަސްވެފައެއްނެތެވެ. ހުއްބާގެ މައިންބަފައިން އޭނާ ތަރުބިއްޔަތު ކޮށްފައި އެހުރީ އިސްލާމީ ސުލޫކުންނެވެ. އޮޅުވާލައި މަކަރު ހަދަން ބުނެދީގެންނެއް ނޫނެވެ.

 

 

 

 

“މުލްހަމް: ދައްކައި ނިމިއްޖެތަ މިލީ ދެން. ޑޮކްޓަރު ކީކޭ ބުނީ.” މުލްހަމް އުޅުނީ އަވަސްއަރުވާލައިގެންނެވެ. އޭނާއަށް ލިބުނީ ތިރީސް މިނެޓެވެ.

 

“ހުއްބާ: އާ.. އާ..” ހުއްބާގެ އަޑު އައީ ކެނޑި ކެނޑިގެންނެވެ. މުލްހަމްގެ ހިތަށް ޝައްކާއި ވަހުމްތައް ވަދެގެންދިޔައެވެ. ކަމެއް ގޯސްވެއްޖެ ކަމުގެ ސިގްނަލް ލިބުނެވެ.

 

 

 

 

“މުލްހަމް: ދޫނީ، ކަމެއް ގޯސްވީތަ… ހާދަ ގޮތަކަށޭ ތިވާހަކަވެސް ދައްކަނީ.. ތިންމަސްތެރޭ ދެވޭނެ މާލެ. މާލެ ދެވުނީމާ މިލީވެސް ގޮވައިގެން ބޭރަށް ދާނީ ދޯ… ވަގުތު ހަމަވީ މި. ވަރަށް ލޯބިވޭ… ބައްޕަގެ ދެފުރާނަޔަށްވެސް ވަރަށް ސަލާމް ބުނާތި. ބައްޕަދާނޭ ވަރަށް އަވަހަށް.” ހުއްބާއަށް އެއްޗެކޭ ނުބުނެވެނީސް އެކޮޅުން ފޯނު ކެނޑިއްޖެއެވެ.

 

ރުޅި އިސްކޮށްގެން މިކަން ހައްލެއް ނުވާނެއެވެ. ކުރެވުނީ ފާފައެއްކަން ބުނެދީ އެކުށް ތަކުރާރު ނުކުރަން ބުނެދެވޭނެއެވެ. އެއްވެސް މީހަކީ މާ ރަނގަޅު މީހެއް ނޫނެވެ. ކޮންމެ މީހަކަށް ވެސް ފާފާއެއް ކުރެވިދާނެއެވެ. ތައުބާ ވުމުގެ ދޮރު އެވަނީ އެންމެންނަށް ހުޅުވިފައެވެ.

 

އޭނާގެ ޚިޔާލުތައް އިތުރަށް ފުންވެގެން ދިޔައެވެ. އެ ފުން ކަނޑަށް ހުއްބާ  ބަލާލިއެވެ.  އެހިތަށް އެރިއެވެ. މި ކަނޑުގެ ރާޅުތަކަށްވުރެ ވެސް ﷲގެ ރަހުމަތްފުޅު މާ ތަނަވަސްވާނެެއެވެ. ޣާމިދިއްޔާ ގޯސާގެ އަންހެނާގެ ތައުބާވެސް މާތް ﷲ ގަބޫލު ކުރެއްވި ތާއެވެ. ރަސޫލާ އެ އަންހެންމީހާއަށް ކަށިނަމާދު ކުރެއްވި ތާއެވެ. އެއީ ވަރަށް މަޝްހޫރު ވާހަކައެކެވެ. ސުކޫލުގައި ޒިނޭގެ ފިލާވަޅު ކިޔައިދޭއިރު މި ވާހަކަ ކިޔައިދޭނެއެވެ. މިއީ މުޅި ދޭހަށްވެސް ޢިބްރަތެކެވެ.

 

 

 

 

ހުއްބާގެ ހަނދާނުގެ ތެރޭގައި އެ ހާދިސާގެ ކޮންމެ މަންޒަރެއް ކުރެހެމުން ދިޔައެވެ. ކުރިމަތީ ހުރެގެން އިސްލާމް މުދައްރިސް އެވާހަކަ ކިޔައިދޭން ފެށިކަހަލައެވެ.

