Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައެހެނިހެންލޯބި

(Mishka (dhevanabai

InaaSh Level 210 Stories100 Comments
December 22, 2020 3 Mins Read
4 Comments

އެބެލުމުގައިހުރި ތަފާތުކަން ދެނެގަންނާކަށް ކުޑަކުޑަ މިޝްކާއަކަށް ނޭންގުނެވެ.
”ހިނގާ އަވަހަށް ގެއަށްދަމާ ދޯ……..ވަރުބަލިވެފައެއްނު ތިބޭނީވެސް މިހާރު…..”
ދެން އެންމެންގެ މިސްރާބަކަށްވީ މަގުގެ އެއްފަރާތެއްގައި ޕާކު ކޮށްލައިފައި އޮތް ރަތްކުލައިގެ ޕުރައިވެޓް ކާރަށެވެ. އެންމެން އަރާ ހަމަޖެހިލުމުން ރާއިދު ކާރު ދުއްވާލިއެވެ. ބުރިޖް ހުރަސްކުރަމުން ރާއިދުގެ ކާރު ބާރު ސްޕީޑުގައި ގޮސް މަޑުކޮށްލީ ހުޅުމާލޭގައި ހުރި ދިގު އިމާރާތެއްގެ ކުރިމަތީގައެވެ. އެއީ ނަވީންމެން ތިބުމަށް ރާއިދު ހަމަޖެއްސި އެޕާޓްމެންޓް އިންނަ އިމާރާތެވެ. ނަވީންގެ ވަޒީފާ ހަމަޖެހުނީ ހުޅުމާލެއިންކަމުން ހުޅުމާލެއިން ނަވީންމެނަށް ތިބޭނެ ތަންވެސް ހަމަޖެއްސީ ނަވީންމެނަށް ފަސޭހައަކަށެވެ. މަހަކު ފަނަރަހާސް ރުފިޔާއާއި އުޅޭނެ އެޕާޓްމެންޓެއް ލިބުމުން އަލީނާއާއި ނަވީން ތިބީ ނިކަން ހިތްހަމަޖެހި އުފާވެފައެވެ. ވާނީވެސް އެހެންތާއެވެ. ރަށުގެ އެދަތި ދިރިއުޅުމަށްވުރެ މިތަން ނަވީންމެނަށް މާބޮޑަށްވެސް ރަނގަޅެވެ. ނަވީންމެން އެޕާޓްމެންޓާށް ލުމަށްފަހު ރާއިދު ދިޔައީ ފަހުންއަންނާނެ ކަމަށްބުނެފައެވެ. ެއެތަނަށް ބޭނުންވާނެހެން ހީވާ ހުރިހާ ސާމާނެއްހެން ރާއިދު ހުރީ ގަނެފައެވެ. އެހެންކަމުން ނަވީންމެނަށް ވަރަށް ފަސޭހަ ވެގެން ދިޔައެވެ. ދެން ރާއިދުއައީ ރޭގަނޑުވެސްވީ ފަހުންނެވެ.
”މިޝްކާގެ ސްކޫލުގެ ކަންތައްތައް އެއްހަފްތާއެއްހާ ދުވަސް ތެރޭގައި ނިމޭނެ……ބޭބެވެސް އެއްހަފްތާއެއްހާ ދުވަސް ފަހުން ވަޒީފާއަށް ނިކުތަސްވެސް އޯކޭއޭ އެމީހުން ބުނީ……ރެސްޓްކޮށްލާ އިހަށް…..ތަންތަން ބަލާލާ ހަދާލާ…….”
ރާއިދު އައިސް މިޝްކާ އުރާލަމުން އިށީންދެ އުނގުގައި ބެއިންދިއެވެ. އަދި މިޝްކާގެގައި ކުޑަކޮށް ބައްދައިލަމުން ކޮލަށް ދޮނެއްދިނެވެ. ނަމަވެސް މިޝްކާ ކުއްލިއަކަށް ރާއިދުއާއި ދުރަށްޖެހިލިއެވެ.
