ރީމާލް…. ހަވަނަބައި (އެ ލެޔަކީ ރަހިމުގެ ކެންސަރޭ)
ކައި ހަދައިގެން އަތްދޮންނަން ސިންކުދަށުގައި ހުރިއިރުވެސް ވިސްނެނީއެވެ. އާނޫ ކާން ނެތުމުގެ ފަޅުކަން ބަރުދާސް ކުރާނީ ކިހިނެއް ހެއްޔެވެ؟ ކެވުނީ ކޮން ބާވަތެއްގެ މަހެއްކަންވެސް މިރޭ އެނގުނީއެއް ނޫނެވެ.
ތުންފުހެ ހަދާލައިގެ ރުހައިސް އާނޫ ދެކިލަން ދިޔައެވެ. އެކޮޓަރިއާއި އަރާ ހަމަވެފައި ތިންފަހަރު ޓަކި ޖަހާލިއެވެ. އެކޮޅުން އަޑެއް ބަޑެއް ނީވެއެވެ. ލިބުނު ސިހުމާއެކު ރުހައިސް ދޮރުން ވަދެގަތެވެ.
ނިދާ ބޮކީގެ ފަނޑު އަލީގެ ތެރެއިން ރަތް ކުލަ ދަޅައަޅަމުން ދިޔަހެން އޭނާއަށް ހީވިއެވެ. ވަގުތުން ބަލާކަށް ނުހުރެވެ އޭނާ ބޮކި ދިއްލާލިއެވެ. އަލިވިހެންނެއް ހިޔެއް ނުވެ ބާރުބަށް ރުހައިސް ހަޅޭތްލަވައިގަތެވެ. “އާނޫ…” އާނޫއޭ ކިޔަމުންނެވެ. އެއަޑަށް ބަދިގޭގައި ހުރި ދޮންބެދައްތަވެސް ދުވެފައި އަތުވެއްޖެއެވެ. އަވަސް އަވަސްކޮން އާނޫ އޮތް އެނދާއި ދިމާލަށް ބަލާލިއެވެ. ފެނުނު މަންޒަރުން ވަގުތުން ރޮއިގަނެވިއްޖެއެވެ. އާނޫއަށް ކިހިނެއް ވީބާއެވެ؟ އެހާ ބާރަށް ރުހައިސް ހަޅާތް ލަވައިގަންނަން ވީ ކޮން ސަބަބަކާ ހުރެބާއެވެ؟ އާނޫ މަންމައަށް އެފެނުނީ ކޮންކަހަލަ މަންޒަރެއް ހެއްޔެވެ؟
***********************************************
ލެއިން ފޯވެފައިވާ ބެޑުސީޓުން މުށިތަކަށް ތިކިތަޅަމުން ދިޔައެވެ. އާނޫގެ ހޭވެރިކަމެއްނެތެވެ. އޭނާ އޮތީ ހޭވެރިކަންވެސް ގޮސްފައެވެ. އެންބިއުލާންސް ގައި ހަސްފަތާލަށް ގެންދެވުނީ ހަމަ ކިރިޔާއެވެ. ކުޑަވަގުތު ކޮޅެއް ލަސްވިނަމަވެސް ފުރާނައަށް ގެއްލުންވީހެވެ.
ރަށުން ދެވެން އޮތް ފަރުވާއެއް ދީފައި އަތޮޅު ހަސްފަތާލަށް ފޮނުވާލި އެވެ. އަތޮޅުން ފޮނުވާލީ މާލޭއެވެ. މާލޭ ދެވުންއިރު އެންބިއުލޭސް އޮތީ ތައްޔާރުގައެވެ. އައިޖީއެމް އެޗުން ކުއްލި ފަރުވާދެއްވައި ޓެސްޓުތައް ހެދިއެވެ. ރަހިމުގެ ކެންސަރު ޖެހިފައި ހުރިކަން އެނގުނީ ނަތީޖާއިންނެވެ. ލިބުނު ހިތްދަތި ޚަބަރާއެކު މުޅި އާއިލާ ރޮއްވާލިއެވެ. އެންމެންގެ ހިތުގައި ސުވާލުތައް އުފެދިގެންދިޔައެވެ. ކީއްވެ ކޮންއިރަކު ހެއްޔެވެ؟ މިހެން އާނޫއަށް ދިމާވީ ކޮން ސަބަބުތަކަކާއި ހުރެ ހެއްޔެވެ؟ މަދު ފަޅިސިކުންތުކޮޅެއް ތެރޭ އާނޫގެ ދިރިއުޅުން އެފުންމިފުށަށް ޖެހިގެންދިޔައެވެ.