 

“ރަސޫލާ (ސ.ލ.ވ) ގެ ޒަމާނުގައި ޣާމިދިއްޔާ ގޯސާގެ އަންހެނަކު ރަސޫލާގެ ހަޟްރަތަށް އައެވެ. އޭނާއަށް އޮތީ ޒިނޭގެ ފާފަ ކުރެވިފައެވެ. އޭނާ އައީ އެކަމަށް އިއުތިރާފުވެ، ދުނިޔޭގައި އެކަމުގެ އަދަބު ލިބިގަނެ، އާޚިރަތުގެ އަޒާބުން ސަލާމަތްވުމުގެ ނިޔަތުގައެވެ.

 

 

 

 

އޭނާ ދެންނެވިއެވެ: ‘އޭ ﷲގެ ރަސޫލާއެވެ! އަހަރެން ތާހިރުކޮށްދެއްވާށެވެ! އަހަރެން މިވަނީ ޒިނޭކޮށްފައެވެ. އަދި އަހަރެން މި އިނީ އެކަމުން ބަނޑުބޮޑުވެފައެވެ.’

 

 

 

 

ރަސޫލާ (ސ.ލ.ވ) އޭނާއަށް ވަގުތުން އަދަބެއް ނުދެއްވައެވެ. އެކަލޭގެފާނު އެންގެވީ އޭނާގެ ދަރިފުޅު ވިހަންދެން ގެއަށް ގޮސް މަޑުކުރުމަށެވެ. އޭނާ ވިހެއުމަށްފަހު ދަރިފުޅު ގޮވައިގެން އަނެއްކާވެސް އައެވެ. ރަސޫލާ (ސ.ލ.ވ) އެންގެވީ ދަރިފުޅަށް ކިރުދީ ނިމެންދެން މަޑުކުރުމަށެވެ.

 

ދެ އަހަރު ފަހުން، އެ ދަރިފުޅު އަތަށް ބޯކިބާ ފޮއްޗެއް ދީގެން، ދަރިފުޅު ގޮވައިގެން އޭނާ އަނެއްކާވެސް ރަސޫލާގެ ހަޟްރަތަށް އައެވެ. އޭނާގެ ތައުބާވުމުގެ ސާބިތުކަން ހުރި މިންވަރަކީ އެއީއެވެ. އެންމެ ފަހުން އޭނާގެ މައްޗަށް ޙައްދު ގާއިމުކުރެވުނެވެ.

 

 

 

 

އޭނާ އަވަހާރަވުމުން، އޭނާގެ މައްޗަށް ކަށުނަމާދު ކުރެއްވުމަށް ރަސޫލާ (ސ.ލ.ވ) ތެދުވެވަޑައިގަތެވެ. އެ ހިނދު ޢުމަރުގެފާނު ހައިރާންވެވަޑައިގެން ދެންނެވިއެވެ: ‘އޭ ﷲގެ ރަސޫލާއެވެ! އޭނާ ޒިނޭކޮށްފައި ވަނިކޮށް އޭނާގެ މައްޗަށް ކަށުނަމާދު ކުރައްވަނީތޯއެވެ؟’

 

 

 

 

ރަސޫލާ (ސ.ލ.ވ) ޙަދީޘްކުރެއްވިއެވެ: «لَقَدْ تَابَتْ تَوْبَةً لَوْ قُسِمَتْ بَيْنَ سَبْعِينَ مِنْ أَهْلِ الْمَدِينَةِ لَوَسِعَتْهُمْ» މާނައީ: ‘ހަމަކަށަވަރުން އޭނާ އެވީ ތައުބާއަކީ، މަދީނާގެ އަހުލުވެރިންގެ ތެރެއިން ހަތްދިހަ މީހުންގެ މެދުގައި ބަހާލި ނަމަވެސް، އެ އެންމެންނަށް ފުދޭނެ ފަދަ ވަރުގަދަ ތައުބާއެކެވެ.’ (ޞަޙީޙު މުސްލިމް)”

 

“އިސްލާމް މުދައްރިސް: ދަރިވަރުންނޭ ވިސްނަވާ ބަލައްވާ އެކަލޭގެފާނުގެ އޯގާތެރިކަން ހުރި މިންވަރު، އެ އަންހެންމީހާގެ ބަނޑުގައިވާ ކުށެއްނެތް ފުރާނައިގެ ޙައްޤަށްޓަކައި، އޭނާ ވިހަންދެން ގެއަށް ގޮސް މަޑުކުރުމަށް އެންގެވީ. ” ކިޔައިދީ ނިންމާލަމުން މުދައްރިސް އެހެން ބުނެލިފަދައެވެ.

 

މުދައްރިސްގެ އެ އަސަރުގަދަ ޖުމްލައާއެކު ހުއްބާގެ ހިތަށް ބަޔާންކުރަން ނޭނގޭ ފަދަ ލުއިކަމެއް ލިބުނެވެ. އޭނާ ފުން ނޭވާއެއްލިއެވެ. އަތުގައި އޮތް ފޯނަށް ބަލާލިއެވެ.

 

މުލްހަމްގެ އެ ލޯބިވެތި ބަސްތަކުން ހުއްބާގެ ހިތަށް ބަޔާންކުރަން ނޭނގޭ ފަދަ ފިނިކަމެއްލިބުނެވެ. އެ ނުތަނަވަސް ވެފައިވާ ހިތަށް ހަމަޖެހުމެއް ގެނުވިއެވެ. އެކޮޅުން  ވަގުތު ހަމަ ވެގެން ފޯނު ކެނޑުނީ ތާއެވެ.  އެހެންނަމަވެސް، މުލްހަމްގެ ޖުމްލަތައް ހުއްބާގެ ކަންފަތުގައި އޭރުވެސް ގުގުމަމުން ދިޔައެވެ. އެއާއެކު އޭނާގެ ތުންފަތަށް  ވެރިވީ މަސްނޫއީ ހިނިތުންވުމެކެވެ. ލަދުރަކިކަމުން ފުރިފައިވި ލަދުރަކި ހީލުމެކެވެ އެހިތުގައި މިލީހަމްއާ މެދު އުފެދިފައިވާ  އަލިފާންގަނޑު މުޅިން ފިނިވިއެވެ. އަދި  ރަހުމާއި ކުލުނުގެ ރާޅުތަކެއް ބާނިޖަހަން ފެށިއެވެ. މިލީހަމް ކުރި ބޮޑު ފާފައެކެވެ. އެކަމަކު އެ ބަނޑުގައި އުފެދެމުންއެދަނީ މައުސޫމް ‘ކުށެއްނެތް ފުރާނަ’އެކެއެވެ.   އެ ފުރާނައިގެ ކުށަކީ ކޮބައި ކޮބައިހެއްޔެވެ؟

 

މިލީއަކީ ހަމައެކަނި ފިރިމީހާގެ ކޮއްކޮއެއް ނޫނެވެ. އެއީ އޭނާގެ އަމިއްލަ ބެލުމުގެ ދަށުގައިވި އަމާނާތެކެވެ. މުލްހަމް އައްޑޫއަށް ދިޔައީ މިލީގެ ކަންކަން ބަލައިދިނުމަށް އެދިފައެވެ. އެ އަމާނާތަށް ޚިޔާނާތްތެރި  މިއަދު ވެވުނު ކަހަލައެވެ. ހުއްބާ ދެކޭގޮތުގައި މިލީހަމްއަކީ ގާތް ރައްޓެއްސެއް ފަދައިން ލޯބިވާ އިންސާނެކެވެ.

 

 

 

 

ހުއްބާ މަޑުމަޑުން ހިނގާފައި ގޮސް މިލީހަމްގެ ކުރިމަތީގައި ހުއްޓިލިވެ. މިލީހަމް ހުއްޓައި ނުލައި ހަމަ ރޮނީއެވެ. އިސްޖަހާލައިގެން، ރޮމުން ދިޔައިރުވެސް  ބިރުން ހަލާކުވާން ކައިރިވެފައި ހުރިކަން ހާމަވަމުންދިޔައެވެ. ދޮންބެ ކައިރީ  ބުނެވެސްފާނެއެވެ. އެހެންވިއްޔާ މަންމައަށްވެސް މިހާރު ވަނީ އެނގިފައެވެ.  ” މިލީހަމްގެ ޒަމީރު: ތިކަމުން ދެން މިންޖެއްނުވެވޭނޭ ކަލެއަކަށް.” މިލީގެ ޒަމީރު ހަރުއަޑުން ގޮވާލިއެވެ. ހިތުގެ ކަނަކުން މަލާމާތްކޮށް ހޭންފެށިއެވެ. “މިލީހަމްގެ ޒަމީރު:  ހައްހައްހާ” އެ އަޑު މިލީގެ ސިކުނޑީގައި ވަކިހިއްޕާލިއެވެ.

