Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީއެހެނިހެން

ޢާއިލީ ސުލޫކުން ކުރިއަސަރު

ismail ali Level 1
January 20, 2024 One Min Read
1 Comment

ޢާއިލީ ސުލޫކުން ކުރިއަސަރު

އިސްމާޢީލްޢަލީ ކަނދޮޅުދޫ

 

މިއީ އިގިރޭސި ބަހުން ހަދާފައިވާ ވީޑިއޯއެއްގެ ދިވެހި ތަރުޖަމާއެކެވެ. ބައެއް ބަދަލު ގެނެސްފައިވާނެއެވެ.

 

އަހަރެން މަސައްކަތުގެ ވަރުބަލިކަން ފިލުވާލައި ސިކުޑިއަށް އަރާމު ހޯދާލުމުގެ ބޭނުމުގައި އޮފީހާއި އިންވެގެން ހުންނަ ރެސްޓޯރެންޓަށް ވަދެ ކޮފީއަކަށް އޯޑަރ ދިނުމަށްފަހު ގޮޑީގައި އިށީދެ ލީމެވެ. އެވަގުތު ކުޑަކުދިން ހިމޭނޭ ޢާއިލާއެއް ރެސްޓޯރެންޓާއި ދިމާއަށް އަންނަތަން ފެނުނެވެ. އަހަރެން ހިތަށް އެރިއެވެ.ކަންތަކާއި ޖެހުނީއެވެ. މިމީހުން ވަރަށް އަޑުގަދަވާނެއެވެ.އޭރުން އަހަންނަށް އަރާމު ލިބުމުގެ ބަދަލުގައި އިތުރު އުނދަގޫ ތަކާއި ކުރިމަތިވާނެއެވެ.

އާއިލީ ސުލޫކުން އަހަރެންގެ ވިސްނުން ބަދަލުވިއެވެ. ދޮށީ ދަރިފުޅު ޢާއިލާގެ އެންމެންނަށް ވަދެވެންދެން ދޮރުހުޅުވައިލައިގެން މަޑުކޮށްލައިގެން ހުއްޓެވެ.އެމީހުންގެ މޭޒާއި ހަމައަށް އާދެވުމުން ކުދިން ރަނގަޅަށް އިށީނެވެ. ކޮންމެ މީހަކުވެސް ބުއިން އޯޑަރު ކުރާއިރު އަބަދުވެސް ކޮންމެ ޖުމްލައެއްގެ ފަހުކޮޅު ވެއިޓަރަށް ޝުކުރު އަދާކުރެއެވެ. އެންމެ ފުރަތަމަ ޚިދުމަތް ދިނީ ކުޑަކުދިންނަށެވެ. އެކަމަކު މައިންބަފައިންނަށް ކާބޯތަކެތި ލިބުމުގެ ކުރިން އެއްވެސް އެއްޗެއްގައި އަތް ނުލައެވެ.

ފެންނަ ފެނުމުގައި އެ ކުދިންގެ ސުލޫކުގައި އެއްވެސް ގޯހެއް ނެތެވެ.އަމިއްލަ މައިންބަފައިންނާއި އެއްބަނޑު އެއްބަފާ ކުދިންނަށް އިޙްތިރާމްކުރެއެވެ. އަނގަ ފުރިގެން ހުންނަ ވަގުތު ވާހަކައެއް ނުދައްކައެވެ. ހުއްދަ ނެތި މޭޒުމަތިން ކާތަކެތި ނަގާނުހަދައެވެ. މިކަހަލަ ރީތި އާދަތަކެއް މިހާރަކު ވަރަށް މަދުންނޫނީ ނުފެނެއެވެ.

އާއިލާ އެތަނުން ދާން އުޅެނިކޮށް އަހަރެން ތެދުވެ އެމީހުންގެ ގާތަށް ދިޔައީމެވެ. ހަތަރު ކުދިންގެ ތެރެއިން ކޮންމެ ކުއްޖަކަށް ފޮނި ޕެކެޓެއް ގަނެގެން ދިނީމެވެ. އަހަރެން މައިންބަފައިންނަށް ބުނީމެވެ. ދަރިންނަށް ދިން ރަނގަޅު ތަރުބިއްޔަތަށް މަރުހަބާ ކިޔަމެވެ. އަހަރެންގެ އެކުދަކުޑަހަދިޔާއަށް އެމީހުން ވަރަށްބޮޑަށް ށުކުރުވެރިވިކަން އަހަންނަސް ފާހަގަ ކުރެވުނެވެ. އެހެންކަމުން އަޅުގަނޑު ބުނީމެވެ. އިޙްތިރާމާއި އޯގާތެރިކަމަކީ އާދައިގެ ސުލޫކުތަކަކަށް ވާންޖެހެއެވެ. ނަމަވެސް މިދުވަސްވަރު ޒުވާނުންގެ ތެރޭގައި މިކަންތައްތަކެއް ނުފެނެއެވެ.ތިޔަ ޢާއިލާ ހިނގާފައި ދިޔަތަން ފެނުމާއެކު އަހަރެން ވަގުތުން ހީކުރީ ކުޑަކުދިން އަޑުގަދަ ވާނެ ކަމަށެވެ. އެކަމަކު އަހަރެން ހައިރާންވީ އެކުދިންގެ ރިވެތި ސުލޫކުފެނިފައެވެ. އެމީހުންނަށް އިނާމު ދިނުމަކީ ބޭނުންތެރި ކަމެއްކަމަށް ދެކުނީ އެހެންވެއެވެ.އަދި މި ހަދިޔާއަކީ ރަނގަޅަށް އުޅުމަށް ހިތްވަރު ދިނުމުގެ ގޮތުން ދިންއެއްޗެކެވެ.

ތިބާގެ ރަނގަޅު ތަރުބިއްޔަތަކީ ކަރާމާތުގެ ނިޝާނެއް ދުވަހަކުވެސް ގެއްލިގެން ނުދާނެވެ.މިއަދު ދިމާވި ގޮތަށް އަބަދުވެސް އޭގެ ފައިދާ ލިބޭނެއެވެ.އަޅުގަނޑުމެން ގިނައިން ޝަކުވާ ކުރަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ނެގެޓިވިޓީ ނުވަތަ ނުބައި ކަންތައްތަކުގެ މައްޗަށެވެ.އެކަމަކު ރަގަޅުކަންތައް ފެންނަ ހިނދު އެކަން ފާހަގަ ކުރުން ވަރަށް މުހިއްމު ކަމެއްކަމުގައި ދެކެމެވެ.

Share Article

Follow Me Written By

ismail ali

Level 1

Other Articles

Previous

ހިތުގެ ކޮންމެ ވިންދެއްގައި ކަލާގެ ނަން…2

Next

މަންމަ

Next
January 22, 2024

މަންމަ

Previews
January 20, 2024

ހިތުގެ ކޮންމެ ވިންދެއްގައި ކަލާގެ ނަން…2

One Comment

  1. ކިއުންތެރިއެއް says:
    January 21, 2024 at 12:11 pm

    ހޭލުންތެރިކުރުވުމުގެ އަދަބިއްޔާތުގެ ތެރެއިން ދޫކޮށްލެއްވި އަގުމާތް މުތަށްޓަކައި އަނެއްކާވެސް ފަށްފަށުން ޝުކުރިއްޔާ.ހެޔޮ ދަރުމަ ދެއްވަވާށި

Comments are closed.



All Right Reserved!