Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ފަލްސަފާ-3 (18+)

IQ
February 12, 2016
5 Mins Read
62 Views
11 Comments

ޖެހިގެންއައި ދުވަހު ސަމީރު ކޮލެޖަށް ދިއުމަށް ތައްޔާރުވެގެން ގެއިން ނިކުތް އިރު އާލިއާހުރީ އެގޭދޮރު މަތީގައެވެ. ސަމީރަށް ލިބުނީ ސިހުމެކެވެ.

“ހޭ” އާލިއާ އަތް ހިއްލާލިއެވެ.

“މިތާ ކީއްކުރަނީތި؟” ޚައިރާންކަންމަތީ ހުރެ ސަމީރު ސުވާލުކޮށްލިއެވެ. “މިހެންދަމުން ހިތައްއެރީ ސަމީރު އައްޑު އަތޮޅު ހިތަދޫއާ އެކީގަ ދާނީއޭ” ލައިގެންހުރި ޖީންސްގެ ދެޖީބަށް އަތުގެ ދެއިނގިލި ޖަހާލަމުން ބުނެލިއެވެ.

“ވަރަށް އިރު ވެއްޖެތަ؟” ހިނގައިގަންނަމުން ސަމީރު އަހާލިއެވެ.

“އުހުން، ހަމަ އައިސް ހުއްޓިލީމި” އާލިއާ ޖަވާބުދިނީ ބޮލުގެ އިސްތަށިގަނޑަށް މަހާލާފައިއިން ރޭބަން އަވިއައިނު ލޯމައްޗަށް ތިރިކޮށްލަމުންއެވެ.

“ސޮރީ އިނގޭ އިއްޔަ ގެއަށްލާން ނުދެވުނީމަ” ސަމީރު ކުރިން ދުވަހަށް މަޢާފަށް އެދުނެވެ.

“ސާބަހޭ، އެއީ މާ ކުރީގެ ގޮތެއްނުން، މިހާރު ގާލްސް ޑްރޮޕް ބޯއީޒް ހޯމް އެންޑް ޕިކްދެމް ހަހަހަ” އާލިއާ ހިނިގަނޑެއް ޖަހާލިއެވެ. ސަމީރު ގާތަށް އައީ ލަދުރަކި ހިންޏެކެވެ. އޭރުވެސް އެތައް ސުވާލެއް ޖަމާވެފައިވާ ސަމީރުގެ ސިކުނޑިއަކަސް ހަމަޖެހުމެއް ނުލިބެއެވެ. އާލިއާއަކީ ކޮންކަހަލަ އަންހެންކުއްޖެއްބާއޭ އޭނާ ހިތައް އަރަމުންދިޔައެވެ. “ދެން ކޮލެޖް ނިންމާފަ ކީތްކުރަނީ މިއަދު” ސަމީރު ގެއްލިފައިހުރި ޚިޔާލުތަކުން އޭނާ ބޭރުކުރުވިއެވެ.

“ކިހިނެއްވީ؟ ވަކި ކަމެއްނެތް” ސަމީރު ޖަވާބުދިނެވެ. “ނިންމާފަ ހިންގާބަލަ ހުޅުމާލެއަށް ދާން، އޯކޭތަ؟ ފްރެންޑެއްވެސް ދާނެ” އާލިއާ އަހާލިއެވެ. ސަމީރަށް ލިބުނީ އިތުރު ހާސްކަމެކެވެ. ގާތް އެކުވެރިކަމަކަށް އާލިއާ އިސްނަގަމުންދިޔަލެއް އަވަސްކަމުންނެވެ. އަންހެންކުއްޖަކަށްވެ ޖެހިލުންކުޑަކަމުންނެވެ. ސަމީރު ހުރީ ދޭނެ ޖަވާބެއް ނޭންގިފައެވެ. “ހުޅުމާލެއަށޭ….! ބަލާލަން ޖެހޭނީ، ކޮލެޖް ނިމުނީމަ އެނގޭނީ” ބޯކަހާލަމުން ސަމީރު ޖަވާބުދިނެވެ. “އޯކޭ ނިމޭއިރަށް ވާނެ ޖަވާބެއްދޭން، އިޓްސް ގޮނަބީ ސޯމަޗް ފަން” އާލިއާ ހިނިތުންވަމުން ބުނެލިއެވެ.