ސުކޫލުގެ އެންމެހައި ބޭފުޅުގެން ފަރާތުން އާނޫއަށް ސިފާއަށް އެދި ދަންނަވަމުންދިޔައެވެ. ހެޔޮ ދުޢާ ތައް ބަރުތީލަކުރަމުންދިޔައެވެ. ދަރިވަރުގެ ފަރާތުން އެހީއެއް އާނޫމިސްއަށް ފޮނުވެއްވިއެވެ.
ޓިކެޓްގެ އަގުތައް އުފުލިފައިވިޔަސް ރާއްޖޭން ބޭރަށް ދާން ނިންމިއެވެ. ވާނެއް ނުވާއެއް މާލޭގައި ތިބެގެން އެނގެނީއެއް ނޫނެވެ. ކެންސަރުގެ ކިތައް ވަނަ ހަރުފަތުގައިކަމެއްވެސް ހޯދިފައިނެތެވެ. ހަދާ ކޮންމެ ޓެސްޓެއް މިފޮނުވަނީ ބޭރަށެވެ. އަވަށްޓެރި އިންޑިއާއަށް ނޫނީ ލަންކާއަށެވެ. އަތަށް ނަތީޖާ ލިބުމުގައި ތިންދުވަސް ހޭދައެބަވެއެވެ. މިތާ ތިބުމުގެ ބޭނުމެއް ކޮބައި ހެއްޔެވެ؟ އަވަސްވީ ގޮތަކަށް އިންޑިއާށް ފުރޭތޯ ބަލަންވީއެވެ.
ދަރިވަރުގެ ޓެސްޓުތައް ތައްޔާރުކޮށް ނިމުން ކަން އެއީ އާނޫގެ ނަސީބެވެ. ކުރިއަށްއޮތް އޭނާގެ ކައިވެންޏަށް ވާނީ އެކަމަކު ކިހިނެއް ބާއެވެ. ފަހަށް ލަސްކުރާނީބާއެވެ. ކައިވެނި ކުރެވޭނެ ބާއެވެ.
އާނޫ އިންނަން އުޅެނީ ކުރިން ބުނިހެން ޕައިލެޓަކާއެވެ. އުޅެމުން ދަނީ ހުޅުމާލޭގެ އެވެ. އެހާލުގައި ހަސްފަތާލުގައި އާނޫ އޮންނަތާ ތިންރޭ ތިންވާލުވީއެވެ. އޭނާ ވަދެވެސް ނުލައެވެ. ކުރަންޖެހޭ ދަތުރެއްވެސް ނޯންނާނެއެވެ. މީގެ ހަފްތާއެއް ކުރިން ވަނީ ޗުއްޓީ ލިބިގެން ގޮސްފައެވެ. ނިކުންނަށް ދެންޖެހޭނީ ސާޅީސްދުވަސްފަހުންނެވެ. މަހެއްހައި ދުވަހުގެ ދިގު ޗުއްޓީއެއް އެވަނީ ހަމަޖެހިފައެވެ. މަރާ ހަނގުރާމަކުރަމުން އެދަނީ އޭނާގެ ހަޔާތުގެ ބައިވެރިޔާއެވެ. ވާން އުޅޭ އަނބިމީހާއެވެ. އެހިސާބަށް ނާދެވިގެން އެއުޅެނީ ފަހެ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ ބުރަވެގެން ކުރާނެ ކަމެއްވެސް އޮންނާނީ އެއްނޫނެވެ. އެދުވަހުން ދުވަހަށް ހުރިހާ މައުލޫމާތެއް ވާނީ ދީފަ އެވެ. ކެންސަރަށް ފައްސިވެގެން ބޭރަށް ފުރަން އުޅޭ ވާހަކަވެސްމެއެވެ.
