Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ފަލްސަފާ – 2 (18+)

IQ Level 110 Stories
February 4, 2016 9 Mins Read
9 Comments

ނާސިހާ ސައިބޯން ގޮވުމުން ސަމީރު ސައިބޯން އިންއިރުވެސް ޒުބީންގެ ޖެއްސުމުގެ ބަސްތަކަކާ އޭނާއަށް ކުރިމަތިލާންޖެހުނެވެ. ޒުބީންއާ ސަމީރު މީގެކުރިން ދިމާވެފައިވަނީ އެ ދެމީހުންގެ އުމުރުން އެންމެ 10 އަހަރުގައެވެ. ނާސިހާމެން ޗުއްޓީއަށް އައްޑޫއަށް ދިޔަ ދަތުރެއްގައެވެ. އޭރުވެސް އެ ދެކުދިންނަކީ ގުޅޭ ކުދިންއެއް ނޫނެވެ. ޒުބީނަކީ ކުޑައިރުވެސް ބޮޑާ، ފޮނި ގޮތެއް ހުންނަ ކުއްޖެކެވެ. އެކަމަކު ސަމީރުދެކެ ޒުބީން އެހާ ނަފްރަތުކުރަންވީ ސަބަބެއް ސަމީރަކަށް ނުވިސްނެއެވެ. ޒުބީން ކުރާ ނަފްރަތަކީފަރީދާގެ އާއިލާގެ އެންމެންވެސް އޭނާދެކެވާ ނަފްރަތުކަމަށް ވެދާނެއެވެ.ކާމޭޒުދޮށުގައި އިނދެގެން ޒުބީން އެއްލަމުންދިޔަ ބަހުގެ އެއްވެސް ހަމަލާއަކަށް ސަމީރު ރައްދުދޭކަށް ނުހަދައެވެ. ނާސިހާ ބުރަ މަސައްކަތެއްގައި އުޅުމުން ޒުބީން ކިޔަމުންދިޔަ އެއްޗެއް އޭނާއަކަށް މާބޮޑަކަށް އަޑެއްނީވެއެވެ. ސައިބޮއެ ނިމިގެން އިރުއޮއްސުމުން ފެންވަރާލައިގެން ސަމީރު ނުކުތީ ބޭރަށެވެ. ގެކައިރީގައި ހުރި މިސްކިތަށް ނަމާދަށެވެ. ނާސިހާ ކުރެން މިސްކިތް ހުންނަ ދިމާލެއް ސަމީރު އަހާލުމުން ޒުބީން ގާތަށް އައީ ލާނެތް ހިންޏެކެވެ. ސަބަބަކީ ނަމާދުކުރުމަކީ ޒުބީންއާދަކޮށްފައިވާ ކަމަކަށް ނުވާތީކަމަށްވެދާނެއެވެ les en anmeldelse. ނަމާދުކޮށް އަވަދިގެން ސަމީރު ގެއަށް އައީ ގަޑިން އަށެއް ޖަހަނިކޮށެވެ. ވެފައިހުރި ދަތުރު ވަރުބައްޔާއެކު އޭނާ ބޭނުންވީ އަރާމުކޮށްލާށެވެ.

“ނިދަންވީތަ؟ އެހެރަ ގޮދަޑި އަޅާ ތިތާ ތިރީގަ” ފުރަތަމަ ފަހަރަށް ޒުބީން އިސްނަގާ ސަމީރާ އަނގައިން ބުންޏެވެ. އޭރު އޭނާ އޮތީ އެނދުމަތީގައި ލެޕްޓޮޕުން ފިލްމެއް ބަލާށެވެ. ސަމީރު ބޯޖަހާލުމަށްފަހު ގޮދަޑި ފަތުރާލިއެވެ. އެނދުމަތިން ތިރިއަށް ހޫރާލި ބާލިސް ނަގައިއޭގައި ސަމީރު އޮށޯވެ ހަމަޖެހިލިއެވެ. ގައިގާ އަޅާނެ ފޮތިގަނޑެއް ނެތުމުން އޭނާއަށް ނިދަން ވަރަށް އުނދަގޫވިއެވެ. ބައިގަޑިއިރެއްހާއިރު ދެކޮޅަށް ފުރޮޅިފުރޮޅި އޮވެފައި ނިދިޖެހިލިތަނާ ކުއްލިއަކަށް އިވެންފެށީ ޒުބީންގެ ފޯންގެ ރިންގގެ އަޑެވެ. ފޯނަށް ޖަވާބުދެމުން ޒުބީން ވާހަކަ ދައްކަންފެއްށިއެވެ.

“މަށަކަށް ނޭނގެ، މި މަންމަގެ ކަންތަކެއްނުން، ޕްރައިވެސީއެއްވެސް ދެނެއް ނޯންނާނެ، މިހާރު ނިދައިފި، އިރު އޮއްސުމާ އޮށޯތުމާ، އެކަމަކު ހާސްނުވައްޗޭ، އޭނަ އުޅުނަސް ވީކެން މީޓްއަޕް ހިޔާރ” ސަމީރުއައުމުންވާ އުނދަގޫތައް ޒުބީންގެ ވާހަކައިގެ ތެރެއިން ސަމީރަށް އިވުނެވެ. އެއީ އޭނާ ވިސްނަންޖެހޭ ކަމެއްނޫނެވެ. އެހެން މީހަކު ބުނާ އެއްޗަކާ ހިތްދަތިވުމަކީ ސަމީރުގެ ގޮތެއް ނޫނެވެ. އެއަށްވުރެ އޭނާ ހިތްވަރުގަދައެވެ.

ހަފްތާގެ ދުވަސް ފާއިތުވެގެންދިޔައީ އެކަހަލަ ގޮތަކަށެވެ. ސަމީރަށް ނާސިހާ އަޅާލައެވެ. ކާންދީ ވިސްނަދީ ނަސޭހަތްވެސް ދީހެދިއެވެ. އެކަމަކު ދުވަސްވީ ވަރަކަށް އެކު އެކުޑަ އެޕާޓްމަންޓުގައި ނާސިހާއާއި ޒުބީންއާއެކު ސަމީރަށް އުޅުންވީ ވަރަށް އުނދަގޫކަމަކަށެވެ. ފުރަތަމަ ހަފްތާއަށްފަހު ގޭތެރޭގައި ކުރަންޖެހޭ ހުރިހާ ކަމެއްގައި ސަމީރުގެ އެހީއަށް ނާސިހާ އެދެންފެށިއެވެ. ގެއަށް ބޭނުންވާ ސާމާނު ގަތުމާއި، ބާޒާރު ކުރުމާއި ގޭތެރެ ފޮޅާ ސާފުކުރުންވެސްމެއެވެ. މަދުފަހަރަކު އޭނާގެ ނޮކިއާ ބައްތިފޯނުން ސަލްމާއާއި ސަމާއަށް ގުޅާހަދައެވެ. ގޭތެރޭގެ ހާލަތު އަހާލާ ހަދައެވެ. ކޮންމެ ފަހަރަކުމެ އިވެނީ އެކައްޗެކެވެ. ސާމިހާގެ ނުބައި އުޅުމުގެ ވާހަކައެވެ. ގެއައް އަންނަ ފިރިހެނުންގެ އުނދަގުލުގެ ވާހަކައެވެ.