ކްލާހުގައި އާލިއާ އިނީ ސާމިރުއާ ޖެހިގެންއެވެ. އިރުކޮޅުކޮޅާ ހުޅުމާލެއަށް ދިއުމަށް އެއްބަސްވުމަށް އެދެމުންދިޔައެވެ. ނަމަވެސް ސަމީރުގެ ޖަވާބަކަށްވީ ވިސްނާނެކަމަށެވެ. އޭނާ ހާސްވެފައިހުރީ ނާސިހާ ބުނެފާނެ އެއްޗަކާވެސްމެދުއެވެ. އަނެއްކޮޅުން ޒުބީން ކިޔާނެ އެއްޗަކާމެދުއެވެ. ކްލާސް ނިންމާފައި ނިކުތީ ދެމީހުން އެކީގައެވެ. ކޮލެޖްގެ ގޭޓުން ބޭރުވުމާއި އެކު ސަމީރު ޖަވާބުދިނެވެ. “އަސްލު، ދައްތަ ހިތްހަމަ ނުޖެހިދާނެ މިއަދު ގޮސްގެން، ހުކުރު ދުވަހެއްގަ ނަމަ އޯކޭވާނެ” އާލިއާގެ މޫނުމަތިން ފެނިގެންދިޔައީ މާޔޫސްކަމެވެ. ނަމަވެސް އެކަން އޭނާ ފޮރުވަން މަސައްކަތްކުރިއެވެ. “އޯ، އިޓްސް އޯކޭ، ހުކުރަކުން ދަންޏާ ބުނާނަން” އެވަގުތު އެދެމީހުން ކައިރިއަށް ބާރުސްޕީޑުގައި އައި ސައިކަލެއް ހުއްޓިއެވެ. ދުއްވަން އިނީ އަންހެންކުއްޖެކެވެ. އަންހެންކުއްޖެއް ނަމަވެސް އިސްތަށިގަނޑު ހުރީ މަދަރުސާއަށްދާ ތުއްތު ފިރިހެން ކުއްޖެއްހެން ކޮށާލާފައެވެ. “އަވަސް އަވަސް” އެކުއްޖާ ހިނިއައިސްހުރެ އާލިއާއަށް ސައިކަލަށް އެރުމަށް އިޝާރާތްކުރިއެވެ. “ބާއީ” ހަލުވިކަމާއި އެކު ސައިކަލުގެ ފަހަތުގައި ހަމަޖެހިލަމުން އާލިއާ ސަމީރާދިމާއަށް އަތްހޫރާލިއެވެ. ސަމީރު ގޮސް ގެއަށް ވައިންއިރަކު ގެއަކު މީހަކު ނޫޅެއެވެ. ބަނޑުހައިވެފައި ހުރުމުން ކާންހަދައިގެން ކާންފެށިއެވެ. ވިސްނުންތަކެއްގައި އިނދެއެވެ. ކޯސްނިމޭނެ ދުވަހަކާއި މެދު ވިސްނާލިއެވެ. އެއަށްފަހު ރަގަޅު ވަޒީފާއެއް ލިބޭނެ ދުވަހަކާއި މެދުއެވެ. އަދި އެއަށްފަހު ސަލްމާއާއި ސަމާ ސަލާމަތް ކުރެވޭނެ ދުވަހަކާމެދުއެވެ. އޭނާ އެވިސްނުންތަކުން ބޭރުކުރުވީ ނާސިހާ ގޭތެރެއަށް ވަނުމުންނެވެ.

