ސަލާމް.. މި ވާހަކައިގެ ދިހަ ވަނަ ބަޔާއި ހަމައަށް ކިޔުންތެރިންނާއި ހަމައަށް ވާނީ ގެނެސްދެވިފައި. އެހެން ނަމަވެސް އެގާރަ ވަނަބައި ކިޔުންތެރިންނަށް ކިޔާލަން ލިބޭލެއް ކުޑަ ތަންކޮޅެއް ލަސްވެދާނެ ވާހަކަ ހިތާމަޔާއިއެކު ދަންނަވާލަން.. މި ހަފްތާއަކީ އަޅުގަނޑަށް ވަރަށް ބުރަ ހަފްތާއެއް ކަމުން އެބައި ގެނެސްދޭން ވަރަށް ބޮޑެެތި ދަތިތަކަކާއި ކުރިމަތިލާން ޖެހޭނެ.. އެހެން ނަމަވެސް ކުރިޔަށްއޮތް ހަފްތާގަ އިރާދަ ކުރެއްވިއްޔާ އެބައި ގެނެސްދެވޭތޯ މަސައްކަތް ކުރާނަން.. އިން ޝާ ﷲ… ނޫނީ ކުރިން ބުނެލެވުނު ތާރީޚަށްވުރެ އަވަހަށްވެސް އެބައި ވީ ވަރަކުން ގެނެސްދެވޭތޯ އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނަން… ކިޔުންތެރިންނަށް މި ޙާލަތު ވިސްނޭނެ ކަމަށް އުންމީދު ކުރަން.. މިހާ ދުވަސްވަންދެން އެގާރަ ވަނަ ބައިގެ އިންތިޒާރުގަ ކިޔުންތެރިން ބައިތިއްބާފަ މި ވާހަކަ ޙިއްސާކުރަން ޖެހުމުން ވަރަށް ބޮޑަށް މާފަށް އެދެން… އެއްވެސް ކިޔުންތެރިއެއް މި ވާހަކަ ނުނިންމާ ހުއްޓާލާނެ ކަމަށް ހީ ނުކުރުން އެދެން.. ވަރަށް އަވަަށް ދެން އޮތް ބައި އިން ޝާ ﷲ، ގެނެސްދެވޭތޯ ބަލާނަން…
އާހިލްގެ އެ ވާހަކަތަކުން އަހަންނަށް އިތުރު ދިރުމެއް ލިބުނު ފަދައެވެ. ހިތުގެ ކަނެއްގައި ފޮރުވިފައި ހިތްވަރު މިލާ މޯޅިވަމުންދާ ގަހަކަށް ފެންދިނުމުން އާރޯކަން ލިބޭ ފަދައަކުން އާވިއެވެ. މަޑުމަޑުން ދާން ހިނގައިގަތް ވަގުތު ހީލްސަގައި ހިނގީމަ ގޮވާފަދަ ޓޮއް އަޑެއް އިވެން ފެށިއެވެ. އެ އަޑު ހީވަނީ އަހަންނާއި ދިމާލަށް އަންނަހެންނެވެ. އަހަރެން އެ އަޑަށް ސަމާލުކަން ދެމުން މަޑުމަޑުން އިސްއުފުލާލައި ބަލައިލީމެވެ. ދެން ފެނުނު މަންޒަރަކުން ހުރިތަނަށް އަހަރެންގެ ފިޔަވަޅު ގަނޑުވިއެވެ. ހައިރާންވެގެންނެވެ. ލިބިފައި ހުރި […]
އަހަރެންގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް އޭގެ މަޤާމު ދޫކޮށް ކޯތާފަތް މައްޗަށް ފެތުރިގަތީ އަހަރެންގެ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އަހަންނަށް ކުރެވުނު ކުށުގެ ބޮޑުކަން ވަޒަން ކޮށްލެވުނީ އެވަގުތުއެވެ. އޭގެ ހިތި ރަހަ އަހަރެންގެ އަރުތެރެއިން މިއިން ދުވަހަކު ފިލާނެކަމެއް ނޭނގެއެވެ. އަހަންނަށް ހުރެވުނީ ކަޅިވެސް ޖަހާނުލައި ބައްޕައާއި ދިމާލަށް ބަލާށެވެ. ބައްޕަގެ އާދަޔާ ޚިޔާލު ޙަރަކާތްތައް ފެނިފައެވެ. ނަމަވެސް ކުއްލިޔަކަށް އަހަރެން ސިހުނީ ބައްޕަ ގެނައި ކުއްލި ޙަރަކާތަކުންނެވެ. ގައި ހުރި ބާރެއް ލައިފައި ބައްޕަ […]
އަހަރެންގެ މަންމައަށް ވީގޮތް ފެނި ހިތުގެ އެންމެ ފުންމިނަށް އަސަރު ކުރިއެވެ. މަންމަ ގާތަށް މިސްރާބުޖެހީ މަންމަގެ ޙާލަތު އިތުރަށް ގޯސްވެދާނެތީއެވެ. އަހަންނަށް މަންމަގާތަށް ދެވުނީ ކިރިޔާއެވެ. ޚަބަރު ހުސްވެގެން އަހަރެންގެ އަތުތެރެއަށް މަންމަ ވެއްޓުނެވެ. އަހަރެން އިތުރަށް ހާސްވިއެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ ކަންތައްތައް މިދަނީ މުޅިން ގޯހުން ގޯހަށެވެ. އާޔާއަށްފަހު މަންމައަށް މިވީ ކިހިނެއް ހެއްޔެވެ؟ ނޫނެކެވެ. މަންމައަކަށް ދެރަގޮތެއް ނުވާނެއެވެ. މި ހަށިގަނޑުގައި ވިންދު ހުރި ހިނދެއްގައި މާތް ﷲގެ އިރާދަފުޅުން މަންމައަށް […]
އަހަރެން މިބުނި އެއްޗަކުން މަންމައާއި ބައްޕަ ހުރީ ފާޑަކަށް ގަނޑުވެފައެވެ. ހައިރާންކަމެއްގެ ތެރޭގައެވެ. “ދަރިފުޅު ކީކޭތަ ތިކިޔަނީ؟ ” ބައްޕަ އަހަރެން ގާތު އަނެއްކާވެސް ސުވާލުކުރީ ގަބޫލުކުރަން ދަތިވެގެންނެވެ. ބައްޕަމެންނަށް ވިސްނައިދޭންވެގެން އާޔާ ހޮސްޕިޓަލުގަ އޮތް ވާހަކަ ބުނަންވެގެން އަނގަ ހުޅުވާލި ވަގުތު އެކަމަށް ހުރަސްއެޅީ ބިރުވެރި ފާޑަކަށް ރިންގުވާންފެށި އަހަރެންގެ ފޯނެވެ. ލޮލުން ކަރުނަ ފޮހެލަމުން ބިރުންހުރެ މަޑުމަޑުން އަހަރެންގެ ޖީބުގައި އޮތް ފޯނުނަގައި ކަންފަތުގައި ޖައްސާލީމެވެ. އެވަގުތު އިވުނު ބަސްތައް އަހަންނަށް އިވުނީ ކަންފަތައް […]
ލޮލުގައިވާ ކަރުނަތައް ފޮހެލަމުން ކޮއްޅަށް ތެދުވެލީ މަންމަމެނަށް ގުޅާށެވެ. އާޔާގެ މިޚަބަރު ދޭށެވެ. އޭނާގެ ހުރިހާ ޙަޤީޤތެއް ކިޔައިދޭށެވެ. އަހަރެން ތެދުވެ ފޯނު ހުޅުވާލުމަށްފަހު ކޮންޓެކެޓްސް ތަކުގެ ތެރެއިން ބައްޕަގެ ނަންބަރު ހޯދުމަށްފަހު ޑައިލް ކޮށްލީމެވެ. ބައްޕައަކީ އަމިއްލަ ކުންފުންޏެއް ހިންގަމުން އަންނަ ޒިންމާދާރު މުވައްޒަފެއްކަމުން ބައްޕަ އަތުގައި އަބަދުވެސް ފޯނު އޮންނާނެއެވެ. އެހެން ކަމުން ވަރަށް އަވަހަށް ފޯނު ނަގާނެކަންވެސް އަހަންނަށް އިނގެއެވެ. ކަންތައް ވީވެސް އެހެންނެވެ. އަހަރެން ‘ހަލޯ’ އޭ ބުނުމުގެ ކުރިން އާހިލް […]