މަސްދުވަހު އެއްވެސް އަރާމެއްނެތި އުޅުމަށްފަހު ސަމީރުގެ ކޯހުގެ ކިޔެވުން ފެށުނު ދުވަހެވެ. ސަމީރު އޭނާގެ އަތުގައި އޮތް ކިރިޔާވެސް ބަލާލަން ކެރޭ ގަމީސް އިސްތިރިކޮށްލިއެވެ. އެވަގުތު ނާސިހާ އެތަނަށް އައިސް ހުއްޓުނެވެ.

“ބަލަ ތިލައިގެންތަ ކޮލެޖަށްދަނީ. ޒުބީން، ދީބަލަ ދަރިފުޅުއަތުން ބާ ގަމީހެއް އެއްޗެއް ސަމީރަށް” ނާސިހާ ގޮވާލިއެވެ.

“މަގޭ އަތަކުނެތޭ، ހުރިހާ އެއްޗެއްވެސް އެއީ މަލާ އެއްޗެއްސޭ” ޒުބީން އޭނާގެ ގޮތުގައި ޖަވާބު ދިނެވެ.

“ދެން ކޮންމެސް އެއްޗެއް ދީބަލަ” ނާސިހާ ބަދިގެއާ ދިމާއަށް ހިނގައިގަންނަމުން އަމުރުކުރިއެވެ.

ސަމީރު އިސްތިރިކުރަންހުރެފައި މަޑުޖެހިލިއެވެ. ކަންތަކާޖެހޭނެކަން އޭނާއަށް އެނގެއެވެ. އިރުކޮޅަކުން އޭނާގެ ފައިބުޑަށް އެއްޗެއް ޖެހުމުން އިސްޖަހާ ބަލާލިއެވެ. އެއީ ފުރަގަހުން ޒުބީން ހޫރާލި ބާ ގަމީސްގަޑެކެވެ. ބަންކިޔާފަ ދޮރު ޖެހިއަޑުއިވުނެވެ. ޒުބީންއެކޭ ކުޑަ އަންހެންކުއްޖެކޭ އެއްވަރޭ ސަމީރުގެ ހިތައްއެރިއެވެ. ކޮންމެއަކަސް ފަރުވާލެއްނެތެވެ. އަވަސް އަވަހަށް ތައްޔާރުވެލައިގެން ސަމީރު ދިޔައީ ކޮލެޖަށެވެ. ފެކަލްޓީ އޮފް ހޮސްޕިޓާލިޓީއާ ގެއާ މާކަށް ދުރެއްނޫނެވެ. 10 ވަރަކަށް މިނެޓްތެރޭގައި ހިގާފައި ކޮލެޖާއި ހަމައަށް ފޯރައިފިއެވެ. އެއީ އަހަރުގެ ފުރަތަމަ ސެމްގެ ފުރަތަމަ ދުވަހެވެ. ޖެނުއަރީ ނަވާރަ ވަނަ ދުވަހެވެ. ކޮލެޖާއި މުޅިން އަލަށް ގުޅުނު އެތައް ކުދިންނެއް ކޮލެޖްގެ ދޮރުން އެތެރެއަށް ހުރަސްކެނޑިއެވެ. ރީތިވެ ނަލަ ހެދިލައިގެންއެވެ. މީހުން އަޅާފައިތިބި ހެދުމަށާ ތިބިގޮތަށް ބަލާފައި އޭނާ އަމިއްލަ ހަށިގަނޑަށް ނަޒަރު ހިންގާލިއެވެ. އޭނާ ހުރިގޮތުންއެވެ. އެހިޔާލުތަކުގައި ވަގުތު ހޭދަނުކޮށް އޭނާގެ ކުލާހާ ދިމާލަށް މިސްރާބުޖެހިއެވެ.

ކުލާހުގައި ތިބީ 15 ކުދިންއެވެ. ފުރަތަމަ ދުވަސްކަމުން ލެކްޗަރާއައިސް އެކަކު އަނެކަކަށް ތަޢާރަފްވާން އެދުނެވެ. ކޮންމެ ކުއްޖަކުވެސް ތެދުވެ އަމިއްލަ ތަޢާރަފް ވަމުން ދިޔައެވެ. ސަމީރު އިނީ އެންމެ ފަހަތު ބަރީގައި އެކަންޏެވެ. ސަމީރުއާއި ޖެހުނު ވަގުތެވެ. ސަމީރަކީ ބީރައްޓެހިންތެރޭގައި ވާހަކަދެއްކުމަށް ޖެހިލުންވާ ކުއްޖެއްކަމުން ލަދުގެންފައި ހުރެ ކޮޅަށް ތެދުވިއެވެ.

އިނގިރޭސިއަށް މާމޮޅުމީހެއް ނޫންކަމުން އޭނާ ވާހަކަދެއްކީވެސް ދިވެހިންނެވެ. “އަޅުގަނޑަށް ކިޔަނީ ސަމީރު! އައްޑު އަތޮޅު ހިތަދޫ”،

“އެކްސްކިއުޒްމީ” ދޮރާދިމާއިން އިވުނު ރީތި އަންހެންއަޑަކާއިއެކު ސަމީރުގެ ބަސްހުއްޓުނެވެ. އެންމެން އެކުއެކީހެން ދޮރާދިމާއަށް އެނބުރިލިއެވެ. ދޮރުމަތީ ހުއްޓިގެންހުރީ އެރީތި އަޑުގެ ވެރިޔާއެވެ. ދޮން ކުއްޖަކަށް ނުވިޔަސް ކަޅު ކުއްޖަކަށްވެސް އޭނާ ނުކިޔާނެއެވެ. ފަން އިސްތަށިގަނޑުވަނީ ކަނދުރާއާ ހަމައަށް ކޮށާލާފައެވެ. އިސްތަށުގަނޑުން ތަންކޮޅެއްގައި ގުރާފެހިކުލަ ޖައްސާލާފައިހުއްޓެވެ. އޭނާގެ އެ ރީތި ސިފަ ފުރިހަމަކޮށްދީފައިވަނީ ހިމަ ތުންފަތަކާއި ބޮޑު ދެލޮލުގެ ރީތިކަމުންއެވެ. ފުރަތަމަ ނަޒަރުންވެސް ސަމީރުގެ ކަޅި އެކުއްޖާއާ ދިމާއަށް ހުއްޓާލެވުނެވެ. ސަމީރެކޭ އެއްފަދައިން ކުލާހުގައި ތިބި އެހެން ޒުވާނުން ފިރިހެނުންގެ ލޯތައްވެސް އަމާޒުވީ އެކުއްޖާއަށެވެ. ލައިގެންހުރި ފަޔަށް ބާރު ޖީންސަކާ ޖީންސް ފޮތީގެ ގަޔަށްދޫ ކަކުލާހަމައަށް އަރާ ގަމީހެކެވެ. އެހެން އަންހެންކުދިންއާ ޚިލާފަށް އޭނާ އަޅައިގެންހުރީ އަތްދަބަހެއް ނޫނެވެ. މެދު ސައިޒްގެ ލެދަރު ސައިޑްބޭގެކެވެ. އިސްތަށިގަނޑުން ތަންކޮޅެއްގައި ފިޔާތޮށިކުލަ ޖައްސާލާފައިހުއްޓެވެ. ލެކްޗަރާގެ ހުއްދައާއި އެކު ކްލާސް ތެރެއަށް އޭނާ ހިނގައިގަތެވެ. އޭނާއަކީ ޒަމާނީ ފެޝަނަށް ލޯބިކުރާ އެހެނަސް ތަފާތުގޮތްތަކެއް ގެންގުޅޭ އަންހެންކުއްޖެއްކަން އެނާގެ ހެނދުންއެޅުމުން ފާހަގަވެއެވެ. އެހެން ކުދިންފަދައިން އެސިފަ ރީތިކުރުމަށް މޭކަޕާއި ލިޕްސްޓިކްގެ ބޭނުމެއްކޮށްފައެއްނުވެއެވެ.

