Skip to content
އެސްފިޔަ

ކަލާދެކެ ލޯބިވެވިއްޖެއެވެ.

އައުޅެން

ކަލާދެކެ ލޯބިވެވިއްޖެއެވެ.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

އަހަރެންނަށް ޙަޤީޤަތުގައިވެސް ކަލާދެކެ ލޯބިވެވިއްޖެއެވެ.

ކަލާގެ ރީތިސޫރަ މިހިތުގައި ކުރެހިއްޖެއެވެ.

ދުވަހަކުވެސް ފަނޑުނުވާފަދަ ދެއްޔަކުންނެވެ.

ކަލާގެ އަޑުގެ ފޮނިކަން ޖާދޫއެއްފަދައެވެ.

ފަޒާގެ ތެރެއިން އަބަދުމެ އިވެނީ ކަލާގެ އަޑެވެ.

ކަލާގެ އަޅާލުން މަންމަގެ އުނގުފަދައެވެ.

އެއީ ފުއްކަފަ ގޮދަޑިއަކަށްވުރެ އަރާމު ތަނެކެވެ.

ކަލާގެ ހިނިތުންވުން ބަހާރުމޫސުމް ފަދައެވެ.

ކުލަކުލައިގެ މާތައް ފެނުމުން ކުރެވެނީ އެއިހްސާސްއެވެ.

ކަލާފެނުމުން ހިތުގެ ވިންދު އަވަސްވެއެވެ.

ކަލާނުފެނި ގިނައިރުވީމާ ފޫހިކަން ވެރިވެއެވެ.

ތިބާއަކީ ﷲގެ ޚަލްޤުކުރެއްވުމެގެ ފުރިހަމަ ނަމޫނާއެކެވެ.

ﷲގެ ދީލަތި ދެއްވެމާއިމެދު ޝުކުރުވެރިވާށެވެ.

ތިބާގެ ރީތިކަން ނަރަކައަށް ވަނުމުގެ ދޮރަކަށް ނުހަދާށެވެ.