”ދޮންބޭ ހޯހޯ…..”
މިޝްކާގެ މިއަމަލުން ސިހިފައި ރާއިދުއަށް ނަވީންއާއި އަލީނާގެ މޫނަށް ބަލައިލެވުނީ ނަވީންމެން ހީކުރާނީ ކީކޭބާއޭ ހިތައްއަރާފައެވެ.
”ދޮންބޭ …..ބޭބީސް އޭ އުރާނީ……އުނގަށްވެސް ލާނީ……ބޭބީސްއަށޭ އުންމަވެސް ދޭނީ……އަޅުގަނޑުމެން ވަރުގެ ކުދިން އުރާކަށް ނުވާނެ އޭ….މީ މިހާރު ބޮޑު ކުއްޖެކޭ…..މިވަރުގެ ކުދިން އުރުމަކީ ހޯހޯ ކަމަކޭ ދޯމަންމާ……ދޯ ބައްޕާ…..”
ކުޑަކުޑަ މިޝްކާގެ ވާހަކައިން ނަވީންއާއި އަލީނާއަށް ހިނިތުންވެލެވުނެވެ. އަދި އެވާހަކައަށް އެއްބަސް ވުމުގެ ގޮތުން ބޯޖަހައިލިއެވެ.
”އެކަމް ތީ މިޝްކޮގެ ދޮންބެއެއްނު……އޯކޭވާނެ އުރާލިއަސްވެސް …..އެއީ މިޝްކޮގެ ދޮންބެ އެއްނު ދޯ…..”
ނަވީންގެ ވާހަކަ އަޑުއިވި ރާއިދުއަށް ހިނިތުންވެލެވުނެވެ. ހަފްތާއެއް ފަހުން ނަވީން ވަޒީފާއަށް ނިކުންނަން ފެށި އިރުގައި މިޝްކާގެ ސްކޫލްގެ ކަންކަންވެސް ހަމަޖެހިގެން ދިޔައެވެ. ރާއިދު ކޮންމެދުވަހަކުހެން މިޝްކާގެ ގާތަށް ގޮސްހަދައެވެ. އެހެން އުޅޭ ވަގުތު ތަކުގައި ރާއިދު އެކިގޮތްގޮތުން މިޝްކާއާއި ގައިގޯޅި ވެވޭތޯ ބަލައެވެ. ރާއިދް މިޝްކާއާއި އެކީގައި އުޅޭ ވަގުތު ތަކުގައި އެވަރަށް އަލީނާވެސް އަޅައިނުލަނީ އެއީ މިޝްކާގެ ދޮންބެއޭ ހިތަށްއަރާފައެވެ. ކުޑަ ކުޑަ މިޝްކާއަށް ރަގަނޅަށް ވާނުވާ ދެނެގަންނާކަށް ނޭންގެއެވެ. ރާއިދު މިޝްކާއަށް ބަލާބެލުންތަށްވެސް ތަފާތުކަން އަލިނާވެސް ގާތުން ބަލައިފިނަމަ އިނގޭނެކަން ގައިމެވެ. ނަމަވެސް ދޮންބެއޭ ހިތާ މާބޮޑަށް ދޫކޮށްލެވުނީއެވެ. މާ ބޮޑަށް އިތުބާރު ކުރެވުނީއެވެ.
”ރާއިދޫ…..މިރޭ އެބަޖެހޭ އަހަރުމެން އޭޑީކޭއަށް ޖައްސާލަން…..އަލީނާގެ ވަރަށް ގާތް ރަށްޓެއްސެއް ހާލު ސީރިއަސްވިމަ އެތަނަށް ވަދެލަން ވެގެން…..އަހަރުމެން އެތަނަށް ގޮސްލާފަ އަންނަންދެން މިޝްކާ ބަލާލަދީފާނަންތަ؟….”