އެކުއްޖާ އިށީނީގޮސް ހަމަ ސީދާ ސަމީރާ ޖެހިގެންއިން ގޮނޑީގައެވެ. ހުސްގޮނޑިއެއް ހުރީވެސް އެބަރީގައެވެ. ލެކްޗަރާ އެދުނީ ސަމީރު ގާތުން އޭނާގެ ތަޢާރަފްކުރިއަށް ގެންދާށެވެ. އެހެން ކުދިން އެމީހުން ކިޔެވި ސްކޫލާ އާއިލާގެ ކުޑަ ތަޢާރަފެއްވެސް ދިނެވެ. ނަމަވެސް އެދުވަހު ސަމީރު ކިޔާނެ މާކަށް ގިނަ އެއްޗެއްނެތެވެ. “ސަމީރު، އަހުމަދު ސަމީރު، އައްޑު އަތޮޅު ހިތަދޫ” އަނެއްކާވެސް ސަމީރު ތަޢާރަފްވެލިއެވެ. އެފަހަރު ކައިރީގައި އިން އަންހެންކުއްޖާއަށް ނަޒަރެއް އެއްލާލަމުންއެވެ. “ދެޓްސް އިޓް” ލެކްޗަރާ އަހާލިއެވެ. “ޔާ، ސަމީރު، އައްޑު އަތޮޅު ހިތަދޫ” ރަކި ހިންޏަކާއެކު ސަމީރު އޭނާގެ ނަމާއި ރަށުގެ ނަން ތަކުރާރުކޮށްލުމުން އެންމެން ގާތަށް އައީ ލާނެއް ހިންޏެކެވެ. “ސޯ، ޔޫ ޕްރިޓީ ލޭޑީ، އިންޓްރޮޑިއުޒް ޔޯ ސެލްފް”، ލެކްޗަރާގެ ޖުމްލަ ރަނގަޅަށް ނުނިމެނީސް އޭނާ ކޮޅަށް ތެދުވެލިއެވެ. “އާލިއާ، ފުރިހަމަ ނަމަކީ އާލިއާ ޝަރީފް، ނިކް ނޭމަކީ އެލީ، ފޭސްބުކް އައިޑީގަވެސް އިންނާނީ އެލީ، އެކަމަކު ސްޕެލްކޮށްފަ އިންނާނީ އީ،އައި ސްޕޭސެއްދީފަ އެލް،އައި،އީ، އެލީގެ ފުލް އިންޓްރޮޑަކްޝަން އޭގެން އެނގޭނެ، މިދިޔަ އަހަރު ސްކޫލް ނިމުނީ އަމީނިއްޔާ ސްކޫލުން، މި ކޯސް ހަދާލަނީމި އޭލެވެލް ކިޔަވަން އިންޓްރެސްޓް ނެތީމަ، އެންޑް އަޑުއެހިން މި ކޯސްވަރަށް އީޒީވާނެ ކަމަށް” އާލިއާގެ ތަޢާރަފާއި އެކު އެންމެންގެ އަނގަތަށް ތިބީ ތަންމިނަން ހުޅުވިފައެވެ. ދޫ ހަލުވިކަމުގެ އިތުރުން އާލިއާގެ ކިބައިން ފެނުނު ކެރޭކަމެވެ. ފުރަތަމަ ދުވަހުވެސް ފެނިގެންދިޔަ ކޮންފިޑަންސްއެވެ. ކްލާހުގެ ފިރިހެންކުދިންކޮޅު އަވަހަށް އޭނާގެ ފޭސްބުކް އައިޑީ ނޯޓްކޮށްލިއިރު އަންހެންކުދިންތަކުގެ ނަޒަރުގައި އޭނާވީ ވަރަށް ދެއްކުންތެރި ގޮތެއްނެތްކުއްޖަކަށެވެ.

ފުރަތަމަ ދުވަސްކަމުން މާގިނަ ފިލާވަޅުތަކެއް ނަގައި ނުދިނެއްކަމަކު ގްރޫޕް ސެޝަނެއްގޮތުގައި ދަރިވަރުންގެ ބީރައްޓެހިކަން ފިލުވުމަށް ބައެއް ހަރަކާތްތައް ލެކްޗަރަރ ކުރިއަށް ގެންދިޔައެވެ. ދެ ގަޑިއިރުގެ ކްލާސް ނިމިގެން ސަމީރު ނުކުތީ އެންމެގެ ފަހަތުންނެވެ. ކްލާހުގައި ހިންގި ހަރަކާތްތަކުގެ ސަބަބުން ބައެއް ކުދިން ކުލާހުންނިކުތްއިރު ތިބީ ދަންނަ ރައްޓެހިންނަށްވެފައެވެ. ނަމަވެސް ސަމީރު ކޮންމެހެން ދައްކަންޖެހޭ ވާހަކައެއް މެނުވީ ނުދައްކައެވެ. އޭނާ ދޮރުމައްޗަށް ނިކުތްއިރު އާލިއާ ކޮލެޖްގެ ފާރުކައިރީ ހުއްޓިލައިގެންހުރިތަން ފެނުނެވެ. އެކަމަކު ފެންނަކަމަށް ނަހަދާ ސަމީރު ހިނގައިގަތެވެ. “ހޭ، ސަމީރު، އައްޑު އަތޮޅު ހިތަދޫ، ކޮން ކޮޅަކަށް ދަނީ” އޭނާގެ ފުރަގަހުން އާލިއާ ގޮވާލާފައި ސުވާލުކޮށްލިއެވެ. ސަމީރުގެ ނަމާއެކު ރަށުގެ ނަން އައުމުން އޭނާގާތަށް ހިނިއައެވެ. ރަކިވެސްވިއެވެ. ރަކި ހިންޏަކާއެކު ފަސް އެނބުރި ބަލާލިއެވެ. “މިތާ ވަރަށް ކައިރި” ސަމީރު ޖަވާބުދިނެވެ. “އެހެންތަ؟ ހިނގާފަދޯ؟ އޯކޭތަ ފަހަތު އަޅުވާލިއަސް” އާލިއާ ސުވާލުކޮށްލިއެވެ. އާއެކޭ ބުނުމުގެ ގޮތުން ސަމީރު ބޯޖަހާލިއެވެ.

