Skip to content
އެސްފިޔަ

ހިތުގެ ރަސްގެފާނު

އައުޅެން

ހިތުގެ ރަސްގެފާނު

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

މިހިތުގެ ކޮންމެ ވިންދަކީ ތިބާގެ ޙައްޤެކެވެ.

ތިބާގެ ނަން މިހިތުގައި ބިންވަޅު ނެގިފައިވެއެވެ.

ފެންނަ ކޮންމެ ކަރުދާސްގަޑެއް ތިބާގެނަމުން ފުރާލަމެވެ.

ތިބާގެ ގާތްމީހުންފެނުނީމާ އުފާވެރި އިޙްސާސް ކުރެވެއެވެ.

ތިބާއަށްޓަކައި ޒީނަތްވުމަށް ވަގުތު ހޭދަކުރަމެވެ.

ތިބާ ފެނުމުން ހިތްއަވަސްވެ ފިނިވާގޮތްވެއެވެ.

ލޯބީގެ މެސެޖްތައް ތިބާއަށްޓަކައި ތައްޔާރުކުރަމެވެ.

ތިބާ ފެންނަން ނެތަސް ތިބާގެމީރުވަސް ލިބެއެވެ.

ތިބާއާއެކު ހޭދަކުރެވޭ ވަގުތުތަކުގެ އަގުބޮޑެވެ.

ތިބާގެ މެސެޖެއް ލިބިފައިވޭތޯ އިރުއިރުކޮޅާ ބެލެއެވެ.

ތިބާގެ ހޫނު އިހާސާސް ވުމަށް ހިތް އެދިގޮވަނީއެވެ.

ލޯބިވެތި ފިރުމުންތަކަށް އަބަދު އެދެވެނީއެވެ.

ތިބާ ހެޔޮ ޙާލުގައި ލެއްވުން އެދި ދުޢާކުރަމެވެ.

ތިބާއަށް ކަޅިއަޅާމީހުންނަށް ނަފްރަތު ކުރަމެވެ.

ތިބާނެތް ތަނެއްގައި ދިރުމެއްނުވާނެއެވެ.

ތިބާ އެސްފީނާއިން ސަލާމަތް ކުރައްވާށިއެވެ.

ތިބާގެ ދެއަތުގެ ޙިމާޔަތް އަބަދުވެސް އެދެމެވެ.

ފަޤީރުޙާލުގައިވެސް ތިބާއާއެކުއުޅޭނީ އުފަލުންނެވެ.

Comments (1)

  1. Kommes meeheh

    Kihineh vaahaka liyaa meehehtha new

Comments are closed.