“ކޮބާ އާހިލް؟ ވަރަށް ގުޅައިފިން… އެކަމަކު ފޯނެއްވެސް ނުނަގާ..” އަހަރެން އާހިލްގެ މަންމަ ގާތު އެހީމެވެ. “ވެއްޖެ ކަންނޭނގެ ކޮޓަރިތެރޭ… ދޭބަލަ ގޮވާލަން…” އަހަރެން ބޮއުނު ފެންތަށި ހިފައިގެން ދަމުން އާހިލްގެ މަންމަ ދިން ހުއްދައާއިއެއްގޮތަށް އަހަރެން ޢަމަލު ކުރީމެވެ. އާހިލްގެ ކޮޓަރިއަށް ވަނުމަށް ތަޅުގައި ހިފާލިއިރު ނަސީބަކުން ކޮޓަރި ދޮރުވެސް ހުރީ ތަޅުނުލައި ކަމުން ވަރަށް ފަސޭހައިން ދޮރު ހުޅުވިގެން ދިޔައެވެ. ކޮޓަރިތެރެ އޮތީ ފަޅަށެވެ. އާހިލް ކޮޓަރީގައި ނެތިއްޔާ ދެން ވީ ކޮންތާކުބާއެވެ؟ އަހަރެން […]
އަހަންނާއި އާހިލް މަޑު ހިނގުމެއްގައި އޭޑީކޭ ހޮސްޕިޓަލުން ނިކުމެގެން އައީމެވެ. އައި މަގުމަތީގައިވެސް ދެމީހުންގެ ދެމެދުގައި މާ ގިނަ ވާހަކަތަކެއް ނުދެކެވެއެވެ. އަހަރެންގެ ހިތަށް މިހާރު ކުޑަ ހިތްހަމަޖެހުމެއް ލިބިއްޖެއެވެ. ނަމަވެސް އެއްކޮށް ހިތްހަމަޖެހޭނީ ކިހިނެއް ހެއްޔެވެ؟ އެއްބަނޑު އެއްބަފާ ކޮއްކޮ އެއޮތީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައެވެ. އާޔާ އަށް އެހެން ހެދި މީހަކު އަހަރެން އެކަނި މަސައްކަތް ކޮށްގެން ނަމަވެސް އިރާދަކުރެއްވިއްޔާ ހޯދާނަމެވެ. އަހަރެންގެ މި ޢަޒުމަކަށް އިރާދަކުރެއްވިއްޔާ އެމީހަކު ނުހޯދެނީސް ބަދަލެއް ނާންނާނެއެވެ. އަހަރެންގެ […]
” ލައްބަ. އަޅުގަނޑުގެ ހުންނާނެ.. އެއިޓީން ވެސް ފުރިފަ ހުރީ.. ” އަހަރެން އަވަހަށް ޖަވާބުދިނުމުން ޑޮކްޓަރ އެތާހުރި ނަރުހެއް ދައްކާލުމަށްފަހު އޭނަޔާއިއެކު އައުމަށް އަހަރެންގާތު ބުންޏެވެ. ޑޮކްޓަރ ބުނިގޮތަށް ކަންތަށް ކުރުމަށްފަހު އެނބުރި އައިސް އަހަރެން އާހިލް ގާތު އިށީނީމެވެ. ކުއްލިޔަކަށް އަހަރެންގެ ހަނދާނަށް އައީ އާޔާގެ އަތުތެރޭގައި އޮތް ފޮޓޯ މަތިންނެވެ. އެ ފޮޓޯ ބަލާލުމަށް އަހަރެންގެ ހިތް އެދެމުން ދިޔައެވެ. މަޑުމަޑުން އަހަރެންގެ އަތް ޖީބަށް ލުމަށްފަހު އެ ފޮޓޯ ނެގީމެވެ. އެއިރު […]