“ސޯ، އެނގޭދޯ މީ އެލީކަން، ފޭސްބުކުން އެޑްކޮށްލައްޗޭ، އައިޑީ ބަހާލީމެންނުން، ބަލާބަލަ މިހާރުވެސް ކްލާހުގެ ހުރިހާ ބޮލުރޮދިން މިއޮތީ އެޑްކޮށްފަ، އެނގޭތަ އަސްލު އެލީ ބަލާލީއޭ ކްލާހުގަ ތިބި މީހުންތެރެއިން ކޫލް ބޯއީއެއް ހުރިތޯ، ކޫލް މީހެއްވިއްޔާ އެހާ ފަސޭހައިން އަންހެންކުއްޖެއް ފެންނައިރަށް ގުޅޭކަށްނޫޅޭނެ، ފެނިފަވެސް އެނގިއްޖެ ސަމީރު އައްޑު އަތޮޅު ހިތަދޫތީ ވަރަށް ކޫލް ބޯއީއެއްކަން، އެހެންވެޔޭ އެލީގޮސް ކައިރީ އިށީނީވެސް” އާލިއާގެ އަނގައަކީ ވާޅުނުވާ އެއްޗެކެވެ. އޭނާ އެތައް ސުވާލެއް ކުރިނަމަވެސް ސަމީރަށް ޖަވާބެއްދޭނެ ފުރުޞަތުވެސް ނުދެއެވެ. ގިނަ އިރުތަކެއްނުވެ ސަމީރުގެ ގެއާ އަރާ ހަމަވިއެވެ.

“މިއޮއް އާދެވުނީ” ސަމީރު ގޭދޮރުމަތީ ހުއްޓިލުމަށްފަހު ބުނެލިއެވެ. “އެހެންތަ؟ މީދޯ ގެއަކީ؟ އަމިއްލަގެތަ؟ ކުއްޔަށްދޯ؟” އާލިއާ އަހާލިއެވެ. “އުހުން، އާންޓެއްގެ، ދިޔައީ އިނގޭ” ސަމީރު ޖަވާބު ދިނުމަށްފަހު އެތެރެއަށް ހިނގައިގަތެވެ. އަވަހަށް ގެއަށް އައުމަށް ނާސިހާވަނީ ބުނެފައެވެ. ސަބަބަކީ ނާސިހާ ވަޒީފާ އަދާކުރާ އޮފީހުގެ އަންހެންވެރިންގެ އެއްވުމަކަށް އޭނާއާއި އެކު އެހީވުމަށް ދާނެޖެހޭތީއެވެ. އާލިއާގެ ގެއާއިހަމައަށް އޭނާ ގެންގޮސްދޭންސަމީރު ހުރީ ކިތަންމެހާވެސް ބޭނުންވެފައެވެ. އަންހެންކުއްޖެއް އެހެން އެކަނި ދޫކޮށްލުން އެއީ ރީތިކަމެއް ނޫންކަންވެސް ސަމީރަށް އެނގެއެވެ. ސަމީރު އެތެރެއަށް ވަނުމުން އާލިއާ އޭނާގެ ޖީބުން ސުޕާރީ ޕެކެޓެއްނަގާ ދެދަތްޕިލަދޭތެރޭ ފިތާލާ އެތެރެއަށް އަޅާލުމަށްފަހު ހިނގައިގަތީއެވެ.

ސަމީރު ގެއަށް ވައިންއިރު ޒުބީން އިނީ މެންދުރު ކެއުމަށް މޭޒު ދޮށުގައެވެ. “ކޮބާ، ހާދަ އިރެކޭ، އަވަސްކޮށްލައިގެން އާދޭ، މިހާރު އާޝިޔާމެން ލަސްވެގެން ގުޅަންވެސް އެބަގުޅާ” ޒުބީންއަށް ރޮށި ކުނޑިކޮށްދޭންހުރެ ނާސިހާ ބުންޏެވެ.

“މަބުނީމެއްނުން، ކޮލެޖަށާ ތަންތަނަށް ދާންފެށީމަ އެހެނޭވާނީ، ދެން ކޮފީތަކާ، ދަތުރުތަކާ، އެނޫންކަމެއް ނޯންނާނެ” ޒުބީން ދޭތެރެ ޖައްސަން މަސައްކަތްކުރިއެވެ.

“އުހުން، ހަމަ ނިމުންތަނާ މިއައީ، މިއަންނަނީ ޗޭންޖްކޮށްލައިގެން” ސަމީރު ހިތްހަމަނުޖެހިހުރެ އެތެރެއަށް ވަދެގެންދިޔައެވެ. ގިނަ އިރުތަކެއްނުކޮށް ތައްޔާރުވެލައިގެން ނުކުތީ އޭނާގެ ރަށުންގެނައިތަނުން ޓީޝާޓަކާ ފަޓުލޫނަކާ ލައިގެންއެވެ. އޭރު ޒުބީން ކައިނިމުނީއެވެ. ނާސިހާވެސް ބުރުގާ ހެޔޮވަރުކޮށްލައިގެން ކޮޓަރީން ނުކުތީއެވެ. “ދެން އައިސްސަދޯ ކާނީ، މިހާރު މާ ލަސްވެއްޖެއެއްނުން” އޭރު ކާމޭޒާ އަރާހަމަވި ސަމީރު ނާސިހާ އެހެން ބުނުމުން ބޯޖަހާލުމަށްފަހު ބޭރާ ދިމާއަށް ހިނގައިގަތެވެ.

*****

އާޝިޔާއަކީ އުމުރުން 45 އަހަރުގެ އަންހެނެކެވެ. މާލޭގެ ނަން މަޝްހޫރު ފައިސާވެރިންގެ ނަގާކިޔޭ މުއްސަންޖެކެވެ. ނާސިހާ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރާ މިނިސްޓްރީއެއްގެ އެއް ޑިރެކްޓަރެވެ. އޭނާގެ ފިރިމީހާއަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅެކެވެ. އާޝިޔާގެ ގޭގައި އޮންނަ ކުދިކުދި ބައްދަލުވުންތަކުގައި މޮޅު ކެއްކުންގަނޑު ތައްޔާރުކުރަނީއަބަދުވެސް ނާސިހާއެވެ. އަދި އޭގެ ބަދަލުގައި ރަގަޅު އުޖޫރައެއް ނާސިހާއަށްލިބެއެވެ.

ނަން މަޝްހޫރު ކެފޭއަކުން ނުވަތަ ކޭޓަރކުރާ ތަނެއް އާޝިޔާ ޚިޔާރު ނުކުރަނީ އޭނާއަކީ މަޝްހޫރު އައްޑޫ ހަވާދަށް ލޯބިކުރާ އަންހެނަކަށް ވާތީއެވެ. ނާސިހާއަށް އަތް ގާތްކޮށްދިނުމަށް އާޝިޔާގެ ގޭގައި އުޅޭ ބިދޭސީ ދެ އަންހެނުންއުޅެއެވެ. އޭގެ އިތުރުން ސަމީރު ދިޔައީ އެގޭ ޓެރެސް ފޮޅާ ސާފުކުރުމުގެ މަސައްކަތުގައި އެހީތެރިވަމުންއެވެ. ގަޑިން ނުވައެއް ޖެހިއިރު އާޝިޔާގެ މެހެމާނުން އޭނާގެ އެކުވެރި 15 އަންހެނުން އެގެއަށް ޒިޔާރަތްކުރިއެވެ. އިއްޒަތްތެރި ވެރިންގެ އަނބިންނާއި މެދު އުމުރުގެ ފައިސާވެރި އަންހެންވެރިންނެވެ. އެއީ އެމީހުންގެ އާދައެވެ. ސިޔާސީ މަސްކެއުމާއި މީހުންގެ ފަތިފުށް ނިއުޅުމަށް ޖަމާވެލުމެވެ.