ފަރީސްގެ ފޯނުކޮލެއް އައި ދަބަހުގެ ޒިބު އަޅު ވަނިކޮށެވެ. ކޮޑަކޮން އޭރު އާނޫވެސް އޮތީ ހަމަޔަކަށް އެޅިފައެވެ. ހަށިގަނޑުން އެތައް ބައިވަރު ލެޔެތް ފައިބުމާއެކު ވަރުބަލިކަން މޫނުމަތިން ސިފަވަމުންދިޔައެވެ. ހެނދުނުވެސް މާބައިވަރު ނޫނަސް ލޭ ފޭބިއެވެ.
“މަންމާ! ރަށުން ބޭރުގައި ރިސޯޓެއްގައި އުޅޭތީ ނުދެވިގެން މިއުޅެނީ އާނޫވެސް ރަނގަޅު ދޯ ދެން” ފާރިސްގެ އަމަލާއި ބަހުން އާނޫގެ މަންމަގެ ލޮލުން ކަރުނަހިލުނެވެ. ކައިރީ އަނޫ އޮތަސް އެމައި ލަގޮނޑިއަށް ކެތްވާނެ ހެއްޔެވެ؟ އޭނާގެ ދެލޯލުގެ ނޫރު ފަދަ ދަރިފުޅު އޮތް ހާލު އެއޮތީ ފެންނާށެވެ. މީހަކަށް އެދަރިފުޅު ސަލާމަތު ސިއްހަތުގައި ހުއްޓަސް އެވެ.
“އާ ހަމަ ބަރާބަރު މާދަން ހެނދުނު ފުރަންކަމަށް މިއުޅެނީ އެކަމް” ކަރުނުން ފުރިގެންވި ދެލޯ ޓިސޯއަކުން ފުހެލަމުން މަންމަ ބުނެލިއެވެ.
” ރަނގަޅިއްޔާ ބޭރަށް ނުދިޔަޔަސް ވާނެ. މާލޭންވެސް ފަރުވާވެސް ދަށެއް ނުވާނެ.”
އަޅާލުން ކުޑަ މޭރުމަކުން ފާރީސްގެ ބަސް އިއްވާލީއެވެ.
“މަންމާ ފާރިދޯ ދީބަލަ ފޯނު” އާނޫ ފޯނަން އިސާރަތް ކޮށްލިއެވެ.
“ފާރީ” ރޮއެގަންނަމުން އާނޫ އެނަން ކިޔާލިއެވެ.
“ފުރަން މިއުޅެނީ މާދަން ހެނދުނު. ފުރާ ތަނަން އަންނާނެކަމަށް އުންމީދުކުރަން!” ސީލިންގަށް ބަލަން އޮވެ އާނޫ ބުނުއްވިއެވެ.
“ތިހާ ފިނޑިނުވެބަލަ ބަލިވެސްވާނެ. ދެން އެހާ ބޮޑު ބައްޔެއްވެސް ނުވެއެއްނު. ފުރުވަން ދާނަމޭ. ބޭއްވީ ދެން.” އިތުރު އެއްޗެއް ބުނެލާނެ ފުރުސަތުވެސް ނުދީ ފޯނު ކަނޑާލައިފިއެވެ.