 

 

 

 

“މިލީ…” ހުއްބާގެ އަޑުގައި މިފަހަރު ހުރީ އޯގާތެރިކަމެވެ. “ދޮންބެ ވަރަށް ސަލާމް ބުނި. ދޮންބެ މިލީ ދެކެ ވަރަށް ލޯބިވޭ.  ތިން މަސްތެރޭ އަންނާނަމޭ ބުނި އައިސް، މިލީ ގޮވައިގެން ޑޮކްޓަރަށް ދައްކަން ބޭރަށް ދާނަމޭ.”  ފަހު ޖުމްލަ ބުނަމުން ހުއްބާގެ ލޮލުން ކަރުނަ ފުހެލިއެވެ.

 

 

 

 

މިލީހަމް ހުރީ އިސްއުފުލާލައި ބަލައިލަންވެސް ނުކެރިފައެވެ. އޭނާގެ ސަބަބުން އެތައް ބައެއްގެ އަގު ކިލަނބު ކޮށްލެވިއްޖިއެވެ. ދުނިޔެއަށް ދައްކާނީ އޭނާ ފަހެ މިއަދު ކޮން މޫނެއްހެއްޔެވެ؟

 

ހުއްބާގެ ރުޅިވެރިކަން ފިލައި ހިގައްޖެއެވެ. ކުރިން ވިސްނާނުލާ އޭނާއަށް ރުޅި އިސްކުރެވުނީއެވެ.

 

 

 

 

“މިލީ، ނޫނަސް ދައްތައަށްވެސް ފާފައެއްކުރެވިދާނެ. އޭގެ މާނައެއް ނޫން ދޯ ތައުބާގެ ދޮރު ބަންދުވީއޭ. ހުއްބާ މިލީގެ ބުރަކަށީގައި ފިރުމާލިއެވެ.

 

“ހިނގާ، ނޫރީމެންގެއަށް ދާން ދޯ. މިތާ ތިބެގެން މިވާހަކަތަކެއް ނުދެއްކޭނެ.” މިލީގެ އަތުގައި ހިފައިގެން ހިގާލަމުން ހުއްބާ ބުނެލިއެވެ. ކާރެއް ހުއްޓުވައިގެން ދެމީހުން ދިޔައީ ނޫރިނާގެ ގެއަށެވެ.

 

ބެލް އަޅާލުމާއެކު ހާފުރެމުން އައިސް ނޫރީ ދޮރުހުޅުވާލިއެވެ. ނިދާ ހެދުމުގައި ހުރި ނޫރީނާ ދިޔައީ ސިހިގެންނެވެ.  ކުޑައިރުވެސް ނިކަން ގިނައިން އޭނާ ސިހޭނެއެވެ. މިހާރު އަދި ބޮޑު ގެއްގައި އެކަނި އުޅޭ އިރު އެހެން ނުވެދާނެ ހެއްޔެވެ؟ އެހާ ލަސްވެފައި ހުއްޓާ ދޮންތަ ފެނުމުން އޭނާގެ ހިތުގައި ސުވާލުތައް ފޮނި ޖެހިގެން ދިޔައެވެ.                ” ނޫރީނާ: އަހާ ދޮންތާ! ހާދަ ލަސްކޮށްލާފައި ކޮންވަޑާމެއް”  ވާނީވެސް އެހެންތާއެވެ. ގަޑިން އެއޮތްގެން  ދިހައެއް ޖަހަނީއެވެ.

 

“ހުއްބާ: އެކަމަކު އެންމެ މާތް މީހަކީ ކުށަށް އިއުތިރާފުވެ ތައުބާވާ މީހާކަން ދަންނާތި. އެ ބަސްތައް ހުދު އޭނާއަށްވެސް ޤަބޫލުކުރެވެއެވެ.