” ސަމީރު، ކައިނިމުނީދޯ؟ ކޮބާ ޒުބީން، ދައްތަ މިއައީ އަދި ސާޓަނުގެއިން ގުޅަކޮޅެއް ގަނެލައިގެނޭ، ސައިހަދަންވެގެން” ބާޒާރުކޮށްލައިގެން އައިސް ގެއަށް ވައިން ނާސިހާ ބުންޏެވެ.

“ނޭންގެ، ދެންމެ ކްލާހުން އައިއިރަކު ނޫޅޭ” ކާންއިންތަށި ދޮވުމަށް ސިންކު ކައިރީ ހުރި ސަމީރު ޖަވާބުދިނެވެ.

“ރޭގަ ފަރީދާ ބުނިތަ ކޮންމެސް ކުއްޖަކަށް ޓިއުޝަން ނަގާދޭވާހަކަ؟” ފްރިޖްތެރެއަށް އޭނާގެނައި ތަރުކާރީތައް ތަރުތީބުކުރަމުން ނާސިހާ އަހާލިއެވެ. ސަމީރަށް ލިބުނީ ކުއްލި ސިހުމެކެވެ. ނާސިހާއަށް އެވާހަކަ އެހާ އަވަހަށް އެނގުމުންނެވެ. “އާން، ބުނި ކުޑަކުއްޖަކަށް ޓިއުޝަން ނަގާދޭނަ” ސަމީރު ހިތްހަމަ ނުޖެހިހުރެ ޖަވާބުދިނެވެ.

“ދައްތައަށް ފެންނަނީ ސަމީރު އެކަހަލަ ކޮންމެސް ކަމަކާ އުޅެން، ލިބޭ ހުސްވަގުތުކޮޅުވެސް ޖެހޭނެއެއްނުން ބޭނުމެއް ހިފޭތޯބަލަން” ސަމީރަށް ވިސްނައިދިނެވެ.

“އެކަމަކު އެހާމޮޅަށް ކިޔަވާދޭން ނޭންގިދާނެ” ސަމީރު ޖަވާބުދިނެވެ. އޭނާގެ ހިތް އެކަމާ އެއްބަސްވާން ޖެހިލުންވަނީއެވެ.

” ގްރޭޑް ދޭއްގަ އުޅޭކުއްޖެކޭ، އޭބީސީ އާ ވަންޓޫތްރީ ކިޔާދިނީމަ ރަގަޅުވާނެ، އެފަރީދާ ދޭނެ ރަގަޅު އެއްޗެއްވެސް، އޭރުން ސަމީރު އަމިއްލަ ކަމެއްކޮއްލަންވެސް ލާރިއެއް އަތުގަ އޮންނާނެއެއްނުން” ނާސިހާގެ ވިސްނުންހުރީ ސަމީރަށް ރަގަޅު ގޮތްތަކެއް ހޯދާދިނުމަށް ބޭނުންވާފަދައިންނެވެ.

“ރަގަޅުވާނެ ތިގޮތްވެސް، ކޮން އިރަކުންދާން ފަށަންވީ” ހިތްހަމަނުޖެހުނުކަމުގައި ވީނަމަވެސް ސަމީރު އެއްބަސްވިއެވެ.

” މިއަދުވެސް ހަމަ ދާން ފަށަންވީ، ދައްތަ އޭނައަށް އެބަގުޅާލަން އިރުކޮޅަކުން” ބާޒާރުކޮށްގެން އައި ތަކެތި ރަމަތަ ކޮށްލުމުގައި އުޅެމުން ނާސިހާ ބުންޏެވެ.