“ކޮބާ އަފީއަދިވެސް ދައްކާނުލާތަ” ޓެރަސްއަށް އަރައިގެންއައި މަޖުދާ އާޝިޔާ ކުރެން އަހާލިއެވެ. “އާނ އެކަނބުލޭގެއަށް ވަޑައިގަނެވޭނީ ފަރީދާ ގޮވައިގެނެއްނުން، ފަރީއަށް ގުޅީމަބުނި ކުޑަ ސޮރު ނިންދަވާލާފަ މިދަނީއޯ، މިހާރު ގޭގަ މީހަކުވެސް ނުގެންގުޅެއެއްނުން” މަލާމާތުގެ ރާގަކަށް އާޝިޔާ ބުނެލިއެވެ.

“ދުވަހަކު މީހަކާ ގުޅިގެން އުޅޭކަށް ފަރީއަކަށްވެސް އެނގެނީކީ ނޫންވިއްޔަ، ބޭރު މީހުންވެސް ކެތްކުރާނީ ވަކިވަރަކަށްދޯ” ޕާޓީގެ އިތުރު ބައިވެރިއެއްކަމަށްވާ ހަފީޒާވެސް އެވާހަކައިގައި ބައިވެރިވެލިއެވެ.

“ނާސިހާދޯ، ކެއްކުންގަނޑު ހަދާލީ” ޓެރަސްގެ އެއްއަރިމަތީގައި އަތުރާލާފައިހުރި ދިގު މޭޒު ދޮށުގައި ނާސިހާ އުޅެނިކޮށް އަހާލިއެވެ. “އާނ ދެން، އެނޫން ޝެފެއް ކަމަކު ނުދާނެއެއްނުން” މަޖުދާގެ ސުވާލަށް ޖަވާބުދިނީ އާޝިޔާއެވެ. އެވަގުތު އެމޭޒުކައިރީ ގޮނޑިތައް އަތުރަންހުރި ސަމީރު ހަފީޒާގެ ލޮލުގައި އަޅައިގަތެވެ. “އެއީ ކޮން ސޮރެއް، މި އާޝިވެސް ދުވަހަކު އިސްލާހުވުމެއް ނެތްދޯ، ވީހާވެސް ޔަންގު މީހުންބަލައިގެން ބޭރުމީހެއް ގެނަޔަސް، ބަލަ ކުޑަކުދިންލައްވަ އެކަހަލަ މަސައްކަތް ކުރުވާ އެއްޗެއްނޫނޭ” ހަފީޒާ މަލާމާތުގެ ރާގަށްބުނި އެޖުމްލައާއެކު މަޖުދާގާތަށްވެސް އައީ ހިންޏެވެ.

“ބަލަމަމީ މަޖުދާއެއްނޫނޭ، ޅަ ބަންގާޅިކުދިން ގެންގުޅޭކަށް، ތަނަކުން ފެންނަ ވޭޓަރަކަސް އޭނައަށް އޯކޭ، އެއީ ނާޞިހާއަށް ބޮޑުދައިތަކިޔާ ކުއްޖެއް، މިގޭ ދެމީހުންވެސް ވީ ޗުއްޓީގަ އެހެންވެ މަބުނީމަ ގޮވައިގެން އެއައީ” އާޝިޔާ ސަމީރު އެގެއަށް ގެނައި ބޭނުން ކިޔައިދިނެވެ.

“އެހެންތަ؟ ދިވެއްސެއްދޯ؟ މިހާރު ދިވެހި ކުދިންވެސް ހާދަ ފައްކައޭދޯ ކުޑަކޮށް ތިއްބަސް” މަޖުދާގެ ވަހުޝީ ނަޒަރުން ސަމީރަށް ބަލާލަމުން ނުލަފާ ރާގަކަށް ބުނެލިއެވެ.

“ކަލެއަށް އެކުއްޖާވެސް މިހާރު ކަމުދިޔައީދޯ، އަދި ސޮރު ހިތާނުކޮށް ރަގަޅުވެސް ނުވޭ ކަންނޭންގެ، ކަލެއަށް ހަމަ ސާބަސް، މަށަށް ނުކެރޭނެ މަގޭ އަޒީލްމެން މީނަ ކުރިމައްޗަށް އަރުވަންވެސް” އެމީހުން ގާތުއިން ހަފްސާއަށް ކެތްނުވެ މަޖުދާގެ ބަސްތަކަށް ރައްދުދިނީ ރުޅިވެރި ރާގަކަށެވެ.

“ބަލަ މި ހަފްސާއަށް ހާދަވަރެކޭ މިއަރަނީ، ކަލޭ ފަރީދުއާ ހެދި ހޭބަލިވި އިރު އޭނަވެސް ވާނީ އެވަރުކަންނޭނގެ” މަޖުދާގެ ބަސް އަމާޒުވީ ހަފްސާގެ ފިރިމީހާއަށެވެ.

“ބަލަ އޭރު މަވެސް ޒުވާނޭ” ހަފްސާ ރައްދުދިނެވެ. “ބަލަ ހަފުސާމެން ކަނބުލޯ މުސްކުޅިވިޔަސް އަހަރުންގެ ހިތް އަދިވެސް ޒުވާނޭ” މަޖުދާގެ ގަދަ ހިނިގަނޑު ފަޅައިގެންދިޔައެވެ. އޭރު އެމީހުން ކުރިމަތިން ސަމީރު ހުރަސްކަނޑާލީ ތިރިއަށް ދިއުމަށެވެ.

ޓެރަސްދޮރުން ބޭރަށް އެޅި ފިޔަވަޅާއި އެކު އޭނާލައިގަތީ އަންހެނެއްގެ ގައިގައެވެ. ތޫލި ހަޅޭކުގެ އަޑާއެކު އަންހެންމީހާ ހަޅޭއްލަވައިގަތީ ލިބުނު ސިހުމާއި އެކުއެވެ. އެކަކު އަނެކަކުގެ މެޔާމޭ ޖެހި ފިތިބާރުވިއެވެ. ސަމީރުގެ ހަށިގަނޑު އަންހެނެއް އުރަމައްޗާ ކޭއްތުނު އެއީ ފުރަތަމަ ފަހަރެވެ. އެ އަންހެންމީހާއަށް ހިފުނީ ސަމީރުގެ އުނަގަނޑުގައެވެ. ވެއްޓިދާނެ ކަމުގެ ބިރު އޮތުމުންއެވެ. ސަމީރުވެސް އޭނާގެ އެއްއަތުން އަރި އަޅާލައިފައިވާ އެހަށިގަނޑުގެ އުނަގަނޑުގައި ހިފާލިއެވެ. މަޑުމަޑު ހަށިގަނޑެކެވެ. ތިބެވުނުލެއް ކައިރިކަމުން އެކަކު އަނެކަކުގެ ނޭވާ މޫނަށް އެޅޭކަހަލައެވެ. ތުންފަތާ ތުންފަތް ޖޯޑުވާން އުޅޭކަހަލައެވެ. ސަމީރަށް ނަޒަރު ހިންގާލެވުނީ އެ އަންހެންމީހާއަށެވެ. ދުވަސްވުމުން މޫނުމައްޗަށް އަންނަމުންދިޔަ ބަދަލުތައް ފޮރުވުމަށް ފައުންޑޭޝަންގެ އެހީ ފުދޭވަރަކަށް ފުރިހަމައަށް ހޯދާފައިހުރިކަން ފާހަގަކުރެވެއެވެ. ތުންފަތަށް ތާޒާކަން ގެނުވައިފައިވަނީ ކާއްތާލާފައިހުރި ގަދަ ފިޔާތޮށިކުލައިގެ ލިޕްސްޓިކުންއެވެ. މަސްކަރާގެ އެހީގައި އެސްފިޔަތައްވަނީ ރީތި ބަނޑިއެއް ލައްވާލާ ކޮޅަށް ޖަހާފައެވެ. ލޮލުގެ ކަޅި ގަދަ ޗޮކްލެޓްކުލައިގައި ފެންނަންހުރީ ހަމަ ގައިމުވެސް ލެންސްގެ އެހީގައިކަން އެނގެއެވެ.