އަހަންނަށް ލޯބިވެވުނު ފާރީސް ހާދަ ރަނގަޅުވާނެއެވެ. އެކަމަކު މިހާރު އެފާރިސް ކޮބައި ހެއްޔެވެ؟ މިއިން ދުވަހަކު އެ ފާރިއެއް ނުދެކެވެ. އަހަރެން ދެކިލަން އެއްފަހަރުވެސް އޭބާއެވެ؟ އޭނާގެ ބަސްމަގުގައި ކުލުނާއި ހަމްދަރުދީއެއް ނެތެވެ. ރުންކުރުކަމާއި މަލާމަތް އެކުލެވިގެން ވީހެން އަހަންނަށް އިހްސާސްވީ ހެއްޔެވެ؟ އަސްލުވެސް އެއަޑުގައި ޖަދަލުކުރުން ވީއެވެ. ލޯބީގެ ޒައްރެއްގެ މިންވަރުވެސް އެހިތުގައި ނެތީއެވެ. ކެންސަރު ބޮޑު ބައްޔަކަށް އޭނާއަށް ނުވީތާއެވެ. މި ހަށިގަނޑުން ކޮންމެ ދުވާހަކު ވަކިވެގެން ހުސްވެގެން އެދާ ލޭތަށް އެއްޗަކަށް ނުވީތާއެވެ. އަމިއްލަ ހާލަށް ކޮޅަށްވެސް އަހަންނަށް ނުހުރެވެއެވެ. އަހަރެން ރަނގަޅުކަމަށް އޭނާ އެބުނަނީ ނޫންހެއްޔެވެ؟ ފިނޑިވެގެން އަހަރެން އެބަ އުޅެން ހެއްޔެވެ؟ މިވޭންތަަކަށްވެސް ޝުކުރުކޮށްލައިގެން ރޯލަ ރޯލަ މިއޮންނަނީ ވިއްޔާއެވެ.
ރީމާލްގެ އާއިލާވެސް އާނޫ ފުރުވާލުމަށް މާލެ ދުރުވިއެވެ. އެއާރޕޯޓަށް ދާންވާއިރު ރުހައިސްވެސް ދުރުވާނެއެވެ. ރަށުން ފުރައިގެން ދެތިން ގަޑިއިރުން މާލެ ދެވޭނެއެވެ. އެހާ ދުރެއްވެސް ނޫންތާއެވެ. ށަވިޔަނިއަތޮޅުންވެސް ހަތެއް ޖަހާއިރު ފުރައިގެން އެގާރަ ޖަހާއިރު އެބަދެވެއެވެ. މިދައްކަނީ ކާފު އަތުޅާއި އެތައް ހާސް މޭލެއް ދުރުގައިވާ އަތޮޅެއްގެ ވާހަކައެވެ.
ފުރަން ދާން ޖެހެނީ މާދަން ހެނދުނު އަށެއް ޖަހާއިރުއެވެ. އެގެކުރިން މާ ރީއްޗަށްވެސް ރުހައިސްއަށް އާދެވޭނެއެވެ. އޭނާއަށް ރީމާލް މެންނާއެކު އާދެވޭގޮތް ނުވީއެވެ. ރައްޔާއި ވަކިން ބައްދަލުކުރުމުގެ ފުރުސަތެއް ފަހިވުމުންނެވެ. އެވެސް އޭނާގެ ބެލުމުގެ ދަށުގައިވާ ކަމެކެވެ.
އެތައް ސަތޭކަ ސިއްރުތަކެއް ރައްޔަގެ ހަޔާތުގައިވިއެވެ. ބުނެދޭނެ ކިޔައިދޭނެ ގޮތެއް ނުވީއެވެ. ގަންނަށް ބޮޑު ބިރަކުންނެވެ. ދޮންބައްޕަ ދެކެ އޭނާ އިންތިހާ ބިރުގަނެއެވެ. މަންމަ މަރާލާނެ ކަމުގެ ވަރުގަދަ އިންޒާރެއް އޮތީ ދޮންބައްޕަ ދެއްވާފައެވެ. ކޮއްކޮއަށް މިހާލު ޖައްސާނެ ކަމުގެ ނިސާނެއްވެސް ވަނީ ދީފަ އެވެ. އެކަނިވެރިކަމަށް ރައްޔަ ލޯބި ޖެހުނު މައިގަނޑު ސަބަބުތަކަކީ އެވެ. ހިމާޔާތް ދޭން ހުރި އަތެއްގެ ވިހަ ތީރު ތަކެއްގެ ސިކާރައަކަށް ވުމުއެވެ.