ގަޑިން ހަވީރު ފަހެއް ޖެހިއިރު ސަމީރު ހުރީ ސޯޝަލް ސެންޓަރު ކުރިމަތީގައެވެ. ފަރީދާގެ އެދުމުގެ މަތިން އެގޭދޮށަށް އައިސްއެވެ. ހެންވޭރުގައި ހުންނަ ނާސިހާގެ ގެއިން ހިނގާފައި އެހިސާބަށް ފޯރިއިރު އޭނާ ހުރީ ދާހިއްލާފޯވެފައެވެ. ނާސިހާއަށް ގުޅާލުމުން ސޯޝަލް ސެންޓަރުކައިރިން އެގެއަށްދާ މަގު ކިޔައިދިނެވެ. ގިނަ އިރުތަކެއްނުވެ ސަމީރަށް އެގެއާ އަރާ ހަމަވެވުނެވެ. ފަސްބުރީގެ އެއިމާރާތުގެ މަތިން ތިރިއަށް ބަލާލުމަށްފަހު ސަމީރު ފުންނޭވާއެއްލިއެވެ. އަދި ބެލް ރިންގ ކޮށްލިއެވެ. ދޮރުގެ ލޮކް ހުޅުވުނު އަޑާއެކު އޭނާ ދޮރުހުޅުވާ އެތެރެއަށް ފިޔަވަޅުއެޅިއެވެ. މުސްތަގްބަލު ފާގަތި ކުރުމަށް އޭނާ ހިތުލައިން ހުރިނަމަވެސް އެފިޔަވަޅާއެކު އޭނާގެ ދިރިއުޅުމުގެ ފަލްސަފާ ވީރާނާވެގެން ދާނެކަމަކަށް އޭނާ ހިތަކަށް އޭރު ނާރައެވެ.

ފަރީދާ ދިރިއުޅެނީ އެގޭގެ 5 ވަނަ ފަންގިފިލާގައެވެ. ލިފްޓުން މައްޗަށް އެރިއިރު އެޕާޓްމެންޓުގެ ދޮރު ހުޅުވާލައިގެން ފަރީދާ އިނީ ސިޓިންގ ރޫމްގައި ސަމީރުގެ އިންތިޒާރުގައެވެ. ކުރިން ރޭވެސް ފެނުނު ފަދައިން އޭނާއިނީ ރީތިވެލައިގެންނެވެ. ގޭތެރޭގައި އަންހެނުން އެހާ ޒީނަތްތެރިވެގެން އިނުމަކީ ދިވެހިންގެ އެއް އިރެއްގެވެސް އާދައެއްނޫނެވެ. ސަމީރުފެނުމުން އެތެރެއަށް ވަނުމަށް ބުންޏެވެ. ޖެހިލުންވެހުރެ ސަމީރު އެތެރެއަށް ފިޔަވަޅުއެޅިއެވެ. ހިތްބުނަމުން ދިޔައީ އެފިޔަވަޅު ފަހަތަށް އެޅުމަށެވެ. ހިތާ ސިކުނޑިން އެއީ އޭނާގެ ދިރިއުޅުމުގައި އެޅޭ ގޮސް ފިޔަވަޅެއްކަމަށް ގޮވާކަހަލައެވެ.

“ޒޭން، ދަރިފުޅާ މިއޮއް އައީ ޓިއުޝަން ބޭބެ” ފަރީދާ އޭނާގެ ދަރިފުޅަށް ގޮވާލިއެވެ. ސަމީރު މަޑުމަޑުންގޮސް ސިޓިންގ ރޫމްގައި ހުރި ސޯފާއިން ސޯފާއެއްގައި އިށީނެވެ.

“ހާދަވަރުބަލިވެފަ؟” ފަރީދާއަށް ސަމީރުގެ މޫނުމަތިން ވަރުބަލިކަމުގެ އިޚްސާސްފެނުމުން ބުނެލިއެވެ.

“ހިންގާފަ އައިމަ ކުޑަކޮށް ވަރުބަލީ، އިރުކޮޅަކުން އޯކޭވާނެ” ސިޓިންގ ރޫމްގެ ފާރުގައި ހިންގާލާފައިހުރި އޭސީއަށް ނަޒަރު އެއްލާލަމުން ސަމީރު ބުނެލިއެވެ.