 

“ހުއްބާ ޣާމިދިއްޔާ ކަނބަލޭގެފާނުގެ ވާހަކަވެސް އިވޭނެ”  އެހެން ބުނެފައި ހުއްބާ ފެށިއެވެ. އަލިފުން ޔާއަށް އެވާހަކަވެސް ކިޔައިދިނެވެ.

 

މިލީހަމްގެ ހިތް މުޅިން މާޔޫސްވެ، އުންމީދު ކެނޑެމުން ދިޔައެވެ، ހުއްބާ އޭނާގެ ފިނި އަތުން މިލީގެ އަތުގައި ހިފާލިއެވެ.  ﷲ ގެ އޯގާތެރިވަންތަކަމާއި ތައުބާގެ ފުޅާކަން ބުނެދޭން ހުއްދައަކަށް އެދުނެވެ.  މިލީ ބޯ ޖަހާލުމުން ހުއްބާ ހަމަޖެހިލާފައި ފެށިއެވެ. ކީރިތި ރަސޫލާ ގެ ޒަމާނުގައިހިގާފައިވާ ވަރަށް އަސަރުގަދަ ތާރީޚީ ހާދިސާއެކެވެ.

 

 

 

 

“ހުއްބާ: މާޢިޒް ބިން މާލިކްގެ ތައުބާގެ ވާހަކަ މީ މިލީ،” ފަށަމުން ހުއްބާ ބުނެލިއެވެ. ކިޔައިދެން މިއުޅެނީ މާޢިޒް ބިން މާލިކް ޜާގެ ތައުބާގެ ވާހަކައެވެ.

 

” ހުއްބާ: ރަސޫލާގެ ޒަމާނުގައި މާޢިޒް ބިން މާލިކް ކިޔާ ބޭކަލަކަށް ޒިނޭގެ ފާފަ ކުރެވުނެވެ. އެކަލޭގެފާނަކީ ކައިވެނިކޮށްގެން ހުންނެވި ބޭކަލެކެވެ. އެކަލޭގެފާނު ބޭނުންފުޅުވިނަމަ އެކަން ސިއްރުކޮށްގެން ހުންނެވިދާނެއެވެ. އެކަކަށްވެސް އެކަމެއް ނޭނގޭނެއެވެ. އެކަމަކު އޭނާގެ ހިތުގައި އޮތް ބިރުވެރިކަމެއްގެ ބޮޑުކަމުން، ރަސޫލާ ގެ ހަޟްރަތަށް ވަޑައިގެން ދަންނަވައިފިއެވެ.

 

“މާޢިޒް ބިން މާލިކް: ﷲގެ ރަސޫލާއެވެ! އަހަރެން ތާހިރުކޮށްދެއްވާށެވެ!'” މާޢީޒް ބިން މާލިކް ވިދާޅުވިއެވެ.

 

 

 

 

ހުއްބާ މިލީގެ ކަރުނުން ފުރިފައިވާ ދެލޮލަށް ބަލާލިއެވެ. “ރަސޫލާ (ސ.ލ.ވ) ތިން ފަހަރު މަތިން އެކަލޭގެފާނު އަނބުރާ ފޮނުވާލެއްވީއެވެ. އެކަލޭގެފާނު ދޮގު ހައްދަވަނީތޯ ނުވަތަ ބުއްދި ގޯސްވީތޯވެސް ބެއްލެވުމަށެވެ. އެކަމަކު މާޢިޒްގެފާނު ހުންނެވީ އެ ފާފައަށް އިއުތިރާފުވެގެންނެވެ. ދުނިޔޭގެ އަދަބު ލިބިގަނެގެން ނަމަވެސް އާޚިރަތުގެ އަޒާބުން ސަލާމަތްވާން ނިންމަވައިގެންނެވެ.

 

 

 

 

އެންމެ ފަހުން އެކަލޭގެފާނުގެ މައްޗަށް ރަޖަމްކުރުމުގެ ހައްދު ގާއިމުކުރެވުނެވެ. އެ ހިނދު ބައެއް މީހުން ބުނިއެވެ. އޭނާ ހަލާކުވެއްޖެއެވެ.