ދޮންބެދައްތަގެ ފަރާތުން އެނގުނު ގޮތުގައި ފާރީސް އެހިސާބަށް އަރާނުލައެވެ. ގުޅާ ލީވެސް އެންމެ ފަހަރަކުއެވެ. އޭނާގެ ވާހަކަތަށް ހުރީ އެހާ ރުންކުރުކޮށެވެ. ބޭރަށް ދިއުމުގެ ބޭނުމެއް ނެތޭވެސް ބުނި ކަމަށްވެސްވެއެވެ. އާނޫއަށް މާ ބޮޑު ބައެއްޔެއް ނުޖެހެޔޭވެސް ބުނެފައިވެއެވެ. ހުދު ރުހައިސްއަށް ވެސް ފާރީސްގެ ދުރުކަން ފާހަގަކުރެވެއެވެ. އެންމެ ފަހުން ކުރި ދަތުރަށްފަހު އޭނާގެ ޚަބަރެއް ދަބަރެއް ނުވެއެވެ.
ނުވިސްނޭނީ ކިހިނެއް ހެއްޔެވެ؟ ދެކުދިންވެސް އެތިބީ ނާޒުކު ފައްތަރެއްގައެވެ. ކުރިމަގެއް ލިބޭނީ ދިރިއުޅުމެއް ފެންނާނީ މިކަންކަމުން ސަލާމަތުގެ އައްސޭރިއެއް ފެނިގެންނެވެ. ވިސްނާ ވިސްނާވެސް މިހިރަ ހާންތިވަނީއެވެ. ބޯ ހީވަނީ ފަޅަފަޅައިގެން ގޮސްދާނެ ހެންނެވެ.
ކުރިއަށް އޮތީ ހަފްތާ ބަންދަވެ. ހުކުރު ހޮނިހިރެވެ. އާދިއްތަ ދުވަހު ފަހު ޓާމް ޓެސްޓްތައް ފެށޭނެއެވެ. ސައްބީސް ޑިސެންބަރުގައި ރިޕޯޓް ފޯމުތަށް ދޭނެއެވެ. ދެން އޮންނާނީ އަހަރުގެ ބޮޑު ޗުއްޓީއެވެ. ސުކޫލުތަށް ހުޅުވެނީ މަހެއް ފަހުންނެވެ. އަންނަ އަހަރުގެ ވިހި ފަންސަވީސް ތާރީޚުގައެވެ.
ދެ ޖިންސާ ދެ ގަމީސް ދަބަހަކަށް ލައިގެން ރުހައިސް ފުރިއެވެ. މާލެދާށެވެ. ރޭގަނޑު އަށެއް ޖަހަން ވިއިރު މާލެ ފޯރައިފިއެވެ. ކުއްޔަށް ނެނގި ކޮޓަރިއަށްވެސް ވަދެނުލާ އަވަހަށް އޭނާ ދިޔައީ އާނޫ ދެކޭށެވެ. އެ މޮޅިވެރި މޫނު ފެނުމުން އެހިތް ޗިލާލެވިގެން ދިޔަ ފަދައެވެ.
“އަހާ ރުހައިސް، ރަނގަޅު ވަގުތަކުއޭ ތިއައީ ދޮންބޭބެމެންނާއެކު ބޭރަށް ދާނެ މީހަކު ނުވެގެންނޭ މިއުޅެނީ” އޭނާ ފެނުމާއެކު، ވެގެން އުޅޭ ގޮތް ކިޔައިދޭން ދޮންބޭބެ ފެށިއެވެ.