” ކޮންމެ ދުވަހަކުވެސް މިގަޑީގަ އާދެވޭނެދޯ، މިގެޔަކު ނޫޅޭނެ މަށާ ޒެއިންނާ ނޫން ބަޔަކު، ދެން ތިބި ދެކުދިން ދިރިއުޅެނީ މެލޭޝިޔާގަ، ދެން ޒެއިންގެ ބައްޕަ ގިނަވަގުތު އުޅޭނީ ބޭރުގަ، މިގަޑީގަ ވަރަށް ނާންނާނެ، ސްޓަޑީ ޓޭބަލް ހުންނާނެ ޒެއިން ކޮޓަރީގަ، ފްރިޖް ހުންނާނެ ކިޗަން އޭރިޔާގަ، ސަމީރު ބޭނުން އެއްޗެއް ނަގައިން ހަމަ އަމިއްލަ ގެހެން ހަމަޖެހިލައިން މިގެއަށް އަންނަ ވަގުތު އުޅެލާތި، ހުރިހާ ގަޑިޔަކު މަ ނޫޅެދާނެ ގޭގަ” ފަރިދާ އޭނާގެ އާއިލާއާއި ގޭގެ ކަންތައްތައް ހިއްސާކޮށްލިއެވެ.

“ފަރީދާއްތަ ނޫޅޭ ގަޑީގަ އައިސް ވަންނަނީ ކިހިނެއް؟” ސަމީރު ސުވާލުކޮށްލިއެވެ. އާދައިގެ މަތިން ޖެހިލުންވެ އިނދެއެވެ. ފަރީދާ ގާތަށް އައީ ލާނެއް ހިންޏެކެވެ.

“ކޯޗެކޭ، ފަރީދާއްތައޭ، މަށަށް ތިގޮތް އެހާ ކަމަކު ނުދޭ، ދައްތަ، އާދެ ލައްބަ ކިޔުން އެއީ އާއިލާ މީހުންގެ ކަމެއް، ދެން އެހެން ނުކިޔައްޗޭ، އަންނަމުން ގުޅާލާ، މިގޭ ތިރިއަށް އިން ދެފްލޯގަ އުޅޭނެ މީހުން، އޭރުން ގެއަށް ވަދެނިކުތުން ހަމަޖެހޭނެ، އެއްޗެއް ބޯލައިގެންނުން ކިޔަވާދޭންފެށޭނީދޯ؟” ފަރީދާ ހިނގައިގަތެވެ.

“މަންމީ… ކޮއްކޮ ރެޑީއޭ، ކޮބާތަ ޓިއުޝަން ބޭބެ” ފަރީދާގެ ހަގު ދަރި ޒެއިން އޭނާގެ ކޮޓަރިތެރެއިން ގޮވާލިއެވެ.

“މިއޮއް ދަނީ” ޒެއިން ގެ ކޮޓަރިއާ ދިމާއަށް ސަމީރަށް އިޝާރާތްކޮށްލަމުން ފަރީދާ ދިޔައީ ސަމީރަށް ފިނި ބުއިމެއް ތައްޔާރުކޮށްލާށެވެ.

1 ގަޑިއިރު ޒެއިންގެ ފިލާވަޅުތައް ހެދުމަށް އެހީތެރިވެދީ ފުރަތަމަ ދުވަހުގެ މަސައްކަތް ނިންމާލާފައި ސަމީރު އެކޮޓަރިން ނިކުތްއިރު ފަރީދާހުރީ ބެލްކަނީގައެވެ. ސިނގިރޭޓަކުން ދުންއަރުވާލުމަށެވެ. ބެލްކަނީ އިންނަނީ ސިޓިންގ ރޫމާ ދިމާލުން މަގުފެންނަ ދިމާލުގައެވެ.