 

” ހުއްބާ:  މިލީހަމް، ނިކަން ބައްލަވާ! ކީރިތި ރަސޫލާ (ސ.ލ.ވ)  ޙަދީޘްކުރެއްވި ބަސްފުޅެއް އެނގޭތަ؟ ”

 

“لَقَدْ تَابَ تَوْبَةً لَوْ قُسِمَتْ بَيْنَ أُمَّةٍ لَوَسِعَتْهُمْ މާނައީ: ހަމަކަށަވަރުން އޭނާ އެވީ ތައުބާއަކީ، މުޅި އުންމަތުގެ މީހުންގެ މެދުގައި ބަހާލި ނަމަވެސް އެ އެންމެންނަށް ފުދޭނެ ފަދަ ވަރުގަދަ، ތެދުވެރި ތައުބާއެކެވެ.” ހުއްބާ އެއިން ގޮތަށް އިނދެ  ބުންޏެވެ.

 

”  ހުއްބާ: މިލީ! މިއީ ﷲގެ ރަހުމަތްފުޅަކީ. އެކަލާނގެ އައްޒުމަރު ސޫރަތުގެ 53 ވަޙީކުރައްވަނީ: «قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ ۚ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا»

 

މާނައީ: ‘ކިޔާށެވެ! އޭ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފަކުރުމުގައި އިސްރާފުކޮށްފައިވާ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲގެ ރަހުމަތުން އުންމީދު ކަނޑާނުލާށެވެ! ހަމަކަށަވަރުން ﷲ އެންމެހާ ފާފަތަކެއް ފުއްސަވައެވެ.” ފަސޭހޭން ދެނެގަނެވޭނެ ބީދައިން ދަލީލުތަށްވެސް ހުއްބާ ކިޔައިދޭން ފެށިއެވެ. އޭނާއަށް ލިބިފައި ހުރި އިލްމެއްގެ ޒަރީޢާއިންނެވެ.

 

” ހުއްބާ: މިލީހަމް, ޒިނޭއަކީ ކޮބައިކަން އެނގޭތަ؟”  ފަހަރަކު ކަމެއް ބުނެދޭން ހުއްބާ ހުރީ ނިންމައިގެން ފަދައެވެ.

 

 

 

 

ޝަރުޢީ ސައްޙަ ކައިވެންޏަކާ ނުލައި، ފިރިހެނަކާއި އަންހެނަކު ކުރާ ޖިންސީ ގުޅުމަކީ ޒިނޭއެވެ. މިއީ މާތްﷲ ކަނޑައަޅުއްވާފައިވާ ހުދޫދުތަކުން ބޭރުވުމެވެ.

 

 

 

 

ޒިނޭގެ ޙުކުމާއި ދަލީލަކީ ޙަރާމެވެ.  މިއީ ބޮޑުވެގެންވާ ފާފައެކެވެ. (كبائر الذنوب).

 

 

 

 

ޤުރުއާނުގެ އަލްއިސްރާ ސޫރަތުގެ 32 ވަނަ އާޔަތުގައިވެސް މާތް ވަޙީކުރައްވާފައިވެއެވެ. “އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެއީ ނުބައިވެގެންވާ މަގެކެވެ.”

 

 

 

 

ޙަދީޘުން: “ޒިނޭކުރާ މީހާ ޒިނޭކުރާ ހިނދު، އޭނާއަކީ މުއުމިނެއްގެ ގޮތުގައި ހުރެ އެކަން ކުރާ މީހެއް ނޫނެވެ.” (ބުޚާރީ އަދި މުސްލިމް)

 

 

 

 

” ހުއްބާ: މިލީހަމް, ޒިނޭގެ އުޤޫބާތާއި ހައްދު  އެނގޭތަ!”

 

އިސްލާމީ ޝަރީޢަތުގައި ޒިނޭގައި ޙައްދު (އަދަބު) ކަނޑައަޅާފައިވެއެވެ. ދެ ޙާލަތަކަށް ބަަލައިގެންނެވެ. ކައިވެނިކޮށްފައިނުވާ މީހުންނެވެ. ބިކުރުވެރިންނެވެ. އެއީ މީގެ ކުރިން ސައްޙަ ކައިވެންޏެއްގައި ޖިންސީ ގުޅުން ހިންގާފައިނުވާ މީހުންނެވެ. ދެން ސައްޙަ ކައިވެންޏެއްގެ ތެރޭގައި ޖިންސީ ގުޅުން ހިންގުމުގެ ނިއުމަތް ލިބިފައިވާ މީހުންނެވެ. މުޙްޞަނުންނެވެ.