އުމުރުން ދުވަސްވެފައިވާ މީހެއްކަން ޔަގީނެވެ. އެކަމަކު އެކަން ފޮރުވުމަށް ވަރަށް މަސައްކަތްކޮށްފާ ހުއްޓެވެ. މަޑު ފިޔާތޮށިކުލައިގެ ޝޯލްއެއް ބޮލުގައި އޮޅާލައިގެން ހުރިއިރު ލައިގެންހުރި ގަޔަށްބާރު ކުރުތާއިން އޭނާގެ ހަށިގަނޑުގެ ވަނާތައް ބޭރަށް ރީއްޗަށް ދިޔައީ ހާމަވަމުންއެވެ.

“ހޫން، ފަރީދޯ؟ މަބިރުން ނެތޭ ގޮތެއް، ކިހިނެއްވީތަ” ބާރު ހިނގުމެއްގައި ދޮރުމައްޗަށް ހުއްޓުނު އާޝިޔާބުނެލިއެވެ. “ނޭނގެ، މިތާ ފެންހުރީމަ ކައްސާލީ ކަންނޭންގެ” ސަމީރުގެ ގައިން ދޫކޮށްލާ ހަމަޖެހިލަމުން ފަރީދާ ޖަވާބުދިނެވެ.

“ހޫނ، ވެއްޓުނީތަ ނޫނީ އެސޮރުގައިގަ އޮޅުލަންވެގެން ވެއްޓިގަތީތަ؟” މަޖުދާގެ އެބަސްތައްއިވުމުން ސަމީރު ލަދުގަނެ އިސްޖަހާލިއެވެ. އޭނާގެ މަންމަ އުމުރުބައެއްގެ އަނގައިން އެކަހަލަ ބަހެއް އިވުމުން އުނދަގޫވީއެވެ. އޭނާ އަވަސްވެގަތީ އެތަނުން ދުރަށް ދެވޭތޯއެވެ. އޭނާ ހިނގައިގަތީ އިސްޖަހައިން ހުރެކަމަކު ފަރީދާގެ ނަޒަރު އޭނާގެ މުޅި ހަށިގަނޑަށް ހިންގާލިއެވެ.

އެންމެން އެއްވެ ވާހަކަގަނޑު އޮލަކޮށްލިއިރު ނާސިހާހުރީ ކެއުންގަނޑު އިތުރަށް ހޫނުކޮށްލަން ބަދިގޭގައެވެ. މަސައްކަތް ނިމުނުއިރު ގަޑިން 10 ޖަހަނީއެވެ. އޭރު ފިރިމީހާ ލަސްވެގެން ގުޅަނީއެވެ. އަވަސްކޮށްލައިގެން އޭނާ ދިޔައީ އާޝިޔާގާތު ބުނެލާފައެވެ. ކާންހެދުމަށް މޭޒުމަތި ތައްޔާރުކޮށްލަން ގޭގައިގެންގުޅޭ މީހުންގާތު ބުނެލާފައެވެ. އާޝިޔާގެ އެދުމުގެ މަތިން ސަމީރު ބަހައްޓާފައެވެ. ޕާޓީ ނިމުމުން ޓެރަސް ސާފުކޮށްލަން އެހީވެދިނުމަށެވެ. ނާސިހާ ދިއުމުން ސަމީރު ހުރީ ވަރަށް ހިތް ބިރުގެންފައެވެ. މުޅިން އަލަށް ނުދަންނަ ހުސް އަންހެނުންތަކެއްގެ ތެރޭ ހުންނަން ޖެހުމުންވެސްމެއެވެ. އޭގެތެރެއިން މަޖުދާއާއި ފަރީދާގެ ލޮލުގެ އަމާޒަކަށް އިރުކޮޅުކޮޅުން އޭނާ ދިޔައީ ވަމުންއެވެ. އެންމެން ކާން އެރުމުން ސަމީރު ޖެހިލީ އެމޭޒާ ދުރަށެވެ. ހުއްޓިލީ ޓެރަސްގެ  ފާރުބުރިކައިރީގައި މަގުމަތި ފެންނަގޮތަށެވެ. ގިނަ އިރުތަކެއްނުވެ ކެއުންވެސް ނިމިއްޖެއެވެ. ސަމީރު ހިތްހަމަޖެހެން ފެށިއެވެ. މަސައްކަތް ނިންމާލާފައި ގެއަށް ދެވޭގަޑީ ޖެހޭތީއެވެ.

“ކޮއްކޯ؟ ދެން މައްސަލައެއްނެތް ގޮނޑިތައް ނަގާލާފަ ދިޔައަސް” ޓެރަސް މެދުގައިހުރި އުނދޯއްޔެއްގައި އިށީނދެލަމުން އާޝިޔާ ބުންޏެވެ. ސަމީރު އަވަސް ފިޔަވަޅުތަކެއްގައި ހިނގައިގަތެވެ.

“އާޝި ނެތްތަ ދުފާލާނެ ފޯއްކޮޅެއްވެސް މިރެއަކު” އަފީފާ އަހާލިއެވެ.

“އެހެރީނުން، ޚާއްސަ ފޯކެކޭ މިރެއަށްހުރީ” ސަމީރަށް އަމާޒުކޮށްލަމުން މަޖުދާ ބުނެލިއެވެ. މަޖުދާގެ ލޯމަތިން ސަމީރު ނުގެއްލޭކަހަލައެވެ. އޭނާގެ ހުރިހާވެސް އަމާޒަކަށް ހުރިހާ ވާހަކައެއްގެ މަޢުލޫއަކީ ސަމީރު ކަހަލައެވެ.

“އެއްކަލަ މީހާ، ކަލޭގެ ތި ރަންޑި ސިފަވެއްޖެއެއްނުން ކަނޑުވަން، ރަނގަޅު މީހަކާ އިނދެވުނީތީވެސް ޝުކުރުކޮށްބަލަ، އަފީފު ކަލެއަށް ކިހާ ރަގަޅުތަ، ބުނި ގޮތަކަށް އެގެންގުޅެނީ، ކިހާ ޚަރަދެއް އެކޮށްލަނީ” ހުސްނާގާތަށް އަނެއްކާވެސް ރުޅި އައިކަހަލައެވެ.

“ހޫނ، މީނަ ބުރިއަށްކޮން ބާރެއްތަ މިކުރަނީކީ، ބުނިހާ ކަމެއްކޮށްދީ ޚަރަދު ކުރީމަ ނިމުނީދޯ، ގައިގަ ވަރެއް ނުހުންނަތާ، ހުރި ވަރުކޮޅުވެސް އެބާލަނީ ޒުވާން އަންހެންކުދިންނަށް، އަހަރެންގެވެސް އެދުންތަކެއް ހުންނާނެދޯ، ކީކޭ ފަރީ ބުނަނީ، ނޫންތަ؟ ބަލަ ފިރިހެނުންވެސް ޒުވާން ޅަކުދިންފެނިގެން ހީލިއަރާހެން އަހަރުންނަށް ނުވާންވީކީއްވެތަ؟ ބަލަ ޒުވާންކަމާ ހަށިގަނޑުގެ ބާރު ކޮންމެ މީހަކުވެސް ބެނޫންވާނެ، ދޮގެއްތަ ފަރީ؟ ” މަޖުދާ އޭނާގެ ގޮތުގައި ހިފަހައްޓާލަމުން ފަރީދާގެ ޚިޔާލަކަށް އެދުނެވެ.