“ކޮބާ ނިމުނީދޯ، ހުރިހާ ފިލާވަޅެއް ހެދުވިންތަ؟” ސަމީރު ފެނުމުން ފަރީދާ ބުނެލިއެވެ. އޭނާ ހީވަނީ ސަމީރު އެކޮޓަރިއަށް ވައިން އިރަށްވުރެ އިތުރަށް ނަލަހެދިލައިގެން ހުރިހެނެވެ. ތުންފަތުގައި ޖައްސާލާފައިހުރި ކުލައިން ތުންފައިތްވެސް ހީވަނީ ވަކިން ޖަހާފައި އިން ޕްލާސްޓިކް އެއްޗެއްހެނެވެ.

“ހުރިހާ ފިލާވަޅެއް ނިމިއްޖެ، އަޅުގަނޑު މާދަން އަންނާނަން” ފަރީދާގެ ސުވާލަށް ޖަވާބުދިނުމާއި އެކު ސަމީރު ހިނގައިގަތީ އެގެއިން ނުކުތުމަށެވެ.

“ސައިބޮއެގެނެއް ނޫންތަ ދާނީ” ފަރީދާ ބުނެލިއެވެ.

” ރަގަޅުވާނެ،މިހާރު ދައްތައަށް ލަސްވެގެން އުޅެދާނެ” ސަމީރު ޖަވާބުދިނެވެ.

” ނާސިހާއަށް މިގޭގަކަން ސަމީރުވީ އެނގެންޏަކާ އަޅައެއްނުލާނެ، އެހެން ނޫނަސް ޒެއިނަށް އެކީގަ ސައިބޯލާނެ މީހަކު ލިބުނީމަ ހުންނާނީ ވަރަށް އުފާވެސްވެފަ، އެހެރީ ސައިހަދާފައޭ” ބޯން ހުރި ސިންގިރޭޓް ނިއްވާލާ އެތާހުރި އަޅިކެނޑިއަށް ޖަހާލަމުން ފަރީދާ އެތެރެއަށް ހިނގައިގަތެވެ. ފަރީދާގެ އެދުމުގެ މަތިން އެދުވަހު ސަމީރު އެގެއިން ނުކުތީ އޭނާއާއި އޭނާގެ ދަރިފުޅާއެކު ހަވީރުގެ ސައިބޮއެގެންނެވެ. އިރުއޮއްސިފައި އޮތުމުން ހިނގާލާފައި ގެއަށް ދިޔައީ ސަމީރު ވަރަށް ހަމަޖެހިލައިގެންހުރެއެވެ. ފަރީދާގެ ފަރާތުން ލިބުނު މެހެމާންދާރީ އޭނާގެ ވިސްނުން ބަދަލުކޮށްލުވިއެވެ. އޭނާގެ ހިތްހެޔޮކަން ސަމީރަށް ފެނުނެވެ. ރަށުގައި އޭނާގެ މަންމައާއި  އެކު އުޅުނު ދިރިއުޅުމާއި މާލެ އައުމަށްފަހު ނާސިހާގާތު މަސައްކަތު މީހެއްގެ ގޮތުގައި އުޅުނު ދިރިއުޅުމަށްވުރެ އެ ދުވަހު ފަރީދާގެ ގޭގައި އޭނާ ހޭދަކުރި ވަގުތުކޮޅު ހިތްހަމަޖެހުނެވެ. ފަރީދާގެ އުޅުމުގައި ހިތް ބިރުގަންނަ ގޮތްތަކެއް ހުރިކަމުގައި ވީނަމަވެސް ކަންކުރިގޮތް ހިތްހަމަޖެހުނެވެ. އެވަގުތުކޮޅާމެދު ހިތްއުފާވިއެވެ. މޫނުމަތީގައި ސިއްރު ހިނިތުންވުމަކާއި އެރޭ އޭނާ ހޭދަކުރީ ހިތްހަމަޖެހުމާއެކުއެވެ.

ދެ ހަފްތާ ފާއިތުވެގެން ހިންގައްޖެއެވެ. ކޮލެޖްގައި ހޭދަކުރާ ވަގުތުތަކުގެ ސަބަބުން އާލިއާ އާއި އޭނާގެ ގުޅުން ދިޔައީ ބަދަހިވަމުންނެވެ. ކޮލެޖް ނިމިގެން ގެއާ ހަމައަށް ކޮންމެ ދުވަހަކު އާލިއާ ސަމީރުއާ އެކު އާދެއެވެ. ބޭކާރު އަނގަތަކެއް ހުއްޓުމެއްނެތި ތެޅުވިކަމުގައިވީނަމަވެސް ސަމީރަށް އާލިއާ ކަމުދާންފަށައިފިއެވެ. ގާތް އެކުވެރިއެއްގެ ދަރަޖަ ދެވެން ފެށިއެވެ. އޭނާގެ އިސްނެގުމާ ކެރޭކަމަކީ އެހެން ކުދިންނާ އޭނާ ތަފާތުވާ ރަގަޅު ސިފައެއްގެ ގޮތުގައި ސަމީރު ބަލައިގަންނަން ފެށިއެވެ. ކޮންމެ ދުވަހަކު ކޮންމެވެސް ތަފާތު ކަމަކަށް އާލިއާ ސަމީރަށް ދައުވަތު ދެމުންދިޔައެވެ. އެއް ދުވަހު ފަތިހު ބައިސްކަލް ދުއްވަން ދިއުމަށް ދައުވަތުދިން އިރު އަނެއް ދުވަހު އެދުނީ އޭނާއާއި އެކު ސްނޯކްލިން ކުރުމަށް ދިއުމަށެވެ. ނަމަވެސް ސަމީރަށް ކޮލެޖަށް ފަހު ގޭގެ މަސައްކަތް އަދި ފަރީދާމެންގެއަށް ޓިއުޝަން ނަގާދޭން ގޮއްސަ ވަގުތުނުވުމުގެ ސަބަބުން އާލިއާގެ އެއްވެސް ހުށަހެޅުމަކު ބައިވެރިވެވޭ ގޮތެއް ނުވެއެވެ.

ދުވަހަކީ ކޮލެޖްގައި ޕްރެޒެންޓޭޝަން ދިނުމަށް އޮތްދުވަހެވެ. ކޮންމެ ދަރިވަރަކު އެކުއްޖެއްގެ ޕްރެޒެންޓޭޝަން ނިންމުމަށްފަހު މަޑުނުކޮށް ގެއަށް ދިއުމުގެ ފުރުޞަތު ލިބެއެވެ. އާލިއާ ކްލާހަށް ހާޒިރުނުވާ ފުރަތަމަ ދުވަހެވެ. ސަމީރުގެ އިތުރު ރައްޓެހިން ނެތުމުގެ ސަބަބުން އޭނާ އާލިއާގެ ފޯނަށްވެސް ދެފަހަރަކު ގުޅޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް ފޯނު އޮތީ ނިންވާލާފައި ކަމުން ހަބަރެއް ވާގޮތެއް ނުވިއެވެ. ޕްރެޒެންޓޭޝަން ނިންމާލުމާއި އެކު ސަމީރުވެސް ނުކުތީ ގެއަށް ދިއުމަށެވެ. ގެއަށް ވައިން އިރު އޭނާ އާއި ޒުބީން ދިރިއުޅޭ ކޮޓަރިހުރީ ތަޅުލާފައެވެ. ތަޅުގައި ހިފާލުމުން ހާސްވެފައިވާ އަޑަކުން ކާކުތޯ ޒުބީން ސުވާލުކުރިއެވެ. ސަމީރު ޖަވާބުދިނުމުން މަޑުކުރުމަށް އަމުރުކުރިއެވެ. އަދި ފަސްވަރަކަށް މިނިޓްފަހުން ޒުބީނާއި އަންހެންކުއްޖެއް އެކޮޓަރިން ނުކުތެވެ.