ނަވީން ވާހަކަ ދެއްކީ ސޯފާގައި މިޝްކާގެ ހަރަކާތް ތަކަށް ބަލަންއިން ރާއިދުއަށެވެ. ރާއިދު މިލިބުނު ރަނުގެ ފުރުސަތު ނަގާލާކަށް އެއްވެސް ވަރަކަށް ބޭނުމެއްނޫނެވެ. އެހެންވެ އަވަސްއަވަސް އާއެކޭ ބުންޔެވެ. ރާއިދުގެ ހިތުގައިވާ އެއްޗެއް އިނގޭނަމަ ލޯބިވާ ދަރިފުޅު ރާއިދުގެ އަތްމަށްޗަށް ދޫކޮށްލައިފައި ނަވީން ނުދާނެކަން ގައިމެވެ. ނަވީންއާއި އަލީނާ ދިއުމާއި އެކުހެން ރާއިދުހުރީ ރަގަނޅު ފުރުސަތަކަށް ބަލައިލަ ބަލައިލައެވެ. އެވަގުތު ޝައިތޯނާވަނީ ރާއިދުގެ ސިކުނޑިއަށް ނިކަން ރަގަނޅަށް ވަކި ހިތްޕައިލައިފައެވެ. މިޝްކާ ނިދަން ފޮނުވައިލުމަށްފަހު ރާއިދު ހުރީ ބެލްކަނީގައި ސިގެރޭޓް ބޯށެވެ. ރާއިދް ލިބުނު ފުރުސަތުގެ ބޭނުން ހިފަން ބޭނުން ވިއަސްވެސް ނަވީންމެން މާއަވަހަށް އައިސްފާނެތީވެ ހާސްވާ ގޮތްވިއެވެ. އެހެން ހުއްޓާ ނަވީން ގުޅަންފެށިއެވެ.
“ރާއިދު……. . .ކުޑަކޮށް ލަސްވެދާން އިނގޭ އަހަރުމެންނަށް ގެއަށް ދެވޭލެއް. . . .އަހަރުމެން ދަންދެން ގޭގަ މަޑުކޮށްލަށްޗޭ. . .މިޝްކޮ އެކަނި ބާއްވާފަ ނުދަށްޗޭ. . . ”
ނަވީންގެ ވާހަކަ އަޑުއެހުމަށްފަހު ފޯނު ބޭއްވި ރާއިދުގެ މޫނުމަތީގައި ވަނީ ނުލަފާ ހިނިތުންވުމެކެވެ. ވާނީވެސް އެހެންތާއެވެ. ރާއިދުއަށް ނުލިބިގެން އުޅުނު ފުރުސަތު ދާދި ފަސޭހައިން ލިބިގެން އެދިޔައީއެވެ. އަތުގައި އޮތް ސިގެރޭޓް ނިއްވައިލަމުން ރާއިދު މިސްރާބުޖެހީ މިޝްކާ ނިދަން އޮތް ކޮޓަރިއާއި ދިމާއަށެވެ. ރާއިދު އެކޮޓަރިއަށް ވަތް އިރުގައި މިޝްކާ އަރާމު ނިންޖަކުން ނިދައިލައިފައި އޮތެވެ. ރާއިދުގެ ހިތުގައި ކުޑަވެސް ލޯތްބެއް ކުލުނެއް އެ ކުޑަ އަންހެން ކުއްޖާއާއި ދޭތެރޭގައި ނެތެވެ. ރާއިދު ބަލާކަށްނުހުރެ ނިދާފައި އޮތް މިޝްކާގެ ގައިމަށްޗަށް ޖެހިގަތީ ބަނޑުހައިވެފައިވާ ސިންގާއެއް ފަދައިންނެވެ. ރާއިދުގެ މިއަމަލުން ސިއްސައިގެން ދިޔަ މިޝްކާ ބިރުން ރޮއިގަތެވެ. ނަމަވެސް މިޝްކާގެ މިއަމަލުންވެސް ރާއިދުގެ ހިތަށް އެއްވެސް އަސަރެއް ނުކުރިއެވެ. ރާއިދު ކުރަން މިއުޅެނީ ކިހާ ބޮޑު ކަމެއްކަންވެސް ކުޑަކުޑަ މިޝްކާއަކަށް ނޭންގެއެވެ. ރާއިދުގެ އެކި ހަމަލާތައް މިޝްކާގެ ހަށިގަނޑަށް އަރަމުން ދިޔައެވެ. ކުޑަ ކުޑަ މިޝްކާ އަޅަމުން ދިޔަވޭނަށް ކެއްނުކުރެވިގެން މަންމާއޭ ކިޔާ ރޮމުން ދިޔައެވެ. މިޝްކާގެ އަޑުމާ ގަދަވަމުން ދާތީވެ ރާއިދުއައި ރުޅީގައި މިޝްކާގެ އަނގަމަތީ ނިކަން ބާރަށް އެއްސިއެވެ. ހުތުރު އެތައް ބަސްތަކުން މިޝްކާއަށް ގޮވަމުން ދިޔައީ އެއްވެސް ރަހުމެއްނެތިއެވެ. އެއީ މިހާތަނަށް މިޝްކާއަށް ދުވަހަކުވެސް އަޑުއިވިފައި ނުވާފަދަ ބަސްތަކެކެވެ. ހުރިހަމައެކަނި ބޭބެގެ ހުރިހަމަ އެކަނި ދަރިފުޅުގެ ދިރިއުޅުން އެފުއް މިފުށަށް ޖަހައިލި އިރުވެސް ރާއިދުގެ ހިތައް އެއްވެސް އެއްޗެއް ނޭރިއެވެ. ރަހުމުގެ ކަންފުޅެއްވެސް ނެތެއެވެ. ރާއިދުގެ ހިތްފުރޭ ވަރުވުމުން މިޝްކާ ދޫކޮށްލި އިރުގައި މިޝްކާގެ ހެއެއްވެސް ނެތެވެ. ރާއިދު ފަރުވާކުޑަ ގޮތަކަށް މިޝްކާއާއި ދިމާއަށް ބަލައިލަމުން ކޮޓަރިން ނިކުންނަން ހިނގައިގަތީ މިޝްކާ އެއޮތް ގޮތަށް ބާއްވައިފައެވެ. ނިކަން ހަމަ ޖެހިލަމުން ދޮރުހުޅުވައިލި ރާއިދުގެ މޫނު ބަނަވެގެން ދިޔައީ ދޮރުމަތީގައި ހުރި ނަވީން ފެނިފައެވެ.
(ނުނިމޭ)

Share Article

Follow Me Written By

InaaSh

Level 210 Stories100 Comments

Other Articles

Previous

ދޫކޮށްނުލާނަމޭ ކަލާ – 12

Next

ދޫކޮށްނުލާނަމޭ ކަލާ – 13

Next
December 22, 2020

ދޫކޮށްނުލާނަމޭ ކަލާ – 13

Previews
December 22, 2020

ދޫކޮށްނުލާނަމޭ ކަލާ – 12

4 Comments!

  1. s.n.o.w.f.l.a.k.e Maash says:
    December 22, 2020 at 1:06 pm

    Oh god! Eyy insaanehbaa??
    Varah reethi Maasha Allah ?
    Curiously waiting for the next part ??

    1. InaaSh says:
      December 23, 2020 at 10:08 pm

      Jazakillah khairan ?

  2. Reen says:
    December 23, 2020 at 9:41 am

    Maasha Alah! mibaives varah reethu! raaidhu eyi jinni gandeh kaneynge!! mi vedhaane naveen ah fenna huvfenakahves! haadha curious kohlaafa ey thininmaalee! ?

    1. InaaSh says:
      December 24, 2020 at 12:35 pm

      Hehe….thanks reen ?

Comments are closed.



All Right Reserved!