“ފަރީއެއް ހިލާ އެއްބަހެއް ނުވާނެ ތިކަމަކާ، އޭނައަށް މިހާރު ވިސްނެޔޭ، ތިވައްތަރަށް މީހުންގެ ޅަދަރިން ފަހަތަކުން އޭނައެއް ނުތެޅޭނެ” ހަފީޒާގެ ބަސްތަކުގެ ޒުވާބުގެ ރާގުގަނޑު ހުއްޓެވެ.

“އެހެންތަ ހީވަނީ، ތިއެއް އެނގޭނީ ފަރީގެވެސް ފަތިފުށްބަލާލީމަ، މަށަށް ހަމަ ޔަގީން ފަރީއެއްވެސް މަޑަކުން ނުހުންނާނެކަން، ބަލަ އަހަރެން މިއުޅެނީ އެއްއަތްންބަށް އުޅޭއިރުވެސް ކެއްނުވެގެން، ދެ އަތްންބަށް އުޅޭއިރުވަކި ފަރީއަށް ކެތްވާނެ، ދެރެއިން އެއްރޭ ޒާހިދަށް ގެއަށް އާދެވެނީ. އޭގެން ގިނަދުވަހުގެ ރަށުން ބޭރުގަ، އަންނަ ރެއެއްވިއްޔާ ހުންނާނީ ވަރުބަލިވެފަކަން ހަމަ މަށަށް ޔަގީން، މަގޭ އަފީފަށް މިއުޅެނީ ދެރޭހަމައަށް ކޮޅަށްނުހުރެވިގެން، ޒާހިދަށް ވަކިހުރެވޭނެތަ؟ އަފީފަކީ ގައިމު ޒާހިދަށްވުރެ މާ ޒުވާން މީހެއް، ހަފީމެންހެން މަށެއް ނޫޅެމޭ މާނޫންވެގެނެއް، ކީއްވެތަ މާ ނޫންކަމަށް ހެދެންވީކީ” މަޖުދާ އަޑުގަދަކޮށްލިއެވެ.

“ސާބަހޭ ކަލޭމެން ދެމީހުނަށް… ސަމީރު، ބަދިގެ ފަރާތުގަ ހުންނާނެ ނާސިހާ ހެދި ދުފާ އެއްޗެހި ގެނެސްލަދީބަލަ” އާޝިޔާ ގޮވާލިއެވެ. ގޮނޑިތައް ނެގުމުގެ މަސައްކަތުގައިހުރި ސަމީރު ހިގައިގަތެވެ.

“އެސޮރަށް މިހާރު އަޑުވެސް އިވިދާނެ، އެސޮރު މިތާބަހައްޓައިން ހުރިހާ ޒުވާބެއްތިކުރަނީ” އާޝިޔާ ހިތްހަމަނުޖެހިފައި ބުނެލިއެވެ.

“އަސްލު އެއީ ކޮންސޮރެއްތަ؟ ” ފަރީދާ އަހާލިއެވެ. “އެންމެ ފަހުން ކަލޭވެސް… އެއީ އަހަރުން އޮފީސް ނާސިހާއަށް ބޮޑުދައިތަކިޔާ ސޮރެއް… އެހީވެލަން އައިސްލީ. އެއީ ނާސިހާ ކޮއްކޮ ނަހަލާލަށް ވިހޭ ތިން ކުދިންގެ ތެރެއިން ހުރި ހަމައެކަނި ފިރިހެންކުއްޖާ. ގްރޭޑް ދިހައެއް ރަގަޅު ފާހަކާއެކީ ނިންމާލި… ދެން އޭނަ މަންމަ އެދިގެން ކޯހެއް ހަދަން ބަހައްޓަން ނާސިހާ މިސޮރާ ހަވާލުވީ” އާޝިޔާ އިތުރަށް ސަމީރާބެހޭ މަޢުލޫމާތު ދިނެވެ #.

“އެހެންތަވަނީ…! ދެން ރަގަޅު ވަޒީފާއަކަށް ވައްދާކަށް ނޫންތަވީ؟ވަޒީފާއަކަށް ފޮނުވަމުން ކިޔަވާދިނިއްޔާ މާ ރަނގަޅުވާނެކަންނޭންގެ…” ފަރީދާ ޚިޔާލުދިނެވެ.

“މިބުނީނުން ގްރޭޑް 10 ނިމުނުކަމޭ.ޖީސީވެސް ލާރިނެތިގެން ނުހަދުވާ… ދެން މިހާރު އޭނަ މަންމަ ހަރަދުކުރާގޮތަށް ކުޑަކޯހަކަށް ވައްދައިގެން އެކަމުގަ އެއުޅެނީ” އާޝިޔާ ޖަވާބުދިނެވެ.

“ހޫނ، ކަލޭ ހާދަ ކޮންސާންވެޔޭދޯ…؟ ބޭނުންވީތަ، ރަނގަޅު ޖޮބެއް ދޭހިތްވީދޯ؟” މަޖުދާއަކަށް އަނގަ މަޑުންލައިންނެއް ނީނދެވުނެވެ. އެއީ އޭނާގެ އާދައެވެ. ފިރިމީހާއަށް ވަގަށް އިތުރު ފިރިހެނުންގެންގުޅުމަށް އޭނާއަކީ އެފަންތީގެ އަންހެނުންތެރޭ ހާމަކޮށްބޮޑު އުޅުމެއް އުޅޭ މީހެކެވެ. “ހަހަހަ، ބޭނުންވުން އެއީ ގޯހެއްނޫންދޯ، މަޖޫބުނިހެން ފިރިހެނުންވެސް ދުވަސްވީވީހެން ދުވަނީނުން ޒުވާންކުދިން ފަހަތުން… ވަކި އަހަރުން ފަހަތުގެ ތިބެންވީ ކީއްވެތަ؟ ކުޑަކުއްޖަކަށް ނުކިޔާނެނުން، ސްކޫލް ނިމުނީވިއްޔާ…! ދެން ގައިމުވެސް ކުރަންޖެހޭ ކަންތައް ދަސްކޮށްލަދިނީމަ މާދުވަހެއް ނުވެ ބޮޑުވެދާނެ” ފަރީދާ ނުލަފާ ހިންޏެއް ތުންފަތްމައްޗަށް ގެންނަމުން ބުންޏެވެ.

“ހަމަ ސާބަސް މާދަމާ ކަލޭމެންގެ ދަރިންނޭ ކިޔައިން ތިކަހަލަ އަނގަ މީހުން ތަޅަންފެށީމަ ތިބޭތީ ތިވައްތަރަށް އަނގަތަޅަތަޅަން، ލަދުން ބޯހަލާކު، މަމިދަނީ ދާން” ހިތްހަމަ ނުޖެހިގެން ހަފީޒާ އިށީންދެއިން ގޮނޑިންތެދުވެ ހިނގައިގަތެވެ. އޭރު ސަމީރު އައިސް އެމީހުނާ އަރާ ހަމަވަނީއެވެ. އެއިން މީހަކާ ހަތަރު ކަޅި ހަމަނުކޮށްވޭތޯ އޭނާ މަސައްކަތް ކުރިއެވެ. ދުފާ ތަބަށް ދިއްކޮށްލުމަށްފަހު ފަސް އެނބުރުނުތަނާ ފަރީދާ ގޮވާލިއެވެ klicken sie auf diesen link.