“ކިހިނެއްވީ މާ އަވަހަކަށް ގެއަށްތިއައީ، މިހާއަވަހަށް ކްލާސް ކަޓުވަންފެށީދޯ” ބޭރުދޮރާދިމާލަށް ހިނގައިގަންނަމުން ޒުބީން ސުވާލުކުރިއެވެ.

“އުހުން ތަންކޮޅެއް އަވަހަށް ނިމުނުދުވަހެއް” ކާމޭޒުކައިރީ ހުރި ގޮނޑިއެއްގައި އިށީންދެއިން ސަމީރު ޖަވާބުދިނެވެ. އަންހެންކުއްޖާ ބޭރަށް ނުކުތުމުން ޒުބީން އައިސް ސަމީރު ގާތަށް ހުއްޓުނެވެ.

“ކަލޭ މަންމަ ކައިރީ މިވާހަކަ ބުނަން ހިތައްވެސް ނާރުވާތި، މާކަށް ރަގަޅެއް ނުވާނެ” އިންޒާރަކާއި އެކު ޒުބީން ބޭރަށް ނުކުމެގެން ދިޔައެވެ.

13
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

IQ

Other Articles

Previous

ދޭނަން ހިތާ ޖާނާ..! 9ވަނަ ބައި

Next

އެދެނީ މަޢާފް

Next
February 12, 2016

އެދެނީ މަޢާފް

Previews
February 11, 2016

ދޭނަން ހިތާ ޖާނާ..! 9ވަނަ ބައި

11 Comments

  1. Zeena says:
    February 12, 2016 at 5:58 am

    zubeen thi Haadhahaa cut golayekey dho.. Story Varah reethi vaany hen heevay.. Kohmeh dhuvahaku ves up kohla dheeba. Geyga Foohi vegen kuraane kameh Norway

  2. min says:
    February 12, 2016 at 7:44 am

    salhi ekamu miadhuge part maa kuriii aslu dhigu kohli nama. Varah salhi mi vaahaka

  3. angolhi says:
    February 12, 2016 at 8:32 am

    Obi habeys 100 ge vaahakaeh. Daily up plx. Waiting 4 the next part. Thanks writer

  4. sul says:
    February 12, 2016 at 1:14 pm

    IQ aky creative writer eh. IQ ge stories ah foohi kameh nethi inthizaaru kurevey.bcz i knw u hv different ideas. Maldivian style gr goi nethi hiyhama jeheyvaruge reethi vaahaka eh juyaalan libeny v madhun eyge therein enme kulhadhaana writer aky hama thy. I m impressed.

  5. Nicky says:
    February 12, 2016 at 6:46 pm

    Stry v nyc…nxt prt thankolheh avahah up kolla dhehchyy

  6. tweeety says:
    February 12, 2016 at 9:48 pm

    Mi vaahakain mihaaru dhir ulhunthah vrah reechah thasavvvaru kurevey. Ehn vaahaka thakugai hunna hiyaalee meehunnai hiyaalee gethakun dhuruve vaahaka liyaathi mivaahaka kiyumah varah shauguverivey. Shukuriyya IQ . Keep it up

  7. AI says:
    February 14, 2016 at 10:13 am

    nice story
    husvaguthu ginain libenya quran kiyevyma, foohivegen kuraane kameh libunynu

  8. xu says:
    February 18, 2016 at 3:19 pm

    HAADA LAHEY UP VAALEH ! NEXT PART UP VAANE KAMAH BALABALAA EKM HAADA GINA DHUVAHEKEY…………….:(

  9. princess says:
    February 18, 2016 at 4:37 pm

    Kon iraku tha next part up vany??? Haadha lahey up vaaleh..?

  10. Nany says:
    February 22, 2016 at 5:35 pm

    Dhonko vaahaka varah habeys… 😀

  11. Aysh says:
    August 6, 2016 at 2:37 am

    Koba mi vaahaka ge aneh bai

Comments are closed.

All Right Reserved!