“ރުހައިސް، ގޮސް ދޭންވީނު. ޓިކެޓްވެސް ދޭނަށް ދޮންބޭބެމެން. ހުރިހާ ހަރަދެއް ކުރާނީ މިކަމުގައި ބޭބެމެން.” ނޫނެކޭ ބުނާނީވެސް ކިހިނެއް ހެއްޔެވެ؟ މިހުންނަނީވެސް ބޭބެގެ ބޯހިޔާވަހިކަމުގަވިއްޔާއެވެ. ނުދާނަމޭ ނުދެވޭނޭވެސް ބުނާކަށް ނުކެރޭނެ އެވެ.
“ތީ ދެން އަހާ ކަހަލަ ސުވާލެއްވެސް ނޫނެއްނު.” ހިނިތުންވުމާއެކު ރުހައިސް ދޮންބޭބެއަށް ޔަޤީންކަން ދިނެވެ. އެދަތުރުގައި އޭނާ ބައިވެރިވާނެއެވެ.
“އާނޫ, ކޮބާ ކިހިނެއް؟ އިންޝާ ﷲ ދެރަ ގޮތެއް ނުވާނެ” ހިތްވަރުދިނުމުގެ ގޮތުން ރުހައިސް އާނޫއަށް ބުނެލިއެވެ. ކުޑަ ވަގުތުކޮޅަކު ހަސްފަތާލުގައި ހޭދަކުރުމަށް ފަހު އޭނާ ދިޔައީ ބަނޑުހައިވެގެންނެވެ. ހެނދުނުން ސުރެއް އެއުޅެނީ ގޮހޮރަށް ކާއިތޮޅެއް ނުލައެވެ. އަޅެ ބަނޑުހައިވެސް ވާނެތާއެވެ.
ހޫނު ފެނާއި ފިނިފެނާއި ދެފެނުން ފެންވަރާއިގެން އޭނާ ރެސްޓޯރެންޓް އަކަށް ނައްޓާލިއެވެ. އެކުވެރި އަކާއެކު އެވެ. ދެވެރިން ގޮސް ވަނީ “ޑައިނަމޯ” އަށެވެ. ބާރގާއަކާއި ސަބްމެރީންނަކަށް ރުހައިސް އޯޑަރު ދިނެވެ. ކައިރީ އިން އެކުވެރިޔާ ނެނގީ ޕިއްޒާއާއި ކުކުޅާއި ތެލުލި އަލުވިއެވެ. ބުއިމަކަށް ކޯކު ނަގައިގެން މީރުކޮން ކައިހެދިއެވެ. ގެނައި ހުރިހާ އެއްޗެއް ކައި ހުސްކޮށްގެން ބޮޑެތި މަގުތަކުގައި ދުއްވާލަން ދިޔައެވެ.
އަލަށް ހުޅުވި ދެމަގުގެ ފުޅާ ކަމާއެވެ. ރުހައިސްއަށް ބޯ އަނބުރާލެވުނެވެ. އިންދަން ފަށާފައި ހުރި ރުއް ގަސްތައް ހެދި ބޮޑުވީމައި ކިހާ ފުރިހަމަވާނެ ހެއްޔެވެ؟ އެއްކޮން ނިމިގެން ހުޅުވޭއިރު ހާދަހާވައި ރަނގަޅުވާނެއެވެ. އެތައް ބަޔަކު އެގަޑީވެސް ދުއްވާލަން ނިކުނެ އުޅުނެވެ. ގިނައިން އުޅުނީ ލޯބިވެރިންގެ ގުރާ ޖޯޑު ތަކެވެ. އެކަކު އަނެކަކު ގައިގައި ތެއްވެގަނެގެން އުޅުން ކުދިންތައް ފެނި އޭނާއަށް ހޮޑު ނައީ ކިރިޔާއެވެ. އުޅެން ވީ ރީތިގޮތް ދީނުގައި އަންގަވާފައި ވެ އެވެ. ދެން ފަހެ އެވަންތަރަށް އުޅެން ޖެހޭ ހެއްޔެވެ؟ އެކުދިންގެ މައިންބަފައިންވެސް ގައިމު ދުނިޔޭގައި ތިބޭނެއެވެ. ދެރަ ކަމެއް ވިއްޔާ ދެރަ ވާން ތިބޭނީވެސް މަންމަ އާއި ބައްޕައެވެ. އެވަރު ނުވިސްނޭންވީ ކީއްވެ ހެއްޔެވެ؟ އެގޮތްގޮތަށް އުޅޭ ހިތްވަންޔާ ބުއްދިވެރި ގޮތަކީ ކައިވެނިކުރުމެވެ. އެހެން ދަރިން އުޅެންޔާ އަވަސްވީ ގޮތަކުން ކައިވެނިކުރުވާށެވެ. ފަހުން އަގުވެއްޓި އަނބުރު ލޯ ހުޅުވާލަން ނުކެރުނީމާ މާ ދެރަވާނެއެވެ.
