މަންމަގެ މާބޮނޑި
މަންމަގެ މާބޮނޑި
އިސްމާޢީލްޢަލީ ކަނދޮޅުދޫ
މިއީ އިގިރޭސި ބަހުން ހަދާފައިވާ ވީޑިއޯއެއްގެ ދިވެހި ތަރުޖަމާއެކެވެ. ބައެއް ބަދަލު ގެނެސްފައިވާނެއެވެ.
މަންމަ ދެކެ ވަރަށް ލޯބިވާ ޒުވާނެކެވެ. މަންމައަށް ހަދިޔާއަކަށް މާބޮނޑިއެއް ފޮނުވުމުގެ ބޭނުމުގައި މާވިއްކާ ފިހާރައަކަށް މާބޮނޑިއަކަށް އޯޑަރ ކުރުމަށްޓަކައި ދިޔައެވެ. މިގޮތަށް އޯޑަރ ކުރުމުން ވަކި މުއްދަތެއްގެ ތެރޭގައި މާބޮނޑި ގެނެސްދޭނެއެވެ. ފިހާރައާއި ކައިރިހިސާބެއްގައި ކާރުޕާކް ކޮށްލުމަށްފަހު ކާރުންފޭބި ވަގުތު އެތާ މަޑުކޮށްލައިގެން އިން ކުޑަ އަންހެން ކުއްޖަކު އޭނާއަށް ފާހަގަ ކުރެވުނެވެ. އެކުއްޖާ ގިސްލަމުންދާތީ އެކުއްޖައާއި ސުވާލު ކުރިއެވެ. ޖަވާބުގައި އަންހެން ކުއްޖާ ވަރަށް ހިތާމައާއިއެކުބުނެލިއެވެ.
އަހަރެން މަންމައަށް ރަތްފިނިފެންމަލެއް ގަނެދޭން ބޭނުމެވެ.އެކަމަކު އަހަރެންގެ އަތުގައި ވަނީ އެންމެ ހަތްދިފަސް ސެންޓުކަމާއި .ރަތް ފިނިފެންމަލުގެ އަގަކީ ދެޑޮލަރެވެ.
އެޒުވާން ފިރިހެންހެން ކުއްޖާ ބުނެލިއެވެ. އަހަރެންނާއިއެކު ފިހާރައަށް އައިސް ބަލާށެވެ. އަހަރެން ކަމަނާއަށް އެ ފިނިފެންމާ ގަނެދީފާނަމެވެ.އޭނަ އެކުޑަ އަންހެން ކުއްޖައަށް އޭނާ ބޭނުންވި ރަތްފިނިފިފެންމާ ގަނެދިނުމަށްފަހު އޭނާގެ މަންމައަށް ފޮނުވުމަށްޓަކައި މާބޮނޑިއަކަށް އޯޑަރ ކުރިއެވެ.
އެއަށްފަހު ޒުވާނާ ދިއުމުގެ ކުރިން އެކުއްޖާފުޅު މަންމަގާތަށް ގެންގޮސްދީފާނެ ކަމަށް ބުންޏެވެ. އެ ކުޑަކުއްޖާ އެކަމާއި އެއްބަސްވެ ދަތުރުފެށިއެވެ.އަންހެން ކުއްޖާ ކިޔައިދިންގޮތަށް ދަތުރުކޮށް މަންމަ ވަޅުލާފައިވާ ސަހަރާއަށްގޮސް މަންމަގެ މަހާނަ މަތީ ރަތްފިނިފެމާ ބޭއްވިއެވެ.
ޒުވާނާ އެކަންތަކަށްފަހު އެނބުރި މާފިހަރައަށްގޮސް ކުރިންކުރި އޯޑަރ ކެންސަލް ކުރުމަށްފަހު މާބޮނޑިއެއް ގަނެ ދުއިސައްތަ މޭލު ދުރުގައިވާ މަންމަގާތަށް ދިއުމަށް ދަތުރު ފެށިއެވެ.އޭނާއަށް ވިސްނުނު ގޮތުގައި ދިރިއުޅޭން ލިބިފައި މިވަނީ ވަރަށް ކުރުމުއްދަތެކެވެ. ތިމާދެކެ ލޯބިވާ މީހުންނަށް އަޅާލައި ލޯބިވުމުގައި ވީހައިވެސް ގިނަވަގުތު ހޭދަ ކުރަންޖެހޭނެއެވެ. މާލަސްވުމުގެ ކުރިން އެމީހުންނާއިއެކު ވަގުތު ހޭދަކުރަންޖެހޭނެއެވެ.އެމީހުންނަށް ހަދިޔާދީ ހިތްއުފާކޮށްދޭންވާނެއެވެ. ޢާއިލާއަށް އިސްކަންދިނުމަކީ ނުހަނު ބޭނުންތެރިކަމެކެވެ.
ޒުވާނާ ދަތުރު ކުރަމުންދިޔައިރު ހިތްވަނީ އަވަސްވެފައެވެ. މަންމަ ދެކިލާހިތުން މަންމަގާތަށް ދިއުމަށްޓަކައި ވަރަށް ބާރަށް ކާރު ދުއްވާފައި ދިޔައެވެ.