“ކޮން ނަމެއްތަ ކިޔަނީ؟” ފަރީދާ  ސުވާލުކޮށްލިއެވެ. ސަމީރަށް ހުއްޓުން އެރިއެވެ.

“ސަމީރު” އިސްޖަހަގެން ހުރެ އެމީހުނާ ކުރިމަތިލިއެވެ.

“އެހެންތަ؟ ވަރަށް ރީތި ނަމެއްދޯ” މަޖުދާ އަނެއްކާވެސް ވާހަކަ ފެށިއެވެ.

“ޝުކުރިއްޔާ” ސަމީރު ހިނިތުންވެލަން މަސައްކަތް ކުރަމުން ޝުކުރުއަދާކުރިއެވެ.

“ގްރޭޑް ތިނެއްގެ ކުއްޖަކަށް ޓިއުޝަން ނަގާދޭން އެނގޭނެތަ؟” ފަރީދާ އަނެއްކާވެސް ކޮށްލީ ސުވާލެކެވެ.

“ލައްބަ، އެނގޭނެ” ސަމީރު އިސްނަގާ ފަރީދާއަށް ބަލާލިއެވެ.

“އެހެންވިއްޔާ އަހަރުންގެ ގެއަށް އައިސް ކުއްޖަކަށް ޓިއުޝަން ނަގާދޭންވީނުން، ރަގަޅު އެއްޗެއް ދޭނަން، ވަގުތު ވާނެތަ؟ ފަރީދާ އަހާލިއެވެ.

“ހޫން… ދެން ރީއްޗަށް ބުންޏަސް އެސޮރުދާނެއޭ، ނަގުވަން ތިއުޅެނީ ކޮން ޓިއުޝަނެއްކަން” މަޖުދާ ސަކަ ގޮތަކަށް ބުނެލިއެވެ.

“ދައްތަ ކައިރީ އަހާލާފަ އެނގޭނީ” ސަމީރު ޖަވާބުދިނެވެ.

“ހޫނ، އަހަރެން ތިކަން ކޮށްލާނަން” އުނގުމަތީ އޮތް އަތްދަބަހުން ސިންގިރޭޓް ފޮއްޓެއް ނަގަމުން ފަރީދާ ބުނެލިއެވެ. ސަމީރު ބޯޖަހާލުމަށްފަހު ފަސްދީ ހިނގައިގަތެވެ.

*****

އެރޭ ނިދަން އޮށޯވެ އޮވެ ސަމީރުގެ ސިކުނޑި އެތައް ކަމަކާ ހަނގުރާމަކުރަމުންދިޔައެވެ. ނިދުމުގެ ކުރިން ކޮއްކޮމެނަށް ގުޅާލާ އެމީހުންގެ ހާލު އޮޅުން ފިލުވިއެވެ. އަދި  ކޮލެޖުން ދިމާވި ކުދިންނާ މެދުވެސް ވިސްނާލިއެވެ. އާލިއާއާމެދު ވަރަށް ފުންކޮށް ވިސްނާލިއެވެ. އިސްނަގާ އާލިއާ ސަމީރުއާ ވާހަކަ ދެއްކީ ކީއްވެބާއޭ އޭނާ ހިތާ ސުވާލުކުރިއެވެ. އަނެއްކާ އާލިއާއަކީ ކޮންމެ ފިރިހެނެއް ހެޔޮ އަންހެންކުއްޖެއް ބާއޭވެސް ހިތަށްއެރިއެވެ. ސަމީރަކީ އެހެން އުޅޭ އަންހެނުންދެކެ ވަރަށް ރުޅި އަންނަ މީހެކެވެ. ސަބަބަކީ އޭނާގެ މަންމަ އުޅޭ  ދިރިއުޅުމެވެ. އެ ހަޑިހުތުރު ބަސްތަކެވެ. އެކަހަލަ މީހުން ދުނިޔެއަށް ގިނަކޮށްލާ ކުދިންނަށް ވެގެންދާ ގޮތްތަކެވެ. އާލިއާއާއި މެދު ވަކިގޮތެއް ނުނިންމަނީސް ދެން ސިކުނޑިއަށް ބާރުބޮޑުކޮށްލީ ފަރީދާއާއި މަޖުދާމެންގެ ބަސްތަކެވެ.

އެއީ އޭނާއަށް މުޅިން އައު ކަމެކެވެ. އަބަދުވެސް އިވެނީ ކޮންމެވެސް އަންހެންކުއްޖަކަށް ބަޔަކު އެކަހަލަ މަލާމާތްކުރާ އަޑުކަމަށްވީތީއެވެ. އެކަހަލަ އަދަބު ކުޑަ ގޮތަކަށް އެފެންވަރުގެ ބަޔަކު އޭނާއާއި ވާހަކަދެއްކުން އެއީ އޭނާގެ ޒަމީރު ގަބޫލުކުރާވަރުކަމަކަށް ނުވިއެވެ.

ފައިސާ ހޯދުމަށް ފަރީދާގެ  އެހުށަހެޅުންވެސް އެނާއަށް ކަމުދިޔައެވެ. ނަމަވެސް މަޖުދާގެ ވާހަކަ ހުރިގޮތުން އެގޮތަށް އެއްބަސްވާންވެސް ޖެހިލުންވިއެވެ.

ނުނިމޭ

 

https://www.facebook.com/worldofiq

 

Share Article

Follow Me Written By

IQ

Level 110 Stories

Other Articles

Previous

ކަޅު ސަފުހާ (4)

Next

އެދެނީ މަޢާފް

Next
February 4, 2016

އެދެނީ މަޢާފް

Previews
February 4, 2016

ކަޅު ސަފުހާ (4)

9 Comments!

  1. misty says:
    February 4, 2016 at 2:13 pm

    Nyc whn nxt prt?

  2. Pppppp says:
    February 4, 2016 at 2:16 pm

    Ma first v v reethi kn iraku next part

  3. min says:
    February 4, 2016 at 2:39 pm

    At last 🙂 love this part. Avhah update kohdhehchey 😀

  4. Nicky says:
    February 4, 2016 at 5:59 pm

    Nyc story….keep it up….???????

  5. Kai says:
    February 5, 2016 at 8:18 pm

    Next part up kuraniy kon iraku tha? Waiting…..

  6. zul says:
    February 6, 2016 at 2:38 am

    Wow…. Zamaanaa gulhey vaahaka eh… Gina bayakah sirruvaa ethah kameh mi vaahakain fenigen dhey…. Thanknu for writing such a nice story… Meegen rangalhu filaavalheh libeyne kamah ummeedhu kuran….

  7. Ashly says:
    February 8, 2016 at 2:58 pm

    haadha lahunney up vanee

  8. Sai says:
    February 9, 2016 at 7:27 pm

    Next part up vany kn irakun haada l ahey

  9. Kiyaalany says:
    February 11, 2016 at 2:46 pm

    Koba update’eh neh tha…?

Comments are closed.


All Right Reserved!