 

 

 

 

 

 

 

” ހުއްބާ: މިލީ, އިނގޭތަ ޒިނޭކުރުމުން ދޭ އަދަބު. އެއީ 100 އެތިފަހަރުން ޖެހުމާއި، އެއް އަހަރު ދުވަހަށް ރަށުން އަރުވާލުން. ނުވަތަ އެކަހެރިކުރުން..” ދުރުން އަންނަމުން ދިޔަ ނޫރީއަށް ބަލާލަމުން ހުއްބާ އަޑު މަޑުކޮށްލިއެވެ.

 

” ހުއްބާ: ކައިވެނިކޮށްގެން އުޅޭ ފަރާތެއް ވިއްޔަ އަދަބަކީ: ރަޖަމްކުރުން.  އެވެސް  ހިލަ، ގައު އުކައިގެން މެރުން ދޯ. ” ބުރުގަލަށް ހުއްބާ ދަމާލިއެވެ.

 

” ހުއްބާ: މިއީ ރަސޫލާ (ސ.ލ.ވ) ގެ ސުންނަތުންނާއި އިޖުމާޢުން ސާބިތުވާ ކަމެއް. މާޢިޒްގެފާނާއި ޣާމިދިއްޔާ ކަނބަލޭގެފާނުގެ މައްޗަށް ރަސޫލާ (ސ.ލ.ވ)  ޙައްދު ގާއިމުކުރެއްވި.” މޫނުގައި ފިރުމާލަމުން ހުއްބާ ފުރަގަހަށް އެނބުރި ލިއެވެ. ނޫރީނާ ފަހަތުގައި ހުރިތޯ ބަލައިލާށެވެ.

 

” ހުއްބާ: ޙައްދު ޖަހާނީ ޖަމާޢަތެއްގެ ކުރިމަތީގަ” މިލީގެ ރުއިން ދެގުނަވިކަހަލައެވެ.

 

އައްނޫރު ސޫރަތުގެ ދެވަނަ އާޔަތުގައި މާތް ﷲ މިކަމާއި ގުޅިގެން ވަޙީކުރައްވާފައިވެއެވެ.         ”  ޙައްދު ޖެހުމަކީ  އެއްވެސް ސިފައެއްގައި އާދައިގެ އަދަބެއް ނޫނެވެ. އޭގެ ބޭނުމަކީ އިބުރަތް ހާސިލުކުރުމެވެ.”

 

 

 

 

 

 

 

 

 

 

އެތިފަހަރު ޖަހާ ގޮތް: މީހާ މަރުވާވަރަށް ނުވަތަ ގުނަވަނެއް ބިންދައިގެންދާ ވަރަށް ބާރަށް ޖަހައިގެން ނުވާނެއެވެ. ހަށިގަނޑުގެ އެކި ތަންތަނަށް ބަހާލައިގެން ޖަހަންޖެހެއެވެ. މޫނާއި ލަދުވެތި ގުނަވަންތައް ފިޔަވައެވެ.

 

ދުނިޔޭގައި ޙައްދު ގާއިމު ނުކުރެވިއްޖެނަމަ، ތައުބާ ނުވާ މީހުންނަށް އާޚިރަތުގައި ހުރި އަޒާބު ނުހަނު ގަދަފަދަވާނެއެވެ.

 

 

 

 

” ހުއްބާ: ނަރަކައިގެ ތަންދޫރުން ވާކަން އެނގޭތަ މިލީ ” ހުއްބާ މިލީހަމް ކުރެން އެހިއެވެ.

 

” އިސްލާމީ ރިވާޔަތްތަކުގައިވާ ގޮތުން، ޒިނޭކުރާ މީހުން ނަރަކައިގައި ތިބޭނީ އަލިފާން އަދަަމުންދާ “ތަންދޫރެއް” ފަދަ އުނދުނެއްގެ ތެރޭގާ. ހިމޭންވެލަމުން  ހުއްބާ ބުނެލިއެވެ.          “އޭގެ އަޑިން އަލިފާން އަންނަ ކޮންމެ ހިނދަކު އެމީހުން ރޯ އަޑު މުޅިތަނަށް އިވޭނެ. ” ލޮލުގެ ނަޒަރު ބަދަލުކޮށްލަމުން ހުއްބާ ތުންފަތުގައި ދެންއެޅިއެވެ.