ފާއިތުވެދިޔަ ދުވަހެއް ހަމަގައިމުވެސް ނާންނާނެއެވެ. އަބަދުވެސް މާދަމާއަށް ފަސްނުކޮށް އިސްލާހުވާން އުޅޭށެވެ. ކުއްލި މަރުތަށްވެސް މިދަނީ އިތުރު ވަމުންނެވެ. މަރުވާނީ ބުނެފައެއް ނޫންވިއްޔާއެވެ. އެއްކަލަ އަޒުމު ވަރުގަދަ އާނޫއަށް ވެގެން އުޅޭ ގޮތްވެސް ބަލާބަލާށެވެ. ނޭނގުމެއްގެ ތެރޭގައި ރިއްސާލި ބަނޑަކޮން ރަހިމުގެ ކެންސަރު ޖެހުނީއެވެ.
ރަހިމުގެ ކެންސަރު ޖެހެނީ އަންހެނުންނަށެވެ. މި ބަލިޖެހެން މެދުވެރިވާ ސަބަބަކަށް ބިނާވެފައި ވަނީ ރަހިމުގެ ސެލްތައް އާދަޔާ ޚިލާފަށް އިތުރުވުމެވެ. އަދިހަމައެޔާއެކު ގަނޑުލައި ޓިއުމަރް ބައްޔަކަށް ބަދަލުވުމެވެ. މި ބަލީގެ މައިގަނޑު ދެ ބާވަތެއްވެއެވެ. ރަހިމުގެ ދަށުބަޔަށް ޖުހުމާއި ރަހިމުގެ އެތެރެ ފަށަލައަށް ޖެހުޖެވެ. އެޔަށް ކިޔަނީ ރަހިމުގެ އެތޭރޭގައި އުފެދޭ ކެންސަރެވެ. ދަށުބަޔަށްޖެހުމުން ކިޔަނީ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރެވެ.
އެޗް.ޕީ.ވީ ވައިރަހުންވެސް މިބަލިޖެހެން މެދުވެރިވެއެވެ. އާއިލާގެ މީހެއްގެ ފުށުންވެސް އާނޫއަށް ވާރުތަ ކޮށްފާނެއެވެ. އާނޫގެ މާމަ ނިޔާވީވެސް ކެންސަރުގެ އާލާސްކަންފުޅުގައި އުޅުވަނިކޮށެވެ. އާންމުކޮށް މިއީ އުމުރުން ދުވަސްވީ މީހުންނަށް ޖެހި އުޅޭ ބައްޔެކެވެ. ނަމަވެސް މިހާރު ޒުވާން އުމުރުގައިވެސް މި ބަލި ފެނެއެވެ.
ހަށިގަނޑުގެ ހޯރމޯންތަކަށް އަންނަ ބަދަލުންވެސް ޖެހުމަކީ އެކަށީނަކަމެވެ. ބަރުދަން ފަލަވެގެންވެސް ޖެހިދާނެއެވެ. “ޕީރިއަޑްވުމުގައި” މައްސަލަ އުޅޭކުދިންނަށްވެސް ޖެހުމަކީ އެކަށޭނަކަމެކެވެ.
