ވަރުބަލިވެއްޖެއެވެ. ދެނެއް ގަޔަކު އިތުރު ހިތްވަރެއް ނެތެވެ. ޢާއިލާ މީހުންނަކަށް ސިއްރުކުރެވޭކަށްނެތެވެ. އުރުގައި އިން 1 އަހަރުވީ ދަރިފުޅުގެ ރުއިމުގެ އަޑަކަށް ދެނެއް ފުރަގަހެއް ނުދެވޭނެއެވެ. ކޮންމެ ރެޔަކު ކުރިމަތިލާންޖެހޭ އެބިރުވެރިކަމާ ކުރިމަތިލާހާ ބާރެއް ހަށިގަނޑަކު ނެތެވެ. އިތުރަކަށް އެ ފުރޭތައާއެކު އެންމެ ހިނދުކޮޅެއް ވެސް ކެތެއް ނުކުރެވޭނެއެވެ. ހަނދުވަރުގެ އަލީގައި މާލޭގެ އެންމެ ހިތްފަސޭހަ އެއް މައިޒާން، އާރޓިފިޝަލް ބީޗްގައި އަހަރެން ހަމަޖެހިލައިގެން އިނީ ގޭތެރޭގައި ކުރިއަށް ދިޔަ ހަނގުރާމަ ހަމައަކަށް އެޅެންދެނެވެ. މަންމައާއި ދޮންބައްޕަގެ […]
އެރި އިރާއެކު ޔަޒީދު އެނދުން ތެދުވެ މިސްރާބު ޖެހީ އެއަރޕޯޓަށް ދިއުމަށް ތައްޔާރުވުމަށެވެ. އޭނާގެ ހުވަފެންތަކަށް މިއަދު ނިމުމެއް އަންނާނެއެވެ. 3 އަހަރު ދުވަސް ވަންދެން ކެއްތެރިކަމެއްނެތި އޭނާ ކުރަމުން ދިޔަ އިންތިޒާރަށް ނިމުމެއް އަންނާނެއެވެ. ޔަޒީދަކީ މިހާރު އުމުރުން 28 އަހަރު ފުރިފައިވާ ޒުވާނެކެވެ. އުޅެމުންދަނީ ޒިންމާދާރު ވަޒީފާއެއްގައެވެ. ބޭންކް ބެލެންސެކޭ އެއްވަރަށް ޖީބުގައި ވެސް ފައިސާ ހުރި ޒުވާނެކެވެ. މާލޭގައި ގެއިން ލިބިފައިވާ ބައި ހަދާ ތައްޔާރުކޮށްފައިވަނީ ކުޑަޢާއިލާއަކާއެކު ދެމަފިރިޔަކަށް އުޅެވޭނެ ފެންވަރަށެވެ. އެކަމަކު […]
ގަޑިން މެންދަމު 12 ޖަހަނީއެވެ. ބާރަށް ދުވެފައި އައިސް އަޝްރަފް ގެއަށް ވަނީ އޭނާގެ ކޮއްކޮ އަފްސަލް ގެއަށް އަތުވެއްޖެތޯ ބަލާށެވެ. ރަށުތެރޭގައި ހިނގައިދިޔަ މާރާމާރީއެއްގައި އޭނާގެ ލޯބިވާ ކޮއްކޮއަށް އަނިޔާވީކަމުގެ ޚަބަރު ލިބުމުންނެވެ. ”އަފޫ…އަފޫ” އަޝަރަފް އަޑުގެ ނެތްތަނަށް ގޮވަމުންދިޔައެވެ. ގޭތެރޭގައި މީހަކު ފެންނާކަށް ނެތެވެ. ”ހޮސްޕިޓަލަށް ގެންދިޔައީ ކަންނޭގެ” އަޝްރަފްގެ ފަހަތުން ދުވެފައި އައިސް ގެއަށް ވަން ޖާވިދު ވެސް މާނޭވާލަމުން ބުންޏެވެ. ”ހިނގާބަލަ، ކަލޭމެން އެންމެންވެސް އަދި މަގޭ ފަހަތުންތަ އަންނަންވީ؟ ރަށުތެރެ […]
ދުވަހަކީ ހުކުރު ދުވަހެކެވެ. ނާސިހާއާއި އެނާގެ ފިރިމީހާ ބޭސްފަރުވާއަކަށް ފުރަންފޮށި ތައްޔާރުކުރުމުގެ މަސައްކަތުގައި އަވަދިނެތި އުޅެމުންދިޔަ ވަގުތެވެ. ސަމީރު ދިޔައީ ނާސިހާއަށް އެހީތެރިވަމުންނެވެ. ނާސިހާ ރަށުގައި ނުހުންނަ ދުވަސްވަރު ގޭތެރޭގެ ކަންތައްތައް ކުރިއަށް ގެންދާނެގޮތާއި، ރަގަޅަށް އުޅުމަށް ޒުބީނަށާއި ސަމީރަށް ދެމުންދިޔަ ނަސޭހަތް ހަމައެކަނި އަޑުއަހަމުން ދިޔައީ ސަމީރު އެކަނި ކަހަލައެވެ. ޒުބީން އޮތީ ފޯނެއްގައި އޮލަ ވާހަކައެއްގައެވެ. ނާސިހާ ފުރުމުން އޭނާއަށް ލިބޭ މިނިވަން ދުވަސްތަކުގެ ބޭނުން ހިފާނެގޮތުގެ ތާވަލު ތައްޔާރުކުރުމުގައެވެ. ނާސިހާއާއި އަޒީޒު ގެއިން […]
ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަހަރެން އައިސް ބިންމަތީގައި ޖެހުނެވެ. ދުއްވާއެއްޗެހީގެ އަޑުން ކަންފަތް ފޫދުއްވާލިހެން ހީވިއެވެ. ބޮކިތަކުގެ އަލި ލޯމަތިން ފަނޑުވިއެވެ. އިވެމުންދިޔަ ކޮންމެ އަޑަކީ އަހަރެންގެ ހަޔާތުގައި ފަހު ސިއްކަ ޖެހުނުކަން އަންގައިދޭ ރަނގަބީލެއް ފަދައެވެ. ހިތްހަމަވެސް ޖެހުނެވެ. އެއީ އޭރު އަހަރެން ބޭނުންވިގޮތެވެ. ނަމަވެސް އެއަޑުތަކުގެ ތެރެއިން ފުރޭނިގެން އައިސް ކަންފަތުގައި ޖެހުނު އަހަރެންގެ މަންމަގެ ރުއިމުގެ އަޑާއެކު އަހަރެންގެ ލޯ މަޑުމަޑުން ހުޅުވާލެވުނެވެ. ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނުގެ ސަބަބުން އެކަމެއް ނުވިއެވެ. […]
ޖެހިގެންއައި ދުވަހު ސަމީރު ކޮލެޖަށް ދިއުމަށް ތައްޔާރުވެގެން ގެއިން ނިކުތް އިރު އާލިއާހުރީ އެގޭދޮރު މަތީގައެވެ. ސަމީރަށް ލިބުނީ ސިހުމެކެވެ. “ހޭ” އާލިއާ އަތް ހިއްލާލިއެވެ. “މިތާ ކީއްކުރަނީތި؟” ޚައިރާންކަންމަތީ ހުރެ ސަމީރު ސުވާލުކޮށްލިއެވެ. “މިހެންދަމުން ހިތައްއެރީ ސަމީރު އައްޑު އަތޮޅު ހިތަދޫއާ އެކީގަ ދާނީއޭ” ލައިގެންހުރި ޖީންސްގެ ދެޖީބަށް އަތުގެ ދެއިނގިލި ޖަހާލަމުން ބުނެލިއެވެ. “ވަރަށް އިރު ވެއްޖެތަ؟” ހިނގައިގަންނަމުން ސަމީރު އަހާލިއެވެ. “އުހުން، ހަމަ އައިސް ހުއްޓިލީމި” އާލިއާ ޖަވާބުދިނީ ބޮލުގެ އިސްތަށިގަނޑަށް މަހާލާފައިއިން […]
ނާސިހާ ސައިބޯން ގޮވުމުން ސަމީރު ސައިބޯން އިންއިރުވެސް ޒުބީންގެ ޖެއްސުމުގެ ބަސްތަކަކާ އޭނާއަށް ކުރިމަތިލާންޖެހުނެވެ. ޒުބީންއާ ސަމީރު މީގެކުރިން ދިމާވެފައިވަނީ އެ ދެމީހުންގެ އުމުރުން އެންމެ 10 އަހަރުގައެވެ. ނާސިހާމެން ޗުއްޓީއަށް އައްޑޫއަށް ދިޔަ ދަތުރެއްގައެވެ. އޭރުވެސް އެ ދެކުދިންނަކީ ގުޅޭ ކުދިންއެއް ނޫނެވެ. ޒުބީނަކީ ކުޑައިރުވެސް ބޮޑާ، ފޮނި ގޮތެއް ހުންނަ ކުއްޖެކެވެ. އެކަމަކު ސަމީރުދެކެ ޒުބީން އެހާ ނަފްރަތުކުރަންވީ ސަބަބެއް ސަމީރަކަށް ނުވިސްނެއެވެ. ޒުބީން ކުރާ ނަފްރަތަކީފަރީދާގެ އާއިލާގެ އެންމެންވެސް އޭނާދެކެވާ ނަފްރަތުކަމަށް ވެދާނެއެވެ.ކާމޭޒުދޮށުގައި […]
“ނިމުނީ ގުޑާލިޔަސް، މި ވަޅީގެ ތޫނުކަން އަންގާލާނަން” ކަރުގެ ނާރުތައް ވާންކޮށްފައި ޒާހިދު ބާރަށް ހަޅޭއްލަވައިގަތެވެ. އޭނާގެ އެއް އަތުން ސަމީރު ލައިގެންހުރި ގަމީހުގެ ގިރުވާނުގައި ހިފައި ފާރުގެ ކަނަކަށް ގަޅުވާލައިގެން ހުރިއިރު އަނެއްއަތުން ސަމީރުގެ ބަނޑުގައި ޖައްސައިގެންހުރީ ތޫނު ވަޅިއެކެވެ. ސަމީރު ގަންފައި ހުރި ބިރާއި އެއްވަރަށް މުޅި މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. އޭނާއަށް ގުޑާނުލެވިފައި ހުރީ ކަށިމައްޗާ ހަމައަށް ތިރިކޮށްފައިވާ ޖިންސުންއެޅިފައިވާ ކަސްތޯޅުގެ ސަބަބުންނެވެ. “ތި*އި މައިތިރިވެގެން އިންނާތި، ކަލެއަށް ވާވަރަށް […]