 

މިލީހަމްގެ ގިސްލުމުގެ އަޑު މަޑުވެލިއެވެ. މުޅިއަކުން ނުހުއްޓެއެވެ. އޭނާގެ ހިތަށް  މިފަހަރުވެސް އުންމީދުގެ އަލިކަމެއް ވަން ކަހަލައެވެ.

 

ދައްތަށް މިލީއަށް އެހީވެދޭނަން.  އެކަމަކު އެންމެ ފުރަތަމަވެސް  މިލީ ތެދުވެރިވައްޗޭ އިނގޭ. ތި ބަނޑުގައިވާ ފުރާނައިގެ ބައްޕައަކީ ކާކު؟”

 

 

 

 

މިލީހަމްގެ ތުންފަތް ތުރުތުރުލާން ފެށިއެވެ. އޭނާގެ ހިތުގައިވާ ބިރުވެރިކަމުގެ ފާރު ފުނޑުފުނޑުވިއެވެ. ތެދު ބުނުމުގެ ހިތްވަރު ލިބުނު ކަހަލައެވެ. އެކަމަކު މިލީހަމް އޭނާ އެންމެ ލޯބިވާ ބާސީލް ބޭޒާރުކުރާކަށް ބޭނުމެއްނުވިއެވެ. އެނަން ހާމަކުރާކަށް އެހިތް ނޭދުނެވެ.  އެހެންކަމުން ބުނީ  އޭނާއަށް ރަނގަޅު ގޮތް ބުނެދީ ހެޔޮ ނަސާހަތްދިން ފަރާތުގެ ނަމެވެ. އެ ހުތުރު އިލްޒާމު އެޅުވީ އެ ހިތްހެޔޮ އެކުވެރިޔާގެ ބޮލުގައެވެ.

 

 

 

 

“ޚު… ޚުބާބް…” މިލީހަމްގެ ދުލުން އެ ނަން ބޭރުވީ ވަރަށް އުނދަގުލުންނެވެ. މިހެދެނީ ދޮގެއްކަން އެނގިހުރެ ބުނަން ޖެހުމުންނެވެ. ދެން ކަންތައް ވާނީ ކިހިނެއްބާއެވެ؟ ހުއްބާ އެކަން ގަބޫލުކުރާނެބާއެވެ؟  ޚުބާބްގެ ދިރިއުޅުމަށް ވާނީ ކިހިނެއްބާއެވެ؟

 

ނުނިމޭ

 

“ކިޔުންތެރިންގެ ސަމާލުކަމަށް”

 

(ވާހަކަ އެއްކޮން ލިޔެ ނުނިމެނީސް،  ޝާއިރު އެވީ އަޅުގަނޑަށް އޮޅިގެން ކުރެވުނު ކަމަކުންނެވެ. އެކަމަށް ވެސް  ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މާފަށްއެދެމެވެ.)

 

ވާހަކަ ނުގެނެސްދެއްވި މިވޭތުވެދިޔަ ދުވަސްތަކުގައި ލަސްވިކަމަށްޓަކައިވެސް ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މާފަށް އެ

ދެއެވެ. އެކިގޮތް ގޮތުން ހާލާތު ނިޔާކުރިގޮތުން ވާހަކަ ލިޔެވޭ ގޮތް އަޅުގަނޑަށް ނުވީއެވެ.  އެހެންނަމަވެސް، މާތް ﷲ ގެ ތަނަވަސް ރަޙުމާތާއެކު ވާހަކަތަށް  ދެން  ކުރިއެކޭ އެއްގޮތަށް ގެނެސްދެމުންދާނަމެވެ. ޝުކުރިއްޔާ!

 

 

 

 

 

 

 

🥰♥️🥀😊🫶

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

އާއެކޭ ލޯބިވޭ… އަށާވީސް ވަނަބައި (ލޯބި ދިފާއުކުރަން ހެދި ބޮޑު ދޮގު)

Next

މަރުދަން

Next
January 1, 2026

މަރުދަން

Previews
December 31, 2025

އާއެކޭ ލޯބިވޭ… އަށާވީސް ވަނަބައި (ލޯބި ދިފާއުކުރަން ހެދި ބޮޑު ދޮގު)



All Right Reserved!