ރަހިމުގެ ދޮރަށް މިޖެހޭ ކެންސަރު އާންމުކޮށް ޖެހެނީ އެޗް.ޕީ.ވީ ވައިރަސްގެ ސަބަބުންނެވެ. މި ވައިރަސް ހަށިގަނޑަށް ވަންނަނީ ހަމައެކަނި ކައިވެނީގެ ގުޅުމަކުން ނޫނެވެ. ބައެއް ފަހަރު ހަމުގެ ބީހުމަކުންވެސްމެއެވެ. އަނެއްބައި ފަހަރު އެ ނޫންވެސް ގޮތްގޮތަކުންވެސް މި ވައިރަސް އަރާފާނެއެވެ. އޭގެ ޒާތުގައި މި ވައިރަސް ހަށިގަނޑުގައި ހުއްޓަސް ނޭނގިދާނެއެވެ. ބަލީގެ އަލާމާތް ފެނުމުގައި އެތައް އަހަރެއް ނަގާފާނެއެވެ.
ރަހިމުގެ އެތެރެ ފަށަލައިގެ ކެންސަރަކީ ކައިވެނިކުރުމާ އެއްވެސް ގުޅުމެއް އޮތް ބައްޔެއް ނޫނެވެ. މި ބާވަތުގެ ކެންސަރު ގިނައިން ޖެހެނީ ހަށިގަނޑުގެ ހޯރމޯންތަކަށް އެ އަންނަ ބަދަލުތަކުންނެވެ.
ދުނިޔެއަށް ފުރަތަމަ ނޭވާ ލާއިރުވެސް ބައެއް އަންހެނުންނަށް އެފަދަ ޖީންސްތައް ލިބިފައި ހުރެއެވެ. ކައިވެނި ނުކުރިޔަސް އެކުދިންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާނެއެވެ.
ފުރަން ކާރަށް އެރިއިރުވެސް ފާރީސްގެ ހަބަރެއް ނުވިއެވެ. ގުޅާވެސް ލީކީ ނޫނެވެ. އާނޫ މުޅިން ނާއުންމީދު ވެއްޖެއެވެ. ފާރީސްއަށް އޭނާ ދޭން ނިންމި މީ ފަހު ފުރުސަތެވެ. ކުޑަ މިނުން އޭނާ ލޯބިވާނަމަ ދެކިލަން އައިހެވެ. ހާލު ބެލީހެވެ. ފުރުމުގެ ކުރިން ފާރީސް އަތުވެދާނެބާއެވެ؟ އިތުރު ފުރުސަތެއް އާނޫ ފާރިސްއަށް ދީފާނެ ބާއެވެ؟ އެކައިވެނިވެސް އެހެންވެއްޖެއްޔާ ނިމޭނީތާއެވެ؟
ނުނިމޭ
(ކިޔުންތެރިންގެ ސަމާލުކަމަށް)
ވަރަށް ގިނަ ކިޔުންތެރިންގެ އެދުމުގެ މަތިން މިވާހަކަ އަޅުގަނޑު ޕުރޯ ނުކުރާ ގޮތަށް ނިންމައިފިއެވެ.
🫶❤️🥰🥀🤗
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.






Isnaa lailu nahaaru ge comment section balaafa reply kohba
ޝުކުރިއްޔާ 🫶🥰🥀❤️🤗
Varah reeith mi part ves. Curiously waiting for next part??
ވީ އުފާ ބުނެދޭން ދުލާއި ގަލަމުން ނުކުޅެދިއްޖޭ ”
“ހާސްފަށުން ޝުކުރުގެ ތަހާނީ އަރިއަހަށް ފޮނުވާލެވިއްޖޭ
ހިތުގެ އުމުގުން ފަށްފަށުން ޝުކުރުދަންނަވަން! ތިދެއްވި ލޯބި ލޯބި މެސެޖަށް
އިންޝާ ﷲ ލަސްތަކެއް ނުވެ ގެނެސްދެވޭތޯ ބަލާނަން
😊🫶♥️🥀🥰